Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުޖާލާވެގެންދިޔަ ޙަޔާތް (7)

No one Level 210 Stories100 Comments
June 30, 2018 2 Mins Read
23 Comments

ލަސްފިޔަވަޅުތަކެއް އަޅަމުން އޮފީހުން ނިކުތް ރިމްޝާހުރީ ބޮލަށް އެނބުރުން އަރާގޮތްވެފައެވެ. ލަހިވެގެންގޮސް މޫނުމަތީގައި ދާތިކިތައް ބަބުޅަމުންދިޔައެވެ. ޓެކްސީއަކަށް އަތް ނަގައިގެންހުއްޓާ މޫނުމައްޗަށް އަނދިރިވާންފެށިއެވެ. އަރިއަޅާލައިގެންގޮސް ވެއްޓެމުންދަނިކޮށް ބާރުގަދަ އަތަކުން ރިމްޝާގެ ގައިގާ ހިފަހައްޓާލިކަން އޭނާއަށް އިޙްސާސްކުރެވުނެވެ. މެރެމުންދިޔަ ދެލޮލުން ރިމްޝާ އެޒުވާނާއަށް ބަލާލިއެވެ.

*******

ކުރިމަތިން ފެންނަން އޮތް ސޫރަފެނިފައި އައިހަމްއަށް ދެލޯ ބޮޑުކޮށްލެވުނީ ޤަބޫލުކުރަން ދަތިވުމުންނެވެ. ތަޤުދީރުގެ ކޮންފަދަ މޮޅު ރޭވުމެއްހެއްޔެވެ؟ އައިހަމްއަށް ރިމްޝާޔާ އެއްފަސްގަނޑަކަށް އާދެވުނުފަހުން އެނިކަމެތި އަންހެންކުއްޖާޔަށް އެފަދަ ކަމެއްދިމާވާ ކޮންމެ ވަގުތަކު އައިހަމްއަށް އެތާކު ހުރެވެއެވެ. ކުރީފަހަރު ކާރުގައިޖެހި ވިއްސައިގެންގޮސް އައިހަމްގެ ފައިބުޑަށް ވެއްޓުނު ފަދައިން މިފަހަރުވެސް ދެމިގެންއެދިޔައީ އައިހަމްގެ އަތުތެރެއަށެވެ. ރިމްޝާ އޮތް ޙާލުފެނިފައި އައިހަމްގެ ހިތުގައި ރިއްސާލިއެވެ. އެރީތި މޫނު ދެކިލުމަށްޓަކައި އައިހަމްގެ ދެލޯ ބޭޤަރާރުވެފައިވީ ނަމަވެސް އެފަދަ ޙާލެއްގައި އޮއްވާ ފެނުމުން ހިތަށް ލިބިފައިވި ހަމަޖެހުންވެސް ގެއްލިއްޖެއެވެ. އައިހަމްއަށް ހޭވެރިކަންވީ ފިހާރައިން ނުކުމެގެންއައި މިޝާލްގެ ހަޅޭކުގެ އަޑަށެެވެ. ” ރިމް.. ރިމް.. ރިމްއަށް ކިހިނއްވެފަ މިއޮތީ؟” ހާސްވެފައިހުރެ މިޝާލް ރިމްޝާއަށް ބާރުބާރަށް ގޮވަމުންދިޔައެވެ. އޭރު އޭނަގެ ދެލޯ ތެމިފައިވަނީ ލޮލަށް ޖަމާވަމުންދިޔަ ތާޒާ ކަރުނަތަކުގެ ސަބަބުންނެވެ. ވާނީވެސް އެހެންތާއެވެ. މިޝާލް އަބަދުވެސް ރިމްޝާޔާ ދޭތެރޭ ދެކެމުންދިޔައީ އެއްބަނޑު އެއްބަފާ ކޮއްކޮއެއްގެ ގޮތުގައެވެ. އެކޮއްކޮ އޮތް ހާލުފެނިފައި މިޝާލްގެ ހިތަށް ކެތްވާނީވެސް ފަހެ ކިހިނަކުންހެއްޔެވެ؟ ރަޙުމާއި ކުލުނުގެވެރި ހިތެއްހުރި މީހެއްނަމަ އެފަކީރު އުޅެމުންދާ ހާލުފެނި ހަމްދަރުދީ ނުވެނުދާނެކަން ގައިމެވެ. އެއްކަމަކުން މިންޖުވެ ހިންދެމިލާއިރަށް އަނެއްކާ މިއޮތީ އަނެއްކަމަކާ ލައިގަންފައެވެ. މިޝާލްއަށް ވީގޮތް ފެނިފައި އައިހަމްގެ ސިކުނޑި ސުވާލުން ފުރިގެންދިޔަ ނަމަވެސް އެސުވާލުތައް ފަހަށް ރައްކާކުރަން މަޖުބޫރުވީ އެދަނޑިވަޅުގެ ގޮތުންނެވެ. ވަގުތުން އެންބިއުލާންސްއަށް ގުޅައިގެން ރިމްޝާ ހޮސްޕިޓަލަށް ގެންދިޔައެވެ.

ކާރުން ފައިބައިގެން ބާރު ހިނގުމެއްގައި ގޮސް ހޮސްޕިޓަލު ތެރެއަށް ވަދެގެންދިޔަ މީޝާގެ މޫނުމަތިން ފެންނަމުންދިޔައީ އިންތިހާ ދަރަޖައިގެ ކަންބޮޑުވުމެވެ. ސްކޫލުގައި އުޅެނިކޮށް މިޝާލް ގުޅާފައި ދިން ޚަބަރަކުން އޭނައަށް ހުރެވުނު ތަންވެސް ނޭންގުނެވެ. ވަގުތުން ހޮސްޕިޓަލަށް އައިއިރު މެދުކެނޑުމެއްނެތި ހިތާހިތާދުޢާކުރަމުންދިޔައީ ރިމްޝާއަށް ދެރަގޮތެއް މެދުވެރިނުކުރެއްވުމަށެވެ. މިޝާލް ފެނުމާއެކު މީޝާ ބާރުބާރަށް ދުވެލާފައިގޮސް މިޝާލްގެ ގައިގާ ބައްދައިގަނެ ރޯންފެށިއެވެ. ” ދޮންބޭ އަޅެ ރިމްއަށް ކިހިނެއްތަ އެވީ؟ ކޮންއިރަކުންތަ ހޭއަރާނީ؟” ދެލޮލުން ކަރުނަތައް ފައިބަމުންދިޔަ ޙާލު މީޝާ އޭނަގެ ދޮންބެގެ ގާތު އަހާލިއެވެ. އޭރު ކައިރީގާހުރި ގޮނޑިބަރީގައި އިށީންދެލައިގެން ދެއަތްދެއަތާ މޮޑެލަ މޮޑެލާ އައިހަމް އިންއިރު ވިސްނަމުންދިޔައީ ކޮންކަމަކާ ދޭތެރޭކަމެއްވެސް އެނގޭނީ ޙުދު އޭނައަށެވެ. މިޝާލް މީޝާ ދުރުކޮށްލުމަށްފަހު އެބޮޑު ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަދިނީ އޯގާތެރިކަމާއެކުގައެވެ. އެއަށްފަހު މަޑުމަޑުން ވާހަކަ ދައްކަންފެށީ މީޝާއަށް ވިސްނަދޭން އުޅޭފަދައަކުންނެވެ. ” މިޝޫ..ދެން ނުރޮއެ. މިފަދަ ވަގުތުތަކުގަ ޖެހޭނެ ކެތްތެރިވެ ހިތްވަރުގަދަކުރަން. ރިމްއަށް ވީގޮތެއްވެސް އަދި ހޭއަރާނެ އިރެއްވެސް އިނގޭނީ ޑޮކްޓަރ ބަލާނިމުނީމަ. އަހަރެމެންނަށް ކުރެވެންއޮތް ކަމަކީ ރިމްއަށް ދެރަގޮތެއްވެނުދެއްވުމަށްއެދި ދުޢާކުރުން.” މިހެންބުނެ މީޝާ ގޮވައިގެން މިޝާލް ހިނގައިގަތީ އައިހަމް އިށީންދެ އިން ގޮނޑިބަރިއާ  ދިމާލަށެވެ. ޓިޝޫއަކުން ނޭފަތް ފޮހެލުމަށްފަހު މީޝާ ކުރިމައްޗަށް ބަލާލިވަގުތީ ދަތްދޮޅީގައި އަތް  ވިއްދާލައިގެން އިން އައިހަމް އޭނަގެ ލޮލުގައި އަޅައިގަން ވަގުތެވެ. އެވަގުތު އޭނާއަށް ދެލޯ ބޮޑުކޮށްލެވުނީ ކުރިމަތިން ފެންނަންއިން ޒުވާނާގެ ފުރިހަމަކަމުންނެވެ. ކަޅުކުލައިގެ ގަމީހަކާއެކު ކަޑިކުލަޔަކަށްދާ ފަޓުލޫނެއްލައިގެންއިންއިރު މަޝްހޫރު މޮޑެލްއަކަށްވުރެން ފުރިހަމައެވެ. ކަޅުކަންގަދަ އިސްތަށިކަނޑު ރީތިގޮތަކަށް ސްޓައިލް ކޮށްލާފާވާއިރު ނިކަން ފިރިހެންވަންތަގޮތެއްހުއްޓެވެ. މާބޮޑު ނޫންނަމަވެސް ނޫކުލަޔަކަށްދާ ކަޅިރަވައިގެ ސަބަބުން ކޮންމެ މީހަކަށްވެސް އެދޮލޮލަށް ދެވަނަ ނަޒަރެއްދޭން މަޖުބޫރުކުރުވާފަދަ ރީތިދެލޮލެވެ. އައިހަމްގެ ރީތިކަންފެނި މީޝާގެ ގައިން ހީބިހި ހިލުވާލިއިރު އެޒުވާންހިތުތެރޭގައި ދުވަހަކުވެސް އުފެދިފައިނުވާ މުޅިން އާއިޙްސާސެއް އުފަންވެއްޖެއެވެ. ނަމަވެސް މިއިޙްސާސަށް ނަންކިޔޭނީވެސް ފުރަތަމަ މީޝާއަށް އެކަން ރޭކާލައިގެންތާއެވެ. މަޑުމަޑުންގޮސް މިޝާލްއާ ޖެހިގެންއިން ގޮނޑީގައި މީޝާ އިށީންދެލިއެވެ.

އިރުކޮޅެއްގެ ހަމަހިމޭންކަމަށްފަހު އެހަމަހިމޭންކަން ފޫއަޅުވާލީ އައިހަމްގެ ފޯނު ރިންގުވާންފެށިއަޑަށެވެ. އެގުޅަނީ އައިހަމް މަސައްކަތްކުރާ އޮފީހުންނެވެ. މިޝާލް ކައިރީގައި އެބަ އަންނަންކަމަށްބުނެ އައިހަމް ބޭރަށް ނުކުތީ ފޯނަށް ޖަވާބުދިނުމުގެ ގޮތުންނެވެ. އެވަގުތުވީ ޑޮކްޓަރުވެސް ނުކުތް ވަގުތަށެވެ. ހިނިތުންވެލައިގެެންހުރެ ޑޮކްޓަަރު އިޝާރާތްކުރީ އޭނައާއެކު ދިޔުމަށެވެ. މިޝާލްއާ މީޝާވެސް އެކަކު އަނެކަކަށް ބަލާލުމަށްފަހު ޑޮކްޓަރާއެކު ދިޔައެވެ. ގޮނޑީގައި ހަމަޖެހިލުމަށްފަހު ޑޮކްޓަރު ފުރަތަމަ ކޮށްލި ސުވާލުންވެސް އެދެމީހުންނަށް ލިބުނީ ހައިރާންކަމެވެ. ” ތީތަ ޕޭސަންޓްގެ ފިރިމާހާ؟” މިޝާލްއަށް އިޝާރާތްކޮށް ޑޮކްޓަރު އެސުވާލުކުރުމާއެކު ރިމްޝާ އަދި މީހަކާ  ނީންނަކަމަށް މީޝާ ބުންޏެވެ. އެވަގުތު ޑޮކްޓަރުގެ މޫނުމަތީގައިވީ ހިނިތުންވުން ފަނޑުވެގެންދިޔައީ އެސްފިޔަޖަހާލާހާ އަވަހަށެވެ. އެއަށްފަހު ޑޮކްޓަރު ދިން ޚަބަރާއެކު ދެމީހުންނަށްވެސް އެއްއަޑުން ކީކޭހޭ އަހާލެވުނީ އިވިގެންދިޔަ ބަސްކޮޅު ޤަބޫލުކުރަން ދަތިވުމުންނެވެ. ދެވަނަ ފަހަރަށްވެސް  ޑޮކްޓަރު ތަކުރާރުކޮށްލުމާއެކު އަނގަހާވެތިބެ އެކަކު އަނެކަކަށް ބަލާލިއެވެ.

ހަމަ އެވަގުތެވެ. ފޯނުގައިހުރި އައިހަމްއަށް ސިހުންގެނުވީ ފަަހަތުން މީހަކު އޭނަގެ ނަމުން ގޮވާލި އަޑު އިވުމުންނެވެ. އެއީ ކާކުގެ އަޑެއްކަން ވިސްނުމާއެކު އިސާހިތަކު އައިހަމްގެ މޫނުގެ ކުލަވަރު ބަދަލުވެއްޖެއެވެ. ކަންފަތުން ފޯނުވަކިކޮށްލިއިރު އަނެއް އަތްވަނީ މުށްކެވިފައެވެ. ދެބުމަ ކައިރިކޮށްލިގޮތުންވެސް އޭނަ ނުރުހުންވެފައިހުރިވަރު ހާމަވެއެވެ

..ނުނިމޭ…

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

No one

Level 210 Stories100 Comments

I'm a 18 year old girl who have always loved to read and write stories

Other Articles

Previous

ނުހައްގުލޯބި 8

Next

ކުށަކީ ކޮބާ؟ (1)

Next
June 30, 2018

ކުށަކީ ކޮބާ؟ (1)

Previews
June 30, 2018

ނުހައްގުލޯބި 8

23 Comments!

  1. unique says:
    June 30, 2018 at 4:42 pm

    no one its gud to see u after so many days

    1. No one says:
      June 30, 2018 at 6:22 pm

      Gud to see a comment from u too after so many dears?♥️♥️♥️

    2. No one says:
      June 30, 2018 at 6:24 pm

      Days**

  2. Aiminath says:
    June 30, 2018 at 5:02 pm

    Wow. Amazing. ?. Vr interesting aslu vx. Waiting for next part. Thankolheh kurii nd avahah up kohdhehchey next part. Can’t wait to read ??❤?

    1. No one says:
      June 30, 2018 at 6:23 pm

      Thanks a lot dear.. next part tmrw insha allah♥️♥️

  3. .. says:
    June 30, 2018 at 5:05 pm

    Haadha kureyy… Alhey dhigu kohlaafa up kohdhybaa… Varah kiyaa hithun kiyaa vahaaka eh my…

    1. No one says:
      June 30, 2018 at 6:26 pm

      I’m so sorry dear… Next part dhigu kohlaanan..

  4. maya says:
    June 30, 2018 at 5:25 pm

    alhey anehkaa preg vytha….vv habeys…thankolheh avahah aneh part up kohdhybaa..gud to c u after long time No One…….

    1. No one says:
      June 30, 2018 at 6:27 pm

      Oh hi maya dear.. vr happy vehje story kiyaalyma??.. next part tmrw insha allah♥️♥️

  5. Roxy says:
    June 30, 2018 at 6:50 pm

    Omg buddy u r bck ?? sooo hpy to c ya i missed u soo much dhn nudhahchey nge ?? btw stry hma fantastica nge vvv lwbi mi prt vx ???

    1. No one says:
      July 1, 2018 at 11:21 am

      Roxy dear… I really missed ur comments a lot…so so so happy roxy ah mi part kamudhiyaiima??♥️♥️♥️♥️???

  6. Twinkle? says:
    June 30, 2018 at 8:03 pm

    Omg… rim preg hn dhw hyvany… ekm kihineh baa… alhey vvvv rythi stry… gud to c u after a lng time dear no one…???

    1. No one says:
      July 1, 2018 at 11:23 am

      Thank u so much twinkle dear… Thihenvx vedhaane hama??… ♥️♥️♥️

  7. unique says:
    June 30, 2018 at 8:24 pm

    vvvv reethi mi part vx… cant wai for next part

    1. No one says:
      July 1, 2018 at 11:24 am

      Thank u so much unique dear.. next part vx hama on the way..?♥️♥️.. liyevunuhaa avahakah up kohlaanan♥️♥️

  8. Nunnu says:
    July 1, 2018 at 1:11 pm

    alhey
    rim pregnant veetha
    ekam hiyeh nuvey
    heevanee aiham ge kureege loabi veriyaa aa rimshaa aa gulhumeh vaahen
    ey eynaa bandubodu veema docter ah olhifa kamah ves vedhaane ehnu
    rim eka hala goas kameh nuves kure ehnnu
    cant wait to read next part
    by tha way
    vvvvvvvvvvvvvvvvvvvv reethi mi prt ves

    1. No one says:
      July 1, 2018 at 9:23 pm

      Nunnu dear…. Nunni thibunaa gothah vx vedhaane hama.. rim ehaa goaheh nun viyya dhw.. btw vr vr happy vehje nunnu ah mi part rythi vma♥️♥️♥️♥️

  9. Livee says:
    July 1, 2018 at 3:16 pm

    Omg .rim is preg dho.
    Lim kanneynge aiham ah efenuny dho

    1. No one says:
      July 1, 2018 at 9:24 pm

      Vedhaane livee thihykuraa gothah vx.. dhn balamaa dhw vaagotheh.??♥️♥️

  10. Neih bunaa hitheh says:
    July 1, 2018 at 4:35 pm

    Thankolheh las v dhw but its awesome ❤??

    1. No one says:
      July 1, 2018 at 9:24 pm

      Thanks dear♥️♥️?

  11. Mal says:
    July 3, 2018 at 4:54 pm

    It’s so beautiful.. Masha Allah… When next part…

    1. No one says:
      July 3, 2018 at 9:15 pm

      Thanks mal… Actually iyye varah bodubai liyefa miadhu balaali iru nei save vefakaa.. ehnve alun liyan jehunyma next part mi lasvany… Really sorry

Comments are closed.

Next Episodeއުޖާލާވެގެންދިޔަ ޙަޔާތް (8)←


All Right Reserved!