ސާދަ ވިލޭރޭގެ ހަނދު މެދު އުޑުގައި ރަސްކަން ކުރަމުން ދިޔައެވެ. އެ ރަސްކަމުގެ ދަރުބާރުގައި އެތައް މިލިއަން ތަރިއެއް ދިޔައީ ޝާމިލްވަމުންނެވެ. ރޭގަނޑުގެ އެ ހަމަހިމޭން ވަގުތު ރަށު ފާލަން މަތީ އޮތް ކައިޒިންގެ މަޑު މުށި ކުލައިގެ ލޮލުގައި ވިދަމުން ދިޔައީ ޒުވާންކަމުގެ ރޫޙެވެ. ޖެހެމުން ދިޔަ މަޑު މަޑު ވައިރޯޅިތައް އޭނާގެ ފަން ބޯ އިސްތަށިކޮޅަށް ދިޔައީ އެކިއެކި ގޯނާކުރަމުންނެވެ. އޭނާގެ ތުންފަތުގައި އެވާ ރީތި ހިނިތުންވުން ފެންނަ ކޮންމެ މީހުއްގެ ހިތް ކައްސާލާހާވެއެވެ. ކޮންމެ ރެއަކުވެސް ކައިޒިން އިޝާ ނަމާދުކޮށްލައިގެން އައިސް އެތާ އޮންނަނީ ހިތްހަމަޖައްސާލުމުގެ ނިޔަތުގައެވެ. އެހިސާބުގަނޑަކީ ތަންކޮޅެއް ފަޅު ހިސާބެއްކަމުން އެތަނަށް މީހަކު އަންނަނީ ހާލަކުން ފަހަރަކުއެވެ. ގުދުރަތުގެ އެ ފުރިހަމަކަމަށް ގެއްލިފައި އޮތް ކައިިޒިންގެ ކައިޒިންގެ ކަންފަތުގައި ވަރަށް ރީތި އަޑެއް އައިސް ޖެހުނެވެ. ހީވާގޮތުން އެއީ އަންހެން ކުއްޖަކު ލަވަ ކިޔާ އަޑެވެ.
ކައިޒިން ބޯ ހިއްލާލުމަށްފަހު ވަށާ ބަލާލިއެވެ. އެހިސާބުގަނޑުގައި މިގަޑީގައި އަންހެން ކުއްޖަކު ކީއްކުރަނީ ބާއެވެ؟ ކައިޒިން އެކުއްޖަކު ހޯދާހޯދާ ނުފެނުމުން ވަރަށް ފަރުވާތެރިކަމާއެކު އަޑުއަހަން ފެށިއެވެ. އެއަޑުގައި ނޭނގޭ ޖާދޫއެއް ވަނީ އެކުލެވިފައެވެ. ކައިޒިންގެ އެތެރެ ހަށީގައި ރީތި މިއުޒިކެއް ކުޅެވެމުން ދިޔައެވެ. އޭނާ ދެލޯ މަރާލިއެވެ. އެއަޑުގެ ޖާދޫގައި ޖެހިފައި އޭނާއަށް އިނދެވުނެވެ. މިހެން އިންދާ އެއަޑު މަޑުމަޑުން ކެނޑެން ފެށިއެވެ. ކައިޒިން އަށް ހޭވެރިކަމެއްވީ އެއަޑު ހިނދެމުން ހިނދެމުން ގޮސް އެއްކޮށް ހިނދުނު ފަހުންނެވެ. އޭނާ ފުންމައިގެން ތެދުވެ އެއަޑުގެ ވެރިޔާ ފެނޭތޯ ވަށާ ބެލިއެވެ. މުޅި ހިސާބުގަނޑު ބެލުމުން ވެސް ނާކާމިޔާބުވުމުން ކައިޒިންގެ ހިތަށް ވަނީ މޮޅިވެރިކަމެއް ވެރިވެފައެވެ. ” އެއީ ކާކުބާ؟” އޭނާގެ ހިތަށް އެރިއެވެ. މި ޚިޔާލުތަކުގައި ހުރެ އޭނާ ބޮލަށް އަތް މަހާލިއެވެ. އަދި ގެއަށް ދާން ހިނގައިގަތެވެ. * * * * * * * * * * * * * *
ތުނޑިމަތީ އުޅެލާފައި އަނބުރާ ގެއަށް ދާން ހިނގައިގަތް ޖެނީއަށް ފާލަންމަތީ އޮތް އަތުކުރި ގަޑިއެއް ފެނުނެވެ. ޖެނީ މަޑުމަޑުން ހިނގާލާފައި ގޮސް އެ ގަޑި ނެގިއެވެ. ޖެނީގެ މަޑު ފިޔާތޮށި ކުލައިގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. އޭނާގެ ހަނދާނަށް އަންނަން ފެށީ މީގެ ފަސް ވަރަކަށް މިނެޓް ކުރިން އެތާ އިށީނދެލައިގެން އިން ރީތި ޒުވާނާ އެވެ. އެ ކަޅު ބޯ ފަން އިސްތަށިކޮޅެވެ. އެ މަޑު މުށި ކުލައިގެ ޖާދުވީ ދެ ލޮލެވެ. އެ ދޮން ހަންގަނޑާއި އެ ފިރިހެން ވަންތަ ހަށިގަނޑެވެ. ޖެނީ ލަދު ރަކި ގޮތަކަށް ލޯ މަރާލިއެވެ. އަދި އެ އަތުކުރި ގަޑި މެޔާލާ ފިއްތާލިއެވެ. އޭނާގެ ހިތުގައި އެ ނުދަންނަ ޒުވާނާގު ފުރިހަމަ ސޫރަ ވަނީ ބިން ވަޅުނެގިފައެވެ. * * * * * * * * * * * * * * *
ސިިޓިންރޫމް ސޯފާގައި ކަސޯޓީ ބަލަން އިން މައިޒާގެ ލޮލުގައި އަޅައިގަތީ ގޭ ދޮރުން ވަދެގެން އައި ކައިޒިންއެވެ. ” އަނހަ ދަރިފުޅާ… އައީތަ!” ކައިޒިން ހީލާފައި ގޮސް އޭނާގެ މަންމަގެ ގައިގާ ބައްދާލިއެވެ. ” އަވަހަށް ދޭ ނިދާލަން… މާދަމާ މިގެއަށް އަންނާނެ ދަރިފުޅު ބައްޕަގެ ވަރަށް ގާތް ރައްޓެއްސެއްގެ ދަރިއެއް… .” ކައިޒިންގެ މޫނުމަތީ ބޮޑު ސުވާލު މާކެއް ތަތްވިއެވެ. ” ކާކު…؟ ކޮން ކުއްޖެއް…؟ ކީއްކުރަން…؟” ކައިޒިންގެ ސުވާލު ބަސްތާ އޮއްސާލިއެވެ. މައިޒާ ހީލިއެވެ. ” ނޭނގެ މަންމައަކަށް އެކުއްޖާއަށް ކިޔާ ނަމެއް… އެއީ އަންހެން ކުއްޖެކޯ… އޭނަ މިގޭގަ ހުންނާނީ އޭނަގެ ކިޔެވުން ނިމެންދެން…”. ކައިޒިންގެ ބަނޑު ކުކުރާލިއެވެ. ” އޯވް… އައި އޭމް ރިއަލީ ހަންގްރީ… އައި އޭމް ގޮއިން ޓު އީޓް… ބައި…!. މައިޒާ ހިނިގަނޑެއް ޖަހާލިއެވެ. ކައިޒިން މައިޒާ ގައިން ދޫކޮށްލުމަށްފަހު ދިޔައީ ކާގެއަށެވެ. ކާގެއަަށް ވަތްއިރު ރޭގަނޑުގެ ކެއުން ހުރީ ތައްޔާރުކޮށްފައެވެ. ކައި ނިންމާލުމަށްފަހު ކައިޒިން ދިޔައީ ކޮޓަރިއަށެވެ. ދެން އޭނާ އަވަސްވެގަތީ ފެންވަރާ ތާޒާ ވެލުމަށެވެ. ފެންވަރައިގެން އައިސް އޭނާ އެނދު މައްޗަށް ވެއްޓިގަތެވެ. ކައިޒިންގެ ސިކުނޑީގައި އެނބުރެމުން ދިޔައީ އެރޭގެ ހާދިސާއެވެ. އެ ޖާދުވީ އަޑު ރިކޯޑިން އެއްހާ ރީތިކޮށް އޭނާގެ އެތެރެ ހަށީގައި މިއުޒިކެއް ކުޅެމުން ދިޔައެވެ. ކައިޒިންގެ ތުންފަތްމައްޗަށް ރީތި ހިނިތުންވުމެއް ވެރިވިއެވެ. އެ އަޑުގެ ވެރިޔާއަކީ ކާކުތޯ ހޯދަން ހިތުގައި އަޒުމެއް ކަނޑައެޅުނެވެ. މި ޚިޔާލުތަކުގައި އޮވެގެން ކައިޒިން ދެލޯ މަރާލިއެވެ. ކައިޒިންގެ މޫނުމަތީ ހީވީ މީހަކު އެއްޗަކުން ތަޅައިގަތް ހެންނެވެ. ފުންމައިގެން ތެދުވެ ދެލޯ ބޮޑުކޮށްލައިގެން އިނދެވުނެވެ. ” ނޫން ނޫން… އަޅޭ…!”.
=ނުނިމޭ=
25 Comments!
Comments are closed.

Hi guyss!!! So here s the first part of the story
Hope u will enjoy
And pls comment after reading
kuhthah huredhaane cox its my first story
Insha allah next part tuesday ga up kohdheynan maadhan ves vaguthu vehjjiyya up kohdheveytho balaanan
AND EYNYNU CATEGORY ETHAA ASLU DHEENEE GE BADHALU GA INNAANY LOABI ASLU OLHIFA EYNY
Varah reethi
koacheh baa mi kaizin ah fenuny dhw???
curiously waiting
Thanks for reading
Balama dhw vaagotheh
???V salhi kaizin ah e v kihineh baa dhw
WAITING
Thanks dear
Next part kiyaalyma engeyne vaagoiy
First story aa balaaha reethi vara ,keep it up ?
thank u for the support???
maasha allah varah reethi. waiting for next part.
Thanks dear???
NODDY thi kon rashegge kujje.
naifaru
Noddy thee zeish class kuhjeh dhow zeish ah heevany zeish thivaahaka kyhen you liyefa dhineema
So whats the big deal
Gadi neiykann egunu tha ??
v reethi story feshun..
thanks dear???
zeish kihineh thihaa yageenkoh thi buny? noddy ey aharemen kulaas kuhjeh noonehnu? SHE IS FROM ANOTHER CLASS DHW?
Dhw good point
ehkala grade 6 ge hajamukuraa kudhin kolhu dhw mee?????
ohho you r the one who cannot hajam
hajam kohffey noontha bunaanee
guys sorry for the delaying but i cant up the next parts before the tests cox im super busy with those
Hope u guys will unnderstand
LOVE U ALL & once sorry for the delaying
It’s ok. We understand!?????????
NODDY
group eh tha thee …..??
can’t wait