ޝައުން އަހަންނާ ދިމާއަށް ބަލަން ހުރެފަ ބާރަކަށް ހޭންފެށިއެވެ. “ޔޫ ކިޑިންމީ ނާ!” “ނޯ އައި އޭމް ސީރިއަސް އައި ލަވް ޔޫ” އަހަރެން ލޮލުން ވެއްޓުނު ކަރުނަތިކި ގޮސް ޖެހުނީ ޝައުންގެ އަތުގައެވެ. އަހަރެން ސަމާސާކުރަނީ ނޫންކަން އެނގުމާއެކު ޝައުންގެ ހުނުން މައިތިރިވިއެވެ.
“ރަހުވާ ނޭންގުމެއްގެ ތެރޭގަ ރަހުވާގެ ފީލިންގްސްއާ ކުޅެވުނުނަމަ ވަރަށް ބޮޑަށް މާފަށް އެދެން. މަށަކަށް އެއްވެސް ވަރަކަށް ނޭންގޭ ރަހުވާ އެފަދަ ގޮތަކަށް މަށާ ދޭތެރޭ ދެކޭ ކަމެއް.” އިސް ޖަހައިގެން އިނދެ ބުންޏެވެ. ކިތަންމެ ބައިވަރު ވާހަކަ ދައްކަން ބޭނުންވިއެއް ކަމަކު އަހަރެންގެ ދޫ ހަރަކާތެއް ނުކުރިއެވެ. ހީވަނީ ގަދަ ބާރަކުން މީހަކު ދުލުގައި ތަޅުއަޅުވައިފައި ހުރިހެންނެވެ.
ވެހެމުން ދިޔަ ބޯވާރޭއަށް ބެލުމެއް ނެތި އަހަރެެން ކާރުން ފޭބީމެވެ. ފޭބި ގަޑީ ޝައުން އަހަންނަށް ގޮވިހެން ހީވިއެއް ކަމަކު ފަހަތަށް އެނބުރި ބަލާކަށެއް ނުކެރުނެވެ. އެއަށްވުރެ ބޮޑަށް އަހަރެން ހުރީ ލަދުގަނެ ދެރަވެފައެވެ.
ކާރުން ފައިބައިގެން ކުރިއަށް އަހަންނަށް އެޅުނީ އެންމެ ދެތިން ފިޔަވަޅެވެ. ބާރުގަދަ އަތަކުން އަހަރެން އަތުގަ ހިފާ އަނެއްފަރާތަަށް އަނބުރާލިއެވެ. ލިބުނީ ސިހުމުގައި އަހަންނަށް ކުޑަކޮށް ހަލޭއްލަވައިގަނެވުނެވެ.
“އައި ލަވް ޔޫ ޓޫ ރަހުވާ. ރަހުވާއާ އެކީ ހޭދަވީ ކުޑަ ދުވަސްކޮޮޅު ތެރޭ ވަރަށް ބޮޑަށް ރަހުވާ ދެކެ ލޯބިވެވިއްޖެ” ކަންފަތަށް އިވެމުން ދިޔަ ބަސްތަށް ގަބޫލުނުކުރެވިފައި އަހަންނަށް އިނދެވުނެވެ. އަހަންނަށް އެއިވުނީ ޝައުންގެ އަޑުކަން ޔަގީނެވެ.
ނުހަނު ގާތުން ޝައުންގެ މޫނު ފެނުމުން ނޭވާ ލާންވެސް އަހަރެން ހަނދާންނެތުނެވެ. ޝައުންގެ މޫނުގައި ބީހިފައި ފައިބަމުން ދިޔަ ވާރޭތިކިތަކާ މެދު އަހަންނަށް ހަސަދަވެރިވެވުނެވެ.
“ރަވާ” އަހަރެންގެ ކަންފަތްދޮށުގައި ވައި އަޑުން ބުނެލިއެވެ. އެއަށްފަހު ޝައުންގެ މެއާލާ އަހަރެން ބޮނޑިކޮއްލިއެވެ. އަހަރެންވެސް އިތުރަށް ޝައުންގެ މޭތެރޭގައި ބޮނޑިވެލީމެވެ.
ޖީނާ ބަލާ ދިޔައިރު އަހަންނާ ޝައުން ތިބީ ތެމި ފޯވެފައެވެ. “މަންމިއާ ޝައުންބެ ވާރެއާ ތެމުނީ ދޯ! ޕިސް ޕިސް! ކީއްވެ ކޮއްކޮ ނުލާ ތެމުނީ؟” ރުޅި މޫނު ހަދާލަމުން ޖީނާ ޝަކުވާ ކޮށްލިއެވެ. ޖީނާއަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަންނާ ޝައުން ހިނިތުންވެލީއެވެ.
ގެއަށް ދިޔަ މަގުމަތީގައި ސްކޫލްގައި ހިނގާދިޔަ ހުރިހާ ކަމެއްގެ ވާހަކަ ޖީނާ ކިޔާދިނެެވެ. ޖީންއަކީ އަނގަގަދަ ކުއްޖެއް ކަމުން ފުރަތަމަ ދުވަހުވެސް އެކުވެރިން ހޯދިއެވެ.
*****
އަޝްޖައުގެ ނަޒަރުން:
ލޮލުން އޮހެމުން ދިޔަ ކަރުނަތައް ފުހުމަށްފަހު ވެލިގަނޑު މަތިން އަހަރެން ތެދުވީމެވެ. އޭރު ދެތިން މީހުންގެ ނަޒަރު އަހަންނާ ދިމާއަށް ހުއްޓިފައި ހުއްޓެވެ.
ހިތްވަރު ކޮށްފައި ޖީނާ ނިމޭ ގަޑިއަށް އެސްކޫލް ކާރިއަށް ދާން އަހަރެން ހިނގައިގަތީމެވެ.
ސްކޫލް ގޭޓުން ވަންނަން ގޮއްސައި އަހަންނަަށް މަޑު ޖެހެވުނީ ތެމި ފޯވެގެން އެތެރެއަށް ވަން ޝައުންއާ ރަހުވާ ފެނިފައެވެ. ހިތުގައި ރިއްސިލެއް ބޮޑުކަމުން އެތެރެއަށް ވަންނާކަށް ނުކެރުނެވެ.
ވާރެއާ ތެމުމުގެ ސަބަބުން އަހަރެން ހުރީ ރޯގާޖެހި ހުންވައްތަރު ވެފައެވެ. އަރާމުކޮށްލުމުގެ ބޭނުމުގައި ބޭސްކައިގެން އެނދުގައި އޮށޯވެލީމެވެ. އެހެނަސް ލޯ މަރާލާ ކޮންމެ ފަހަރަކު ރަހުވާއާ ޝައުން ސިފަވަމުން ދިޔައެވެ.
ނުނިދިގެން ދެކޮޅަށް ފޮރޮޅިލަ ފޮރޮޅިލަ އޮއްވައި ފޯނު ރިންގްވާ އަޑު އިވުނެވެ. ގުޅަނީ ޝައުންއެވެ. ނުނަގަން ހުރެފައިވެސް ވަރަށް ހިތްވަރުކޮށްފައި ފޯނުނެގީމެވެ. “އޭ ޖެކް. މިގެއަށް ޖައްސާލާ ދެވިދާނެތަ؟” ފޯނު ނެގިގޮތަށް ޝައުން އެހިއެވެ. “އޭ ބްރޯ” ދޭނެ ޖަވާބެއް ނޭންގިފައި އަހަރެން ހުއްޓާ އަނެއްކާވެސް ޝައުން ވާހަކަ ދެއްކިއެވެ. “ޝައުން ސޮރީ. އަހަރެން ކުޑަކޮށް ބަލިވެ މިއުޅެނީ” އެހެން ބުނުމަށްފަހު ޝައުންއަށް ވާހަކަ ދައްކާނެ ފުރުސަތެއް ނުދީ އަހަރެން ފޯނު ކަނޑާލީމެވެ.
****
ރަހުވާގެ ނަޒަރުން:
“ކޮބާ. މަ ބުނީމެއްނު އޭރުވެސް ޖެކް ފޯނު ކަނޑާލާނޭ” އަޝްޖައު ފޯނު ކަނޑާލުމާއެކު ޝައުން ބުންޏެވެ. އިޚްތިޔާރަކާ ނުލާ އަހަންނަށް ހެވުނެވެ. އަހަރެން ބޭނުމީ އަޝްޖައި ވޭނުގައި އުޅޭތަން ބަލާށެވެ. ހީކުރި ވަރަށްވުރެ ފަސޭހައިން އަޝްޖައުގެ ހިތް އަހަންނަށް ލަންބާލެވުނެވެ. އަދި އެއަށްވުރެ ފަސޭހައިން އަޝްޖައިގެ ހިތްވެސް ހަލާކުކޮށްލެވިއްޖެއެވެ. ލޯބިވާ މީހެއް ތިމާ ދޫކޮށްދިއުމުން ކުރެވޭނެ އިހްސާސް އަޝްޖައުއަށް ކުރަން އަހަރެން ބޭނުމެވެ. ކަރުނަ ހުސްވަންދެން އަޝްޖައު ރޯތަން ދެކެން އަހަރެންގެ ހިތްވަނީ ބޭގަރާރު ވެފައެވެ. އަޝްޖައު ކަހަލަ ބޭވަފާތެރިންނަށް އެމީހުންގެ ހަގީގީ ލޯބި ލިބުން ހައްގެއް ނޫނެވެ.
ޚިޔާލުތަކުން އަހަންނަށް ނިކުމެވުނީ ގޭގެ ބެލް ޖަހާލި އަޑު އިވުމުންނެވެ. އެއާއެކު ހާސްވެފައި އިނދެ އަހަންނަށް ޝައުންއާ ދިމާއަށް ބަލާލެވުނެވެ. ހިންދިރުވާލެވުނީ އެއާ މީހުންނާ އަހަރެން ބައްދަލު ވާންތައްޔާރުނޫންހެން ހީވުމާއެކުއެވެ. ދޮރާ ދިމާއަށް ބަލަހައްޓައިގެން އިނދެ ނިޔަފަތި ކާން ފެށުނެވެ. “ރަވާ” އަހަރެން ނިޔަފަތި ކާންފެށުމުން ނުރުހިފާ ޝައުން ގޮވާލިއެވެ. “ތިހާ ހާސްވެގެން ކަމަކު ނުދާނެ. ކާމް ޑައުން. މަންމައާ ބައްޕަ ވަރަށް ނައިސް ވާނެ. ޖަސްޓް ރިލެކްސް އެނގޭ.” އެހެން ބުނުމަށްފަހު ޝައުން ގޮސް ދޮރު ހުޅުވާލިއެވެ.
ޝައުންގެ މަންމައާ ބައްޕައާއެކު ޝައުންގެ އަންހެން ކޮއްކޮ ޝާޔާވެސް އައިސް ހުއްޓެވެ. އުމުރުން ދުވަސް ވީއެއް ކަމަކު ޝައުންގެ ބައްޕަވެސް ޝައުން ފަދައިން ނުހަނު “ސްމާޓް”އެވެ.
ޝައުންގެ މަންމަވެސް މުސްކުޅިއެކޭ ނުބުނެވޭނެއެވެ. ހަމުގެ ކުލަ އަލި ނޫނަސް މޫނު އޮމާނެވެ. އެންމެ ރޫކޮޅެއްވެސް ޖެހިފައި ނެތެވެ. ޝާޔާވެސް އެހާ ނަލައެވެ. ޝާޔާ އަދި ޝައުންވެސް ވައްތަރީ މަންމައާއެވެ. އެކަމު ދެކުދިންނަށްވެސް ލިބިފައިވަނީ ބައްޕަގެ ދޮންކަމެވެ.
“މީތަ ދަރިފުޅު ބުނި ކުއްޖަކީ؟” އަހަންނަށް އިޝާރާތް ކުރަމުން ޝައުންގެ މަންމަ ހެވިފައި އިނދެ އަހާލިއެވެ. ޝައުން އާއެކޭ ބުނުމުން ޝައުން މަންމަ ގާތަށް ސޯފާއަށް ދިޔުމަށް މަންމަ އެދުނެވެ. ޝައުންއާ ދިމާއަށް ބަލާލުމަށްފަހު ލަދުންހުރެ އަހަރެން ގޮސް ޝައުން މަންމައާ ޝާޔާއާ ދެމެދު އިށީނީމެވެ. “ކޮން ނަމެއްތަ ކިޔަނީ؟” “ރަހުވާ” އަމިއްލަ ނަން ބުނުންވެސް ފަރުބަދަ ކެނޑުންހާ އުނދަގޫކަމަކަށް އެވަގުތުވިއެވެ. ” ހާދަ ރީތި ނަމެކޭ ދޯ! ރަހުވާގެ މަންމަމެން ކޮބާތަ؟” އަހަރެންގެ މައިންބަފައިންގެ ވާހަކަ އެހުމާއެކު ވަގުތުން ފެން ކަޅިވިއެވެ. ހަނދާންކުރަން ބޭނުންނުވާ އެތައް ކަމެއް ފިލްމެއްގެ ސިފައިގައި އަހަންނަށް ފެންނަމުން ދިޔައެވެ. ކޮންމެ މަންޒަރެއް ސިފަވަމުން ދިޔައިރު އަހަރެންގެ ލޮލަށް ކަރުނަ ޖަމާވަމުން ދިޔައެވެ.
ކުއްލިއަކަށް ކޮޓަރި ތެރެއިން ޖީނާގެ ރުއިމުގެ އަޑުއިވުނެވެ. މަންމަމެންވެސް ސިހިފައި ކޮޓަރިއާ ދިމާއަށް ބަލާލިއެވެ. އަހަންނަށް ހީވީ މީހަކު ފައިން އަރާ އަހަރެންގެ ހިތް ޗިސް ޗިސް ކޮށްލިހެންނެވެ. “މަންމީ” ރުއިމުގެ ތެރެއިން ޖީނާ އަހަންނަށް ގޮވާލި އަޑުއިވުނެވެ. ފަޔަށް ލެވުނުހާ ބާރެއް ލާފައި އަހަރެން ކޮޓަރިއާ ދިމާއަށް ދުއްވައިގަތީމެވެ. ޝައުންވެސް އަހަރެންގެ ފަހަތުން އައެވެ.
ކޮޓަރީ ދޮރު ހުޅުވާލިއިރު އެނދުމަތީގައި އިށީންދެގެން ގިސްލަ ގިސްލާފައި ރޯން ޖީނާއިނެވެ. ޖީނާ އިން ގޮތް ފެނި އަހަރެންގެ މައި ލަނގޮޑިއަށް ކެތެއް ނުކުރެވުނެވެ. ރޮއެ ގަންނަމުން ގޮސް ޖީނާ ނަގާ އުރާލަމުން އަހަރެންގެ މެޔާލާ ބޮނޑި ކޮށްލީމެވެ. “މަންމި ގެ ދޫޫނީ. ކިހިނެއްވީ” އަހަރެން ކޮނޑުމަތީ ޖީނާ ބާއްވާލަމުން ބުނީމެވެ. އޭރު އަހަންނަށްވެސް ގިސްލެވެމުން ދިޔައެވެ. “ޖެކް ބޭބެ. މަންމި ޖެކް ބޭބެ އަޑިއަށް ދަނީ” ގިސްލެވޭ ހާކު ޖީނާ ކިޔަމުން ދިޔައެވެ. ފާޑަކަށް ހުއްޓުން އަރާފައި އަހަންނަށް އިނދެވުނެވެ. “މަންމި ކޮއްކޮ ބޭނުމީ ޖެކް ބޭބެ” އަހަރެންގެ ކޮނޑުން ބޯ ހިއްލާލަމުން ޖީނާ ބުންޏެވެ. އަހަންނަށް ބަލާލެވުނީ ފަހަތުގައި ހުރި ޝައުންއާ ދިމާއަަށެވެ. “ޖީން. ޝައުންބެ މިހިރީނު. ޖެކް ބޭބެ އޮންނާނީ ނިދާފަ ޖީންވެސް އަވަހަށް ނިދާލާ” ޖީނާގެ ބޮލުގައި ފިރުމާލަމުން ޝައުން ބުންޏެވެ.
“ރަހުވާ ޖީންއަށް ރަނގަޅަށް ނިދުނީމަ ހަމަޖެހިލައިގެން ނުކުމޭ” ޖީނާގެ ނިތަށް ބޮސްދިނުމަށްފަހު ޝައުން ކޮޓަރިން ނުކުމެގެން ދިޔައެވެ.
*****
ޝައުންވެ ނަޒަރުން:
އެނބުރި ސިޓިން ރޫމާށް ނިކުތްއިރު މަންމައާ ބައްޕަ އަދި ޝާޔާވެސް ހާސްވެފައި ތިއްބެވެ. ސޯފާގައި އިށީނުމަށްފަހު ކުޑަ ގޮތަކަށް ރަހުވާއަކީ ކާކުކަން އަހަރެން ބުނެދިނީމެވެ. ރަހުވާގެ މައިންބަފައިންގެ ހާލުވެސްމެއެވެ.
*****
ރަހުވާގެ ނަޒަރުން:
ޖީނާއަށް ރަނގަޅަށް ނިދުމާއެކު އަހަރެން ސިޓިންރޫމަށް ނުކުތީމެވެ. މަންމަމެން ތިބި ގޮތުން އެތިބީ އަހަރެންގެ އިންތިޒާރުގައި ކަން އެނގުނެވެ.
ޝައުން ސޯފާއިން ތެދުވެގެން އައިސް އަހަރެން ގާތު ހުއްޓިލިއެވެ. އެއަަށްފަހު އަހަރެންގެ އަތުގައި ހިފައިގެން ގެންގޮސް މަންމަމެން ގާތު ބެހެއްޓިއެވެ.
އަހަންނާ ދޭތެރޭ މަންމަމެން ހީކޮށްފާނެ އެއްޗެކާ މެދު އަހަރެން ނުތަނަވަސްވިއެވެ. ޝައުން އަހަންނާ ގުޅެން މަންމަމެން އެއްބަސް ނުވެއްޖެޔާ ވާނީ ކިހިނެއްހެއްޔެވެ؟
*****
އަޝްޖައުގެ ނަޒަރުން:
ޝައުން ގާތު ނުދާނަމޭ ބުނެފަވެސް ނުގޮހެއް އަހަންނަކަށް ނުހުރެވުނެވެ. ޖީނާއާ އެއްކޮށް ވަގުތު ހޭދަނުކުރެވުމެގެ ސަބަބުން އަހަންނަަށް ހުރީ ފާޑެއްގެ ގޮތެއް ވެފައެވެ. ޖީނާ ނިދާފައި އޮތަސް ހެޔޮކަމަަށް އަހަރެން އެގެއަަށް ދާން ނުކުތީމެވެ.
ޝައުންމެން ގޭތެެެރެއިން ވާހަކަ ދައްކާ އަޑު އިވެމުން ގެންދިޔައެވެ. ބޭރުގައި ތިން ފައިވާން ހުރުމުން އިތުރު ބައެއްވެސް ގޭގައި އުޅުނުކަން އަހަންނަށް އެނގުނެވެ.
ބެލް ޖެހުމާއެކީހެން ޝައުން ދޮރުހުޅުވިއެވެ. އަހަރެން ފެނުމުން ޝައުން ހައިރާންވިކަން އަހަންނަށް އެނގުނެވެ. “އޭ ބްރޯ! ބަލިވެއޭ ކިޔާފަ ތިއައީއޯ؟ ބައި ދަ ވޭ ރަނގަޅު ވަގުތެއްގަ އެނގޭ ތިއައީ. މަންމަމެން އެބަތިބި” އަހަރެންގެ އަތަަށް ހިފާ ދަމަމުން ކަހަލަ ގޮތަކަށް ޝައުން އަހަރެން އެތެރެއަށް ވެއްދިއެވެ.
“އަނހާ! އަޝްޖައު ކިހިނެއްތަ؟” އަހަރެން ފެނުމާއެކުހެން ޝާމިންބެ (ޝައުން ބައްޕަ) އެހިއެވެ. “ރަނގަޅު އިރާދަކުރެއްވީތީ” ބޯކަހާލަމުން އަހަރެން ބުނީމެވެ. ” ޖެކް އަދިވެެސް މެރީ ކުރާކަށް ނޫޅެންތަ؟ ޖެކް ތިހެން ހުއްޓަ ދޮންބެ މިހާރު އެއުޅެނީ ދެވަނަ ފަހަރަށް މެރީކުރަން” ޝާޔާ އެހެން ބުނުމާއެކު އަހަންނަށް ބަލާލެވުނީ ޝާޔާއާއި އިސްރާ ދައްތަ(ޝައުން މަންމަ) މެދުގައި އިން ރަހުވާއަށެވެ. އިސް ޖަހައިގެން އިންއިރު އެދޮން މޫނު މަތިން ލަދުރަކިކަން ފެންނަން ހުއްޓެވެ. ރަތްކުލައިގެ ޝޯލްގެ ތެރެއިން އެދޮން މޫނު ފެންނަލެއް ނުހަނު ހިތްގައިމެވެ.
“ޖެކް އެއީ އުމުރަށް ސިންގަލްކޮށް ހުންނަ މީހެކޭ ދޯ” އަހަންނަށް ހަމަބިމަށް އާދެވުނީ ޝައުން އަހަރެންގެ ކޮނޑުަގައި އަތް އަޅުވާލުމުންނެވެ. “ދެން ޝައުންހާ އެންމެން ލާކީއެއް ނޫނެ. ޝައުންދެކެ ލޯބިވާ ކުދިން ތިއްބަސް އަހަރެންދެކެ ލޯބިވާނެ ކުއްޖެއް ނެތް” ދެމާނައެއް އެކުލެވޭ ގޮތަށް އަހަރެން ބުނީމެވެ. އެއާއެކު ޝައުން ހިނިގަނޑެއް ޖަހާލިއެވެ. “ކޮންތާކު މަދެކެ ލޯބިވާ ކުދިންނަށް ވުރެ ޖެކްދެކެ ލޯބިވާ ކުދިން މާގިނަވާނެ. ސްކޫލްގަވެސް ތީއެއްނު މޭންއަކީ.” އަހަރެންގެ މޭމެތީގައި ޖަހާލަމުން ޝައުން ބުންޏެވެ.
ނުނިމޭ
4 Comments
Comments are closed.
Me first…v reethi
Slm alikum. Varah bodah sorry mihaa dhuvas vamdhekkah vaahaka up nukohdhevunyma. Alhuganduge bali haalathu huri gothun up nukohdhevuny. Kuriah oii thaaga kurin bunefa huri dhe dhuvahuga ( Monday and thursday) up kohdheveytho balaanan ISA. Hurihaa kiyuntherinnah ves mibai kamudhaane kamah ummedhu kuran.
Kiyara
it’s ok and vaahaka varah reethi
keep it up
Its ok and get well sooon????? story v reethi mashaa allah????jehign oii part ah hama inthizaaru kuraanan ??????????