ނިހާ
ނިހާ އޭނާގެ ތުއްތު ދަރިފުޅު އުރައިލައިގެން މަޑުމައިތިރި ހިނގުމެއްގައި ގޮނޑު ދޮށާއި ދިމާއަށް ދިޔައެވެ. އޭނާ ވަނީ ފުން ހިޔާލެއްގެ ތެރެއަށް ގޮސްގެއްލިފައެވެ. އޭނާގެ ހިޔާލުގައި ވަނީ ދާދި އިހަކަށް ދުވަހަކު ހިނގި ހާދިސާއެކެވެ. އޭނާ އާއި އޭނާގެ ކުޑަކުޑަ އާއިލާ އުޅުނު ގެ އަނދާ އަޅިއަށްވީއެވެ.
ފިރިމީހާ މުއްދަސިރާ އެކު ނިހާގެ ދޮށީ ދެދަރި ކަމަށްވާ ނީވާން އާއި މަތުލާ މިދުނިޔެ އާއި ވަކިވެގެން ދިޔައީއެވެ. ދެން ހުރީ ކުޑަކުޑަ ލަހާއެވެ. ކުރާނީ ވަކި ކީއްހެއްޔެވެ. މި ކައިވެންޏަކީ މަންމަ އާއި ބައްޕަގެ ނުރުހުމުގައި ކުރި ކައިވެންޏެކެވެ. އެއްބަނޑު އެއްބަފާ ފަނަރަ ކުދިން ތިބި އިރު އެމީހުންނަށް ވަނީ ނިހާއާއި އެއްވެސް ގުޅުމެއް ބޭއްވުން މަނާ ކޮއްފައެވެ. އެހެން ނޫނަސް އެމީހުން ނިހާއަކަށް އަޅައެއް ނުލާނެއެވެ. ކުޑައިރުންސުރެ އެއްބަނޑުއެބަފާ ހުރިހާ ކުދިން ކަހަލަ ގޮތަކަށް ނިހާއަށް ނަފުރަތު ކުރެއެވެ. ހަމަ އެކަނި ރުހުމުގެ ބަހެއް ބުނާނީ ލީހާއެވެ. އެއީ ނިހާއައި ޖެހިގެން ބޮޑަށް ހުންނަ ދައްތައެވެ. ނަމަވެސް ލީހާ ވަނީ ބޭރުމީހަކައި އިނދެގެން ފިރިމީހާގެ ގައުމުގައެވެ.
އަތިރިމަތީ ހުރި ރުކެއްގައި އެލުވައިފައި ހުރި އުނދޯލި ތަކުން އުނދޯއްޔެއްގައި ނިހާ އިށީނެވެ. އޭރު ގޮނޑުދޮށުގައި ދެތިން މީހުން ތެލި ދޮންނަން އުޅެއެވެ. ކުޑަކުޑަ ލަހާ ބިންމައްޗަށް ފައިބާ ހިތުން އުޅުމުން ފައިކައިރީ ވެލިގަނޑު މަތީ ބެހެއްޓިއެވެ. އަހަރެއް ވެފައިވާ ލަހާ ބިންމަތީ ބެހެއްޓުމައި އެކު ދުއްވައިގަތެވެ. ނިހާ ލަހާ ފަހަތުން ދާން އުޅެފައިވެސް އަޅައި ނުލީ އެހެން ދުވަސް ދުވަހުވެސް މާދުރަށް ނުދާތީއެވެ. ލަހާ ދުވަމުން ދިޔަތަން ބަލަން ހުރި ނިހާގެ ދެލޮލުން ކަރުނަތަށް ހޯސްލާފައި ފައިބާގަތެވެ. ހެވިފައި ދުވަން އުޅުނު ލަހާއަށް ނިހާ ރޯތަން ފެނުމުން ދުވެފައި ނިހާ ކައިރިއަށް އައެވެ. އަދި އެތުއްތު އަތުން ކަރުނަތަށް ފޮހެލަދިނެވެ.
” މަންމީ.. ލިއްކޮ ދެޔަވޭ މަންމި ޔޯތީވެ. ބައްޕިވެސް.. ބޮންޏެ އާއި ނޫންތިވެސް.. މަންމި އަބަދު ޔޯތީވެ ކަންނޭނގެ މަންމި އާއި ލިއްކޮ އެކަނިވީ.. މަންމި ދެންވެސް ޔޮންޏާ މަންމި އެކަނި ވެދާނެ..” ލަހާ މައުސޫމު ގޮތަކަށް ބުނެލިއެވެ. ނިހާ ގަދަކަމުން ހީލީ ލަހާ ހިތްހަމަގައްސައިދެވޭތޯއެވެ. އޭނާއަށް ނޭނގުނީ ލަހާގެ އެކުޑަކުޑަ ޖުމްލަތަކުގައިވި ބުރަކަމެވެ.
ނިހާ ހީލުމުން ލަހާވެސް ހީލިއެވެ. އަދި އަނެއްކާވެސް ދުއްވައިގަތެވެ. ލަހާއަށް ބަލަން ހުރި ނިހާ އަނެއްކާވެސް އަމިއްލަ ހިޔާލަކަށް ގެއްލުނެވެ. ނުއްދަސިރާއި ތިން ކުދިންނާއި އެކު އުފަލުގައި އުޅުނު ދުވަސްތަށް ހަނދާނަށްއައެވެ. ނަމަވެސް މިފަހަރު އޭނާގެ ލޮލަކުން ކަރުނައެއްނައެވެ.
ކުއްލިއަކަށް ނިހާ ސިއްސައިގެން ދިޔައީ ބަޔަކު ހަޅޭލަވައިގެން އަޑަށެވެ. އުނދޯލިން ތެދުވި ގޮތަށް ފުރަތަމަވެސް ދެކޮޅު ބަލާލީ ލަހާ ކޮބައިތޯއެވެ. ލަހާ ފެންނަން ނެތުމުން ހިތަށް ގޮތެއްވިއެވެ. ދެން ގޮނޑު ދޮށަށް ބަލައިލިއިރު މީހުންތަކެއް ރާޅުޖަހާ ހިސާބަށް އެއްވެފައިތިއްބެވެ. ދެފަޔަށް ލެވުނުހާ ބާރެއް ލާފައި އެދިމާއަށް ނިހާ ހިނގައިގެން އިރު ހިތުގެ ތެޅުން ވަނީ އަވަސްވެފައެވެ. މީހުންތަށް ދުރުކުރަމުން ގޮސް ނިހާއަށް މީހުންތަކުގެ މެދަށް ވަދެވުނެވެ.
“ނޫން..ނޫން..ނޫން…….” އަޑުގެނެއްކޮޅަށް ނިހާ ހަޅޭލަވައިގަތެވެ. ލޯކުރިމަތީ އެއޮތީ އޭނާގެ ދެލޮލުގެ ނޫރުފަދަ ލޯބިވާ ދަރިފުޅު އެންމެ ފަހު ނޭވައި ދޫކޮއްލަނީއެވެ. ލޮލުން ކަރުނަ ފައިބާހާލު ނިހާ އެތުއްތު ލަހާގެ ހަށިގަނޑު ތަޅުވައިގަތެވެ. މިހާރު ނިހާ ހީވަނީ މޮޔައެއްހެންނެވެ. އޭނާ ވަނީހަމަ ރަނގަޅަށް ވެސް މޮޔަވެފައެވެ. އެތާ ތިބި މީހުންތަށް ނިހާ ލަހާއާއި ދުރުކުރުމަށް ފަހު އެރަށުގެ މަރުކަޒަށްގެން ދިޔައެވެ. ނަމަވެސް ކުރާނީ ވަކިކީއްހެއްޔެވެ. ގެންދިޔަ އިރުވެސް ފުރާނައެއްނެތެވެ.
ލަހާގެ ފުރާނަނެތް މަސްގަނޑު ވަޅުލަން ގެންދިޔަތަން ބަލަން ނިހާ އިނީ ގަބުވެފައެވެ. އޭނާ ހަނދާން ވީ އެކުޑަކުޑަ ތުއްތު ފުރާނަ އެންމެ ފަހުން އޭނަގާތު ބުނި ވާހަކައެވެ. އާއެކެވެ. ލޯބިވާ ފިރިމީހާއާއި ދެކުދިން މަރުވީވެސް އޭނާގެ ސަބަބުންނެވެ. ލަހާގެ ފުރާނަވެސް އެދިޔައީ އޭނާގެ ފަރުވާ ކުޑަކަމުންނެވެ.
ގޭގައި އަލިފާން ރޯވީވެސް އޭނާގެ އަތުންނެވެ. ސާފުތެޔޮފުޅި ހިފައިގެން މުޅިގޭގައި ދުވުނީ އޭނާއެވެ. ފުޅިބައްތިތަކަށް ތެޔޮއަޅަން ދިޔައިރު ސަފުތެޔޮފުޅީގެ ކައިރި އިނީ ހަލާކުވެފައެވެ. އެހަލާކުވެފައިވާ ތަންކޮޅުން ސަފުތެޔޮތަށް ގޭތެރެއަށް ވެރުނީއެވެ.އެގޭގައި ހުންނަނީ ދަރު އުނދުނެކެވެ. ތުއްތު ލަހާ އުރައިގެން ހުރެ ކައްކާފައި ހުރި ރިހަ ކޮޅު ހޫނު ކޮއްލަން އުޅެނިކޮން ލައިޓަރު އަތުން ދޫވެގެން ބިންމައްޗަށް ވެއްޓުނީއެވެ. ވަގުތުން މުޅިގޭގައި އަލިފާން ރޯވީއެވެ. ނިހާއަށް ސަލާމަށްވެވުނީ ބަދިގެން ނިކުތުމަށް ދެދޮރު ހުރެފައި އެއްދޮރު ނިހާއައި ކައިރީގައި ހުރުމުންނެވެ. އެހެން ނޫން ނަމަ ލަހާ އާއި ނިހާވެސް އެރޭ އަނދަާއަޅިއަށް ވީހެވެ.
މިއަދުވެސް ހަމަ މިވީ އެކަހަލަ ކަމެކެވެ. ލަހާ މޫދާއި ދިމާލަށް ދިޔަކަން ނިހާއަށް ނޭނގުނީއެވެ. ހިޔާލަށް ގޮސް ގެއްލިފައި ހުރުމުންނެވެ. އެފުއްގުޅައެއްފަދަ ލޯބި ލަހާ ރާޅުޖަހާ ހިސާބަށް ދިޔަތަނާ ކުޑަ ކަކުންޏެއް ފެނިގެން ބިރުން ދުއްވައިގަނެވުނީ މޫދާއި ދިމާލަށެވެ. މޫދަށް އެރެވުމުން ފެންގަނޑު ފިނިވެފައި އަރާމުކަމުން މޫދުން އަރަން ނޭނގިފައި ލަހާއަށް ހުރެވުނީއެވެ. އެހެން ހުއަޓައި އައި ތަންކޮޅެއް ބޮޑު ރާޅަކާއިއެކު ލަހާ އޮޅައިލީއެވެ. އެތާތިބި މީހުންނަށްވެސް ފެނުނީ ލަހާ އޮޅާލިތަނެވެ.
” ނިހާ..” މީހަކު ނިހާގެ ނަން ކިޔާލުމުން ނިހާ ބަލާލިއެވެ. އޭރުކައިރީގައި ލީހާ ހުއްޓެވެ. ލީހާއަށް ނިހާގެ ގޭގައި އަލިފާން ރޯވި ހަބަރު ލިބުމުން އާދެވުނުހާ އެންމެ އަވަހަކަށް އެއައީއެވެ. ރަށުގައި ފައި ޖައްސާލިތަނުން ލިބުނީ ލަހާ މިދުނިޔެއާއި ވަކިވެގެން ދިޔަ ހަބަރެވެ. އާދެވުނީ މާ ލަހުންނޭ ލީހާ ހިތަށް އެވަގުތުވެސް އެރިތިއެވެ.
ނިހާއަށް ލީހާ ފެނުމުން ރޮއެ ގަނެވުނެވެ. އަދި ލީހާގައިގާ ބައްދައިގަތެވެ. ލީހާ މަޑުމަޑުން ނިހާގެ ބޮލުގައި ފިރުމާލިއެވެ. އޭގެ ހަފުތާއެއް ފަހުން ލީހާ ލަންކާއަށް ދިޔައީ ނިހާ ގޮވައިގެންނެވެ. ނިހާއަށް އަޅާލާނެ މީހަކާއި އުޅޭނެ ތަނެއް ނެއްކަން އެނގޭތީވެ ގަދަކަމުން ގޮވައިގެން ދިޔައީއެވެ.ލަންކާއަށް ގޮސް ވެސް ނިހާ ކެއުމެއް ބުއިމެއް ގައިން ތާހިރުވުމެއް ނެތި އިންނަނީއެވެ. ލީހާ އާދޭސް ކޮއްގެންވެސް ކާނީ ހިތަށް އެރިއްޔައެވެ. އެންމެ ފަހުން ހަށިގަނޑު އަނަރޫފަވެ އެތަކެއް ބައްޔެއްގެ ޝިކާރައަކަށްވެ މި ދުނިޔެއާއި ވަކިވެގެން ދިޔައީއެވެ.
********************************************** ނިމުނީ
37 Comments!
Comments are closed.
Hey guys.. mi othiii maikaa get second short story. Hope you like it.. mistakes huriyya tell me plxxx.
Quite interesting?? looking forward for more stories from you maikaa??
Thanks fazu
I’m third dhw… stry is brilliant
Nope u are second… Thanks Twinkle ….
Happy ending eh genainama…sure hurihaa story ehga happy endings nuhuredhaane bt haadha sad ey ehn v ma
Thedhekey dhw… olhuny…??????
hehehe..
Mi story aslu ehvs reehcheh noon but I appreciate ur work keep it up jazakallah khairan ❤
thanks for appreciating my work…
v reethi.. but adhi eyah vuren reethi vaane niha ah move on vaan egunu nama dhw.. konme meehakuves maru ais jehunyma maruvaane kan ingen vaane.. eyge maana eh noon dhw dhn thibimeehun dhiriulhun mathin foohivaashekey dhw.. looking forward for more story’s from u 🙂
thanks kitty. u are saying true. kameh dhimaa v ma nujeheyne dhiri ulhun mathin foohi vegen moya vaakah.. but eki vaahaka hunaanii eki gothah. abadhaku happy endin eh nulibeyne dhwww.. thanks for the advise
Alhey, eyoh kiyaa hithun huttaa enmen maraaly thiya 🙁
Oooopsiii… sorry Kooji
Idea salhi. Ekm vaahakaige main hadhisaa aky mithanun kobaba. V kurukoh dhehaadhisaaves genessa iny. Eha eha ehnoon genesdhyfaingoi. Could improve. Talent ebahuri. U need to write more.
sorry haadhisaa thah kuru v ma. aslu vefa huri gothakii friend eh maikaa ah challenge kurii kuru vaahaka eh liyan 600 words ah vure gina nuvaa gothah… ehenve storyge haadhisaa thah bodah nukiyai dhiii ehuriii.
So konmes eh hadhisaaeh nagaigen liyununama bodah rangalhuvys kannenge. Anyways im not an expert. Just a thot. Good luck with ur stories
Kury vahaka maa rythi 🙂
im happy u like my other story.. thanks
Varah reethi moral story eh
thanks Livee.
woww……superb…love it…keep it up Maikaa…miss u so much…
Maaxyge khiyrlakh gelley gthah liyn trget khfa inna fshumh dw mii ?? ekm vx mi gthah liyunyma vx hma reethi nge ?? thafrthu hma gaimu vx vsnun v mlhu ????
yaaa. i guess maxii ah liyan plan kohfa einanii. mi story ge feshumakii maikaa ah grade 9ge dhivehi fothun fenunu feshumeh. efeshun kiyaathan friend akah fenigen challenge kurii word limit ah liyan… thanks Roxy
U a studnt tha buddy?? ??
Umm. Yaaa… Im still studying in grade 9
Lil sis eh dw 1 year youngerr ??
9 ga ulhuneh kamaku I’m 15 now…
Me too ?
i meant to say i’ll be 16 this year…
OMG…wow…varah reethi…u can do it…keep it up…miss you so much Maikaa sis…
Thanks Nash. .. miss ya tooo
emmen ves maru v dhoa, vaahaka ves maru v dhoa. Maa rangalhu vaane vaahakaige namakah “maru” kiyas.
yap .. enemen ves maru v .. mihaaru thihen buniima eba hithah araa maru asluves ranagalhu namekey eiiiii kiyan… thanks for the suggestion Moosabe…
hey..
mi story v salhi..
this is.my first time i’m reading ur story…
u can write stories better than this..
keep it up…❤❤❤
oww…thank you so much…Maikaa ge stry eh read kohleema..hope kuran kuriyah oithaanga rifqa ge gina comments thakeh Maikaa ge stry takah libeyne kamah….
Heyy Vvvvv reethi stry eh ingey… Mashaa Allah… Keep it up…