Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
Featuredހިތާމަލޯބި

ކުށަކީ ކޮބާ؟ (10)

Kyleen Level 110 Stories
August 19, 2018 2 Mins Read
2 Comments

“ދެން ޒާން؟؟!!؟؟” ކައިލާން ގެ ސުވާލާއެކު އެންމެންގެ ކަޅި އަމާޒުވީ ކައިލާންއަށެވެ.

“އަޅުގަނޑުމެންނަށް ބަދަލުގަ އެއްވެސް އެއްޗެއް ދެވޭނެތޯ؟” ތެޅިތެޅި އޮތް ހިތަކާއެކު އަހަރެން އަހާލީމެވެ. “އާދެ! ދެވޭނެ! އެއްގޮތަކީ ހައްވާ ޝީން އަޙުމަދު ކަމެއް ކޮށްދިނުން ނޫނީ އެއްޗެއް ދިނުން. އަނެއް ގޮތަކީ ހައްވާ ޝީން އަޙުމަދު ޖަލަށް! ކުރަންވީ ކަމެއް ނޫނީ ދޭންވީ އެއްޗެއް ބުނުމުގެ ޙައްޤު އޮތީ އިބްރާހިމް ކައިސަންގެ އަތުގަ!” އޭނާ ބުންޏެވެ. “އަހަރެން ކޮންމެ ކަމެއްވެސް ކުރަން ތައްޔާރު! އަވަހަށް ބުނޭ!” ޝީން ބުނެލިއެވެ. ކެރިހުރެ ބުނިކަން އެ އަޑުންވެސް އެނގުނެވެ. އަހަރެން ވިސްނާލީމެވެ. ޝީން ޖަލަށް ގޮސްފިނަމަ ޒާން ބަލަހައްޓަން ޖެހޭނީ ކައިލާންއެވެ. ޒާން އަހަރެމެން ބަލަން ނިންމައިފިނަމަ ޝީންއާއި ކައިލާން އާ ދެމެދު އޮންނަ ގުޅުން އެއްކޮށް ކެނޑޭނެއެވެ. ވިސްނާ ވިސްނާ ސިކުނޑި ސުމަކަށް ދިއުމުން އަހަރެން ބަލާލީ ކައިސަންއާ ދިމާއަށެވެ. ކައިސަން ބުނާނެ އެއްޗެއްގެ އިންތިޒާރުގައި އަހަރެމެން ތިބީމެވެ. ކައިސަން އިނީ އިސް ޖަހައިގެންނެވެ. ކައިސަންގެ ސިކުނޑީގައި މޮޅު ޚިޔާލެއް ރާވަނީ ކަންނޭނގެއެވެ.

ކުއްލިއަކަށް ކައިސަން އިސް އުފުލާލިއެވެ. އެއްޗެއް ބުނަން އަނގަ ހުޅުވާލާފައި ބޫހޫރާލުމަށްފަހު އަނެއްކާވެސް އިސްޖެހިއެވެ. ފުން ނޭވާއެއް ބޭރު ކޮށްލިއެވެ. “އަވަސް ކޮށްލުން އެދެން! ތިޔަ ބޭފުޅުންނަށް ދެވިފައިވާ ވަގުތު ހަމަވާކަށް މާ ގިނައިރެއް ނެތް!” ކައިސަން އަނެއްކާވެސް އިސްއުފުލާ ބަލާލިއެވެ. ފަހަރަކު މީހެއްގެ މޫނަށް ބަލާލިއެވެ. އަހަރެންގެ މޫނަށް ބަލާލުމުން ހުރިހާ ކަމެއްވެސް ރަނގަޅުވާނެކަމަށް އިޝާރާތް ކުރާ ފަދަ ގޮތަކަށް ބޯޖަހާލީމެވެ. ކައިސަން އަނގަ ހުޅުވާ، ބޭނުންވާ ވާހަކަ ބުނެވޭތޯ މަސައްކަތް ފެށިއެވެ. “އަޅުގަނޑަށް ފެންނަނީ.. އަޅުގަނޑު.. އަޅުގަނޑަށް ހީވަނީ އެންމެ ރަނގަޅުވާނީ ކައިލާން އާ ޝީންއާ ދެމީހުން ކައިވަނި ކުރިއްޔާހެން!” ކައިސަން މިހެން ބުނެލުމާއެކު ކައިލާން އާ ޝީންއަށް ޝޮކެއް ލިބި އެކަކު އަނެކަކުގެ މޫނަށް ބަލާލިއެވެ. “އޭރުން ޒާންއަށް އުފާވެރި ޙަޔާތެއް ލިބޭނީ! މަންމައާ ބައްޕަގެ ލޯބި އެންމެ ފުރިހަމައަށް ލިބޭނީ އޭރުން! ބޭނުމެއް ނުވޭތަ ޒާންއަށް އުފާވެރި މުސްތަޤްބަލެއް ހޯދައިދޭކަށް؟” ކައިސަން ގެ ސުވާލު އަމާޒުވީ ޝީންއަށްކަން އެނގުނީ ކައިސަން، ޝީންއާ ދިމާއަށް ބަލާލުމުންނެވެ.

“އެކަމަކު ލޯބިނުވާ ދެމީހުން އިނދެގެން ކޮން ފައިދާއެއް ވާނީ؟” ޝީން ބުނެލިއެވެ. “ފަހަރެއްގާ ޝީން އަހަރެން ދެކެ ލޯބި ނުވެދާނެ! އެކަމަކު އަހަރެން އަބަދުވެސް ޝީން ދެކެ ލޯބިވޭ!” ކައިލާން ބުނެލިއެވެ. “ފަހަރެއްގާ އިނދެގެން އުޅެން ފެށީމަ ލޯބި ވެދާނެ!” އަހަރެންވެސް ޖަވާބު ދިނީމެވެ. އެންމެން ހިމޭންވިއެވެ. ހިމޭންކަން ފޫއަޅުވާލީ ކައިސަންގެ ސުވާލުންނެވެ. “ޝީން ނުބުނަންތަ ކޮންމެ ކަމެއްވެސް ކުރަން ތައްޔާރެކޭ؟” ދޮގެއް ނޫނެވެ. ޝީންގެ ދުލުން އެހެން ބުނެފައި ވެއެވެ.

“އޯކޭ! މައްސަލައެއް ނެތް! އަހަރެން ކައިލާންއާ އިންނަން އެއްބަސް!” ކައިލާންގެ މޫނުމަތި އުޖާލާވެގެން ދިޔައެވެ. ހަމައެކަނި ކައިލާން އެއް ނޫނެވެ. ކައިސަންގެ މޫނުމަތިންވެސް އުފާވެރިކަން ފެނިގެން ދިޔައެވެ. “އިބްރާހިމް ކައިސަންއަށް ގެއަށް ދެވޭނީ މިއަދު އިރުއޮއްސި ހައެއް ޖަހާއިރު!” އަނެއްކާވެސް އެވަގުތަށް އިންތިޒާރު ކުރަންވީއެވެ. ކައިސަންގެ މޫނުމަތިން އަނެއްކާވެސް ހިނިތުންވުން ގެއްލިއްޖެއެވެ.

އެތަނުން ނުކުންނަނިކޮށް ކައިސަން އަހަރެން ގަާތަށް ޖެހިލިއެވެ. “މިއަދަކީ ވަރަށް ޚާއްސަ ދުވަހެއް އިނގޭ! ހަނދާން އެބަހުރިދޯ؟” އަހަރެން ވަކި އެއްޗެކޭ ނުބުނަމެވެ. އެހެން ނަމަވެސް ކައިސަން ބުނި އެއްޗަކާ ދޭތެރޭ ވިސްނާލީމެވެ. އަހަންނަކަށް ހަނދާނެއް ނުވިއެވެ. ކައިލާންއާއެކު ސައިކަލުގައި މަންމަމެން ގެއަށް ދިއުމަށް ނައްޓާލީމެވެ. ޝީން އަމިއްލައަށް ގެއަށް ދާނަން ކަމުގައި ބުނުމުންނެވެ. ކުއްލިއަކަށް ހަނދާންވާފަދަ ގޮތަކަށް އަހަރެން ކައިލާންއާ ސުވާލު ކުރީމެވެ. “ޝީން އައި ގަޑީގަ ޒާން ބަލަހައްޓަނީ ކާކު؟” “އެގޭގަ ގެންގުޅޭނެ މީހަކު” ކައިލާން ޖަވާބު ދިނެވެ. “އޯ!” އަހަރެންވެސް ކުރުގޮތަކަށް ބުނީމެވެ. “ވަރަށް އުފަލުން ދޯ ތީނީ!” އަހަރެން ކައިލާން އާ ދިމާކޮށްލީމެވެ. “އުފާ ނުވާނީ ކާކު؟ ތެންކްސް ކޮއްކޯ.. ނޫނޭ ކައިސަން ދޯ!” ކައިލާން ހޭންފެށިއެވެ. އެގޮތުގައި އަބަދު ހެވިފައި ހުރުމަށް ކައިލާންގާތު އަހަރެން ބުނީމެވެ. އަދި އެގޮތަށް އުފަލުގައި ކައިލާންއާއި އޭނާގެ ކުޑަ ކުޑަ އާއިލާ ލެއްވުމަށް އެދި ހިތާހިތުން ދުޢާ ކޮށްލެވުނެވެ.

ގެއަށް ވަންނަމުން ކައިސަން ބުނި ވާހަކަ ހަނދާންވުމުން އަހަރެން މަންމައާ ސުވާލުކުރީމެވެ. މަންމަ ބުމަ ހިއްލާލީ ހައިރާންކަމާއެކުއެވެ. “ދަރިފުޅު ހަމަ ހަނދާނެއް ނެތް؟ މަންމަ ހީކުރީ ދަރިފުޅަށް އެނގޭނެކަމަށް!” އަހަންނަށް ހަމަ ހަނދާނެއް ނުވިއެވެ. އެންމެ ފަހުން ވެގެން އުޅޭގޮތް ކިޔައިދިނުމަށް އަހަރެން މަންމަ ގާތުން އެދުނީމެވެ. މަންމަ ވާހަކަ ފެށީ ވަރަށް ދުރު ދުރުންނެވެ.

******************

އެދުވަހަކީ ދަރިފުޅު މާލެއަށް ދިޔަ ދުވަހެކެވެ. މާކަ ކަނޑު ގަދައެއް ނޫނެވެ. 1 ގަޑިއިރެއް ހައި އިރުން މާލެއަށް ދެވުނެވެ. މާލޭގެ ބިމުގައި ފައިވެސް ނުޖެހޭނެ ކަންނޭނގެއެވެ. ދަިފުޅުގަ ބަނޑުގައި ރިއްސައިގަނެގެން ހަސްފަތާލަށް ގެންދެވުނެވެ. މަންމައާއި ކައިސަން އާއި ކައިލާންގެ އެހީގައެވެ. އެމްބިއުލާންސްގައި ގެންދެވުނީ އައި.ޖީ.އެމް.އެޗް ހޮސްޕިޓަލަށެވެ. ދަރިފުޅު ކުރިން މަސައްކަތް ކޮށްފައިވާ ތަނެއްކަމުން އެތާގައި ތިބި ގިނަ ނަރުހުންނަށް ދަރިފުޅަކީ ކާކުކަން ނަަގައިގަނެވުނެވެ. އެތަނުން އެކަކު ބުނި ގޮތުގައި ދަރިފުޅަކީ ވަރަށް ކުރާ ހިތުން އެތާގެ ވަރަށް ބައިވަރު މަސައްކަތް ކޮށްދީ އުޅުނު ޑަކުޓަރެކެވެ. ވަރަށް ހިތްހެޔޮ ޑަކުޓަރެއް ކަމަށް އަނެކަކު ބުންޏެވެ. މަންމަގެ ހިތް އުފަލުން ބަންޑުންވިއެވެ. ދަރިފުޅަށް ރަނގަޅު ތަރުބިއްޔަތެއް ދެވުނީތީވެއެވެ.

އެހެންނަމަވެސް އަނެއްކާވެސް ހަނދާންވީ ދަރިފުޅުމަތިންނެވެ. ދަރިފުޅު ބަނޑުގައި ރިހޭ ވަރުން މަރަށް ތެޅެނީހެން ހީވެ މަންމަގެ ލޮލުން ހޯސްލާފައި ކަރުނަތައް ފައިބައިގަންނަން ފެށިއެވެ. މަންމައަށް ހުރިތަނަށް ތިރި ވެވުނެވެ. އެމީހުން ދަރިފުޅު ވެއްދީ…

-ނުނިމޭ-

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Kyleen

Level 110 Stories

//story addict~love to write~love to read~inspired by reading and writing stories~loves to get comments from readers to improve my writing//

Other Articles

Previous

އުޖާލާވެގެންދިޔަ ޙަޔާތް (10)

Next

ކުށަކީ ކޮބާ؟ (11)

Next
August 19, 2018

ކުށަކީ ކޮބާ؟ (11)

Previews
August 19, 2018

އުޖާލާވެގެންދިޔަ ޙަޔާތް (10)

2 Comments!

  1. Boobu says:
    August 19, 2018 at 2:03 pm

    When next? I love this story

    1. Kyleen says:
      August 19, 2018 at 3:36 pm

      next part is up mihaaru

Comments are closed.

Next Episodeކުށަކީ ކޮބާ؟ (11)←


All Right Reserved!