އަހަންނަށް ކުޑައިރު ވިސްނިފައި އޮތް ގޮތުގައި މާލޭ އެންމެންނަކީވެސް ވަރަށް ދީލަތި ހިތްހެޔޮ ބައެކެވެ. ސަބަބަކީ އަހަރެންގެ މަންމައާއި ބައްޕަގެ ދުލުން އަބަދުވެސް މާލޭ މީހުންނާއި ބެހޭގޮތުން އަޑުއިވެނީ މިފަދަ ވާހަކަތަކަށް ވުމެވެ. މާލެއިން ގެންނަ ބޮޑެތި ހަދިޔާ ފޮށިގަނޑުގަނޑު ލޮލަށް ފެނި ރީތި އަންނައުނުތައް ލާން ލިބޭތީއެވެ. މާލެއިން ރަށަށް އަންނަ ރައްޓެހިން ބައްޕަމެން ގެންގުޅެނީ ކޮނޑަށްލައިގެންނޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ނިދާ ކޮޓަރި އެމީހުންނަށް ދިނުމަށްފަހު އެހެން ތާކަށް ހިޖުރަކުރެއެވެ. އަދި ކުކުޅުރިހަ ކައްކާ […]
އާދާގެ މަތިން މިއަދުވެސް ނަވްޔާއާ އިސްރާ ބެންޗުގަ މަޑުކޮށްގެން ތިބީ މާނީއާ އިޝްމާ އަންނަންދެނެވެ. އިސްރާ ކޮންމެސް ކަމަކާ ވިސްނާހެން ނަވްޔާއަށް ހީވިއެވެ. އެއީ އެހެންނާ ހުއްޓާނުލާ އަނގަތަޅާ ކުއްޖާ މިއަދު އަނގައިން އެންމެ ބަހެއްވެސް ނުބުނެެއެވެ. ނަވްޔާ އެއްޗެކޭ ނުބުނެ އިނީ މާނީމެން އަންނަންދެނެވެ. ސްކޫލްގޭޓުން އެތެރެއަށް ވަދެގެން އައި އިޝްމާއާ މާނީ ނަވްޔާގެ ލޮލުގައި އަޅާގަތުމުން އިސްރާ ގައިގަ ކޮށްޓާލިއެވެ. ޚިޔާލަށް ގެއްލިފައި އިން އިސްރާ ނަވްޔާ ކޮށްޓާލުމުން ގޭޓާ ދިމާއަށް ބަލާލިއެވެ. އޭރު […]
އަހަރެންނަކީ ލިޔުންތެރިއެކެވެ. ނޫސްވެރިއެކެވެ. ދިވެހި ވާހަކަލިޔެމެވެ. ހަބަރާއި މަޢުލޫމާތު ލިބޭ ގިނަ މަޒުމޫނުތަކެއް ލިޔަމެވެ. އަދި އެތަކެތި ސައިޓްތަކުގައި ކޮންމެ ދުވަހަކު ޝާއިއު ކުރަމެވެ. އަހަންނަކީ ހިތުގެ މައްސަލައެއް ހުންނަ މީހަކީމެވެ. ދޭތެރެ ދޭތެރޭން ހޮސްޕިޓަލުގައި އެޑްމިޓް ކުރެއެވެ. އެތަށް ވަޤުތެއް އެތާ ހޭދަ ކުރަންޖެހެއެވެ. ކިޔައިދޭން މި އުޅެނީ ލިޔުންތެރިއެއްގެ ދުލުން ބޭރުވި ވާހަކަތަކެވެ. “އަހަރެން” ބޭނުންކޮށްފައި އެވަނީ އޭނައަށް ނިސްބަތްކޮށެވެ. ވާހަކަ ކިޔައިދިން މީހާގެ ނަޒަރުން ލިޔެލާނަމެވެ. މިއަދުވެސް އަހަރެން ހޮސްޕިޓަލަށް ގެންދެވުނީ މެއަށް […]
ކޮންމެ އަންހެނަކުވެސް ޒަވާޖީ ޙަޔާތެއް ފެށުމަށްފަހު ދެކޭނެ އެންމެ ރީތި ހުވަފެނަކީ އޭނާގެ އުނގު ފަޅުފިލުވަދޭނެ ތުއްތު ތުއްތު ދަރިއެއް އުފަންވުމެވެ. ފިރާޝާވެސް އިންތިޒާރު ކުރަމުން އެދަނީ އެފަދަ ވަގުތަކަށެވެ. މިކަމަށްޓަކައި އޭނާވަނީ ރާއްޖޭގެ އިތުރުން އިންޑިޔާ، ސްރީލަންކާ އަދި ބެންކޮކަށް ދަތުރުކޮށް އެކިއެކި ނަން މަޝްހޫރު ޑޮކްޓަރުންނަށް ދައްކާ ފަރުވާ ހޯދަން މަސައްކަތް ކޮށްފައެވެ. ނުވިތާކަށް ރާއްޖޭގެ އުތުރާއި ދެކުނަށް ދަތުރުކޮށް ދިވެހިބޭސްކުރުމަށްވެސް އެތަށް ޚަރަދުތަކެއް ކުރެވިއްޖެއެވެ. ނަމަވެސް ނަތީޖާއެއް ނުނިކުތެވެ. އެންމެފަހުން ފިރާޝާ ނިންމައިގެން […]
“އައިލީ ވީ އާރ މެރީޑް… ދިޒް އިޒް މައި ވައިފް” ދާނިޝް އިއްވާލިއެވެ. ދާނިޝް އިއްވާލުމާއެކު އައިލީޝް އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. އޭނާ ގާތު އެ ފަދަ އެއްވެސް ވާހަކައެއް މިހާ ދުވަސްވިއިރު ނުދެއްކީ ކީއްވެތޯ އަހަން ބޭޏުންވިޔަސް ލިބިފައި ހުރި ޝޮކްގެ ސަބަބުން އެވަގުތު އެއްވެސް ވާހަކައެއް އެހޭ ގޮތެއްނުވިއެވެ. “އަސްލު އިނގޭ އައިލީ ދެރަވާނެކަންވެސް… އެނގޭ އައިލީ ގެ ހިތުގެ ބައިވަރު ސުވާލް އުފެދޭނެކަނެކަންވެސް… އެކަމަކުވެސް… އެކަމަކުވެސް އިތުރު ގޮތެއްނެތީ އައިލީ… ޒީ […]
ކޮމެންޓޭޓަރު އަހުސަމްގެ ނަން ކިޔާލުމާއެކު ބޭއިޚްތިޔާރުގައި އޭނާއަަށް ހިނިތުންވެވުނެވެ. އޭނާގެ އުމުރުން ސޯޅައަހަރުވީއިރުވެސް ފުޓްބޯޅަ މެޗެއް ފުރިހަމައަށް ބަލާނުލައެވެ. ނަމަވެސް އަހުސަމް ކުޅެންފެށުމާއެކު ފުޓްބޯޅަ އޭނާގެ ހަޔާތުގެ އެއްބަޔަށް ވެއްޖެއެވެ. ” އިސްރާ ތި ބެލުން ނޫންކަމެއް ނުކުރޭ މިހާރަކު މޮޅުވިިނަމަވެސް އެންމެ ރަނގަޅޭ ރިކޯރޑްކޮށްގެން ބަލަން. މަގުމަތީގަ ލާޗާރު ބިޗާރަށް އުޅޭ ކުދިން ކުޅޭ އެއްޗެއް ބަލަން ވަގުތު ބޭކާރު ކުރާނީ ކީއްކުރަން. ދެން ދޭ ފޮތް ކިޔަން އަންނަ މަހުގަ ޓެސްޓްވެސް ފެށެއެއްނު.” އިސްރާ […]
ޖެހިގެންއައިދުވަހު އަރައިގެންއައި އިރާއެކީ ނަތާޝާ އަހަރެންގެ ގެއަށް ޒިޔާރާތްކުރިއެވެ. ބެލްޖެހުމުން ދޮރުހުޅުވީ އަހަންނެވެ. އަހަންނަށް އައިސްފައިވާ ބަދަލުފެނި އޭނާހުރީ އަނގަ ހުޅުވިގޮތަށް ލައްޕާލަންވެސް ހަނދާންނެތިފައެވެ. އައީ ވަރަށް އުފާވެރި ޚަބަރަކާއި އެއްކޮށޭ ބުނީ ދެޚިޔާލެއްގައިހުރެކަން ނަތާޝާގެ މޫނުމަތީގައިހުރި ކުލަވަރު ފެނުނު ކޮންމެ މީހަކަށްވެސް އެނގޭނެއެވެ. މަޝްހޫރު ބަޠަލަކާއިއެކު އިޝްތިހާރެއްކުޅެން އަހަންނަށް ފުރުޞަތު ލިބުނުކަން ހާމަކުރުމުން ވަގުތުން އަހަރެން ދެކޮޅުހެދީމެވެ. އެއީ އިރެއްގައި އަހަރެން ދެކުނު ހުވަފެނަކަށްވިއަސް މިހާރު އެއީ އަހަރެން އުޅެން ބޭނުންވާގޮތެއްނޫނެވެ. ނަތާޝާ އިތުރަށް އެކަމަށް […]
ރޭގަނޑުގެ ވަގުތު އަމްނާ ފެންވަރަން ހުރި ވަގުތެވެ. ބަނޑަށް ތޫނު ތަނދެއް ވާން ފެށިއެވެ. ބައެއް ފަހަރު ބަނޑު ފަޅާފައި އެއްޗެއް ނުކުންނަން އުޅޭ ކަހަލަ އިހުސާސެއްވެސް ކުރެވުނެވެ. އެއާ އެކު ހުރި ތަނުން މަޑު ފިޔަވަޅުތަކެއްގައި ފަހަތަށް ޖެހެމުން ޖެހެމުން ގޮސްފާރުގައި ޖެހުމުން ފާރުގައި ކޭއްތެމުން ކަހަލަ ގޮތަަކަށް ތިރީގައި އިށީނދެލީ ބަނޑަށް ވަމުން ދިޔަ ތަދުން ބަނޑުގައި ދެއަތުން އަތް އަޅައިގެން ހުރެއެވެ. ދެން ފެނުނީ ބަނޑު ފުފެމުން ދިޔަ ތަނެވެ. ވަކި ވަރަކަށް […]
އަހަންނަކީ ދެމަފިރިއެއްގެ ހުރި ހަމަ އެކަނި ދަރިފުޅެވެ. ލޯތްބާއި އެކު ލޮލުގެ ކޮއި ފަދައިން ބަލާބޮޑުކުރި ކާމިޔާބު ފިރިހެން ކުއްޖެކެވެ. މާތް ﷲ އެންމެ ފުރިހަމަ ސޫރައިގައި ލެއްވި އިންސާނަކީމެވެ. މީހުންގެ ނަޒަރުގައި އަހަންނަކީ އައިބުކަމެއް ހުންނަ ކުއްޖެކެވެ. އަހަރެންގެ ދެފައިގެ ބޭނުން ނުކުރެވޭތީއެވެ. އާނއެކެވެ. އަހަންނަކީ ހިނގާ ބިނގާވެ އުޅުމުގެ ނިޢުމަތުން މަހުރޫމުވެފައިވާ މީހެކެވެ. ދެފައިގެ އެއްވެސް ބޭނުމެއް ނުކުރެވެއެވެ. ފެށުމުގައި ދަތިތަކާއި ކުރިމަތި ލިޔަސް ބޮޑު ވަމުން އައި ވަރަކަށް އަހަންނަށް އެކަން އިހުސާސް […]