ހިބާ އެސައިންމެންޓް ނިންމުމަށްފަހު އެ ހުށަހަޅާފައި ތިރިއަށް ފައިބެލީ ފެންފުޅި އެއް ބަލައެވެ. އެވަގުތު ބައްޕަ ރީތިވެގެން ބޭރަށް ނުކުތްތަން ފެނުމުން އެދަނީ ހުކުރު ނަމާދައްކަން އެނގުމުން ހިތް އުފަލުން ނަށާލިއެވެ. އޭނާގެ ދުޢާތައް އިޖާބަކުރައްވާކަން އިހްސާސްވުމުން އަވަހައް ﷲ އަށް ޙަމްދު ކޮށްލިއެވެ. އަދި އެނބުރި ކޮޓަރިއަށް ދިޔައީ އެވަގުތު އެ ދެމީހުންގެ ކުރިމައްޗައް ނުކުތުން ރަނގަޅެއް ނުވާނެޔޭ ހިތާއެވެ.
……………
ނާސިރު އޭނާގެ ކެބިންގައި އިނީ އޮފީހުގެ މަސައްކަތްތަކުގައެވެ. އެވަގުތު ރިސެޕްޝަނުން ގުޅާފައި އޭނާއާއި މީހަކު ބައްދަލު ކުރަން އައިސް ހުރި ވާހަކަ ބުންޏެވެ. އިބްރާހިމް ރިޔާޒް ކިޔާމީހެއްކަމަށް ބުންޏެވެ. އަދި އެ މީހާ އެދެނީ ނާސިރާއި ވާހަކައެއް ދައްކާލަން ކަމަށްވެސް ބުންޏެވެ. އެއީ ކާކުބާއޭ އަދި ކޮންކަމަކު އައި މީހެއް ބާއޭ ނާސިރުގެ ހިތައް އަރަމުން ދިޔައެވެ. އެނަން ކިޔާ މީހެއް ނުދަނަސް އެމީހަކު ދައްކަން އެއުޅޭ ވާހަކައެއް އަޑުއަހާލުމުގެ ގަސްތުގައި އޭނާއަށް ކެބިން އަށް ވަނުމަށް ދަޢުވަތު ދިނެވެ. އެއާއިއެކު ރިސެޕްޝަނިސްޓު އެމީހާ ކެބިން އަށް ވެއްދުމަށްފަހު ހިނގައްޖެއެވެ. ނާސިރު އޭނާގެ ގޮޑިން ތެދުވެގެން ގޮސް އެއްފަރާތުގައި ހުރި ސޯފާ ގައި އިށީންނަށް އެމީހާއަށް އިޝާރާތް ކޮށްލިއެވެ. ހިތްއަވަސްވެފައިހުރި އެމީހާ އަވަހަށް ސޯފާގައި އިށީނދެލިއެވެ. އެއާއިއެކު ނާސިރު އެ ސޯފާގެ ކުރިމައްޗައް ވާގޮތައް ވަކިން އިން ސޯފާއެއްގައި އިށީނދެ ހަމަޖެހިލިއެވެ. އަދި ކީއްކުރަން އައި މީހެއްތޯ ސުވާލު ކޮށްލިއެވެ.
“އަޅުގަނޑު މިއައީ ވަރަށް ބޮޑު ކަމަކު. ވިޔަފާރިއާއި ބެހޭ ކަމަކު ނޫން. ތިޔަ ބޭފުޅާގެ ގެއަށްވެސް ދިޔައިން ދެތިން ފަހަރަކު އެކި ދުވަސްމަތިން. ނަމަވެސް ގޭގައި އުޅޭ ވަގުތަކާއި ދިމާނުވޭ. ގޭގައި ގެންގުޅޭ މީހާއާއި އެކަނި ދިމާވާ ގޮތްވެސް ވަނީ. އެހެންވެގެން އޮފީހައް އަންނަން މިޖެހުނީ..
އަޅުގަނޑު މިއައީ އަޅުގަނޑުގެ ދަރިފުޅު ބުނެގެން އޭނާގެ އެދުމެއްގައި. އަޅުގަނޑަކީ މާހިލްގެ ބައްޕަ. ނާސިރުގެ ދޮށީދަރި ހިބާއާއި ކައިވެނިކުރަން ބޭނުންވެގެން މާހިލް އުޅޭތާ މިހާރު ދުވަސްކޮޅެއް ވެއްޖެ. އެކި އެކި ސަބަބު ތަކާއި ހެދި މިހިސާބައް ނާދެވިފައި މި ތިބީ.. ” ރިޔާޒް މަޑުމައިތިރި ކަމާއިއެކު އޭނާ އައި ބޭނުން ބުނެދިނެވެ.
ނާސިރައް އިނީ ބުނާނެ އެއްޗެއް ނޭނގިފައެވެ. ހިބާ މީހަކާއި އިންނަން ބޭނުންވާ ވާހަކައެއް ނާސިރު ގާތަކު ނުބުނެއެވެ. އަދި މީހަކާއި ރައްޓެހިވެގެން އުޅޭ ކަމެއްވެސް ނާސިރަކަށް ނޭނގެއެވެ. އަދި ނާސިރުވެސް ހިބާގެ ކައިވެންޏާއިމެދު ޚިޔާލުވެސް ކޮށްފައި ނެތް އިރު ކުއްލި އަކަށް މީހަކު އައިސް އެހެން އެހީމައި ބުނާނީ ކީކޭ ހެއްޔެވެ؟
“އަޅުގަނޑު ކައިރީ ހިބާ ނުބުނޭ މީހަކާ އިންނަން ބޭނުންވާ ވާހަކައެއް. އަދި ކަމުދާ ކުއްޖަކު ހުންނަ ވާހަކައެއްވެސް. އެންވީމާ ތިކަމާއި މެދު ބުނާނެ އެއްޗެއް ނޭނގޭ.. ފުރަތަމ ޖެހޭނީ …….. ތިޔަ ފިރިހެންކުއްޖާއާއި ބައްދަލުކޮށް އަދި ހިބާގެ ބަހެއްވެސް ހޯދަން. ” ނާސިރު އެމީހާގެ ދަރިފުޅުގެ ނަން ކިޔަން އުޅުން ނަމަވެސް ހަނދާނެއް ނުވިއެވެ.
ނާސިރުގެ ވާހަކަ ހުރި ގޮތުން ނާސިރު މިހާރު މާހިލް އެއީ ކާކުކަން ހަނދާން ނެތްކަން ރިޔާޒް އަށް އެނގުނެވެ. “އަޅުގަނޑުގެ ދަރިފުޅައް ކިޔަނީ މާހިލް. މާހިލް އިބްރާހިމް ރިޔާޒް. މީގެ ހަތަރު އަހަރު ކުރިން ހިބާއާއި ރައްޓެހިވެގެން އުޅުނީ.. އޭރު ރަނގަޅަށް ނޫޅެވުނަސް…”
ރިޔާޒައް ބުނެވުނީ އެހިސާބަށެވެ. މާހިލް އަކީ ކާކުކަން ހަނދާންވުމުން ނާސިރުގެ ރުޅިގަނޑު ކެކި އަރައިގަތެވެ. “އަހަރެންގެ ދަރިފުޅައް ލަނޑުދިން މާހިލް ދޯ؟… ހަށި ވިއްކި ކަމުގެ ތުހުމަތުގައި ޖަލައްލީވެސް އޭނާއެއް ނޫންތަ؟ އެފަދަ މީހަކާ މަގޭ ދަރި ދެވަން ވީތަ؟ އޭނާގެ ލަދުގެ ކަންފުޅެއްވެސް ނެތީތަ އެ ހުރިހާކަމެއް ކޮށް ނިންމާފަ އަދިވެސް މަގޭ ދަރިފުޅާއި ގުޅެން ޚިޔާލު ކުރަންވެސް؟ އަހަންނަށް އަތުން ފައިން ގޯހެއް ނުހެދެނީހެން ކަލޭވެސް ހަމަ މިހާރު މިތަނުން ދިޔައްޔާ ރަނގަޅުވާނީ” އެންމެ ފަހުން ނާސިރައް ގޮނޑީގައިވެސް ނީދެވިގެން ތެދުވެ ރިޔާޒައް އިނގިލި ދިއްކޮށްލާފައި ދޮރާދިމާލައް އިޝާރާތް ކޮށްލިއެވެ.
ރިޔާޒްވެސް ރުޅި އައިނަމަވެސް ކެތްތެރިކަން ހިތައް ވައްދާފައި ދާން ކޮޅައް ދެތުވިއެވެ. އޭނާގެ ރުޅި ނަފްސާ ދުރުކޮށްލުމަށް ދެތިން ފަހަރަކު ހިތުން އަޢޫޒު ކިޔާލިއެވެ. އަދި އެއަށްފަހު ނާސިރަށް ކަމެއް ހަނދާންކޮށްދޭން ބޭނުންވެގެން ބުންޏެވެ. “އަހަންނަށް އެނގޭ އޭރުވެސް ވާނީ މިހެންކަން. އެހެންވެގެން ކަލޭ ކައިރިއަށް އަންނަން މިހާ ގިނަ ދުވަސްވީވެސް. އެކަމަކު އަހަރެންގެ ދަރިފުޅުގެ އާދޭހާއި އޭނާ ހިބާދެކެ ވާ ލޯތްބައްޓަކައި އަހަރެން މިއައީ..
އަހަރެންގެ ދަރިފުޅު އޭނާއަށް ކުރެވުނު ފާފަތަކަށް ވަނީ ތަޢުބާވެފައި.. އޭނާއަކީ ހަށިވިއްކާ މީހެއް ނޫންކަން އެންމެ ރަނގަޅައް އެނގޭނީ ހަމަ ކަލޭއަށް. އޭނާ ނުކުރާ ކުށެއްގައި ދެ އަހަރު ދުވަހު ޖަލުގައި ހޭދަކުރީ ކަލޭގެ ސަބަބުން. އެހެން ނަމަވެސް އޭނާ އެކަމަކަށް ކަރުނަ އަޅާ ނުރޮއި. އޭނާކުރީ އުފާ. އޭނާއަށް ތެދުމަގު ފެނުނީ އެ ޖަލުން ކަމުން، އެޖަލަށް އޭނާ ލީ މީހާއާއި އެމީހާގެ އާއިލާ އަށްޓަކައި އަބަދުވެސް ކުރީ ހެޔޮ ދުޢާ. އަދި އޭނާގެ ދުޢާ ﷲ އިޖާބަކުރައްވާ ކަލޭގެ ދަރިފުޅައް ތެދުމަގު ދެއްކެވީތީ އެކަމަށް އަބަދުވެސް ﷲ އަށް ޝުކުރުވެރިވޭ.. އެއީ ނޫންތަ ލޯތްބަކީ؟.. އޭނާވަނީ ހިބާ ކައިރިންވެސް އޭނާ ހިބާއަށް ދެވުނު އަނިޔާތަކަށް މާފައް އެދިފައި.. އަދި މިހާރު އެ އެދެނީ އޭނާއަށް ދެވުނު އަނިޔާތައް ހަނދާން ނައްތުވާލުމަށް އޭގެ ބަދަލުގާ އިންތިހާ ލޯބި ދޭން.
އަހަރެން މިތަނަށް އައީ ކަލޭޔާ ޒުވާބުކުރާކަށް ނޫން. އަދި ރުޅިއައުމުގެ ހައްޤު ލިބިގެންވަނީ ކަލޭއަށް އެކަންޏެއްވެސް ނޫން. އަދި އަނިޔާ ލިބުނީވެސް ކަލޭގެ ދަރިފުޅައް އެކަންޏެއް ނޫން. ކަލޭ ބޭނުންވިނަމަ ހިބާއަށް މާހިލްގެ ހަޤީޤަތް ކިޔައިދީފައި އެދެމީހުން ދުރުކުރުމުގެ ފުރުސަތު ކަލޭ އަށް އޮތް. ނަމަވެސް ކަލޭ އޭގެ ބަދަލުގައި އަހަރެންގެ ދަރިފުޅައް އެކަމުގެ އަދަބު ދިނީ. މުޅިދުނިޔެ އަށް ނުބައިކަމުގައި ބަދުނާމު ކުރަމުން. ކަލޭ އަށް ވުރެ އަހަރެންނަށް މާ ހައްޤުކަން ބޮޑެއް ނޫންތަ ކަލޭ އާއި ކަލޭގެ ދަރިފުޅުދެކެ ރުޅި އަންނަން؟ އަހަރެންގެ ދަރިފުޅާއި އަހަރެންގެ އާއިލާ އަށް އެ ޖަލު ހުކުމުގެ ސަބަބުން އުފުލަން ޖެހުނު ވޭނާއި، ކަރުނަތަކާއި އަދި ލަދުވެތިކަމާއިއެކު މީހުންނާއި ކުރިމަތިލާންޖެހުނު ގޮތްތައް އަހަރެމެންގެ ހިތުން ފިލުވާލަން ފަސޭހަވާނެތަ؟…
އެކަމަކުވެސް އަހަރެންގެ ދަރިފުޅު މާހިލްގެ އަޑުއަހައިގެން އަހަރެން މިތަނައް މިއައީ.. އޭނާ އެދެނީ މާޒީ ހަނދާން ނައްތާލަން. ކުރެވުނު ފާފަތަކަށް ތަޢުބާވެ އެކަކު އަނެކަކަށް މާފްކުރަން. އޭނާދެކުނީ އަހަރެމެން އެންމެންވެސް އެކަމުގައި ކުއްވެރިވާ ކަމަށް… އުންމީދުކުރަން ކަލޭ މިކަމާ ވިސްނާނެކަމަށް.”
ރިޔާޒް ދަމުން އެ ބުނެލި ވާހަކަތަކުން ނާސިރައް ލިބުނީ ޙައިރާންކަމެވެ. “ހަޤީޤަތުގައިވެސް މާހިލްވެސް އިސްލާހު ވީ ހެއްޔެވެ؟ އަދި ހިބާ އަށް ތެދުމަގު ލިބުމުގެ ސިއްރަކީ މާހިލްގެ ދުޢާތައް ހެއްޔެވެ؟ މާހިލް ހިބާ ކައިރިން މާފަށް އެދުނީ ކޮންއިރަކު ހެއްޔެވެ؟ ހިބާ މެލޭޝިއާއިން އައި ފަހުން ހެއްޔެވެ؟ އަނެއްކާ ހިބާ މާހިލް އަށް މާފް ކުރި ބާވައެވެ؟ އެ ދެމީހުން އަލުން ގުޅުނީ ނޫން ބާވައެވެ؟..” އެތައް ސުވާލުތަކަކުން އޭނާގެ ސިކުނޑިއަށް އުނދަގޫ ވަމުން ދިޔައެވެ. އޮފީހުގެ އެހެން އެއްވެސް ކަމަކަށް ސަމާލުކަން ނުދެވޭނޭކަން އެނގޭތި އެނބުރި ގެއަށް ދިޔައީ ހިބާއާއި ބައްދަލުކޮށް އެ ސުވާލުތަކުގެ ޖަވާބު ހޯދުމުގެ މަޤްސަދުގައެވެ.
ނާސިރު ގެއަށް ވަތްއިރު ރަހްމާ އޭނާގެ ކަސްރަތު ކުލާހައް ދިއުމަށް ނިކުންނަނީއެވެ. ހިބާ ކޮބައިތޯ އަހާލެވުނީ ކުޑަކޮށް ހަރުކަށި ރާގަކަށެވެ. ނޭނގޭ ކަމަށް ބުނެ ރަހްމާ ގެއިން ނުކުމެގެން ދިޔައީ ނާސިރު ކުރި ސުވާލުން ފޫހިވެފައިވާ ހިތަކާއިއެކުއެވެ. “ދުވަސްކޮޅަކުން ނާސިރުވެސް ފެންނާނީ ހިބާ ފަދައިން މާ ދީންވެރި މީހަކަށް ވެގެން އުޅޭ ތަންކަންނޭނގެ. މިހާރު ހިބާގެ ވާހަކަތައް ނޫން އެއްޗެއް އެ ހިތަކު އޮންނަހެން ހިޔެއް ނުވޭ.. އަބަދު ހިބާ.. ހިބާ..” ރަހްމާގެ ހިތައް އެހެން އެރި ވަގުތު އޭނާއަށް ސިފަވީ ނާސިރު ބޮޑު ތުނބުޅިއެއް ލައިގެން ފައިކުރި ކުރު ފަޓުލޫނަކާއި، އަތްދިގު ކުރުތާއެއް ލައިގެން ހުރި މަންޒަރެވެ. “އޯ ނޯ ނޯ ނޯ.. ޕްލީޒް.. މަގޭ ފިރިމީހާ އެހެން ހުންނާކަށް މަ ބޭނުމެއް ނޫން.” އެ ޚިޔާލުން އޭނާގެ ހިތައް ނުބައި ގޮތެއް ވިޔެވެ. އަދި އެހިސާބައް ދިޔުމުގެ ކުރިން ނާސިރު ހުއްޓުވަން ޖެހޭނެޔޭ ހިތްބުނެލިއެވެ.
ނާސިރު ބާރު ހިނގުމެއްގައި ގޮސް ސިޑި ކައިރީ ހުއްޓިލާފައި މައްޗައް ބަލަހައްޓައިގެންހުރެ ދެތިން ފަހަރަކު ހިބާއަށް ގޮވާލީ ފުދޭވަރަކަށް ބާރަށެވެ. ނީލާއަށް އެ މަންޒަރު ފެނުމުން މަޑުމައިތިރި ކަމާއި އިޙްތިރާމާއިއެކު ހިބާ ގޭގައި ނޫޅޭކަން ބުނެދިނެވެ. އަދި މަންމަ އަހައިފިއްޔާ ހިބާ ދިޔައީ އެން.ޖީ.އޯ މަސައްކަތެއްގައި ރަސްފަންނަށްކަމުގައި ބުނިކަމަށް ބުންޏެވެ.
ނާސިރު ވީ ފޫއްސަކުން ހަދާނެ ގޮތް ހުސްވެފައިވާ މީހެއް ފަދައިން ކޮޓަރިއަށްވަދެ ދޮރު ލެއްޕިއެވެ. ނަމަވެސް އެ ހިތައް ހަމަޖެހުން ނުލިބޭތީ ކޮޓަރީގެ އެއްކޮޅުން އަނެއްކޮޅައް ހިނގާލަ ހިނގާލަ ހުރެވުނީ މާހިލްއަށް އޭނާދިން އަދަބުގެ ހަނދާންތައް ކުރަމުންނެވެ. ރިޔާޒް ބުނި ފަދައިން އޭނާއަށް މާހިލްދެކެ ރުޅިއައުމުގެ ހައްޤު އެބައޮތްތޯ ސިކުނޑި ހިތާއި ސުވާލުކުރާ ފަދައެވެ.
“ރިޔާޒް ބުނީ ތެދެއް ނޫން ހެއްޔެވެ؟ ނާސިރައްވުރެ ބޮޑައް މާހިލް އާއި ރިޔާޒް އޭނާދެކެ ރުޅިއައުން ހައްޤުކަން ބޮޑެއް ނޫން ހެއްޔެވެ؟ މާހިލްގެ ސަބަބުން ހިބާއަށް އޭނާގެ ދިރިއުޅުމުން ގެއްލިދިޔަ އެކައްޗެއްވެސް ނެތެވެ. ނަމަވެސް ނާސިރުގެ ސަބަބުން މާހިލްގެ ދެއަހަރު ދުވަސް ގެއްލިގެން ދިޔައެވެ. ފޮނި ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ހަދަމުން ދިޔަ ކޯސް ގެއްލިދިޔައެވެ. މީހުންގެ މަލާމާތްކުރުންތައް ހުއްޓި ނުދިޔައެވެ. ނުކުރާ ކުށެއްގެ ތުހުމަތުން މުޅި ދުނިޔެއަށް އޭނާގެ ނަން ބޮޑު ގުޅަވިއެވެ. ބޭނުންވި ކަހަލަ ސަރުކާރު ވަޒީފާއެއް ވެސް ނުލިބުނީ ކުށުގެ ރިކޯޑް އޮތުމުންނެވެ. އެކަމުވެސް މިއަދު އެ ހުރިހާ ވޭންތަކެއް ހަނދާން ނައްތާލާފައި އެކަކު އަނެކަކަށް މާފްކުރުމަށް އޭނާ އެދެނީ ހެއްޔެވެ؟ އެކަމަށް ކަރުނަ އެޅުމުގެ ބަދަލުގައި އުފާ ކުރަނީ ހެއްޔެވެ؟ އެކަންކަމަށް ބަދަލު ހިފުމުގެ ބަދަލުގައި އެކަންތައް ހަނދާން ނައްތާލީ ހެއްޔެވެ؟ ކޮންކަހަލަ ސިކުނޑިއެއްގެ ވެރިއެއް ހެއްޔެވެ؟”
މާހިލްގެ އެ ހުށައެޅުމުން ނާސިރުގެ ހަމަޖެހުން ގެއްލިދިޔަ ފަދައެވެ. “އަނެއްކާ އަހަރެން ދިން އަދަބުގެ ބަދަލުހިފަން މާހިލް އުޅެނީކީ ނޫން ބާވައެވެ. ހިބާ އޭނާގެ އަންބަކަށް ވާ ހިސާބުން އޭނާ ބޭނުން ގޮތެއް ހިބާއަށް ހެދޭނެ ނޫން ހެއްޔެވެ؟ އަހަރެން އޭނާއަށް ދިން ވޭނުގެ ބަދަލު އޭނާއަށް ހިބާއަށް ދެވޭނެ ނޫން ހެއްޔެވެ؟” ނާސިރަކަށް ވިސްނާފަ ނުވިސްނާނެ ގޮތެއް ނޭނގުނެވެ. އެހެން ހިނގާލަ ހިނގާލަ ހުއްޓާ އަސުރައް ބަންގި ގޮވި އަޑުއިވުމުން އޭނާގެ ހިނގުން ހުއްޓުނެވެ. ބަންގީގެ ކަލިމަތަކަށް ފަރުވާތެރިކަމާއިއެކު އަޑުއަހަން އިނދެވުނެވެ. އެ ބަންގީގެ ރާގާއި، ބަސްތަކުގައި އެތައް އަސަރެއް ވެއެވެ. ކިތަމެ ހަމަނުޖެހިފައިވާ ހިތަކަށްވެސް ހަމަޖެހުން ގެނުވާފަދަ ޖާދުލެކެވެ.
ނާސިރު މިހާރަކަށް އައިސް ނަމާދުކުރެއެވެ. ހުރިހާ ނަމާދެއް އަދި ފުރިހަމައަށް އަދާ ނުކުރެވު ނަމަވެސް އޭނާ އެކަމަށް މަސައްކަތްކުރާތާ ދުވަސް ކޮޅެއް ވެއްޖެއެވެ. އޭނާއަށް އެންމެ އުނދަގޫވަނީ ފަތިސް ނަމާދައް ހޭލާށެވެ. އިތުރަށް އެކަމާއި ވިސްނަން ނަހަދާ ފާހާނާއަށް ވަދެ ވުޟޫ ކޮށްލައިގެން މިސްކިތައް ދިޔައީ އެ ހިތައް ހަމަޖެހުން ލިބުމަށް އެދިއެވެ. ނަމާދު ޖަމާޢަތުގައި ކޮށްލައިގެން ފޭބީ އެނބުރި އޮފީހައް ދިޔުމަށެވެ. އޮފީސްގަޑި ނިމިފައިވިޔަސް އޭނާ މިއަދު ފެށި މަސައްކަތް ކޮންމެވެސް ވަރަކަށް ނިންމާލުމުގެ ގަސްތުގައެވެ. ފައިވާނަށް އަރަން ފައި ހިއްލައިލި ވަގުތު ކައިރިން މީހަކު ސަލާން ގޮވައިލުމުން ބަލާލެވުނެވެ.
ކުޑަ ތުނބުޅިއެއް ލައިފައިހުރި ދިގު ޒުވާނެކެވެ. އެމޫނުމަތީގައި މަޑުމައިތިރި ހިނިތުންވުމެއް ވިއެވެ. ބޮލުގައި ތާކިހަލެއް އަޅާފައިވާއިރު އެ މޫނުމަތިން ދަންނަގޮތެއް ހުއްޓަސް އެއީ ކާކުކަމެއް ނާސިރަކަށް ނޭނގުނެވެ. “އަ… އަޅުގަނޑު މީ… މާހިލް..” ކޮށަމުން ކަހަލަ ގޮތަކަށް މާހިލް އެހެންބުނީ ނާސިރު ބަލަހައްޓައިގެން ހުރިގޮތުން އެއީ ކާކުކަން ނޭނގޭހެން ހީވާތީއެވެ. އެއާއިއެކު ނާސިރުގެ ހަރަކާތްތައް އަވަސް ވިއެވެ. ނާސިރު ބޭނުންވީ އަވަހައް އެތަނުން ދާށެވެ. މާހިލް އާއި ކުރިމަތިލާނެ ގޮތެއް އެވަގުތަކު އޭނާގެ ސިކުނޑިއަކަށް ނައެވެ.
“އ… އަޅުގަނޑު މިއައީ ހިބާގެ ބައްޕަ ކައިރިން މާފައް އެދެން. ކުރިންވެސް ވަރަށް ބެލިން މަގުމަތިން ނުވަތަ ގޭ ދޮށުން ފެނޭތޯ…، ދެން މިއަދު މިތަނުން ފެނުނީމާ މިއައީ.. އަޅުގަނޑައް ތި އާއިލާއަށް ދެވިފައިވާ އަނިޔާތަކަށް މާފައް އެދެން. އެއްވެސް މީހެއްގެ ހައްޤަކަށް އަރައިގަނެވިފައިވާނަމަވެސް އެކަމަށްވެސް މާފައް އެދެން. އަޅުގަނޑުގެ ހިތުގައި ހިބާއަށްޓަކައި ވަނީ ސާފުލޯބި. އޭރުން ފެށިގެން އަބަދުވެސް މިހިތުގައި ހިބާގެ ނަން ވަނީ ފެވިފައި. ހިބާގެ މަތިން ވަރަށް ހަނދާން ނައްތާލަން މަސައްކަތްކުރިން.. ” ނާސިރު އަވަހައް އެތަނުން ދާން އުޅޭކަން މާހިލް އަށް ވިސްނުމުން އަވަސްއަވަހަށް ނާސިރުގެ ފަހަތުން އަންނަމުން ބުނަމުންދިޔައެވެ. އަދި އެހާ ހިސާބައް ބުނެވުމުން ނާސިރު ހުއްޓި ބަލާލިއެވެ.
“އަޅުގަނޑު ހިބާގެ މަތިން ވަރަށް ހަނދާން ނައްތާލަން މަސައްކަތްކުރިން. އެކަމަކު އެކަން ކާމިޔާބެއް ނުވި. އެހެންވެ އަބަދުވެސް ހިބާއާއި ތިޔަ އާއިލާއަށް ހެޔޮދުޢާ ކުރުމުގައި ދެމިހުރިން.. އަޅުގަނޑުގެ ހިތުގައި ބަދަލު ހިފުމުގެ އެއްވެސް ނިޔަތެއް ނެތް. އަޅުގަނޑު ގަބޫލުކުރަން އަޅުގަނޑު އެގޮތައް ނޫޅުން ނަމަ އަޅުގަނޑަކަށް އެ އަދަބެއް ނުލިބޭނެކަން. އަދި އެ އަދަބަށް އަޅުގަނޑު އުފާކުރަން. އެ އަދަބުން އަޅުގަނޑުގެ އާޙިރަތް ބާއްޖަވެރި ކުރަން ފުރުސަތު ލިބުނީ.. ހިބާ އަޅުގަނޑުގެ އަންބަކަށް ވިޔަސް ނުވިޔަސް އަޅުގަނޑުގެ ހިތް ތިޔަ އާއިލާއަށް ސާފް. ހިބާގެ ބައްޕަ ކޮންމެ ނިންމުމެއްވެސް ނިންމާނީ ހިބާއަށް ރަނގަޅަކަށްކަން އަޅުގަނޑު ޤަބޫލުކުރަން.” މާހިލް އެތައް ދުވަހަކު ނާސިރާއި ދައްކަން ބޭނުންވެފައިހުރި ވާހަކަތައް އެއްދުވަހުން އެއްފަހަރާ ބުނެލިއެވެ. ދެން އެ ފުރުސަތު ނުލިބޭނޭ ކަމަށް ހީކޮށެވެ.
“އެންމެ ރަނގަޅު. އަހަރެން ގޮތެއް ނިންމާފައި ޖަވާބެއް ދޭނަން.” ނާސިރު އެއްވެސް އަސަރެއް ނެތް ގޮތަކަށް ބުނެލިއެވެ. މާހިލް ބަސްއަހާ ކުއްޖެއްހެން އިސްޖަހާލަމުން ލައްބައޭ ބުނެލަމުން އެތަނުން ދިޔުމަށް ހިނގައިގަތެވެ. ނާސިރު ފުންނޭވާއެއް ލާފައި ގެއާ ދިމާލައް މިސްރާބުޖެހީ ވަރުބަލިވެފައިވާ ހިތަކާއި ގެންނެވެ.
**ނުނިމޭ**
13 Comments!
Comments are closed.
Assalaam Alykum all.
Here is the 13th part. May Allah bless u all. 🙂
1st ??faathii ge storys varah reethi keep it up dear ??
Alhamdhulillah
☺
Jazaakillah. 🙂
Vrh reethi mi part vx…
Jazaakillah.
?
Masha allah❤..when next
Jazaakillah ?
Sunday In Shah Allah.
Masha Allah vv reethi mi part vx ???
Jazaakillah
?
mashaa allah v reethi
Jazaakillah
🙂
Dhe dhuvahun ehdhuvahu tha mi vahaka onnany?
Knme dhuvahaku up koh nudheveyne tha?
Ma sha Allah miee vvvvvv reethi vahaka eh ❤❤
Than kolhe dhiguko noony knme dhuvahaku up koh dhiniyya v rangalhu
Yah. Dhedhuvahun eh dhuvahu mi genedheny.. Konme dhuvahaku genesdhey varakah nuliyevey.. Sorry..
V ufaavehjje vaahaka thihaa kiyaahihvaathee ?
Jazaakallah.