ފޯނުގެ ސްކްރީނަށް ބަލައިލި އައިލީންއަށް ލިބުނީ ހައިރާންކަމެވެ. ގުޅަމުން އެ ދަނީ ޔޫހާންއެވެ. ރޭގަ ވެސް އަދި މިއަދުވެސް އެއްވެސް ޚަބަރެއް ނުވެ ހުރެ ކުއްލިއަކަށް ގުޅުމުން ހައިރާންވާނެ ނޫން ހެއްޔެވެ. އޭނާ އަވަސް އަވަހަށް ފޯނު ނަގައި ކަންފަތުގައި ޖައްސާލިއެވެ. ” ހަލޯ އައިލީ… ކޭން ޔޫ ޑޫ މީ އަ ފޭވާ ޕްލީޒް… ވަރަށް ބޮޑު ކަމެއް ކޮށްދޭން ވެއްޖެ ” އައިލީން ފޯނު ނެގުމާއެކު ޔޫހާން ބުންޏެވެ. އައިލީން ހުރީ ބުނާނެ އެއްޗެއްވެސް […]
ދުވަހަކީ ސްކޫލް ދުވަހެއް ކަމުން މަގުމަތީގައި ސްކޫލް ދަރިވަރުން ހަރަކާތްތެރިވަމުން ދިޔައެވެ. އެންމެ ޒަމާނީ ފެންވަރަށް ހަދާފައިވާ ދިހަ ބުރީގެ ބޮޑުގޭގެ ދޮރުމަތީ އިޝްމާ ހުއްޓިލައިގެން ހުރީ މާނީ އަންނަން ދެނެވެ. ގަޑިން ހަ ގަޑި ތިރީސް ހަތެއްވީ އިރު މައިލޯ ޕެކެޓެއް ބޮމުން މާނީ ގެއިން ނުކުތެވެ. އިޝްމާއެކޭވެސް އެއްފަދައިން މާނީ ހުރީ ގަދަ އޮރެންޖް ކުލައިގެ ބުރުގާއަކާ އެކު މަޑު އޮރެންޖްކުލައިގެ އަތްދިގު ގަމީހާއެކު ކަކުލާ ހަމައަންނަ ސްކާރޓަކާ ކަޅުހަރުވާޅެއް ލައިގެންނެވެ. ހަލުވި ހިނގުމެއްގައި […]
މާލެ ގެނެވުމާއެކު މިރްޒާލް ވަގުތުން ހައްޔަރު ކުރެވުނެވެ. ތަފާތު އެތަކެއް ކުށުގެ ރިކޯޑު އޮންނަ މިރްޒާލް ހައްޔަރު ކުރަން ހުއްދަ ހޯދާކަށް މާބޮޑު ކަމެއް ކުރާކަށްވެސް ނުޖެހުނެވެ. ޒަކްޔަންމެންވެސް ދަބަސްތަކާއެކު އޮފީހަށް ދިޔައެވެ. ލިޝާންއާ ދަތުރު ރިޕޯޓުހަވާލު ކުރަމަށްފަހު ޒަކްޔަން ވަނީ މިރްޒާލްއާ ސުވާލުކުރާށެވެ. “އޯކޭ އޯކޭ..އަހަންނަށް ތަގުރީރު ތަކެއް ނުދިނަސް. ތިވެސް ދެން ކޮންމެސް ޕޮލިހެކޯ އެންޑް ބްލާބްލާބްލާ..ކޮބާ ސުވާލަކީ؟ އަހަރެން ފަހަތުން ތިއުޅެނީ ކީއްވެ؟” ޒަކްޔަން އަނގަ ހުޅުވާލުމާއެކު މިރްޒާލް ބުނެލިއެވެ. އޭނާއަށް އެތަނަކީ […]
ޓްރާންސް ޕޭރެންޓް ފައިލް އެއްތެރޭގައި އޮތް ގަނޑުގައި އިން ލިޔުން ކޮޅު ފެނިފައި އޭނާގެ ފައި ދަށުން ބިންގަނޑު ދެމިގަތް ހެން ހީވިއެވެ. ވަރީގެ ފޯމެއް އޭނާ ނިދާ އެނދުގެ އެއްފަރާތުގައި އޮންނަން ވީ ސަބަބަކީ ކޮބާތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް ރާސިލް އަށް ހުރެވުނީއެވެ. އަތުގައި އޮތް ޑިވޯސް ޕޭޕަރުތަކަށް ބަލަހައްޓައިގެން އެތަށް އިރަކު އިން ރާސިލް ގެ ލޮލުގެ ތެރެއަށް ޖަމާވި ކަރުނަތަށް ކުޑަ ހިނދުކޮޅެއްގެ ތެރޭގައި އެ ކަރުދާސްތަކުގެ މައްޗަށް ފައިބައިގެން ދިޔައެވެ. […]
އާޔާގެ މަރުގެ ހަބަރު ލިބުމާއެކު ސީމާގެ ހާލަތުކުއްލިއަކަށް ދަށަށް ދިޔަނަމަވެސް މިހާރުވަނީ ކޮންމެވެސް ވަރަކަށް ހަމަޔަކަށް އެޅިފައެވެ. ވުމާއެކު މިއަދު ސީމާއެދަނީ ޖައިލަމްގެ މަންމަ ނައީމާއާއި ބައްދަލުކޮށްލަން ދިއުމަށް ތައްޔާރު ވަމުންނެވެ. ނައީމާގެވެސް އެދުމުގެމަތީންނެވެ. ކުރިމަތިވަމުން އަންނަ ހަގީގަތް ނޭންގޭހާލު އައިރާ އާއި އައިކާ އާއި އެކުގައި ޓެކްސީއެއްގައި ސީމާ ދަތުރުކުރަމުންދިޔައިރު އަދިވެސް އާޔާގެ ހަނދާންތަށް ހިތުގައި އާލާވަމުން ދެއެވެ. އެކުއްޖާއަށް ޖެއްސުނު ނިކަމެތިހާލާއިއެކު އުޅުން ބަދަލުވެގެން ދިޔަގޮތް ކުލަތަސްވީރެއްގޮތެއްގައި ސީމާގެ ލޯކުރިމަތީން ފެންނަމުން ދިޔަފަދައެވެ. ބޭރަށް […]
އަޅުގަނޑަކީ ގުރޭޑު 9 ގައި އުޅުނު އިރުވެސް މާ ގިނައިން ވާހަކަ ލިޔެ އުޅުނު ކުއްޖެއް ނޫނެވެ. ލިޔާ ހިތް ނުވަނީއެވެ. ކަން ފަސޭހަ ކޮށްލަން މަޒުމޫނު ލިޔަނީއެވެ. ލިޔަން އެނގޭތީކީ ނޫނެވެ. މަޢުލޫމާތު މުއްސަނދި ކުރުމުގެ ނަމުގައެވެ. ނަމަވެސް ގުރޭޑު ދިހައަކަށް އައުމާއި އެކު ވާހަކަ ލިޔަން ޖެހުނެވެ. ފަހު އަހަރު ކަމުން އެސްއެސްސީ އިމްތިހާނަށް ތައްޔާރުވުމަށް ސުކޫލުން ދަރިވަރުންގެ ފެންވަރު ބެލުމަށެވެ. ދެން ވީ ކިހިނެއްކަން އަންދާޒާ ކޮށްލާށެވެ. އަޅުގަނޑުވެސް ހީނުކުރާ ގޮތަކަށް ކަންތައް […]
“” އަހަރެންނަށް އަމްނާގެ ދުލުން އާބަސް އިވުމަށްފަހު އަހަރެން އަބަދުވެސް އަމްނާ ގެ ހިޔަނި ފަދައިން ގާތުގައި ހުންނާނަމެވެ. އަހަރެން ދުވަހަކުވެސް އަމްނާގެ ވިސްނުމާއި ބުއްދިއަކާއި ނުކުޅޭނަމެވެ. އަހަރެން އަމްނާއަށް ދެރަ ގޮތެއް ވިޔަކަ ނުދޭނަމެވެ. އަހަރެންގެ އުފަލަށްވުރެން އަމްނާގެ އުފަލަށް އިސްކަންދޭނަމެވެ. އަމްނާއާއި ދުވަހަކުވެސް އަހަރެން ވަތްކެއް ނުވާނަމެވެ. އަދި މިދެމެދަށް ވަންނަން މަސައްކަތް ކުރި ކޮންމެ މީހެއްގެ ވަސްވެސް ފުހެލަން އަތުކުރި އޮޅާލާނަމެވެ. މިއީ އަހަރެން ކުރާ ވަޢުދެއް ކަމަށް ބަލާށެވެ. އަދި މިވަޢުދުތަކަށް […]
ޑޮކްޓަރ ޒަކްޔަންގެ ގައިގައި ބައްދާލުމަށްފަހު އެތަނުން ދިޔައެވެ. ޒަކްޔަންއަށް ހުރެވުނީ އަޑުއިވުނު ވާހަކަ ގަބޫލު ނުކުރެވިފައެވެ. މިވީ ކިހިނެއްބާއެވެ. މި ލިބުނީ ކޮންކަހަލަ މައުލޫމާތެއްބާއެވެ. މި ހުރިހާ ކަމެއް މިކުރަނީ ކާކު ބާއެވެ. އެ ދަރިފުޅުގެ ބައްޕަބާއެވެ. ޒަކްޔަން ވެއްޓުނީ ސުވާލުގެ ވަޅުގަނޑަކަށެވެ. މި ސުވާލުތަކުގެ ޖަވާބު ހޯދަން އެހީވެވޭނީ ސަންޔާއަށެވެ. އަދި އިރިންއަށެވެ. އެތަނުން އެކަކުވެސް ތެދުބުނާނެބާއެވެ. ޒަކްޔަން ވިސްނާލިއެވެ. ޒަކްޔަން އޮފީހަށް ދިޔަތާ މާ ގިނައިރެއް ނުވެ ލިޝާންވެސް އައެވެ.”ސާރ. ޖައިރާ ވަޒް ޕްރެގްނެންޓް. […]
“އެއްވެސް ކުއްޖަކު އަދި މާޔޫސްވާނެ ކަމެއްނެތް. ބާކީ ތިން މެޗު އެބައިން. މިއަދު ހެދުނު ގޯސްތަަކަކީ ކޮބައިކަން ބެލުމަށްފަހު ދެން އޮތް މެޗަށް މަސައްކަތް ކުރަންވީ. މިއަދުގެ މެޗު މަތިން ހަނދާންނައްތާލަންވީ. ކުރިއަށް އޮތް މެޗަށް ވިސްނަންވީ. ދެން އެންމެ ރަނގަޅު ހުރިހާ ކުދިން އެ ކުއްޖެއްގެ ރޫމްއަަށް ދިޔަސް. އެކަމު އާރާޝް އެހަށް މަޑުކޮށްލާ” މިއަދު ކުޅެވިގެންދިޔަ މެޗާ ބެހޭ ގޮތުން ވާހަކަ ދެއްކުމަށް ފަހު އެ ކުޅުންތެރިން ތިބެން ހަމަޖެހިފައިވި ރޫމްއަށް ދިއުމުގެ ހުއްދަ […]