މަލާކަށް ތޫލި އަޑަކުން ހަޅޭއްލަވައި ގަނެވުނެވެ. ބާރުގަދަ އަތަކުން ދެލޯ މަރާ ތަގުޅި ކޮށްލައިގެން އޮތް މަލާކްގެ އޮމާން އަތުގައި ހިފަހައްޓައިގެން ހުރިހެން ހީވެގެން މަލާކް މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. ދާދި ކައިރިން ޒާހިލްގެ ނުތަނަވަސްވެފައި ހުރި މޫނު ފެނުމުން މަލާކްގެ ހިތް ތެޅިލިއެވެ. އޭރު ސައިކަލުގައި އައި ޒުވާނާވެސް ހުރީ އެދިމާލަށް ބަލަހައްޓައިގެންނެވެ. “ކެއަރފުލް މަލާ..” ޒާހިލް މަލާކަށް ނަސޭހަތްތެރި ވަމުން ޑިންގީއަށް މަލާކް އެރުވިއެވެ. ނަމަވެސް މަލާކްގެ ނަޒަރު އެޒުވާނާއާ ވަތްކެއް ނުވެއެވެ. އަލޫކް މިރަށަށް އައިސްގެން އެއުޅެނީ ކޮންބޭނުމެއްގައިބާއެވެ؟ އަލޫކަށް އޭނާ ނޭނގުނީ ބުރުގާ އަޅާފައި ހުރުމުން ހެއްޔެވެ؟
ފަރަށް ދިޔަ ފުރަތަމަ ފަހަރުކަމުން މަލާކަށް ކުދި ކކުދި އަނިޔާތައް ލިބެމުން ދިޔައެވެ. އަލޫކްގެ ޚިޔާލުގައި ހުރެ އޭނާއަށް ރަނގަޅަށް ފައިދޮށެއްވެސް ނުބެލެއެވެ. އެންމެން ގެންދިޔަ ހަންދަ ގޯނިތައް ފުރާލުމަށްފަހު މޫދަށް އެރިގެން ރަށުގެ ބަނދަރާ ދިމާލުން ރަށަަށް އަރަން މިސްރާބުޖެހިއެވެ.
ގެއަށް އައިސް ފެންވަރައިގެން އަފާ އައުމާއެކު މާޒްއާއި ތިންމީހުން ދިޔައީ ހަންދަތައް ހަދައިގެން ކެއުމަށްޓަކައި ޒާހިލްމެން ގެއަށެވެ. ޒާހިލްމެން ގޭގައި އެންމެން ވެގެން ހަންދަތައް ހެދުމަށްފަހު ކެއުމުގައި އުފާވެރި ވަގުތު ތަކެއް ހޭދަކުރިއެވެ. ފުރަތަމަ ފަހަރަށް ހަންދަމަސް ކޭނަމަވެސް މަލާކްއަށް ވަރަށް މީރުވިއެވެ. ޒާހިލްގެ ކޮއްކޮ ޒައިލީއާވެސް ދިމާވިއެވެ. ޒައިލީ އުޅެނީ މާޒްމެންނަށް ވުރެ އެއް ގްރޭޑް ދަށުގައެވެ. ނަމަވެސް ވާހަކަ ދެއްކުމުގައި އެހުންނަ ގާތްގޮތެއްގެ ސަބަބުން ހަމަ ހީވަނީ އެއްފުރާ ކުއްޖެއް ހެންނެވެ. އެހާވެސް ހިތްހެވެވެ. ޒައިލީގެ މޫނުމަތި އަލިވެފައި ލޯބި ގޮތެއް ހުރެއެވެ. ލައިފައި ހުންނަ ހެދުމުގެ ސަބަބުން ގައިގެ ބައްޓަން ނޭނގުނުނަމަވެސް މާފުރިހަމައެވެ. އެކަހަލަ ކުދިން ރީތިވަނީ އެހެންވެއެވެ.
ވަރުބަލިވެފާ ހުރުމުން ޒާހިލްމެން ގެއިން އައިގޮތަށް މަލާކް ދިޔައީ ނިދަންށެވެ. ފޯނަށް މެސެޖެއް އައި އަޑަށް ބާލީސް މޫނުމަތިން ނެގުމަށްފަހު މަލާކް ފޯނު ހުޅުވާލިއެވެ. “ބާއްޖަވެރި ރޭގަނޑަކަށް އެދެން..ވަރަށް ވަރުބަލިދޯ؟ އޯކޭ، ސްލީޕްވެލް..” “ޕްލީޒް..ބުނެބަލަ ތީ ކާކުކަން…” މަލާކްހުރީ މިރޭ އެއީ ކާކުތޯ ބަލާފައި ނޫނީ ނުނިދަން ނިންމައިގެންނެވެ. މިހާރު އެގޮތަށް އެމީހަކު މެސެޖު ކުރާތާ ދުވަސްކޮޅެއް ވެއްޖެއެވެ. “އޭރުން މަލާ ރުޅި އައިސްދާނެ..” “އަޅެ ކިހިނެއްތަ އަހަރެންގެ ނަން އިނގުނީ؟” ރިޕްލައިއެއް ނައިސް އިރުކޮޅެއް ވިފަހުން އެނަންބަރުން ގުޅައިފިއެވެ. “ހަލޯ؟” “ކިހިނެއްތަ އަހަރެންގެ ނަން އިނގެނީ..؟ކާކުތަ ތީ އަޅެ…ބުނެބަލަ ދެން..” “ގެސް…” “މިގަޑީ މަޖާކުރާކަން ނެތިން..ފައިން ނުބުނަންޏާ ހުރޭ..ބްލޮކް ކޮށްލަނީމި!” “އޭއޭ މަލާ..މީ މަށޭ..ޒާހިލްއޭ މީ…” މަލާކަށް ކުޑަ ސިހުމެއްލިބުނެވެ. “ބުނެލި ނަމައެއްނު…” “ލުކް..އައި ވޯޒް ޖޯކިންގ އޭ…ސޮރީ…” “ނޯ އިޓްސް އޯކޭ..ގުޑްނައިޓް..” “ތޭންކްސް…ނައިޓް”.
މަލާކަށް އެރޭ ވިސްނެމުން ދިޔައީ ޒާހިލްއާ މެދުގައެވެ. ޒާހިލްގެ އެސާދާ ހިނިތުންވުމެވެ. ހިތްހެޔޮކަމެވެ. ޒާހިލްގެ މަންމައާއި ކޮއްކޮމެން ބަހައްޓާ ގާތްކަމެވެ. އަނެއްކާ އޭނާގެ ހިތް ޒާހިލްއަށް ލެނބެން ފެށީބާއެވެ؟ އެއީ އަލޫކްއަށް ބޭވަފާތެރިވުން ހެއްޔެވެ؟
ކުއްލިއަކަށް މަލާކް ސިހުނީ ބޭރާ ވީފަރާތު ކުޑަދޮރުގައި މީހަކު ޓަކި ޖަހާލިއަޑަށެވެ. ހީވިހީވުމެއް ކަމަށް ނިންމާ، ހަމަނުޖެހި އުޅެނިކޮށް އަނެއްކާވެސް ޓަކިޖަހާލިއެވެ. މަލާކް ބަލާލީ ގަޑިއަށެވެ. އެގާރަގަޑިބައި ވަނީއެވެ. މިގަޑީގައި އެއީ ކާކުބާއެވެ؟ އަދި އެވެސް އޭނާ ކޮޓަރި ކުޑަދޮރުގައި ޓަކިޖަހަންވީ ކީއްވެހެއްޔެވެ؟ އަނެއްކާ ވަގެއްބާއެވެ؟ ނޫނެކެވެ. ވަގުން ޓަތްކެއްނުޖަހާނެތާއެވެ. އެއީ އަނެއްކާ ޒާހިލް ބާއެެވެ؟
ދެފިކުރެއްގައި ހުރެފައި މަލާކްގޮސް މަޑުމަޑުން ކުޑަދޮރު ހުޅުވާލިއެވެ. އަވަސް ހަރަކާތްތަކަކާއެކު އެމީހަކު އެތެރެއަށް ފުންމާލުމަށްފަހު ކުޑަ ދޮރު ތަންޑުއެޅުވިއެވެ. މަލާކް އަވަސް އަވަހަށް ގޮސް ހޮޅިބުރި ދިއްލާލިއެވެ. އެއާއެކު މަލާކް ލާން އުޅުނު ނޭވާ ކަރުތެރޭގައި ތާށިވިއެވެ.
(ނުނިމޭ)
7 Comments
Comments are closed.
Mivaahaka Dhen up vaane garuneh bunela dheefiyyavarah ragalhu
Eyraka nujeheyne up veytho balaakab
E garunakun dhuniyeyga huriyya kiyeynethaa
Alhey sorry ehenn vaathy. It’s just i don’t get internet frequently male’ ga eh noon adhi ulheny.
alhey ehaalahun up kuraa iru ves haadha kurukoh thi up kuranee .. pls pls thihen nuhadhabaa
haadha kurey. mivarun vaahaka nuliyan v nun. meehun hiy dhathi kuruvan vegen kurukoh thi genesdheny. thankolheh dhigukoh avahan up kohdhyba.
I know yes i believe kurukann ves. Ekam dear thikahala gothah talk kuranya it’s sad
Pls update soon ingey…. Mihaaru varah kiyaa hiyvejje… Kithenme lahun upkuriyas hama story kiyan… ?
Zal ge username handhaann nethigen ithuru account eh create kurevifa myni. Don’t mind it, i’ll continue to write on my actual account.