ވާނަމޭ އުމުރަށްއެކީ ޖާނާ ( 5ވަނަ ބައި )
މިއަދަކީ މައިރާގެ ނަތީޖާ ލިބޭ ދުވަހެވެ. 12 އަހަރު ވަންދެން އޭނަ ކުރި މަސައްކަތުގެ ނަތީޖާ ލިބޭ ދުވަހެވެ. މައިރާ ސްކޫލަށް ދިޔައީ ސަނާޝް ގޮވައިގެންނެވެ. އޭނާ ހުރީ ވަރަށް ބިރުންނެވެ. ކިތަންމެ މަސައްކަތް ކުރިޔަސް ކާމިޔާބު ނުލިބޭ ފަހަރު އަންނަކަން މައިރާ ޤަބޫލުކުރެއެވެ. ޚުދު އޭނާ މިހާރުއެދަނީ އެކަންތައްތއް ތަޙައްމަލް ކުރަމުންނެވެ. ބައްޕަގެ ލޯބި ހޯދުމަށްޓަކައި އޭނާ ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ ނަމަވެސް އޭނާ ކުރި ހުރިހާ މަސައްކަތްވީ ފެނަށެވެ. އެބައްޕަގެ ފަރާތުން ލޯބީގެ ބަދަލުގައި ލިބުނީ ހުސް ނަފުރަތެވެ.
” ނާޝް.. މޭއީ ވަރަށް ބިރުގަނޭ…. ރިޒަލްޓް ރަނގަޅު ނުވެއްޖިޔާ ބައްޕަ އަދި ވަކީން ބޮޑަށް ރުޅިއަންނާނެ ދޯ…” މައިރާ ހިތަށް ދިޔައީ ބިރުވެރި ޚިޔާލުތައް އަންނަމުންނެވެ.
” މޭއީ ދޫންޔާ… އިރާދަކުރެއްވިއްޔާ ހުރިހާ ކަމެއްވެސް ރަނގަޅުވާނެ… ސަފަރުކަތްދެވެސް މޮޑާން ވެއްޖެއޭ މިހާރު.. މިފަހަރު އެނަ މީހަކަ ނީދެ މުސްކުޅިވަންދެން ކިޔަވާގޮތަށޭ ހުރީ…” މައިރާ ބިރުގަނެފައިވާކަން ސަނާޝްއަށްވެސް ފާހަގަވިއެވެ. އެހެންވެ އެސީރިޔަސް ވަގުތުކޮޅުވެސް އޭނާ ބެލީ މައިރާ ހެއްވާލެވޭތޯއެވެ. ކަންވީވެސް ސަނާޝް ހީކުރި ގޮތަށެވެ. ސަނާޝް އެހެން ބުނުމުން މައިރާއަށް ވެސް ހެވުނީއެވެ.
ސްކޫލްގެ ޕްރިންސިޕަލް ދިޔައީ ވަކިވަކިން ކުދިންނާ ބައްދަލުކޮށް ނަތީޖާ ހަވާލުކުރަމުންނެވެ. އެސްކޫލްގައި މަތީ ސާނަވީ ހަދަން ފެށި އަހަރަށް ވެފައި މަދު ދަރިވަރުންކޮޅެއް އިމްތިހާނުގައި ބައިވެރިވެފައިވާތީ ކޮންމެ ދަރިވަރަކާވެސް ވަކިން ވާހަކަ ދައްކަން ސްކޫލްގެ މެނޭޖުމަންޓުން ނިންމީއެވެ. މައިރާގެ ބުރު ނާންނާތީ ސަނާޝްއާ މައިރާ ސްކޫލް ގޯތިތެރޭހުރި ބެންޗެއްގައި ވާހަކަ ދައްކަން މަޑުކޮއްލާގެން ތިއްބެވެ. ދެމީހުންވެސް ބެލީ އެވީ ވަގުތުކޮޅުތެރޭވެސް ސަކަރާތްޖަހާށެވެ. ނަމަވެސް އެމީހުންގެ ހަރަކާތްތައް މަޑުޖެހުނީ ސްކޫލްގެ އޮފީހުން ނުކުމެގެން ރޮމުން ނުކުތް އާޝާގެ މޫނު ފެނިފައެވެ. މައިރާ އަވަސްވެގަތީ އާޝާ ގާތަށްގޮސް ވީގޮތް އޮޅުންފިލުވާށެވެ. ސަނާޝްވެސް މައިރާ ފަހަތުން ދިޔައީ ވީގޮތް އެނގެން ބޭނުންވެފަ ހުރިލެއް ބޮޑުކަމުންނެވެ.
” އޭޝް… ކީއްވެތަ ތިރޮނީ؟؟.. ކިހިނެއްތަވީ؟؟؟ ”
” މޭއީ… އަހަރެންނަށް ކުރެވުނު އެންމެ ބޮޑަކަށް އަހަރެން މަސައްކަތްކުރިން…. މޭއީއަށް އެންމެ ރަނގަޅަށް އެކަން އިނގޭނީ…. މަންމައާ ބައްޕައަށް އަހަރެން ދައްކާނީ ކޮން މޫނެއް… އެހުރިހާ ކަމެއްގެތެރޭގައިވިޔަސް އަހަރެން ހާދަ މަސައްކަތެއް ކުރީމޭ…. އަހަރެންނަކަށް ނުކެރޭނެ ގެޔަށް ދާކަށް މި ހިފައިގެނެއް… އަހަރެން ކިހިނެތް ދެން ހަދާނީ؟؟؟…”
” އޭޝް.. ހުއްޓާލާ… ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަށް.. އެހެންނޫނަސް އޭޝްގެ މަންމަމެން އަންޑަސްޓޭންޑް ވާނެ.. އޭޝް ޓެސްޓުތެރޭ ގޭތެރޭ މަސައްކަތްތައް ކުރަމުން ކޮއްކޮމެން ބަލަމުން ކިޔެވީ… މޭއީއަށް އިނގޭ އޭޝްގެ ބެސްޓް އޭޝް ދެއްކިކަން…. އަހަރެމެން ޖެހޭނެ ކެތްތެރިވާން އޭޝް… މިއަދު ތި ރިސަލްޓު ލިބުނަސް ދެރަނުވެ ދެން ތިޔަށްވުރެ ރަނގަޅަށް ކިޔަވައި މޮޅު މީހަކަށް ވެވޭނެ އޭޝައަށް… މަންމަގެ ހުވަފެންތަކާ އޭޝްގެ ހުވަފެންތަކާ ހުރީ ގުޅިފަ… އޭޝް ބޭނުމެއް ނޫންތަ އެ ހުވަފެންތައް ހަޤީގަތަކަށް ހަދަން؟؟ މޭއީއަށް ޔަޤީން މުސްތަޢުބަލުގައި މަންމަމެން ފަޚުރުވެރިވާފަދަ ކުއްޖަކަށް އޭޝް ވާނެކަން… ދެން ނުރޮއި.. މޭއީ ވަރަށް ދެރަވޭ އޭޝް ތިހެން ހުރީމަ… މޭއި އަށް އިނގޭ އޭޝް ވަރަށް މަސައްކަތްކުރިކަން.. މަންމަމެން އެއްޗެކޭ ބުނެއްޖިޔާ އާދެ މޭއީ ގާތަށް.. އޭރަށް މޭއި ގޮސް ވިސްނައިދެވޭތޯ ބަލާނަން.. އޯކެ…”
” ތޭންކް ޔޫ މޭއީ… ތިކަހަލަ ރަހުމަތްތެރިއެއް ލިބުނީމަ އޭޝް ވަރަށް އުފާވޭ އަސްލު… މޭއިގެ ސަބަބުން މިހާ ވަރަށް މަސައްކަތް ކުރެވުނީވެސް.. އަދި މި ރިޒަލްޓް ލިބުނީވެސް… ތޭންކިޔޫ ސޯ ސޯ މަޗް… ދަނީ އިނގޭ…”
މައިރާ ދިން ހިތްވަރުގެ ސަބަބުން އާޝާގެ ހާސްކަން ފިލައިގެން ދިޔައެވެ. މައިރާ އެބުނީ ރަނގަޅަށެވެ. ކޮންމެ ކަމެއްވެސް މެދުވެރިވާނީ ރަނގަޅަކަށެވެ. މާތްﷲ އަހަރެމެންނަށް ދެރަގޮތެއް މެދުވެރިއެއް ނުކުރާނެއެވެ. އާޝާ މައިރާއަށް އަލްވަދާޢު ކިޔުމަށްފަހު ގެޔަށްދާން ހިނގައިގަތެވެ. ނަމަވެސް މައިރާގެ ޚިޔާލުގައި މިހާރުވަނީ އެހެން ކަމެކެވެ. އާޝާއަކީ މައިރާއާ އެއްކޮން ކިޔެވި ކުއްޖެކެވެ. މައިރާއެކޭ އެއްވަރަށް އާޝާވެސް މަސަތްކަތްކުރިއެވެ. ނަމަވެސް އާޝާގެ މަސައްކަތުގެ މޭވާ ނުހަނު ހިތިއެވެ. އެހެންވުމުގެ ސަބަބުން މައިރާގެ ހާސްކަން ދިޔައީ އިތުރުވަމުންނެވެ. އޭނާ ކުރި މަސައްކަތުގެ ނަތީޖާ ފޮނިވާނެބާވައެވެ؟ ބައްޕަގެ ރުހުން ހޯދަން ކުރާ މަސައްކަތްތައް ކާމިޔާބު ވާނެބާވައެވެ؟ ނުވެއްޖެއްޔާ ދެން ބައްޕަގެ ލޯތްބާ ރުހުން އޭނާއަށް ނުލިބޭނެބާވައެވެ؟ ޖަވާބު ނެނގޭ ސުވާލުތަކެކެވެ. މިކަމާ އިތުރަށް ވިސްނާވަރަކަށް ހާސްކަން ދިޔައީ އިތުރުވަމުންނެވެ.
” މޭއީ… ހާސްނުވެބަލަ… ހުރިހާ ކަމެއްވެސް އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ… މޭއީގެ ރިޒަލްޓް ރަނގަޅުވާނެ….” މައިރާގެ ހާސްކަން ފެނި ސަނާޝް ކަންބޮޑުވިއެވެ. އެހެންކަމުން އޭނާ ބެލީ މައިރާއަށް ކުޑަނަމަވެސް ހިތްވަރެއްދެވޭތޯއެވެ.
” ނާޝް.. އޭޝް ވެސް ވަރަށް މޮޅަށް ކިޔެވިއޭ.. އެކަމް އޭނަ ރިޒަލްޓް އެހާ ރަނގަޅެއް ނޫން… މޭއި ރިޒަލްޓްވެސް އޭރަށް ރަނގަޅެއް ނުވާނެ ދޯ.. އޭޝްއާ މޭއީ ކިޔެވީ އެއްކޮށޭ…”
” ސާބަސް މޭއީ.. އަބަދުވެސް ޕޮސިޓިވް ކޮށް ވިސްނަން ބުނާ މީހާތީ.. އެންމެނަށް ލެކްޗަރު ދެނީ މޭއީ… މިއަދު މޭއީ ހާސްނުވާންވީ ދުވަހު ތިވަނީ ކިހިނެތް… އެހެންނޫނަސް އޭޝްއަށް އެހެންވީ ޕަރސަނަލް ޕްރޮބްލެމްއެއްގެ ސަބަބުން.. މޭއީއަކަށް ނުޖެހެއެއްނު… ސޯ ސްމައިލް މޮޔަޔާ..” ސަނާޝް ދިޔައީ މައިރާއަށް ހިތްވަރުދެމުންނެވެ. ސަނާޝްއާ އެއްކޮން މިތަނަށް އާދެވުނު ކަމީ މައިރާގެ ނަސީބެވެ. އެހެންނޫންނަމަ މިހާރު މައިރާއިންނާނީ ބޮޑު ހާސްކަމެއްގެ ތެރޭގައެވެ. ވިސްނާ ވިސްނާ ބޯގޮވާފައެވެ.
15 ވަރަކަށް މިނެޓު ފަސް……..
” މައިރާ ޔާސިރ… ދެން އިނީ މައިރާ….” އޮފީހުގެ މުވައްޒަފަކު އައިސް ބުނުމުން މައިރާ ހިނގައިގަތީ އޮފީހަށް ދިޔުމަށެވެ. މައިރާ ހިނގައިގަތުމުން ސަނާޝް އަވަހަށް ގުޑް ލަކްއޭ ބުނެލިއެވެ.
މައިރާގެ ހިތުގެ ތެޅުން އަވަސްވިއެވެ. އޭނާ ހުރީ ނުލާހިކު ބިރުންނެވެ. ޕްރިންސިޕަލްގެ ކެބިންއަށް ވަތްއިރުވެސް އޭނާގެ ހިތް ތެޅެނީއެވެ. މައިރާ ސަލާމް ގޮވާލުމަށްފަހު ހުއްދަ ލިބުމުން އައިސް އަދަބުވެރިކަމާއެކު ގޮނޑީގައި އިށީނެވެ.
” މައިރާ.. ނަތީޖާ ކިހިނެތް ވާނެހެން ހީވަނީ؟؟؟..” ފުރަތަމަވެސް ޕްރިންސިޕަލް ކޮއްލީ އެސުވާލެވެ.
” އިރާދަކުރެއްވިއްޔާ ރަނގަޅުވާނެ….” މައިރާ އެހެން ބުނިއިރުވެސް އޭނާގެ އަޑުގައި މަޑު ތުރުތުރެއް ހުއްޓެވެ.
” މައިރާ… މައިރާގެ ނަތީޖާ ސަރމެން ހީކުރިގޮތަކަށް ނޫން ހުރީކީ…”
އެހެން ބުނުމުން މައިރާއަށް ހީވީ ހަތަރު އުދަރެސް ފެނުޖެހުނު ހެންނެވެ. އެހެންނުވާންވީ ސަބަބެއްނެތެވެ. ރަނގަޅު ނަތީޖާއެއް ހޯދުމަށް އޭނާ ނުލާހިކު ބުރަ މަސައްކަތްކުރިއެވެ. އޭނާގެ ސިކުޑީގައިވާ މި ޚިޔާލުތައް މަޑުޖެހުނީ އަނެއްކާވެސް ޕްރިންސިޕަލް ވާހަކަ ދައްކަން ފެށުމުންނެވެ.
” ސަރމެން އެންމެންވެސް ހީކުރީ މައިރާ ޓޮޕް 5 އަށް އަރާނެކަމަށް… އެއީ މިރަށު އަލަށް އޭ ލެވެލް ކިޔަވައިދޭންފެށީ މިއަހަރުކަމުގައި ވުމުން އެހާ ބޮޑެތި އުއްމީދުތަކެއް ނުކުރަން…. މައިރާއަކީ ކުޑައިރުއްސުރެވެސް ކިޔެވުމަށް ވަރަށް ޝައުޤުވެރި މަސައްކަތްތެރި ކިޔަމަންތެރި ކުއްޖެއް… ނަމަވެސް މައިރާގެ ނަތީޖާ އޮތީ ސަރމެން އުއްމީދުކުރި ގޮތަކަށް ނޫން…………. މައިރާގެ ނަތީޖާ އެއަށްވުރެވެސް މާ ފުރިހަމަ…… މައިރާ މަތީ ސާނަވީ އިމްތިހާނުން ރާއްޖޭއްގެ ގަދަ ދިހައެއްގެ ގަދަ އެއްވަނައިގައި ހިމެނިފައިވަނީ… އަދި ދިވެހިބަހާ އިސްލާމުން ބްރިލިއަންސް އެވޯޑް މައިރާއަށް ލިބޭ…… ސަރމެން އެންމެންވެސް ވަރަށް ފަޚުރުވެރިވޭ މައިރާފަދަ ދަރިވަރަކަށް ކިޔަވައިދިނުމުގެ ފުރުސަތު ލިބުނީމަ… މައިރާ ތިހޯދި ކާމިޔާބީއަކީ މިރަށު އެންމެންވެސް ފަޚުރުވެރިވާނެފަދަ ކާމިޔާބީއެއް…. ކުރިޔަށް އޮތްތަނުގައި މިއަށްވުރެ ބޮޑަށް މަސައްކަތްކޮށް މުޅި ޤައުމު ފަޚުރުވެރިވާނެފަދަ ދަރިއަކަށް ވެވޭތޯ މަސައްކަތް ކުރާނެކަމަށް އުއްމީދުކުރަން….”
“ޝުކުރިއްޔާ ސަރ..” މައިރާއަށް ބުނެވުނީ މިހާވަރަށެވެ. އޭނާއަށް އުފަލުންގޮސް ރޮވުނީއެވެ. އޭނާގެ ހުވަފެންތައް ކާމިޔާބުވީއެވެ. ދެން ބައްޕަގެ ރުހުން ހޯދުމަށް އޭނާއަށް ފަސޭހަވާނެއެވެ. މައިރާ އަވަސްވެގަތީ ބައްޕައަށް އެޚަބަރު ދިނުމަށެވެ. ޕްރިންސިޕްލްއަށް ޝުކުރުއަދާކުރުމަށްފަހު މައިރާ ގެޔަށްދާން ނުކުތެވެ. ކުޑައިރުކޮޅަކަށްނަމަވެސް އޭނާގެ އިނަތިޒާރުގައި ސަނާޝް ހުންނާނެކަން ހަނދާން ނެތުނީއެވެ. ސަނާޝްމަތިން ހަނދާންވީ ބޭރަށް ނުކުތްއިރު ކުރިމަތީ ސަނާޝް ދެކޮޅުދެކޮޅަށް ހިނގާލަ ހިނގާލަ ހުއްޓާ ފެނުމުންނެވެ. ސަނާޝްއަށް މައިރާ ފެނުމާއެކު އައިސް ކަންވީގޮތް އޮޅުންފިލުވުމަށް މަސައްކަތްކުރިއެވެ. މައިރާ ރޮއިފައިވާކަން ފާހަގަވުމުން ސަނާޝް ކަންބޮޑުވިއެވެ.
” މޭއީ.. ކިހިނެއްވީ ކޮބާ؟؟ ކީއްވެ ރޮއެފަ ތިހިރީ؟؟؟ ރަނގަޅުދޯ…. ދެން ބުނެބަ ނުތަޅުވާ… މިހާރު ކިހާއިރެއްވެއްޖެ…” ސަނާޝް ހުރިހާ ސުވާލެއް ފައްޗަކަށް އަމުނާލިއެވެ.
މައިރާ އައިސް ސަނާޝްގައިގައި ބައްދާލިއެވެ. މައިރާއަށް އަނެއްކާވެސް ރޮވުނީއެވެ. މައިރާ ރޯކަން އިގުމުން ސަނާޝް ކަންބޮޑުވިއެވެ.
” މޭއީ… ދެން ބުނެބަލަ ނުތަޅުވާ.. ނާޝްވެސް ބިރުގަނޭ މިހާރު….”
” މޮޔަގަނޑާ… މިތާހުރެ ހުރިހާ ވާހަކައެއް ނުދެއްކޭނެ.. ހިނގާ މިދިމާ އަތިރިއަށް.. ޕްލީޒް……”
މައިރާއާ ސަނާޝް އަތިރިމައްޗާ ދިމާލަށް ދިޔުމަށް މިސްރާބުޖެހިއެވެ.. ފަސްވަރަކަށް މިނެޓު ތެރޭ އެމީހުންނަށް އެހިސާބަށް ދެވުނެވެ. އަތިރިމަތީ އިން ޖޯލިފައްޗެއްގައި ހަމަޖެހިލަމުން ސަނާޝް އަނެއްކާވެސް އަހާލިއެވެ.
” މިހާރު އަތިރިމައްޗަށްވެސް މިއާދެވުނީ… ދެން ކިޔާބަލަ…” ސަނާޝްއިނީ ވީގޮތް އޮޅުންފިލުވުމަށް ކެތްމަދުވެފައެވެ.
” ނާޝް.. މޭއީ ޓޮޕް 1 އަށްއެރީ… ދިވެހި އިސްލާމުން ބްރިލިއަން ލިބުނީ… ޕިންޗްމީ.. އޭރަށް ޤަބޫލުކުރެވޭނީ..” މައިރާއަދިވެސް ހުރީ ޝޮކެއްގައެވެ.
” ސީރިޔަސްކޮށް… އަޅެ ނާޝް އޭރުވެސް ބުނީމެއްނު ހުރިހާކަމެއް ރަނގަޅުވާނެޔޭ.. ހިނގާ ގެޔަށްދާން.. މަންމަ މިހާރު އިންނާނެ މޭއީ ނައިސްގެން ލަސްވެފަ… އައިމް ސޯ ހެޕީ ފޮރ ޔޫ… ކޮންގްރާ ސަފަރު… ވަރަށް ލޯބިވޭ!!!….”
3 Comments
Comments are closed.
Dear Readers ❤❤❤First of all mi part lasvi kamahttakaa hurihaa kiyuntheringe kibain maafah edhen.. ❤❤Varah balikoh ulhey dhuvaskolheh mee and v balikoh ulhefa mi up kury vx.. Hope you guys like it…??❤❤??
Vara reethi story adi tiya balin avaha ragalhuvetho dua kuran???
Thnkiu Ree❤❤❤