“ކާކަށްތަ ތި ބަލަނީ… ޒަފާ އަށް ދޯ… ހަމަ ހީވަނީ ކުޑަ ކުއްޖެއްހެން… އެހެންވެސް ވާނެ ފުރަތަމަ ފަހަރަށް މިފަދަ ތަނަކަށް އާދެވުނީމަ… ” ސާމިރާ ނާޖިދު ގާތާށް ޖެހިލަމުން ބުނެލިއެވެ. ނާޖިދުއަށް ސިހިފައި ސާމިރާ އަށް ބަލާލެވުނެވެ. ސާމިރާ އަށް ނާޖިދު އާ ދިމާލާށް ބަލަހައްޓައިގެން ހުރެވުނެވެ. އޭނާ ނާޖިދު ގެ މޫނުމަތިން ކަމެއް ދެނެގަންނަން މަސައްކަތް ކުރާފަދައެވެ. ނާޖިދު ގެ މޫނުމަތިން އޭނާ އަށް މިއަދު ފެންނަމުން ދާ އަސަރުތަކަކި ކުރިން ދުވަހަކުވެސް ފެނިފައިވާ […]
މާހިލްގެ މުޅި ދުވަސް ހޭދަވަމުން އެދަނީ އަވަސްވެފައިވާ ހިތަކާއިގެންނެވެ. މިސްކިތައް ދާ ކޮންމެ ފަހަރަކުވެސް ނަމާދުން ފައިބައިގެން މީހުންގެ ތެރެއިން ނާސިރު ފެނޭތޯ ބަލަނީ ނާސިރު ދޭނެ ޖަވާބެއްގެ އިންތިޒާރުގައެވެ. މާހިލް ހީކުރީ ފުރަތަމަ ފަހަރުވެސް މާހިލް ފެންނަތަނުން ނުވަތަ މާހިލް ހިބާގެ ވާހަކަ ދައްކަން ފަށާއިރައް ނާސިރު ރުޅިއައިސްގެން އޭނާއަށް އެއްޗެހިކިޔާ ހަދާނެ ކަމަށެވެ. އަދި ވަގުތުން އޭނާ ހުއްޓުވާނެ ކަމަށެވެ. ނަމަވެސް އިދިކޮޅައް އެންމެ ލަފްޒެއްވެސް ނުބުނެ ނާސިރު އޭނާދެއްކި ވާހަކަތައް އަޑުއެހީތީ މާހިލްގެ […]
އިސްމާޢިލް ޢަލީ ކަނދޮޅުދޫ މުޙައްމަދު ހެނީއެވެ.މޫނުބަލާ ލޯގަނޑު ބަލަހައްޓައިގެން ހުރެ އެތަކެއް ފަހަރު މިގޮތަށް ހުނުނެވެ.އަންހެނުންނެތް ދަނޑިވަޅެއްގައި އެހިތާމަ ގޭގައި ގެންގުޅޭ ކުއްޖަކު ފިލުވާލަ ދިނީތިއެވެ. ކައިވެނީގެ ޙަޔާތައް ހަތް އަހަރު ވެފައިވާއިރު އަދި މިވަރުގެ އުފަލެއް ނުލިބެއެވެ.އެކުއްޖާގެ އޯގާތެރިކަމުގެ ނިޝާންތައް މުޅިގައިގެ އެތައް މިތަނުގައި ވެއެވެ.އެ ނިޝާންތައް ފެނުމުން ހިތަށް ވަރަށް ބޮޑު ހަމަޖެހުމެއް ލިބިގެންދެއެވެ. ހަމައެއާއިއެކު ހިތަށް ވަރަށް ބޮޑު ނުތަނަވަސް ކަމެއް ވެރިކުރުވައެވެ. މާދަމާ އަންހެނުން އެނބުރި ރާއްޖެ އަންނަނީއެވެ. އައުމާއި އެކު […]
“ދެން ތި ހުރިހާ ވާހަކައެއް ތިތާ ހުރެގެން ދެއްކީމަ ވީތަ؟ އަންނަން އުޅޭ ދޮރުމައްޗަށް” އާސިފް ބުނެލިއެވެ. އެއާއެކު އަޔާން އޯކޭ އޭ ބުނެ ނުކުންނަން ހިނގައިގަތެވެ. ގޭތެރެއިން ނުކުތް އަޔާން ގެ ލޮލުގައި ދޮރުމަތީތިބި ދެމީހުން އަޅައިގަތުމާއެކު އެ ދިމާލަށް ދިޔައެވެ. އޭނާ ގޮސް ހުއްޓުމާއެކު އާސިފް އެއްބުމަ އަރުވާލިއެވެ. “ދެމީހުން އަނެއްކާ ކަމަކީތަ މިހާރު… މާގިނައިން ބައްދަލުކުރަނީ؟” އަޔާން މާނަފުން ޖުމްލައެއް ބުނެލައިފިއެވެ. އާސިފް އަޔާން ގެ ކޮނޑުގައި ޖަހާލަމުން އަނގަޔަށް ވައްތަރެއް ޖައްސަލިއެވެ. […]
“ދަރިފުޅާ!… މާހިލް… މާހިލް ބައްޕަ ކައިރިންވެސް މާފައް އެދުނު. ދަރިފުޅައް ދެވުނު އަނިޔާއަށް. އަދި އެކަމުން އާއިލާއަށް ދެވުނު ހިތްދަތި ކަމަށްވެސް. މާހިލް ބުނީ ދަރިފުޅުދެކެ ވަރަށް ލޯބިވާ ކަމަށް. އަދި ދަރިފުޅާއި ކައިވެނި ކުރަން ބޭނުންވާ ކަމަށް. އަދި އޭނާ ބޭނުންވަނީ ދެ ފަރާތުންވެސް މާޒީ ހަނދާން ނައްތާލާ އެކަކު އަނެކަކަށް މާފްކުރާށޭވެސް ބުނި. މާހިލްގެ ބައްޕަވެސް ބުނީ ހަމަ އެހެން. މާހިލް ބޭނުންވަނީ ދަރިފުޅައް ދެވުނު އަނިޔާގެ ބަދަލުގައި ލޯބި ދީގެން އެ އަނިޔާތައް […]
އިސްމާޢީލްޢަލީރ.ކަނދޮޅުދޫ ރީތި ނާޒުކު އަތެކެވެ.ބީހިލުމުން ހިތްގައިމު އަސަރުތަކެއް ކުރުވައެވެ.ވަރަށް ގިނައިރުވާންދެން ބޯ މޮޑެދިނެވެ.އެ ލޯބިލޯބި ހިމަހޯދި އިގިލިތަކުން ފުނާ އަޅައިދެމުންނެވެ.މިމީހުންގެ ރީތިކަމާއި އެއްވަރަށް ހަމްދަރުދީގެ އަސަރުވެސް ނުހަނު މަތީދަރަޖައަކަށް އޮވެއެވެ.އިންސާނީ ޚިދުމަތް ފޯރު ކޮށްދޭ ފަރާތްތަކުގެ ހިތްތަކުގައި ރަހުމާއި،ހަމްދަރުދީގެ އިޙްސާސްތައް ލެއްވިކަމީ ﷲގެ އޯގާވަންތަކަމެވެ.އެމީހުންގެ ހިތްތަކުގައި އެއިހްސާސް ނުވާނަމަ އަހަރެމެންފަދަ ނިކަމެތީންގެ ބަލި އިތުރަށް ބޮދުވެގެން ދާނެކަމީ މެންދުރުގެ އިރުފަދަ ޔަޤީން ކަމެކެވެ. އަހަރެންފަދަ ނިކަމެތިފަކީރަކަށް އެނަރުސް ކުއްޖާގެ އޯގަތެރިކަމާއި އަޅާލުން ލިބުމުން ބައްޔަށް ވަރަށް ބޮޑު […]
ކޭއެފްސީއިން ކައިގެން އެންމެން ދިޔައީ ޒީކުގެ ޕްރައިވެޓް ކާރު ދުއްވާލާށެވެ. ޗައިނާ މޯލްޑިވްސް ބްރިޖުމަތިން ދުއްވާލާފައި ދިޔައީ އުފަލާއި މަޖަލުގައެވެ. ޖެހެމުން ދިޔަ ރޭގަނޑުގެ ފިނި އަރާމު ރޯޅީތަށްވެސް އެބައިމީހުންގެ އުފަލުގައި ބައިވެރިވަމުން ދިޔަ ކަހަލައެވެ. މިއަދު މި އުފަލާއި މަޖަލުގައި ހޭދަކުރަމުން ދާއިރު ދުރުގައި އުފެދެމުން އަންނަ ކޮޅިގަނޑުގެ އިހްސާސް މިއިން އެކަކަށް ވެސް ނުވެއެވެ. **************************************************** އާދުވަހަކަށް އިރު އަރައިފިއެވެ. ހަނދާއި ތަރިތަށް އޭގަ ދައުރު އަދާކޮށްފިއެވެ. އިރު އޭގެ މަސައްކަތާގެން އުޅެގަތެވެ. ކޮންމެ […]
އެންމެ ރަނގަޅެވެ. ޒައިން އަށް ވެސް މަލަކް އަށް ވެސް ފުރުސަތު ދޭންވީ ކަންނޭގެއެވެ. އޭނާ ފޯން ނަގާ އަޔާން ކޮށްފައިވާ މެސެޖަށް ބަލަހައްޓައިގެން އިރުކޮޅަކު އިނެވެ. އަދި އެއަށް ފަހު ގުޅުމުގެ ބަދަލްގައި އަޔާން އަށް މެސެޖެއް ލިޔެލާފައި ފޮނުވާލިއެވެ. އޭނާ މަލަކް އާ ގުޅެން ގަބޫލް ކަމަށް ބުނެފައެވެ. އަޔާން އަށް މެސެޖް ލިބުނު އިރު އޭނާ އިނީ މަލަކް އާއެކު މަލަކް މެން ބޮޑުބޭބެއެއްގެ ގޭގައެވެ. އެ މެސެޖް ދެތިން ހަތަރު ފަހަރުވެސް […]
މަންމަ ގަބޫލް ނުވާ މައިގަނޑު ސަބަބަކީ އިނާލް ގެ އާއިލާ ވެސް ގަބޫލް ނުވާތީކަން އެނގުނަސް އެ ވާހަކަ އެވަގުތު އީނާލް ގާތު ބުނާކަށް ޒައިން ގަސްތެއް ނުކުރިއެވެ. ފަހަތަށް ދެ ތިން ފިޔަވަޅު އަޅާލުމަށް ފަހު އީނާލް ދުވެފައި ދިޔަ ތަން ބަލަން ޒައިން އަށް ފެނުނީ ކަރުނައިގެ ސަބުން ފުސްކޮށެވެ. އޭނާ އީނާލް ގޮސް ލޯ މަތިން ގެއްލެން ދެން ހުއްޓެވެ. އީނާލް ގެއްލުމާއެކު އޭނާ އަނެއްފަރާތަށް އެނބުރުނެވެ. “އީން އައި އެމް ސޮރީ” […]