އަންޖަލް ބުނެގެން ފެން ފޮދެއް ބަލައި ބަދިގެއަަށް ވަން މާނީއަށް އާރާޝް ބުނި ވާހަކަ އަޑު އިވުނެވެ. އެއާއެކު އޭނާގެ ހިތުގައި ޖެހުނެވެ. އާރާޝް ކުރިން ވެސް އެހެން ބުނެއެވެ. ގިނަ ފަހަރަށް ބުނާނީވެސް އޭނައާ ދިމާއަށެވެ. އެހެނަސް މިއަދު ވީ ފަދަގޮތެއް ނުވެއެވެ. ބަދިގޭ ދޮރުމަތީ ހުރި މާނީ ފެނުމުން އާރާޝްއަށް ތުންފަތުގައި ދަތް އަޅާލެވުނެވެ. މާނީއަށް އެ ވާހަކަ އަޑު އިވުމުން އާރާޝް ދެރަވާގޮތްވިއެވެ. “މާނީ އާރާޝް ބުނީ މާނީއަކާ ނީންނާނަމޯ!” އަހުސަމް އާރާޝް […]
އިރު އެރުމުގެ ކުލަވަރު އުނޑުމަތިން ފެންނަމުން ދިޔައިރު އެ މަންޒަރުގެ ފުރިހަމަކަން އިތުރު ކޮށްދިނީ އުސް އިމާރާތްތަކެވެ. އެފަދަ އިމާރާތްތެއްގެ އެކާވީސް ވަނަ ބުރީގެ ބެލްކަނީގައި ހުރި ޔަމާންގެ ނަޒަރު އެ ގުދުރަތީކަމުގެ ދެވަނައެއް ނުވާ ރީތި މަންޒަރުން ވަކިނުވެއެވެ. މިއަދަކީ ހޮނިހިރު ދުވަސްކަމުން ހޭލާ އުޅޭ މީހުން މަދުކަން އަންގައިދެނީ އިމާރާތްތަކުން އަލިކަމެއް ނުފެންނާތީއެވެ. ދަނބު ކުލައަކާއި އޮރެންގު ކުލަ އެކުވެރިކަމުގެ ގޮށްޖަހާލަމުން އުޑުމައްޗަށް ފާޅުވެލިއެވެ. ހަނދު ފަރުދާވެލިއެވެ. އެ ރަނިކަމަނާއަށް އަރާމު ކުރުމުގެ ފުރުސަތު […]
އަހަންނަށް މިހާރު ދުވާލެއް ރޭގަނޑެއް ވަކިނުވެއެވެ. އަބަދު ކަމަކީ ހިތާމަ ކުރުމެވެ. ފިކުރު ކުރުމެވެ. އައިފާ އަހަރެންނަށް ބޭވަފާތެރިވީ އެހެން ފިރިހެނެއްގެ އަވަައިގައި ޖެހިގެންނެވެ. އަހަންނަކަށް މިހާރު ހަމަ ނިދި ނުލިބެއެވެ. ނުއެސް ކެވެއެވެ. ކާހިތް ނުވާތީ އެވެ. ކަމެއް ކުރާހިތެއް ނުވެއެވެ. ދުނިޔެ މަތިން ފޫހިކުރުވައިފިއެވެ. އިންތިޒާރު ކުރެވެނީ މަރުވާނެ ވަޤުތަކަށެވެ. އައިފާއަށްޓަކައި ފުރަތަމަ މިހިތުގައި ވިންދެއްޖަހާލީ، އަހަރެމެން ގުރޭޑު ހަތަކަށް ކިޔެވި އިރުއެވެ. ދެމީހުން ލޯބީގެ ގޮތުން ގުޅުނީވެސް އެ އަހަރުއެވެ. 2013 […]
{ކިޔުންތެރިންނަށް: އަޅުގަނޑު ވަރަށް ބިޒީކޮށް އުޅެން ޖެހުމުގެ ސަބަބުން ވާހަކަ މެދު ކަނޑާލެވުނީތީ މަޢާފަށް އެދެމެވެ. އުންމީދުކުރަނީ މަޢާފު ކޮށްދޭނެ ކަމަށެވެ. އިރާދަކުރެއްވިއްޔާ މިވާހަކައިގެ ދެން އޮތްބައި މިރޭ އަޕް ކޮށްދެވޭތޯ ބަލާނަމެވެ.} (1 ހަފްތާ ފަސް)… އަހަރެން އިނީ ބޭރުގައެވެ. ޖޯލިފަތީގައި އިށީނދެލައިގެންނެވެ. ޚިޔާލުގައިވަނީ މިއަދު ވާންއުޅޭ ކަންތަކެވެ. މިއަދު ކޯޓުން ވަކި ގޮތެއް ކަނޑައަޅާނެއެވެ. ހެކި ސާބިތުވެއްޖެނަމަ ކައިސަން ޖަލުން ދޫކޮށްލާނެއެވެ. އޭގެ ބަދަލުގައި ކައިލާން އެހެންނޫނީ ޝީންއަށް ޖަލަށް ދާން މަޖުބޫރު ވެދާނެބާއެވެ؟ ނޫނީ އަގެއް ދީގެން އެދެމީހުން ކުރެ އެކަކުވެސް ޖަލަށް ނުދާގޮތަށް ބެހެއްޓިދާނެހެއްޔެވެ؟ ބަދަލުގައި އެއްޗަކަށް އެދެން ޖެހިއްޖެނަމަ އަހަރެން ބުނާނީ ކީކޭބާވައެވެ؟ ކައިސަން ގާތު އަހައިފިއްޔާ […]
އާ ދުވަހަކަސް އިރު އެރި އިރު އެންމެންނަށް ތިބެވުނީ ހޮސްޕިޓަލުގެ ވޯރޑެއްގައެވެ. ވީ ކީއްކަން އެނގުމުން ހަށި ފުރާ ނޭވައެއް ލެވުނެވެ.މި އެންމެން ދޫ ކޮށްލީ އޭގަ އެއް ގަޑިއިރު ފަހުންނެވެ. ޒައުލް އަނެއްކާ ގެއަށް ދާންވެގެން ކާރަށް އެރިއެވެ. އަދި އެހެން އެންމެންނަށް ހަނާ އަޅާލަމުން އަންނާށޭ ބުނެލިއެވެ.ނ އެންމެން ކާރުތެރޭގައި ހުރި އިރު ތިބީ ހިމޭންވެފައެވެ. މި ހިމޭންކަން ކަނޑުވާލީ ކައިލީން އެވެ. ”ގާއިޒް އިނގޭ ދިމާވީ ވަރަށް ބިރުވެރި ކަމެއްކަން ބަޓް އެ […]
ރައުލާ ނުފެނިގެން އެންމެ ފަހުން އިޝާން ކާރަށްވަނެވެ.ތަންކޮޅެއް ދުރުން އެއްޗެއް ފެނުނު ހެން ހީވިއިރު ރައުލާ ދުވަމުން އައިސް ކައިރި ކުރަނީއެވެ. އަވަހަށް ރައުލާ ކާރަށް އެރުމުން ޒައުލް ބާރު ސްޕީޑަކަށް ކާރު ދުއްވާލިއެވެ. ކައިލީން ކާރުގެ ކުރީ ސީޓުގައި އިން އިރު އިޝާން އާއި ރައުލާ ފަހަތުގައި އިނެވެ. ރައުލާ ވަރުބަލިވެގެން ގޮސް އިޝާންެގ ކޮނޑުގައި ނިދާލާފަ އޮތެވެ. 15 ވަރަކަށް މިނެޓު ފަހުން އަންހެނެއްގެ ހުނުމުގެ އަޑު އިވެންފެށިއެވެ. ކައިލީން ބިރުން ޒައުލް ގައިގައި […]
ވެލާނާ އިންޓަނޭޝަނަލް އެއާރޕޯޓުގެ ވެއިޓިން އޭރިއާރގައި ވަގުތުތަށް ގުނަމުން ދިޔަ ދެމަފިިރިން ކުރަމުން ދިޔަ އިންތިޒާރު ނިމުމަކަށް ގެނުވައިދިނީ ދެފަރާތަށް ކެހޭ ދޮރު ހުޅުވަމަށްފަހު ފޮށި ދަމަމުން ނިކުތް ޔަމާންއެވެ. ލީޒާމެން ދެމަފިރިންގެ ނަޒަރު ސީދާވެފައިވަނީ ޔަމާންއާއެވެ. އެމީހުންގެ ކުރިމަތީގައި ފިޔަވަޅުތަށް މަޑުޖައްސާލި ޔަމާންގެ ފައިން ފެށިގެން ބޮލާ ހަމައަށް އަވަސް ނަޒަރެއް ދިނެވެ. ލިޒާމެން ދެމަފިރިން އެކަންޏެއް ނޫނެވެ. އެތާނގައި ތިބި ގިނަ ބަޔެއްގެ ނަޒަރު ހުއްޓިފައިވަނީ ޔަމާންގެ އިސްތަށިގަނޑަށެވެ. ހުދު ކުލައަކަށްދާ މަޑު ދަންބު […]
ރޭގަނޑުގެ ރާނީ ކަމަށްވާ ސާދަ ވިލޭރޭ ހަނދު މިއްދު ވަރަށް ފުރިހަމައެވެ. ޒައުލް މެދުމިންވަރަކައް ދާން އޮތް މަގުން ދުއްވަނިކޮށް އެއްޗެއްގައި ޖެހުނެވެ. މުޅި ކާރު ތެރެއަށް އެ ބާރު އަޑު އިވުނެވެ. ޒައުލް ބޭރަށް ނިކުމެ ބެލިއިރު އެއްވެސް އެއްޗެއް ފެންނަން ނެތުމުން އަނެއްކާ އަރާ ދުއްވާލިއެވެ. އަނެއްކާވެސް މި އަޑު އެންމެންނަށް އިވުނެވެ. ދެ ވަނަ ފަހަރުވެސް ޒައުލް ނިކުތެވެ. 5 ވަރަކަށް މިނެޓު ވީއިރުވެސް ޒައުލް އެތެރެއަށް ނުވަދުމުން އިޝާން ބޭރަށް ނިކުމެ […]
ޔޫހާން އެހުރި ގޮތަށް ދެ ޖީބަށް އަތް ޖަހައިލައިގެން ދުރު ބަލަހައްޓައިގެން ހުއްޓެވެ. ޔޫހާންގެ އެ ދުރުކަން ފެނި އައިލީންގެ ދެ ލޮލަށް ވަގުތުން ކަރުނަ ޖަމާވިއެވެ. ” ޔޫހާން… ކިހިނެއް ވީ… ކަމަކާ ހިތްހަމަނުޖެހިފަތަ… މިހާ ދުވަސް ފަހުން ދިމާވީމަވެސް ހަގްވެސް ނުކޮށްލާނަންތަ…” ލޮލަށް ޖަމާވި ކަރުނަތައް ހިންދާލަން މަސައްކަތްކުރަމުން އައިލީން ބުނެލިއެވެ. ދެންވެސް އެ ހުރި ގޮތަށް އެއްވެސް އެއްޗެއް ބުނުމެއްނެތި ޔޫހާން ހުރީއެވެ. ޔޫހާން އެގޮތަށް އެއްޗެކޭ ނުބުނެ ހުންނަން ފެށުމުން އައިލީންގެ […]