Skip to content
އެސްފިޔަ

އަދިވެސް އުއްމީދުގައި

 

ފެހިފެހި އާޒާދީ ނޫރޭ އާވާނީ…
ފެހިފެހި އާޒާދީ ނޫރޭ …..

ފޯނުން އިވެމުން ދިޔަ ލަވަ ހުއްޓުނީ މެސެޖެއް ނޯޓިފިކޭަޝަނެއް އައުމުންނެވެ. އަހަރެން މެސެޖު ކިޔާލީމެވެ.

ކޮފީތައްޓެެއް އެއްއަތުން ހިފަހައްޓައިގެން އިން އަހަރެންގެ އަތުން ތަށި ދޫވެގެން ބިން މައްޗަށް ވެއްޓުނީ ބޭ އިޙްތިޔާރުގައެވެ. އަޅާ އިދިކޮށް ދުއްވައިގަތީ ސީދާ އަހަރެންގެ ކޮޓަރިއަށެވެ. ކޮޓަރީގެ ދޮރު ތަޅުލައި، ފާހަނާއަށް ވަދެ، ފާހަނާގެ ދޮރުވެސް ތަޅުލީމެވެ. އިސާހިތަކު އަހަރެން  މުށިތަކު މައްޗަށް ދެމުނެވެ.

ދިހަ ވަރަކަށް މިނެޓު ފަހެވެ. ހޭވެރިކަން ވީއިރު މީހާ އޮތީ ހުންއައިސް ރަތްވެފައެވެ. ސިންކުގައި ހިފަހައްޓައިގެން ހިތްވަރުން ތެދުވީމެވެ. އަދި ވެއްޓިފައިވާ ފޯނުވެސް ނަގައި ކޮޓަރިއަށް ވަދެވެ. ގޮދަޑި މަތީ އޮށޯތީމެވެ.

މިހާރު ހިތަށް އަރާފާނެއެވެ. މެސެޖުގައި އޮތީ ކީކޭ ބާއެވެ. ނޫން ހެއްޔެވެ؟
އެއީ މީގެ އެއްދުވަސް ކުރިއެވެ. އަހަރެން ރީންއަށް ލޯބިހުށައެޅީމެވެ. އުއްމީދާއެކުއެވެ. އާންބަސް ބުނާނެ ކަމަށް ދެކިގެންނެވެ. ނަމަވެސް، ކަންތައް މިވީ ދިމާ އިދިކޮޅަށެވެ. އަހަރެންގެ ހުށައެޅުމަށް ރީން އިންކާރު ކުރީއެވެ. އަހަރެން ހީވެސް ނުކުރަމެވެ.

އަހަރެން ބެލީ ނިދޭތޯއެވެ. އަނެއްކާވެސް ލަވައެއް ޖަހާލީމެވެ. ނިދާލަން ފަސޭހަކަށް އާއްމު އުސޫލުންނެވެ.

ހުއްޓޭ ވަރޭ މަގޭ ހިތް…
ރޯލާ ވަރޭ ދެލޯ…
ރުއްސާލުމަށް ތިބާ އަދު…
ފޮހެލާނަމޭ ދެލޯ…

އިރުކޮޅެއް ތެރޭ އަހަންނަށް ނިދިއްޖެއެވެ.

ދެން ހޭލެވުނީ އެރޭ ބާރައިގެ ފަހުންނެވެ. އެވަގުތު ފޯނަށް މެސެޖެއް އައިސް އޮތުމުން ބަލާލީމެވެ. އެއީ ބެސްޓީގެ މެސެޖެކެވެ. “ބްރޯ.. ކޮބާ ކިހިނެތް ދިޔައީ ކަންތަށް” އަހަރެން ޖަވާބު ތަފްސީލުކޮށް ފޮނުވީމެވެ.

އަހަންނަށް ރޮވުނެވެ. ނޫން!! މަ އަދިވެސް ގަބޫލެއް ނުކުރާނަން!! ޝީ ވޯންޓް ރިޖެކްޓް ދިސް!! ޝީވިލް ޗޭންޖް ހާ ޑިސިޝަން އިންޝާ ﷲ !! ބޮލުގައި އަތް އަޅައިގެން އިނދެ ރޮމުން އަހަރެން ހިތާހިތުން ކިޔާލީމެވެ.

އާއެކެވެ. ރީން އަދި އާއެކޭ ބުނާނެއެވެ. އަހަރެން އުއްމީދު ކަނޑާނުލަމެވެ. އަދިވެސް އުއްމީދު ކުރަމެވެ.

Comments (13)

  1. shaha

    Wow???

    1. Zidhan /R. Vaadhoo
      shaha

      Thanks 😉

  2. rai

    Zidhan!!!obiness too the max❤❤

    1. Zidhan /R. Vaadhoo
      rai

      Aww Thanks 😉

  3. izz

    adih bunaaneh yess

  4. rai

    Welicome?

  5. Nafha

    Masha allah… Vr rythi..

  6. zoe

    habeys stry eh bro
    keep up the good work

  7. Nobody

    Ahchiiii.. mi dhn vaahaka akah veytha? vaahaka liyan neyngenyaa nuliyebala please ??

  8. Someone

    Reethi ???☺️ “life is full of tension can’t handle anymore sorry “?

    1. Zidhan /R. Vaadhoo
      Someone

      It’s not. Think positive

  9. Leen

    Reyga nidhuny sorry kakukan igey enu mi zidhaan dhw mirey gulhanan OK c yah take care

  10. Jana

    Great story??

Comments are closed.