އެ ވަޢުދު (12) ދެވަނަބައި
“މަރުޙަބާ ޝޫރާ!” އިވިގެން ދިޔައީ ހަމްދާންގެ އަޑެވެ. އެއާއެކު އަމީމް ބަލާލީ ސިހުމަކާއިވެސް އެކީގައެވެ. ކައިރީގައި ހުރި އަމްނާ ފެނި އިތުރަށް ސިހުން ގެނުވިއެވެ. މަންމަމެން ބުނީ ތެދެކެވެ. އަމްނާއަށް އޭނައާއި ނުލާ އުޅެވޭނެއެވެ. އަމްނާ ލޯބި ވަނީ އޭނަ ދެކެ އެއް ނޫނެވެ. އެހެންނަމަ މިރޭ އެހާ ރީތި ހިނިތުންވުމަކާއި އެކީ އޭނާގެ ކައިވެނީގެ ވަލީމާއަކަށް އަލަތު ފިރިމީހާއާއި އެކީ ނާންނާނެއެވެ. ދެލޯބިވެރިއެއްގެ ދެމެދަށް ވަންނާކަށް އަމީމްގެ ހިތެއް ދުވަހަކުވެސް ނުބުނާނެއެވެ. ދެން އެހެންވީއިރު މިވަނީ ކިހިނެއް ހެއްޔެވެ؟
2 ހަފްތާ ކުރި…….
އަމީމްގެ ކުޑަ ކުޑަ ޢާއިލާ އަމްނާ އުޅޭ އެޕަރޓްމެންޓަށް ގޮސް އެތައް ފަހަރަކު ޓަކި ޖެހުމުންވެސް ދޮރެއް ނުހުޅުވިއެވެ. އެތެރޭގައި ހުރި އަމްނާއަށް އެ އަޑު ނީވެނީއެވެ. ކޮޓަރިން ނުކުމެ ކާގެއަށް ވަންނަން ދިޔަ މަގުމަތީ އެއްލި ކަޅިއަކުން ތަޅުގައި މީހަކު ހިފަމުންދާކަން އެނގުނީ ތަޅު އެނބުރެމުން ދިޔުމުންނެވެ. މިގަޑީ އަންނާނީވެސް ވަކި ކާކުހެއްޔެވެ؟ ހާތިބު ބާވައެވެ؟ ވެދާނެއެވެ. ހާތިބު ރެއިން ފެށިގެން ނުފެނެއެވެ. އެކަމަކުވެސް ހާތިބަކީ ދޮރުން ވަދެގެން އަންނަ މީހެއް ނޫނެވެ. ބޯ ހޫރާލުމަށްފަހު އަވަސް އަވަހަށް ކޮޓަރިއަށް ވަދެ މޫނު އަޅައިގެން އައިސް ދޮރު ހުޅުވާލި އިރު އަމީމްގެ މައިންބަފައިން ފެނުމުން ހިސާބެއްގެ ހައިރާންކަމެއް ލިބުނެވެ. އެހެނަސް އެކަން މޫނު މަތިން ނުދައްކާ އެތެރެއަށް ވަނުމަށް ދަޢުވަތު ދިނެވެ.
“ކިހިނެއްތަ އަމްނާ؟” ސޯފާގައި އިށީނދެ ހަމަޖެހިލުމަށްފަހު ވާހަކަ ދައްކަން ފެށީ ޒަރީރެވެ. ކުރިމަތީ ތިބި ތިން މީހުންގެ މޫނު މައްޗަށް ބަލަން އިނުމަށްފަހު އެއްޗެކޭ ބުނިކަން އެނގުމުން ބޯ ހޫރާލުމަށްފަހު ކަންފަތަށް އިޝާރާތް ކުރީ އަޑު ނީވޭކަން ހާމަ ކުރުމަށެވެ. އަދި ހަމަ ދެވަނަ ސިކުންތުގައި އަތުގެ އިޝާރާތުން ވާހަކަވެސް ނުދެއްކޭކަން ހާމަކުރިއެވެ. އެއީކީ އޭނާ ހާމަކުރަން ލަދުގަންނަ ވަރުގެ ކަމެއް ނޫނެވެ. ހިނތުންވެގެން އިން އަމީމްގެ މޫނު މަތި ބަނަވީ އަމްނާގެ އިޝާރާތްތަކުންނެވެ. މައިންބަފައިންގެ މޫނުމަތީގެ ކުލަވަރު އޮއްސުމުންނެވެ. “ދަރިފުޅު މީތަ އަމްނާއަކީ؟ މަންމަމެން ޤަބޫލެއް ނޫން. ވާހަކަވެސް ނުދެއްކޭ. އަޑެއްވެސް ނީވޭ. ދެން މިތަން ބަލާބަލަ. ކުޑަކުޑަ ތަންކޮޅެއްގަ އުޅެނީ. ތަނުގެ ޙާލު މިހުރީ. ނޭނގެ އަތުގަ އެންމެ ފައިސާ ފޮއްޗެއް އޮތް ކަމެއްވެސް. ޔަޤީން އަހަރެމެން މީ މުއްސަނދިންކަން އެނގިގެން ދަރިފުޅަށް ފަންޑިތައެއް ހެދީކަން. އެހެން ނޫނަސް ތަނެއްގަ ހުރި ނުކުޅެދޭ ފަޤީރެއް އަހަރެންގެ ހުރި ހަމަ އެކަނި ދަރިއާ ދެވީމަ މީހުން ހާދަ މަލާމާތެއް ކުރާނޭ. ދަރިފުޅު ޖެހޭނީ މި އަންހެނާއާއި ދުރުވާން. މަންމަމެންނަށް ވަރަށް ކަމުދޭ ފާރިހުބެގެ ދަރި. އަމީމް ޖެހޭނީ އޭނައާއި އިންނަން.” މަރީނާ ފަހުބަސް އިއްވާލީ ދަރިފުޅުގެ ހިތަށް އަރާނެ އެއްޗަކާއި މެދުވެސް ވިސްނާލުމެއްނެތިއެވެ.
އަމްނާއަށް ކުރިމަތީ ތިބި މީހުންގެ މޫނު މައްޗަށް އަރަމުން ދިޔަ ކުލަވަރުން ކޮންމެވެސް ވަރެއްގެ ހަމަ ނުޖެހުމެއް ހިނގައިފިކަން އިނގެއެވެ. އެހެންކަމުން ހިތަށް ކުޑަވަރެއްގެ ނުތަނަވަސް ކަމެއްވެރިވި ނަމަވެސް ހަމަ ހިމޭނުން އިނީ ހަދާނެ ގޮތެއްވެސް ނުވިސްނުމުންނެވެ. އަމީމްގެ މައިންބަފައިން ނުރުހުމާއި އެކު ނުކުތުމުން އަމީމް އަމްނާއަށް ހިތި ހިނިތުންވުމެއް ރައްދުކުރުމަށް ފަހު ނުކުމެގެން ދިޔަ މަންޒަރު ބަލަން އަމްނާ އިނީ ވަނީ ކީއްކަމެއް ނަގައި ނުގަނެވިފައެވެ.
ޒަރީރު ހީވަނީ ރުޅި އައިސްގެންގޮސް ފަޅައިގެން ގޮސްދާނެހެނެވެ. އަމީމާއި ދިމާއަށް ނުކިޔާކަށް އެއްޗެއް ނެތެވެ. މިއާ ޚިލާފަށް މަރީނާ ދިޔައީ ދަރިފުޅުގެ ބޮލަށް އެރުމަށް ލައްކަ މަސައްކަތް ކުރަމުންނެވެ. އެންމެ ފަހުން އަމީމް ވެސް މަރީނާގެ ބަސް ޤަބޫލު ކުރީ މާދަން މަންމަ އަމްނާ ދެކޭ ގޮތެއް ބަލާލަން ދާނެ ވާހަކަ ބުނުމުންނެވެ.
ޖެހިގެން އައި ދުވަހުގެ ހެނދުނެވެ. ޒަރީރު ވީ ވަޒީފާއަށް ގޮހެވެ. އަމީމް ރެއިންސުރެން ކޮޓަރިން ބޭރަކަށް ނުނިކުމެއެވެ. އެހެންކަމުން މަރީނާ ތަބަކަށް ކޮފީ ތަށްޓަކާއި ސޭންޑްވިޗެއް ލުމަށްފަހު އަމީމްގެ ކޮޓަރިއަށް ދިޔައެވެ. އޭނާގެ ސިކުނޑީގައި ރޭވެމުންދާ ކުޅިގަނޑު ދެނެވޮޑިގެންވާނީ މާތް ރަސްކަލާނގެއެވެ. ދޮރު ހުންނާނީ ތަޅުލާފައިކަން މާކުރިންވެސް މަރީނާއަށް އެނގިފައިވާތީ ޑަބަލް ކީ ބޭނުންކޮށްގެން ދޮރު ހުޅުވިއެވެ. މަޑުމަޑުން ގޮސް ސައިޑް ޓޭބަލް މަތީ ތަބަށް ބޭންދުމަށްފަހު އަރާމު ނިންޖަކުން ނިދާފައި އޮތް އަމީމްގެ މަގަތުގައި އިށީނެވެ. އެތައް އިރަކު އެ މައުސޫމު މޫނު މައްޗަށް ބަލަން އިނުމަށްފަހު ލޯބިވާ ދަރިފުޅުގެ ބޮލުގައި ފިރުމާލިއެވެ. ނިދާފައި އޮތް އަމީމް ސިހިފައި ތެދުވެ ދެލޯ ބޮޑުކޮށްލުމަށްފަހު އެދިމާއަށް ބަލާލިއެވެ. ހީވީ ބިރުވެރި ހުވަފެނަކުން ތެދުވިހެނެވެ. ފުން ނޭވާތަކެއް ލަމުން ހަމަޖެހިލުމަށްފަހު މާނޫން ވަގުތަކު މަންމަ ކޮޓަރިއަށް އައި ސަބަބެއް އަހާލިއެވެ. “ދަރިފުޅު ޑިއުޓީއަށް ނުދާތީ މަންމަ ހީކުރީ ބަލީ ކަމަށް. ދޮރުގަ ޓަކި ޖަހާ ޖަހާވެސް ނުހުޅުވީމަ. ދެން މާ ގިނަ ސުވާލު ނުކޮށް ފެންވަރާލައިގެން ސައިބޯން އުޅޭ. މިހާރު އެއޮއްގެން ދިހަ ގަޑި ބައި ވަނީ. މަންމަ މިދަނީ އަމްނާ މެން ގެއަށް ދާން.” މަންމަގެ ވާހަކަތައް އަޑު އިވިފައި އަމީމްގެ ހިތަށް ކޮންމެވެސް ވަރެއްގެ ތަސައްލީއެއް ލިބިގެން ދިޔައެވެ.
އަމްނާ ހެނދުނުގެ ވަގުތު ގޭގެ ދޮރު ހުޅުވާފައި ބަހައްޓަނީ މީހަކު އައިސްދާނެތީއެވެ. ދޮރު މައްޗަށް މީހަކު އެރިހެން ހީވެގެން އަމްނާ ބަލާލި ވަގުތު އަމީމްގެ މަންމަ ފެނުމުން ހިތުގެ ހަމަޖެހުން ގެއްލިގެން ދިޔައީ ނާދިރާގެ ތުންފަތްމަތީވި ވިހަގަދަ ހިނިތުންވުން ފެނިފައެވެ. އުމުރުން އަމްނާ އެކޭ ދާދި އެއްވަރުވާނެކަމަށް ލަފާކޮށްލެވެނީ އެމޫނު މަތިންނެވެ. ނަމަވެސް އުމުރުން ދުވަސް ވިއެއް ކަމަކު ހެދުން އަޅާފައި ވަނީ އެންމެ މިހާރުގެ ގޮތަށެވެ. އަމްނާ މާވަރަކަށް ބަލަން ފެށުމުން އަމީމްގެ މަންމަ އައިސް ސިޓީ އުރައެއް ދިއްކޮށްލުމަށްފަހު އަތް އުރާލައިގެން ހުރީ ޒާތެއްގެ ބޮޑާ ހިނިތުންވުމަކާއި އެކީއެވެ. އެއްފަހަރު ނާދިރާއަށް އަނެއް ފަހަރު ސިޓީ އުރައަށް އަމްނާ ބެލުމަށްފަހު ސިޓީ ކިޔަން ފެށިއެވެ.
ސިޓީ:
“އަހަރެން މީ ޑރ.އަމީމްގެ މަންމަ. އަހަންނަށް އިނގިފަ އޮތް ގޮތުން އަމީމް ވަރަށް ލޯބިވާ މީހެއް ތިއީ. އަހަރެން މިއައީ އަހަރެންގެ ދަރިފުޅަށްޓަކާ. އަހަރެން އިނގޭކަށް ބޭނުމެއް ނޫން އަމްނާ އަމީމް ދެކެ ލޯބިވޭތޯ ނޫންތޯއެއް. އަހަރެން ބުނެލަން ބޭނުމީ އަހަރެންގެ ދަރިފުޅަށްޓަކާ އަމްނާ ޖެހޭނީ އޭނައާ ދުރަށްދާށޭ. އަހަރެން އަމީމްގެ ކައިވެނި ވަރަށް އަވަހަށް ކުރުވާނަން. އަހަރެން ބޭނުމެއް ނޫން ތިކަހަލަ ނުކުޅެދޭ ފަޤީރަކާ އަހަރެންގެ ދަރި ދެވާކަށް. އަހަންނަށް ޔަޤީން މޫނު އަޅައިގެން ތިއުޅެނީވެސް ގޮތް ދައްކަން ކަން. އެހެންނަމަ ތިހެން އެކަނި މިކަހަލަ ހާލު ދެރަ ތާކު ނުވެސް އުޅޭނެ. އެނީވޭޒް. އަހަންނަށް ހެޔޮ ކޮންމެ ގޮތެއް ވިޔަސް. އަމްނާ ޖެހޭނީ އަހަރެން ބުނާ މީހަކާ އިންނަން ނޫނީ އަހަރެންގެ އަތުން މަރުވާން. އަމްނާގެ ވަސްވެސް ފުހެލުމަކީ އަހަންނަށް އުނދަގު ކަމަކަށް ނުވާނެ. ސޯ، އަހަރެންގެ ޖަވާބު ކޮބާ؟”
މިއީ ކޮންފަދަ އިންސާނެއް ބާވައެވެ. ހާދަހާވާ އަނިޔާވެރިއެވެ. އަމްނާގެ ޙަޔާތުގައި އުފަލެއް ލިބުން ހަމަ ނެތީބާވައެވެ. ހުސްވެސް އަމިއްލަ އެދުމުން ފޯވެފަ ތިބި މީހުންނެވެ. މިއަދު އޭނާގެ މައިންބަފައިން ދުނިޔޭގަ ތިބިނަމަ މިހާ ބޯ ޖަންގައްޔެއްގެ ތެރޭގައި އުޅޭކަށް ނުޖެހުނީހެވެ. އެތައް އިރަކު ވިސްނުމަށްފަހު އަމްނާ އެކައިވެންޏަށް އެއްބަސްވިއެވެ. މަރުވެސް މިއަށްވުރެ ހެޔޮވީހެވެ. އެފަދަ އަނިޔާވެރި މަރެއް ނޫނެވެ. ޤުދުރަތީ މަރަކަށް އިންތިޒާރުކުރާތާ މިއީ 15 އަހަރެވެ. ހަތަރު ފަރާތުން ފިތިފައި ހުންނަ ކަހަލަ އިޙުސާސެއް ނޫނީ ނުކުރެވެއެވެ. އަމީމްގެ މަންމަގެ ތުންފަތް މައްޗަށް ކާމިޔާބީގެ ކުލަ ވެރިވުމުން ނިކުމެގެން ދިއުމާއި އެކު އަމްނާ ހުރިތަނަށް ތިރިވިއެވެ. ހަމަ އެއާއިއެކު އެ ލޯ ފޫދުއްވާލާފައި ކަރުނަތައް އޮހޮރިގަތީ އެޔެއް މިޔެއް ބަލާފައެއް ނޫނެވެ. ދުވަހަކުވެސް އެދެލޯ ނުތެންމާލަ އުޅެވެން ހަމަ ނެތީބާވައެވެ. ތަޤުދީރުގެ ރޭވުން އެކަކަށްވެސް ނޭނގޭނެއެވެ.
މާވަރަކަށް ބެލް އަޅާތީ ކޮޓަރިން ނުކުމެ ދޮރު ހުޅުވާލި އިރު އަމީމްގެ މަންމަ ފެނުމުން ހިނތުންވެފައި ހުރެ އެތެރެއަށް ވަންނަން ހަމްދާން އެދުނީ އުފަލާއި އެކީގައެވެ. ސޯފާގައި ދެމީހުން ހަމަޖެހިލުމުން ވާހަކަ ދައްކަން ފެށީ އަމީމްގެ މަންމައެވެ. ހަމްދާންވެސް މާނޫން ގަޑިއަކު އަމީމްގެ މަންމަ އައި ސަބަބު އޮޅުން ފިލުވުމަށް ހުޅުވި އަނގަ ލައްޕާލުމަށްފަހު ހިނިތުންވެލިއެވެ. ނާދިރާ ތުންފިތާލުމަށްފަހު މޫނު މަތީ އަތް އަޅައިގެން އިނދެ ރޯން ފެށިއެވެ. ހަމްދާނަށް މަންޒަރު ބަލާކަށް ކެތެއް ނުވިއެވެ. އަވަހަށް ނާދިރާގެ ކައިރިއަށް ގޮސް ވީ ކީއްތޯ އޮޅުން ފިލުވުމަށް މަސައްކަތް ކުރިއެވެ. އަނެއްކާ އަމީމަށް ކަމެއްވީބާވައެވެ؟ ހަމްދާންގެ އެތައް އާދޭހަކަށްފަހު ނާދިރާ ރުއިން ހުއްޓާލުމަށްފަހު ވާހަކަ ދެއްކިއެވެ. ” ހަމްދާން. މަގޭ ދަރިފުޅު… ހަމްދާނަށްވެސް އެނގޭނެހެން ހީވަނީ އަމީމް ލޯބިވާ ކުއްޖެއް ހުންނަކަން. އަމްނާ ކިޔާ.. އަމީމް ބޭނުމެއް ނޫން އެ އަންހެން ކުއްޖާ އޭނަ ދެކެ ލޯބި ނުވާކަން ސާބިތު ނުވަނީސް ކައިވެނި ކުރާކަށް… އެހެންވެ އަހަރެން މިއަދު އެ އަންހެން ކުއްޖާގެ ގެއަށް ގޮސް އަމީމާއި ކައިވެނި ކުރުމަށް އާދޭސް ކުރިން… އެކަމަކު. އެކަމަކު ދިނީ އަހަރެން އުއްމީދު ކުރި ކަހަލަ ޖަވާބެއް ނޫން…. ހަމްދާން ދެކެ ލޯބިވާ ކަމަށް ބުނީ.. ހަމްދާން ނޫން މީހަކާ ކައިވެނި..” ނާދިރާ އަނެއްކާވެސް ރޯން ފެށިއެވެ. ހަމްދާން އިނީ ބުނާނެ އެއްޗެއްވެސް ނޭނގިފައެވެ. ދެލޯ ބޮޑުކޮށްގެން އިނީއެވެ. ” ހަމްދާން. މަގޭ ދަރިފުޅު އުމުރަށް އެގޮތަށް މީހަކާ ނީނދެ ހުންނާކަން ނޭދެން. އެހެންވެ އަހަރެން މިއައީ ހަމްދާން އަމްނާއާ ކައިވެނި ކުރުމަށް އެދި އާދޭސް ކުރަން. އަހަރެން މިހުރީ ކައިވެނީގެ ހުރިހާ ޚަރަދެއް ކުރަންވެސް ތައްޔާރަށް.. ހަމްދާން އާނއެކޭ ބުނޭ.” ނާދިރާ ހަމްދާން ދެފައިބުޑަށް ތިރިވެ އަޑުން އަޑު ނަގާ ރޯންފެށިއެވެ. ހަމްދާން އިނީ ހަރަކާތެއްވެސް ކުރަން ނޭނގިފައެވެ. ހަމްދާންގެ ޖަވާބަކަށް އިންތިޒާރުކުރަމުން ދިޔަ ނާދިރާގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވީ ހަމްދާން އާނ ބަސް ދިނުމުންނެވެ.
ހަމްދާންގެ ޢާއިލާއަކީ މުއްސަނދި ޢާއިލާއަކާ އެއްވަރަށް ދީނަށް ލޯބިކުރާ ޢާއިލާއެއް ކަމުން އަމްނާ ބަލައިގަތީ ލޯތްބާއެކުއެވެ.
މިއަދަކީ އެތައް ބައެއްގެ ދިރިއުޅުން ބަދަލުކޮށްލި ދުވަހެކެވެ. ނާދިރާގެ އެދުމުގެ މަތިން އަމްނާއާއި ހަމްދާން ކުރެން އެކަކުވެސް އަމީމް ގާތު އެވާހަކައެއް ނުދައްކައެވެ. އަމީމްގެ މޫނު މަތި ބަނަވެފައިވުމުން ދެމީހުންގެ ހިތަށް ތަދުވި ނަމަވެސް މަޖުބޫރީ ޙާލަތުގެ ގޮތުން އެކަން މޫނުމަތިން ނުދައްކާވޭތޯ ހިތާއި ހަނގުރާމަކުރަމުން ދިޔައެވެ.
ކައިވެނީގެ ޙަފްލާ ނިމި އެބައެއްގެ ގެއަށް އެބަޔަކު ދިޔައެވެ. ހަމްދާން ކޮޓަރިއަށް ވަނުމާއި އެކު އަމްނާވެސް ފަހަތުން ވަނެވެ. ހަމްދާން ކައިވެނި ކުރީ ހިތާއި ދެކޮޅަށް ކަމުން ހިތްހަމަ ނުޖެހިފައި ހުރެ ނަމަވެސް އެނދުގައި ނިދަން އަމްނާއަށް ދިނުމަށްފަހު އޭނާ ނިދީ ސޯފާގައެވެ. އަމްނާއަށްވެސް އެކަން ވީ ހަމަ ޖެހުން ލިބެނިވި ކަމަކަށެވެ. އެހެން ކަމުން އޭނާވެސް އިތުރު ބަހުސަކަށް ނުދެއެވެ.
އަމީމާއި ޝޫރާގެ ޙާލަކީ ތޯއެވެ؟ ޝޫރާ މިކައިވެނި ކުރީ މައިންބަފައިންގެ ހޮވުމުގައި ކޮޅުފައިން ނުޖެހުމަށް ކަމުގައި ވިޔަސް އޭނާގެ ހިތުގައި އަމީމްގެ ސޫރަ ކުރެހިއްޖެއެވެ. ކޮޓަރިއަށް ވަތް ގޮތަށް އަމީމްގެ ފުރަގަހުން ބައްދާލުމަށްފަހު ލޯބީގެ ބަސްތަކެއް އަމީމްގެ ކަންފަތް ދޮށުގައި އިއްވާލިއެވެ. އަމީމު ހިތްހަމަ ނުޖެހިފައި ހުރެ ޝޫރާ އާއި ދުރަށް ޖެހިލިއެވެ. ޝޫރާ ހިތުގައި ޖެހުނެވެ. އާގަމަ ވެފައި ހުރެ އަމީމާއި ދިމާއަށް ބަލަން ހުއްޓައި އަމީމް އަލަމާރިން ޓީޝާޓަކާއި ސޯޓެއް ހިފައިގެން ފާޙާނާއަށް ވަނެވެ. ޝޫރާވެސް ފޫހިވެފައި ހުރެ ޒާތެއްގެ ވައްތަރެއް އަނގައަށް ޖައްސާލުމަށްފަހު ބެލީ އަމީމް ނުކުންނަންވާ އިރަށް ލައިގެން ހުރި ބޮޑު ހެދުން ބަދަލުކުރެވޭތޯއެވެ.
އަމީމް ފާޙާނާއިން ނުކުތީ ޝޫރާއަށް ހެދުން ބަދަލުކުރެވޭނެހާ ވަގުތަށްފަހުއެވެ. ނަމަވެސް ފެނުނު މަންޒަރުން ރުޅި ގަދަވިއެވެ. ކުރިމަތީގައި ޝޫރާ ހުރީ ގައިގައި ބެޑުޝީޓު އޮޅާލައިގެންނެވެ. އަމީމަށް ކޮސްވެފައި ހުރެ ބެލުން ނޫން ކަމެއް ނުކުރެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
24 Comments!
Comments are closed.




Yeyyy mee first dhww. Vrh reethi mi prt vx
Awlhey…. Jazlee dhw first hama. vrh bodah maruhabaa ehn vma… 😀 N m soo happy jazlee ah vhk akmudhiyaeeema…..
me scnd…whn nxt
Yeyyyyyys… eekko scnd hoadhy…. congrats congrats eekko…. next part maaadhan…
me 3rd dhw…yeyy
Hooooray… Mixu ey dhw hama third…. congratulations dear……..
Alheyy hama Amna ah dho emmen ves gellun dheny anyways vaahaka varah reethi
Adhi rangalhu vaaane. we should be patient…. vrh ufaaavejje Livee ah vhk kamdhiyaeema…. Thn Q alot
Foohi
Amna ah huriha ladeh
Jinni gadu ves amna
Ameem ge mamma kiyaa jinni ves amna ah dhera
Hus vs jinnin dhw amnaa r jehifa e thiby… hingaaabala kulhi dhakkaaalan dhw…. adhi rangalhu vaaane hurihaa kameh vs…. thaqdheeeruge reyvun ekakah vs neyngeyne.. life is full off exams… Anyways thn Q…
Wat?? Amna aky ameem ge mamma age ge meeheh thar? N ameem ge mom aky jinni eh that? But story vv nyc
wat?? amna aky ameem ge mom ge age meeheh thar?? n ameem ge mom aky jinni eh thar?? m so confused.. but story vv nyc
Heheh yeah ameem ge mom ah vure kudathankolheh kuda vaany.. amna is 39
… n ameem ge mom akee jinni eh noon.
Story is awsome?…….when next part nanni❤ …….can’t wait to read next part so excited to know what happen next…..
Oh so sad.. ameem ge mamma haadha goahey dhw… Btw mihaaru vr vr interesting hurihaa part thakehvx.. ??♥️.. keep it up??♥️?❤️
Hihi nw i uderstand ?
love this part its owsome ❤
nanni…. long time no see dhw…. the story was osm vv reethi…misses
Nanni amnaa ah adhuivi vaahaka dhehkeyne tha mi story nimumuge kurin n story hama v habeys..
Buddyyyyyyyyy ?? sooo sry im soo late dw roxy hma bxy kmun nuvy dearie ☹? anyways stry hma vvvvvvvvvvvvvv reethi hma bst kyp up the gud wrk my sweet nanniiii ?? be the bst always my bstooo ????
Vrhhhhh reethi, interesting mi vrhaka
Hey nanni kbr story n haadha habareh nuveyeah midhuvaskolhu… What happen dear?
alhey haadha lahey up kuraale. plx avahah up kohdheebala can’t wait eyyyyyyy
Vaahaka kamudhey.. reethi ethurume.. haadhisaaa ufedhuntheri
Nanni kbr naju buni goi dhw mivy writers ge habareh nuvegen thihen kithah vaahaka mihaaru miss vehje baliviyas angaalyma dhw readers ah engeyny… So sad dhw