ލިފްޓު މަޑުކުރުމާއެކު ލިފްޓުން ނިކުމެ ރަޔާންގެ އެޕާރޓުމެންޓުގެ ދޮރު ހުޅުވާލިއެވެ. އަލާނިޔާ ހައިރާންވީ ވަރުން އަނގަމަތީގައި އަތް އަޅާލިއެވެ. އުފާވީވަރުން އޭނާގެ ލޮލުން ކަރުނަވެސް ހިލުނެވެ. އޭނާއަށް ނޭފަތް ދަމާލެވުނީ ކޭންޑަލްސް ތަކުން ދުވި މަސްތީ މީރުވަހުންނެވެ. މަޑު އޮރެންޖުކުލައިގެ ފަނޑު އަލީގެ ތެރޭގައި އެ ކޮޓަރީގެ ޑެކެރޭޝަން ފެންނަލެއް ވަރަށް ފުރިހަމައެވެ. ހީވަނީ ކައިވެނީގެ ފުރަތަމަ ރެއަށް ތައްޔާރު ކޮށްފައިވާ ކޮޓަރިއެއްހެންނެވެ. ކޮޓަރި ހުޅުވާލާ އިރު އެންމެ ފުރަތަމަވެސް ލޮލުގައި އަޅައިގަންނަ ހުދު ކުލައިގެ ކިންގް […]
ރުޅި އައިސްގެން ގޮސް ފަޅައިގެން ދާ ވަރުވެފައި ހުރެ އަމްނާ ގެއަށް ދިޔައެވެ. މަންޒަރު ބަލަން އަމީމް އިނީ ބަސް ހުއްޓިފައެވެ. ހަމްދާނަށް މިއައީ ކޮން ކަހަލަ ބަދަލެއް ހެއްޔެވެ؟ ” އަމީމް. އެކަމާ ނޫޅޭ. ރަނގަޅު މަންޖެ އެއް ނޫން. ޖިންނީގެ ކަމެއް އެބަ އުޅެ. އަވަހަށް ތިކަމުން ރެކި ގަންނަން އުޅޭ.” ސުވާލު ދުލުން ބޭރުވީ ބާވައެވެ؟ ނޫނެކެވެ. ދެން އެހެން ވީ އިރު ހަމްދާނަށް އަޑު އިވެންވީ ކިހިނެއް ހެއްޔެވެ؟ އިއްތިފާޤަކީ ބާއެވެ؟ […]
” ބަލާބަ އެހަރަ ކަމެއް! ހާދަ ރީއްޗޭ!” ލަމް ގެ އަތުގައި ކޮށްޓަމުން ނަފޫ ބުންޏެވެ. ލަމް އިސް އުފުލާލީ އެޒުވާނާގެ މޫނު ފެނޭތޯ އެވެ. އެހެން ނަމަވެސް މީހުން ގިނަ ކަމުން އޭނާގެ މޫނު ފެންނަ ގޮތެއް ނުވިއެވެ. ހަމައެވަގުތު އާލިމް ރަށުގެ ފަސްގަނޑުގައި ފައި ޖައްސާލިއެވެ. އާލިމްއަކީ މާލެއަށް އުފަން ކުއްޖެކެވެ. މިއީ އޭނާގެ ހަޔާތުގައިވެސް މާލެ ނޫން އެހެން ރަށަކަށް އައި ފުރަތަމަ ފަހަރެވެ. ނަމާދް ވަގުތު ކައިރި ވަމުންދާތީ ލަމް އާއި ނަފޫ ގެއަށް ދާން ހިނގައިގަތެވެ. ލަމް ފަސް އެނބުރި ބަލާލީ އާލިމް ގެ މޫނު ފެނޭތޯއެވެ. އެހެން ނަމަވެސް މީހުން ތަކު ތެރެއިން އާލިމް ފެންނަ ގޮތެއް ނުވިއެވެ. އާލިމް އަކީ މީހުންނާ ވަރަށް ގުޅިގެން އުޅޭ މީހެކެވެ. މިއީ އާލިމް މިރަށަށް އައި އެންމެ ފުރަތަމަ ފަހަރު ކަމުގައި ވިޔަސް އޭނާގެ ބިރައްޓެހި ކަމެއް ނުފެނެއެވެ. ވަރަށް އެކުވެރި އެވެ. އޭގެ އިރުކޮޅެއް ފަހުން މީހަކު ސައިކަލެއްގައި އާލިމް ބަލާ އަތުވެއްޖެއެވެ. ބަނދަރު މަތީ އެއްވެފަ ތިބި މީހުންނާ ސަލާމް ކޮށްލުމަށް ފަހު އާލިމް ސައިކަލަށް އަރާ މި ރަށުގައި ހުންނަ ގެއާ ދިމާލަށް ނައްޓާލައިފިއެވެ. އާލިމް މިރަށަށް އައުމުން މީހުން އެހާ އެއްވެ ސަލާމް ކުރީ އާލިމް މުއްސަދި ކުއްޖަކަށް ވީމަ އެކަންޏެއް ނޫނެވެ. އާލިމް ބައްޕައާއި މިރަށުގެ މީހުންނާ އޮންނަ ގާތް ގުޅުމެއްގެ ސަބަބުންނެވެ. އާލިމް ބައްޕަ އެރަށަށް ކޮށްދިން ރަގަނޅު ކަންތައް ތަކުގެ ސަބަބުންނެވެ. ” މިއީ ހާދަ ހިތް ހެޔޮ ބަޔެއް އުޅޭ ރަށެއް ދޯ؟” އާލިމް ސައިކަލަށް އެރުމާ އެކު ބުންޔެވެ. ” އާން ޝާފިއު ބެ ކަހަލަ ރަގަނޅު މީހެއްގެ ދަރިއަކަށް ހެޔޮ ނުވާނީ ކާކު؟” ތައުރީފް ގެ ރާގަކަށް ސައިކަލް ކުރީގައި އިން ހާމިދް ބުނެލިއެވެ. ނަފޫއަށް ގެއަށް ދެވުނު އިރު ހުރީ ކުޑަކޮށް ލަސް ވެފައި އެވެ. އެއީ ލަމް ގެއަށް ލާން ދާން ޖެހުނީމަ އެވެ. ގެއަށް ވަނުމާއެކު ނަފޫ އަށް އޭނާ ގެ މަންމަ ވަރަށް އަވަދި ނެތި އުޅޭތަން ފެނުމުން ސުވާލު ކޮއްލިއެވެ.” މަންމާ! ހާދަ ބުރަކޮށްލަިއިގެން؟ މާ ހާއްސަ ކަމެއް އޮތީތަ؟” ފަހަތުން މަންމަ ގައިގަ ބައްދަމުން ނަފޫ އަހާލިއެވެ.”އާން! މުޅިދުވަސް އެއްކޮށް ބޭރުގަ އުޅެންޔާ ގޭތެރޭގަ ހިންގާ ކަންތައް ތައް ނަފްހާ އަކަށް ނޭންގޭނެ” ހިތްހަމަ ނުޖެހިފަ ހުރި ގޮތަކަށް ނަފޫގެ މަންމަ ނަފީސާ ޖަވާބް ދިނެވެ. ” ދެން މަންމާ! އީދު އަންނާތީ ވަރަށް ބިޒީ… ބަށި ފަރިތަކުރުމުގަ މުޅި ދުވަސް ހޭދަަ މިވަނީ!! ދެން މަންމަ ރުޅި ނައިސް ބުނެބާ!! ނަފޫ އާދޭހާ އެކު އޭނާގެ މަންމަ އާއި ސުވާލު ކުރިއެވެ.””މިއުޅެނީ ދަރިފުޅުގެ ބައްޕަގެ ވަރަށް ގާތް ރަހުމަތްތެރިއެއްގެ ދަރިފުޅު މިގެއަށް ހުންނަން އަންނާތީ..އެކަމުގެ ތައްޔާރީތައް މި ވަނީ” ނަފީސާ ކިޔައި ދިނެވެ.” އަޅެ މިއީ އެ ބަނދަރު މަތިން ފެނުނު ޒުވާނާ އަށް ވާނެ ނަމަ ކިހާ ރަނގަޅު” ނަފޫގެ މަންމަ މިހެން ބުނުމާ އެކު އޭނާ ހިތާ ހިތުން އެދުނެވެ. ” މާމާ ހިނގާ އެއްޗެއް ކާލަން! ބޭސް ކައި ގަޑިވެސް ޖެހެނީ އެއްނުން! ނަމާދު ކޮށް ނިންމުމަށް ފަހު ލަމް އޭނާގެ މާމަ ކޮޓަރިއަށް ވަންނަމުން ބުންޔެވެ.އޭރު ލަމް ގެ މާމަ އޮތީ އެނދުގައި އޮށޯވެލަިގެންނެވެ. މާމަ އަކީ ހިނގޭ އަދި ވާހަކަ ދެއްކޭ މީހެއް ނޫނެވެ. މީގެ ދެއަހަރެއް ކުރިން މާމަ އަށް ސިކުނޑި އަށް ލިބުނު ގެއްލުމެއްގެ ސަބަބުން އެއްފަޅިން ވާގި ނެތި ވާހަކަ ދެއްކުން ވެސް ވަނީ ހުއްޓިފައި އެވެ. އޭގެ ފަހުން މާމަ ފެންވަރުވާ މާމަގެ ހުރިހާ ކަމެއް ބަލަހައްޓަނީ ލަމް އެވެ. މާމަ އަށް ކާން ދިމަށްޓަކައި ލަމް ހިނގައި ގަތީ ބަދިގެއާ ދިމާލަށެވެ. ލަމް މެން ގެ ހުންނަނީ ވަރަށް އަދައިގެ ފެންވަރަށް ހަދާފައިއެވެ. ވާނީވެސް އެހެންތާ އެވެ. މާލީ ހާލަތު ހުންނަ ގޮތުން ގެ ނުހެދެނީ އެވެ. ލަމް ބަދިގެ ދޮރު ހުޅުވާލި އިރު ބަދިގެއިން ވަރަށް ބާރަށް ބުޅަލެއް ނިކުތެވެ. ލަމް ދިޔައީ ސިއްސައިގެންނެވެ. ބަދިގެއަށް ވަދެ ތައްޓަށް ބަތް އަޅަން ބެލި އިރ،ު ބުޅާ އޮތީ ގަރުދިޔަ ތެލި ބަންޑުން ކޮށްލާފައެވެ. ލަމް އަށް ހަދާނެ ގޮތެއް ނޭންގުނެވެ. ގޭގައި ކައްކާނެ މަހެއް ނެތެވެ. ލަމް ހަދާނެ ގޮތް ނެގިފައި ހުރި ލަމް ނަފޫ އަށް ގުޅާލިއެވެ.ނަފޫމެން ގޭގައި ގަރުދިޔަ ހުރި ކަމުގައި ވިޔަސް، އެ ގެއަށް މެހެމާނަކު އަންނާތީ ނަފޫ އަށް އާދެވެން ނެތް ވާހަކަ ނަފޫ ބުންޏެވެ. އެހެން ކަމުން ލަމް އެ ގެއަށް ދާން ހިނގައި ގަތެެވެ. އާލިމް އަށް އޭނާ ހުންނަ ގެއަށް އާދެވުނީ ތަންކޮޅެއް ލަސް ވި ފަހުންނެވެ. އެއީ މިސްކިތައް ވަދެލާ ނަމާދު ކޮށްލުމަށް ފަހުގައިއެވެ. އާލިމް އާއި ޝާފިއު ގެއަށް ވަދެ ސޯފާގައި އިށިނެވެ. ހަމަ އެގަޑީގައި ނަފޫ ކޮޓަރިން ނުކުތީ ތުވާލިން ބޯ ހިއްކަމުންނެވެ. އަދި ކުރި ބަލާލުމެއް ނެތި ވަރަށް ބާރަށް ސޯފާއަށް ވެއްޓިޖެއެވެ. އެވަގުތު އޭނާ ގެ ތެތް އިސްތަށިގަނޑުން އާލިމްގެ މޫނޫގައި ވިހުރިލިޔެއެވެ. އެހިނދު ނަފޫ އަށް ސޯފާ ގައި އެހެން މީހަކު އިން ކަމުގެ ޢިހްސާސް ކުރެވުނެވެ. މަޑު މަޑުން އަނެއް ފަރާތަށް މޫނު އަނބުރާލި އެވެ. އޭރު ކައިރީގައި އިން ޒުވާނަކު އޭނާ މޫނު މަތީ ހުރި ތެތް އިސްތަށި ނެގިއެވެ. އެެއީ ނަފޫއާއި އާލިމް ކަޅި އާއި ކަޅި ހަމަ ވި ވަގުތެވެ. ނަފޫ އަށް ހުރެވުނީ އާލިމް އަށް ގެއްލިފައި އެވެ.“ އާލިމް ކިހިނެތް؟ މިއީ ދައްތަގެ އެންމެ ހަގު ދަރިފުޅު.. ވަރަށް ސަކަރާތް ބޮޑުވާނެ!! އަނެއްކާ އާލިމް އަށް ޖެއްސުމެއް ކުރީތަ؟ފެންތައްޓެއް ދިއްކޮލަމުން ނަފީސާ އަހާލި އެވެ. “ ނޫނޭ ދައްތާ އެކަހަލަ އެއްވެސް ކަމެއް ނުވޭ!!” އާލިމް ފެން ބޮމުން ބުނެލި އެވެ.ވަރަށް މަޑު މަޑުން ސޮރީ އޭ ބުނެލުމަށް ފަހު ސޯފާ އިން ތެދުވެގެން ނަފޫ ކޮޓަރި އަށް ވަނެވެ. ސައި ތައްޔާރު ވުމުން ނަފީސާ އާލިމް އާއި ޝާފިއު އަށް ސައި ބޯން ގޮވި އެވެ. ރެއަކީ ހަނދުވަރު ދީފަ އޮތް ވަރަށް ހިތްގައިމު ރެއެކެވެ. ހަނދުގެ އަލިކަމުގެ ސަބަބުން އުޑު މަތީގައި ފިޔަ ޖަހާ ތަރިތައް ވަނީ ގެއްލިފައިއެވެ. ރަށުގެ ހަމަހިމޭން މަގުތަކުގައި ލަމް ހިނގައިފައި ދިޔައީ ވަރަށް ހަލުވި ހިނގުމެއްގައެވެ. ލަމް، ނަފޫ މެެން ގޭގެ ދޮރުމައްޗައް އެރުމަށް ފަހު ގޮވާލިއެވެ. ނުނިމޭ!!
ކުރިމަތީގައި ހުރި މީހާ އަލާނިޔާއާ ގާތްވެލިއެވެ. އެކަކު އަނެކަކުގެ ނޭވާ އިޙްސާސްކުރެވޭ ހާ ކައިރިންނެވެ. ” ބޭބްވެސް ހީކަރުވާ ދޯ..މަވެސް ” ތުރުތުރު އަޅަމުން ދިޔަ އަލާނިޔާ ގައިގައި ބައްދާލަމުން އޭނާ ބުނެލިއެވެ. ” ނޫން..” ދެން ފެނުނު މަންޒަރު ސަލާމަތްވާން އަލާނިޔާ ގަދަ ހަދަން ފެށިއެވެ. ނަމަވެސް ދާނިޝްގެ އަތު މުލައްދަނޑީގެ ބާރު އަލާނިޔާގެ ނިޔަނެތި ހަޑިގަނޑަށްވުރެ ގަދައެވެ. ބިރުން ގޮސް އޭނާއަށް ރޯންވެސް ފެށުނެވެ. ނަމަވެސް ދާނިޝްގެ ހަރު ހިތަކަށް އެ މައުސޫމް ކުއްޖާގެ ރުއިމުން […]
ރަނާ ސާރާ ގޮވައިގެން ގެއަށް ދާން ހިނގައިގަތެވެ. *********************************** ރަނާ ސާރާ ގޮވައިގެން މަގުމަތިން އައިރު އުޑުމަތި ބަނަވާންފެށިއެވެ.ގޭ މަގަށް އަޅާލިއިރު ބޯކޮށް ވިއްސާރަ ވެހިގަތެވެ.ދެ މީހުން ދުވަމުން ގެއަށް ވަދުނެވެ.ރަނާ އާއި ސާރާ ހުރީ ތެމިފޯވެފައެވެ.” ދަރިފުޅުމެން އަވަހަށް ދޭ އެއްޗެހި ބަދަލުކޮށްގެން ކާން އަންނަން މާމަ ކާން ހަދަނަން އިނގޭ”ރަނާ މަންމަ ރާނިޔާ ދޮރު ހުޅުވަމުން ބުންޏެވެ.ރަނާ އާއި ސާރާ ފެންވަރައިގެން ކާން އިށީނެވެ. ”ސާ މާމަ އާ އެއްކޮށް ހިނގާބަ ފިހާރައައް ދާން އަމްބްރެއްލާ ހިފައިގެން ދޯ ދާނީ”ރާނިޔާ ސާރާ ކައިރީ އަހާލިއެވެ. ކައިނިމިގެން ރާނިޔާ އާއި ސާރާ ބޭރަށް ދިޔައެވެ.ރަނާ ވެސް އަވަސް ކޮށްލައިގެން އަރާމު ކޮށްލަން ދިޔައެވެ. ޝާއިމް އޭނާގެ ބޮސް އުޅޭ ތަންކޮޅަށް ވަނެވެ.”ޝާއިމް ކަލޭ ގާތު މަބުނަން ދޯ އަވަހަށް އަންނާށޭ،”ޝާއިމްގެ ބޮސް ވާފިރު އޭނަ އާ ދިމާލަށް ހަޅޭލަވައިގަތެވެ.”ކަލެއާއި ހެދިޔޭ އަހަރުމެން އެ ރަސްފަންނު ކައިރީ ހުރި މަންޖެއަށް ބޮޑުވަރު ނުކޮށްލެވުނީ އެ ލީން މަށައް ދޭން ބުނި އެތިކޮޅުވެސް މަދުވީ”ޝާއިމް އަނގައިންވެސް ނުބުނެ އޭނާގެ ކޮޓަރިއަށް ވަދެފަ ބާރަށް ދޮރު ޖެހިއެވެ. ރަނާ އަށް ތެދުވެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެެވެެެ.ނަމަވެސް ވީގޮތް ހަނދާންނެތުމުން ހަމަޖެހިލިއެެވެެެެެެެެެެެެެެެެެ.ރަނާ އަޞްރު ނަމާދު ކޮށްގެން ބޭރަށް ނިކުތެވެ.މަންމަ އާއި ސާރާ ފެންނަން ނެތުމުން ޓީވީ ހުޅުވާލާފައި ސޯފާގައި އިށީންދުނެވެ.އިރު ކޮޅަކުން ރަނާ ފޯނަށް ކޯލެއް އައެވެ އެއީ ކާކުކަން އެނގުމުން ރުޅިއައިސްގެން ވާހަކަދައްކަން ފެށިއެވެ.
ސިހިފައި ދެ މީހުން ފަހަތަށް ބަލައިލިއިރު ތިބީ ދެމީހުންގެވެސް އެންމެ ގާތް އެކުވެރިންނެވެ. ޔޫހާން އާއި އައިލީންއަށް ހިނިތުންވެލެވުނެވެ. ”ކޮންގްރެޓްސް އައިލީ… ” ރިފްޝާ އާއި ޝައުނާ އައިސް އައިލީންގެ ގައިގައި ބައްދާލަމުން ބުންޏެވެ. ” ތޭންކްސް ” އައިލީންވެސް އެދެ މީހުންގެ ގައިގައި ބައްދާލަމުން ޝުކުރު އަދާކުރިއެވެ. ޔައިޝް އާއި އިފާންވެސް ޔޫހާންގެ ގައިގައި ބައްދާލަމުން އެ މީހުންގެ އެ ގުޅުމަށް މަރުހަބާ ކިޔެވެ. ކޮންމެ މީހެއްގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” […]
މެންދަމުގެ ހިމޭން ވަގުތެކެވެ. އަހަންނަށް ހޭލެވުނީ ބިރުވެރި ހުވަފެނެއް ފެނިގެންނެވެ. ހޭލެވުނު އިރު މީހާ އޮތީ ދާހިއްލާ ފޯވެފައެވެ. އަވަހަށް ތެދުވެ ދެ ރަކްޢަތުގެ ނަމާދެއް ކޮށްލައިގެން އަނެއްކާވެސް އޮށޯތީމެވެ. ނިދާލެވެނީވެސް އެތައް އިރެއްގެ ސަކަރާތައްފަހުއެވެ. އެހެންކަމުން ދެން ހަމަ ހިލާ ނިދޭ ގޮތެއް ނުވިއެވެ. ކޮޓަރީގެ ކުޑަދޮރު ހުޅުވާލީމެވެ. ހަށިގަނޑަށް ވެރިވެގެން ދިޔައީ ތެތް ފިނިކަމެކެވެ. ޖައްވު ތެރޭގައި ހިފާފައިވަނީ އާދަޔާ ޚިލާފު މީރު ވަހެކެވެ. މަޑުމައިތިރި ކަމުގެ ވެސް އިންތިހާއެވެ. އުޑުމަތީގައި ވިދާ ތަރިތައް […]
އެކުގަވާނަން ( ޕާޓު 1 ) ކަޅު ވިލާތަކުން އުޑުމަތި ބައްދާލާފައިވާއިރު ފެންނަފެނުމަށް ހީވަނީ ދެންމެ ދެންމެ ވާރެ އޮއްސައިގެންފާނެ ހެންނެވެ. ވައިވެސް އެހާމެ ބާރެވެ. ވަޔާއިއެކު ގަސްތައް ހެލޭއަޑާއި، ކަނޑުން ނަގާ ބިޔަ ރާޅުތައް ތޮށި މައްޗައް ބިންދާ އަޑު ފިޔަވާ އިތުރު އަޑެއް ރަށުތެރެއިން ނީވެއެވެ. ވިއްސާރަ ކުލަވަރު އުޑުމަތީގައިވެފައި ރޭގަނޑުގެ ވަގުތުކަމުން މީހުންތައް ގޭގެއަށް ވަދެ ހިޔާވަހިކަން ހޯދާފައިވާ އެފަދަ ވަޤުތެއްގައި، ރަށުގެ ބޮޑު މަގުމަތިން މަޑު ފިޔަވަޅުތަކެއްގައި ހިނގާފައި […]
ރާއްޖެ ގަޑިން ހެނދުނު ދިހައެއްޖަހާ ތިރީސް މިނެޓު ހިނގައިފިއެވެ. ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ވެއިޓިން އޭރިއާރގައި ނަޒްމާއާއި އޭނާގެ ފިރިމީހާ އާޒިމް މަޑުކޮށްލައިގެން ތިބީ އެ ދެމީހުންގެ ހަގު ފިރިހެން ދަރިފުޅުގެ އިންތިޒާރުގައެވެ. އެސްތަކަކުން ފަރުމާ ކޮށްފައިވާ ކަޅު ކުލައިގެ އަބާޔާއަކާ ހަމަ އެކުލައިގެ މޭމަތި ފޮރުވޭ ވަަރަށް އަޅާފައިވާ ޝޯލްގައި ނަޒްމާ ފެންނަނީ އުމުރަށްވުރެ ޒުވާންކޮށެވެ. ބަލާމެލުމަށް ހަތަރު ދަރިންގެ މަންމައޭ ބުނަން ދަތި ވާނެއެވެ. އުމުރުން ފަންސާހުގެ އަހަރުތަށް ގުނަމުން އަންނަ އާޒިމްވެސްމެއެވެ. ކޯޓޯ […]