އަހަަރުގެ ފަހު ދުވަހަކީ ނަފްސާނީ ބަލީގެ ޝިކާރައަކަށްވެ މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައިވާ އެ ޒުވާނާގެ މުޅި ހަޔާތް ބަދަލުކޮށްލުމުގެ ފެށުމެވެ. އާއުއަހަރުގެ ފެށުން ފާހަގަ ކުރުމަށްޓަކައި އެރޭ ބޭއްވި މިއުޒިކީ ފެސްޓިވަލުގެ ތެރެއިން ދިމާވި އަންހެން ކުއްޖާގެ ސަބަބަުންނެވެ. އެ ދުވަހަކީ މިއަދާ ހަމައަށްވެސް އަޝްފާންގެ ހިތު ގައި ބިންވަޅު ނެގިފައިވާ ދުވަހެކެވެ. އައުއަހަރެއްގެ ފެށުމާއެކު އަޝްފާނުގެ ހަޔާތުގައިވެސް ފެށިގެން ދިޔައީ އައު ބާބެކެވެ. ެއެ އަހަރު ވެގެން ދިޔައީ އޭނާގެ ހިތުގައި ދުވަހަކުވެސް ނުއުފެދޭ ފަދަ އިޙްސާސް ތަކެއް […]