Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަބިރުވެރިލޯބި

އެ ވަޢުދު (3)

Nanni Level 210 Stories100 Comments100 Login
June 2, 2018 4 Mins Read
12 Comments

އަމްނާ ފާޙާނާއިން ނުކުތް އިރު ވަނީ މެއާއި ކަކުލާއި ދެމެދު ތުވާއްޔަކުން ނިވާކުރެވިފައެވެ. ހީވާގޮތުން ފެން ތިކިތައް އޭނާގެ ހަށިގަނޑުގައި ރޯވި ރުޅިވެރި ކަމުގެ އަލިފާންގަނޑު ނިއްވާލީއެވެ. އަމްނާގެ ހަމަ ޖެހިލައިފައިވާ މޫނަށް ހާސްކަން ގެނުވީ އެނދުމަތީ އޮތް ޒުވާނާ ފެނިފައެވެ. އެއީ ހަމަ އެ ޒުވާނާއެވެ. އުނި ގަސްދޮށުން ދިމާވި ބިރުވެރި ޒުވާނާއެވެ. އަމްނާ މަޑު ފިޔަވަޅުތަކެއްގައި ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ފާޙާނާއަށް ވަނުމަށް ދިޔައީ ބިރުގަތް ވަރުންނެވެ. ނަމަވެސް ހާތިބު މާ ހުށިޔާރެވެ. އެދިޔަ ބާރު މިނުގައި އަމްނާ ގެނެސް މެޔާލާ ބޮނޑި ކޮށްލީ އަމްނާ ގަދަ ހަދަ ހަދަ ހުއްޓައެވެ. އަމްނާ މައިތިރިކުރަން ފެނުނު އެންމެ ރަނގަޅު ގޮތަކަށް އޭނާއަށް ފެނުނީ އެގޮތެވެ. ކިތަންމެ ބިރުން ހުރި ނަމަވެސް އަމްނާއަށް ކީރިތި ވަންތަ މާތް ﷲ މަތިން ހަނދުމަ ނުވެއެވެ.

ހާތިބު އަމްނާ ދުރުކޮށްލުމަށްފަހު އަތުން އިޝާރާތް ތަކެއް ކުރަން ފެށިއެވެ. ހީވާގޮތުން އަމްނާ ގާތު އެއްޗެއް ބުނަން މަސައްކަތް ކުރަނީއެވެ. އުނދަގުލުން ނަމަވެސް އޭނާ ހަރަކާތް ތަކަކުން ބުނަމުން ދިޔައެވެ.

އަމްނާއެވެ. އަހަރެން ދެކެ ބިރު ނުގަންނާށެވެ. އަހަރެން މިއީ އަމްނާ ފަދައިން އިންސާނަކަށް ނުވުމަކީ އަހަރެންގެ ބަދުނަސީބަށް ހަދާކަށް އަހަރެން ބޭނުމެއް ނޫނެވެ. އާނ އެކެވެ. އަމްނާގެ އުމުރުން 13 އަހަރުން ފެށިގެން އަހަރެން އަމްނާ ދަންނަމެވެ. އަމްނާގެ ހުރިހާ ޢަމަލަކަށް އަހަރެން މުގޯލި އެޅީމެވެ. އަހަންނަކަށް ނޭނގެއެވެ. އަމްނާ ފެނުމުން އަހަރެންގެ ހިތުގެ ހިނގުން މަޑުޖެހި މިހިތް އޭގެ މަޤާމުން ދުރަށް ދަނީ ހީވެސް ނުކުރާހާ އަވަހަށެވެ. އަމްނާ ނުފެނި ހޭދަވާ ކޮންމެ ވަގުތަކީ އަހަރެންގެ މިހިތުގެ ހަމަ ޖެހުން ނެތިގެންދާ ވަގުތެކެވެ. ތި ލޯބި ހިނިތުންވުން ފެނި އަހަރެން މިދުނިޔެ މަތިންނާއި އަހަރެން މިދުނިޔެއަށް އައި ސަބަބު މަތިން ހަނދާން ނެތިދެއެވެ. އަހަރެންގެ މިހިތުގެ ވިންދަކީ ތިއީއެވެ. އަމްނާއެވެ. އަހަރެން އަމްނާ ދެކެ ވަރަށް ލޯބި ވެއެވެ. އަހަރެން އަމްނާ ގާތު ރައްޓެހިވާކަށް ނާހާނަމެވެ. އަމްނާ އަހަންނާއި އެކު އަބަދުމެ އަބަދަށް އުޅެދޭނަން ހެއްޔެވެ؟ އަހަރެންނާއި އެކު އަބަދުމެ އަބަދަށް ތިއުމުރު ހުސްކޮށްލެވިދާނެ ހެއްޔެވެ؟ މިހެން އަހާއިރުވެސް އަމްނާ އަހަރެން ދެކެ ބިރުންހުރިކަން އަހަންނަށް އެނގެއެވެ. އަމްނާ އެދޭނަމަ މިނޫން ސިފައެއްގަވެސް އަހަރެން އަމްނާ ގާތަށް އައުމަށް އަހަރެން މިހުރީ ތައްޔާރަށެވެ. އެކަމަކު ހަނދާން ބަހައްޓަށްޗެވެ. އަހަރެންނަށް އަމްނާގެ ދުލުން އާބަސް އިވުމަށްފަހު އަހަރެން އަބަދުވެސް އަމްނާ ގެ ހިޔަނި ފަދައިން ގާތުގައި ހުންނާނަމެވެ. އަހަރެން ދުވަހަކުވެސް އަމްނާގެ ވިސްނުމާއި ބުއްދިއަކާއި ނުކުޅޭނަމެވެ. އަހަރެން އަމްނާއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަމެވެ. އަހަރެންގެ އުފަލަށްވުރެން އަމްނާގެ އުފަލަށް އިސްކަންދޭނަމެވެ. އަމްނާއާއި ދުވަހަކުވެސް އަހަރެން ވަތްކެއް ނުވާނަމެވެ. އަދި މިދެމެދަށް ވަންނަން މަސައްކަތް ކުރި ކޮންމެ މީހެއްގެ ވަސްވެސް ފުހެލަން އަތުކުރި އޮޅާލާނަމެވެ. މިއީ އަހަރެން ކުރާ ވަޢުދެއް ކަމަށް ބަލާށެވެ. އަދި މިވަޢުދުތަކަށް ފުރިހަމައަށް ތަބަޢަވާނަންކަމަށް އަހަރެން ވަޢުދުވަމެވެ. ނަމަވެސް…….. އަމްނާގެ ޖަވާބަކީ އަހަރެންގެ މޫނު މަތީ ވީއްލާލެވޭ އެތިފަހަރަކަށް ވެއްޖެނަމަ…..”

މަޑުމައިތިރކަމާއި އެކު ހާތިބު ދައްކަމުން ދިޔަ އިޝާރާތްތައް ނިމިގެން ދިޔައީ ހާތިބުގެ މޫނު މައްޗަށް ރުޅިވެރިކަން ވެރިކުރުވާފައެވެ. އެއާއި އެކު އެދެލޯ ދިއްލިގެން ދިޔައީ އެދެލޮލާއި ލޯ ސީދާ ކުރަންވެސް މީހަކަށް ނުކެރޭ ވަރަށެވެ.

ރޯމަހެއް ފެނުން ނެގުމުން ތެޅޭ ބީދައިން ތެޅި ތެޅި އޮތް ހިތަކާއިއެކު ބިރުން ވިރިވިރި ހުރި އަމްނާ ހުރީ ރޫރޫއަޅަ އަޅައެވެ. އަޑުގެ ކޮޅަށް ހަޅޭލަވަން ބޭނުންވި ނަމަވެސް އެއީ ނުވާނެ ކަމެއްކަން ހަނދާން ވުމާއިއެކު ތުން ފިތާލެވުނީ އޭނާގެ ނިކަމެތިކަން ހިތަށް ވެރިވުމުންނެވެ. އެކުއްޖާ ފަކީރު ހުރީ ހުރި ތަނުން ގުޑިލަންވެސް ނުކެރިފައެވެ. ވިސްނަމުން ދިޔައީ ދޭނެ ޖަވާބަކާއި ދޭތެރޭގައެވެ. އާނބަސް ދިނުމުން ލިބޭނެ މާބޮޑު ގެއްލުމެއް އޭނާއަކަށް ނުފެނުނެވެ. ނަމަވެސް ތަޤުދީރުގެ ރޭވުން އިނގޭނީ ކާކަށްހެއްޔެވެ؟ އެ ދަޢުވަތަށް ދެކޮޅު ހަދައިފިނަމަ ވާނެގޮތް ޚުދު އޭނާގެ ހިތަށްވެސް ގެނުވަން ދައްޗެވެ.

މެއާއި ދިމާލަށް ހުރަސްކޮށްލައިފައިވި ދެއަތް ނެގުމަށްފަހު އަމްނާ އިޝާރާތްތަކެއް ކުރަމުން ދިޔައެވެ. “އަހަންނަށް ވިސްނާލަން ވަގުތުކޮޅެއް..!” އަމްނާގެ ހަރަކާތްތަކަށް ހުއްޓުމެއް އައީ ހާތިބު އެކަމަށް ހުއްދަ ދިނުމުންނެވެ. އަމްނާއަށް 5 ގަޑިއިރުގެ ވަގުތު ދިނުމަށްފަހު ހާތިބު ގެއްލުނީ އެމުއްދަތުގެ ތެރޭގައި އަމްނާއަށް މިތަނުން ބޭރަށް ނުދެވޭނެކަމަށާއި ނުކުންނަން ކުރާ މަސައްކަތް ވެސް ބޭކާރުވާނެކަމަށް ބުނެފައެވެ. އަމްނާއަށް ހަމަޖެހުމުގެ ނޭވާއެއް ލެވުނީ ހާތިބު އޭނާގެ ލޯކުރިމަތިން ގެއްލުމުންނެވެ.

އެއާއި އެކު މަޑުމަޑުން ކޮޓަރީގެ ދެކޮޅަށް ދެކޮޅަށް ހިނގަމުން ދިޔައީ ދެއަތް ދެއަތާއި މޮޑެމުންނެވެ. ވިސްނަމުން ދިޔައީ ދޭނެ ޖަވާބަކާއި މެދުގައެވެ. އޭނާއަށް އެނގޭހާވެސް އެއްޗަކީ އެއީ ރޫޙާނީ ބާރުތަކެއް ލިބިގެންވާ މަޙުލޫޤެއް ކަމެވެ. އެހެން ކަމުން ކޮންމެ ފަދަ ގޮތެއްވެސް ހަދާފާނެކަން އޭނާއަށް އެނގެއެވެ. ނޭނގުނު ކަމަކީ އެ އެދުމަށް ދެކޮޅު ހަދައިފިނަމަ އެޖިންނި ކަންތައް ކުރާނެ ގޮތެވެ. ވިސްނާ ވަރަކަށް ނިތްކުރި މަތިން ދިޔައީ ދާތިކިތަށް ބަބުޅަމުންނެވެ. އެންމެ ފަހުން އެނދުމައްޗަށް އުއްޑުން ވެއްޓިގަތީ ފަޒާގެ ތެރެއަށް ފުން ނޭވާއެއް ދޫކޮށްލުމަށް ފަހުގައެވެ. ދޭނެ ޖަވާބަކާއި ވެސް އެކުގައެވެ. ސިކުނޑި ހުސްކޮށްލުމަށްފަހު ހަމަޖެހިލުމާއި އެކު އޭނާގެ އެސްފިޔަތަކަށް ބަރުވެގެން ގޮސް ނިދުނީ ކޮން އިރަކު ކަމެއް އޭނާއަކަށް ނޭނގެއެވެ. ފުން ނިދީގެ ތެރެއަށް ފީނަމުން ދިޔަ އަމްނާއަށް ނުވިސްނުނު ތަންކޮޅަކީ އޭނާގެ ޖަވާބާއި އެކު ކުރިމަތިލާން ޖެހޭނެ ކަޅުވިލާގަނޑުގެ ބޮޑުކަމެވެ.

އަމްނާގެ ޢަމަލުތަކަށް ކުޑަދޮރުން ބަލަންހުރި ހާތިބު ސިހިގެން ދިޔައީ އޭނާގެ ކޮނޑުގައި މީހަކު އަތްބޭއްވުމުންނެވެ. ފަސް އެނބުރި ބަލާލި އިރު ހުރީ އޭނާގެ ރަޙުމަތްތެރި އައްބާހެވެ. “ހާތިބު. ކަލެއަށް އިނގެއެއްނު ތިކުރަނީ ރަނގަޅު ކަމެއް ނޫންކަން. ތި ގުޅުމަށް އިންސީން ހުއްދަ ނުދޭނެކަން. އަދި އެ ނިކަމެތި ހަށިގަނޑުގައި ތި ހަށިގަނޑުން އަރާމާއި ލައްޒަތު ލިބިގަނެވޭ ވަރުގެ ކުޅަދާނަކަންވެސް ނުހުންނާނެކަން. ނުވިސްނެނީތަ ނޫނީ ބޭނުންނުވަނީތަ ވިސްނަން؟ އަހަރެމެންނެކޭ އެއްގޮތަށް އިންސީންނަށްވެސް އަހަރެމެންގެ މައްޗަށް އަތްގަދަ ކުރެވޭނެ ބާރު ލިބިގެންވޭ. ހާތިބުގެ މައިންބަފައިން ޖިންނީންގެ ބޮޑުހަނގުރަމައިގައި މަރުވެ ދިޔަސް އެ މައުސޫމު އަންހެން ކުއްޖާގެ މައިންބަފައިން މިދުނިޔޭގައި އެބަ ތިބި.. އެހެއްނު… ތިކުރަނީ ރަނގަޅު ކަމެއް ނޫން. އަދިވެ…”

އައްބާސް ދައްކަމުން ދިޔަ ވާހަކަތައް މެދުކަނޑާލަން ޖެހުނީ ހާތިބު ވާހަކަދައްކަން ފެށުމުންނެވެ.. “އަހަރެން ކޮން އިރަކު ބުނީ ކަލެއަށް އަހަރެންގެ ނިންމުންތަކަށް ބަސްބުނާނެ ބާރު އޮތްވާހަކަ؟ އަހަންނާއި އަމްނާގެ ދެމެދަށް އަންނަ ކޮންމެ ފަރާތެއްގެ ފުރާނަ ދުއްވާލަންވެސް އަހަރެން ފަހެއް ނުޖެހޭނަން.. އެއީ އަމްނާގެ މައިންބަފައިން ކަމުގައި ވިޔަސް ނޫނީ އައްބާސް! ކަލޭވިޔަސް.. ކަލެއަށްވެސް އޮތީ ދެއިޚުތިޔާރު. އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ގޮތުގައި އަހަންނަށް އެހީވުން. ނޫނީ އަހަރެންގެ މިދެއަތުން މަރުވުން. އަހަރެން އަމްނާ ޙާސިލްކުރަން ބޭނުންވާ ވަރު އެންމެ ބޮޑަށް އެނގޭނީ ކަލެއަށް.. އަހަރެންވެސް އިހުސާސްތަކެއް ވޭ. މައިންބަފައިންގެ ލޯބިން މަހުރޫމު ވިއެއްކަމަކު އަހަރެންގެ އަލަތު ލޯބި ޤުރުބާން ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ އައްބާސް.. ނޯންނާނެ.”

ހާތިބުގެ ނިންމުން އިއްވާލުމަށްފަހު އައްބާސްގެ ރައްދަކަށް ބެލުމެއް ނެތި އެތަނުން ގެއްލިގެން ދިޔައީ އަމްނާގެ ނިމުން އަޑުއެހުމަށް ކެތްމަދުވެފައި ހުރި ވަރުންނެވެ.

އަމްނާގެ އެނދުގެ ބޯލާކޮޅާއި ދިމާލުގައި ހުރި ހާތިބު ހުރީ އަމްނާގެ މައިސޫމު މޫނަށް ބަލަހައްޓައިގެންނެވެ. އައްބާސް ދެއްކީ މުޅިއަކުން ދޮގު ވާހަކަތަކެއް ނޫނެވެ. ނަމަވެސް އަމްނާ ދޫކޮށްލުމުގެ ކުޅަދާނަކަމެއް އޭނާގެ އެބަލިކަށި ހިތަކު ނެތެވެ. ހަށަން ބަނދެގެން ހުރި ހާތިބުގެ ކަރުގައި ހިޔާލީ ފޮލައިގެ ރަހަ ލާން ފެށުމާއި އެކު ހެން ހަށަން މޮހާލުމަށްފަހު އަމްނާއާއި ދިމާއަށް މަޑުމަޑުން ފުމެލީ އަމްނާ ނިދިން ހޭލައްވާލުމަށެވެ. އެ އަރާމު ނިންޖަން އެޅޭ ހުރަހަކަށް ވާން ނޭދުނެއްކަމަކު އިތުރަށް އިންތިޒާރު ކުރެވޭކަށްވެސް އޭނާއަކަށް ނެތެވެ.

ފުން ނިންޖަކުން ނިދާލައިފައި އޮތް އަމްނާއަށް ހޭލެވުނީ ހޫނު ވައިރޯޅިއެއް މޫނަށް ޖެހުމުންނެވެ. މަޑުމަޑުން އެސްފިޔަތައް ތަޅުވާލުމަށްފަހު ތެދުވުމާއިއެކު އަރިމަތީގައި ކޮޅަށްހުރި ހާތިބު ފެނުމާއިއެކު މިފަހަރު ސިހުމެއް ނުލިބެއެވެ. ނަމަވެސް އަނެއްކާވެސް އެހިތަށް ބިރުވެރިކަން ވެރިވީ އޭނާގެ ނިކަމެތިކަން ހަނދާންވުމުންނެވެ.

” ކޮބާ ޖަވާބު؟ ވަގުތު ހަމަވީ.” ހާތިބު އަތުގެ އިޝާރާތުން އަމްނާއަށް އެންގިއެވެ.

މޫނު މައްޗަށް ވެއްޓެމުން ދިޔަ އިސްތަށިކޮޅު އެއްފަރާތް ކުރަމުން އަމްނާ އޭނާގެ ޖަވާބައިގެން ކުރިއަށް ދިއުމަށްޓަކައި ހަމައަކަށް އެޅިލިއެވެ. އެއަށްފަހު އިޝާރާތްތަކެއް ކުރަމުން ދިޔައެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Nanni

Level 210 Stories100 Comments100 Login

A 16 year old girl whose dream is to b a writer, luvs to read stories n write too...

Other Articles

Previous

ހައިރާ?(ހަތަރުވަނަބައި)

Next

އަޖައިބެއްފަދަ ލޯބި 3

Next
June 2, 2018

އަޖައިބެއްފަދަ ލޯބި 3

Previews
June 2, 2018

ހައިރާ?(ހަތަރުވަނަބައި)

12 Comments!

  1. unique says:
    June 2, 2018 at 10:51 am

    nice

    1. Nanni says:
      June 2, 2018 at 2:35 pm

      Thn Q unique darlin………

  2. rifqa says:
    June 2, 2018 at 10:57 am

    nice i will be waiting for next part

    1. Nanni says:
      June 2, 2018 at 2:36 pm

      Thn Q Rifqa…. ufaavejje vhk kamudhiyaeema………

  3. Roxy says:
    June 2, 2018 at 12:29 pm

    Nannnnniiiii nxt prt myadhu up khleveykh neiy tha thi jvrbh ngen vv beynun ??? anyways stry hma habeys nge sis ??

    1. Nanni says:
      June 2, 2018 at 2:38 pm

      Awn sweety… ramazaan vma gina vaguthu heydha kurany alhukamuga….. n girls vma dhuvaaalu bxy vaane…. so nanni ah free vaa varakaun liyamun midhany………

  4. Mate says:
    June 2, 2018 at 12:30 pm

    Nice….hope to see next part soon…..

    1. Nanni says:
      June 2, 2018 at 2:39 pm

      Thn Q Mate…. Regular koh up kolleveythw nanni vs mi try kurany…

  5. Twinkle? says:
    June 2, 2018 at 1:18 pm

    Vvv salhi… waiting for the nxt part

    1. Nanni says:
      June 2, 2018 at 2:39 pm

      Thn Q Twinkle……..

  6. Shaira says:
    June 5, 2018 at 10:12 am

    Vvv salhi… waiting for next part..???

    1. Nanni says:
      June 10, 2018 at 6:15 pm

      Thn Q

Comments are closed.

Next Episodeއެ ވަޢުދު (4)←


All Right Reserved!