Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އިންތިޒާރުގައި ހުންނަމޭ ލޯބިން 33

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
August 19, 2018 4 Mins Read
25 Comments

” ކޮންމެ ގޮތެއް ވިޔަސް އަހަރެން ޔޫހާން އާ އައިލީން ދުރުކުރާނަން… އެން ޓު މޭކް ދެމް ސެޕެރޭޓް… އައި ހޭވް އަ ނިއު ޕްލޭން… އެ ޕްލޭންއަށް ފަހު ޔޫހާން އައިލީންގެ ސޫރަވެސް ދެކެން ބޭނުމެއް ނުވާާނެ… ހަހަހަ… ” ދިނާޖުއަށް ބަލަހައްޓައިގެން ހުރެ ނައުރީން އެހެން ބުނެލިއިރު އޭނަގެ ތުންފަތުގައި ވަނީ މަކަރުވެރި ވިހަ ހިނިތުންވުމެކެވެ. އެ މަންޒަރު ފެނި ދިނާޖުގެ ތުންފަތުގައިވެސް އެފަދަ ހިނިތުންވުމެއް ވެރިވިއެވެ. އެގޮތުގައި އެތައް އިރަކު އެމީހުންގެ ޕްލޭން އާއި ބެހޭގޮތުން ވާހަކަ ދައްކަން ބެލްކަނީގައި ތިއްބެވެ.

އިފާން އައިސް ގެއަށް ވަދުމާއެކު ޔައިޝް އޭނަ ގޮވައިގެން ކޮޓަރިއަށް ވަނެވެ. ޔައިޝްގެ މޫނު މަތީގެ ކުލަވަރުން ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން އިފާންއަށް ނަގައިގަނެވުނެވެ. އެހެނަސް އިތުރު ސުވާލެއް ނުކޮށް ޔައިޝްގެ ފަހަތުން ދިޔައީ އޭނާ ސުވާލުނުކުރިޔަސް ޙުދު ޔައިޝް ވެގެން އުޅޭ ގޮތެއް ކިޔައިދޭނެކަން އިނގޭތީއެވެ. ” ފާން… ކަންތައްތައް ވަރަށް ސަކަރާތްވެއްޖެ… ” އިފާން އައިސް ސޯފާގައި އިށީންނުމުން ޔައިޝް ދެކޮޅަށް ދެކޮޅަށް ހިނގަމުން އެހެން ބުނެލިއެވެ. އަދި  ވެގެން އުޅޭ ގޮތް އިފާން އާއި ހިއްސާކުރިއެވެ. ” ވަޓް… އައި ކާންޓް ބިލީވް އައިލީ ޔޫންއަށް ޗީޓްކޮށްފާާނެ ކަމަކަށް… އެކަމަކު ޔޫންއަށް އެކަން ސިއްރުކުރުން އެއީ އައިލީގެ މިސްޓޭކެއް… ސޯ… މިކަމުގަ ދެ މީހުން ވާހަކަ ދައްކައިގެން މައްސަލަ ހައްލުކުރަން ޖެހޭނީ… ޔޫންގެ ރުޅިގަނޑު މަޑު ވީމަ އަހަރެމެން ދެ މީހުންވެސް ވާހަކަ ދައްކާނީ… ” އިފާން ބުނެލިއެވެ. ޔައިޝްވެސް އެކަމާ އެއްބަސްވިއެވެ. އެގޮތުގައި މަޢްރިބު ނަމާދު ބަންގި ގޮވަންދެން ދެމީހުން ވާހަކަ ދައްކަން ތިއްބެވެ. ބަންގި ގޮވުމުން ދެ މީހުން އެކުގައި މިސްކިތައް ދިޔުމަށް ހިނގައިގަތެވެ.

ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ ޔޫހާން އޭނަގެ ބޮލުގެ އިސްތަށިގަނޑު ރީތި ގޮތަކަށް ސްޓައިލް ކުރަމުން ދިޔައެވެ. އަޅި ކުލައިގެ އަތް ކުރު ޓީޝާޓަކާއި ކަޅު ކުލައިގެ ޖިންސުގައި ޔޫހާން ފެންނަލެއް ވަރަށް ވެސް ފުރިހަމައެވެ. ބަންގި ގޮވުމާއެކު ތައްޔާރުވެގެން އަވަހަށް މިސްކިތައް ދިޔައެވެ. މަޢްރިބު ނަމާދުކޮށްލައިގެން އައިސް ޔޫހާން ގެއަށް ވަންއިރު ސިޓިން ރޫމުގައި އާއިލާގެ އެންމެން ތިއްބެވެ. އެންމެން ސޯފާގައި ތިބުމުން ޔޫހާންވެސް އެމީހުނާ ބައިވެރިވެލުމަށް ގޮސް ސޯފާގައި އިށީނެވެ. ” ދަރިފުޅާ… ބައްޕަ ވަރަށް އުފާވެއްޖެ ދަރިފުޅަށް ހަވާލުކުރި ޕްރޮޖެކްޓް އެހާ ފުރިހަމަކަމާއެކު ނިންމާލީމަ… ބައްޕަ ވަރަށް ފަޚުރުވެރިވަން މިއަދު ބައްޕަގެ ދެ ދަރިން އެހާ ޒިންމާދާރުވީމަ… ރަނގަޅު އަޚްލާގު ހުރި ދެ ކުދިންނަށް ވީމަ… ” ޔޫހާން އައިސް އިށީނުމާއެކު ޔާސިރު ހިނިތުންވެލަމުން ބުނެލިއެވެ. އޭރު އެންމެންގެ މޫނު މަތިންވެސް ފެންނަމުން ދަނީ އުފާވެރިކަމެވެ. ” ހިނގާ ދެން ސައިބޯން ދާން ދަރިފުޅުމެން… މިއަދު އަދި ހަވީރު ސައި ނުބޮއެއްްނު ތި ތިބީ… ” އަފީފާ އެކުދިންނަށް ބަލާލަމުން ބުނެލިއެވެ. ” އެބުނާހެން ދެން ދޭ ސައިބޯން… ބައްޕަ ސައިބުއި ގަޑީގަ ހޯދީމޭ ދަރިފުޅުމެން… ގެއަކު ނޫޅޭ އެއްކުއްޖަކުވެސް… ” ޔާސިރު އެހެން ބުނުމަށްފަހު ކާފައާއެކު ދާން ހިނގާށޭ ބުނެ ޔޫމިން އާއި ޔުމާހު ގޮވައިގެން ސިޑިން މައްޗަށް އެރިއެވެ. ދެން ތިބި މީހުން ކާބަޔަށް މިސްރާބުޖެހިއެވެ.

ސައިބޯން ތިބި އިރު އެމީހުންގެ މެދުގައި މާ ބޮޑު ވާހަކައެއް ނުދެކެވެއެވެ. ” ޔޫން… އެނީތިން ހެޕެންޑް… ” އަފީފާ ލޮލުން އިޝާރާތްކޮށްލުމާއެކު ޔުމާން ބުނެލިއެވެ. އެއާއެކު ޔޫހާން އަވަސް އަވަހަށް ނޫނެކޭ ބުނުމުގެ ގޮތުން ދެފަރާތައް ބޯ ހުރާލިއެވެ. ” އައިލީ އާ ދެމީހުން މައްސަލައެއް ޖެހުނީތަ… ” ދެވަނަ ފަހަރުވެސް ޔުމާން ވާހަކަ ދެއްކިއެވެ. ޔުމާން ބުނި އެއްޗަކުން ޔޫހާންގެ ދެ ލޯ ބޮޑުވިއެވެ. އެހެނަސް ދެވަނަ ސކުންތުގައި މީހާ ހަމައަކަށް އެޅިލަމުން ނޫނެކޭ ބުނެލިއެވެ. ”ޔޫން ދޮގު ހެދިޔަކަސް ދޮންބެއަށް އިނގެޔޭ… ރިލޭޝަންއެއްގަ މައްސަލަވެސް ޖެހޭނެ… ދެން ޖެހޭނީ ދެފަރާތުން ވާހަކަ ދައްކައިގެން ޕްރޮބްލެމް ސޯލްވް ކުރަން… ވާހަކަ ނުދައްކާ ތިއްބަކަސް މައްސަލަ ހައްލެއްނުވާނެ… ” ޔުމާން ވާހަކަ ދައްކަމުން ދިޔައިރު ޔޫހާން އެއްވެސް އެއްޗެއް ބުނުމެއްނެތި އަޑުއަހައިގެން އިނެވެ. އޭރު އޭނަ ދިޔައީ ޔުމާން ބުނި އެއްޗަކާމެދު ވިސްނަމުންނެވެ. ދޮންބެ އެބުނީކީ ދޮގު ވާހަކައެއް ނޫނެވެ. މިފަދަ ގުޅުންތަކުގައި މައްސަލަވެސް ޖެހޭނެއެވެ. އެކަކު އަނެކަކާ ވާހަކަ ނުދައްކާ ހުރުމުން މައްސަލަ ހައްތަހާ ބޮޑުވާނީއެވެ. ދެމީހުންގެ ދެމެދުގައިވި ދުރުކަން އިތުރުވެގެންދާނެއެވެ. މިކަހަލަ ވިސްނުންތަކެއްގައި އިނދެ ޔޫހާން ސައިބޮއެ ނިންމާލުމަށްފަހު ކޮޓަރިއަށް މިސްރާބުޖެހިއެވެ. ”އައިމް ޝުއާ… ކޮންމެވެސް ކަމެއް ވެއްޖެ ޔޫންއަށް… އެހެންނޫންނަމަ އެހެން އެއްޗެކޭ ނުބުނެ ނީންނާނެ… ” ޔޫހާން ދިޔަ ދިމާލަށް ބަލަހައްޓާއިގެން އިނދެ މީޝާ ބުނެލިއެވެ. ”މަންމަ ބުނީމެއްނު… މިއަދު ހަވީރު ގެއަށް އައި އިރު އަދި މޫޑު ހުރީ މާ ގޯސްކޮށް… ޔުމާހު ދެތިން ފަހަރު ދޮންބޭ އޭ ކިޔައި ގޮވާލީމަވެސް އަނގައިން ނުބުނެ ދިޔައީ… ” ކަންބޮޑުވެފައި އިނދެ އަފީފާ ބުނެލިއެވެ. ” މަންމާ… ކަންބޮޑުނުވޭ… މައްސަލައެއް ޖެހިގެންނަމަ ޔޫން އައިލީ އާާ ވާހަކަ ދައްކާނެ… އައިމް ޝުއާ… މިއަދު ނައު އައިލީގެ ނަން ބުނީމަވެސް ޔޫންގެ މޫނު މައްޗަށް އެރި ކުލަވަރުން އަހަންނަށްވެސް ޝައްކުވި ކޮންމެވެސް ކަމެއް ގޯސްވެއްޖެކަން… ” ޔުމާހުވެސް އެމީހުންގެ ވާހަކައިގައި  ބައިވެރިވަމުން ބުނެލިއެވެ.

ޔޫހާން ކޮޓަރިއަށް ވަދެ އެނދުމަތީގައި އޮތް ލެޕްޓޮޕް ހިފައިގެން އައިސް ސޯފާގައި އިށީނެވެ. ބިއްލޫރި ވަށް މޭޒުގައި ލެޕްޓޮޕް ބޭންދެމުށްފަހު ޕްރޮޖެކްޓްގެ މަސައްކަތެއްކުރަން ފެށިއެވެ. އެހެނަސް އޭނައަށް އެ މަސައްކަތަށް ސަމާލުކަން ދެވޭ ގޮތެއް ނުވިއެވެ. ޔޫހާންގެ ސިކުނޑި ފުރިފައިވަނީ އައިލީންގެ ހިޔާލުތަކުންނެވެ. އައިލީންގެ ކަރުނުން ފުރިފައިވި ދެ ލޯ ސިފަވާ ކޮންމެ ފަހަރަކު ޔޫހާންއަށް އަމިއްލަ ނަފްސު ކުއްވެރިކުރެވެއެވެ. ކޮންމެ ގޮތެއްވިޔަސް އޭނަ އެގޮތަށް އައިލީން އާއި ވާހަކަ ދައްކައިގެން ނުވާނެއެވެ. އޭނައަށް މިވަރު ވާއިރު އައިލީންއަށް އަދި ކިހާ ވަރެއް ވާނެ ހެއްޔެވެ؟ އައިލީންގެ ހިތަށް ކިހާ ތަދުވާނެ ހެއްޔެވެ؟ މިފަދަ އެކި ސުވާކުތަކުން ޔޫހާންގެ ހިތަށް ދިޔައީ ތަދުކުރުވަމުންނެވެ. އެންމެ ފަހުން ކުރަން އިން މަސައްކަތްވެސް ހުއްޓާލިއެވެ. އަދި ސޯފާގައި އޮށޯވެލިއެވެ. ނިތުމަތީގައި އެއް އަތް ބާއްވާލައިގެން އޮތް އިރު އައިލީންގެ އެ ޚިޔާލުތައް ދިޔައީ ޔޫހާންއަށް އިތުރަށް އުނދަގޫކުރަމުންނެވެ. އެހެން އޮއްވާ އިޝާ ނަމާދުގެ ބަންގީގެ އަޑު އިވުމުން ޔޫހާން މިސްކިތައް ދިޔުމަށް އަވަސްވެގަތެވެ.

ރަތް ކުލައިން ޒީނަތްތެރި ކުރެވިފައިވި އެ ތަނަވަސް ކޮޓަރީގެ ސޯފާގައި ޔޫހާާންގެ ފޮޓޮއަކަށް ނަޒަރު ހުއްޓާލައިގެން އޭގައި ފިރުމާލަ ފިރުމާލަ ނައުރީން އިނެވެ. ” އައި ލަވް ޔޫ… އައި ލަވް ޔޫ ޔޫން… ކޮންމެ ގޮތެއް ހަދައިގެންވެސް އަހަރެން ޔޫން ހާސިލްކުރާނަން… ” ޔޫހާންގެ ޕޮޓޯގައި ފިރުމަމުން ނައުރީން ބުނެލިއެވެ. އޭނަ ހުރީ ކޮންމެ ގޮތެއް ހަދައިގެންވެސް ޔޫހާން ހާސިލްކުރަން ތައްޔާރަށެވެ. ” ދަރިފުޅާ… ” ޔޫހާންގެ ފޮޓޮއަށް ނަޒަރު ހުއްޓާލައިގެން އިން ނައުރީން ސިހުނީ ކޮޓަރީގެ ދޮރުމަތީގައި ހުއްޓި ހުރި އޭނަގެ ބައްޕަ ގޮވާލުމުންނެވެ. ލިބުނު ސިހުމުގައި އަވަސް އަވަހަށް ޔޫހާންގެ ފޮޓޯ ސޯފާގައި ބޭއްވުމަށްފަހު އެ ފޮޓޯގެ މަތީގައި ކުޝަންއެއް ބޭއްވިއެވެ. އަވަސް އަރުވާލައިފައި އުޅުމުން ނައުރީންއަށް ކުޝަން ރީތިކޮށެއް ނުވެސްބޭއްވުނެވެ. ކުޑަކޮށް ބޯ އެއްފަރާތަކަށް އަރިކޮށްލަމުން ބަލައިލި ނަސީރުއަށް ވަރަށް ރީތިކޮށް ޔޫހާންގެ އެ ތަސްވީރު ފެނުނެވެ. ” ޑޭޑް… ކަމަކުތަ… ” ހަމަޖެހިލަމުން ނަސީރުގެ ގާތަށް ހިނގައިގަންނަމުން ނައުރީން އަހާލިއެވެ. ” ނޫނޭ.. ކަމަކު ނޫން… ދަރިފުޅު ކޮޓަރި ދޮރު ހުޅުވާފަ ހުރީމަ މިހެން ދިޔައިރު މާ މަޑުމަޑުން އިންތަން ފެނުނީމަ ބައްޕަ ހަމަ ގޮވާލީ… ދަރިފުޅު ބަލީތަ…” ނައުރީންގެ ބޮޮލުގައި ފިރުމާލަމުން ލޮއެބާއެކު ނަސީރު ބުނެލިއެވެ. ” ނޫން… އެއްވެސް ކަމެއް ނުވޭ ޑޭޑް… އެ ދެން ހަމަ އިނީ… ” ހިނިތުންވެލަމުން ނައުރީން ބުންޏެވެ. އެވަގުތު ނަސީރުގެ ފޯނު ރިންގުވުމުން އަދިވެސް އެއްފަހަރު ނައުރީންގެ  ބޮލުގައި ފިރުމާލުމަށްފަހު އޭނަގެ ކޮޓަރިއަށް ދިއުމަށް ނަސީރު މިސްރާބުޖެހިއެވެ. ނަސީރު ދިޔުމުން ނައުރީން ހަމަޖެހުމުގެ ނޭވައެއް ލިއެވެ. އަދި ކޮޓަރީގެ ދޮރު ޖަހާ ތަޅުލުމަށްފަހު ކުރިންވެސް އިން ސޯފާގައި އިށީންދެ ޔޫހާންގެ ފޮޓޮއަށް ނަޒަރު ހުއްޓާލައިގެން އިނެވެ.

މިސްކިތުން ނަމާދުކޮށްގެން ފޭބިތަނާ ޔޫހާންގެ ފޯނު ރިންގުވާން ފެށިއެވެ. ޖިންސުގެ ޖީބުގައި އޮތް ފޯނު ނަގައި ބަލާލިއިރު ގުޅަމުން ދަނީ ޔައިޝްއެވެ. ފޯނު ނަގައި ކަންފަތުގައި ޖަހާލަމުން ޔޫހާން ހެލޯ އޭ ބުނެލިއެވެ. އެއާއެކު ޔައިޝް އޭނަގެ ގޭ ކައިރި ހުރި ރެސްޓޯރެންޓަށް ކޮފީއަކަށް އައުމަށް އެދުނެވެ. ޔޫހާން އޯކޭ އޭ ފޯނު ކަނޑާލުމަށްފަހު ސައިކަލުގައި ރެސްޓޯރެންޓަށް ދިޔުމަށް މިސްރާބުޖެހިއެވެ. ޔޫހާން ރެސްޓޯރެންޓަށް ދިޔައިރު އިފާން އާއި ޔައިޝް އޭނަގެ އިންތިޒާރުގައި ތިއްބެވެ. އިފާން ހަނާއަޅާލުމުން ޔޫހާން އެމީހުން ތިބި މޭޒާއި ދިމާލަށް ހިނގައިގަތެވެ. ޔޫހާން އައިސް އިށީނުމާއެކު ޔައިޝް ވެއިޓަރަކަށް އިޝާރާތްކުރިއެވެ. ވެއިޓަރު އައުމާއެކު ތިން މީހުން ވެސް ކޮފީއަކަށް އޯޑާކުރިއެވެ. ” ޔޫން… އިނގޭ ދޯ އަހަރެމެން ކޮން ވާހަކައެއް ދައްކަންކަން މިއުޅެނީ… ” އިފާން ޔޫހާންއަށް ބަލާލަމުން ބުނެލިއެވެ. އެއާއެކު ޔޫހާން ހޫމްއެއް ލައްވާލިއެވެ. ” ޔޫން… ޓޯކް ޓު ހާ… އޭރުން ރަނގަޅުވާނީ…” ދެވަނަ ފަހަރަށްވެސް އިފާން ވާހަކަ ދެއްކިއެވެ. ޔޫހާން އެއްޗެކޭ ބުނަން އުޅެފައިވެސް ހުއްޓުނީ މޭޒު މަތީގައި އޮތް އޭނަގެ ފޯނު ރިންގުމުންނެވެ.

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ވައުދު – 3,2 އީދު ހަދިޔާ

Next

ކުށަކީ ކޮބާ؟ (9)

Next
August 19, 2018

ކުށަކީ ކޮބާ؟ (9)

Previews
August 19, 2018

ވައުދު – 3,2 އީދު ހަދިޔާ

25 Comments!

  1. Thushaa says:
    August 19, 2018 at 1:17 pm

    Alheyyy haadha kurey but v reethi story

    1. Ifoo ifoo says:
      August 19, 2018 at 9:41 pm

      Thushaa ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… I know dear mi part kurukan… Next part In Sha Allah dhigu kohlaanan ❤️❤️❤️???…

  2. Ifoo ifoo says:
    August 19, 2018 at 1:20 pm

    salaam dear readers ???❤❤❤??????… I know mi partvx kurukann… I m really sorry ???… In Sha Allah next part dhigukohladheynan… buni huvahah up kuran vegen kurukoh viyas up kohly… sorry dear readers… thikudhin ifoo ah thidhey support ah v v bodah thankyou ???❤❤❤??????…

  3. Naju says:
    August 19, 2018 at 2:08 pm

    Story is amazing hama ❤?❤?❤?❤? mi part kuruviyas story gendhaagoi nice kamun naju ah ehaa bodakah faahaga eh nuvi ekameh dear ?????? ehaavx furihama ???????? mihaaru enme interesting bai thah kuriyah midhany ?????? keep up the hard work dear ????? lysm dear ???????

    1. Ifoo ifoo says:
      August 19, 2018 at 9:47 pm

      Naju ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… V v v ufaavehje story reethi v ma ???… Thankyou so much dear ifoo ah thidhey support ah ❤️❤️❤️????????????… N I love your comments… It’s so colourful ❤️❤️❤️… Much loves from me ???❤️❤️❤️??????…

  4. Livy says:
    August 19, 2018 at 2:33 pm

    Dear mi part ves haadha kurey ? livy mihaaru wait kohgen hury thursday in feshigen story up vaane kamah ?? but its okay.. Ingey Kameh dhimaa vyma kan and busy koh ulhen jehunyma kan ?? we all are like that dhw ☺❤? Mihaaru mi visnany anekka naureen keehbaa ey kuran e ulheny ? Story is amazing ❤❤?? lots and lots of love dear ??❤ varah varah ufaa vejje ehaa busy koh ulhemun ves part up kolladhinyma ?????? Keep up the good work ??❤??

    1. Ifoo ifoo says:
      August 19, 2018 at 10:09 pm

      Livy ❤️❤️❤️… Thankyou so much dear for the lovely comment ❤️❤️❤️????????????… Knme faharakuvx livy kuraa comment haadha reehchey ❤️❤️❤️?????????… I just love your comments dear ???❤️❤️❤️… I know dear mi part vx kurukan ???… V v v ufaavehje livy ah understand v ma ???❤️❤️❤️… Thanks dear for understanding ???❤️❤️❤️???… Let’s see dhw naureen hadhaa gotheh vx ???… Thankyou so much for appreciating my hard work dear ???❤️❤️❤️?????????… Much more loves from me livy ❤️❤️❤️????????????…

  5. Mal says:
    August 19, 2018 at 4:35 pm

    Salaam ifoo dear..?????mi part ves kuru dhw…but its ok?????kameh dhimaavaany bunefaehnoon dhw…?????❤???ingey ifoo bxy noon nama dhigukoh genesdheynekan..??ekam plx next part v v v avahah up kohdhehchey??????????plus dhigukoh ingey…❤❤❤❤❤anyways mi part ves super super super awesome ingey dear..❤❤???????dhn yoon ves vejje ehnu ailee aa talk kuran dhw…?????☺☺???again v v rythi ingey…????mi stry mee hama ehvanaa ge stry eh…?????Mal beynun ifoo ah award eh dheyn…????hehehe…????bye ifoo…lysm dear❤❤❤❤❤❤❤

    1. Ifoo ifoo says:
      August 19, 2018 at 10:26 pm

      Salaam Mal dear ❤️❤️❤️???… Wow ???… Haadha loabi colourful comment ekey Mal ❤️❤️❤️??????… Mal ge knme comment ehvx v v v reethi n ehaame colourful ❤️❤️❤️?????????… Thankyou so much dear for understanding ❤️❤️❤️????????????… In Sha Allah next part Tuesday ga n e part In Sha Allah dhigu kohla dheynan ???… V v v v v ufaavehje mi partvx Mal ah reethi v ma ??????❤️❤️❤️… It means a lot for me ???❤️❤️❤️… Mal thikohlaa loabi colourful comment eh kohlumun ifoo ah fudheyne ❤️❤️???????… Your colourful Comments are like an award for me ❤️❤️❤️???????????????… Thankyou so much dear for supporting me ❤️❤️❤️??????… Much more loves from me dear ???❤️❤️❤️?????????…

  6. Zer says:
    August 19, 2018 at 7:31 pm

    Naureen eulenee ailee ah kohmes ehcheh boandheefa sleep kohfa photo naguvan dho yageeney eyrunehnun dho foohivaanee

    1. Ifoo ifoo says:
      August 19, 2018 at 10:28 pm

      Let’s see Zer naureen kuraa kameh ???… You might be right ???…. Thankyou dear ???❤️❤️❤️???…

  7. Shaa says:
    August 19, 2018 at 7:51 pm

    Story v nice ❤❤??keep it up ifoo ❤?iiss ok kuruviyas kiyaalan libihjjiyya??

    1. Ifoo ifoo says:
      August 19, 2018 at 10:30 pm

      Shaa ❤️❤️❤️… Thankyou so much dear ❤️❤️❤️????????????… Lots of love from me ???❤️❤️❤️?????????… Btw comment v reethi ???…

  8. Reet says:
    August 19, 2018 at 7:52 pm

    Dhinaj men rey vun naakaamiyaab kohbala

    1. Ifoo ifoo says:
      August 19, 2018 at 10:31 pm

      Keep waiting dear for that moment ???… Thankyou ❤️❤️❤️??????…

  9. Afaa says:
    August 19, 2018 at 11:18 pm

    Alhey adhi Hama jehilaingn kiyan fesheema e nimuni. ????Ifooooo!!! Afaa bxy v ma comment koh nulevunas baraabarah story kiyamun ingey midhani.????? Story dhaagoiyy Hama v habeys eyh buneveyni.????? Keep it up.??? Eid Mubarak ?????????????When next part. ?????????❤️??

    1. Ifoo ifoo says:
      August 22, 2018 at 8:14 am

      Afaa ❤️❤️❤️… Eid mubaarak dear ???❤️❤️❤️???… Thankyou so much dear for the support ❤️❤️❤️?????????… Ifoo v v v ufaavehje ehaa bxy koh ulhemunvx story baraabarah kiyaalaathy ❤️❤️❤️??????… Thankyou so much dear ??????❤️❤️❤️???… Next part In Sha Allah Friday ga ??????… Btw comment v v v loabi ingey ❤️❤️❤️??????… It’s so colourful ??????❤️❤️❤️???…

  10. Airah says:
    August 20, 2018 at 1:28 pm

    Vvv Reethi mi part ves.Waiting for The Next Part.thankolhea avaha up kolhachey Ifoo dhooni.Eid Mubarak.Ifoo haada molhey story liyan

    1. Ifoo ifoo says:
      August 22, 2018 at 8:16 am

      Airah ❤️❤️❤️… Thankyou so much ???❤️❤️❤️?????????… V v v ufaavehje mi part vx Airah ah reethi v ma ???… Eid mubaarak ???… Thankyou so much Airah ifoo ah thidhey support ah ???❤️❤️❤️?????????… Next part In Sha Allah Friday ga ???…

  11. Xuam says:
    August 20, 2018 at 1:53 pm

    Varah varah varah reethi…. waiting for the next part….

    1. Ifoo ifoo says:
      August 22, 2018 at 8:18 am

      Xuam ❤️❤️❤️… Thankyou so much ???❤️❤️❤️?????????… Ifoo v v v ufaavehje mi part vx xuam ah reethi v ma ???… Next part In Sha Allah Friday ga… Keep waiting ❤️❤️❤️???…

  12. Lisha says:
    August 20, 2018 at 4:28 pm

    Alhe dhn ekam haadha kurey .. v wai wey knme faharaku kuru v ma vx.. ekm vhk v rythi

    1. Ifoo ifoo says:
      August 22, 2018 at 8:21 am

      Lisha ❤️❤️❤️… I’m sorry dear ???… Ifoo bxy kamun hama dhigukoh nuliyeveny… Dhn buni dhuvahah up kuran vegen kurukoh viyas up kohlany readers ithurah disappoint nukuran ❤️❤️❤️… Thankyou dear ❤️❤️❤️?????????…

  13. NeEn says:
    August 21, 2018 at 12:52 pm

    Ifoo luv ❤?kobaa konn irakunn up vaanii??? mihaaru kehvanii ehh noon kiyaa hitunn ?? when is the next part???

    1. Ifoo ifoo says:
      August 22, 2018 at 8:25 am

      NeEn ❤️❤️❤️… Thankyou so much dear ❤️❤️❤️?????????… Mihaaru next part kiyaaleveyne ???… V v v ufaavehje story ah wait kuraa kann ingunyma ???❤️❤️❤️…

Comments are closed.

Next Episodeއިންތިޒާރުގައި ހުންނަމޭ ލޯބިން 34←


All Right Reserved!