އިޝްމާ އަފްރީންއަށް ބަލާލިއެވެ. އެހެންނާ އަަބަދުވެސް އުޖާލާވެފަ ހުންނަ އަފްރީންގެ މޫނު ވަނީ މިލާފައެވެ. އަފްރީންގެ ހިތާމަވެރި މޫނު ފެނުމާއެކު އިޝްމާގެ ހިތުގަ ޖެހުނެވެ. އޭނާގެ ބައްޕަވެސް ހުރީ ވަކި އުފަލުގަ ނޫންކަން އިނގުމުން އިތުރަށް ދެރަވިއެވެ. “ދޮންތާ ކިހިނެއްވެފަ ތިހުރީ؟” އިޝްމާ ސިހުނީ ނުހަނުގާތުން މާނީގެ އަޑު އިވުމުންނެވެ. “ކަމެއްނުވެ. ކޮން އިރަކު ނުންނުއައީ؟” މާނީ އެތަނަށް އައިކޮންއިރަކުކަން ނޭންގުމުން އިޝްމާ ސުވާލުކުރިއެވެ. “ހަމަ ދެންމެ ދޯ ނުންުނު އެއައީ!” އިޝްމާ ކުރި ސުވާލަށް […]
“އައިލީ ބޭނުންވަނީ އަހަރެން އައިލީ ވަރިކުރަންތަ؟” ރާސިލް އެންމެ ފަހުން ގައިގައި ހުރި ހިތްވަރެއްލާފައި އަހާލިއެވެ. އައިލީޝް ގެ މުޅި ދުނިޔެ އެނބުރި ގަތް ފަދައެވެ. ރާސިލް ބޭނުންވަނީ އެ ގޮތް ކަމުގައިވާނަމަ އޭނާ ވަކި ކުރާނީ ކީއް ހެއްޔެވެ؟ ހެދޭނެ ވަކި ގޮތެއް އޮވެދާނެ ހެއްޔެވެ؟. ވަރީގެ ވާހަކަ އެ ދެއްކީ ކީއްވެބާއޭ އައިލީޝް ގެ ހިތަށް އެރިއެވެ. ރާސިލް މިހާރު އޭނާ އާ އެކީ އުޅެން ބޭނުން ނުވަނީ ހެއްޔެވެ؟. އޭނާ ދެކެ ފޫހި […]
އާލިކް ގެ މަތިން ހަނދާން ކުރި ވަރަކަށް ނިއުޝާއަށް އޭނާގެ މާޒީ ލޯމަތީގައި ސިފަ ވަމުން ދިޔައެވެ. ބައެއްގެ ރޭވުމުގެ ސަބަބުން އޭނާ އެންމެ ލޯބިވީ މީހާ އަތުން ބީވެގެން ދިޔަގޮތް ހިތައް އަރާ ރޮވޭގޮތް ވިއެވެ. މާޒީ ހަނދާން ނައްތާލަން ކިތަންމެ ބޭނުން ވިޔަސް އެ ލޯބިވެތި ދުވަސް ތަކަކީ ދުވަހަކުވެސް އޭނާގެ ހިތުން ފޮހެވިގެން ދާނޭ ދުވަސް ތަކެއްނޫނެވެ. އަދި އަމުދުން އޭނާއަށް އާލިކް ފެންނަ ކޮންމެ ފަހަރަކު އޭނާގެ ހިތުގައި ފޮރުވި ނިވިފައިވާ […]
#ކުރީ އަދަދާއި ގުޅޭ….. ************** އެ ހުވަފެންތަށް މިއަދު ބިލާހަކަށް ވެެއްޖެއެވެ. ހިތްވަނީ ކުދި ކުދިވެފައެވެ. މި ހިތް ރަނގަޅު ކުރެވޭނެ ޑޮކްޓަރެއް ކަލާ ނޫނީ ވާނެ ހެއްޔެވެ؟ ޝޫރާއެވެ. އުޑުގައި ހުރިއްޔާއިި ހުރި ތަރިއެއް ބަލާފައި ކުރި ވައުދުތަށް އުވާލީ ކީއްވެ ހެއްޔެވެ؟ އެ ހިތްވަރު ކަލާއަށް ލިބުނު ކަމަށްޓަކައި އަޅު އަޖައިބުވެ އަންތަރީސް ވެއްޖެއެވެ. އެކުގައި ހޭދަ ކުރި ވަޤުތުތަށް އެއްރެއިން ހަނދާން ނައްތާލީތޯއެވެ؟ އެކުގައި ރަސްރަނި ބަގީޗާގައި މާފޮޅުވި ރޭތަށް، އެކީގައި ގޮސް […]
އެކުވެރިން ރަޙުމަތްތެރިން، އެއީ އަހަރެން މުޅި މިދުނިޔެއިންވެސް އެންމެ ނަފްރަތުކުރާ ދެބަހަށް މިއަދު މިވަނީ ވެފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ. އަހަންނަކީ އެކުވެރިން ހޯދުމުގައި ވަރަށް ކުރި އެރި ކުއްޖެކެވެ. އަހަރެންގެ އުމުރުން ވީހާ ދުވަހަށްވުރެ އެކުވެރިންގެ އަދަދު ގިނަވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަހަރެން އަހަރެންގެ އެކުވެރިން ގެންގުޅުނީ އަހަރެންގެ ދެލޯ ފަދައިންނެވެ. އެއިން މީހަކަށް ކުޑަވެސް ގެއްލުމެއް ލިބިއްޖެނަމަ އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިދެއެވެ. އެކުވެރިއަކު ބަލިވެއްޖެނަމަ ޑަކްޓަރަށް ދައްކަން ގެންގޮސް ހަދަމެވެ. […]
ކޮޓަރީގެ ދޮރު ހުޅުވާލީ ބޭރުން އެއްވެސް މީހެއްގެ ހިލަމެއް ނުވާތީއެވެ. ބަނޑުހައިވެގެން ހާންތި ވަނީއެވެ. ނިދަން އުޅެއުޅެ ނުނިދުނެވެ. އެންމެ ފަހުން ލެވުނު ހިއްވަރެއް ލާފައި ކޮޓަރިން ބޭރަށް ނުކުތީމެވެ. ފިޔަވަޅުގެ އަޑު ނީވޭނެހެން މަޑު މަޑުން ބަދިގެއާ ދިމާލަށް މިސްރާބް ޖެހީމެވެ. ސިޓިންގްރޫމްގައި ހުރި ކުޑަ އޮރެންޖް ބޮކީގެ އަލިން ގޭތެރެއަށް ފަނޑު އަލިކަމެއް ވެރިވެފައި ވިއެވެ. ބަދިގޭގެ ބޮކި ދިއްލާކަށް ނުކެރުނެވެ. ޙަރީރާ ހޭލަފާނެތީއެވެ. ދޮންމަންމައަށް ވިޔަސް “މަންމަ” މިނަން ހިމެނޭގޮތަށް އޭނައާ މުޙާތަބް ކުރާކަށް […]
މުޅި ކޮޓަރި ތެރެއަށް ވެރި ވެފައި ވަނީ މަރުގެ ހިމޭން ކަމެވެ. އޭސީގެ މަޑުމަޑު ފިނިން މުޅި ކޮޓަރި ފިނި ވެފައި ވާއިރު މުޅި ކޮޓަރި ތެރެއަށް ފެތުތިފައި ވަނީ ‘ޓްވިންކްލް’ ސެންޓް ގެ ޖާދުވީ މިރު ވަހެވެ. ހުދާއި މަޑު ފިޔާތޮށި ކުލައިން ޒީނަތް ތެރި ކުރެވިފައިވާ ކޮޓަރީގައި ހުރި ކިންގް ސައިޒް އެނދު މަތީގައި ކަޅު ކުލައިގެ ސްކިނީ އަކާއި ހުދު ކުލައިގެ އަތްދިގު ޓީޝާޓެއް ލައިގެން ބަންޑުން އޮށޯވެލައިގެން އެއޮތީ މި ވީރާނާ […]
ހިތް އަދު ރޮނީއޭ ނުދާށޭ ، ހިތް މަރުވަނީއޭ ނުދާށޭ ދަންވަރުތަކާ ދުށް އެތާޒާ ، މަންޒަރު ފެށީ އާވާށޭ ކަރުނުން ލޭ ހެދޭ ކޯރުގާ ، ފީނާ ދާންވީ ފަތާ ގެނބެނީއޭ ހިތާ ފިތް މަގޭ ، ފުންކަނޑުގެ ބާނީތެރޭ ރޮއެ ރޮއެ ކުރާހާ މިއާދޭސް ހާހުން ގުނާ މިނާށޭ ހެކިވާނޭ ހަނދާ ތަރިތަކާ ، މޫދާ އައްސޭރިއާ ނުބަލަންހޭ އެކީގާ މަށާ ، ލޯބިން އެ މަސްތުންފުރާ ދާނޭހޭ ޔާދުން ހިތާއޭ ، ސީދާ […]
ޒޭންގެ ލޮލުން ވެއްޓުނު ކަރުނަތިކި ލިޔަމުން ދިޔަ ޖުމުލައިގެ މުހިއްމު ބައެއް މަދުކޮށްލި ކަހަލައެވެ. އެރި އައްސީގައި ކަރުދާސްގަނޑު ބޮނޑިކޮށް އެއްލާލީ ކުޑަދޮރުން ބޭރަށެވެ. ދެން އިވެންފެށީ އަޑުން އަޑުނަގައި ރޯންފެށި އަޑެވެ. އަދި “ޝޫރާ” އޭ ކިޔާ ހަޅޭއްލަވައި ގަތެވެ. “އަހަރެން އެކަނި ވެެއްޖެ… ލޯބި އެއީ އަހަރެންގެ ހަތުރަކަށް ވެއްޖެ…” ޒޭން ކިޔަމުން ދިޔައެވެ. “އަހަރެން ދޫކޮށްލީ ކީއްވެ…؟ ކީއްވެ ހިތުގައި ޖެއްސީ…؟ މިވަރުގެ ބޮޑު އަނިޔާއެއް ތިދިނީ ކީއްވެ…؟” ޝަކުވާތަށް އެހެރަ ބަންޑުން […]