Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

އުޖާލާވެގެންދިޔަ ޙަޔާތް (10)

No one Level 210 Stories100 Comments
August 19, 2018 2 Mins Read
11 Comments

އެތައްޒަމާންތަކަކަށްފަހު އަރީފް މާލެއައީ ދައްތައެއް ކައިވެނިކުރާތީކަމުގައިވިޔަސް ހިތުގައި ފޮރުވިފައިވަނީ ވަރުގަދަ އަޒުމެކެވެ. ދެއެކުވެރިންވެސް ފުރިހަމަ އުންމީދާއެކު އަތުކުރިއޮޅާލީ ނަސީމްއަށާއި ނަސްރީނާއަށް އިންސާފު ހޯދައިދިނުމުގެ ނިޔަތުގައެވެ.

*******

ހަނދު އޭގެ ދައުރު އެންމެ ފުރިހަމަގޮތުގައި އަދާކުރުމަށްފަހު އިރަށް ތަންދެމުން ފަހަތަށް ޖެހިލިއެވެ. އިރުއަރަމުންދިޔައިރު އޭގެ ރަންދޯދިތަކުން ކަނޑުގެ ލޮނުގަނޑު ވިދާބަބުޅަމުންދިޔަ މަންޒަރު ބަލަންހުރި އިރު ރިމްޝާހުރީ އާޝޯޙްވެފައެވެ. ނަމަވެސް ޤުދުރަތުގެ އެފަދަ ރީތި މަންޒަރުތައް ދައްކުވައިދިނުމަށް ކުޅަދުންވަަންތަވެރި ފަރާތުގެ މަތިން އޭނާ ކުޑަކޮންވެސް ހަނދުމަވާހެނެއް ހިއެއްނުވެއެވެ. ހޫނު ކޮފީއެއްބޮމުން ރިމްޝާ އިނީ ގޭގެ ބެލްކަނީގައި އިން ކުޑަގޮނޑިއެއްގައެވެ. އެއެޕާޓްމެންޓްހުރީ ފުދޭވަރަކަށް މަތީ ފަންގިފިލާއެއްގައިކަމުން ބެލްކަނީގައި އިންނައިރު ވަށައިގެންވިމާޙަލު ނުހަނު ރީއްޗަށް ފެންނަމުންދިޔައެވެ. މަޑުމަޑުން ޖެހެމުންދިޔަ ވައިރޯޅިތަކުގެ އިތުރުން ބެލްކަނީގައި ބަހައްޓާފައިހުރި މާގަސްތަކުގެ ސަބަބުން އެތަން ފެންނަމުންދިޔައީ ވަރަށްވެސް ހިތްގައިމުކޮށެވެ. ހުކުރުދުވަސްކަމުން އޮފީހަށްދާން ނުޖެހޭތީ އޭނާ އިނީ ހިސާބަކަށް ހިތްހަމަޖެހިފައެވެ.

” އޭ އަސްލުވެސް މިތަން ހާދަބޮޑޭ. ނަސީބެއްނު އެހެން ތަނެއް ނުހިފުންކަން. މަ މެލޭގަ އުޅޭ ރޫމްގެ ދެގުނަ އެބަހުރި ދޯ މިތާ.” އައިހަމް ކުއްޔަށް ހިފައިގެންއުޅޭ ކޮޓަރީގެ ތެރެޔަށް ވަންނަމުން އަރީފް އެހެންބުނީ ވަށައިގެން ތަންތަން ހޯދަމުންދިޔަ ޙާލުގައެވެ. ވަދެގެންދިޔަގޮތަށްގޮސް އައިހަމް އަތަށް ދަބަސްދެމުން އެތަނަވަސް ކޮޓަރިތެރޭގައިހުރި ކިންގް ސައިޒްގެ ބޮޑު އެނދުމައްޗަށް ވެއްޓިގަތެވެ. ހިނިގަނޑެއްޖަހާލާފައި އައިހަމް ގޮސް ލެޕްޓޮޕް ނަގާފައި އޭގެން ކޮންމެވެސް މަސައްކަތެއްކުރަންފެށިއެވެ. ” އޭ އިއްޔެ ގުޅިއޭ އަރީ ބައްޕަ. އަހަރެންނަށް ކޫލް ބޮސްއެއް އިނގޭ މިހިރީ ލިބިފަ. އަހަރެން އޮފް ހަމަވީމަ ދާވާހަކަ ބުނީމަ ބުނީ އަރީއާ ދެމީހުން މަޖާކޮށްލާފަ ދެމީހުން އެއްކޮށް ދާށޯ.” ކުއްލިޔަކަށް ހަނދާންވި ފަދައަކުން އައިހަމް ބުންޏެވެ. އަރީފްއާއި އައިހަމް މަސައްކަތްކުރަމުންދިޔައީ އަރީފްގެ ބައްޕަ އަނީސްގެ އޮފީހުގައެވެ. ” އޯހޯ. އެހެންވީމަ މަ އަންނައިރަށް ދާންތާދޯ ނިންމައިގެން ތިހުރީ.” އެނދުމަތީގައި އޮވެފައި ކުއްލިއަކަށް ފުންމައިގެން އަންނަމުން އަރީފް ބުންޏެވެ. އަރީފްގެ އަތުގައި އޮތް ބާލީސް ފެނިފައި އައިހަމްވެސް ވަގުތުން ލެޕްޓޮޕް ބައިންދާފައި ދުއްވައިގަތީ އަރީފްގެ ފަރާތުން އަންނާނެ ހަމަލާއިން ފިލުމަށެވެ. އަރީފް ބަލާކަށްނުހުރެ ބާލީސް އައިހަމް އާއި ދިމާއަށް ހޫރާލިއެވެ. އެގޮތުގައި ދެއެކުވެރިންވެސް ސަކަރާތްޖެހުމުގައި އުޅެނިކޮށް މިޝާލްގެ ފޯނުކޯލެއް އައެވެ.

އާދައިގެ ގޮތަކަށްހުރި ކޮޓަރިއެކެވެ. މެންދުރުގެ ހޫނުގަދަ ވަގުތު ހާމަޔަށް އިރުގެ އަލިކަން ލިބެމުންދިޔަ ނަމަވެސް ކުޑަދޮރުގައި ހުރި ދޮރުފޮތިތަކުން ހުރިހާ ދޮރެއް ނިވާކޮށްފައިހުރުމުގެ ސަބަބުން އެކޮޓަރިތެރޭގައިވަނީ ފަނޑު އައްޔެކެވެ. އެނދުގައި އޮށޯވެލައިގެން އޮތް ދެބައިއުމުރުގެ އަންހެނާގެ ނަޒަރު ސީދާވެފައިވަނީ މަޑުމަޑުން އެނބުރެމުންދިޔަ ފަންކަލަށެވެ. އިތުރު އެހެން މަޚްލޫޤެއްގެ ހިލަމެއްވެސް ނުވާ އެގޭގައި އޮތްއިރު އެއަންހެނާގެ ދެލޯ ތެއްމަމުންދިޔައީ ދިޔައީ ހޫނުކަރުނަތިކިތަކުންނެވެ. ދޭތެރެޔަކުން ގިސްލުމުގެ އަޑު އިވެމުންދިޔައެވެ. އެއަންހެނާގެ ހަށިގަނޑު އަނަރޫފަވެފައިވާއިރު ދެލޯވަނީ ވަޅުވަދެފައެވެ. ހިތްދަތިކަމާއި ކުށްވެރިކަމުގެ އިޙްސާސުން އެއަންހެނާ ދިޔައީ ވަށާލެވެމުންނެވެ.

ހުކުރުނަމާދަށް ގޮސްފައި މިޝާލް ގެއަށްއައި އިރު މީޝާމެން އުޅުނީ ކާންހަދާށެވެ. “މިއަދު ހަވީރަށް ރަނގަޅު އެއްޗެއް ތައްޔާރުކުރައްޗޭ. އަހަރެންގެ ދެރައްޓެހިންނަށް އިންވައިޓްކުރިން ހަވީރަށް.” ސިޓިން ރޫމްގައިހުރި ސޯފާގައި އިށީންނަމުން މިޝާލް ބުންޏެވެ. ” އޯކޭ. އޯޑަރ ކުރާނީ ދޯ ކޮންމެސް އެއްޗަކަށް. އޭރުން މާ ރަނގަޅުވާނެ އައި ތިންކް.” މީޝާވެސް އޭނަގެ ހިޔާލުފާޅުކޮށްލިއެވެ. ” އޯކޭވާނެ ތިގޮތްވެސް.” މީޝާގެ ހިޔާލާ އެއްގޮތަށް އެއްބަސްވަމުން މިޝާލްވެސް ކާންދިޔައީ ރިމްޝާ ކާން ހަދާނިންމާފައި ގޮވާލުމުންނެވެ.

ހަވީރުގެ ހިތްގައިމު ވަގުތެވެ. ދުއްވާއެއްޗެހިން ތޮއްޖެހިފައިވާ މަގުމަތީގައި ދެޒުވާނުންވެސް ސައިކަލެއްގައި ދަތުރުފެށިއެވެ. ދިހަވަރަކަށް މިނެޓްގެ ދަތުރަކަށްފަހު އެދެމީހުންގެ މަންޒިލާހަމައަށް ފޯރިއެވެ. މާކަބޮޑު ވިސްނުމެއްނެތި  އެޑްރެސްކިޔާލުމަށްފަހު ކުރިމަތީގައިހުރި އެޕާޓްމެންޓްގެ ބެލްޖަހާލިއެވެ. ގިނައިރު މަޑުކުރާކަށްނުޖެހުނެވެ. ދޮރު ހުޅުވާލައިފިއެވެ. ނަމަވެސް ކުރިމައްޗަށް ބަލާލުމާއެކު ދެޒުވާނުންވެސް ހުރިފިޔަވަޅުމަތީ ގަނޑުވެފައިތިބީ އެސްފިޔަވެސް ޖަހާލަން ނޭންގިފައެވެ.

Share Article

Follow Me Written By

No one

Level 210 Stories100 Comments

I'm a 18 year old girl who have always loved to read and write stories

Other Articles

Previous

ކުށަކީ ކޮބާ؟ (9)

Next

ކުށަކީ ކޮބާ؟ (10)

Next
August 19, 2018

ކުށަކީ ކޮބާ؟ (10)

Previews
August 19, 2018

ކުށަކީ ކޮބާ؟ (9)

11 Comments!

  1. Hairaan says:
    August 20, 2018 at 12:25 am

    Ehaa ginadhuvas kohfa up kurany ehaa kurukoh

    1. No one says:
      August 20, 2018 at 1:50 pm

      Sry dear.. 10 ga upheythy vr bxy ehnve lass vany.. hope u will understand.

    2. No one says:
      August 20, 2018 at 1:53 pm

      Ulheythy*

  2. Neih bunaa hitheh says:
    August 20, 2018 at 12:57 am

    Vrh reethi mi part ves waiting for next part ?

    1. No one says:
      August 20, 2018 at 1:51 pm

      Thankss.

  3. Hoodh says:
    August 20, 2018 at 9:38 am

    Vrh reethi story but up kolleveyleh lahee maa

    1. No one says:
      August 20, 2018 at 1:52 pm

      Thanks. I will try to upload next part as soon as possible.

  4. Hairaan says:
    August 21, 2018 at 2:50 pm

    No one …sorry

  5. Ibsha says:
    September 29, 2018 at 11:10 pm

    Kba part 11

  6. kookie says:
    December 10, 2018 at 12:23 pm

    hey No One.. alhe koba tha next part.. varah kiyaahithun ey miulheny. keeve tha up nukurany. are u bxy.

  7. starlight vixx says:
    July 3, 2020 at 1:21 pm

    Hey no one where is story

Comments are closed.



All Right Reserved!