ސްކޫލުން ނިކުމެގެން އައިސް އެންމެންވެސް މަޑުކޮށްލީ އެތާހުރި ފާރު ކައިރީގައެވެ. އޭރު ޒައުލް އޭނާގެ ކާރުގައި އައިސް މަޑުކޮށްލުމުން އެންމެން ކާރަށް އެރިއެވެ. އެންމެން އަރާ ހަމަވުމުން ޒައުލް ކާރު ދުއްވާލިއެވެ.ޒައުލް ހުރިހާ ކުދިން އެ ކުދިންގެ ގެއަށް ޑްރޮޕް ކޮށްލުމަށްފަހު އޭނާގެ ގެއާށްދާން މިސްރާބު ޖެހިއެވެ. އާދުވަހަކަށް އިރު އަރާފިއެވެ. މާމެލާމެލީިގެ މީރުވަސް މުޅި ޖައްވުގައި ހިފާލިއެވެ. ދޫނިސޫފާސޫފިގެ އަޑު މުޅި ޖައްވުގަ ގުގުމާލާފާ ހުއްޓެވެ. މިއަދަކީ ސްކޫލު ބަންދު ދުވަހަކަށްވުމުން ކައިލީން އޮތީ ރައުލާ މެންގޭ އޯވާރ ނައިޓް އަށް އައިއްސައެވެ. ދެމީހުން ސަކަރާތްޖެހުމަށްފަހު ރީތިވެލައިގެން ޒައުލް އަށާ އިޝާން އަށް […]
މާގަނޑުން ފައިބަމުންދިޔަ ފެންތަށް އެރީތި އޮމާން ދޮންމޫނުގައި ޖެހިފައި އޮހޮރިގެން އެދަނީ އެއްވެސް ހިފެހެއްޓުމެއް ނެތިއެވެ. މާގަނޑުދަށުގައި އެހެން އޭނާ ހުންނަތާ މިހާރު ކޮންއިރެއް ހެއްޔެވެ؟ ހީވަނީ އެއްވެސް މަންޒިލެއްނެތި ދަތުރުކުރާ މުސާފިރެއްހެން ނެވެ. ލޮލުން ކަރުނަ އަޔަސް، އެކަރުނަތަށް ދަނީ އޮހޮރެމުންދާާ ފެންތަކާއި އެކުވެގެންނެވެ. ނަޔާގެ މުޅި ހަޔާތް އެވަނީ ވީރާނާ ވެފައެވެ. މިއޮއް ހުރިހާދުވަހު ބިނާކުރަމުން އައި ހުވަފެންތައް އެވަނީ ބިލާހަކަށް ވެފައެވެ. މުޅި އުމުރަށް ވޭނާއި ކެކުޅުން ތަކުގައި އުޅެން ޖެހިފައެވެ. ބަލާލި ކޮންމެ ދިމާލަކުންވެސް ފެންނަނީއަނިޔާގެ ތީރުތަށް އޭނާއާ ދިމާލަށް ދިއްކުރާ ތަނެވެ. އެހެން ހީނުވާންވި ސަބަބެއް ނެތެވެ. އާއިލާގައި ހުރިހަމައެކަނި ދައްތަގެ ފިރިމީހާގެ ޝިކާރައަކަށް އެމައުސޫމް ކުއްޖާވާތާ މިހާރު 3 އަހަރު ވަނީއެވެ. މީހެއް ކައިރީ ބުނާނީވެސް ވަކި ކިހިނަކުން ހެއްޔެވެ؟ ގޭގައި އިތުރު މީހަކު ހުރީކީނޫނެވެ. ބައްޕަ ސާހީން އަކީ ދުބާއީގައި މަސައްކަތް ކުރާ ވިޔަފާރި ވެރިއެކެވެ. މަންމަ ހާފިޒާ އަކީ އޭޑީކޭ ގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. ދެމީހުންކުރެ އެކަކުވެސް ނަޔާއަށް ދޭންޖެހޭވަރަށް ވަގުތެއް ނުދެވެއެވެ. އެހެންނޫނަސް އެމީހުން ވަގުތު ދޭނެހެއްޔެވެ؟ ނަޔާގެ ކިޔެވުން ހަލާކުވުމުން މަންމަމެން ނަޔާ ބާކީ ކޮށްލިއެވެ. އެމީހުން ގެ ހަޔާތުންނާއި އެމީހުން ގެ ދަތުރުތަކުން ނަޔާ ބާކީކުރީ އެހެން މީހުން ކުރިމަތީގައި އެމީހުން ލަދު ގަންނާތީކަން ނަޔާގެ ސިކުނޑިއަށް ވިސްނުނެވެ. އެކަމަކު އެހެންވާން ޖެހުނީ ކީއްވެގެން ހެއްޔެވެ.؟ ދައްތަ ގެއަށް ވެއްދި މީހާގެ ސަބަބުންނެވެ. އޭނާގެ ވަކިތަކުގެ ދަށުގައި ނަޔާ ވާންފެށި ފަހުން ކިޔަވަން ޖެހޭވަރަކަށް ނުކިޔެވުނެވެ. ގްރޭޑް 9 އިން ފަށައިގެން “ޑީ” ރިޕޯޓް އަކައް ވެއްޓުނެވެ. އެންމެފަހުން އޯލެވެލް އިންވެސްް ފާސްވީ އެންމެ 2 މާއްދާ އިންނެވެ. ކޮންމެ ދުވަހަކު އެއަނިޔާތަކާ ކުރިމަތިލާން ޖެހޭއިރު ކިޔަވާނީ ކިހިނެއް ހެއްޔެވެ. ދޮންތަ މަސައްކަތް ކުރަނީ ކްލިނިކެއްގައެވެ. ގެއައް އާދެވެނީ ދަންވަރުއެވެ. އެނުބައި މިހާ ނަޔާއަށް ހަދާނެގޮތެއް ހަދާން ކިހާވަގުތެއް ލިބޭނެ ހެއްޔެވެ؟ ހީކަރުވާހެން ހިވުމުން ނަޔާ އަވަސް ކޮށްލައިގެން ގައިގައި ހުރިފެން ތަށް ފުހޭން އަވަސްވެގަތެވެ. ނަޔާގެ އެނާޒުކު ހަށިގަނޑުގެ އެތަން ތަނެއް ދުޅަވެ ބަޑި އަރައިފައި ވެއެވެ. “ބާތު ރޮބް” ގަޔަށް ހެޔޮވަރުކޮށްލައި އެނދުމަތީއޮތް ފާޒިލް ފެނިފައި ނަޔާ ހުއްޓުން އެރިއެވެ. ދެލޯ ބާރަށް ފިއްތާލީ އެވޭންތަށް މިރޭވެސް ތަހަންމަލް ކުރަން ޖެހޭނެތޯ ހިތާއި ސުވާލު ކުރަމުންނެވެ. އެޖާދުވީ ދެލޮލުން ކަރުނަ މުތީތަކެއްހެން ވިދަމުން ދިޔައިރުވެސް ފާޒިލް އައިސްފައިވާ ނުލަފާހިންޏަކަށް ބަދަލެއް ނާދެއެވެ. އެނދުގައި އޮތް ބެޑްޝީޓް އެއްކައިރި ކޮށްލީ އަންނާށޭ ބުނާ ފަދައިންނެވެ. ނަޔާގެ ދުލުން އެއްޗެކޭ ނުބުންޏަސް އޭނާގެ އެފެހި ކަޅިން ފާޒިލް އާދިމާލަށް ނުބަލައިވޭތޯ ބެލިއެެވެ. އެންމެފަހުން ފާޒިލް އެނދުން ތެދުވެ ނަޔާކައިރިއަށް އައިސް ނަޔާއެނދާ ދިމާލަށް ގެންދާން މަސައްކަތް ކުރިއެވެ. އޭރުވެސް ނަޔާ ދިޔައީ ގަދަދައް ނަމުންނެވެ. ރޮމުން އާދޭސް ކުރަމުން ނެވެ.. ކުއްލިއަކަށް ދޮރުހުޅުވާލި އަޑަށް ދެމީހުންނަށް ވެސް ބަލާލެވުނެވެ. ދޮރުމަތީ ދެލޯބޮދުކޮށްގެން އެހުރީ ނަޔާގެ ދޮންތައެވެ. ސުވާލުން ފުރިގެންވާ ނަޒަރަކުން އޭނާ ބަލައިލީ ބިންމަތީއޮތް ފާޒިލް ގެ ގަމީހަށެވެ. އަދި ނަޔާގެ މުހިފައިވާ “ބާތު ރޯބް” އަށެވެ. ދޮންތަގެ ހައިރާންކަން ރުޅިއަށް ބަދަލުވީ ނަޔާގެ ލޮލުން އޮހެރެމުންދާ ކަރުނަތަށް ފެނިފައެވެ. ފާޒިލް ގަމީސްނަގައި ކޮޓަރިން ބޭރަށް ނިކުންނަން ހިނގައިގަތެވެ. ދޮންތަ ދޮރުމަތީ ހުރިނަމަވެސް އޭނާގެ ގަދަކަން މަތީ ދިޔައެވެ.ނަޔާއަށް ވެސް ދިޔައީ އިސްދަށަށް ޖަހައިގެން ހުރެގިސް ލެވެމުން ނެވެ. ދޮންތަ ފާޒިލްގެ ކުރި ބެއްދި އެވެ. ދެންއިވުނީ ފާޒިލްގެ ކޯމަތީ ދޮންތަގެ އަތްތިލައިން ވިއްލައިލި ހުނު އެތިފަހަރުގެ އަޑެވެ. ނަޔާ ބަލައިލިއިރު ފާޒިލް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ދޮންތަ ސިޓިން ރޫމްއަށް ނިކުމެ ވަގުތުން ޕޮލިހަށް ގުޅިއެވެ. މަންމައަށް ވެސް ގުޅައިގެން ގެނައެވެ.އޭރުވެސް ނަޔާ ދިޔައީ ގިސްލާ ރޮމުންނެވެ. 3 އަހަރު ފަހުން ނަޔާގެ އުފާވެރި ހަޔާތް އަނދާއަޅިއަށް ވިގޮތް އެންމެން ކުރިމަތީ ނަޔާ ކިޔާދިނެވެ.އެދުވަހަކީ މަންމަ އާއި ބައްޕަގެ ހިމާޔަތުގެ ދަށަށް ނަޔާ އައި ދުވަހެވެ.. މިކަން މިގޮތަށް މެދުވެރިވާން ޖެހުނި ދެމީހުންގެ ފަރުވާކުޑާކަމުންކަން ހާފިޒާ އާއި ސާހީން އަށް އެނގުނެވެ. ޖެހިގެން އައި ދުވަހު ނަޔާގެ ބައްޕަ ސާހީން ވެސް މާލެ އައެވެ. އެދުވަހު ފާޒިލްގެ މައްސަލަ ތަހުޤީގު ކުރަން ފަށައި އޭނާގެ ބަންދަށް 2 މަސްދުވަސް ޖެހިއެވެ. ނަމަވެސް މިހާރު ވަގުތު ފާއިތު ވެއްޖެއެވެ. ވެދިޔަ ކަންކަން އަނބުރައި އިއާދައެއް ނުކުރެވޭނެއެވެ. ނަޔާ މީހުންގެ ތެރެއައް ނިކުތުމަށް ބޭނުންވަނީ ކުޑަ ހިއްވަރެކެވެ. އެއީ ނަޔާ 3 އަހަރު ވާދެކަށް ކުރި ހިއްވަރެވެ. މިއަދުވެސް އޭނާގެ ލޮލުގައި ފިޔަޖަހަމުން އެދަނީ ހަމަ އެހިއްވަރެވެ.
އަރްޝާދް މާލެ އަންނާނެ ދުވަހެއްގެ އިންތިޒާރުގައި އަފްރީން ހުންނަތާ ތިންމަސް ވެއްޖެއެވެ. މިރޭވެސް އެނދުގައި ދެކޮޅަށް ފޮރޮޅިލަ ފޮރޮޅިލާ އޮތީ އަރްޝާދްގެ ޚިޔާލުތަގައެވެ. ހެނދުނު އަށެއް ޖެހިއިރު އަފްރީން ހުރީ އަފްޝަންމެން ގޭގައެވެ. ސުހެއިދު އޮފީހަށް ދަމުން ދިޔައީ އަފްރީން އެގެއަށް ލާފައެވެ. ކުޑަކޮށް ދުވެލާފައި ދޮރުން އެތެރެއަށް ވަން އަފްރީންގެ ފިޔަވަޅުތަށް ހުއްޓުނީ ދޮރުން ނިކުންނަން އައި އަރްޝާދް ފެނިފައެވެ. ހަމައެކަނި ކަކުލާ ހަމަައަށް އަންނަ ކުޑަ ސޯޓުބުރިއެއް ލައިގެން ހުރި އަރްޝާދްގެ ކަސްރަތީ ހަށިގަނޑު […]
މާޒީ…… ކުލަ ގަދަ ހަފްލާއަކަށް ފަހު އައްމާރާއި އާލާގެ ކައިވެނި ކުރވިގެން ދިޔައެވެ. ކައިވެނި ޕާޓީ އޮތީ ރަށުގެ އަތިރިމަތީގައެވެ. ހަނދުވަރުގެ އަލިން މުޅި ސަރަހައްދުވަނީ އަލިވެފައެވެ. ދޮންވެލިގަނޑު މަތީ ބޮޑު މޭޒެއް ބަހައްޓާ ތަފާތު ވައްތަރުގެ ކާނާތައް ވަނީ މޭޒުމަތީ އަތުރާފައެވެ. އަތިރިމަތީގެ އެކި ސަރަހައްދުގައި ވަނީ މޭޒު ބަހައްޓާފައެވެ. ކޮންމެ މޭޒެއްގެ މަތީގައި ހުދު ފޮތިގަނޑެއް އޮތީ އަޅާފައެވެ. އަދި ފޮތިގަނޑުގެ އެކި ހިސާބުތަކުގައި މަޑު ނޫކުލައެއްގެ ރިބަން އެލުވާާފަ ހުއްޓެވެ. ކޮންމެ މޭޒެއް […]
ފުރޮޅީގޮނޑިއެއްގައި އިންނަން ޖެހިފައިވާ، ނުކުޅެންދުންތެރިކަން ހުންނަ މީހަކަށް އޭނާއަށް ހަގީގީ ލޯބި ލިބިދާނެ ކަމަކަށް އުންމީދު ކުރުމަކީ އާންމު ކަމެއް ނޫނެވެ. އަދި އޭނާ ހުވަފެނުން ވެސް ނުދެކޭހާ ރީތި އަންހެނަކާ ކައިވެނި ކުރެވިދާނެ ކަމަކަށް ގަބޫލެއް ނުކުރެވޭނެ އެވެ. ނަމަވެސް ޝިފާޒު އަށް ވަނީ މި ހުވަފެން ސީދާ ވެފަ އެވެ. ޝިފާޒު އުފަންވި އިރު އާދައިގެ އެހެން ކުދިންނެކޭ ތަފާތެއް ނެތެވެ. ނަމަވެސް ހިނގޭ އުމުރަށް ދިޔައިރު ވެސް ހިނގާބިނގާވެ ނޫޅެވޭތީ ކޮންމެވެސް މައްސަލައެއް […]
ކުޑަ ހިނދުކޮޅަކަށްފަހު ބުޅާތަށް ދިޔުމުން އެ އެއްޗެހީގެ އަޑު ކެނޑުނެވެ. ވާނުވާ މިކްއަލްއަށް ރޭކާލީ ދެނެވެ. އުރުން މިޝްޔާ ބާލުވާ ދުރަށް ކޮށްޕާލިއެވެ. “ވަޓް ދަ**” މިޝްޔާގެ ކޯތާފަތް މައްޗަށް އަރުވާލި ހޫނު އެތިފަހަރުން މަންޒަރު ބަލަން ތިބި މީހުންގެ ހައިރާންކަން އިތުރުވިއެވެ. މުޅި ހަޔާތުގައިވެސް އަލަށް ތަޖުރިބާކުރެވުނު އެކަންތަށް މުޅި ދުނިޔެއަށް ފެންނާނެކަން އިނގުމުން މިކްއަލްގެ ހިތުގައި އެ އަންހެން ކުއްޖާއާ މެދު ރުޅިވެރިކަން އުފެދުނެވެ. އެންމެންގެ ކުރިމަތީ އޭނާ ފަޝީހަ ކޮށްލީތީއެވެ. އޭނާއަށް ފަސްދީފާ […]
އިރު އޮއްސެމުން ދިޔަ ވަގުތެވެ. އިރު އޭގެ ވާޖިބު ފުރިހަމައަށް އަދާ ކޮށްފިއެވެ. މުޅި ތަން މަދު އޮރެންޖް ކުލައިން ދިއްލާލިއެވެ. މި ހުރިހާ ކަމަކުން ވެސް ފެންނަނީ މާތް ﷲ ގެ ކުޅަދުންވަންތަ ކަމެވެ erektilemed.de. ސަންވޭ އިންޓަރް ނޭޝަނަލް ސްކޫލުން ކުދިންތަށް ނިކުންނަން ފަށައިފިއެވެ. އެތާ ތިބި އެންމެ ގެ ލޯ އަޅައި ގަތައި އެތަނުން ނިކުން ކުދިންތަކަށެވެ. 2 ފިރިހެން ކުދިންނާނި 2 އަންހެން ކުދިންނެވެ. މީ މުޅި ސްކޫލަށް ދަންނަ ވަރަށް “ފޭމަަސް” ކުދިންތަކެކެވެ. މި ކުދިންތަށް މަޝްހޫރު ވެފައިވަނީ […]
މަންޒަރު ބަލަން އިން ނައުރީންގެ ތުންފަތުގައި ވަނީ ކާމިޔާބީގެ ހިނިތުންވުމެކެވެ. ” ލެޓްސް ގޯ ނައު… ” ޔޫހާން މިހެން ބުނެ ނައުރީން ބުނާނެ އެއްޗަކަށް ބެލުމެއްނެތި ގޮނޑިން ތެދުވެ އެތަނުން ނިކުންނަން ހިނގައިގަތެވެ. ނައުރީން އަވަސް އަވަހަށް ފައިސާ ދެއްކުމަށްފަހު ޔޫހާންގެ ގާތަށް ދިއުމަށް ހިނގައިގަތެވެ. ” ޔޫން… ވަޓް ހެޕެން… މާ އަވަސް އަވަހަށް ކިހިނެއްވެ ތި ނިކުތީ… ޑްރިންކްވެސް ހުސްނުކޮށް… ” ބޭރުގައި ހުރި ޔޫހާންގެ ކުރިމަތީ އައިސް ހުއްޓެމުން ނައުރީން ބުނެލިއެވެ. […]
ބަޑި ބޭހުގެ ކުޅިވަރުތަކާއެކު އައު އަހަރަކަށް ރާއްޖެ ގަޑިން މަރުހަބާކިއެވެ. ގަޑީގެ ކުޑަކަށި ނަންބަރު ބާރައިގައި ޖެހުމާއެކު ހިމޭންވެފައިވާ ރާއްޖޭގެ ވެރިރަށް އަޑުގަދަކޮށްލީ ބަޑި ބޭހުގެ އަޑުން އެކަންޏެއް ނޫނެވެ. އިވިގެން ދިޔަ ހިތްގައި ފިރިހެންވަންތަ އަޑު ތަކާއެކުގައެވެ. މަޝްހޫރު ބޭންޑް “ރޮކް” ގައި ހިމެނޭ ހަތަރު ޒުވާނުންގެ އަޑެވެ. ހުވަފެންތަކުން ހިތްހަމަޖެހުން ދެނީ ކީތްވެބާ… ހޭލާހިތެއް އަމުދުން ނުވޭ ނިދިން ކީތްވެބާ….. ލޯތްބޭ މިއީ.. މީ ހަމަ ޔަގީން ޝައްކެއް ނެތޭ ގުޅިފައިވަނީ…ފުން ގުޅުމަކުން.. މިދެހިތޭ.. […]