ބޮލުން ފައިބަމުންދިޔަ ފެންތައް ތުވާއްޔަކުން ހިއްކަމުން ފާޚާނާއިން ނުކުތް މީޝަލްއަށް ހުއްޓެވުނީ ކޮޓަރި ދޮރުމަތީގައިހުރި އޭނާގެ މަންމަ ފެނިފައެވެ. ކޮޓަރީގެ ދޮރުކަނީގައި އެއްއަތް ވިއްދާލައިގެން މީޝަލްއާއި ދިމާލަށް ބަލަންހުރި ލަތީފާގެ މޫނުމަތިން ފެންނަންހުރީ ރުޅިވެރި ކަމެވެ. ” މަންމާ… އަހަ…އަހަންނަށް.. ނުހޭލެވުނީ..” އަޅައަޅައިގަންނަމުން މީޝަލް ބުނެލި ޖުމްލައާއިއެކު ލަތީފާގެ ރުޅިގަނޑު ފަޅައިގެންދިޔައެވެ. ” ނުހޭލެވުނިއްޔޭ؟.. ކަލޭ ލަދެއް ނުގަނޭތަ ތިހެން ބުނާކަށް؟.. ދަންވަރު ދޭއް ތިނެއް ޖަހާއިރުވެސް ނުނިދާ ގެއަށް ނުވަދެ ބޭރުގަ އުޅެއުޅެފަ އަދި ބުނެފިއެއްނު […]
އެކުގަވާނަން ( ޕާޓު 1 ) ކަޅު ވިލާތަކުން އުޑުމަތި ބައްދާލާފައިވާއިރު ފެންނަފެނުމަށް ހީވަނީ ދެންމެ ދެންމެ ވާރެ އޮއްސައިގެންފާނެ ހެންނެވެ. ވައިވެސް އެހާމެ ބާރެވެ. ވަޔާއިއެކު ގަސްތައް ހެލޭއަޑާއި، ކަނޑުން ނަގާ ބިޔަ ރާޅުތައް ތޮށި މައްޗައް ބިންދާ އަޑު ފިޔަވާ އިތުރު އަޑެއް ރަށުތެރެއިން ނީވެއެވެ. ވިއްސާރަ ކުލަވަރު އުޑުމަތީގައިވެފައި ރޭގަނޑުގެ ވަގުތުކަމުން މީހުންތައް ގޭގެއަށް ވަދެ ހިޔާވަހިކަން ހޯދާފައިވާ އެފަދަ ވަޤުތެއްގައި، ރަށުގެ ބޮޑު މަގުމަތިން މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި […]