ކީބޯރޑުގައި އިން އެންޓާރ ބަޓަނަށް ފިއްތާލަމުން މިކްޔާލް އޭނާގެ ގޮނޑިއަށް ވެއްޓިގަތެވެ. އޮފީހުގައި މިއަދު ކުރަން އޮތް މައިގަނޑު މަސަތްކަތް ނިމުމުން ހިންދެމިލިއެވެ. ދެލޯ މަރާލިއެވެ. އެއާއެކު އޭނާއަށް ތަސްވީރު ކުރެވުނީ އަޔާނީގެ ރީތި ސޫރައެވެ. އަދި އަލަށްވެސް އެ ހިނިތުންވުން ނުފެނުނު ކަމުގައިވިޔަސް ރުޅިއައިއްސާ ހުންނަ އިރުވެސް ހާދަ ލޯތްބޭ މިކްޔާްލް ހިތަށް އެރިއެވެ. ކިތަންމެ ބޭނުންނުވިޔަސް އަޔާނީ މެދު އޭނާއަށް ހަމަ ވިސްނެނީއެވެ. “ލުކް މިކްޔާލް..ޔޫ އާރ ނޮޓު ގޮއިން ޓު ތިންކް އަބައުޓް […]
އެވަގުތު ޓީވީ ހުރީ ހުޅުވާފައިކަން އަހަރެން ހަނދާނެއް ނެތެވެ. ޓީވީއިން އިވެންފެށީ މަންޒަރު އިތުރަށް ފުރިހަމަ ކޮށްދިން ލަވައެކެވެ. “ބައްޕާ އައިމާ އަހަރެން ވާ އުފާ.. އަންގަން ލޯބިން އަހަރެން ބޭނުމޭ… އަޅެ އާދޭ ބައްޕާ ކައިރިއަށް.. ދޫންޏާ އާދޭ ކައިރިއަށް… ހީލާފާ ނާ ބައްޕަގެ ގާތަށް އައިމާ އުރާނަމޭ.. އުފާކޮށްދޭން ބޭނުމޭ.. ހެއްވާލަން ބޭނުމޭ…” ކައިސަން ކޮޓަރިއަށް ވަންނާކަށް ނޫޅެއެވެ. އަހަރެންވެސް ކައިސަން ގާތު ސޯފާގައި އިށީނީމެވެ. ކައިސަން އިނީ ކައިލް އުރައިގެންނެވެ. މޫނުމަތީގައި ވަނީ ހިނިތުންވުމެކެވެ. ބުނެދޭން ނޭނގޭހާ އެތަށް އިހުސާސް ތަކެއް އެ ހިނިތުންވުމުން އަހަންނަށް […]
މާމެލާމެލީގައި ހުރި ކުދި ކުދި ޝަބްނަމް ތިކި ތަކުގެ ސަބަބުން އެއެއްޗިއްސަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެއެވެ. ރެއިން ސުރެއް ވެހެމުން ދިޔަ ވާރޭއަށް ނިމުމެއް އައީ އަދި ކިރިޔާއެވެ. ގަޑިން ހެނދުނު ހަތެއް ޖެހިއިރު ކަޅު ބޯ ވިލާތަކުން އިރުވަނީ ފަރުދާވެފައެވެ. ފަޒާގައި ހިފާފައިވާ ތެތްފިނިކަމަކަށް ބަދަލެއް ނާދެއެވެ. ޖެހިލާ ފިނި ރޯޅި ތަކުގެ ސަބަބުން ގަސްތަށް އެއް ރާގަކަށް ނަށަނީއެވެ. މިނިވަންކަމާއެކު ދިވެހި ދިދަވެސް ދިޔައީ ވިހުރެމުންނެވެ. މުޅި މާލޭ ވަށާ ބުރެއް ޖެހުމަށްފަހު […]
ޔޫހާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓުނީ މޭޒު މަތީގައި އޮތް އޭނަގެ ފޯނު ރިންގުވާ އަޑަށެވެ. ފޯނުގެ ސްކްރީނަށް ބަލައިލިއިރު ގުޅަމުން ދަނީ ނައުރީންއެވެ. ” ޔޫން… ވަރަށް އިންޕޯޓެންޓް ވާހަކައެއް ބުނަން މި ގުޅީ… މާދަމާ ރޭ އެއިޓް ތާޓީގަ އަހަރެން ގޭގައި އޮންނާނެ ކުޑަ ޕާޓީއެއް… ފްރެންޑްސް އާއެކު އެންޖޯއި ކޮށްލަން ހަމަ… އަސްލު މިފަހަރު އައިފަހުން ގިނަ ފްރެންޑްސް އާ ރަނގަޅަށް މީޓްވެސް ނުވޭ… ސޯ އައި ޖަސްޓް ވޯންޓް ޓު މީޓް […]
ދަރިފުޅު ބަނޑުގައި ރިހޭ ވަރުން މަރަށް ތެޅެނީހެން ހީވެ މަންމަގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަންނަން ފެށިއެވެ. މަންމައަށް ހުރިތަނަށް ތިރި ވެވުނެވެ. އެމީހުން ދަރިފުޅު ވެއްދީ ވިއްސާ ކޮޓަރިއަށެވެ. ހިތަށް އެރިއެވެ. ވަގުތު ޖެހުނީއެވެ. ހީކުރި ވަރަށް ވުރެ މާ އަވަހަށް ތުއްތު ކުއްޖެއްގެ ރޯއަޑު އިވުނެވެ. އިރުކޮޅަކުން ފެނުނީ ނަރުސް ކުއްޖަކު، ތުއްތު ކުއްޖަކު އުރާލައިގެން ނުކުއިން ތަނެވެ. އެކުޑަ ކުއްޖާ ކައިސަން އަތަށް ދިނެވެ. އެހެން ނަމަވެސް މަންމަ ކައިސަން އަތުން އެކުއްޖާ […]
“ދެން ޒާން؟؟!!؟؟” ކައިލާން ގެ ސުވާލާއެކު އެންމެންގެ ކަޅި އަމާޒުވީ ކައިލާންއަށެވެ. “އަޅުގަނޑުމެންނަށް ބަދަލުގަ އެއްވެސް އެއްޗެއް ދެވޭނެތޯ؟” ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން އަހާލީމެވެ. “އާދެ! ދެވޭނެ! އެއްގޮތަކީ ހައްވާ ޝީން އަޙުމަދު ކަމެއް ކޮށްދިނުން ނޫނީ އެއްޗެއް ދިނުން. އަނެއް ގޮތަކީ ހައްވާ ޝީން އަޙުމަދު ޖަލަށް! ކުރަންވީ ކަމެއް ނޫނީ ދޭންވީ އެއްޗެއް ބުނުމުގެ ޙައްޤު އޮތީ އިބްރާހިމް ކައިސަންގެ އަތުގަ!” އޭނާ ބުންޏެވެ. “އަހަރެން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރު! އަވަހަށް […]
އެތައްޒަމާންތަކަކަށްފަހު އަރީފް މާލެއައީ ދައްތައެއް ކައިވެނިކުރާތީކަމުގައިވިޔަސް ހިތުގައި ފޮރުވިފައިވަނީ ވަރުގަދަ އަޒުމެކެވެ. ދެއެކުވެރިންވެސް ފުރިހަމަ އުންމީދާއެކު އަތުކުރިއޮޅާލީ ނަސީމްއަށާއި ނަސްރީނާއަށް އިންސާފު ހޯދައިދިނުމުގެ ނިޔަތުގައެވެ. ******* ހަނދު އޭގެ ދައުރު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްފަހު އިރަށް ތަންދެމުން ފަހަތަށް ޖެހިލިއެވެ. އިރުއަރަމުންދިޔައިރު އޭގެ ރަންދޯދިތަކުން ކަނޑުގެ ލޮނުގަނޑު ވިދާބަބުޅަމުންދިޔަ މަންޒަރު ބަލަންހުރި އިރު ރިމްޝާހުރީ އާޝޯޙްވެފައެވެ. ނަމަވެސް ޤުދުރަތުގެ އެފަދަ ރީތި މަންޒަރުތައް ދައްކުވައިދިނުމަށް ކުޅަދުންވަަންތަވެރި ފަރާތުގެ މަތިން އޭނާ ކުޑަކޮންވެސް ހަނދުމަވާހެނެއް ހިއެއްނުވެއެވެ. ހޫނު ކޮފީއެއްބޮމުން […]
ސިޓިން ރޫމަށް ނުކުއިން ތަނާ ސަލާން ގޮވި އަޑު އިވުނެވެ. “އައްސަލާމްޢަލައިކުމް!” “ވަޢަލައިކުމްސަލާމް!” ޖަވާބުދެމުން އަހަރެން ބޭރަށް ނުކުތީމެވެ. “ކައިލާން މުޙައްމަދާއި، ކައިނާ މުޙައްމަދު މިއަދު ކޯޓަށް ޙާޟިރު ވުމަށް އެދެން.” އެމީހާ ބުނެލިއެވެ. އަހަރެންގެ އަތަށް ގަނޑެއް ދިނެވެ. އަހަރެން އެހުޅުވާލާ ކިޔާލީމެވެ. ދާން ޖެހެނީ ހަވީރު 4 ގަޑި ބައިގައެވެ. ވަނީ ކިހިނެތްކަން އަހަންނަށް ނަގައިގަންނާކަށް މާ ގިނައިރެއް ނުވިއެވެ. “ޔެސް!” އަހަރެންނަށް ހީވީ އުޑުގަނުޖެހި، ބިމުގަ ނުޖެހި އުޅެވުނުހެންނެވެ. އިތުރު މަޢުލޫމާތު ލިބޭތޯ އަނެއްކާވެސް އެގަނޑު ކިޔާލީމެވެ. އެހެން ނަމަވެސް ހެކި ސާބިތުވިކަމެއް ނުވަތަ ނޫންކަމެއް ނޭނގުނެވެ. އަހަރެން ގޭތެރެއަށް ވަދެ ވެގެން އުޅޭ ގޮތް ކައިލާންއަށް ކިޔައިދިނީމެވެ. ގަޑި ބަލާލިއިރު 3 ޖަހަން އިނީ 15 މިނެޓެވެ. އަވަހަށް ސިޓިންގް ރޫމް ސާފު ކުރަން ފެށީ ވަގުތު އޮއްވާ ހުރިހާ ކަމެއް ނިންމާލުމަށެވެ. ސިޓިންގް ރޫމުގައި ލީ ތަންކޮޅެއް ގަދަ ބްރައުން ކުލައެކެވެ. މަސައްކަތްތައް ނިންމާލުމަށްފަހު ކައިލާން ދިޔައީ ކައިލް ބަލައެވެ. ކައިލް ގެނެސްދިނުމުން އަހަރެން ކައިލް ފެންވަރުވާ ރީތި ކޮށްލީމެވެ. […]
” ކޮންމެ ގޮތެއް ވިޔަސް އަހަރެން ޔޫހާން އާ އައިލީން ދުރުކުރާނަން… އެން ޓު މޭކް ދެމް ސެޕެރޭޓް… އައި ހޭވް އަ ނިއު ޕްލޭން… އެ ޕްލޭންއަށް ފަހު ޔޫހާން އައިލީންގެ ސޫރަވެސް ދެކެން ބޭނުމެއް ނުވާާނެ… ހަހަހަ… ” ދިނާޖުއަށް ބަލަހައްޓައިގެން ހުރެ ނައުރީން އެހެން ބުނެލިއިރު އޭނަގެ ތުންފަތުގައި ވަނީ މަކަރުވެރި ވިހަ ހިނިތުންވުމެކެވެ. އެ މަންޒަރު ފެނި ދިނާޖުގެ ތުންފަތުގައިވެސް އެފަދަ ހިނިތުންވުމެއް ވެރިވިއެވެ. އެގޮތުގައި އެތައް އިރަކު އެމީހުންގެ ޕްލޭން […]