ހިތް އެދުނަސް… (13)
“މިހުރިހާ ކަމެއްގެ ފަހަތުގައި ވަނީ… ފަހަތުގައި ވަނީ… އަޔާން ގެ… އަޔާން ގެ އާއިލާ…” ލޯ މަރާލުމަށްފަހު މަލަކް ހާމަ ކޮށްލި ހަޤީގަތުން އަޔާން އަށް ދެލޯ ބޮޑު ކޮށްލެވުނެވެ. ކީކޭ ހޭ އަދި އެއްފަހަރު އަހާލެވުނީ ހައިރާންވެފައި އިނދެއެވެ. “އާނ… އަޔާން ގެ އާއިލާ… އަހަރެންނާ އަޔާން އާ ދުރުކުރުވީ އަޔާން ގެ އާއިލާ” މަލަކް ބުނެލިއެވެ.
“މަލަކް ތި ބުނަން އުޅެނީ އަހަރެންގެ އާއިލާ މަލަކް އާއި ދުރު ކުރުވީ މަލަކް އަކީ…” އަޔާން އަށް ވާހަކަ ދެއްކޭ ގޮތް ނުވުމާއެކު ދެއަތުން ބޮލުގައި ހިފައްޓާލެވުނެވެ. “އާނ… އަހަރެންނަކީ ނިކަމެއްޗަކަށް ވީމަ… އަހަރެންނާ އަޔާން އެކަށީގެންނުވާތީ…” މަލަކް ބުނެލިއެވެ. އޭރު އޭނާގެ ލޮލުން ވެސް ކަރުނަ އަންނަމުން ދަނީއެވެ. ހިތްވަރު ކުރަން ކިތަންމެ މަސައްކަތަތެއް ކުރިނަމަވެސް މަލަކް އަށް ވެސް މިވަގުތު ހިތް ވަރު ކުރެވޭ ގޮތެއް ނުވިއެވެ. އަނެއްކާވެސް ރޮވެން ފެށުނެވެ. އަޔާން އޭނާ އަށް ގެއްލިދާނެތީވެސް ބިރުގަންނަނީ އެވަރަށެވެ.
“އަހަރެންނަށް ތަންކޮޅެއް ސާފުކޮށް ކިޔައދީބަލަ… މަލަކް… އަހަރެން އިތުބާރު ކުރާނަމޭ” މަލަގް ގެ އަޑުންނާ މޫނު މަތިން އޭނައަށް ފެންނަނީ ތެދުވެރިކަމެވެ. ދޮގު ހަދަމުން ދިޔަ ކަމުގެ އެއްވެސް އަސަރެއް ނުވާ އެ މޫނުމަތީގައިވަނީ ހިތާމަ ވެރިކަމުގެ އަސަރުތަކެވެ.
އަޔާންގެ ވާހަކައިން މަލަކް އަށް ހަމަޖެހެވުނެވެ. އަޔާން އޭނާ އަށް އިތުބާރު ކުރާނޭކަމުގެ ޔަގީން ކަން އޭނާ އަށް ލިބިގެން ދިޔައވެ.
އަޑު އިވެމުން ދިޔަ ވާހަކަ ތަކުން އަޔާންގެ އަތް މުށްކެވެމުން ދިޔައެވެ. އަންނަމުން ދިޔަ ރުޅިން މީހާގެ ދަތްތަކަށް ބާރު ކުރެވެމުން ދިޔައެވެ.
“އައި އެމް ގޮނަ ކިލް ދެމް” ރުޅިއައިވަރުން އަޔާޏް އަށް ބުނެވުނެވެ.
“އަޔާން… އެއްވެސް ވާހަކަ އެއް އިނގުނު ކަމަށް ނުހަދައްޗޭ… އޭރުން އަނެއްކާ އަހަރެންނަށް ވާނޭ ގޮތެއް ނޭނގެ” މަލަކް ބުނެލިއެވެ. އަޔާން އަށް އެ ހުރިހާ ވާހަކަ އެއް އެނގުނީ މަލަކް ބުނެގެންނަން އެނގެން އޭނާ ބޭނުމެއް ނުވެއެވެ.
*****************************************
އަޔާން އާއި މަލްކް އާ ދެމީހުން ރައްޓެހިވެގެން އުޅޭތަ އެތަކެއް ދުވަހެއްވީއިރުވެސް އެ ގުޅުނ އޮތީ އަޔާންގެ އާއިލާ އަށް ސިއްރުކުރެވިފައެވެ. ރައްޓެހިވެގެން އުޅޭތާ އަހަރެއް ފަހުން މަލަކް އެ ގުޅުމުގެ ވާހަކަ އާނިސާ ގާތު ދެއްކުމުން އޭނާ ވެސް އެ ގުޅުމާ ރިހޭކަން ހާމަކުރިއެވެ. އެހެންކަމުން ދެމީހުން ނަށް ލިބުނު މިނިވަންކަން ބޮޑުވެގެން ދިޔައެވެ. އަޔާންގެ އާއިލާ އަށް ސިއްރުން އަޔާން މަލަކް މެން ގެއަށް ގޮސް ހަދައެވެ. އާނިސާ އާއި ޝާމިން އާއި އެކު ވަގުތު ހާދަކުރެއެވެ. އެކަކު އަނެކަކާ ސަކާރާތް ޖެހުމުގައި އެތަކެއް ވަގުތު ތަކެއް އެންމެން ހޭދަކުރިއެވެ.
އަވިގަދަ ދުވަހެކެވެ. އިރުގެ ހޫނު އާވިން ބިންގަނޑޫ ފިއްސާލަން އުޅޭފަދައެވެ.
އާދައިގެ މަތިން އަޔާން މަލަކް މެން ގެއަށް ދިޔައީ އާނިސާ އާއި ވެސް ބައްދަލު ނުވާތާ ދެތިން ދުވަސް ވެފައި ވާތީއެވެ.
“އަނހާ ދަރިފުޅާ… ” އާނިސާ ޖޯލިފަތީގައި އިނދެފައި އަޔާން ފެނުމާއެކު ގޮވާލިއެވެ. އަޔާން ހީލަމުން ގޮސް ޖޯލިފަތީގައި އިށީނެވެ. “މަލަކް… ދަރިފުޅާ އާދެބަލަ. އަޔާން އައިސް މި އިނީ” އާނިސާ މަލަކް އަށް ގޮވާލިއެވެ. ކޮޓަރިތެރޭން މަލަކް ގެ އަޑު އިވުނެވެ.
“ލައްބަ މަންމާ އެބަ ދަން…”.
މަލަކް އައުމާއެކު އާނިސާ މަލަކް ގާތުވެސް ޖޯލީގައި އށީނުމަށް ބުނެލިއެވެ. ޝާމިން ފެންނަން ނެތީ އިތުރު ގަޑީގައި ސްކޫލަށް ގޮސްވީތީއެވެ.
“މަންމަ އެބަ ޖެހޭ ދެކުދިންނާ ވާހަކަ އެއް ދައްކަން…” އާނިސާ ވިސްނާލާފައި ވާހަކަ ދައްކަން ތައްޔާރުވެލިއެވެ.
“ދެކުދިންވެސް މިހާރު ތި އުޅެނީ އެކަކު އަނެކަކާ ރައްޓެހިވެގެން… އަޔާން ގެ އާއިލާ އަށް ވެސް އެނގުން މުހިންމު ކަމުގައި މަންމަ ދެކެން…” އާނިސާ ދައްކަން އުޅޭ ވާހަކަ އަށް ފުރިހަމަ ސަމާލް ކަން ދީގެން ތިބި އަޔާން އައި މަލަކްއަށް ވެސް އާނިސާ ބުނަން އުޅޭ ވާހަކަ ގެ ހިލަމެއް ވިއެވެ.
“ބުނަން މިއުޅެނީ މިކަމަކީ އަޔާން ގެ އާއިލާ ވެސް ރުހޭ ކަމެއްތީ ނޫނީ ނޫންތޯ ބަލަން ވޭނެއެއް ނޫންހޭ” އާނިސާ ބުނެލިއެވެ. އަޔާން އަށް ވެސް ވިސްނާލެވުނެވެ. މަލަކް އަށް ވެސް މެއެވެ. ދެމީހުން ދެމީހުންނަށް ސިއްރު ނަޒަރެއް ދިނެވެ.
“ކީކޭ ތަ ތިކުދިން ބުނަނީ… ކޮބާ ހިޔާލަކީ” އާނިސާ އަހާލިއެވެ.
“އިންޝާ ﷲ ދެން ވަރަށް އަވަހަށް ބުނާނަން… ” އަޔާން ބުނެލިއެވެ. އޭރު އޭނާގެ ސިކުނޑީގައިވެސް އެ ވާހަކަ މަންމަ އާއި ބައްޕަ ގާތު ބުނުމުގެ ހިޔާލް އެނބުރެމުން ދިޔައެވެ.
ހަލުވިކަމާއެކު ހަފްތާއެއް ފާއިތު ވެއްޖެއެވެ.
ހަފްތާއެއް ގެ ތެރޭގައިވެސް މައިންބަފައިން ގާތު އެވާހަކަ ދައްކާނޭ ގޮތެއް އަޔާން އަކަށް ނޭނގުނެވެ. އެކަމާ މަލަކް އަޔާން އާއި ދެތިންފަހަރު ސުވާލުވެސް ކޮށްފިއެވެ. އެހެންނަމަވެސް އަޔާން ގެ ފަރާތުން މާ އެދެވޭ ޖަވާބެއް މަލަކް އަކަށް ނުލިބުނެވެ.
އެއީ ވެސް ހިތްގައިމު ރީތި ރެއެކެވެ. އަޔާން އާއެކު މަލަކް ތުނޑިއާ ދިމާލަށް މިސްރާބުޖެހީ ދެމީހުން އެކުގައި ހިންހަމަ ޖެހޭ ވަގުތު ކޮޅެއް ހޭދަކޮށްލުމަށެވެ. އެކި ކަންތައް ތަކާ ބެހޭ ގޮތުން މަޝްވަރާ ކޮށް ވާހަކަ ދައްކާލުމުގެ ބޭނުމުގައެވެ.
މަލަކް އާއި އަޔާން އާއި ދެމީހުން ގޮސް އިށީނީ ހޭޅިފަށުގައެވެ. ހަނދުވަރުގެ އަލިން މުޅިތަން ޖަރވެފައިވާއިރު މުޅި މާހައުލަށް ވެސް ވެރިވެފައި ވަނީ އާދަޔާ ހިލާފު ހަމަ ހިމޭން ކަމެކެވެ. ބިމުގެ އަޑީގައި ސަކަރާތް ޖަހަމުން ދާ ފަނިފަކުސަ ގޮވާ އަޑު ކެނޑިނޭޅި އިވެމުން ދިޔައެވެ. ދެ ޒުވާނުންގެ ހިތަށް ވެސް ހަމަޖެހުން ގެނުވާ މާހައުލަކަށް އެ ތުނޑި ވަނީ ވެފައެވެ.
ދެ ޒުވާނުން އެކަކު އަނެކަކާ އެކު ވަގުތު ހޭދަ ކުރަން އާއްމުކޮށް ދާ ތަނަކަށް އެ ތުނޑި ވެފައި ވާއިރު ކޮންމެ ރެއެއްވެސް އެ ތުނޑީގައި ވަގުތުތައް ދެ ޒުވާނުން ހޭދަކުރަނީ އުފާވެރިކަމާއެކުގައެވެ. ހިތްގައިމު ކަމާ އެކުގައެވެ. އެއްވެސް ފިކުރެއް ހިޔާލެއް ނެތިއެވެ. ކަންބޮޑުވާން ޖެހޭ އެއްވެސް ސަބަބެއް ނެތެވެ. އެކަކު އަނެކަކަށް އެތަކެއް ވައުދުތަކެއް ވުމުގައެވެ. މުސްތަގްބަލާ މެދު ފޮނި އުންމީދުތަކެއް ކުރަމުންނެވެ. އެކަކު އަނެކަކުގެ ހިތުތެރޭގައި ހިނގާ ޖަޒުބާތުތައް އެއްވެސް ހުރަހެއްނެތި އެކަކު އަނެކަކާ ހިއްސާ ކުރަނީ ދެމީހުން ވެސް އެކަކު އަނެކަކަށް ކުރާ އިތުބާރެއްގެ ބޮޑުކަމުންނެވެ. އަބަދުވެސް ދުވަސް ދާ ގޮތާ ކުރިއަށް ރާވާފައިހުރި ކަންތައް ތައް ދެޒުވާނުން އެކަކު އަނެކަކާ ހިއްސާކުރެއެވެ. އަންނަން އުޅޭ ތޫފާނުގެ ކުޑަވެސް ހިލަމެއް މަލަކް އަކަށް ނުވެއެވެ. އަޔާން އަށް ވެސް މެއެވެ.
މަލަކް އާއި އެކުގައި އަޔާން ވެސް ތެދުވީ މާ ގިނަ އިރު ތުނޑީގައި ތިބެވުނީތީ ގެއަށް ދިޔުމަށެވެ. އޭރު ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. ތެދުވެ ދެ ޒުވާނުން އެކަކު އަނެކަކު ގެ އަތުގައި ހިފައިގެން ހިނގައިގަތްތަން ތޫނު ދެލޮލެއްގައި އަޅައިގެންފިއެވެ. އެ މީހެއްގެ އަތް މުށްކެވިގެން ދިޔައެވެ.
އަޔާން އާއި އެކު ހިނގަމުން ދިޔަ މަލަކް ގެ ތުންފަތް މަތީގައި ވަނީ ހިނިތުންވުމެކެވެ. އަޔާން އެ އަތަށް ފިތާލާ ކޮންމެ ފަހަރަކު އެ ހިތުގެ ހިގުން ބާރުވެ މީހާ ގެ ނަފްސަށް ނޭނގޭ ޖަޒުބާތުތަކެއް ވެރިވެގެން ދެއެވެ. އެއިން ކޮންމެ ފަހަރަކު އަޔާން އަށްޓަކައި އެ ހިތުގައިވާ ލޯބި ފުންވެގެން ދެއެވެ. އަޔާން އާއެކު އުޅޭނޭ އުފާވެރި ދިރިއުޅުން މަލަކް ގެ ލޯ ކުރިމަތިން ފެންނަފަދައެވެ.
މި ވީހާތަނަށް ވެސް މަލަކް އަށް އަޔާން ގެ ފަރާތުން ހިންހަމަ ނުޖެހޭ އެއްވެސް ކަމެއް ފެނިފައެއް ނުވެއެވެ. އަޔާން ގެ ކޮންމެ އަމަލެއްގައި ވަނީ ލޯބިވެތިކަމެވެ. މަލަކް އަށް ޓަކައި އެ ހިތުގައި ވާ ފުން ލޯބި މަލަކް އަށް ސިއްރެއްނުވެއެވެ. އަޔާން ގެ ލޮލަށް ބަލާލާ ކޮންމެ ފަހަރަކު މަލަކް އަށް ހިނިތުންވެވެނީ އެހެންވެއެވެ. އެ ތެދުވެރި ލޯބީގައި ކޮޅުފައިން ޖެހުމަކީ އޭނާ ދުވަހަކުވެސް ބޭނުންވާ ގޮތެއް ނޫނެވެ.
މަލަކް ގެ އުފާވެރިކަމަށް އެޅެމުން ދިޔަ ހުރަހެއް ކަމުގައި އެ ތޫނު ދެލޮލުގެ ވެރިޔާ ވެދާނެކަމީ މަލަކް ދުވަހަކުވެސް އުންމީދު ކުރިކަމެއް ނޫނެވެ.
މަލަކް ގެއަށް ލާފައި އަޔާން ދިޔުމާއެކު މަލަކް ވެސް ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން އޮށޯތީ ނިދާލުމުގެ ބޭނުމުގައެވެ. ބޮލަށް ފެންއަޅައިގެން ނުކުމެ އެނދުމައްޗަށް ވެއްޓީގަނެ އިސްތަށިގަނޑު އެލުވާލާ މަލަކް ފަންކާއަށް ނަޒަރު ހުއްޓާލިއެވެ. އެ ހިތުގައި ވަނީ އަޔާން ގެ ނަމެވެ. އެ ފުރިހަމަ ބެލުމެވެ. އެ ލޮބުވެތި ހަރަކާތް ތަކެވެ. އަޔާން އާއެކު އުފާވެރި ދިރިއުޅުމެއް އުޅުމަކީ މިހާރު އޭނާ އެންމެ ބޭނުންވާ ކަންތަކެވެ. އެ ދެމެދަށް އިތުރު އެއްވެސް މީހަކު ވަނުމަކީ އޭނާ އެދޭ ކަމެއް ނޫނެވެ.
ދެ އާއިލާގެ ވެސް ރުހުމުގައި މަލަކް ބޭނުންވަނީ ވީހާވެސް އަވަހަކަށް އަޔާން އާއި ކައިވެނިކުރާށެވެ. އެ ދެމީހުންނޭ ކިޔައިގެން ރަށުތެރޭގައި އެއްވެސް ވަރަކަށް ވާހަކަ ދެކެވުމަކީ މަލަކް އެދޭ ކަމެއް ނޫނެވެ. އޭނާ އަށް ވުރެވެސް ބޮޑަށް މަލަކް ވިސްނަނީ އަޔާން އާ މެދުގައެވެ. އަޔާން ގެ ނަމަށް ހުތުރުވާނޭ އެއްވެސް ގޮތަކަށް މަލަކް އެއްވެސް ކަމެއް ކޮށްގެން ނުވާނެއެވެ.
“އައި ލަވް ޔޫ އަޔާން” މަލަކް ގެ ދުލުން ބޭރުވިއެވެ. އެ ހިނދު ފުޅާ ހިނިތުންވުމެއް އެ ތުންފަތުގައި ދުވެލިއެވެ. މަލަކް ނިދަން ވެގެން ފެންބޮއިހަދައިގެން އައިސް އެނދުގައި ޖައްސާލިތަކާ ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. އަޔާން ކަން ޔަގީން ވުމާއެކު މަލަކް އެ ފޯން ނަގާ އަވަސް އަވަހަށް މެސެޖް ކިޔާލިއެވެ.
އެހެންނަމަވެސް މެސެޖް ކިޔަމުން ދިޔަ ވަރަކަށް މަލަކް ގެ ތުންފަތް މަތީގައި ވި ހިނިތުންވުން ފިލަމުން ދިޔައެވެ. އިސާހިތަކު އެ ހިތް ބިރުވެރިކަމުން ފުރުނެވެ. ދެލޯ ކަރުނުން ފުރުނީ އެއްވެސް އިޚްތިޔާރެއްނެތިއެވެ. މީހާގެ ނަފްސަށް ހަލަބޮލިކަން ވެރިވުމާއެކު މަލަކް އަށް ހުރި ތަނަށް ތިރިވެވުނެވެ. ބޮލުގެ އިސްތަށިގަނޑުގެ ތެރެއަށް އަތް މަހާލުމާއެކު މަލަކް އަށް އަޔާން ގެ ނަން ދުލުން ބޭރު ކޮށްލެވުނެވެ.
*******************
“މަލަކް ހުއްޓާލާފަ އަހަރެންނަށް ކިޔައިދީބަލަ… ކާކުތަ މެސެޖް ކުރީ” މަލަކް ގެ ވާހަކަތަކަށް ސަމާލުކަން ދީގެން ހުރި އަޔާން އަށް މަލަކް ގެ ގިސްލެވުން އަޑު އިވުމާއެކު މަލަކް ގެ އަތުގައި ހިފާލާ އަޔާން އާއި ގާތަށް ދަމާލިއެވެ. އަދި ވީ ގޮތް އޭނާ އަށް ރަނގަޅަށް ކިޔައިދިނުމަށް އެދުނެވެ. ކަރުނަތަށް ފޮހެމުން ދިޔަނަމަވެސް މަލަކް ގެ ގިސްލުމަށް ކުޑަވެސް ބަދަލެއް ނާދެއެވެ.
ބުނެވެން މިއުޅެވޭ ހަގީގަގަތަކީ ކިހާވަރެއްގެ ހަގީގަތެއްކަން މަލަކް އަށް އިހްސާސް ވެއެވެ. އަޔާންގެ އަމަލް ތައް ހުންނާނީ ކިހިނެތްކަން ހުދު މަލަކް އަކަށް ވެސް ނޭނގެއެވެ.
އަޔާން ގެ އެތަކެތް އާދޭހަކާއެކި މަލަކް ރުއިން ހުއްޓާލިއެވެ. ކޮންމެ ހާލެއްގައިވެސް މަލަކް އާ އެކު އަޔާން ހުންނާނޭކަން ޔަގީންވެއެވެ. އެހެންނަމަވެސް…
“އައި ވިލް ބީ ވިތް ޔޫ އައި ޕްރޮމިސް” މަލަކް ގެ ލޮލަށް ބަލާލަމުން އަޔާން ބުނި ބަހުގައި ވަނީ ޔަގީން ކަމެވެ. އަޔާން ގެ ވާހަކައިން މަލަކް ގެ ހިތަށް ކުޑަނަމަވެސް ހިންހަމަޖެހުމެއް ލިބުނެވެ. އޭނާ ވާހަކައައިގެން ކުރިއަށް ދިޔައެވެ.
*********************
ފޯން ހުޅުވާފައި މެސެޖް ކިޔާލި މަލަކް އަށް އިށީނދެވުނެވެ. އަޑުން އަޑު ނަގާ ނުރޮވުނީ ކިރިއާއެވެ.
އަޔާން އާއި ވައިވެސް އެޅިގެން ނުވާނެ… އެހެން ވެއްޖެ ކަމުގައި ވަނީނަމަ ހުރިހާ ގެއްލުމެއް ވާނީ ކަލެއާއި ކަލޭގެ އާއިލާ އަށް.. އަޔާން އާއި އެއްފެންވަރަށް ދެވޭނެ އެއްވެސް ތަނަވަސް ކަމެއް ކަލޭގެ ނެތް… މަންމަ ނުކުޅެދޭ ހާލުގަ… ތަންތަނުން ސަލާން ޖަހައިގެން އުޅެވޭ ފެންވަރުގެ މީހަކު އަޔާން ކަހަލަ މީހަކާ އެކު އުޅޭނީ ކިހިނެތް؟. އަޔާން އާއި ބަލާފައި ކަލޭ ތީ އެއްވެސް މީހެއްނޫން… އަޔާން ގެ އާއިލާ ކަލެ އާ ދުވަހަކުވެސް ގަބޫލެއް ނުވާނެ… އާއިލާ އާއި ދެކޮޅަށް ކަމެއް ކުރުމުގެ އެއްވެސް ގާބިލް ކަމެއް އަޔާން ގެ ނުހުންނާނެ… ހުރިހާ ދެރައެއްވެސް ލިބޭނީ ކަލެއަށް… ރަނގަޅުވާނީ ރީތި ގޮތުގައި އަޔާން ދޫކޮށްލިއްޔާ… މަ ނުބައި ވިއްޔާ ވަރަށް ނުބައިވާނެ… އަދި މިއުޅެވެނީ ކާކުކަން ވެސް ނުބުނެ… މަށަކީ..” މެސެޖް ކިޔާ ނިންމާލި މަލަކް އަށް ފުންކޮށް ނޭވާ ވެސް ލެވެމުން ދިޔައެވެ. މުޅި މީހާގެ ނަފްސަށް އަންނަމުން ދިޔަ ބަދަލް ތަކުން ހަށިގަނޑުގައި މަޑު ތުރު ތުރެއް ވެސް އުފެދިފައިވެއެވެ.
އަޔާން އާއި ހިއްސާކުރަން ހިތަށް އަރާފައިވެސް މަލަކް އެ ހިޔާލް ދޫކޮށްލީއެވެ. އެއީ ކާކުކަން އެނގުމަށްފަހު މަލަކް ގެ ހިތުގެ ހިނގުންވެސް ހީވީ ހުއްޓުނުހެންނެވެ. މަޑު މަޑުން ތެދުވެ އެނދުގައި އިށީނެވެ. އަދި ފޯން ނަގާ އަޔާން ގެ ނަންބަރަށް ބަލަހައްޓައިގެން އިނެވެ. ދެ ހިޔާލެއްގައި އިން މަލަކް ސިހުނީ އަޔާން ގުޅުމުންނެވެ. ފޯން ނަގާނީތޯ ނުވަތަ ނޫންތޯ އަމިއްލަ ނަފްސާ ސުވާލުކޮށްކޮށް އިންދައި ރިންގެ ވެފައި ފޯން ކެނޑުނީއެވެ. ދެވަނަ ފަހަރަށް ވެސް ތިންވަނަ ފަހަރަށް ވެސް ރިންގް ވެފައި ފޯން ކެނޑުނީއެވެ.
ދެން އައީ މެސެޖެކެވެ. އަންގާވެސް ނުލާ ނިދީތޯ ޖަހާފައި އުފާވެރި މޫނަކާއެކު ފޮނުވާފައި އޮތް މެސެޖް ފެނި މަލަކް އިތުރަށް ހިތްދަތިވިއެވެ. އަޔާން އާއި ވަކިވާން ޖެހޭ ދުވަސް ކައިރިވެއްޖެކަމުގައި އޭނާގެ ހަވަނަ ހިއްސުބުނެލިއެވެ. އެ ހިނދު ނޭނގޭ ރިހުމެއް މޭގައި އުފެދިގެން ދިޔައެވެ. އެ ވާހަކަ ތަކަކީ އަޔާން އާއި ހިއްސާކުރަން ކިތަންމެ ބޭނުން ވާހަކަ ތަކެއްކަމަށް ވިޔަސް އެންމެން ގެ ތެރޭގައި އޮތް ހަމަޖެހުން ނަގާލާ މަސްލަހަތު ގޯސް ކުރުވުމަކީ މަލަކް ކުރަން ބޭނުންވާ ކަމެއް ނޫނެވެ. އެރޭގެ ފަހުން މަލަކް އަށް ބަލަކް ތަކެއް އަންނަމުން ދިޔަކަން އަޔާން އަށް ވެސް ފާހަގަ ކުރެވުނެވެ. އެހެންނަމަވެސް އެ ބަދަލްތައް އަންނަން ދިމާވީ ސަބަބެއް ނޭނގެއެވެ. އެކަމާ ގުޅިގެން މަލަކް އާއި އަޔާން ސުވާލުކުރާ ކޮންމެ ފަހަރަކު މަލަކް ކޮންމެވެސް ބަހަނާއެއް ދައްކާފައި ފިލަނީއެވެ. މަލަކް އަށް އަންނަމުން ދިޔަ ބަދަލް ތައް ދެނެގަންނަން ނުކުޅެދިފައި ހުރި އަޔާން ގެ ހިތަށް ވެސް ތަދުވަމުން ދިޔަ ކަން މަލަކް އަށް އެނގެއެވެ. އެހެންނަމަވެސް އޭނާ އަށް އިތުރު ގޮތެއް ނެތީއެވެ. ދުވަހަކަށް ވުރެ ދުވަހެއް އެ ލިބޭ މެސެޖް ތައް ލިބުން ގިނަވަމުން ދާއިރު ވީހާވެސް އަވަހަކަށް ގޮތެއް ނިންމުމަށް މަލަކް އަށް އެމީހަކު ދަނީ މަޖުބޫރު ކުރުވަމުންނެވެ.
“އަޔާން… މިސާލަކަށް އަހަރެމެން ދެމީހުން ދުރުވާން ޖެހިއްޖެއްޔާ…” ތުނޑިމަތީގައި ތިބެ މަލަކް ފުރަތަމަ ފަހަރަށް ސުވާލުކޮށްލިއެވެ. ސާދަ ވިލޭރޭގެ ބުރު ހަމަ ހަނދު ގެ އަލިން އެތަން ޖަރީވެފައި ވާއިރު އެ ދެޒުވާނުން ފިޔަވާ އިތުރު އެއްވެސްމީހެއްގެ ހިލަމެއް އެ ތުނޑިމައްޗަކު ނުވެއެވެ.
“މަލަކް އަހަރެންނާ ދުރަށް ދާން ބޭނުންވަނީތަ؟ މަލަކް ބޭނުންވިޔަސް… އަހަރެން އެ ފުރުސަތެއް ނުދޭނަން… މަލަކް ގެ އަތުގައި ހިފައްޓައިގެން އިނދެ އެ އަތަށް ބާރު ކޮށްލަމުން އަޔާން ބުނެލިއެވެ.
މަލަކް ގެ ތުންފަތް މައްޗަށް ފަނޑު ހިނިތުންވުމެއް ވެރިވިއެވެ. އެހެންނަމަވެސް އެ ހިތް ވަނީ ކުދި ކުދި ވެފައެވެ. އޭނާ އަޔާން އާ ދިމާލަށް ބަލާލުމަށްފަހު ދުރަށް ނަޒަރު ހުއްޓާލިއެވެ.
“ބަލާބަލަ އެ ހަނދު… އަހަރެން ނުބުނާނަން އެ ހަނދަށް ވުރެ މަލަކް ފުރިހަމައެކޭ އެއް…ހެހެ… އެނގޭ ހާވެސް އެއްޗަކީ މަލަކް އަކީ މިހާރު އަހަރެންގެ ދިރިއުޅުމުގައި ވަރަށް މުހިންމު މީހެއްކަން… މަލަކް ގެ މަންމަ އަކީ ކޮންމެ ކަހަލަ މީހަކަށް ވިޔަސް… މަލަކް މެން ކިތަންމެ ނިތަމެތިޔަސް… މަލަކް ގެ ކޮންމެ ސިފައެއް ދެކެ އަހަރެން ގަޔާވެ މަލަކް ދެކެ ވެސް އިންތިހާއަށް ލޯބިވަން… އެހެންނޫންނަމަ މިރޭ އަހަރެން މަލަކް ގާތު މި ހަނދުވަރުގެ އަލީގައި ނީންނާނަން… ފަހަރެއްގައިވެސް މަލަކް ގެ އިހްސާސްތަކާ އަހަރެން ނުކުޅޭނަން.. ދުވަހަކުވެސް މަލަކް އަށް ދެރައެއް ނުދޭނަން… އެއަށް ވުރެ ބޮޑަށް އަހަރެން މަލަކް ދެކެ ލޯބިވަން…” އަޔާން ބުނެލިއެވެ.
“އަޔާން ގެ ފެމެލީ ގާތު ކީއްވެ ދެން ތި ނުބުނަނީ… ފަހަރެއްގައ އެމީހުން ވެސް ގަބޫލް ނުވެދާނެ….” މަލަކް މަޑު މަޑުން ބުނެލިއެވެ.
“އަޔާން އަހަރެން އެހާ ބޭނުންވާއިރު އަޔާން ގެ ޕޭރެންޓސް ގާތުވެސް ބުނަން ވާނެއެއްނު… ހަމަ އެކަނި އަހަރެންގެ މަންމަ އަށް އެނގުނަކަސް ނުވާނެއެއްނު އަޔާން” މަލަކް ފުރަތަމަ ފަހަރަށް ކަމަކާ އަޔާން ގާތު ޝަކުވާ ކޮށްލިއެވެ. “މަލަކް އަށް ހީވަނީތަ އަހަރެން މަލަކް އާ ސަމާސާ ކުރަނީއޭ… އަހަރެން އެބަ ވިސްނަން ތިކަމާ މަލަކް… އެކަމަކު މިއީ ސަމާސާ އެއް ނޫން… އެ ވާހަކަ އަހަރެންގެ މަންމަ އާއި ބައްޕަ ގާތު ނުބުނެވިގެން މިއުޅެނީ ވަރަށް ބައިވަރު ސަބަބުތަކެއް ހުރީމަ… މަލަކް އަހަރެންނަށް އިތުބާރު ކުރޭ… މަލަކް ނޫން އެހެން އެއްވެސް މީހަކާ އަހަރެންނެއް ނީންނާނަން… ޓްރަސްޓް މީ ވިތް ދިސް…” އަޔާން ޔަގީން ކަމާއެކު ބުނެލިއެވެ. އެއިން ކޮންމެ ޖުމްލައަކުން މަލަކް ގެ ހިތް ކަފާ ކުދި ކުރަމުން ދިޔައެވެ.
އެހެންނަމަވެސް މަލަކް ހިޔާރު ކުރީ ހިމޭންކަމެވެ. އަދިވެސް އަޔާން އަށް އެއްވެސް ހަގީގަތެއް ކިޔައިދޭކަށް މަލަކް ބޭނުމެއް ނުވިއެވެ.
ހަފްތާއެއް ފާއިތުވެއްޖެއެވެ. އެމީހަކު ކެނޑި ނޭޅީ މަލަކް އަށް އިންޒާރުދެމުން ދިޔައެވެ.
އަޔާން ކުޑަ ކަމަކު ބިޒީ ވުމާއެކު މަލަކް ނިންމީ ބަނދަރާ ދިމާ އަތިރި މައްޗަށް ނުކުމެލާށެވެ. ރޭގަނޑު ނުވައެއްޖަހާ ބޮޑުވެފައި ހުރިނަމަވެސް ނިދި ނައުމާއެކު މަލަކް ނުކުމެލީ ތާޒާ ވައިރޯޅިން ވެސް އެ ހިތަށް ކުޑަ ހަމަޖެހުމެއް ލިބޭތޯއެވެ.
ވަގުތު ގެ ގޮތުން ޖެހެމުން ދިޔަ ފިނިވައިރޯޅިތަކުން މަލަކް ގެ ހަށިގަނޑަށް ކިތަންމެ އަރާމް ވިޔަސް އެ ހިތަށް ލިބިފައިވާ ހަމަނުޖެހުމަށް އެއްވެސް ޝިފާއެއް ހޯދައެއް ނުދެވުނެވެ.
ނުތަނަވަސް ކަން ދުރެއްނުވިއެވެ. ފާއިތުވަމުން ދިޔަ ކޮންމެ ސިކުންތަކީ މަލަކް ގެ ނަފްސަށް އިތުރު ނުތަނަވަސްކަމެއް ލިބިގެން ދިޔަ ވަގުތަކަށް ވިއެވެ.
އަތިރި މަތީގައި ހުރި ރުކެއްގައި ލެނގިލައިގެން މަލަކް ހުއްޓެވެ. ދެފައި ވަރުބަލި ވުމާއެކު އޭނާ ވަށައިގެން ބަލާލީ އިށީންނަން ތަނެއް ހުރިތޯއެވެ. ރުށްބުޑެއް ފެނުމާއެކު އޭނާ އެދިމާލަށް ހިނގައިގަތެވެ.
ކުއްލިއަކަށް ކުރިމައްޗަށް މަޑުކޮށްލި ސައިކަލުގައި އިން މީހާ ފެނި މަލަކް އަށް ފަހަތަށް ފިޔަވަޅެއް އަޅާލެވުނެވެ.
“އަޔާން ގެ ދޮންބެ…” މަލަކް އަށް ބުނެވުނެވެ. އޭރު މަލަކް ގެ ހިތުގެ ތެޅުމުގެ އަޑު ވަނީ ނުހަނު ބާރުވެފައެވެ. ދެއަތް މުށްކަވާލެވުނީ ގަނެފައި ހުރި ބިރެއްގެ ސަބަބުންނެވެ. އައިމަން ގެ މޫނުމަތީގައި ވި ވިހަގަދަ ހިނިތުންވުން ފެނި މަލަކް އަށް ހިންދިރުވާލެވުނެވެ. މަޑު މަޑުން ސައިކަލު ފަހަތުގައި އިން މީހާ އަށް މަލަކް އަށް ބަލާލެވުނެވެ. އެއާއެކު އޭނާގެ ހާސްކަން ވަކިން ބޮޑުވިއެވެ. އަތަށް މަޑު ތުރު ތުރު އެޅުމެއް ވެސް ވެރިވެގެން ދިޔައެވެ. ވާން މިއުޅެނީ ކިހިނެތްކަން ނޭނގި މަލަކް އަށް ފުންނޭވާތަކެއް ލެވުނެވެ.
“ހާދަ އަވަހަކަށް ތިޔަ ދާ ހިތްލަން ފެށީ… އަދި މިއުޅެނީ ރަނގަޅަށް ވާހަކަ އެއް ނުބުނެވިގެން… އެހާ އަވަހަށް ތތި ހުރީވީ ވަރު… މީހާގެ ފިނޑިކަން ވެސް ދޯ” އައިމަން ގެ ވިހަގަދަ ބަސްތައް މަލަކް އާއި އަމާޒުވީ މަލަކް މޫނުމަތިން ހިއްލަމުން ދިޔަ ދާތަށް އަތުގެ ނުފުށުން ފޮހެލުމުންނެވެ. އޭނާ ދެފަރާތަށް ހޯދާބަލާލިއެވެ. އެ ހިސާބުގައި ޖަހާފައި ހުރި ލައިޓް ނިވިފައި ހުރުމާއެކު ރުށްތަކާހުރެ ހިސާބުގަނޑަށް ވެސް ވެރިވެފައި ވަނީ އަނދިރިކަމެވެ. މީހަކު ވެސް ފެންނަން ނެތް މާހައުލު ފެނުމުން މަލަކް ގެ ހިތަށް އިތުރު ބިރުވެރިކަމެއް ވެސް ވެރިވެގެން ދިޔައެވެ.
“އަހަރެން ބުނިން ދޯ އަޔާން އާއި ދުރަށް ދާން… ކަލޭ އަކަށް އެކަން ނުކުރެވުނެއްނު… އެހެންވެ އަހަރެމެން ދެމީހުން މިއުޅެނީ ހަހަ” އައިމަން ބާރަށް ހީގަތެވެ. މަލަކް ފަހަތަށް ޖެހެމުން ޖެހެމުން ގޮސް ދުއްވައިގަތެވެ. އޭރު އޭނާގެ މޭތެރޭގައި އޮތް ހިތް ހީވަނީ ބޭރަށް ފުންމާލަފާނެހެންނެވެ.
މަލަކް ބިރުގަންނުވާލެވުނީތީ އެކަމުގެ އުފަލުގައި އިން އައިމަން ކައިރިގައި އިން އެކުވެރިއާއާއި އަތާ އަތާ ޖަހާލިއެވެ. އަދި ނުލަފާ ވައްތަރަކަށް ބާރަށް ހީގަތެވެ. އެއަށްފަހު ސައިކަލު ސްޓާރޓް ކުރަމުން އެމީހުން ގެ މިސްރާބަށް ދުއްވާލިއެވެ.
************************
މަލަކް… ހުއްޓާލަބަލަ… އަހަރެންނަށް އެބަ އޮޅުން އަރާ މިހާރު… މަލަކް އަހަރެންނާ ދުރުވީ އަހަރެން އެ ވާހަކަ ބައްޕަ އާ ދެއްކިފަހުން… ބައްޕަ އަހަރެން ގާތު ބުނަން ވެސް ބުނި އެންމެ ރަނގަޅޭ އިނަސް… އެކަމަކު ދެން ކީއްވެ މަލަކް ދުރުވީ… ހަމަ އަހަރެންގެ ދޮންބެ އާ ހެދިތަ؟” އަޔާން ސުވާލުކޮށްލިއެވެ.
“އަޔާން އަޑު އަހާ އިހަށް… އޭރުން ހުރިހާ ކަމެއް ވެސް އެނގޭނެ… އަޔާން ގެ ބައްޕަ ގަބޫލެއް ނުވޭ… ދުވަހަކުވެސް ނުވޭ…” މަލަކް ބުނެލިއެވެ. އަދި އޭނާ ވާހަކަ ކުރިއަށް ގެންދިޔައެވެ.
*************************
ތެޅެމުން ފޮޅެމުން ދިޔަ މަލަކް މަޑުވީ ކޮޓަރި އަށް ވަދެ ތަންޑުވެސް އެޅުވުމުންނެވެ. އޭރުވެސް އޭނާއަށް ދިޔައީ މާނޭވާ ލެވެމުންނެވެ. މީހާ ހަމައަކަށް އެޅެން މަސައްކަތް ކުރިނަމަވެސް އެކަން އޭނާ އަށް ކާމިޔާބު ވާގޮތް ނުވީ ފަނަރަ މިނިޓަށް ވުރެވެސް ބޮޑުވީ ފަހުންނެވެ. އެރެއަށް ފަހު އަޔާން އާއި ވާހަކަދެއްކުން މަލަކް މަދު ކުރިއެވެ. އެހިތަށް ވެރިވެފައިވާ ބިރުވެރިކަމެއްގެ ސަބަބުން އަޔާން ދެކެ ކިތަންމެ ލޯބި ވިނަމަވެސް ދުރުގައި ހުންނަން މަޖުބޫރުވީއެވެ.
އޭގެ މަހެއްހާ ދުވަސްފަހުން ދެން އަނެއްކާވެސް މަލަކް އާއި ކުރިމަތިވީ އެއަށް ވުރެ ބޮޑު ބިރުވެރިކަމަކާއެވެ. މަލަކް ހިނގާލާފައި އެކުވެރިއެއްގެ ގެއަށް ގޮސްލާފައި ގެއަށް ދިޔައީ އެގާރަ ޖަހާ ބޮޑުވެފައި ހުއްޓައެވެ. ކުއްޖެއްގެ އުފަންދުވަހަކަށް ތައްޔާރު ކުރާ އެއްޗެހި ތަކެއް ހަދަންވެގެން ރައްޓެހި ކުއްޖާ އާ އެކު ވާހަކައިގައި މާ ގިނައިރު އިނދެވުނީއެވެ. ގަޑި ބަލާލަން ހަނދާންވީވެސް މަންމަ ގުޅުމުންނެވެ.
ހިނގަމުން ދިޔަ މަލަކް އަށް ސިހުން ގެނުވީ މަލަކް އާއި ދާދި ގާތުގައި މަޑުކޮށްލި ދެމީހުން ފެނުމުންނެވެ. އޭނާ އަށް މަޑު ހަޅޭކެއްގެ އަޑުވެސް ބޭރު ކޮށްލެވުނެވެ. ރަހްމަތް ތެރިޔާގެ ގެ ހުންނަނީ ވަލާ ވީ ދިމާކުގައި ކަމުން އެ ހިސާބުގަނޑު އަނދިރިވެފައި އަޅާފައިވަނީ ވެސް މަދު ގެއެކެވެ. ދުރުން އައްޔެއް ފެނިލިޔަސް މަލަކް އަށް ހުރެވުނީ ގަސްތައްވެސް ބޯ ހިސާބަކުއެވެ.
“މަލަކް” އިވުނީ ބަރު އަޑެކެވެ.
އެ އަޑު އިވުމާއެކު މަލަކް އަށް އެއީ ކާކުގެ އަޑެއް ކަން ޔަގީން ކުރެވުނެވެ.
*******************************
ކާކު؟ މަލަކް ކާކުތަ؟” ވާހަކަ ވަކި ހިސާބަކުން މެދު ކަނޑާލުމުން އަޔާން މަލަކް އާއި ސުވާލުކޮށްލިއެވެ. އަޔާން ކުރިއަށް ޖެހިލާ މަލަކް ގެ ދެ ކޮނޑުގައި ހިފާ މަލަކް އޭނާ އާ ގާތް ކޮށްލާ މަލަކް ދެ ދެ ލޮލަށް ބަލާލިއެވެ.
އެހެންނަމަވެސް މަލަކް ޖަވާބެއް ނުދީ އަޔާން އާއި ފުރަގަސްދިނެވެ. އަޔާން ތަކުރާރުކޮށް ސުވާލުކުރަން ފެށުމުން މަލަކް ވާހަކަ ދައްކަން ފެށިއެވެ. “އަޔާން ގެ ބައްޕަ…” މަލަކް ދެ ލޯ މަރާ ބާރުކޮށް ފިއްތާލުމަށްފަހު ޖަވާބުދިނެވެ. އިވިގެން ދިޔަ އަޑު ގަބޫލް ނުކުރެވިފައި ހުރި އަޔާން އަށް ހުރެވުނީ އެއްވެސް ހަރަކާތެއްވެސް ގެންނަން ނޭނގިފައެވެ. ހަމަ ހަގީގަތުގައިވެސް އޭނާ އަށް ނޭގި ވަރަށް ގިނަ ކަންތައްތައް ވެއްޖެއެވެ. މަލަކް އޭނާ އާ ދުރުވި ހަގީގީ ސަބަބަކީ އޭނާގެ ބައްޕަ އަށް ވެއްޖެނަމަ އެ ދުވަހު އޭނާ އަށް އެ ބައްޕަ ދިން ޖަވާބަކީ ދޮގަކީ ހެއްޔެވެ؟ އޮޅުވާލުމަކީ ހެއްޔެވެ؟ އެ ދުވަހު އެ ބައްޕަގެ ތުންފަތް މަތީގައި ވި ހިނިތުންވުމަކީ މަކަރުވެރިކަމުގެ ހިނިތުންވުމެއްހެއްޔެވެ؟ ހައްތަހާވެސް ޖަވާބު ބޭނުންވާ ސުވާލުތަކެވެ.
“އަޔާން… އެ ރޭ އަހަރެން އަޔާން އާއި ދުރުވުމަށް އެދުނީ އަޔާން ގެ ބައްޕަ… އެރޭގެ ފަހުން އަހަރެން އަޔާން އާއި ދުރުވީ ހިތާ ދެކޮޅަށް. އަހަރެން ރުއި ވަރާ ހިތާމަ ކުރިވަރާއި ހަމައެކަނި ދެނެ ވޮޑިގެންވާނީ މާތް ﷲ… އެރޭ އަޔާން އަހަރެންނަށް ދިން ކެވެލި ކޮޅު އަހަރެން ރައްކާކުރީ އަޔާން ދެކެ ހަގީގަތުގައިވެސް ލޯބިވާތީ… އަދި އަދަށް ދާންދެންވެސް އަހަރެން އެއަށް ރައްކާތެރިވިން… އަޔާން އަހަރެންނަށް ދިން އެންމެ ލޮބުވެތި ހަދިޔާ އަކީ އެއީ… އަހަރެން ދެކެ އަޔާން ވީ ހަގީގީ ލޯބިކަން މި ހިތަށް ވިސްނައިދޭން ކޮންމެ ފަހަރަކު އަހަރެން ބަލަނީ އެއަށް… މިއީ ބިރުވެރި ހުވަފެނަކަށް ވާނެ ނަމައޭ ހިތަށް އަރާ… އެކަމަކު ވެސް އެހެނެއް ނުވި… އަޔާން އަހަރެންނަށް ނަފްރަތު ކުރަން އަހަރެން ބޭނުންވި… އަޔާން އަހަރެން ނާ ދުރަށް ދާން އަހަރެން ބޭނުންވި… އެކަމަކު އެއީ އަހަރެން ބޭނުންވެގެނެއްނޫން… އެކަމަކު އަޔާން ގެ އާއިލާ ބޭނުންވެގެން… ” މަލަކް ވާހަކަ ދެއްކިއެވެ.
އިވިގެން ދިޔަ ވާހަކަ ތަކުގެ ހަގީގަތް ހޯދަން އަޔާން ހުރީ ކިތަންމެ ހާވެސް ބޭނުންވެފައެވެ.
“ނުރޮއި ހުއްޓާލާ މަލަކް… ތި ކިހިނެއް ވީ ކަމެއްކަމާއި ތިކަމުގެ އަޑީގައިވި ހަގީގަތް އަހަރެން ހޯދާނަން… އެއްގޮތަކަށްވެސް ހާސްނުވޭ.. މަލަކް އަށް އަހަރެން ފުރިހަމައަށް އިތުބާރުކުރަން… މިވީހާ ދުވަހު އަހަރެންނަށް މަލަކް ގެ ލޮލުން ފެނުނު ހިތްދަތި ކަމުގެ ސަބަބަކީ ތިއީ ކަން އަހަރެން ގަބޫލް ކުރަން… އެހެން ކަމަށް ވާނަމަ މަލަކް އަށް އަލުން އެ ހުރިހާ އުފާވެރިކަމެއް ހޯދައިދޭނަން ކަމަށް އަހަރެން ވައުދުވަން… އިންޝާ ﷲ” އަޔާން ވައުދުވިއެވެ. އެ ހިތުގައި ވަރުގަދަ އަޒުމެއް ކަނޑައެޅިއެވެ.
ރޭގެ ބޮޑުބައި ދެމީހުން ހޭޑަކުރީ މާޒީގައިވި އެކި އެކި ކަންތައް ތައް އެކަކު އަނެކަކާ ހިއްސާކުރުމުގައެވެ. އެގޮތުން އަރާފައިވާ ހުރިހާ އޮޅުން ބޮޅުމެއް ސާފުވެ ދެ މީހުން އަލުން ގުޅުނެވެ. އެހެންނަމަވެސް މަލަކް ގެ ހިތުގައި އަދިވެސް ބިރުވެރިކަން ވިއެވެ. އެކަން އަޔާން އާއި ހިއްސާ ކުރުމުން އަޔާން އަށް އިތުބާރު މަލަކް ގާތު ބުންޏެވެ. މަލަކް ވެސް ހިންހަމަ ޖައްސާލަމުން ހިނިތުންވެލިއެވެ.
ނުނިދި އެނދުމަތީގައި ފުރޮޅި ފުރޮޅި އޮތް އީނާލް ގެ ވިސްނުމުގައި ތަފާތު އެތަކެއް ކަމެއް ދައުރުވަމުން ދިޔައެވެ. ޒައިން އާއި ވަކިވާކަށް އޭނާ ދުވަހަކުވެސް ނޭދެއެވެ. ޒައިން އަކީ ހަމަ ގައިމުވެސް އޭނާގެ ހިތުގެ ހަމަޖެހުމެވެ. ދުވަހަކު ޒައިން އޭނާގެ ހަޔާތުން ދުރަށް ދާން ޖެހިދާނޭކަމަށް އީނާލް ހީކޮށްފައެއް ނެތެވެ.
ބޮލުގައި ރިއްސަން ފެށުމާއެކު އީނާލް ގަސްތުކުރީ ބޮލަށް އަޅައިގެން ފެންވަރާލާށެވެ. ފެންވަރާ ތާޒާވެލައިގެން ނުކުތުމުން ބޮލަށް ވެސް ކޮންމެވެސް ވަރެއްގެ ލުޔެއް ލިބުނެވެ. އަނެއްކާވެސް އީނާލް ނިދޭތޯ މަސައްކަތް ކުރިއެވެ. ލޯ މަރާލިތަނާ ފޯން ރިންގެ ވި އަޑު އިވިފައި އޭނާ ފޯން ނަގާ ބަލާލިއެވެ. އަރާފައިވާ މިކްޔަން ގެ ނަން ފެނި އިނާލް ތުން ފިއްތާލުމަށް ފަހު ފޯން ސައިލެންޓަށް ލިޔެވެ. އަދި އަރިއަކަށް އޮށޯވެލާ މީހާ ހަމަޖެހިލިއެވެ. “މިކްޔަން” އެ ނަން ދެކެވެސް އީނާލް ފޫހިވެއްޖެއެވެ. އޭނާގެ އެއްވެސް ހުއްދައެއް ހޯދުމަކާ ނުލާ ބައްޕަ އެގޮތަށް މީހަކާ އޭނާގެ ކައިވެނި ހަމަޖެއްސުމުން އެ ހިތަށް ވަނީ ވަރަށް ބޮޑަށް ތަދުވެފައެވެ. އެއްފަހަރުވެސް އޭނާ ބޭނުންވާ ގޮތެއްވެސް އަހާލިނަމައެވެ. ބައްޕަ އާމެދު ހިތުގައި އެތަކެއް ޝަކުވާއެއް ވިނަމަވެސް އެއިން އެއްވެސް ވާހަކަ އެއް އީނާލް އަށް ބުނާކަށް ނުކުރެއެވެ. ފިއްތާލައިގެން ހުންނަން ވަނީ މަޖުބޫރުވެފައެވެ. ބައްޕަ އެބަޔަކާ ވާހަކަ ދައްކާފައި އޮއްވާ އީނާލް ނޫނެކޭ ބުނެފިނަމަ ބައްޕަ ގެ އަގުވެސް ވެއްޓޭނެއެވެ. އެހެންވާކަށް އޭނާ ފަހަރެއްގައިވެސް ނޭދެއެވެ. އެހެންނަމަވެސް…
ވިސްނަން އޮތް އީނާލް އަށް ނިދުނީ ކިހާ އިރަކުކަމެއް ވެސް ނޭނގެއެވެ. ހޭލެވުނީ ފަތިސް ނަމާދުގެ ބަންގީގެ އަޑަށެވެ. ފޯނަށް ބަލާލަމުން އީނާލް ލަސްނުކޮށް ނަމާދުކުރުމަށް ތެދުވިއެވެ. އަދި ތުވާލި ނަގައިގެން ފާހާނާއާ ދިމާލަށް މިސްރާބުޖެހިއެވެ.
އެދުވަހު އީނާލް ހޮސްޕިޓަލަށް ސަލާމް ބުނީ ބޮލުގައި ރިއްސަމުން ދިޔައީތީއެވެ. ބޭސް ކައިގެން އޮށޯވެލީ ބޮލުގެ ރިހުމަށް ކުޑަނަމަވެސް ލުޔެއް ލިބޭތޯއެވެ. ޒައިން ގެ ފޯން ކޯލެއް އީނާލް އަށް ލިބުނީ އެހެން އޮއްވައެވެ. އޭނާ ފޯން ނަގާ ކަންފަތުގައި ޖައްސާލިއެވެ.
“ނާލް މެސެޖް ކޮށްފަ އިނީމަ ވަރަށް ހާސްވި އިނގޭ… ކިހިނެތްވީ އަނެއްކާ؟ މާ ބޮޑަށް ބަލިވީތަ؟” ޒައިން ގެ އަޑުގައި ވަނީ ކަންބޮޑުވުމެވެ.
“ނޫން އެ ރަނގަޅުވެދާނެ އިރުކޮޅަކުން…” އީނާލް ޖަވާބެއް ދިނެވެ. “މި ވީ ގޮތުން އަހަރެން ގެ އީނާލް ކޮޅު ދެން ނުވެސް ފެންނާނެ ދޯ މިއަދު… ނޭނގެ މަސައްކަތް ކުރާނެ މޫޑެއްވެސް ހުންނާނެކަމެއް” ޒައިން ސަމާސާ ކޮށްލިއެވެ. “ހެހެ” އީނާލް ލުއިކޮށް ހީލިއެވެ. “އަޑުން ވެސް ހާދަ ބަލި ވައްތަރު ޖަހައޭ… ބޭސް ކައިފިންތަ؟” ޒައިން އަހާލިއެވެ.
“ހެހެ ޒައިން ތަ މިހާރު ޑޮކްޓަރަކީ” ޒައިން ކަންބޮޑުވެފައި ހުރި ވަރު ފެނި އީނާލް އަށް މަޖާވިއެވެ. ހިނދުކޮޅަކަށްވެސް އޭނާ ހުރިހާ ކަންބޮޑުވުންތަކެއްގެ މަތިން ހަނދާން ނެތުނެވެ.
“ނޫނޭ… އެހެނެއްނޫން… އެކަމަކު ނާލް އަށް ތިހެން ވީމަ ދެރަވާނެތާ ދޯ… ދެން ޖެހޭނީ ޑޮކްޓަރަކަށް ވާން ޖެހެންޏާ ޑޮކްޓަރަކަށް ވެގެން ވެސް ގޮސް ނާލް އަށް ފަރުވާ ކުރަން” ޒައިން ގެ އަޑުގައި މަޖާ ގޮތެއްވެއެވެ. އީނާލް ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެގެން ދިޔައެވެ. “ހާދަ ރީއްޗޭ ދޯ ސްމައިލް” ޒައިން ބުނެލިއެވެ. “ޒައިން އަށް ކިހިނެތް އެނގެނީ އަހަރެން މިހުރީ ހީގަނެގެންކަމެއް” އީނާލް ވެސް ދެރަނުވާން ވެގެން ބުނެލިއެވެ. އޭރު އެ ތުންފަތުގައި ކުރިން ވި ހިނިތުންވުން ފުޅާވެފައި ވެއެވެ.
“ހެހެ. މީހަކު ބުނާކަށް ވެސް ނުޖެހޭނެ… ކައިރިގަ ހުންނާކަށް ވެސް ނުޖެހޭނެ… އަހަރެންނަށް އެނގޭނެ ނާލް އުފާވެފައި ހުންނަ އިރުއާއި ދެރަވެފައި ހުންނަ އިރު ވަކި ކުރަން… އިނގޭ” ޒައިން ބުނެލިއެވެ. “ހެހެ އެހެން ދޯ؟” އީނާލްބުނެލިއެވެ.
“އޯކޭ ނާލް… ވަރަށް ވަރުބަލި ވެފަ އެއްނު ހުންނާނީ ބަލިވެ އުޅޭއިރު ޓޭކް ރެސްޓް އިނގޭ… އައި ވިލް ކޯލް ޔޫ ލޭޓަރ… މިހާރު މަސައްކަތަށް ދާ ގަޑި ޖެހެނީ” ޒައިން އީނާލް އާ ވާހަކަ ދައްކަމުން ބުނެލިއެވެ. އީނާލް ވެސް ދެކޮޅު ހެދުމެއްނެތި ފޯން ބޭއްވީ ބާއްޖަވެރި ދުވަހަކަށްއެދެމުންނެވެ.
އީނާލް އާއި ވާހަކަ ދައްކައިލުމަށް ފަހު ޒައިން އޭނާ މިއަދު މަސައްކަތް ކުރަން ހަމަޖެހިފައިވާ ސައިޓަށް ދާން ނައްޓާލިއެވެ. އުޖާލާ މޫނަކައިގެން ދިޔަ ޒައިން ގެ ތުންފަތް މަތިން ފެންނަމުން ދިޔަ ހިނިތުންވުމުން އެކަނިވެސް އޭނާ އެ ހުރީ ނިކަން ހިންހަމަ ޖެހިފައިކަން އެނގެއެވެ.
މަސައްކަތް ކުރަން ހަމަޖެހިފައިގާ ގޭގެ ވަށާފާރު ރާނަ އޭގެ އިތުރުން ފައުންޑޭޝަން ގެ މަސައްކަތާ އެކު ގޭގެ ބޮޑުބައި ވަނީ ރާނާ ނިމިފައެވެ. މަސައްކަތް ނިމެމުން ދާ ސްޕީޑުން ގްރޫޕް ބޮޑުމީހާ ވެސް ހުންނަނީ ހިންހަމަޖެހިފައެވެ.
ޒައިން މަސައްކަތް ނިންމާލުމަށްފަހު ގެއާ ދިމާލަށް މިސްރާބުޖެހިއިރު ވިއްސާރައިގެ ކުލަވަރު އުޑުމަތިން ދައްކައިލައިފިއެވެ. އޭނާ ފިޔަވަޅުތަކަށް ބާރުލީ ވާރޭ އޮއްސައިލަން ވާއިރަށް ގެއާ ހިސާބަށް ފޯރާތޯއެވެ. ފިޔަވަޅުތަކަށް ބާރުލަމުން ހިނގަމުން ދިޔަ ޒައިން އަށް ގެއާ ހިސާބަށް ނުދެވެނީސް ވާރޭ ވެހިގަތެވެ. ހިޔާވާން ވެގެން ގެއެއްގެ އަސްކެނި ދަށުގައި ޒައިން މަޑުކޮށްލިއެވެ. ޖީބުގައި އޮތް ފޯން ނަގާ ގަޑިއަށް ބަލާލިއެވެ. ގަޑިން އެގާރަ ޖަހާ ބޮޑުވެއްޖެއެވެ. މެންދުރު ނަމާދަށް މިސްކިތަށް ދާން ޒައިން ބޭނުމެވެ. ތެމިއްޖެނަމަ އޭނާ ގެ ހަލާކުވެފައިވާ ފައިގައި ފެން ޖެހި ދާނެތީ ޒައިން ވާރޭ ގެ ތެރޭގައި ނުގޮސް މަޑު ކުރީއެވެ. ވެހެމުން ދިޔަ ބޯ ވާރޭ ހުއްޓާލާނޭ އިރެއް ލަފާ ކޮށްލާކަށް ނޭނގެއެވެ. އުޑުމަތި ވަނީ ކަޅު ވިލާތަކުން ބަނަ ކޮށްލާފައެވެ.
ޒައިން އިރު އިރު ކޮޅަކާ ގަޑިއަށް ބަލާލައެވެ. ވާރޭ ތުނިކޮށްލުމާއެކު ކުޑަކޮށް ދުވަމުން ޒައިން ގެއާ ދިމާލަށް އަނެއްކާވެސް މިސްރާބުޖެހިއެވެ. ގެއަށް ދެވުނު އިރު ޒައިން ހުރީ ކުޑަކޮށް ތެމިފައެވެ. އޭނާ ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާވެލިއެވެ. ރީތިވެގެން ދޮރު މައްޗަށް ނުކުތް އިރު ނަސީބަކުން ވާރޭ އޮތީ ހުއްޓާލާފައެވެ. އެހެންނަމަވެސް އޭރުވެސް އުޑުމައްޗަށް ކުޑަވެސް ބަދަލެއްނާދެއެވެ. ވިލާ ބޯކުރަމުން ދިޔައިރު ފަހަރަކަށް ވުރެ ފަހަރެއް ދުނިޔެ މަތި އަނދިރިކުރަމުން ދިޔައެވެ. ވާރޭ އޮއްސާލާނީ ކޮން އިރަކު ކަމެއް ލަފާ ކޮށްލާކަށް ނޭނގެއެވެ.
މިސްކިތަށް ވެސް ޒައިން ދިޔައީ ހިނގާލާފައެވެ. ނަމާދުކޮށްގެން ފޭބުމާއެކު އެކީ އޭނާ އަށް ފޯން ކޯލެއް އައެވެ. ޖީބުގައި އޮތް ފޯން ނަގާ ބަލާލިއެވެ. އެކުވެރިއަކަށް ވުމުން ހިނިތުންވެލާ އެ ފޯން ކޯލް ނަގަން ޒައިން އަވަސް ވެ ގަތެވެ.
“އަހަރެން ދެން ގަސްތުކުރަނީ އަވަހަށް ކައިވެނީގެ ކަންތައް ހަމަ ޖައްސަން… މިހާރު އީނާލް މެންނާވެސް ވާހަކަ ދެކެވިއްޖެއެއްނު” ސިޑިންފައިބާ ބޫޓަށް އަރަމުން ނާޖިދު ވާހަކަ ދެއްކި އަޑަށް ޒައިން ގެ ހުރިހާ ސަމާލް ކަމެއް ހުއްޓުނެވެ. ނާޖިދު އާއި އަނީސް ދައްކަމުން އެދިޔަ ވާހަކަ އަށް ފުރިހަމަ ސަމާލް ކަން ޒައިން ދިނެވެ. އޭރު އެ ހިތް ނޭނގޭ ބާރު މިނުގައި ތެޅެމުން ދިޔައެވެ.
“އާނ… އަހަރެންވެސް ބޭނުންވަނީ މިކްޔަން އާއި އީނާލް އާއި ދެކުދިން އަވަހަށް ކައިވެނި ކުރަން” އަނީސް ވެސް ބުނެލިއެވެ.
އިވެމުން ދިޔަ ވާހަކަ އިން ޒައިން ގެ ހިތަށް އެތަކެއް ޒަހަމެއް ލިބެމުން ދިޔައެވެ. މޭތެރޭގައި އޮތް ހިތަށް ތޫނު ހަންޖަރެއް ހަރައިލިޔަސް އެހާ ތަދުވާނޭކަމެއް ނޭނގެއެވެ. އިހްތިޔާރަކާ ނުމެލާ އަނގައިން ވޭނީ އާހް އެއް ބޭރުވެގެން ދިޔައެވެ.
(ނުނިމޭ)
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
18 Comments!
Comments are closed.








Salaam. So heres the 13 th ep of the story. Hope u will all like this part. Comment on DHEN VAANI KIHINEHBAA?. whats zain gonna do next. Is he gonna trust eenaal or not?. And what do think the next plan of ayan will be?.
Thankyou for the support. Jazakallah Khairan.
Yeyyy me first.. vr reethi mi part vx himi darling.. waitung for the next part.. when nxt part??
Hehe. In Sha Allah. Next ep tomorw nyt ga. V ufaavehjje story thihaa interesting kamaa eku kiyaathy. And yes dear. Many congratulations. Ur first. ???
aaaaahhhhhhh please avahah up kohdheeba
In Sha Allah. Tomorw nyt ga ingey dear. Much loves. Thankyou for thw support. ???
Alhey so sad ?? ehn nahadhabaaa alhe …mikyan ah eenaal nudheythi. ..Plx…story hama habeys? curiously waiting for the next part dear ❤
Alheyh… awwwn. Mixuhan ge comment eh haadha dhuvaheh fahunney. V ufaavehjje. Comment kuraa hurihaa kudhin ves v miss. E kudhin ge comment nufennaathy dheraves ves mi hunnani. Hehe. V ufaavehjje ekm. Thanks dear. ???
alhey haadha sad ey
thats so bad of eenaals dad
he is the villan here
why some people have that type of thoughts just hate that
but the story is awesome himi just love it
when is the next part?
will wait curiously next part ah!
Dw dear. Dhen hingaa balamaa. Villain aki kaaku kamaa rangalhi kaakukamaa. Hehe. V ufaavey thidhey support ah. Btw i miss3d yuh. Much loves. ❤❤❤❤???
Dw dear. Dhen hingaa balamaa kaaku thoa villain aki kaakuthoa rangalhi. Hehe. V ufaavey thifhey supportvah. Btw i missed yuh. Much loves. ❤❤❤❤❤
Wow! Waiting for next part?????
In Sha Allah. Mirey ingey dear. Keep waiting. ❤❤❤
Wowww ???… Mi part vx haadha reehchey ❤️❤️❤️?????????????????????… V v v reethi ❤️❤️❤️???????????????… N it’s so emotional ???… Alhe dhn kihineh baa vaanee??? ???… Aiman vx dhw ???… I can’t believe that… Hithakah naaraa aiman ekahala kameh kohfaane kamakah ???… Ayaan ge dad vx haadha gohey ???… Alhey zain haadha hurt vaaney ???… Dhn eenaal n zain ge relationship ah vaany kihineh baa ???… Ohhh I’m so curious to know that ???… Pinky ah heevany Ayaan eenaal ah dheragotheh viyakah nudheyne henn… Ayaan kerigenn eynage family aa kurimathi laanee henn heevany ???… Curiously waiting for the next part… Keep up the good work Hi Mi ❤️❤️❤️????????????… Thankyou so much mi part dhigukoh genesdhinyma ??????❤️❤️❤️… Lots of love my favourite writer Hi Mi ❤️❤️❤️??????????????????… U are a great writer ❤️❤️❤️???????????????…
Awwwwwnnn. Pinky. Vvv ufaavehjje dear. Thihaa loabi commemt eh fenifa bunaane ehchei ves neygifa mi huree himi. ???haadha loabi comment ekey. Btw pinky thidhey support ah himi fah fashun shukuru dhannavan. ❤❤❤?hingaa dw balamaa dhen vaa gotheh. ??? much more loves dear. Shukuru shukuru. Dhen neyge bunaane ehchei. ❤❤❤❤❤❤❤??❤❤?❤❤❤❤❤❤❤❤❤
Himi haada molhey story liyan????❤❤.vvvv Reethi mi partv ves.waiting for the NextPart dear
Shukuru airah dear. Vvv ufaavehjje. It actually means alot. ❤❤❤
Himi mi partvx v v v nice n emotional ingey ?????… I love it ?????… Thankx ingey mi part dhigukoh genasdhinyma ?????… keep up the good work himi ?????… curiously waiting for the next?????… much loves ???❤❤❤???????????????????????????
Shukuru naju. Thidhey support aki hiyyvaru. Much loves from me. Thanks so much. In Sha Allah. Next ep mirey. ?❤??❤??❤??❤??❤??❤?