އެކުވެރިން..
އެކުވެރިން ރަޙުމަތްތެރިން، އެއީ އަހަރެން މުޅި މިދުނިޔެއިންވެސް އެންމެ ނަފްރަތުކުރާ ދެބަހަށް މިއަދު މިވަނީ ވެފައެވެ. ސަބަބެއް ނެތިއެއްވެސް ނޫނެވެ.
އަހަންނަކީ އެކުވެރިން ހޯދުމުގައި ވަރަށް ކުރި އެރި ކުއްޖެކެވެ. އަހަރެންގެ އުމުރުން ވީހާ ދުވަހަށްވުރެ އެކުވެރިންގެ އަދަދު ގިނަވާނެކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަހަރެން އަހަރެންގެ އެކުވެރިން ގެންގުޅުނީ އަހަރެންގެ ދެލޯ ފަދައިންނެވެ. އެއިން މީހަކަށް ކުޑަވެސް ގެއްލުމެއް ލިބިއްޖެނަމަ އަހަރެންގެ ހިތުގެ ހަމަޖެހުން ގެއްލިދެއެވެ. އެކުވެރިއަކު ބަލިވެއްޖެނަމަ ޑަކްޓަރަށް ދައްކަން ގެންގޮސް ހަދަމެވެ. ބަދަލުގައި އެއްވެސް އެއްޗެއް ނޭދެމެވެ. ނުވެސް އެދޭނަމެވެ. އަހަރެންގެ ހުންނަ އެކުވެރި އަދި މަޖާ މިޒާޖުގެ ސަބަބުން ރުޅި އައިސް ދެރަ ވެފައި އިން މީހަކުވެސް ހެއްވާލާކަށް އުނދަގުލެއް ނޫނެވެ. އަހަރެންގެ އެކުވެރިއެއްގެ އުފަންދުވަހެއް އަޔަސް އަހަންނަށް ހީވަނީ ދެޢީދު އެއްފަހަރާ ލައިގަންނަ ހެނެވެ. އެމީހުންނަށް ލިބޭ ކޮންމެ ކަމިޔާބީއަކީ އަހަރެންގެ ކާމިޔާބީ ކަމުގައ ބެލީމެވެ. އޭރުވެސް އަހަންނަށް ހެޔޮއެދޭ އަހަރެންގެ އާއިލާ މީހުން ބުނަމުންދިޔައެވެ. ” ކަމެއް ވާ ދުވަހަކު ތިޔަ އެކުވެރިން ތަކެއް ނުތިބޭނެއެވެ.” ކަންތައް ވެގެން ދިޔައީވެސް އެހެނެވެ.
އަހަންނަކީ ކިޔެވުމުގައިވެސް ފާހަގަކޮށްލެވޭ ރަނގަޅު ނަތީޖާއެއް ނެރެމުން އައި ކުއްޖެކެވެ. ނަމަވެސް ގުރޭޑު 8 އަށް އައި ފަހުން އަހަރެންގެ ވިސްނުން މުޅިން އެހެން ކަމަކާއި ދިމާއަށް ދިޔައެވެ. އެކުވެރިންގެ އެދުމުގެ މަތިން، ފިރިހެން ކުދިންނާއި ރައްޓެހި ވާން ފެށިގޮތަށް އަހަރެން އެކަމަށް ދެވި ހިފީއެވެ.
މީހުންގެ ތެރޭގައި އަހަރެން ބަޑި ކުއްޖެއްގެ ގޮތުގައި ސިފަވެގެން ދިޔައެވެ. އޯ ލެވެލް އާއި ހިސާބަށް ދިޔަ އިރު އަހަރެންގެ އަތުގެ އިނގިލި ތަކުން ގުނޭ ވަރަށްވުރެ އަހަރެންގެ ބިޓުންގެ އަދަދު މާ ގިނައެވެ. ކުރާނެ ކަމެއް ނެތެވެ. އަހަރެންގެ ނަތީޖާ ދިޔައީ ދަށްވަމުނެވެ. އާއިލާއިންނާއި ޓީޗަރުންގެ ސުވާލު ތައް އަހަންނާއި އަމާޒުވިއެވެ. އަހަރެން ދޭނީ ވަކި ކޮން ޖަވާބެއް ހެއްޔެވެ؟ އެއިން ކޮންމެ ފަހަރަކުވެސް އަހަރެން ހިނިތުންވުމަކުން ފުއްދާލަނީއެވެ. ކިތަންމެ ވަރެއް ކުރިޔަސް އެއީ ނުވާ ކަމަކަށް ނުވާނެއެވެ. ފިރިހެން ކުދިންގެ އަވައިގައި ޖެހި މުޅި ޙަޔާތް ބޮއްސުން ލާން ފެށީއެވެ. ކިޔެވުމަށް ދޭންޖެހޭ ސަމާލުކަމެއް ނުދެވުނެވެ. އަހަންނަށް ޙަޔާތުގައި ބޮޑު ކުށެއް ކުރެވުނީއެވެ. މިހާ ބޮޑު ލަނޑެއް އަހަންނަށް ދިން މީހަކަށް އެންމެ ގިނަ އަދަދަކަށް އެހީ ފޯރުކޮށްދިނީވެސް ހަމަ މިބުނާ އަހަރެންގެ ލޯބިވާ އެކުވެރިންނެވެ. މީހެއްގެ ހިތުގައި ހަސަދަ ލައިފިނަމަ، އެކަމުން ސަލާމަތް ކުރުމަކީ ފަސޭހަކަމަކަށް ނުވާނެއެވެ.
އޯ ލެވެލް ދުވަސްކޮޅު ލިބުނު މި ބޮޑު ލަނޑުގެ ސަބަބުން އަހަންނަށް ހިތްވަރު ލައިދީ އެހީވާކަށް އަހަރެންގެ އެކުވެރިންނެއް ނާދެއެވެ. ބަދަލުގައި އަހަރެން އެބަޔަކަށް ބީރު ކަންފަތެއް ދިން އަހަރެންގެ މައިންބަފައިން ތިބީ އަހަންނަށް އެހީވާން އަތުކުރި އޮޅާލައިގެނެވެ. އަހަންނަށްޓަކައި މުޅި ދުނޔެއާ ކުރިމަތިލިއެވެ. އަހަރެންގެ ސަބަބުން އެމީހުން ކަރުނަ އެޅި މަންޒަރު ފެނި އަހަރެންގެ ހިތް ބަދަލުވިއެވެ. އަހަރެން ލަދުގަނެއެވެ. ވަރަށް ބޮޑަށްވެސް ލަދުގަނެއެވެ.
އަހަންނާއި އަހަރެންގެ މައިންބަފައިންގެ ހުވަފެންތައް ހަޤީޤަތަކަށް ހެދުމަށް ހިތުނިޔަތްގަނެގެން ރެއާއި ދުވާލު، ދިންހާއި އަތްވަކާއި ވެހުނުހާ ވާރެއެއްގައި ހުކުރަކަށް ހޮނިހިރަކަށް ބެލުމެއްނެތި ކުރި މަސައްކަތުން ދިއްލި ހުޅުކޮޅު، އެކުވެރިންގެ ހަޔާތް އަލި ކުރުމަށް ދިނުމުން އެމީހުން އެހުޅުކޮޅުން އަހަރެންގެ ޙަޔާތުގައި ޖެހީ އަލިފާނެވެ. ދުވަހަކު ނުފިލާނެ ވަރުގެ ލައްގަނޑެއް އަހަރެންގެ މޫނު މަތީ ޖަހަފައި ގޮސް ހެވިފައި އުޅޭލެއް ބަލާބަލާށެވެ. އަހަރެންގެ ޙަޔާތުގެ ސަފްހާތައް ތަރުތީބު ކަމާއި އެކު ލިޔަމުން ދަނިކޮށް އެސަފްހާތައް ވިއްސި ވިހާލިވި ވަގުތު އެ ސަފްހާތަސް ތަރުތީބު ކޮށްދޭން އަހަރެންގެ މައިންބަފައިން ތިބި ކަމަށްޓަކައި މާތް ރަސްކަލާނގެ ކިބަފުޅަށް ޙަމްދު ކުރަމެވެ. އެފަދަ މަތިވެރި ބަޔަކު އަހަރެންގެ ހަޔާތުގައި ނުގުޑާ ފަދަ އަޒުމެއްގައި ތިބި މަންޒަރު ފެނި މިހިތް ކުދި ކުދި ވަނީ އެމީހުންނަށް ދެވުނު ބަދަލުގެ ސަބަބުންނެވެ. ނުނިދާ ރުއީ ކިތައް ރޭ ކަމެއްވެސް ނޭނގެއެވެ. އަހަރެން މަޢާފަށް އެދޭނީވެސް ވަކި ކޮން ދުލަކުން ހެއްޔެވެ؟ އެމީހުންގެ ކުރިމައްޗަށް އަރަންވެސް އަހަރެން ލަދުގަނެއެވެ. އެހާ ދަށަށް އެމީހުން ލެވުނީތީ ލަދުވެތިވެ ހިތާމަ ކުރަމެވެ.
މިއަދު އަހަންނަކީ ދުނިޔޭގައި ތިބި އެންމެ އުފާވެރި މީހާއަށް ނުވެދާނެއެއެވެ. ނަމަވެސް ނަސީބުވެރިންގެ ލިސްޓުގެ ކުރީގައި އަހަރެންގެ ނަން ހިމެނޭނެ ކަމީ ޝައްކެއްވެސް އޮތް ކަމެއް ނޫނެވެ. އަހަރެން އަހަރެންގެ މައިންބަފައިން ދެކެ ވަރަށް ލޯބިވެއެވެ. މަޢާފަށް މިއެދެނީ ކުރެވުނު ކުށްތަކަށެވެ. އަހަރެންގެ އެކުވެރިއެއް އަދު ނެތަސް އަހަރެން ދެރައެއް ނުވެއެވެ. ރަނގަޅު މީހެއް ލިބުން ދުވަހަކުން އެކުވެރިކަން ޤާއިމުކުރާނަމެވެ. އަހަންނަކީ މުޅިން އާ ފަރާތެކެވެ. އެފަދަ އިހުސާސެއް އަހަންނަށްވެސް ކުރެވެއެވެ. ނުބައި މަގުން ސީދާ މަގަށް އެޅުނީތީ އަހަރެންގެ ނަފްސު ދެކެ މިއަދު ފަޚުރުވެރި ވަމެވެ. އަހަރެން އަހަރެންގެ އިހުގެ އެކުވެރިންގެ ހަޔާތް ބަލަކަށް ބޭނުމެއް ނޫނެވެ. އެމީހުން ދުނިޔޭގަ ތިބިތޯ ނެއްތޯ ބަލާކަށްވެސް ނޭދެމެވެ. އަހަރެންގެ މޫނު މަތީ އެމީހުން ޖެހި ލައްގަނޑާއެކުވެސް މިދަނީ ކާމިޔަބު ކަމާ އެކު ކުރިއަށެވެ.
އެކުވެރިން ނުގެންގުޅޭށެކޭ ނޫނެވެ. ވިހަލާފާނެކަން ވިސްނަންވާނެއެވެ. ރަނގަޅު ރައްޓެހިންނަކީ މިއަދު މަދު ބައެކެވެ.
29 Comments!
Comments are closed.




Mivaahaka in ebuny thedheh.. kwn me iraku vess frnds vihalaafaane .. nd i also have faced someting like that…. mi vahakaa in varah gina inburay libunu.. nd nanni mivaahaka mee nanni ah dhimaavefa oyy haadhisaa akah liyefatha???
Masha allah story vrh vrh vrh vrh reethi.??
hehehehhe…. Thn Q thi loabi loabi comment ah……..ufaavejje vhk kamudhiyaeema
Mi story varah reethi Maasha Allah
thn Q Fathimath. vrh ufaaavejje……..
Masha allah.. haadha furihama jumlathakekey.. ehera ibaaraai kurumeh.. just love it.. u go girrl❤ i just love this story.. yes.. rattehin hoadhaa iru balan vaane rangalhu dheenveri kujjeh hoadheythw.. eyrun ekujjaage sababun thimaa ah v faidhaa kuraanekan yageen.. efadha kujjeh thimaa ah libey ufaaverikan anekaa ah vs libun edheyne.. jazakallah khairan for the great story nanni..
Alhey thn Q alhe… hama vrh ufaavejje thi comment fenifa asluga vs…….
Great story…….vrh iburaihtheri vaahakaeh….keep it up…..
Thn Q Mate……
v iburaiytheri stry eh
iburatheh libunakas faidhaa eh nuvaane. eygen beynun hifan vaaane…Thn Q eekko… vhk kamudhiyaeema ufaavejje vrh..
Vv iburaitheri vaahaka eh mee
Adhi hama vvv reethi
Hama thedhu vaahaka eh mee
Nunnu ah dhimaavi haadhisaa ehthr anekka nanni ah mi lyevuny… n m glad to knw tht u luved my story…… Thnk You Nunnu
V rythi ibraitheri vaahaka eh..
Thn Q Naju….
Vvvvvvv reeeethi buddy ?? jst love it bunrne ehcheh vx neynge ?? dnt wry sissy abadhu eh gotheh vx nuvrne i wnt let u dwn ?????
Aye… Thn Q Roxy buddy… awwwwn.. i luved ya comment…… n i hope so ehn vaanekamah…….
v iburaitheri vaahakaeh.. keep it up. <3
Thn Q reader………
Nice story NANNI n varah iburaiytheri
Thn Q livee
No need of human friends..trust Allah you will not go wrong read Asthaqfirullahi doors of victory will be open by itself
Thn Q
varah reethi hama eyhaame ibrahthyri vaahakaeh?ragalhu vaahakaeh mizamaanuga enme kaireega heelaafa ulhy rahmah thyriya enme fahuvagu thu vihalaany mi vaahakaige mibunani miadhu kan higaa goh varah furihama story
Thn Q Shanhaa……. heheheh dhw…
vvv iburaihtheri thanks nanni for this lovely advice
Thn Q unique dear……
Luv it❤
varah rangalhu vaahaka eh, e haadhisaa thankolheh thafseelu koh genesdhin nama v furihama vees, noony ehn vaahaka eh genesdhevidhaane e haadhisaa ah.
ވވވވވވސަޅި ވާހަކައެއް ވަރައްރަންގަޅު ފިލާވަޅެއްލިބިއްޖެ