Skip to content
އެސްފިޔަ

އިތުރަށް ހަމަ ލޯތްބޭ ވެވެނީ 2

ކީބޯރޑުގައި އިން އެންޓާރ ބަޓަނަށް ފިއްތާލަމުން މިކްޔާލް އޭނާގެ ގޮނޑިއަށް ވެއްޓިގަތެވެ. އޮފީހުގައި މިއަދު ކުރަން އޮތް މައިގަނޑު މަސަތްކަތް ނިމުމުން ހިންދެމިލިއެވެ. ދެލޯ މަރާލިއެވެ. އެއާއެކު އޭނާއަށް ތަސްވީރު ކުރެވުނީ އަޔާނީގެ ރީތި ސޫރައެވެ.  އަދި އަލަށްވެސް އެ ހިނިތުންވުން ނުފެނުނު ކަމުގައިވިޔަސް ރުޅިއައިއްސާ ހުންނަ އިރުވެސް ހާދަ ލޯތްބޭ މިކްޔާްލް ހިތަށް އެރިއެވެ. ކިތަންމެ ބޭނުންނުވިޔަސް އަޔާނީ މެދު އޭނާއަށް ހަމަ ވިސްނެނީއެވެ.

“ލުކް މިކްޔާލް..ޔޫ އާރ ނޮޓު ގޮއިން ޓު ތިންކް އަބައުޓް ހާރ..ދެން އޭނާ ފެންނާނެ ކަމެއްވެސް ނޭނގެއެއްނު..އެހެންނޫނަސް އެކަހަލަ އަންހެނުން އަތުކުރަން ފަސޭހައެއް ނުވާނެ..ގައްޑާ ގޮއްލާއެކޭވެސް ބުނީ އަމިއްލައަކަށްނު.. އޭނާ ކައެ އެންބެރެސް ވެސް ކޮށްލީނު..މޫދަށް ވިއްޔަ ވައްޓާލީ” ނަމަވެސް ދެވަނަ ސިކުންތު ކޮޅުކައި މިކްޔާލް އޭނާގެ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލަމުން އަމިއްލަ ނަފްސަށް ވިސްނައިދިނެވެ. އަމިއްލަ ނަފްސަށް ލެކްޓަރު ދިނުމުގައި އޭނާ އޮއްވާ ޖީބުގައި އޮތް ފޯނު ރިންގު ވާން ފެށިއެވެ.

“ހަލޯ ދަރިފުޅާ..މިރޭ ބިޒީވާނެތަ..” ބައްޕަ އިމާދު އެއްސެވެ. “ނޫން ކިހިނެތްތޯ ވީ..” އަދަބުވެރިކަމާއެކު މިކްޔާލް ޖަވާބު ދިނީ އޭނާގެ ގޮނޑިން ތެދުވަމުންނެވެ. މޭޒުމަތީގެ އެކި ހިސާބުތަކުގައި ހުރި ފައިލުތަށް އެއް ބަރިއަކަށް ޖަހާލިއެވެ. ” މިރޭ އަށެއް ޖަހާއިރަށް ތައްޔާރުވެގެން ސިމްޕްފޮނީ ރެސްޓޯރެންޓުގަ ހުންނައްޗޭ…” އިމާދު ބުނެލި އެތީގެ ސަބަބުން މިކްޔާލްގެ އެއްބުމަ ހިއްލުނެވެ. “ކޮންކަމަކަށްތޯ ބައްޕާ..” ހިތުގައި އޮތް ސުވާލު އޭނާ ހިތުން ބޭރުކޮށްލިއެވެ. “ދެން ދިޔައީމަ އިނގިދާނެތާ..” ހިނިގަނޑަކާއެކު އިމާދު ފޯނު ކަނޑާލިއެވެ. ދެކޮނޑު އަރުވާލަމުން ފައިލުތަކާއެކު ކެބިނުން ބޭރަށް ނިކުންނަން މިކްޔާލް މިސްރާބުޖެހިއެވެ.

** ** ** ** ** ** **

އަތުގައި އޮތް ނޫކުލައިގެ ވިއްސާރަ ޖެކެޓު ނޭފަތުގައި ޖައްސާލަމުން އަޔާނީ އޭނާގެ ނޯތް އެތެރަށް ދަމާލިއެވެ. އެގޭން ދުވި ފިރިހެން ވަންތަ ކަމުގެ ސަބަބުން އޭނާގެ ސިކުނޑި ތާޒާ ކޮށްލިއެވެ. އެ ކޯޓު އޭނާގެ އަތުގައި އޮންނަތާ ތިން ދުވަސް ވީއިރުވެސް ސެންޓު ވަހެއް ހަމަ ހިލާ ނުފިލިއެވެ. މިކްޔާލް މޫނު ސިފަވުމުން އޭނާއަށް ހިނިތުންވެލެވުނެވެ. އެހެންނަމަވެސް ދެވަނަ ސިކުންތުގައި އޭނާއަކީ އެހެން ފިރިހެނެއްގެ ހައްގެއްކަން ހަނދާންވުމުން މިކްޔާލްގެ ހިޔާލުތަށް އެއްފަރާތްކޮށްލެވުނެވެ.

އަތުގައި އޮތް ޖެކެޓު އަލާމާރީ ތެރެއަށް ބޮނޑިކޮށްލާފައި ލިޔެވެ. ހަމަ އެވަގުތެވެ. ދޮރުގައި ޓަކިޖެހުމެއްނެތި އަޔާނީގެ މަންމަ އިފާ ދޮރު ހުޅުވާލިއެވެ.”ހެއީ މަމް ކިހިނެތްވީ..” އަޔާނީ އެއްސެވެ. އިފާ އިށީނދެލީ އަޔާނީގެ ބޮޑު ކޮޓަރީގެ މެދުގައި ބަހައްޓާފައި ހުރި ކިންގް ސައިޒް ބޮޑު އެނދުގައެވެ. ހުދުކުލައާއި ބޭބީ ޕިންކު ކުލައިން ޖަރީކޮށްފާވާ އެކޮޓަރިއަށް އިފާ ނަޒަރު ހިނގާލިއެވެ. ހުރިހާ އެއްޗެއްވެސް ރީތި ފުރިހަމަ ތަރުތީބަކަށް އަތުރާފައި ހުރުމުން އޭނާގެ އަންހެން ދަރިފުޅާ މެދު ފަޙްރުވެރިވިއެވެ. “މަންމަ ބުނީ މިއަދު އަށެއް ޖަހާއިރަށް ތައްޔާރު ވެލައްޗޭ..ސިމްޕްފޮނީ ރެސްޓޯރެންޓަށް ދާން..” ކޮޓަރިއަށް ނަޒަރު ހިނގުމުގެ ތެރޭގައި އިފާ ބުނެލިއެވެ. “އެކީއްކުރަން..” ޒިވާން މަތިން ހަނދާންވުމުން އަޔާނީ އަހާލިއެވެ.

“ދެން ދިޔައީމަ އިނގޭނެއެއްނު..މިރޭ ކަމެއް އޮތީތަ..” އިފާ ކޮށްލި ސުވާލުން ދެފަރާތަށް އަޔާނީ ބޯހޫރާލިއެވެ. ” ނޫން މިރޭނެތް ކަމެއް ދެން އަޅުގަނޑު އެކަނިތަ ދާންވީ..” ނިޔަފަތި ތަކާ ކުޅެމުން އަޔާނީ ހަދާލީ ދޮގެކެވެ. “އާން..ރިސާރވް ކޮށްޕަ އިންނާނެ ޓޭބަލް ތިނެއް އެތާނގަ އިށީނދެލާ..” އަޔާނީ ވާނުވާގައި ބެހެއްޓުމަށްފަހު އިފާ ދިޔައެވެ.

ވިސްނުމުގެ ތެރޭގައި ހުއްޓައި އޭނާގެ ފޯނު ރިންގުވާން ފެށިއެވެ. ސްކްރީނަށް އަރާފައި އިން ޒިވާންގެ ނަން ފެނުމުން އޭނާއަށް ހިން ދިރުވާލެވުނެވެ. “ހަ..ލޯ.” ބިރުން ހުރެ އަޔާނީ ފޯނަށް ޖަވާބުދިނެވެ. “ބޭބީ ހަނދާން ކޮށްދިނުމެއް…. މިރޭ އައި ނީޑް ޔޫ..” އަނގައިގައި ވަރުނެތް ހާލު ޒިވާން ބުނެލިއެވެ. “ޒިވާން..އަމް މިރޭ މަ ފްރީއެއް ނޫން މަންމަ ބުނެގެން ތަނަކަށް ދާން ޖެހޭ..” ތުރުތުރު އަޅަމުން ދިޔަ އަޔާނީ ހުރީ ދެލޯ މަރައި ތަގުޅިކޮށްގެންނެވެ. “ކޯއްޗެކޭ ކިޔާކައްތަ..މަ ބުނީމަ ފްރީވާން ޖެހޭނެ..ބި* މިރޭ އަށެއް ޖަހަންވާއިރަށް މަގޭ އެޕާރޓުމަންޓަށް ނައިއްސިއްޔާ ދެން އެންމެ އަވަހަށް ފެންނަ އިރަކުން ހޭއަރުވާލާނަން..” ޒިވާންގެ އަޑު ބާރުވެގެން ދިޔައެވެ. ހަމަ އެއާއެކު ފޯނުވެސް ކެނޑުނެވެ.

އެނދުމައްޗައް އަޔާނީ ވެއްޓިގަތެވެ. ބެޑްޝީޓަށް ރޫއަރުވާލަމުންނެވެ. އޭނާގެ ލޮލަށް ބޮނޑިވެފައިވާ ކަރުނަތަށް އެއްވެސް އިޙްތިޔާރެއް ނެތި އޮހިގަތެވެ.” ވައި..ވައި އިޒް އިޓް މީ…މަ ހީކުރީ އޭނާވެސް ލޯބިވާކަމަށް މަގޭ ދެކެ..ކީއްވެ ޒިވާން..މަވީ ލޯބީގެ ބަދަލުދޭން އިނގުނު ގޮތަކީ މިއީތަ..އަނިޔާނުކޮށް މަ ދޫކޮށްލިނަމަ..ލޯބިވުމަކީ ކުށެއްތަ..” އަމިއްލަ ނަފްސާ އަޔާނީ ޝަކުވާ ކުރަމުން ދިޔައެވެ. އެއީ އޭނާ ޒިވާން ކުރިމަތީގައި ކިޔަން ބޭނުންވާ އެއްޗެއްސެވެ.

** ** ** ** ** **

ކަޅު ކުލައިގެ ކޯޓުގެ ގޮށް އަޅުވަމުން މިކްޔާލްއަށް ސިިޑިން ފޭބުނީ މަންމަ ޒިދުނާގެ ކުރިމައްޗަށެވެ. “އޯހް މަންމަ ހޭންޑްސަމް..” މިކްޔާލްގެ ގިރުވާން ރީތީ ކޮށްލަމުނ ޒިދުނާ ބުނެލިއެވެ. މިކްޔާލް ފިރިހެންވަންތަ ހިނިތުންވުމެއް ރައްދުކޮށްލީ މަންމައަށްވެސް ތަޢުރީފުގެ ދެތިން ބަސް ރައްދުކޮށްލަމުންނެވެ. ހަމައެވަގުތެ އޭނާ އެ ދެމައިން ކައިރީގައި މަޑުކޮށްލީ އިމާދެވެ. އޭނާވެސް މިކްޔާލަށް ހިނިތުންވެލިއެވެ. “މަންމަ ތިއުޅެނީ ތަނަކަށްދާންތޯ..” ހަވީރީ ހެދުމުގައި ހުރި ޒިދުނާއާއި ކޯޓާ ފަޓުލޫނުގައި ހުރި އިމާދަށް ބަލާލަމުން މިކްޔާލް އަހާލިއެވެ. “ފަހަރެއްގަ..ހެއްހެއް..” ޒިދުނާގެ ފަރާތުން ލިބުނީ އެދެވޭ ޖަވާބެއް ނޫނެެވެ. އެއްބުމަ އަރުވާލަމުން ގެއިން ނިކުންނަން ހިނގައިގަތް މިކްޔާލްގެ ފިޔަވަޅުތަށް މަޑު ޖައްސާލީ އިމާދެވެ. “ރިސާރވް ކޮށްފަ އިންނާނެ ތިންވަނަ ޓޭބަލް އެތާނގައި މަޑުކޮށްލާ އިނގޭ..” އިމާދު ބުނެލިއެވެ. ކިޔަމަން ވުމުގެ ގޮތުން މިކްޔާލް ބޯ ޖަހާލިއެވެ.

** ** ** ** ** ** **

“ނިމުނީތަ..” ލޮގަނޑު ކުރިމަތީގައި ހުރި އަޔާނީ ކައިރީގައި އިފާ ހުއްޓުނެވެ. އިފާގެ ހުރި ހަމައެކަނި އަންހެން ދަރިފުޅުގެ ފައިނ ފެށިގެން ބޮލަށް އަވަސް ނަޒަރެއް ދިނެވެ. ކަޅު ކުލައިގެ އޮފް ޝޯލްޑަރ މެކްސީއެއްގައި އަޔާނީގެ އުނަގަނޑާ ހަމައަށް އަރާ ކަޅުކަން ގަދަ އިސްތަށިގަނޑު ވަނީ މިނިވަންކަމާއެކު ދޫކޮށްލާފައެވެ. ގަދަ ރަތް ކުލައިގެ ލިޕްސްޓިކަކުން އޭނާގެ ބޮޑު ތުންފަތް ވަނީ ފަވާލާފައެވެ. އެހެންނަމަވެސް އިފާގެ ލޮލުގައި އަޅައިގަތީ މަސްކަރާއާއި އަދުނުން ފަވާފައިވާ އެ ބޮޑު ލޮލުގައިވި ރަތްކަމެވެ.

“މިއީ ރޮއެފަތަ..” ކަންބޮޑުވެފައި އިފާ އެއްސެވެ. “އޭނ..ނޫން އެއީ ފެންވަރަނިކޮށް ޝޭމްޕޫގޮއްސަ..” ދޮގުހެދުމަށް އަޔާނީ ވަރެއް ހަމަނެތެވެ. “އެހެންތަ އަވަހަށް ދޭ ދެން..” ފޯނާއި އެހެން ވިދަމުން ދިޔަ ޕޯއުޗް ހިފައިގެން ގެއިން ނިކުންނަން ދިޔަ އަޔާނީގެ ބުރަކަށީގައި އިފާ ފިރުމާލިއެވެ

** ** ** * ** ** **

ރެސްޓޯރެންޓު ތެރެއަށް ވަތް މިކްޔާލަށް އެތާނގައި ތިބި ގިނަ ބަޔެއްގެ ނަޒަރު ދިޔައީ ހުއްޓެމުންނެވެ. މިކްޔަލްގެ ފިރިހެންވަންތަ ކަމުގައި އަންހެން ވެރިން ދީވާނާ ވަމުން ދިޔައެވެ. ފިރިހެންވެރިންގެ ތުންތުން މަތިން ދެކެވެމުން ދިޔައީ މިކްޔާލްގެ މަޝްހޫރުކަމުގެ ވާހަކައެވެ. “ހޫއް..ދެލޯ އަނދަންދެން ބަލާބަލަ ދެން..ހީވަނީ މަގޭ މޫނުން ދުނިޔޭގެ ހަތް އަޖައިބު ފެނިގެން އުޅޭހެން..” ހިތާހިތުން މިކްޔާލް ކުދި ކިޔެވެ.

މިކްޔާލް ހުއްޓިލީ ރިސާރވް ބޯޑު ޖަހާފައިވާ މޭޒު ތިނެއް ކައިރީގައެވެ. އެ މޭޒުގައި މިކްޔާލަށް ފުރަގަސް ދީގެން އިން އަންހެން ކުއްޖާ މިކްޔާލްގެ ލޮލުގައި އަޅައިގަތެވެ. އެ އަންހެން ކުއްޖާގެ މޫނު ބަލާލުމަށްޓަކައި އެކުއްޖާއާ ވީ ފަރާތަށް ދިޔައެވެ. އެ އަންހެން ކުއްޖާގެ މޫނު ފެނުމުން މިކްޔާލް ދެލޯ ބޮޑުވިއެވެ. ނަމަވެސް ދެވަނަ ސިކުންތުގަައި ދެބުމަ ގޮށްޖެހުނެވެ.

(ނުނިމޭ)

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (76)

  1. Nunama

    Very nice ❤❤Waiting for next part. ??Please upload it fast and this part you have uploaded very fast so please keep it up ??

  2. Nunama

    Very nice ❤❤Waiting for next part. ??Please upload it fast and this part you have uploaded very fast so please keep it up ??

  3. Shiu

    Wow masha Allah mi part ves v v v nice konirakun next part up kohladheynee waiting for next part ??

  4. Ibsha

    Wow varah reethi ❤❤❤❤❤

  5. Airah

    story hama habeys??????????waiting for The Next part dear.?????????Maadama up kolhachey vagutea viyaa.kiyaala hithun hama???

  6. ޟަނndދdn

    Vrh reethi when next part

  7. ..

    So ayaany edhiyaee restaurant ah dhw zivan ehn bunymavs.. v reethi! Dhn ethanuga thibba zihan ah edhemyhun fenijiyyaa vs v fakkaa vaane.. hehe… wen nxt part??

  8. naash

    stry vvv nice… maasha allah.. nd one thing.. mii hama dear amilla hiyaalah liyaa vaahaka eh tha?? or are u copying any other stry??? echekey hii nukuraaathi mihn bunyas… vvvv vatharu mistry ehn stry akaa hama eyga vaagothah mi vany vx… ehn ve hama ahaalii… eh glthakah vx dear mi vaahaka thi liyany copy kohgne key nun mi buny.. ehn hyvanyaa srry v bodah…

  9. naash

    nd mii amilla hiyaalah liyaa stry eh nama maasha allah u r a perfect writer dear…

  10. hamdha

    naash lwbs kihineh? miihudha ur cousin

    1. naash
      hamdha

      alhamdhulillah.. um fine

  11. Hudher

    yeah cookie nice stry

  12. naash

    “lobin hinithun velaaashey” e vaahaka r vathary… hehe

  13. Hudher

    kn vaahaka akaa mi stry vahthary?

  14. Hudher

    maasha allah salhi ingey comments thah naakko liyefa huri hurihaa comments thah kiyaifin

  15. naash

    e iny nu bunefa… plus vaahaka dhakkaany fonun.. this is not a chat room hudhaa sis…. mii rulhi ais gn buni echeh nun ngey dear

  16. naash

    thnkxx my lovely sisiii

  17. Hudher

    “fevifaa nanthivey hithugaa 1” ge trailer keenthr?
    uaan ehves ulhey dhw eyga

  18. Hudher

    ok athahtha 4n ah msg koffa buney hudha athah dheyshey

  19. Hudher

    9193340 mi number

  20. Abc

    Story v reethi. Hitha araa moodha vettunu iru laigen huri coatga sent vas thin dhuvas vairu hunnanee kihineba? Thi sentfulheege nanbunebala.

    1. hamtii
      Abc

      guess…musthagbaluga ufedhi dhaane ehcheh…hahahaha…dhw cookie

    2. hamtii
      Abc

      thankx…dheythi cent fulhieh…ehehe

  21. Unknown ?

    When next part !
    Waiting……!! ✨

  22. secret girl

    Alhe kbr nxt prt…. waiting waiting

  23. Shama

    Koba next part cookie dear you are that best writer adhi mihaathanah kiyunu enme reethi adhi furihama story mee pls avahah up kphdybala

  24. Airah

    ok dear?????

  25. Ibsha

    Part 3 ah keiy madhuvefa..mi varah reethi vaahaka eh

  26. Ibsha

    Mi vaahaka kiyaahithun up vitho belun vareh neygey

    1. hamtii
      Ibsha

      pis pis..cookie ves dhw

    2. hamtii
      Ibsha

      noolhen bust kuraakah…but kithah faharu up kuree

    3. hamtii
      Ibsha

      saabas..story up kuree kithah faharu heyy…up nuvee ma ithurah up kuree kithah faharu

    4. hamtii
      Ibsha

      pis pis pis pis pis pis pis… agavaalhuvejje….eheheheh….
      btw…at 1.30haairu online vaathii…i will tell him ur msg

  27. Ibsha

    Kba 3

    1. hamtii
      Ibsha

      cookie said she had msg to admin of esfiya few mins ago

  28. Ibsha

    Miadhu up vaaetha❤

  29. rifu

    varah reethi story eh. ummeedhu kuran 3 vana part ves mihaa reethi vaane kamah. btw ur imagination is very beautiful. vaahakaige medhutherin vaane goii ingeyney vaahaka kurybaiga ehkoh liyefa othyma thaa dhww..?? vaahaka dheynvee ehnun kiyaalan. cant wait.. 😀 haahahaaa

  30. Hudher

    hello cookie, rasha is my cousin sis

  31. Hudher

    hey cookie can i aks something, how do u know her????? hama ahaaly rasha ge name alhugandaa naash ge comments thakuga nethy ma, hama ehnve ahaaly,

  32. Hudher

    rasha is my cousin sis

  33. naash

    hey dear ready vejje annan v nu

  34. Dandelion ?

    O,rasha aee cookie ge teacher eh tha..hudher dear rasha ge number liyefa inyma dandelion jehy viber ga..I also so that..I mean rasha..but I don’t know who is her..don’t mind plxx

  35. Hudher

    hey naash kon ehcheh ready v……….. nd onething cookie konnameh kiyanee

  36. Hudher

    uuuhhhhhuuuuu hama cookie eh nukiyaane kmmes nameh kiyaane dhw cookie thihury male’ ga tha, male’ ga huriyyaa dhimaa vahchey rasha dhahtha ulheny alhugandu mn geyga, gulhaalaafa buney miss ge ge hunnany konthaaku tho….. nd rasha dhahtha ehyyyma mi ahaaly vx konna meh tho kiyanee……. naash kn ehchakun first ah dhiyaeee…. thi party eh baavvanyaamu alhugandu vx baiveri kuruvaathi

  37. Hudher

    uhhhuuuuu, cookie ah vx kiyaane dhw kmmes nameh, aslu rasha dhahtha buny cookie kairyga ahaalaashw kon nameh thw kiyanee, cookie male’ ga tha male’ ga huriyyaa dhimaa vaan vaane dhw, alhugandaa rasha dhahtha aa ulheny ehge aku…… nd naash kon ehchakun first ah dhiyaee

  38. Hudher

    cookie whr r u pls rpl

  39. Sameela Hucen

    I love this story, and the story writer
    This is v v nice story.

  40. #unknown

    keep it up dear❤️?

Comments are closed.