Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަކުރުވާހަކައެހެނިހެންދީނީ

މައުރީން

Naushr Level 1
May 31, 2018 7 Mins Read
18 Comments

އަހަންނަކީ އުމުރުން އެކާވީސް އަހަރުގެ ޒުވާނަކީމެވެ. އުފަލާ މަޖަލުގައި ޒުވާންކަމުގެ ދުވަސްތައް އެހެން ޒުވާނުންނެކޭ އެއްފަދައިން ގުނަމުން ގެންދިޔައީމެވެ. ހިޔާލެއް ފިކުރެއް ނެތިއެވެ. ހިތާމަވެރިކަމަކީ ކޮންއެއްޗެއްކަން އަހަރެން ނުދެނެހުރީމެވެ. އެއީ އަހަންނަށް އިހްސާސްވެފައި ނުވާ އެއްޗެކެވެ.

މުއްސަނދި މަންމައަކާއި ބައްޕައެއްގެ ހުރި ހަމައެކަނި ދަރިފުޅަށް ވުމުން އަހަރެން ބޭނުންވާ ކަމެއް ޖެހޭނީ ހިތަށް އަރުވާލާށެވެ. ޝަކުވާއެއްނެތި އުޒުރަކާ ނުލައި މަންމައާއި ބައްޕަ ކޮށްދޭނޭއެވެ. އަހަރެން ވަޒީފާއަކަށް ނުދަމެވެ. އަހަންނަށް ޙަރަދު ކުރަނީ އަދިވެސް ހަމަ މަންމައާއި ބައްޕައެވެ. ކުޑައިރުވެސް ކުރިފަދައިންނެވެ. އަހަންނަކީ މުސްލިމަކީމެވެ.

އެހެންނަމަވެސް އެންމެ ފަހުން ނަމާދަށްއެރީ ކޮން ދުވަހެއްގައިކަންވެސް ހަނދާންކުރަން ދައްޗެވެ. ޤުރުޢާން ކިޔެވުމުގެ ބަދަލުގައި ގިނަވަގުތު ހޭދަކުރެވެނީ ލަވައާއި މިއުޒިކުގެ ތެރޭގައެވެ. ދުނިޔެވީ އުފަލާ އަރާމުގައެވެ. އަންހެންކުއްޖެއް ކަމަކު މަސްތުވާ ތަކެއްޗަކީވެސް އަހަންނާ ވަރަށް ގާތް އެއްޗެކެވެ. އޭގެ އިތުރުން ގޭންގު ހަދައިންގެން ވައްކަންކޮށް މާތް ﷲ ހަރާން ކުަރަށްވާފައިވާ ބޮޑެތި ފާފަތަކައް އަރަގަންނަމުން ގެންދިޔައީމެވެ. އަހަރެންގެ ހިތުގައި އެއްވެސް ކަމަކާމެދު ކުޑަވެސް ބިރުވެރިކަމެއް ނެތެވެ.

މަންމައާއި ބައްޕަގެ ނަސޭހަތަކީ އަހަންނަށް ކެނޑިނޭޅި ލިބެމުންދާ އެއްޗެކެވެ. އަހަރެން އަޅައެއް ނުލަމެވެ. އަހަރެން ކުރާ ގޯސް ކަންތައްތަކަށް މަންމަމެން ހަރުކަށިކޮށް ބަސްބުނާ ކޮންމެ ފަހަރަކު އެމީހުންގެ އަޑަށް ވުރެ އަހަރެންގެ އަޑު ބާރުވާނެއެވެ.

” ލިވް ލައިފް ދަ ވޭ ޔޫ ވޯންޓް..ލާފް އޭޒް މަޗް އޭޒް ޔޫ ބްރީތް..އެންޑް ޑައި ” މިއީ އަހަރެންގެ ހަޔާތުގެ ސްޓޭޓަސް ފަދައެވެ. ހިތަށް އެރިހާ ގޮތަކަށް ދިރިއުޅޭނީއެވެ. ހިތަށް އުފަލާ ހަމަޖެހުން ލިބޭނެ ގޮތަށެވެ. އެއަށްފަހު މަރުވާނީއެވެ. އުފާވެރި ހަނދާންތަކެއް ދޫކުރުމަށް ފަހުގައެވެ. ނަމަވެސް މަރުވުމަށްފަހު ވާނެގޮތަކާމެދު އަހަރެން ވިސްނައެއްނުލަމެވެ. ކައްވަޅުގެ އަޒާބާ މެދު ހިޔާލެއް ނުކުރަމެވެ. ކައްވަޅުގައި ހޭދަ ކުރަންޖެހޭ ފުރަތަމަ ރެޔަށްޓަކައި އެއްވެސް ތައްޔާރީއެއް ނުވަމެވެ.

ޤިޔާމަތް ދުވަހުގެ ވާހަކަވެސް އަހަރެން އަޑުއެހީމެވެ. ނަރަކައާއި ސުވަރުގޭގެ ވާހަކަވެސްމެއެވެ. އަހަރެންވެސް ބޭނުންވަނީ ސުވަރުގެއެވެ. އެންމެންނެކޭވެސް އެއްފަދައިންނެވެ. ނަމަވެސް އެކަމަށްޓަކައި އެއްވެސް މަސަތްކަތެއް ކުރެވިފައެއް ނެތެވެ.

” މައުރީން..ދުވަހަކުވެސް ހިޔާލުކުރިންތަ ތިހެން އެއްވެސް ހެޔޮ ޢަމަލެއް ނުކޮށް..ނުބައި ރައްޓެހިންނާއެކު ރެއާދުވާލު ފާހިޝް އަމަލުކޮށް އުޅެނިކޮށް މަރުއައިސް ޖެހިއްޖެއްޔާ ވާނެގޮތަކާމެދު….ނުވިސްނަންތަ….މައުރީންވެސް ބޭނުންވަނީ ސުވަރުގެއެއްނު..އެހެންވީމަ އެކަމަށްޓަކައި މަސަތްކަތް ކުރަންވާނެއެއްނު….މިހާރު މައު ކުރަމުންތިދާ ހުރިހާ އަމަލެއް ފަތުގަ ލިޔުއްވާނެ…ގިޔާމަތް ދުވަހުން ހުރިހާ ކަމެއްގެ ހިސާބު ބެއްލެވޭނެ….އެދުވަހުން ހެޔޮ ޢަމަލަށްވުރެ..ނުބައި ޢަމަލު ގިނަ މީހުންނަށް އޮތްތަނަކީ ނަރަކަ….ކުޑަ ކުދިންނަށްވެސް މިހާރު އެވަރު އެނގޭނެ..މައުތީ ކުޑަ ކުއްޖެއް ނޫނެއްނު.. ” އަހަންނަށް ހެޔޮއެދޭ ކުޑަ އިރުއްސުރެ އެންމެ ގާތް އެކުވެރިޔާ ޝައިހާ އަހަންނާ ކޮށްލި ސުވާލެކެވެ. އިބުރަތްތެރި ނަސޭހަތަކާވެސް އެކުގައެވެ.

” އަހަންނަކީ މުސްލިމެއް….ނަރަކައަށް ދިޔަ ކަމުގައިވިއަސް..ކޮންމެސް ދުވަހަކުން ސުވަރުގެއަށް ދާނެއެއްނު…..ޝައިިހާ ތިހާ ސޯލިހު ނުވެބަލަ…ލައިފް އިޒް ޝޯޓް….ޖަސްޓް ހޭވް ފަން ” އަހަރެންގެ ޖަވާބު ވަރަށް ކުރެވެ. އެހާމެ ފަސޭހައެވެ. ކޮންމެވެސް ދުވަހަކުން ސުވަރުގެއަށް ދާނެކަމަށް އަހަރެން ބުނީމެވެ. ނަރަކައިގެ ހޫނު ގަދަ އަލިފާންގަނޑުގައި އަހަންނަށް ކެތްނުކުރެވޭނެކަން އެނގުން ނަމަ ކިހާ ރަނގަޅުވީސް ހެއްޔެވެ. އިރުގެ އަވީގައި އުޅުމަކީވެސް އަހަންނަށް އުނދަގޫ ކަމެކެވެ. އޭސީ ކޮޓަރީގެ ފިނީގެ ދަށުގައި ދުވާލު ހަތަރު ދަމު ކަހަލަ ގޮތަކަށް އުޅޭ މީހަކަށް ހޫނަކީ އުނދަގޫ އެއްޗަކަށް ވާނެ ނޫންހެވެ.

ޝައިހާއަކީ އަހަރެންގެ އެންމެ ލޯބިވާ ގާތް އެކުވެރިޔާއެވެ. ނަމަވެސް އަހަރެންގެ ހަޔާތަށްއައި ނުބައި އެކުވެރިން ތަކެއްގެ ސަބަބުން އޭނާ އެއްފަރާތް ކޮށްލެވުނެވެ. ސުކޫލް ދައުރުގައި ޝައިހާއަކީވެސް އަހަންނެކޭ އެއްފަދައިން ނުބައި މަގުން ހިނގަމުން އައި އެކުވެރިއެވެ. ކުއްލިއަކަށް އޭނާ އެހާ ބޮޑަށް ބަދަލުވި ސަބަބެއް ނޭނގުނެވެ. ޝައިހާ ބުނިގޮތުން ނަމަ ހެޔޮމަގު އެނގުމުން ނުބައި މަގުގައި ދެމިހުންނަށް އޭނާ ބޭނުންނުވީއެވެ.

އޭގެ ފަހުން ޝައިހާއަކީ އަހަރެންގެ ހަޔާތުގައި ޕަޕެޓެއް ފަދައެވެ. ކަމެއް ބޭނުންވާ ވަގުތެއްގައި ބޭނުންވާ ކަމެއް އޭނާ ލައްވައި ކުރުވަނީއެވެ. އެހެންނޫންނަމަ އެއީ ބީރައްޓެއްސެކެވެ. އެންމެ ހައިރާންވާ ތަންކޮޅަކީ އަހަރެންގެ އެދުންތައް އޭނާ ފުއްދައިދޭތީއެވެ. ނުބައި އެދުންތައް ފިޔަވައެވެ. ބޮޑު އަދަދެއްގެ ފައިސާގެ އެހީއަށް ވިޔަސް ދޭނެއެވެ. ލޯނެއް ގޮތުގައި އެ ފައިސާ ނަގައި ފަހުން އަހަރެން އެ ލޯނު އަދާނުކޮށް ދިން ކަމުގައިވިޔަސްހެވެ. އަހަރަކު އެއްފަހަރު ގުޅިކަމުގައިވިޔަސްް ޝަކުވާއެއް ނުކުރާނެއެވެ. ޝައިހާއަށް އަހަރެން ގުޅައި ނޫޅެނީ ގުޅާ ކޮންމެ ފަހަރަކު އޭނާދޭ ނަސޭހަތް ތަކާ ހެދި ބޮލަށް އުނދަގޫ ވެގެންކަން އޭނާއަށް ދެނެގަނެވުނީ ކަންނޭނގެއެވެ.

ކަން އޮތް ގޮތަކީ މިއީއެވެ. އަހަރެން އަމިއްލަ ހަޔާތައިގެން ކުރިއަށް ދިޔައީމެވެ. ފާހިޝް އަމަލި ތަކުގެ ތެރޭގައެވެ. ޝައިހާގެ ކައިވެނި ކުރެވުނީ ދާދި އިހަކަށް ދުވަހަކުއެވެ. ހެޔޮލަފާ ރަނގަޅު ފިރިހެނަކާއެވެ. ޝައިހާ ބުނިގޮތުގައިނަމަ އޭނާ އުޅެނީ ވަރަށް އުފަލުގައެވެ. އަހަރެންވެސް މެއެެވެ.

ހަޔާތުގެ ސަފުހާތަށް އުކެމުން ދިޔައެވެ. ފާއިތުވެގެން ދާ ކޮންމެ ގަޑިއިރަކާ ސިކުންތެއް މާޒީއަށް ހަދަމުންނެވެ. ތިމާގެ އަޖަލު ތިމާއާ ގާތް ވަމުންނެވެ. ޒަމާން ބަދަލުވެ މީހުންގެ ހިޔާލު ބަދަލު ވަމުން ދިޔަވަރަކަށް އެކަމާ ވިސްނާ ފިކުރު ކުރާ މީހުންވެސް ދިޔައީ މަދުވަމުންނެވެ.

ޝައިހާ އޭނާގެ ފިރިމީހާ އައިލަމްއާ ކައިވެނި ކުރިތާ ތިން އަހަރުވީއެވެ. ދެ އަހަރުގެ ތުއްތުއްތު އަންހެން ދަރިއެއްވެސް ހުރެއެވެ. ސާރާ ބޮޑުވަމުން އައީ އިސްލާމް ދީނުގެ ފުރިހަމަ ތަރުބިއްޔަތުގެ ތެރޭގައެވެ. ޝައިހާއާއި އައިލަމްގެ ނިމުމެއް ނެތް ލޯތްބާ އަޅާލުމާ އެކުގައެވެ. އެއީ ވިސްނުންތޫނު ހިތްއަލި ކުއްޖެކެވެ. ދެ އަހަރުގެ އެހެން ކުދިންނާ ހިލާފަށް ވާހަކަދައްކަން ވަރަށް ފަރިތައެވެ. އެއްޗެހި ދެނެގަންނަލެއް އަވަހެވެ.

އަހަރެންގެ ހާލަކީތޯއެވެ. މީހަކާ ނުއިނެއްކަމަކު އަހަންނާ އެކީގައި އުޅޭ ފިރިހެނުން ނުވަތަ ބިޓުންގެ އަދަދު މަދެއް ނުވާނެއެވެ. ޒަވާޖީ ހަޔާތެއްގެ ވާހަކަ މަންމެން ދައްކާ ކޮންމެ ފަހަރަކުވެސް އެމީހުން މިސާލު ނަގަނީ ޝައިހާގެ ހަޔާތުންނެވެ. އެހެންކަމުން އަހަރެންގެ ހިތުގައި ޝައިހާއާ މެދު ފޫހިކަން އުފެދެން ފެށިއެވެ. އެއީ މިހާރު އަހަރެން އެންމެ ފޫހިވާ މީހުންގެ ލިސްޓުގައި ހިމެނޭ މީހެކެވެ. ކަން މިހެން އޮތްކަމުގައި ވިއަސް ތަގުދީރު ނިޔާ އެނގޭނީ މާތް ﷲ ފިޔަވައި އިތުރު ކޮންފަރާތަކަށް ހެއްޔެވެ. ދިމާވާ އެންމެ ކަމެއްގެ ސަބަބުންވެސް ފޫހިވާ މީހުންގެ ލިސްޓުން އޭނާގެ ނަން ހަމަ ފޮހެވިދާނެނޫންހެވެ.

ހަނދާންވާ ގޮތުންނަމަ އެއީ އާދިއްތަ ދުވަހެވެ. ފެނުން ތޮޅިލުމަށްފަހު އިރު އަރައިގެން ދިޔައީ މާތް ﷲގެ ރަހްމަތް ފުޅާއެކުގައެވެ. އެކަލާނގެ ކުޅަދުންވަންތަ ކަމުގެ ހެކިތައް އުދަރެހަށް ފާޅުވިއެވެ. އާޝޯޙްވާފަދަ ފުރިހަމަ މަންޒަރެކެވެ. އެ މަންޒަރުގެ ފުރިހަމަކަން ޝާއިރެެއްގެ ގަލަމުން ބަޔާން ކުރަން ދަތިވާނެއެވެ. އުޑުމަތީގައި އެންމެ ކަޅު ވިލައެއްވެސް ފެންނާކަން ނެތެވެ. ނަމަވެސް އަހަރެންގެ ހަޔާަތަށް ކަޅުބޯ ވިލާގަނޑެއް އަނދިރިކަން ވެރިވެފައިވާކަމީ ޙުދު އަހަންނަށްވެސް ނޭނގޭ ކަމެކެވެ.

އަހަރެން އޮތީ ސޯފާގައެވެ. ޓީވީއިން ދައްކަމުން ދިޔަ ފިލްމެއް ބަލާށެވެ. ފިލްމުގެ ތެރޭގައި އިނދެވުނު ފަދައެވެ. ފިލްމުން ދައްކަމުން ދިޔައީ މުސްލިމަކު ބަލަން ހެޔޮވާވަރުގެ މަންޒަރުތަކެއް ނޫނެވެ. އަހަންނަށް އެފަދަ މަންޒަރުތަކަކީ އެންމެ ބަލާހިތްވާ އެއްޗެއްސެވެ. ހިތުގައި ލަދުވެތިކަމެއްވެސް ނެތިއެވެ.

ކުއްލިއަކަށް އަހަރެންގެ ފޯނު ރިންގްވާން ފެށިއެވެ. ގުޅަނީ މަންމައެވެ. އަހަރެން އަޅައެއް ނުލަމެވެ. ފޯނު ނެގުމަށްވުރެ ފިލްމުގެ އެންމެ މަންޒަރެއްވެސް ދޫކޮށް ނުލައި ބެލުމަކީ އަހަރެންގެ މައްޗައް ވާޖިބަކަށް ވީ ފަދައެވެ. އެ ވާޖިބު އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވުނީ ދެތިން މިނެޓެވެ. އަހަރެން ޖެހުނީ ގޮތް ދޫކޮށްފައި ފޯނު ނަގާށެވެ. މަންމަގެ ދިހަ މިސް ކޯލަށް ފަހު ބޮލަށް އުނދަގޫ ވެގެންނެވެ.

އަހަރެން ހީކުރީ ފޯނު ނެގުމުން މަންމަ ކުދި ކިޔާނީ ކަމަށެވެ. ނަމަވެސް އަހަރެންގެ ހީކުރުންވީ ކުށް ހީއަކަށެވެ. މަންމަ ބުނީ ވީހާވެސް އަވަހަކަށް ހޮސްޕިޓަލަށް އައިސް ދިނުމަށެވެ. ކޮން ބޭނުމެއްގައި ކަމެއް ނުބުނެއެވެ. ނުދެވޭނެކަމަށް ބުނެ އެތަށް އުޒުރެއް އަހަރެން ދެއްކީމެވެ. އެކަން ކާމިޔާބުވާ ގޮތެއް ނުވިއެވެ. މަންމަގެ އަޑާއި ރާގު ހުރި ގޮތުން ކޮންމެވެސް ކަމެއް ގޯސް ވެއްޖެކަން ހިތުގެ ކަނަކުން އިންޒާރު ދިނެވެ.

ލައިގެން ހުރި ހެދުން ބަދަލުކުރުމަށްފަހު މޭކަޕް ކޮށްލީމެވެ. އެއްވެސް އިރެއްގައި މޭކަޕް ނުކޮށް ގެއިން ބޭރަށް ނިކުތުމަކީ އަހަރެން ހިތްހަމަޖެހޭ ގޮތެއް ނޫނެވެ. ގަޑިއަށް ދާންޖެހޭ ތަނަކަށް ގަޑި ޖެހުނު ކަމުގައިވިޔަސްހެވެވެ.

ޕްރައިވެޓް ކާރުގެ ތަޅުދަނޑި ފަތި ހިފައިގެން ގެއިން ނިކުތީ ލަވައެއްގެ ލިރިކްސް ކިޔަމުންނެވެ. އެއީ އަބަދުގެވެސް އާދައެކެވެ.

ހޮސްޕިޓަލް ކައިރީގައި ކާރު ޕާކުކޮށްލަމުން އައިސީޔޫއަށް ވަދެގެން ދިޔައީމެވެ. މަންމަ ދިން އިރުޝާދާ އެއްގޮތަށެވެ. އައިސީޔޫ ދޮރު ކުރިމަތީގައީތިބި މީހުންގެ އަދަދު މަދެއް ނޫނެވެ. އަހަރެންގެ މަންމައާއި ބައްޕަގެ އިތުރުން ޝައިހާގެ މަންމައާއި ބައްޕައެވެ. ޝައިހާގެ ފިރިމީހާ އައިލަމްއާއި ދަރިފުޅު ސާރާ އަހަރެންގެ ލޮލުގައި އަޅައިގަތް ލެއް އަވަހެވެ. އެ އާއިލާ އެންމެ ކަހަލަ ގޮތަކަށް ތިބި އިރުވެސް ޝައިހާ ނެތުމުން އަހަރެންގެ ހިތުގައި ސުވާލު އުފެދުނެވެ. ގިނަބަޔެއްގެ ލޮލުން ކަރުނަ އޮހޮރެމުން ދިޔައެވެ. ހީވަނީ ބޮޑު ހިތާމައެއް ކުރިމަތިވެފައިވާ ބައެއް ހެންނެވެ. އެހެން ކަމުން އެއްވެސް މީހަކަށް އަހަރެން އެތާނގާއި ހުރި ކަމެއް ނޭނގެއެވެ.

” އަނެއްކާ ޝައިހާއަށް ކަމެއްވީބާ…….” އަހަރެންގެ ހިތަށް ތަފާތު ވަހުމުތައް ވަންނަށް ފެށިއެވެ. ދެފަރާތައް ބޯހޫރާލީމެވެ. ވަހުމްތަކާއި ވަސްވާސްތަކާ ދުރު ވުމުގެ ބޭނުމުގައެވެ. އެއީ އަހަރެން ވަރަށް ފޫހިވާ އިންސާނެކެވެ. އޭނާއަށް ކޮންމެ ކަމެއް ވިޔަސް އަހަންނަށް ކީތް ހެއްޔެވެ. ނަމަވެސް ހިތަށް ހަމަޖެހުމެއް ނުލިބުނެވެ.

” މަންމާ ކިހިނެތްތަ ވެގެން މިއުޅެނީ ” އަހަރެން މަންމަ ކުރެން އެހީމެވެ. ” ނޭވާ ނުލެވިގެން ތެޅިފޮޅިފައި އަނބުރައިގަތީޔޯ…ދެން ހޮސްޕިޓަލަށް ގެނައިމަ ބުންޏޯ ނޭވާ ހޮޅިއެއް ފިތިފައޭ އިނީ..ނޭވާ ހިއްލާ ކުއްޖެއް ވެސް ނޫން އެއީ ގައިމު.. ދެން ނޭނގެ…ކަމެއްވާނީ ބުނެފަކާ ނޫން…ކުޑަ އޮޕަރޭޝަނެއްވެސް ކުރެވިއްޖެ..އެކަން ކާމިޔާބުވި…. އޮޕަރޭޝަން ކުރިތާ ދެތިން ގަޑިއިރުތެރޭގަ ވަރަށް ހަމަޖެހިލައިގެން އިނީ އެވަގުތު ކޮޅު ތެރޭ ކޮންމެވެސް އެއްޗެއް ގަނޑެއްގަ ލިޔެފަ އައިލަމްއާ ހަވާލުކުރި..އެއީ ކޮން އެއްޗެއް ކަން އެނގޭނީ ހަމަ އައިލަމްއަށް.. އެކަމު އޭގެ އިރުކޮޅެއް ފަހުން އަނެއްކާ ގޯސްވާން ފެށީ ..ޑޮކްޓަރު ބުނުއްވީ..ހާލަތް ހުރި ގޮތުން ރާއްޖޭން ބޭރަށް ދަތުރު ކުރެވޭކަށް ނެތޯ…އުންމީދުވެސް ކަނޑާލައިފި….އަހަރުމެންނަށް އޮތީ ހެޔޮ ދުޢާެ ކުރުން..” މަންމަ ބުނެލި ވާހަކައިންވެސް އަހަންނަށް އޮޅުން ނުފިލީ އެންމެ ތަންކޮޅެކެވެ. ނޭވާ ހޮޅި ފިތުނީ ކާކުގެ ހެއްޔެވެ. އެސުވާލު ކުރުމަށްޓަކައި އަނގަ ހުޅުވާލީމެެވެ. އެހެންނަމަވެސް ލަޕާލަން ޖެހުނީއެވެ.

” މައުރީން….މައުރީން ކިޔާ ބޭފުޅެއް އެބަ އުޅުއްވާތޯ…ޕޭޝަންޓް ވޯންޓްސް ޔޫ…” އައިސީޔޫގެ ދޮރު ހުޅުވާލަމުން ނިކުތް ނަރުސް ކުއްޖާ ބުނެލި ވާހަކައިން އެތާނގައި ތިބި އެންމެންގެ ނަޒަރުތައް އަހަންނަށް ހުއްޓުނެވެ. އަހަންނަކީ މައުރީން ކަމަށް ބުނީމެވެ. އަދި ނަރުސް ކުއްޖާއާއެކު އެތެރެއަށް ވަދެގެން ދިޔައީމެވެ.

ހިނދުކޮޅަކަށް އަހަރެންގެ ހިތް ހުއްޓުނުފަދައެވެ. ހުދުކުލައިގެ އެނދެއްގައި އެއޮތީ ޝައިހާއެވެ. މެޝިންތަކުގެ އަޑު ފިޔަވައި އިތުރު އަޑެެއް ނީވެއެވެ. ހުއްޓުމެއް ނެތި އަހަރެންގެ ދެ ލޮލުން ކަރުނަ އޮހޮރެން ފެށީ ކީއްވެ ކަމެއް ޙުދު އަހަންނަކަށްވެސް ނޭނގެއެވެ. އަހަރެން އެހާ ހިތްބަލިވީ ކޮންއިރު ހެއްޔެވެ. މަޑު ހިނގުމެއްގައި ޝައިހާ އޮތް އެނދާ ދިމާލަށް ހިނގައި ގަތް އިރު ދެފައި ތުރުތުރު އަޅައެވެ. އަރައިގެން ހުރި ކަށިފައިވާން އަރިއަޅާލަން އުޅޭހެން ހީވާ ފަހަރުވެސް އާދެއެވެ.

ޝައިހާ އޮތް އެނދުގެ ކަނާތް ފަރާތުގައި އިށީނދެލީމެވެ. އައިވީ ގުޅާފައިވާ ކަނާތް އަތުގައި ހިފާލީމެވެ. އެވަގުތު އަހަންނަށް ކުރެވެމުން ދިޔަ ހުރިހާ ކަމަކީ އަމިއްލަ އިޙްތިޔާރުން ބޭރުގައި ކުރެވެމުން ދިޔަ ކަންތައްތަަކެވެ. މަޑުމަޑުން ޝައިހާ ލޯ ހުޅުވާލުމާއެކު އަހަރެންގެ ހުރިހާ ސަމާލުކަމެއް އޭނާއަށް ދެވުނެވެ. ހިނދުކޮޅަކަށްފަހު ހިނދުކޮޅެއް ޝައިހާގެ ނޭވާ ކުރުވެފައި އަވަސްް ވަމުން ދިޔައެވެ. މެޝިންތަކުގެ އަޑު ދިޔައީ ބާރުވަމުންނެވެ.

ޝައިހާގެ ބޯ އަހަރެންގެ އުނގުމަތީގައި ބާއްވަލީމެވެ. އޮކްސިޖަން މާސްކް ޝައިހާގެ މޫނުމަތިން ނެގީ އޭނާ އަމިއްލައަށެވެ. ހަމަ އެވަގުތެވެ. ޝައިހާގެ ފިރިމީހާ އައިލަމްއާއި ދަރިފުޅު ސާރާ ވަދެގެން އައެވެ. އެ ދެމީހުންވެސް އައިސް ހުއްޓިލީ އެނދު ކައިރީގައެވެ. ފިރިހެނެއްކަމުކު އައިލަމްގެ ލޮލުން އޮހޮރެމުން ދިޔަ ކަރުނަތަކަކައް ނިމުމެއް ނާދެއެވެ. ސާރާ ވެސްމެއެވެ. ކުޑަކުއްޖެ ވިއަސް އަޑުން އަޑުން ނަގާފަ ރޯކަށް ނޫޅެއެވެ ރަނގަޅު އަޙްލާޤުގެ މިސާލެކެވެ.

އައިލަމް އޭނާގެ ޖީބުން ސިޓީ އުރައެއް ނެގިއެވެ. އަދި ޝައިހާއާ އޭތި ހަވާލު ކުރިއެވެ. ޝައިހާ އޭތި ހަވާލު ކުރީ އަހަންނާއެވެ. ކުއްލިއަކަށެވެ. ޝައިހާގެ ނޭވާތަށް ކުރިއަށް ވުރެ އަވަސްވިއެވެ. ޝައިހާގެ ދެ ތުންފަތް ފޫ އަޅުވާލައި ޝަހާދަތުގެ ދެ ކަލިމަ ނިކުތެވެ. އޭނާ އެންމެ ފަހު ނޭވާ ދޫކޮށްލީ ހިނިތުންވުމަކާއެކުގައެވެ. އަހަރެންގެ އަތުތެރޭގައިވާ ޝައިހާގެ އަތުން ވަރުދޫވެގެން އެނދުމައްޗައް ވެއްޓުނެވެ. މައުސޫމް ސާރާވެސް ޝައިހާގެ އަޑުދަށުން ޝަހާދަތް ކިޔާލިއެވެ. އަހަރެންގެ ހިތުގައި ބަޔާންކުރަން ދަތި އިޙްސާސްތަކެއް އުފައްދަމުންނެވެ.

އުނގުމަތީގީގަ އޮތް ފުރާނަނެއް ހަށިގަނޑާ ދިމާލަށް އަހަރެން ބަލާލީމެވެ. އެއީ އަހަރެންގެ އެއީ އެތަށް އަހަރެއް ވަންދެއް އަހަރެންގެ ފުރާނަފަދައިން ލޯބިވި އެންމެ ގާތް އެކުވެރިޔާއެވެ. ސްކޫލު ދައުރު އެކީހެން އަހަރެންގެ އެންމެ ކުޑަ ސިއްރުތަކުން ފެށިގެން ބޮޑެތި ސިއްރުތައް ރައްކާކުރަމުން އަންނަ ސިއްރުތަކާ ބެހޭ ވަޒީރެވެ. ހުރިހާ ކަމެއްގައިވެސް ދެ ގޮތެއް ނުވާ ތެދުވެރި ޕާރޓްނަރެވެ. ހިޔާލުތަކުން އަހަންނަށް ބޭރުވެވުނީ ނަރުސް ކުދިންއައިސް އަހަންނާ އައިލަމް އަދި ސާރާ ދުރަށްގެންދިއުމުންނެވެ.

އެއަށްފަހު އަތުގައި އޮތް ސިޓީއަށް އަހަރެން ބަލާލީމެވެ. އޭތި ހުޅުވާފައި ކިޔަން ފެށީމެވެ.

ޝައިހާގެ ސިޓީ:******************************************

މައުރީންއަށް ހެޔޮދުޢާ ސަލާމެވެ. މި ސިޓީ ލިބޭއިރު އަހަރެން ދުނިޔޭގެ ނުހުރެވެސް ދާނެއެވެ. ދުނިޔޭގައި ހުރިކަމުގައިވިއަސް ނެތް ކަމުގައި ވިޔަސް މި ސިޓީގައި ވާނީ އަހަރެން އަބަދުވެސް މައުރީން ކައިރީގައި ބުނަން ބޭނުންވާ ވާހަކައެވެ. ދާދި ދެންމެ އަކު އަހަރެންގެ އޮޕަރޭޝަންއެއް ކުރެވުނެވެ. މާތް ﷲގެ ރަޙްމަތް ފުޅުން އެކަން ކާމިޔާބުވެސް ވިއެވެ. ނަމަވެސް ދެންވާނެގޮތެއްވެސް އެނގޭނީ ހަމަ އެކަލާނގެއަށެވެ.

މައުރީންއެވެ. މި ދުނިޔެއަކީ ވަގުތީ ތަނެކެވެ. ކޮންމެ މީހަކުވެސް މިތަނުން ދާންޖެހޭނެއެވެ. މަރު އައިސް ޖެހޭނީ ކޮން ދުވަހެއްގެ ކޮން ވަގުތެއްގައި ކަމެއް ނޭނގޭނެއެވެ. މަރުވަނީ މުސްކުޅި އުމުރުގައި އެކަންނެއް ނޫނެވެ. ނުވަތަ ބަޔެއްގެ ޝިކާރައަކަށް ވެގެން އެކަންޏެއްވެސް ނޫނެވެ. ކިތަންމެ ޒުވާން އުމުރުގައިވެސް މަރުވާ މީހުން އުޅެއެވެ. އިސްލާޙުވާށެވެ. ކުރެވިފައިވާ ކުށްފާފަ ތަކަށް ތައުބާވާށެވެ. މައުރީންތީ އެންމެ ކުޑައިރުއްސުރެއްވެސް އަހަރެންގެ އެންމެ ގާތް އެކުވެރިޔާއެވެ. އަހަރެން އެދެނީ މައުރީންއަށް އަބަދުވެސް ހެޔޮގޮތް ވާށެވެ. އަހަރެންގެ އެންމެ ފުރަތަމަ އަދި ފަހު ވަސިއްޔަތަކީވެސް މިއީއެވެ. މިދުނިޔޭގައި އަހަރެން ނެތް ކަމުގައިވިއަސް ހިތްވަރު އެލުވާނުލާށެވެ. ކެތްތެރިވާށެވެ. މާތް ﷲ ވޮޑިގެންވަނީ ކެތްތެރިންނާ އެކުގައެވެ. މައުރީން ތައުބާ ވާށެވެ. މިހާރު ތިއުޅޭ ވިޔާނުދާ އުޅުން ދޫކޮށްލާށެވެ. އިސްލާމް ދީނުގެ މަތީ ރަނގަޅަށް ފައި ސާބިތުކޮށް ހެޔޮލަފާ ބައިވެރިއަކާ އެކީ އުފާވެރި ދިރިއުޅުމެއް ފަށާށެވެ. އަހަރެންގެ ހަޔާތުން މައުރީން އިބްރަތް ހާސިލްކުރާށެވެ.

އެކުވެރިޔާއެވެ. މާތްﷲގެ އިރާދަފުޅުން ސުވަރުގެއިން އަހަރުމެން ދިމާވާނެއެވެ. ސުވަރުގެ ދިއުމަށްޓަކައި ހަޔާތުގެ ބާކީ މިއޮތް ދުވަސް ތަކުގައި މަސަތްކަތް ކުރާށެވެ. އަހަރެންވެސް ކުރި އަދި ދުނިޔޭގަ ހުރިއްޔާ މަސަތްކަތް ކުރާނެ ފަދައިންނެވެ. މައުރީންގެ މަސަތްކަތުގައި ބަރަކާތް ލެއްވުމަށް އެދި އެންމެ ފަހު ވަގުތާ ޖެހެންދެންވެސް ވެސް އަހަރެން ދުޢާ ކުރާނަމެވެ.

**********************************************

ޝައިހާގެ ސިޓީ ކިޔާ ނިމުންއިރު އަހަންނަށް ރަނގަޅަށްވެސް ރޮވިއްޖެއެވެ. ސިޓީ މޭގައި ޖައްސާލާފައި އަހަރެން ޢަޒުމު ކަނޑައެޅީމެވެ. މިއަދުން ފެށިގެން އަހަރެންމީ ވިޔާނުދާ މައުރީންއެއް ނޫނެވެ. އަހަރެންގެ އެކުވެރިޔާގެ ހަޔާތުން ޢިބްރަތް ހާސިލްކުރާނަމެވެ.

**********************************************

ވާހަކަ ލިޔެ ނިންމާލަމުން ލިޔުންތެރިޔާ އޭނާގެ ފޮތް ލައްޕާލިއެވެ. ލޯގަނޑު ކުރިމަތީގައި އޭނާ ހުއްޓިލިއެވެ. ކަޅު އަބާޔާއަކާއި ކަޅު ކުލައިގެ ޝޯލް އެއްގެ ތެރޭގައި ފޮރުވިފައިވާ އެ ލިޔުންތެރިއާއަކީ ހައެއްކަ އަހަރުކުރިން ފާހިޝް އަމަލުތަކުގެ ތެރޭގައި ފަތަމުން ދިޔަ މައުރީންއެވެ. ނަމަވެސް މިހާރު އެއީ އެފަދަ މީހެއް ނޫނެވެ. މާތްﷲ ވަނީ އޭނާއަށް ތެދުމަގު ދައްކަވައިފައެވެ. ޝައިހާ މަރު ވިދުވަހު އޭނާ ކަނޑައެޅި ޢަޒުމުގެ މަތީ އުމުރުގެ ބާކީ އޮތް ދުވަސްތައް އޭނާ ހޭދަކުރާނެއެވެ. އިންޝާ ﷲ އެވެ.

މައުރީންގެ ފަހަތުން އޭނާގެ އަށްމަސް ފުރިފައިވާ ބަނޑުގައި އޭނާގެ ފިރިމީހާ އައިޝަމް ބައްދާލިއެވެ. އައިޝަމް އަކީ އޭނާގެ އެކުވެރިޔާ ޝައިހާގެ ފިރިމީހާ އައިލަމްގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. އެއީ މައުރީން އެދޭފަދަ ރަނގަޅު ފިރިއެކެވެ. އެ މީހުންގެ ދަރިފުޅު މި ދުނިޔެއަށް އަންނާކަށް މާގިނަ ދުވަހެއް ނެތެވެ. އެ ދެމަފިރިންގެވެސް އަޒުމަކަށް އެންމެ ފުރިހަމަ އަޙްލާޤް ގެމަތީގައި އެކުއްޖާ ތަރުބިއްޔަތު ކުރުމެވެ.

” ދޮންބެދައްތާ…ވާހަކަ ނިމުނީތަ…އަޅުގަނޑާ ޑެޑިއާ ބޭނުން ކިޔާލަން ” ކޮޓަރި ދޮރު ހުޅުވާފައި އެތެރެއަށް ވަދެގެންއައީ އައިލަމްއާއި ސާރާއެވެ. ބައްޕައެއްގެ ލޯބި ދީގެން އައިލަމް އެކަނި ސާރާ ގެންގުޅެނީ މަންމައެއް ނެތުމުގެ ފަޅުކަން އިހްސާސް ނުކުރެވޭ ފަދައިންނެވެ. އަށް އަހަރުގެ ސާރާ މައުރީންއާ ސުވާލު ކޮށްލީ އޭނާ ލިޔަމުންދިޔަ ވާހަކައާ ބެހޭގޮތުންނެވެ. ” އާން…. އެއޮތީ މޭޒު މަތީގަ..އަޅެ ކިޔާލަބަ ” ދާދި ދެންމެއަކު މައުރީން ލިޔެ ނިންމާލީ އޭނާގެ ހަޔާތުގެ ވާހަކައެވެ. އެ ވާހަކައިން އެތަށް ބަޔަކު އިބްރަތް ހާސިލް ކުރުމަށްޓަކައެވެ. ސާރާވެސް މެއެވެ. ސާރާ އާއި އައިލަމް ދިއުމުން މައުރީން އޭނާގެ ދެގޮތެއް ނުވާ ފިރިމީހާ އައިޝަމް ގައިގައި ބައްދާލިއެވެ.

މައުރީންގެ އަނދިރި މާޒީއާއެކުވެސް އޭނާ ބަލައިގަތީތީ އައިޝަމްއަށް އޭނާ އަބަދުވެސް ޝުކުރުވެރިވާނެއެވެ. ހަޔާތުގެ ކުރިއަށް އޮތްާތާނގައި ކޮންމެ ކަމަކާ ކުރިމަތިލާން ޖެހުނަސް އޭނާ ކައިރީ ދެގޮތެއްނުވެ އައިޝަމް ހުންނާނެކަމުގެ ޔަގީންކަން މައުރީންގެ ހިތުގައިވެއެވެ.

( ނިމުނީ )

 

 

 

Share Article

Follow Me Written By

Naushr

Level 1

A 13 year old girl. 11th October ?. Born and raised in k.male.?There is nothing better than football ⚽ Writing stories is one of my favourite things to do ? + reading stories as well ☺. Texts and comments are incomplete without emojies ? ? Love yall ❤ ? ?

Other Articles

Previous

ހުޅުކޮޅު 14

Next

އެ ދަތުރު…

Next
May 31, 2018

އެ ދަތުރު…

Previews
May 31, 2018

ހުޅުކޮޅު 14

18 Comments!

  1. unique says:
    May 31, 2018 at 7:15 pm

    nice

    1. Naushr says:
      May 31, 2018 at 7:50 pm

      Thank you ❤

  2. Naushr says:
    May 31, 2018 at 7:47 pm

    Hello friends! ☺
    This is my first story in a site like this. ?Since it is my first time I decided to write a short moral story. I hope you all like it.?
    I would like all of you to point me out my mistakes. ❤ so I could improve them in my upcoming stories. ☺ insha allah
    Salaam ?

  3. Mate says:
    May 31, 2018 at 8:17 pm

    Vrh vrh reethi……keep it up…Maasha Allah???

    1. Naushr says:
      June 1, 2018 at 9:02 am

      Thank you very much mate ?❤

  4. nunnu says:
    May 31, 2018 at 9:00 pm

    masha allah vv reethi

    1. Naushr says:
      June 1, 2018 at 11:33 am

      Thanq nunnu ❤??

  5. No one says:
    May 31, 2018 at 10:30 pm

    Wowww… Vr rythi.. maasha allah.. vr iburaitheri vaahaka eh.. keep it up

    1. Naushr says:
      June 1, 2018 at 9:11 pm

      Thank you for the lovely comment ❤ I love your stories too dear. .?they are owsm maasha allah?

  6. lotus says:
    June 1, 2018 at 7:00 am

    Hama saabahey buneveynee… v salhi n emotional.. hama ragalha vx rovvaalaifi.. keep it up dear???

    1. Naushr says:
      June 1, 2018 at 11:38 am

      Awww..thats So sweet of you dear? Thank you ❤

  7. unique says:
    June 1, 2018 at 12:03 pm

    i cant believe first ey bunyma its the best i mean story is so sooo nice seriously

    1. Naushr says:
      June 1, 2018 at 8:56 pm

      Thank you sooo much dear ?❤I actually meant this is my first story in a site. I’ve been writing stories for a long time ? thanks again unique ?

    2. unique says:
      June 2, 2018 at 10:21 pm

      oh!!! heheh

  8. Aisha Binth ibrahim says:
    June 2, 2018 at 10:47 am

    Ma sha Allah it’s awesome…?❤❤?
    Can’t believe ur just 13
    Keep it up..
    Ummeedhu kuran naushr gea mikahala ibraehtheri vaahakathah gina ginain kiyan libeynea kamah??

  9. Hit says:
    June 3, 2018 at 8:20 am

    Salhi

  10. Naxerher?? says:
    June 4, 2018 at 12:38 pm

    Wow varah iburahtheri i like it…wow???

  11. Shaira says:
    June 5, 2018 at 7:41 pm

    Salhi adi ehaame iburaiytheri… i love it… aslugavess vaaka nimun iru lolun karuna aadhe..??

Comments are closed.


All Right Reserved!