ދަރިފުޅު ބަނޑުގައި ރިހޭ ވަރުން މަރަށް ތެޅެނީހެން ހީވެ މަންމަގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަންނަން ފެށިއެވެ. މަންމައަށް ހުރިތަނަށް ތިރި ވެވުނެވެ. އެމީހުން ދަރިފުޅު ވެއްދީ ވިއްސާ ކޮޓަރިއަށެވެ. ހިތަށް އެރިއެވެ. ވަގުތު ޖެހުނީއެވެ. ހީކުރި ވަރަށް ވުރެ މާ އަވަހަށް ތުއްތު ކުއްޖެއްގެ ރޯއަޑު އިވުނެވެ. އިރުކޮޅަކުން ފެނުނީ ނަރުސް ކުއްޖަކު، ތުއްތު ކުއްޖަކު އުރާލައިގެން ނުކުއިން ތަނެވެ. އެކުޑަ ކުއްޖާ ކައިސަން އަތަށް ދިނެވެ. އެހެން ނަމަވެސް މަންމަ ކައިސަން އަތުން އެކުއްޖާ އަތުލާ މޫނުގައި ބޮސް ދިނީމެވެ. “ﷲ އިރާދަ ކުރެއްވީތީ ޑރ.ކައިނާގެ ޙާލު ރަނގަޅު” އެނަރުސް ކުއްޖާ ބުނެލިއެވެ.
އާނއެކެވެ. އެއީ ކައިނާ ވިހޭ ދުވަހެވެ. ކައިނާގެ ބަނޑުން ކައިލް އުފަންވި ދުވަހެވެ. އެމާމަދަރިފުޅުގެ ފުރަތަމަ ނޭވާ ދުނިޔެއަށް ދޫކޮށްލި ދުވަހެވެ. މިއަދަކީ އެމާމަދަރިފުޅަށް 3 އަހަރު ފުރޭ ދުވަހެވެ.
*****************
އަހަރެން އިށީނދެގެން އިން ޖޯލިން ފުންމައިގެން ތެދުވީމެވެ. އަހަރެން ހިތަށް އެރިއެވެ. އަހަރެން މިއީ ކޮންކަހަލަ މަންމައެއް ހެއްޔެވެ؟ އަމިއްލަ ދަރިފުޅު ވިހޭ ތާރީޚު ހަނދާންނެތުނު ކަމުގެ ދެރަ އިހުސާސް ވިއެވެ. ލަދުވެސް ގަތެވެ. އިންތިހާއަށް އަމިއްލަ ނަފްސު ކުށްވެރި ކުރެވުނެވެ. މަންމަގެ އުނގުގައި އިން ކައިލް އުރާލީމެވެ. ވަރަށް ލޯބިން ބައްދާލީމެވެ. “ހެޕީ ބާރތްޑޭ ކައިލް! ސޮރީ ވަރަށް ބޮޑަށް! މަންމި ހަނދާންނެތުނީ…” އަހަރެން ބުނީމެވެ. ކުށްވެރިވުމުން އަހަންނަށް ރޮވުނެވެ. ކައިލް އަހަރެންގެ ކަރުނަތައް ފުހެލަދިނެވެ. ހިތްހެޔޮކަމާ އެކުގައެވެ. ދެފަރާތަށް ބޯ ހޫރާލިއެވެ. ނުރޯށޭ ބުނާ ފަދައިންނެވެ.
އަހަރެން ގެއަށް ދާކަށް ޚިޔާލެއް ނުކުރަމެވެ. އެހެންނަމަވެސް 6 ޖެހުމުގެ ކުރިން ރީތިވެލަން ބޭނުންވާތީ ކައިލާންއާއެކު ގެއަށް ދިޔައީމެވެ. ކައިލް ބަހައްޓާފައެވެ. ރީރިވެލާ ނިމިގެން މަންމަގެ ގެއަށް ދެވުނުއިރު 6 ޖަހަން 15 މިނެޓަށް ވެއްޖެއެވެ.
އަހަރެންގެ ހިތުގެ ތެޅުން ދިޔައީ އަވަސް ވަމުންނެވެ. ހިތަށް އަރައެވެ. ކައިސަން ބަލާ ދާން ޖެހޭނެ ބާއެވެ. ނޫނީ ކައިސަން އަމިއްލައަށް ގެއަށް އަންނާނީ ބާއެވެ.
އަހަރެން އިނީ މަންމަމެންގޭ ބޭރު ޖޯލީގައެވެ. މަންމަ އިނީ އަހަރެންނާ ޖެހިގެންނެވެ. ކައިލާން އިނީ އަހަރެމެންގެ ކުރިމަތީ ހުރި ގޮނޑީގައެވެ. އަހަންނަށް އިރުކޮޅަކާ ގަޑިއަށް ބަލާލެވެއެވެ. އެންމެ ފަހުން ނީނދެވިގެން ބޭރަށް ނުކުތީމެވެ. އަހަރެން ޖެހުނީ މީހެއްގެ ގައިގައެވެ. މަގުގެ ދެފަރާތް ނުބަލާ ނިކުމެވުމުން ކަންނޭނގެއެވެ. ދުރަށް ޖެހިލަމުން ކާކުތޯ ބަލާލީމެވެ. ދަންނަ ވައްތަރު ޖަހައެވެ. އެހެންނަމަވެސް ކާކު ކަމެއް ބުނާކަށް ނޭނގުނެވެ.
“ކައިނާ! ކިހިނެތްތަ؟ މީނަ ގުޅާވެސް ނުލައޭ މިހާރު! ހާދަ ތަފާތޭ!” އެމީހާ އަހަންނާ ވާހަކަ ދައްކަން ފެށިއެވެ. އަހަންނަށް އޭރުވެސް އެއީ ކާކު ކަން ނަގައިގަންނާކަށް ނޭނގުނެވެ. އޭނާގެ ވާހަކަ ދެއްކުން ވައްތަރުވީ ޝީންއާއެވެ. އަހަރެން ވިސްނަންހުރީމެވެ. ލޯމަރައިގެން ހުރެ އަހަރެން ހަނދާން ކުރަމުން ދިޔައީމެވެ.
ކުއްލިއަކަށް އަހަރެން ލޯ ހުޅުވާ ބަލާލީމެވެ. އޭނާ ހުރީ އެއް އަތް އުނަގަނޑުގައި އަޅުވާލައިގެން ފާޑަކަށް ބަލަހައްޓައިގެންނެވެ. “އޯވް! އަޅޭ! ދޫންޏާ!” އަހަންނަށް އެއީ ކާކުކަން ހަނދާންވުމުން އޭނަ ގައިގާ ބައްދާލީމެވެ. “ނިޝާ!! މިރަށުގަ ކީއް ކުރަނީ؟” އެއީ ނިޝާއެވެ. އަހަރެން ކޯސް ހަދަން ގޮސް އުޅުނުއިރު އަހަރެން އެންމެ ފުރަތަމަ ވާހަކަ ދެއްކި ކުއްޖާއެވެ. “ބަލަ! މަގޭ ރަށަށް މަށަކަށް ނާދެވޭނެތަ؟” ނިޝާ ޖަވާބު ދިނެވެ. އަހަރެން ހައިރާންވެފައި ބަލަން ހުރުމުން ނިޝާ ކިޔައިދޭން ފެށިއެވެ. “ޝީން އިނގޭތަ؟” އަހަރެން ބޯ ޖަހާލިމެވެ. “އެއީ އަހަރެންގެ ބޮޑު ދައިތަގެ ދަރިއެކޭ! ޝީން އަހަންނަށް ހުރިހާ ވާހަކަ ތަކެއް އަހަންނަށް ކިޔައިދިން. އަހަރެން މިއައީ ޝީން ގާތަށް އެހީވެދޭން ކަމަށް.. މިހާރު ކައިސަން ދޫކޮށްލަން ދޯ އެއުޅެނީ! ޝީންއާ ކައިލާން ގުޅެން އަހަރެން ވެސް ވަރަށް އާދޭސް ކުރިން.. އެދެމީހުން ނުލާހިކު ގުޅޭ ވިއްޔަ.. ދެން އޯކޭތާ!”
ޝީން ވާހަކަ ދައްކާ ގޮތާ ނީޝާ ވާހަކަ ދައްކާ ގޮތް ވައްތަރުވި ސަބަބަކީ މިއީތާއެވެ. އަހަރެންވެސް ނިޝާ ގާތު ވަރަށަް ބައިވަރު ވާހަކަތައް ދެއްކީމެވެ. ޙަޔާތް ބަދަލުވެގެން ދިޔަ ގޮތެވެ. މިހާރު އަހަރެން އެވާހަކަތައް ދައްކާކަށް ފަހެއް ނުޖެހެއެވެ. “ކޮންގްރާ ކައި.. ދެން ދަނީ… އޯވް ވާއު.. ސޯ ހޭނޑްސަމް!” ނިޝާ ދާންވެގެން އެނބުރިލާފައި ބުންޏެވެ. އަހަރެންވެސް އެދިމާއަށް ބަލާލީމެވެ. އާނއެކެވެ. ނުލާހިކު ރީއްޗެވެ. ނުލާހިކު ފުރިހަމައެވެ. “ހީ އިސް ލުކިން އެޓް ޔޫ ކައި!!” ނިޝާ ބުނެލިއެވެ. އަހަރެން ބޯ ޖަހާލީމެވެ. “އައިމް ގެޓިން ޖެލަސް” ނިޝާ މިހެން ބުނުމާއެކު އަހަރެންގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ.
“ސާބަހޭ ނިޝާ! އެއީ ކައިސަންއޭ!” އަހަރެންގެ ހިނިގަނޑު މަތައެއް ނުވިއެވެ. “އަސްލު ބުނަން! އަހަންނަށް އިނގޭ އެއީ ކައިސަން ކަން!” ނިޝާވެސް ފެށީ ހޭށެވެ. “އަހަރެން މިއުޅުނީ ކައި ހެއްވާލެވެތޯ.. ތި މޫނުމަތިން ހިނިތުންވުމެއް ކައިސަން އަށް ދެއްކޭތޯ ބެލީ! މިލާ މޯޅިވެފަ ހުރި މަލެއްހެން ހީވަނީ!” ނިޝާ އަހަރެންގެ އަނގަ ބަންދުކޮށްލުމަށްފަހު ދާން ހިނގައިގަތެވެ. “ވަރުގަދަ ނިޝާއެއް މީ! ހުވާ!” އަހަރެން ކަޑަ ނުވާންވެގެން ބުނެލީމެވެ.
ކައިސަން އައިސް އަހަރެންގެ ގާތު ހުއްޓިލިއެވެ. ވަރަށް ފުން ނަޒަރަކުން އަހަރެންނާ ދިމާއަށް ބަލާލިއެވެ. “ހޭލައޭ ތިހުރީ! މީ ހުވަފެނެއް ނޫނޭ..” ކައިސަން މިހެން ބުނުމަށްފަހު އަހަރެންގެ އަތުގެ މުލައްދަނޑީގައި ހިފާ ކައިސަންއާ ގާތަށް ދަމާލިއެވެ. ކައިސަންގެ ފަހަތުގައި ތިބި ދެ ފުލުހުން ކަރު ކެހިލުމުން ކައިސަން އަހަރެން ދޫކޮށްލިއެވެ. އެދެފުލުހުން ކައިސަން އަތަށް ދަބަސް ދިނުމަށްފަހު ދާން ހިނގައިގަތެވެ. އަހަރެން ކައިސަން އަތުން ދަބަސް އަތުލަމުން ގެއަށް ވަނީމެވެ.
“ދަރިފުޅާ ކައިސަން!” މަންމަ ތެދުވެގެން އައިސަ ކައިސަން ގައިގާ ބައްދާލިއެވެ. ކައިލާންވެސް ހަމަ އެފަދައިން ކަންތައް ކުރިއެވެ. އަހަރެމެން ބަދިގެއަށް ވަދެ ސައި ބުއީމެވެ. އޭރުވެސް ކައިސަންއަކަށް ކައިލް އެއް ނުފެންނާނެއެވެ. ކައިސަންއާ ކައިލާން ބައިންދާފައި އަހަރެން މަންމަ ގޮވައިގެން ކޮޓަރިއަށް ވަނީމެވެ. އެނދުގައި ނިދާފައި އޮތް ކައިލް އުރާލީމެވެ. ކައިސަން ގާތު ނުބުނެ އަހަރެން ދިޔައީ ގެއަށެވެ.
ގެއަށް ވަދެ ކައިލްގެ ކޮޓަރީގެ އެނދުގައި ކައިލް ބޭއްވުމަށްފަހު އަހަރެން ކޮޓަރިއަށް ވަދެ އުއްބައްތިތައް ރޯކޮށްލީމެވެ. ކައިލް ކުކުރާލީ އަހަރެން އެންމެ ފަހު އުއްބައްތި ރޯކޮށްލި ތަނާހެންނެވެ. އަހަރެން ގޮސް ކައިލް ނަގާ ބިންމަތީގައި ބެހެއްޓީމެވެ. “މަންމީ.. ކައި ބާއްޑޭ ގިފް ކޮބާ؟” އެންމެ 3 އަހަރު ފުރުނުއިރު އަމިއްލަ އުފަންދުވަސް ވަކި ކުރަން އެނގުމުން އަހަރެން ހައިރާން ވިއެވެ. “ކައިގެ ބާއްޑޭ ގިފް އަންނަނެ ވަލަށް އަވަހަށް!” އަހަރެންވެސް ޖަވާބު ދިނީ ކައިލްގެ ބަހުރުވައިންނެވެ.
ބޭރު ދޮރު ހުޅުވާލި އަޑަށް އަހަރެން ނުކުތީމެވެ. ކައިލް ބަހައްޓާފައެވެ. ގޭތެރެއަށް ވަދެގެން އައީ ކައިސަންއެވެ. “ކޮބާ މަންމަމެން؟” އަހަރެން އަހާލީ ކުޑަކޮށް ހިތް އަވަސްވެ ހުރެއެވެ. “ގޮއްސި.. އަދިވެސް ކައިލް އެއް ނުފެނޭ.. ކޮބާތަ ކައިލް؟” ކައިސަން ގެ ދެލޯ ހޯދަމުން ދިޔައީ ކައިލްއެވެ. ކައިސަންގެ ލޮލުގެ ކޮއި ފަދައިން ކައިލް ދެކެ ލޯބިވަނެކަން އަހަންނަށް އެނގެއެވެ. އަހަރެން އެކައްޗެކޭވެސް ނުބުނަމެވެ. ހީވަނީ މިއީ އެންމެ ފުރަތަމަ ކައިސަން ފެނުނު ދުވަސް ހެންނެވެ. ފޫހި ކަމެއްނެތި ކައިސަންގެ ހަރަކާތްތަކަށް ބަލަން އަހަރެން ހުރީމެވެ.
އެވަގުތު ކޮޓަރީގެ ދޮރު ހުޅުވާލުމަށްފަހު މަޑުމަޑުން ދުވެލާފައި ކައިލް ނުކުތެވެ. ކައިސަން ހަމަ ހުރިގޮތަށް ހުރީއެވެ. ކައިލްއާ ދިމާއަށް ބަލަހައްޓައިގެން ހުރި އިރު ހީވަނީ ދުވަހަކުވެސް ނުފެންނަ އެއްޗެއް ފެނިގެން ބަލަން ހުރިހެންނެވެ. ވާނީވެސް އެހެނެއްނޫންހެއްޔެވެ؟ ކައިސަން ބަލާކަށް ނުހުރެ ކައިލް އުރާލިއެވެ. “ކައި.. މީ ކައިގެ ބާއްޑޭ ގިފް” އަހަރެން ކައިލް އާ ވާހަކަ ދެއްކީމެވެ. ކައިލް ހުރި އިންތިހާއަށް އުފާވެފައެވެ. އުފަންދުވަހު ލިބޭނެ އެންމެ ބޮޑު ހަދިޔާ ލިބުމުން އުފާ ނުވާނީ ކާކު ހެއްޔެވެ؟ އާއިލާ ފުރިހަމަ ވީއެވެ. ދުނިޔެ ހިތަކަށް ލިބުނީއެވެ.
އެވަގުތު ޓީވީ ހުރީ ހުޅުވާފައިކަން އަހަރެން ހަނދާނެއް ނެތެވެ. ޓީވީއިން އިވެންފެށީ މަންޒަރު އިތުރަށް ފުރިހަމަ ކޮށްދިން ލަވައެކެވެ. “ބައްޕާ އައިމާ އަހަރެން ވާ އުފާ.. އަންގަން ލޯބިން އަހަރެން ބޭނުމޭ… އަޅެ އާދޭ ބައްޕާ ކައިރިއަށް.. ދޫންޏާ އާދޭ ކައިރިއަށް… ހީލާފާ ނާ ބައްޕަގެ ގާތަށް އައިމާ އުރާނަމޭ.. އުފާކޮށްދޭން ބޭނުމޭ.. ހެއްވާލަން ބޭނުމޭ…”
-ނުނިމޭ-
4 Comments
Comments are closed.
Next part pls??? I love it
insha allah vee emme avahakah up kohdheynan
Vrh salhi ingey
thnx Like