Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ؟ (1)

Kyleen Level 110 Stories
June 30, 2018 5 Mins Read
26 Comments

ހަނދު ހުރީ ބުރުހަމަކޮށެވެ. ވިލާތައް ހާވިޔާކޮށް ހުރުމުން ހަނދު އޭގެ ހައިބަތު ދައްކައިދެމުން ދިޔައެވެ. އަލި ބުރަކުން ހަނދުގެ ގޯތިވެސް ފެންނާން ހުއްޓެވެ. މިއީ ސާދަ ފަނަރައިގެ ހަނދެވެ. ދަންވި ދަންވިހެން ފަރިވަމުން ދިޔައެވެ. ނަމަވެސް އަހަންނަކީ އެހަނދެއް ނޫނެވެ. ހަނދަށް ލިބިފައިވާ ހިނިތުންވުން އަހަރެންގެ މޫނަކު ނެތެވެ. މާޒީގެ ސަފުހާތަކުން އަހަރެންގެ ހިތުގައި ގަނޑު އުކެމުން ދިޔައެވެ. ފެންދެމޭ ކޯރެއް ފަދައިން އަހަރެންގެ ލޯތެންމަމުންނެވެ. ކުރާނެ މާ ބޮޑު ކަމެއް ނެތެވެ. މިއީ އެހެން މީހުންނަށް އަހަރެން ދައްކަން ބޭނުން ނުވާ އަހަރެންގެ އަނދިރި ކުލައެވެ. ނިކަމެތި ހާލެވެ. މިހެން ރޮއެ ރޮއެ އޮއްވާ ކޮންމެ ރެއަކުވެސް ނިދޭކަން އަހަންނަށް އެނގެއެވެ. މިރޭވެސް ވީ އެހެންނެވެ.

ފަތިހު ހޭލުމަކީ އަހަރެންގެ އާދައެކެވެ. ފެންވަރާ ރީތިވެ ނަމާދުކޮށް ހަދައިގެން ކޮފީތައްޓެއް ބުއިމަކީ ވެސް އާދައެކެވެ. ދެން އަހަރެން ދާނީ ކަސްރަތަށެވެ.ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަކީ އަހަރެން އެންމެ ލޯބި ކުރާ އެއްކަމެވެ. މިއަދު އަހަރެން ދިޔައީ ޔޫތު ސެންޓަރ ކައިރިއަށެވެ. ފެނުނީ ބަލަން ބޭނުން ނުވާ މަންޒަރެވެވެ. އަހަރެންގެ މާޒީ އެވެ. ކުރިމަތީގައެވެ. އޭނަ މިތަނަށް އެ އައީ ކީއްކުރަންބާއެވެ. އަހަރެން ކޮންމެ ދުވަހަކު މިތަނަށް އަންނަ ޚަބަރު ލިބުމުން އަހަންނާ ބައްދަލު ކުރަން ބާވައެވެ. ވީވެސް އެހެން ކަންނޭނގެއެވެ. އަހަރެން ދުވަން ފެށުމުގެ ކުރިން އޭނަ އަހަރެންގެ އަތުގަ ހިފައިގެން ގެންގޮސް އެތާ ކައިރީ ހަދަން ފަށާފައިން ގެއަކަށް ވެއްދިއެވެ.

“ކައިނާ… އަހަންނަށް މާފުކުރޭ…”

ކައިސަން އަހަރެން ގާތުން އެދުނު ކަމަކުން އަހަރެންގެ ހިތް ވަރަށް ބާރަށް ތެޅިގަތެވެ.

“ކޮން ކަމަކަށް؟”

ބޭއިޚްތިޔާރުގައި އަހަންނަށް އަހައި ލެވުނެވެ. އެހިސާބުން އަހަރެން ދަތުރު ކުރަން ފެށީ މާޒީގެ ފުން ކަނޑުންނެވެ. ފުންކަން އިހްސާސް ނުވާ އެ ބިރުވެރި، ވޭންހުރި ވަޅުގަނޑުންނެވެ.

************************************

އަހަރެން އިނީރާޅުޖަހާ ހިސާބުގައި އިށީންދެލައިގެންނެވެ. ކައިސަންގެ ކޮނޑުގައި ބޯއަޅައިގެންނެވެ.

“އަހަރުމެން ކޮންއިރަކުތަ ކައިވެނި ކުރާނީ؟”

ކައިސަންގެ ކުއްލި ސުވާލުން އަހަރެންގެ ހިތް ތެޅިގަތެވެ.

“ކައިނާ މަންމަމެން ގާތު މާދަން އެވާހަކަ ބުނަންވާނެ. އިނގޭ!”

އަނެއްކާވެސް ކައިސަން ބުނެލިއެވެ.

“މައްސަލައެއް ނެތް! އެކަމަކު….”

“އެކަމަކު ކިހިނެތްވީ؟”

“އަހަރެންނަށް ފެންނަނީ އަދި ތަންކޮޅެއް ލަސްކޮށްލަން… އަހަރެން ކިޔަވާ ނިމިގެން އެކަމާ އުޅެން ބޭނުންވަނީ…”

އަހަރެން ބުނީމެވެ.

“މައްސަލައެއް ނެތް! ކައިނާއަށް ފެންނަ ގޮތެއް… އަހަރެން ކައިނާގެ އެދުމަކަށް ހުރަހެއް ނާޅާނަން! އެހެންނޫނަސް ތީ އަހަރެންގެ ‘ސްވީޓް ހާޓް’ އެންނު ދޯ؟”

ކައިސަން އެހެން ބުނެލުމަށްފަހު އަހަރެންގެ ނިތްކުރިއަށް ބޮސް ދިނެވެ. ވަގުތުން އަހަރެންގެ ކޯތާފަތަށް ޖަންބުކުލަ އެރިތަން ކައިސަންއަށް ހަމަ ރަނގަޅަށްވެސް ފެންނާނެއެވެ. އަހަރެން އިސްޖަހާލީމެވެ.

“މިހާރު ތިނެއް ޖެހީ.. ހަތަރެއް ޖަހާއިރު މަންމަ ބުނީ އެގެއަށް ދާން. ދެން ދަނީ އިނގޭ!”

ކައިސަން އެހެންބުނުމަށްފަހު އަހަރެންގެ ކޮލުގައި ހިފާލުމަށްފަހު ދިޔައެވެ.

އަހަރެންގެ ހިތް ބުންޏެވެ. ކައިސަން އަހަންނާ ވަކިވާ ދުވަހަކުން ވާނީ ކިހިނެއްބާވައެވެ. އެވަގުތު އަހަރެންގެ ހިތަށް އެރި އެއްޗަކުން ބިރުވެރިކަން އަހަރެން ވަށާ އެނބުރެންފެށިއެވެ. އަވަހަށް އެތަނުން ތެދުވެގެން ގެއަށް ދާން ހިނގައިގަތީމެވެ.

******************************************

އެޚިޔާލުން އަހަރެން ބޭރުވީ ކައިސަން އަހަރެންގެ ކޮނޑުގައި ކޮށްޓައިލުމުންނެވެ.

“ކައިނާ. އަހަންނަށް މާފުކުރޭ!އެއީ އަހަރެން ގަސްދުގަ ކުރި ކަމެއް ނޫން! ޕްލީޒް! އަހަންނަށް މާފުކުރޭ!”

ކައިސަން އަނެއްކާވެސް އާދޭސް ކުރަންފެށިއެވެ.

“ވިސްނާލާފަ ޖަވާބެއް ދޭނަން!”

އަހަރެން އެހެން ބުނުމަށްފަހު ގެއަށް ދާން ހިނގައިގަތީމެވެ. އަހަރެން ކަސްރަތުވެސް ކުރާހިތް ކެނޑުނެވެ. ގެއަށް ވަދެ އެނދުގާ އިށީނދެލީމެވެ.

އަހަންނަށް ހަމަ ވިސްނެނީއެވެ. ހަދާނެ އެއްވެސް ގޮތެއް އަހަންނަކަށް ނޭނގުނެވެ. އަނެއްކާވެސް މާޒީގެ ކަނޑުގައި ގެނބެން ފެށިއެވެ.

*******************************************

ފެންވަރާ ރީތި ވެލައިގެން އަހަރެން ނުކުތީ ޝީންމެން ގެއަށް ދާށެވެ. ސައިވެސް ނުބޮމެވެ. އަހަންނަށް ލިބުނު އުފާވެރި ޚަބަރު އަހަރެންގެ އެންމެ ގާތް އެކުވެރިޔާއަށް އަންގާލުމަށެވެ. އަހަރެން އެގެއަށް ވަނުމަށްފަހު ސަލާމް ގޮވައިލީމެވެ. ޖަވާބު ދިނީ ޝީންގެ މަންމަ އައިންތުއެވެ.

“އަނހަ! ކައިނާ، ހާދަ ހެނދުނަކާ. ޝީން ވެއްޖެ ފެންވަރަން ވަދެ. އަނެއްކާ ކިހިނެއްވީ؟”

އަހަރެން ބުނީ ޝީން އައީމަ ވީކިިހިނެއްކަން ބުނާނަންކަމަށެވެ. މާލަސްތަކެއްވެސް ނުވެއެވެ. ޝީން ނުކުތެވެ. އޭނާއަށްވެސް ލިބުނީ ހައިރާންކަމެކެވެ. އަހަރެން ފުންމައިގެން ގޮސް ޝީންގެ ގައިގައި ބައްދާލީމެވެ. އަދިވެސް ޝީންއާއި އޭނަގެ މަންމަ ވެސް ތިބީ ހައިރާން ކަމެއްގައެވެ.

“ޔޭސް! އަހަންނަށް ކޯސް ލިބިއްޖެ!”

ޝީން އުފަލުން ފުންމައިގަތެވެ.

“އަންނާނަން ކައިސަން ގާތު ބުނެފަ!”

“ނޫން، އަހަރެން އޭނަގާތު ބުނާނީ. އެއީ ސިއްރެއް. އިނގޭ!”

“މައްސަލައެއް ނެތް!”

*******************************************

ޚިޔާލްތަކުން ބޭރުވެވުނީ ފޯނު ރިންގުވާން ފެށުމުންނެވެ. ގުޅަނީ ހަސްފަތާލުންނެވެ. ފޯނު ނެގީމެވެ. “ހެލޯ؟” “ކައި މިއަދު ޑިއުޓީއަކަށް ނާންނަންތަ؟” ޑިއުޓީ މަތިން ހަނދާންވީ ދެނެވެ. ގަޑި ބަލާލީމެވެ. “މިއަދު ނުދެވޭނެ… ގައިގަ ރިއްސާވަރުން މި އުޅެނީ…” ފޯނު ނިންމާލުމަށްފަހު ފެންވަރާލައިގެން ނުކުތީމެވެ. ފިލްމެއް ބަލާލުމުގެ ޚިޔާލު އައި ނަމަވެސް ޚިޔާލު ދޫކޮށްލީ މޭޒުމަތީގައި އޮތް ޑައިރީ ފެނިފައެވެ. އަނެއްކާވެސް ޑައިރީ ނަގައިގެން އައިސް މާޒީގެ ސަފުޙާތައް އުކަން ފެށީމެވެ.

*******************************************

މަންމަ ގައިގާ ބައްދާލުމަށްފަހު މަންމަގެ ލޯ ފުހެލަދިނުމަށްފަހު ލާންޗަށް އަރަން ހިނގައިގަތީމެވެ. ނަމަވެސް އަހަރެންގެ ފިޔަވަޅުތައް ހުއްޓުނީ ކައިސަންގެ މަޑު ގިސްލުމުގެ އަޑު އަހާފައެވެ. އަހަރެންގެ ހިތަށް އެރިއެވެ. އަހަރެން މިހުރީ ނުހަނު އުފަލުންނެވެ. ނަމަވެސް ކައިސަން ރޯންޖެހުނު ސަބަބެއް އަހަންނަކަށް ނުވިސްނުނެވެ.

“ވަރަށް އަވަހަށް އަންނާނަން! އިރާދަކުރެއްވިއްޔާ ކޮންމެ ދުވަހަކުވެސް ގުޅާނަން!”

އަހަރެން ލާންޗަށް އެރިއިރުވެސް ކައިސަން ހުއްޓާ ނުލައެވެ. އަހަރެން ބޭނުންވީވެސް މިކަހަލަ ބައިވެރިއެކެވެ. ދުވަހަކުވެސް ވަކިނުވާނޭ ފަދަ މީހެކެވެ. ނަމަވެސް ތަޤްދީރު ނިޔާކުރާނެ ގޮތެއް އެނގޭނީ ކާކަށް ހެއްޔެވެ؟

******************************************

އަހަރެން ސިއްސައިގެން ދިޔައީ މެންދުރު ނަމާދަށް ބަންގި ގޮވުމުންނެވެ. ޑައިރީ ލައްޕާލުމަށްފަހު އަހަރެން އަވަސްވެގަތީ ނަމާދު ކޮށްލައިގެން ކާށެވެ. ފާޚަނާއަށް ވަދެ ވުޟޫކޮށްލައިގެން ނުކުއިން އިރު އަނެއްކާވެސް ހަނދާންވީ ކައިސަން މަޢާފަށް އެދުނުކަމެވެ. ނަމާދުކޮށް ނިންމައިލުމަށްފަހު ހުރިހާ ކަމެއްވެސް އެންމެ ރަނގަޅަށް ހަމަޖައްސަވާދެއްވުމަށްއެދި ﷲ ގެ ޙަޟްރަދުގައި ދެންނެވީމެވެ.

ބަދިގެއަށް ވަދެ ކާނެ އެއްޗެއް ތައްޔާރު ކުރެވޭތޯ ބެލީމެވެ. ނަމަވެސް ކާހިތް ނެތުމުން އަނެއްކާވެސް ޑައިރީ ހިފައިގެން އިށީނީ މާޒީގެ ހަނދާންތައް އައު ކޮށްލުމަށެވެ.

******************************************

ކިޔަވަން މާލެ ގޮސްއުޅުމުގެ ތެރޭގައި ތަފާތު ދަތިތަކާކުރިމަތިލާން ޖެހުނެވެ. ދިރިއުޅޭ ވެށި ބަދަލުވެލުމުން އާތަޖުރިބާ ތަކެއްވެސް ކުރަންޖެހުނެވެ. އެންމެ ފުރަތަމަ އަހަރެންނާ ވާހަކަ ދެއްކީ ނިޝާ ކިޔާ ކުއްޖެކެވެ. ނިޝާގެ ވާހަކަދެއްކުމުގެ މިޒާޖު އަހަންނަށް ވައްތަރުވީ ޝީން އާއެވެ. 10 އަހަރުގެ މުއްދަތަކަށް ކުރިއަށް ގެންދާ މި ކޯހުގައި ބައިވެރި ވުމުގެ އެންމެ ބޮޑު ހުވަފެނަކީ “ކާރޑިއޮލޮޖިސްޓް” އަކަށް ވުމެވެ. މިއީ ކުޑައިރުއްސުރެ އަހަރެން ދެކެމުން އައި ހުވަފެނެކެވެ.

(11 އަހަރު ފަސް)

ކިޔަވާނިމުނީ އަހަރެން ހީކުރި ގޮތަށް ވަޒީފާގެ ފުރުސަތު މާލޭގެ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލުން ލިބިގެންނެވެ. ނަމަވެސް އަހަރެން ބޭނުންވީ ރަށުގައި އެ ޚިދުމަތް ދޭށެވެ. ރަށުގައި “ކާރޑިއޯ” ސިސްޓަމެއް ޤާއިމުކުރެވެންދެން އަހަރެން މާލޭގައި މަޑު ކުރީމެވެ.

6 މަސްދުވަހަށްފަހު އެނބުރި އަމިއްލަ ވަޒަނަށް ދާންވެގެން ދިޔަ ދުވަހެވެ. އަހަރެން ހުރީ އިންތިޒާރުގައެވެ. 1 ގަޑިއިރުގެ މިދަތުރު ވެސް ހީވީ އަހަރު ދުވަސް ހެންނެވެ. އއ.މަތިވެރީގެ ފަޅުން އެތެރެ ވެވުނު އިރު މަންމައާއި އާއިލާގެ އެހެން މެމްބަރުންނާއި ރަށުގެ އެންމެން ތިއްބެވެ. ނަމަވެސް ޝީންއާއި ކައިސަން ނުފެނުމުން ހިތުގައި ސުވާލު އުފެދުނެވެ.

ބަނދަރުމަތީ ފައި އެޅުމާއިއެކު މާބޮނޑިތަކާއި މާފަތިތައް ލިބެން ފެށިއެވެ. ރަށު ކައުންސިލް މެމްބަރާއި އަތޮޅު ކައުންސިލްގެ މެމްބަރު އަހަންނަށް މަރުހަބާ ކިޔެވެ. މަރުޙަބާ ނިމުނީ ވަރަށް ދިގު ރަސްމިއްޔާތަކަށް ފަހުގައެވެ. މިހުރިހާ ކަމެއް ހިނގާދިޔައިރު ޝީންއާއި ކައިސަން ކޮބާހެއްޔެވެ؟

ގެއަށް ދާން މަންމަ ބުނުމުން އަހަރެން ބުނީ ވަލުތެރެއިންލާފައި ގެއަށް ދާނަން ކަމުގައެވެ.

“އަދިވެސް ދަރިފުޅު ބޮޑެއް ނުވޭދޯ!”

މަންމަ ދިމާ ކޮށްލިއެވެ. އެތަށް ދުވަހަކަށްފަހު އަނެއްކާވެސް އަހަރެންގެ އުފަން ފަސްގަނޑަށް އާދެވުނުއިރު އަހަރެން ބޭނުންވީ ރަށަށް އައިސްފައިވާ ބަދަލު ދެކިލުމަށެވެ.

ވަލަށް ވަދެ ހިނގައިގަތީމެވެ. އަހަންނަށް އެންމެ ރީތި ލަވަ “ޗާލީ ޕުތްގެ ޑަން ފޯ މީ” ކިޔަމުންނެވެ. ހިސާބަކަށް ދެވުނުތަނާ ފެނުނު މަންޒަރުން ހީވީ ވަށައިގެންވާ ދުނިޔެ އެނބުރުނު ހެންނެވެ. ފައިދަށުން ބިންގަނޑު ކަހައިލައިގެން ދިޔަހެންނެވެ.

“ޝީން!”

ކައިސަންގެ ގައިގައި ބައްދައިގަނެގެން ޝީން މަސައްކަތް ކުރަމުން ދިޔައީ ކައިސަންގެ ތުންފަތުގައި ބޮސް ދިނުމަށެވެ. ކައިސަން ދިޔައީ ގަދަހަދަމުންނެވެ. އަހަރެން އައި ރުޅީގައާއި ވީދެރައިން އެނބުރި އައިކޮޅާށް ދުއްވައިގަތީމެވެ. ޝީން އަހަރެންގެ ފަހަތުން އައިސް އަތުގައި ހިފުމަށްފަހު މަޑުކުރުމަށް ބުންޏެވެ.

“ތީތަ އަހަރެން ވީ ވަޢުދާއި ވީ އެހީތެރިކަމުގެ ބަދަލު ދޭނެ ގޮތަކީ؟ މިއޮތްހާ ދުވަހު އަހަންނަށް ކުރެވުނީ ފޫނެތް ފަޔަށް ފެންފުރުން ކަހަލަ ކަމެއްނު! މީހުން ހަމަ ބުނަނީ ތެދެއް! ހެޔޮކަމެއްގެ ބަދަލު ލިބޭނީ ތެޔޮ ހަމަކުން!”

އަނެއްކާވެސް އަހަރެން ދުއްވައިގަތީމެވެ. ޝީން އަދި ކައިސަންވެސް ހުރީ ގަބުވެފައެވެ.

****************************************

ޑައިރީ ލައްޕާލީ ހިތުގައި ރިހުމެއް އުފެދެންފެށީމައެވެ. ދެލޯވަނީ ކަރުނުން ފުރިފައެވެ. އަހަރެން ހިތައް އެރިއެވެ. މީގައި ކައިސަންގެ ކުށެއް ނެތެވެ. ޝީން ގަދަކަމުން ކައިސަންގެ ލޯބި ހޯދަން އުޅުމަކީ ޝީންގެ ކުށެކެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެންގެ ކުށަކީ ކޮބާހެއްޔެވެ؟ ޝީން އަހަންނަށް އެކަލަ ލަނޑެއް ދިނީ ކީއްވެހެއްޔެވެ؟ ކައިސަންގެ ކުށަކީވެސް ކޮބާ ހެއްޔެވެ؟ އަހަރެން އޭނާއަށް މާފު ނުކުރާނެ އެއްވެސް ސަބަބެއް ނެތެވެ. އަނެއްކާވެސް ޑައިރީ ހުޅުވާލުމަށްފަހު އެއީ އެންމެ ފަހު ފަހަރުގެ ގޮތުގައި އަހަރެންގެ ހިތުގައިވާ ޝަކުވާ ޑައިރީއާ ޚިއްސާ ކުރީމެވެ.

“ކެހިވެރިން މީ ގިނަތަނެއް އިނގޭ، ދުނިޔެމީ ދަސްކުރޭ! ގާތުގައި ހީފާ އުޅޭ ރައްޓެހިން ވާނޭ ފަހުން ބޭވަފާ…”

އާދުވަހަކަށް އިރުއެރިއެވެ. މިއަދު އަހަންނަށް ހޭލެވުނީ ތަންކޮޅެއް ލަހުންކަމުން ވީއެންމެ އަވަހެއް ކުރުމަށްފަހު އަހަރެން ދިޔައީ ކަސްރަތު ކުރާށެވެ. ކައިސަންގެ ގާތު ބައްދަލު ކުރުމަށް ބުނެވިފައިވާތީއާއިއެކު ވެސް މެއެވެ. އަހަރެން ދިޔައިރު ކައިސަން ހުރީ އެތާގައެވެ. އަހަރެން ފެނުމާއިއެކު ހަމަ ވަގުތުން އިއްޔެ ކުރި ސުވާލު ތަކުރާރު ކޮށްލިއެވެ.

“މަޢާފު ކޮށްފިން”

އަހަރެން ދިނީ ކުރު ޖަވާބެކެވެ. ދެން ކައިސަން އެދުނީ އޭނާއާ ކައިވެނި ކުރުމަށެވެ. އަހަރެން ހުރަހެއް ނާޅަމެވެ. އެ ލޯބި އަދިވެސް ހިތުގައި ވާތީ އެ ހުށައެޅުމަށް އިޖާބަ ދެވުނީއެވެ.

ހަފްތާއެއްގެ ތެރޭގައި އަހަރެމެންގެ ކައިވެނި ކުރެވުނެވެ. ދެފަރާތުގެ ޢާއިލާގެވެސް ރުހުމާއި އެކުގައެވެ. މިޚަބަރުވީ ޝީންގެ ހިތަށް ކެތްނުކުރެވުނު ޚަބަރަކަށެވެ. ދެން ޝީން މަސައްކަތްކުރީ އަހަރެމެން ދެމީހުން ދުރުކުރުމަށެވެ. ނަމަވެސް އަހަރެމެންގެ އޮތީ ވަރުގަދަ ލޯތްބެކެވެ. ކައިސަަންއަށް ފައިސާ ދީގެންވެސް އަހަރެމެން ދުރު ކުރަން މަސައްކަތް ކުރިއެވެ. ނަމަވެސް ކައިސަން ދިނީ އަހަރެން ހީވުރި ފަދަ ޖަވާބެކެވެ.

“އަހަރެން ފައިސާއަކަށް ނުހެއްލޭނެ!”

އަހަރެން ވަރަށް އުފާވިއެވެ. އަހަރެންދެކެ ވަރަށް ލޯބިވާ ފިރިއަކު ދެއްވީތީ މާތްﷲގެ ޙަޟްރަތަށް އަހަރެން ޝުކުރުވެރިވީމެވެ.

އަހަރެންނަށް ދަރިއަކު ލިބުނީ ކައިސަންއަށް ދަރިއަކު ނުލިބޭނެކަމަށް ޑަކުޓަރުން އެންގިތާ 2 އަހަރު ފަހުންނެވެ. އަހަރެން މާތްﷲއަށް ޙަމްދުކުރީމެވެ. ފިރިހެން ކުއްޖެކެވެ. ނަންދިނީ ކައިލްގެ ނަމުންނެވެ. މުޙައްމަދު ކައިލް ކައިސަންގެ ނަމުންނެވެ.

ޝީން އަދިވެސް މަސައްކަތް ކުރަމުން ދިޔައީ އަހަރެމެންދެމީހުން ދުރުކުރުވުމަށެވެ. ޝީން ނަހަލާލަށް ބަލިވެއިންކަމުގެ ޚަބަރު ލިބުނީ ކައިލްއަށް 1 އަހަރު ފުރުނު ދުވަހުއެވެ. ޝީން 3 އަހަރު ދުވަހަށް ހައްޔަރު ކުރެވުނެވެ. ސަބަބަކަށްވީ އެއީ ކާކުގެ ދަރިއެއްތޯ ނުބުނުމެވެ. 1 މަސް ޖަލުގައި ވޭތުކުރުމަށްފަހު ޝީންގެ ބަނޑުގައިވާ ދަރިފުޅުގެ ބައްޕައަކީ ކައިސަން ކަމުގައި ބުންޏެވެ. އަދި ކަންވީގޮތްވެސް ކިޔާދިނެވެ.

“އަހަރެން ޑިއުޓީ ނިންމާފައި ގެއަށް ދިޔަ ވަގުތު ކައިސަން އައިސް އަހަރެންގެ އަނގަމަތީގައި އަތް އެޅުމަށްފަހު އެތާގައި އިން ގުދަނަކަށް ވެއްދުމަށްފަހު އަހަރެންގެ ޢިއްފަތްތެރިކަން ނަގާލީ!”

ދެން ޝީން ފެށީ ރޯށެވެ. އަހަރެން ހިތަށް އެރިއެވެ. އެކްޓުކުރަން ވެސް މޮޅެވެ. ނަމަވެސް އެ ބަނޑުގައި ވަނީ ކައިސަންގެ ދަރިއެއް ކަމާމެދު ހިތް ދެކޮޅު ހެދިއެވެ. ކައިސަން ޖަވާބެއް ނުދެއެވެ. އެއީ ކުށެއް ނުކުރާނަމަ ކައިސަންގެ އާދައެވެ. ކުށެއް ކޮށްފިނަމަ ކައިސަން ގަދަހަދާނެއެވެ. ނަމަވެސް ތަޤްދީރު އަނެއްކާވެސް ނިޔާކުރީ އަހަރެމެން ދެމީހުން ވަކިވުމަށެވެ. ކައިސަންއަށްވެސް އެކުރީ ތިން އަހަރުދުވަހުގެ ޖަލު ޙުކުމެކެވެ. މިއީ ކޮންކަހަލަ އިމްތިހާނެއް ހެއްޔެވެ؟ ކޮންކަހަލަ އިންސާފެއް ހެއްޔެވެ؟ އަހަރެމެންގެ ކުށަކީ ކޮބާ ހެއްޔެވެ؟

-ނުނިމޭ-

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

އުޖާލާވެގެންދިޔަ ޙަޔާތް (7)

Next

ކުޅީގައި ދިރިއުޅޭ މަހެއްގެ ނަޒަރުން

Next
June 30, 2018

ކުޅީގައި ދިރިއުޅޭ މަހެއްގެ ނަޒަރުން

Previews
June 30, 2018

އުޖާލާވެގެންދިޔަ ޙަޔާތް (7)

26 Comments!

  1. Twinkle? says:
    June 30, 2018 at 6:17 pm

    Yay me first dhww

  2. Meeheh hama says:
    June 30, 2018 at 7:19 pm

    U like k akuru dhw.so can u name a character kailaan.i love that name a lot.

    1. Jazlee says:
      July 1, 2018 at 12:05 pm

      Meeheh hama and Twinkle?,her/his, nam ah jahaafa e iny kyleen ehnu. Jst bunely ……

    2. Kyleen says:
      July 1, 2018 at 8:02 pm

      yeah i love K akuru… ok.. so as u asked vaahakaige dhen oiiy bai ga kailaan eh ulheyne.. happy?

    3. Kyleen says:
      July 1, 2018 at 8:05 pm

      and by the way Jazlee, i m a girl… ahah

    4. Meeheh hama says:
      July 2, 2018 at 12:10 am

      Thanks kai

    5. Jazlee says:
      July 10, 2018 at 6:50 pm

      Oops sry. Me ah dhw nubaikoh
      Bunevuny mk

  3. Twinkle? says:
    June 30, 2018 at 7:23 pm

    Salhi… n sifa kurun thah hama habeys… ???

  4. Twinkle? says:
    June 30, 2018 at 7:24 pm

    Kaina… I luv that name… kokko ehge name eh…

  5. rana says:
    June 30, 2018 at 7:39 pm

    koyaaaaa…..haadha varakah cmmnt kuranii….ekkala anga marii dhoa…..lol…just kidding duddii kamana

    1. Twinkle? says:
      June 30, 2018 at 7:47 pm

      Hhahah… manje vs evarah cmnt khfa hureyey baeh stries ga… twinkle vaahaka dhahkaany… ekm ehn bunaa myhaa vs evaru hama… nge ehnu thihn bunaa iru vs anga gadhakan… luv u faiolhey!!!??????❤❤❤

  6. eyesher.10 says:
    June 30, 2018 at 8:23 pm

    vaahaka varah reethi…keep it up buddy

    1. Kyleen says:
      July 1, 2018 at 8:03 pm

      thanks dear.. i know its u dhw.. ahah

  7. Mariyam says:
    June 30, 2018 at 8:27 pm

    Wow I love this story. Keep it up!

  8. unique says:
    June 30, 2018 at 10:13 pm

    i love the story

  9. Blue ? says:
    June 30, 2018 at 10:20 pm

    Wow ❤️❤️❤️. Vvvvv reethi vaanehen heevey.. Writer please daily koh up koh dhechey. Or vaki dhuvas thakehga up kuranyaa please try inge regular koh up kuran inge dear? eyrun readers v hiyhama jeheyne… Can’t even wait to read the next part??????????????. Keep it up…

    1. Kyleen says:
      July 1, 2018 at 8:04 pm

      insha allah wednesday ga vaahaka up kureveytho balaanan… and Thanks everyone for your support and motivation

  10. naash says:
    June 30, 2018 at 10:24 pm

    i luv the stry…. rana nd twinkle miadhu kn kolhakn no iru ery….. hahah foari hunna 2 golaa ey mii

    1. Twinkle? says:
      July 1, 2018 at 1:04 pm

      Alhey twinkle ge naash sis ah vs neyngey thr iru araa kolheh… iru mathy faraathun iru ery… fwri hunnaaney dhw rana??????

  11. Nunnu says:
    July 1, 2018 at 1:21 pm

    vv reethi
    furathama kiyan feshi thanaa vaanuvaa eh neyngunu
    ekam mihaaru engijje

  12. Eekko says:
    July 1, 2018 at 3:26 pm

    No!! I think ehves problem eh neh kaisan ge. mahsalaakee Sheen hama. gasthuga kan neyge dhw. But anyways I like your story. Keep it up dear!❤❤

  13. Roxy says:
    July 3, 2018 at 7:47 pm

    Jst wow kyleeeen awesme hrdhisr nge ??

    1. Kyleen says:
      July 3, 2018 at 9:17 pm

      thanks Roxy

  14. Ayesher.9 says:
    July 3, 2018 at 10:42 pm

    ❤❤❤❤

    1. Kyleen says:
      July 5, 2018 at 11:25 am

      ?

  15. Kyleen says:
    July 5, 2018 at 11:26 am

    2 vana bai vanee up kurevifa.. kiyuntheringe mauloomaathah takaa dhennevin

Comments are closed.


All Right Reserved!