ސާދަ ވިލޭރޭގެ ހަނދު މެދު އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. އެ ރަސްކަމުގެ ދަރުބާރުގައި އެތައް މިލިއަން ތަރިއެއް ދިޔައީ ޝާމިލްވަމުންނެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތު ރަށު ފާލަން މަތީ އޮތް ކައިޒިންގެ މަޑު މުށި ކުލައިގެ ލޮލުގައި ވިދަމުން ދިޔައީ ޒުވާންކަމުގެ ރޫޙެވެ. ޖެހެމުން ދިޔަ މަޑު މަޑު ވައިރޯޅިތައް އޭނާގެ ފަން ބޯ އިސްތަށިކޮޅަށް ދިޔައީ އެކިއެކި ގޯނާކުރަމުންނެވެ. އޭނާގެ ތުންފަތުގައި އެވާ ރީތި ހިނިތުންވުން ފެންނަ ކޮންމެ މީހުއްގެ ހިތް ކައްސާލާހާވެއެވެ. […]
ވަރަށް އަވަހަށް އަޕްކޮށް ދޭނަން އިން ޝާ ﷲ… އިންތިޒާރު ކޮށްލަށްވާ…