Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 20

ifoo Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments
June 30, 2018 8 Mins Read
24 Comments

އިފާން ރިފްޝާގެ އަތުގައި ހިފާ އޭނަ އާވީ ދިމާލަށް ދަމާލުމަށްފަހު ރިފްޝާގެ ގައިގައި ބާރަކަށް ބައްދާލިއެވެ. ދެ ލޯ ބޮޑު ވެފައި ރިފްޝާއަށް ހުރި ގޮތަށް ހުރެވުނީއެވެ. ރިފްޝާއަށް ލިބުނު ކުއްލި ސިހުމުގައި އެއްވެސް ހަރަކާތެއްނެތި ހުރިގޮތަށް ހުރެވުނީއެވެ. ހީވީ އޭނަގެ ނޭވާ ވެސް ތާށިވީ ހެންނެވެ. ” ރިފޫ އަކީ އަހަންނަށް ވަރަށް ހާއްސަ ކުއްޖެއް… މިރޭ އަށް ގަޑި ފަނަރައަށް ރަސްފަންނަށް އައިސްލަދީ… އޭރުން ރިފޫ އަށް އިނގޭނެ ރިފޫ އަކީ އަހަންނަށް ކިހާ ހާއްސަ ކުއްޖެއްކަން… އަހަރެން އިންތިޒާރުކުރާނަން… އުއްމީދުކުރަން ރިފޫ އަންނާނެކަމަށް… ” ރިފްޝާގެ ގައިގައި ބައްދާލައިގެން ހުރެ އިފާން ވާހަކަ ދެއްކިއެވެ. އެއަށްފަހު ރިފްޝާ އާ ދުރުވެލުމަށްފަހު އިތުރު އެއްޗެކޭ ބުނާނެ ފުރުސަތުވެސް ދިނުމެއްނެތި އިފާން އެގެއިން ނިކުމެގެން ހިނގައްޖެއެވެ. ރިފްޝާ އޭރުވެސް ޖެހި ބުދެއްހެން އެތަނުގައި ހުއްޓެވެ. އޭނައަށް ހަމަ ބިމަށް އާދެވުނީ އިރުކޮޅެއް ފަހުންނެވެ. ވެއްޓިފައި އޮތް ރަތް ކުލައިގެ މާ ބޮނޑި ނަގައި ކޮޓަރިއަށް ދިއުމަށް ހިނގައިގަތެވެ.                                             އެނދުގައި ތިބި އައިލީން އާއި ޝައުނާ ދޮރާ ދިމާލަށް ބަލާލީ ކޮޓަރީގެ ދޮރު ހުޅުވުނު އަޑަށެވެ. އޭރު މަޑުމަޑު ހިނގުމެއްގައި ރިފްޝާ ކޮޓަރިއަށް ވަންނަނީއެވެ. ރިފްޝާގެ ސިކުނޑީގައި ވަނީ ދެންމެ ހިނގައި ދިޔަ ހާދިސާއެވެ. އޭނާ ހިނގައިފާ އައިރު ހީވަނީ ޗާބީ ދީފައިވާ ބުދެއްހެންނެވެ. ”ރިފޫ… ޕްރޮބްލެމް ސޯލްވްޑް ތަ… ” އައިލީން އެނދުން ތެދުވެގެން ގޮސް ރިފްޝާގެ އަތުގައި ހިފާލަމުން އަހާލިއެވެ. އޭރު ޝައުނާ ވެސް ރިފްޝާ ބުނާނެ އެއްޗެއްގެ އިންތިޒާރުގައި ހުއްޓެވެ. ” ހޫމް ” ޚިޔާލީ ދުނިޔޭގައި ހުރި ރިފްޝާ މަޑުމަޑުން ހޫމް ލައްވާލިއެވެ. ރިފްޝާގެ ހަރަކާރްތައް ފެނި ޝައުނާގެ ގާތަށް ހިނި އައެވެ. ” އައުޗް… ” ޝައުނާ ވިކާލި ތަނުގައި އަތުން ފިރުމާލަމުން ރިފްޝާ ބުނެލިއެވެ. ރިފްޝާއަށް ވީގޮތް ފެނި އައިލީން އާއި ޝައުނާގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. ރިފްޝާ ގަތް ލަދުން އިސްޖަހާލިއެވެ. އޭނައަށް ހިޔާލީ ދުނިޔެއިން ނިކުމެވުނީ ޝައުނާ އޭނަގެ އަތުގައި ވިކާލުމުންނެވެ. ” ހެހެހެ… ހޫމް… ހިޔާލީ ދުނިޔެއިން ނިކުމެ އަހަރެމެން މިއުޅޭ ދުނިޔެއަށް އާދެވިއްޖިއްޔާ ކޭން ޔޫ ގިވް އަސް ޑީޓެއިލްސް..” ހުނުން ކޮންޓްރޯލްކުރަން މަސައްކަތްކުރަމުން ޝައުނާ ބުންޏެވެ. އޭރު އައިލީން ހީހީ ވަރުބަލިވެގެން ގޮސް އެނދުގައި އިށީނދެއްޖެއެވެ. ރިފްޝާވެސް ގޮސް އައިލީން އާ ޖެހިގެން އިށީނެވެ. ރިފްޝާގެ ފަހަތުން ޝައުނާވެސް ގޮސް އޭނަގެ އެއްފަރާތުގައި އިށީނެވެ. ” ރިފޫ… އަހަރުމެނަކަށް ނޭނގެ ރިފޫ އަށް ތިހާ ލަދު ގަންނަން އިނގޭ ކަމެއް… ދޯ ޝައު… ހެހެހެ..” އައިލީން ހެމުން ހެމުން ޝައުނާއަށް ދޯ ދިނެވެ.  ” އާނ… މީ އަދި އަހަރުމެން ދެ މީހުން ގާތު ވާވަރު… މިތާ އިފާން ހުރި ނަމަ ވާނެވަރު ވިސްނާލަންވެސް މީހަކަށް ނޭނގޭނެ… ހެހެހެ… ” ޝައުނާ ރިފްޝާ އާ ދިމާކޮށްލިއެވެ. ” ހޫނ… ދެން ހެވޭ ތިވަރަށް ދިމާ ނުކުރިޔަސް… ކިޔައިދީފާނަމޭ… ” މިހެން ބުނެ ރިފްޝާ ކަންތައް ހިނގާ ދިޔަ ގޮތް ކިޔައިދިނެވެ. އަދި މިރޭ ރަސްފަންނުން ބައްދަލުކުރަން އިފާން ބޭނުންވާކަން ވެސް ހާމަކުރިއެވެ. ” އޯ… ރިއަލީ… އައި ތިންކް ހީ އިޒް ގޮއިން ޓު ޕްރޮޕޯސް ޔޫ… ” އުފާވެފައި ހުރެ އެނދުން ތެދުވަމުން ޝައުނާާ ބުނެލިއެވެ. އައިލީން އޭނައަށްވެސް ހީވަނީ އެހެން ކަމުގައި ބުނަމުން އުފަލުން ރިފްޝާގެ ގައިގައި ބައްދާލިއެވެ. ޝައުނާ ވެސް އައިސް އެދެ މީހުންގެ ގައިގައި ބައްދާލިއެވެ. ތިން އެކުވެރިންވެސް ހަވީރުގެ އެ ހިތްގައިމު ވަގުތު އުފަލުގައި ހޭދަކުރިއެވެ. އެކުވެރިޔާއަށް އުފަލެއް ލިބޭ ހިނދު އެދެ މީހުންވެސް ކިހާ އުފާވާނެ ހެއްޔެވެ. އެ ތިން އެކުވެރިންނަކީ އެކުވެރިކަމުގެ ލާމަސީލު ނަމޫނާއެކެވެ. އެކަކު އަނެކަކުގެ އުފަލާއި ހިތާމަތަކުގައި ކޮންމެ ކުއްޖަކުވެސް ބައިވެރިވެއެވެ. ކަންކަމުގައި ނާާކާމިޔާބުވުމުން ހިތްވަރުލައިދީ ކެރިގެން ކުރިމަތިލުމަށް ނަސޭހަތްތެރިވެދެއެވެ. ގޯސްކޮށް ކަމެއް ކުރެވޭނަމަ އަބަދުވެސް ރަނގަޅު ގޮތް ބުނެދީ ހަދައެވެ. އެކުދިންނަކީ އެކަކު އަނެކަކުގެ އުފަލަށްޓަކައި ގުރުބާންވާންވެސް ތައްޔާރަށް ތިބި ތިން އެކުވެރިންނެވެ. އެހާވެސް އެ ކުދިންގެ ގުޅުން ވަރުގަދައެވެ.                                     ތަނަވަސް ބޮޑު ކޮޓަރިއެކެވެ. ކޮޓަރީގެ ހަތަރު ފާރުގައި ވަނީ މަޑު ފެހި ކުލައެއް ލައިފާއެވެ. ސީލިންގުގައި ލައިފާވަނީ ވިލު ފެހި ކުލައެކެވެ. ބެޑްރޫމް ސެޓް ވެސް ވަނީ ކޮޓަރިއާ ގުޅޭނޭހެން މަޑު ފެހި ކުލަ އާއި ހުދު ކުލައިގައެވެ. ކޮޓަރީގެ ކުޑަދޮރު ފޮތިތައްވެސް ވަނީ ހަމަ އެކުލައިންނެވެ. ބަލާލަން ކިތަންމެ ހާވެސް ފުރިހަމައެވެ. ކޮޓަރީގައި ހުރި މަޑު ފެހި ކުލައިގެ ސޯފާގެ ކުރިމަތީ ފާރުގައި ފަތި ޓީވީއެއް ހަރުކުރެވިފައި ހުއްޓެވެ.                             ފާޚާނާއިން ނިކުން އިފާން ގޮސް އޭނަގެ ބޮޑު އަލަމާރިން ކަޅު ކުލައިގެ ގަމީހަކާއެކު އައިސް ބުލޫ ޖިންސެއް ނަގައި އެ އެެއްޗެހި ލިޔެވެ. ބޮލުގައި ޖެލްކޮޅެއް ލުމަށްފަހު އޭނަގެ ފަން އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކުރަން ހުރި އިފާން ދިޔައީ ކޮންމެވެސް ލަވައެއް ކިޔަމުންނެވެ. ބޮލުގެ އިސްތަށިގަނޑު ސްޓައިލްކޮށް ނިމުނުތަނާ ސޯފާގެ ކުރިމަތީގައި ހުރި ބިއްލޫރި ވައް މޭޒުގައި އޮތް އޭނަގެ ފޯނު ރިންގުވާ އަޑު އިވުނެވެ. ” ފާން… ކޭން ޔޫ ޕްލީޒް މީޓް މީ އެޓް އެއިޓް… ރަސްފަންނުން.. ޕްލީޒް… ވަރަށް ބޮޑު ވާހަކައެއް ބުނަންވެގެން… ފޯނުން ދެއްކޭ ވަރަށްވުރެ ބޮޑު ވާހަކައެއް… ޕްލީޒް… ” އިފާން ގޮސް ފޯނު ނަގައި ހަލޯ އޭ ބުނުމާއެކު މާޝާ ވާހަކަ ދެއްކިއެވެ. ” އޯކޭ… އެބަދަން މިހާރު.. ” ފާރުގައި ހަރުކޮށްފައި ހުރި ގަޑިއަށް ބަލާލަމުން މި ދަނީ ކަމުގައި ބުނެ އިފާން ފޯނު ބޭއްވިއެވެ. އޭރު ގަޑިން އަށެއް ނުޖަހާ ހުރީ ދިހަ ވަރަކަށް މިނިޓެވެ. އޭނާ މިރޭ ދާން އެއްބަސްވީވެސް ޚުދު އޭނަގެ މަންޒިލަކީވެސް ރަސްފަންނު ކަމުގައި ވުމުންނެވެ. އަލަމާރިން ނެގި ރަތް ކުލައިގެ މަހުމަލުގެ ކުޑަ ފޮށި ނަގައި ޖީބަށް ލުމަށްފަހު ގަޔަށް ސެންޓް ޖަހާލިއެވެ. އަދި އޭނަގެ ފޯނު ހިފައިގެން އަވަސް ހިނގުމުގައި ކޮޓަރިން ނިކުތެވެ.                           ރަސްފަންނުގެ ހިތްގައިމު ސަރަހައްދުގައި ހުރި މާޝާ ހުރީ ދެކޮޅަށް ހިނގާލަ ހިނގާލައެވެ. އޭނަގެ ހިތް ވަނީ އަވަސްވެފައެވެ. މިރޭ އޭނަ އެ އުޅެނީ އެ ހިތުގެ ހާލު އިފާންއަށް އަންގަދޭށެވެ. އެ ހިތުގައި އިފާންއަށްޓަކައި ލޯބި ވާކަން ހާމަކުރާށެވެ. އިންތިޒާރުކުރަމުން ދިޔައީ އިފާން އަންނާނެ އިރަކަށެވެ.                                                ” ރިފޫ… ދެން މިހާރު ރީއްޗޭ… ތިވަރަށް ފަރި ނުވިޔަކަސް ރަނގަޅު ވާނެ… ” ޑްރެސިން ޓޭބަލް ކުރިމަތީގައި ރީތި ވާން ހުރި ރިފްޝާ އާ ދިމާކުރުމުގެ ގޮތުން ޝައުނާާ ބުނެލިއެވެ. ” ދެން މި ނިމުނީ އޭ… ” އެހެން ބުނަމުން ރިފްޝާ ލޯގަނޑުން ނަޒަރު ވަކިކޮށްލަމުން ހިނިތުންވެފައި ޝައުނާއަށް ބަލައިލިއެވެ. ކަނޑު ނޫ ކުލައިގެ ބަޓަފްލައި ސްލީވް ޓޮޕަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި ރިފްޝާ މިރޭ ހަމަ އަސްލަށްވެސް ވަރަށް ރީއްޗެވެ. ފަން އިސްތަށިގަނޑު އެއްފަރާތުން ކަފިކޮށްލުމަށްފަހު މިނިވަންކަމާއެކު ދޫކޮށްލާފައިވާއިރު ކަޅު އަދުނުން އެ ބޮޑު ދެ ލޯ ފަވާލައިފައިވުމުން އެ ދެލޮލުގެ ހުދުކަން ގަދަކަމަށް ދައްކައެވެ. މަސްކަރާ އަޅާފައިވި ދިގު އެސްފިޔަތަކުން އަޅި ކުލައިގެ އެ ރީތި ދެ ލޮލަށް އިތުރު ފުރިހަމަކަމެއް ގެނެސްދެއެވެ. ތުންފަތުގައި ޖައްސާފައިވި ފިޔާތޮށި ކުލައިގެ ލިޕްސްޓިކް އެ ދޮން މޫނާ ނުހަނު ގުޅެއެވެ. ” މާ ޝާ ﷲ… ވަރަށް ރީތި… ” ކޮޓަރިއަށް ވަދެގެން އައި އައިލީން އަށާއި ޝައުނާއަށް އެކުއެކީގައި ބުނެލެވުނެވެ. ” ހެހެހެ” ކޮޓަރި ތެރެއިން ދެން އިވިގެން ދޔައީ ތިން ކުދިންގެ ހުނުމުގެ އަޑެވެ. ” ބެސްޓް އޮފް ލަކް” އައިލީން އާއި ޝައުނާ ރިފްޝާގެ ގައިގައި ބައްދާލަމުން ބުނެލިއެވެ. ރިފްޝާވެސް އެދެ މީހުންގެ ގައިގައި ބައްދާލުމަށްފަހު ފުޅާ ހިނިތުންވުމެއް ހަދިޔާ ކުރަމުން ކޮޓަރިން ނިކުތެވެ.                           ރިފްޝާ ދިޔުމުން އައިލީން އާއި ޝައުނާ ކޮޓަރީގައި އެކަނިވިއެވެ. ދެ މީހުންވެސް ސޯފާގައި ވާހަކަ ދައްކާލަން ޖައްސާލިއެވެ. ވާހަކަ ދައްކަން ތިއްބާ ޝައުނާގެ ފޯނަށް ފޯނެއް އައެވެ. ފޯނުގެ ސްކްރީނަށް ބަލައިލި ޝައުނާގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވިއެވެ. ގުޅަމުން ދަނީ އޭނަގެ ލޯބިވާ މަންމައެވެ. އެ މަންޒަރު ފެނި އައިލީންއަށް ވެސް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ޝައުނާއަށް އޭނަގެ މަންމަގެ ލޮއެބާއި އަޅާލުން އެންނެ ފުރިހަމަ ގޮތުގައި މިހާރު ލިބެއެވެ. އެކަމަށްޓަކައި އޭނަ ނުހަނު އުފާކުރެއެވެ. އައިލީން ޝައުނާގެ ކޮނޑުގައި އަތް  ބާއްވާލުމަށްފަހު ހިނިތުންވެލަމުން ކޮޓަރިން ނިކުތީ ޝައުނާއަށް ވަގުތު ދިނުމުގެ ގޮތުންނެވެ. ” ހެލޯ… މަންމާ.. މަންމަ ކިހިނެއްތަ؟ ” ފޯނު ނެގުމަށްފަހު ޝައުނާ އެންމެ ފުރަތަމަވެސް އޭނަގެ މަންމަގެ ހާލު އަހުވާލު އޮޅުންވިލުވާލިއެވެ. ” މަންމަ އިރާދަކުރެއްވީތީ ވަރަށް ރަނގަޅު… ދަރިފުޅު ބުނެބަލަ… ދަރިފުޅު ރަނގަޅުތަ؟ ” އާމިރާވެސް އޭނަގެ ހާލު ރަނގަޅުކަމަށް ބުނެ ޝައުނާގެ ހާލު އަހާލިއެވެ. ޝައުނާ އޭނަވެސް ރަނގަޅު ކަމުގައި ބުނެ އެތައް އިރަކު އޭނަގެ  މަންމަ އާއި ވާހަކަ ދައްކަން އިނެވެ. މަންމަ އާއި ވާހަކަ ދައްކާލުމަށްފަހު ސިޓިން ރޫމަށް ނިކުން ޝައުނާ އައިލީން ގާތު ސޯފާގައި ޓީވީ ބަލަން ޖައްސާލިއެވެ. އިރުކޮޅަކު އެހެން ތިއްބާ އާޝިޔާ އޭނައާއެކު ފިހާރައަކަށް ގޮސްލަން ހިނގާށޭ ބުނުމުން ދެމީހުންވެސް ކޮޓަރިއަށް ވަދެ ކުޑަ ގޮތަކަށް ތައްޔާރުވެލިއެވެ. އާޒިފް ގޭގައި ޒައުލް އާއި ޝިޔާ އާއެކު ހުރުމުން ތިން މީހުން ފިހާރައަށް ދިއުމަށް ގެއިން ނިކުތެވެ.                                 ޓެކްސީއެއްގައި ރަސްފަންނަށް އައިސް ވަން ރިފްޝާ އެތަނުން ޖޯއްޔެއްގައި އިށީނެވެ. އޭރު ގަޑިން އަދި އަށެއް ޖެހީއެވެ. އިފާން ކުރަން އުޅޭ ކަމެއް ނޭނގޭތީ އޭނަގެ ހިތް ވަނީ އަވަސްވެފައެވެ. އަދި ފަނަރަ މިނިޓު ގަޑި ނުޖެހި ހުރުމުން ރިފްޝާ ނިންމީ މީހާ ހަމަޖެހިލުމަށް ޖޯލިން ތެދުވެ ހިނގާލާށެވެ. އިފާންވެސް އައިސްފައި ގުޅާނެކަމަށް ބުނެ މެސެޖު ކޮށްފައިވުމުން އޭނާ ދިޔައީ އިފާންގެ ފޯނު ކޯލަށް އިންތިޒާރުކުރަމުންނެވެ.                                    ” ކޮން ވާހަކައެއްތަ އަނެއްކާ ބުނަން އުޅުނީ… އަވަހަށް ބުނެބަލަ… މިހާރު ތި ވާހަކައެއް އަޑު އަހާލާ ހިތުން މިހުރީ… ” މާޝާ ކުރިމައްޗަށް އައިސް ހުއްޓެމުން އިފާން ބުންޏެވެ. އިފާން ފެނުމާއެކު މާޝާ ދެއަތް ދެއަތާ މޮޑެންފެށިއެވެ. މާޝާއަށް ވަމުން ދިޔަ ގޮތުން އިފާންގެ ގާތަށް ހިނއައެވެ. ” މާޝް… މަ މާޝް ކައެއް ނުލާނަމޭ ކޮންމެ އެއްޗެކޭ ބުންޏަސް… އިނގޭ… ބުނެބަލަ އަވަހަށް… ” މިފަހަރުވެސް ވާހަކަ ދެއްކީ އިފާންއެވެ. ” ފާން… އަހަރެން… އަހަރެން ވަރަށް ދުވަސް ވެއްޖެ އަސްލު މި ވާހަކަ ބުނަން އުޅެނީ… ފާން… އަހަރެން ފާން ދެކެ ވަރަށް ލޯބި ވޭ… ފަހަރެއްގަ އަހަރެން ފުރަތަމަ ބުނީމަ އޮޑް ވެދާނެ… އެކަމް… ފާން ބުނޭތޯ އިންތިޒާރުކޮށް ކޮށްވެސް ނުބުނީމަ އަހަންނަށް އިތުރަށް ކެތްނުވީ… ފާން ނުބުންޏަސް އިނގޭ ފާން ވެސް އަހަރެން ދެކެ ކޯބިވާކަން… އައި ލަވް ޔޫ ސޯ މަޗް… ” މާޝާ އެހެން ބުނުމަށްފަހު އިފާންގެ ގައިގައި ބައްދާލިއެވެ. އިވުނު ބަސްތަކުން އިފާން ހުރީ ހައިރާންވެފައެވެ. ގެންނަންވީ ހަރަކާތެއްވެސް ނޭނގިފައި އިފާންއަށް ހުރެވުނީއެވެ. މިވީ ކިހިނެއް ހެއްޔެވެ؟ އޭނަ އެތަނަށް އެއައީ އެ ހިތުގެ ރާނީއަށް ލޯބި ހުށަައަޅާށެވެ. އެހެނަސް އޭނަގެ ހިތުގެ ރާނީއަށް ލޯބިވާކަން ހާމަކުރުމުގެ ކުރިން އޭނަ ލޯބިނުވާ ކުއްޖެއް އެވަނީ އިފާން ގާތު ލޯބިވާކަން ހާމަކޮށްފައެވެ. ދެން އޭނަ ހަދާނީވެސް ކިހިނެއް ހެއްޔެވެ؟ މާޝާ އޭނަވެސް ލޯބިވާކަން އެނގެޔޭ އެ ބުނީ ކީއްވެ ހެއްޔެވެ؟ އޭނަ ދުވަހަކުވެސް މާޝާ ގާތު ލޯބިވެޔެކޭ ނުބުނެއެވެ. އެފަދަ ނަޒަރަކުންވެސް އޭނަ ނުދެކެއެވެ. އޭނަ ލޯބި ވަނީ ހަމައެކަނި ރިފްޝާ ދެެކެއެވެ. މާޝާއަށް އޭނަ ލޯބިވާހެން ހީވާނަމަ އެކަން އޮތީ އެހެން ނޫންކަން މާޝާއަށް ވިސްނައިދޭން އެބަޖެހެއެވެ. އެ ހުރިހާ އިރު ވީއިރުވެސް މާޝާ ހުރީ އިފާންގެ ގައިގައި ބައްދާލައިގެންނެވެ. މާޝާ ގަޔާއި ދުރުކޮށްލަން އޭނަގެ ކޮނޑުގައި ހިފާލި ވަގުތު ކުރިމަތިން ފެނުނު ސޫރަ އަކުން އިފާންގެ ދެ ލޯ ބޮޑުވިއެވެ. މާޝާގެ ކޮނޑުގައި ހިފާލި ގޮތަށް އޭނައަށް ރިފްޝާއަށް ބަލަހައްޓައިގެން ހުރެވުނީއެވެ.                           އިވުނު އަޑުތަކާއި ފެންނަމުން ދިޔަ މަންޒަރުތަކުން ހިނގަމުން ދިޔަ ރިފްޝާ ހުރީ ހުއްޓުން އަރާފައެވެ. އިފާން މާޝާ ދެކެ ލޮއެބެއް ނުވެޔޭ ބުނޭތޯ އޭނަ ހުރީ އިންތިޒާރުގައެވެ. އެހެނަސް އޭގެ ބަދަލުގައި އިފާން މާޝާގެ ކޮނޑުގައ ހިފާލި ގޮތުން ރިފްޝާގެ ހިތް ކުދި ކުދި ވިއެވެ. އަށް ގަޑި ފަނަރަ ވީއިރުވެސް އިފާން އޭނައަށް ނުގުޅި ސަބަބަކީ މިއީ ތާއެވެ. އިފާން އޭނަ މިރޭ މިތަނަށް އެ ގެނައީ މި މަންޒަރުތައް ދައްކަން ހެއްޔެވެ. އޭރު ރިފްޝާގެ އެ ބޮޑު ދެލޮލަށް ވަނީ ކަރުނަ ޖަމާވެފައެވެ. ރޮނގެއްހެން ލޮލަށް ޖަމާވެފައިވި ކަރުނަތައް އޭނަގެ ކޯތާފަތް މައްޗަށް ފައިބައި ގަތެވެ. އިތުރަށް އެތާ ހުންނާނެހާ ހިތްވަރު ނުލިބުމުން ރިފްޝާ ދުވެފައި ރަސްފަންނުން ނުކުތެވެ. ރަސްފަންނުން ނިކުމެފައިވެސް ވަކި ހިސާބަކަށް އޭނަ ދިޔައީ ދުވެފައެވެ. ލޮލުން އޮހޮރުނު ކަރުނަތައް ފޮހެލުމަށްފަހު އޭނާ ޓެކްސީއެއް ލިބޭތޯ މަސައްކަތް ކުރިއެވެ. ނަސީބު ރަނގަޅުކަމުން މާ ބޮޑު އުނދަގުލަކާއި ނުލައި ޓެކްސީއެއް ލިބުނެވެ. ދާންވީ ތަން ބުނުމާކު ޓެކްސީ ޑްރައިވަރު ކާރު ދުއްވާލިއެވެ.                                 ރިފްޝާގެ ފެންކަޅި ވެފައިވި ދެލޯ ފެނި އިފާންގެ ހިތް ހީވީ ކުދި ކުދި ވިހެންނެވެ. ” ރިފޫ… ” ރިފްޝާ ދުއްވައިގެންތަން ފެނި އިފާާންއަށް މަޑުމަޑުން ބުނެލެވުނެވެ. އިފާންގެ ދުލުން ރިފްޝާގެ ނަަން އިވުމާއެކު މާޝާ އިފާންގެ ގައިން ދޫކޮށްލަމުން އިފާންގެ މޫނަށް ބަލައިލިއެވެ. އިފާންގެ ނަޒަރު ސީދާވެފައިވީ ދިމާލަށް މާޝާ ބަލާލިއިރު ރިފްޝާ ދުވެފައި ދަނީއެވެ.  އޭނާާ ސުވާލުގެ ނަޒަރަކުން އިފާންއަށް ބަލައިލިއެވެ. ”ރިފޫ ” ރިފްޝާއަށް ގޮވާލަމުން އޭނަގެ ގާތަށް ދާން ދުއްވައިގަން ތަނާ މާޝާ އިފާންގެ އަތުގައި ހިފެހެެއްޓިއެވެ. ” ހަމަ މިހާރު ދޫކޮށްލާ އަހަރެންގެ އަތުން… މިހުރިހާ ކަމެއްވެސް މިވީ މާޝާ އާ ހެދި… ކާކުތަ ބުނީ އަހަރެން މާޝާ ދެކެ ލޯބިވެއޭ… އަހަރެން މާޝާ ދެކެނީ ހަމައެކަނި ރައްޓެއްސެއްގެ ގޮތުން… އިނގިއްޖެތަ… ” ރުޅި އައިސް މާޝާގެ އަތްް ފޮޅުވާލަމުން އިފާން ބުންޏެވެ. ” ފާން އަހަރެންދެކެ ލޮއެބެއް ނުވެޔޭ… ދެން.. ދެން ފާން ރިފްޝާގެ ކުރިމަތީގަ އަހަންނަށް އެ ކުރާ ތައުރީފު ތަކަކީ ކޯންޗެއް… ރިފްޝާގެ ކުރިމަތީގަ އަހަންނާ ގާތްވެގެން އުޅެނީވެސް އަހަންނަކީ ފާންގެ ރައްޓެއްސަކަށް ވީމަތަ… ” ޝަކުވާގެ ރާގެއްގައި މާޝާ އިފާން އާ ވާހަކަ ދެއްކިއެވެ. ” އާނ… އަހަރެން ނުވޭ މާޝާ ދެެ ލޮއެބެއް… އަހަރެން ލޯބި ވަނީ ރިފްޝާ ދެކެ… އަހަރެން އެހެން ތައުރީފުކޮށް ހެދީ ރިފޫ ޖެލަސް ކުރުވަން…. މާޝާ ދެކެ ލޯބި ވާތީއެއް ނޫން… މާޝާއަށް އެހެން ހީވެފައިވާނަމަ އައި އޭމް ސޮރީ… މިވަގުތު އަހަންނަށް ހުރެވޭކަށް ނެތް… ” އިފާން އެހެން ބުނެ ހިނގައިގަތެވެ. އޭނާ ދިޔައީ ފޯނުން ރިފްޝާއަށް ގުޅަމުންނެވެ. އެތައް ފަހަރަކު ގުޅުމުންވެސް ފޯނު ނުނެގުމުން އިފާން ސައިކަލަށް އަރާ ދުއްވާލިއެވެ. އޭރު އޭނަގެ ސިކުނޑި ވަނީ ހާސްވެފައެވެ. ދެން ރިފްޝާ އޭނަ ދައްކާ ވާހަކައެއް އަޑު އަހާނެބާއެވެ. ހިތަށް ވަނީ ނުތަނަވަސްކަން ވެރިވެފައެވެ.                                     ފިހާރަ ތެރޭގައި ހުރި އައިލީން ދިޔައީ އެކި އެއްޗެހި ބަލަމުންނެވެ. ޝައުނާވެސް ދިޔައީ އޭނައަށް ކަމުދާ އެއްޗެއް ފެނޭތޯ ބަލަމުންނެވެ. ފިހާރައަކަށް އާދެވުނު ފަހަރު ކަމުން ދެ މީހުންވެސް ދިޔައީ ކަމުދާނެ ކަހަލަ އެއްޗެއް ފެނޭތޯ ބަލަމުންނެއެވެ. ފިހާރައިގައި ހުރި ސެންޓު ފުޅި ތަކެއްގެ ކައިރީގައި ހުރި އައިލީންގެ ދެ ލޯ ބޮޑުވެގެން ދިޔައީ އެއްލި ކަޅިއަކުން ފިހާރަ ތެރެއަށް ވަން ޒުވާނާ ފެނިފައެވެ. އިސްކޮޅު ދިގު ހަމުގެ ކުލަ އަލި ޒުވާނެކެެވެ. ހަށިގަނޑަށް ބަލައިލުމުން ގަވާއިދުން ކަސްރަތުކުރާކަން ހާމަވެގެން ދެއެވެ. ބޮލުގެ އިސްތަށިގަނޑު ވަނީ ޒަމާނީ ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ”ދިނާޖު” ނޫ ކުލައިގެ ކަޅިއެއް ލިބިފައިވި އެ ޒުވާނާގެ ދެ ލޯ ފެނިފައި އައިލީންއަށް ބުނެވުނީ ހަމައެކަނި އެހެންނެވެ. އޭސީގެ ފިނިކަމުގައިވެސް އައިލީންގެ ނިއްކުރިން ދާހިއްލަން ފެށިއެވެ. މީހާ ހާސްވެ ބިރުން ފަހަތަށް ފިޔަވަޅު އަޅަން ފެށުނެވެ. ފަހަތަށް ފިޔަވަޅު އަޅަމުން ދަނިކޮށް މީހެއްގެ ގައިގައި ޖެހުމުން އޭނާ ސިހިފައި ފަހަތަށް އެނބުރި ބަލައިލިއެވެ. ބަލައިލިއިރު ކުރިމަތީގައި ހުރީ ގާތްގަނޑަކަށް ފަންސާސް ފަސް ވަރަކަށް އަހަރުގެ ފިރިހެނެކެވެ. އައިލީން އެމީހާއަށް ބަލައިލުމަށްފަހު ފަހަތަށް ބަލައިލިއިރު ދިނާޖު ފެންނާކަށް ނެތެވެ. އައިލީން ދެވަނަ ފަހަރަށް އެމީހާއަށް ރަނގަޅަށް ބަލައިލިއެވެ. އެންމެ ފުރަތަމަވެސް އަޅާއިގަތީ އެމީހާގެ އަޅި ކުލައިގެ ދެ ލޮލެވެ. މޫނު މަތިން އައިލީންއަށް ޔޫހާން އާ ވައްތަރުކަމެއް ހުރިހެންވެސް ހީވިއެވެ. ނަމަވެސް އެއީ އަޅި ކުލައިގެ ދެލޮލުން އޭނައަށް ހީވި ހީވުމެއްކަމަށް އައިލީން ނިންމިއެވެ. އޭނާ އަވަސް އަވަހަށް އެމީހާގެ ގާތުން މައާފަށް އެދުނެވެ. ”ސޮރީ… އަޅުގަނޑަށް ނުބަލާ އާދެވުނީ… ބޭބެ ތަނަކަށް ތަދުވިތޯ… ” އައިލީން އެހެން ބުނުމުން އެއީ އެއްވެސް ކަމެއް ނޫންކަމަށާއި އަދި އެއްވެސް ތަނަކަށް ތަދު ނުވާކަމަށް ބުންޏެވެ. އައިލީން ވެއްޓިފައި އޮތް އެމީހާގެ ވޮލެޓް ނަގަން ގުދުވެލިތަނާ ހައިރާންކަން ލިބުނީ ވޮލެޓުފައި އިން ފޮޓޯ ފެނިފައެވެ. އައިލީންގެ ގައިގައި ޖެހިފައި އެމީހާގެ ވޮލެޓް ވެއްޓުނު ގޮތުން އޮތީ ވޮލެޓުގެ އެތެރެވެސް ފެންނާށެވެ. އެ ފޮޓޮއަކީ ކުރީގެ ފޮޓޮއެއް ނަމަވެސް އެ ފޮޓޯގައިވި މީހާގެ މޫނުމަތިން އައިލީންއަށް އެއީ ކާކުކަން އިނގިގެން ދިޔައެވެ. ކުއްލިއަކަށް މީގެ ކުރިންވެސް އޭނައަށް އެ ފޮޓޯ ފެނިފައިވާކަން ހަނދާންވެގެން ދިޔައެވެ. ނަމަވެސް އެ ފޮޓޯ އެމީހާގެ އަތުގައި އޮންނަން ޖެހުނު ސަބަބެއް އޭނައަކަށް ނޭނގުނެވެ. އޭނަ އަވަސްއަވަހަށް ވޮލެޓު ނަގައި އެމީހާއަށް ދިއްކޮށްލިއެވެ. އެމީހާ ހިނިތުންވެލުމަށްފަހު އައިލީންއަށް ޝުކުރު އަދާކުރިއެވެ. ފޮޓޮ އާ ބެހޭގޮތުން ސުވާލުކޮށްލަން އުޅުނު ވަގުތު އެދިމާލަށް އަންނަމުން ދިޔަ ދިނާޖު ފެނި އައިލީންގެ ހިތް ބާރުބާރަށް ތެޅެން ފެށިއެވެ. އެ ހިތުގައި ބިރުވެރިކަން ވަށާލިއެވެ. އައިލީން އަވަސް އަވަހަށް ކުރިމަތީގައި ހުރި މީހާއަށް ގަދަކަމުން ހިނިތުންވުމެއް ރައްދުކުރުމަށްފަހު އެތަނުގައި ހުރި ހަރުގަނޑެއްގެ ފަހަތަށް ވަންނަން ދިޔައެވެ. އެ ފިރިހެން މީހާ ހުރީ އައިލީންގެ ހަރަކާތްތަކުން ހައިރާން ވެފައެވެ. އެ މީހާ އެތައި މަޑުކޮށްލީވެސް އައިލީން އެއްޗެކޭ ބުނަން އުޅޭހެން ހީވުމުންނެވެ. އައިލީން ދިޔުމުން އެމީހާވެސް ކުރިއަށް ހިނގައިގަތެވެ. އައިލީން ގޮސް އެތަނުގައި ހުރި ހަރުގަނޑެއްގެ ފަހަތަށް ވަނެވެ. ދިނާޖު އެދިމައަށް ބަލައިވެސް ނުލާ ދިއުމުން އައިލީންއަށް މޭގައި އަތް އަޅާލަމުން ފުން ނޭވައެއް ދޫކޮށްލެވުނެވެ. އެހެން ހުއްޓާ މިފަހަރު ސިހުނީ ފަހަތުން މީހަކު ކޮނޑުގައި އަތް ލުމުންނެވެ.

Share Article

Follow Me Written By

ifoo

Level 910 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ރާސްތާ 8

Next

ނުހައްގުލޯބި 8

Next
June 30, 2018

ނުހައްގުލޯބި 8

Previews
June 30, 2018

ރާސްތާ 8

24 Comments!

  1. unique says:
    June 30, 2018 at 4:39 pm

    yay am i first

    1. Ifoo ifoo says:
      July 3, 2018 at 4:31 pm

      Yesss unique dear ur first ???… Congrats ???…

  2. Ifoo ifoo says:
    June 30, 2018 at 4:50 pm

    Salaam dear readers ???❤️❤️❤️???… Here is the 20th part ???… Hope all will like this part too ???… Please point out the mistakes so that I can improve ???… Love you all my readers ❤️❤️❤️??????????????????…

  3. maya says:
    June 30, 2018 at 5:17 pm

    yey i am second…

    1. maya says:
      June 30, 2018 at 5:21 pm

      vv reethi..alhe mi maasha gandu knme faharaku fani vahtaalaey eba …..vv foohi veyalhe ifaan aa rifu gulhuvaba..ekuhjaa ah ehen nuhadha ifooo….
      and aili kyve ehaa biru gathyyy??????????????????????? and e muskulhi myhaa eii yoohan ge dad thr??????????

    2. Ifoo ifoo says:
      July 3, 2018 at 4:35 pm

      Congrats dear ur second ???… Thankyou so much Maya ❤️❤️❤️???????????????… V v v ufaavey knme partehvx kiyaalaafa comment kohlaathy ???… It means a lot for me ???❤️❤️❤️???… Ailee birugathy kyhvekanvx ingeyne story kuriah dhaa varakun ???… Heheh… Let’s see vaagotheh… ???…

  4. Ainth says:
    June 30, 2018 at 5:36 pm

    Alhe haadha kurey… Vv reethi maashaa Allah… Kn irakun next part up kohlaany

    1. Ifoo ifoo says:
      July 3, 2018 at 4:39 pm

      Thankyou so much Ainth story kiyaalaafa comment eh kohlyma ???❤️❤️❤️… Sorry mi part kuru vyma ???… Next part now ifoo submit kohlaifinn ???…

  5. Nunnu says:
    June 30, 2018 at 7:46 pm

    v nice
    when next prt
    anekaa ves maashaa fani vehtiyyey dho
    I hate her

    1. Ifoo ifoo says:
      July 3, 2018 at 4:56 pm

      Heheh… Yesss Nunnu mifaharu vx Maasha spoil kohlee… Ifoo now next part submit kohlaifinn ???… Thankyou so much Nunnu ❤️❤️❤️???????????????… U are one of the best reader ey buneveynee ??????❤️❤️❤️…

  6. Airah says:
    June 30, 2018 at 8:08 pm

    vv reethi.Next part thankolhea dhigu kolhachey Ifoo.❤❤❤

    1. Ifoo ifoo says:
      July 3, 2018 at 4:58 pm

      Thankyou so much Airah ❤️❤️❤️???????????????… V v v ufaavehje story kamudhiyaima ???❤️❤️❤️…

  7. Naju says:
    June 30, 2018 at 9:15 pm

    Masha Allah v nice mi partvx bt v sad vx vehjeh faan rifu ah propose nukurevunyma..

    1. Ifoo ifoo says:
      July 3, 2018 at 5:16 pm

      Thankyou so much Naju ❤️❤️❤️???????????????… Don’t be sad dear adhi hurihaa kameh vx ragalhu vaane kamah balamaa ???…

  8. Naju says:
    June 30, 2018 at 9:24 pm

    Vvvvvv ???????? vehje ifooge best readers akah najuvyma thankx dear…??????

    1. Ifoo ifoo says:
      July 3, 2018 at 5:28 pm

      Awwwwn ❤️❤️❤️??????… Most welcome dear ???… Ifoo vx v v ufaavehje Naju happy v ma n reply kiyaalikan ingunyma vx ❤️❤️❤️??????…

  9. naash says:
    June 30, 2018 at 10:13 pm

    styr vv reethi maasha allah…. maashaa gandu vattaalaanii enme kada gadiah vv foohi vey…

    1. Ifoo ifoo says:
      July 3, 2018 at 5:32 pm

      Thankyou so much naash ❤️❤️❤️??????????????????… V v v ufaavehje story reethi v ma ❤️❤️❤️???…

  10. Najla says:
    June 30, 2018 at 10:35 pm

    v reethi mi part ves ? Aily keehvebaa emeeeha dheke ehaa birun e ulheni ? Maasha ulhey goi dhen v fooohi ? faan aa rifoo neyge dhen avahah gulheyne kameh ves ????? waiting for the next part ???❤ avahah up kohladhechey ❤

    1. Ifoo ifoo says:
      July 3, 2018 at 5:35 pm

      Thankyou so much Najla ❤️❤️❤️??????????????????… V v ufaavehje story reethi v ma ???… Ailee dhinaaj dheke biruganna reason vx ingeyne kuriah dhaa varakun ???… Keep reading ???… Now next part submit kohlaifinn…

  11. Livee says:
    July 1, 2018 at 3:07 pm

    I hate that maashaa alheyy!rifoo I feel so sorry for u

    1. Ifoo ifoo says:
      July 3, 2018 at 5:37 pm

      Thankyou for the comment Livee ❤️❤️❤️??????????????????…

  12. Mal says:
    July 3, 2018 at 10:00 am

    Adhi mi kiyaalevunii…. Masha Allah Farah reethi mi part ves…. Keep up the fud work ifooo

    1. Ifoo ifoo says:
      July 3, 2018 at 5:38 pm

      Thankyou so much Mal ❤️❤️❤️??????????????????… V v v ufaavehje story reethi v ma ❤️❤️❤️???…

Comments are closed.


All Right Reserved!