ހިތް އެދުނަސް… (21)
ކޮންމެ ގޮތެއްވިޔަސް މިހުރިހާ ދުވަހު އީނާލް ބަލާ ބޮޑު ކުރީ އެ މައިން ބަފައިންނެވެ. އޭނާ އަކީ އަދި އިހަކަށް ދުވަހު އީނާލް އަށް ފެނުނު މީހެކެވެ.
އީނާލް އަށް އޭނާގެ މައިންބަފައިން ވެސް މުހިންމު ވާނެއެވެ. އެހެން ވެއްޖެނަމަ އޭނާ ހަދާނީ ކިހިނެތް ހެއްޔެވެ؟ އީނާލް އަށް އޭނާގެ މައިން ބައިން ބޭނުންވާފަދަ އަރާމް ދިރިއުޅުމެއް ހޯދައި ދިނުމަށް އޭނާގެ އަތުން އީނާލް ގެ ހިތް ކުދި ކުދޮ ކޮށްލަން ވީ ހެއްޔެވެ؟ ކުރިއަށް ވާން ހުރި އެއްވެސް ކަމެއް ނޭނގޭ ހާލު ޒައިން ގެ ސިކުނޑީގައި ތަފާތު އެއްޗެހި ދައުރުވަމުން ދިޔައެވެ.
ގެއަށް ގޮސް ފެންވަރާ ހަދައިގެން ޒައިން ނަމާދުކުރި ގޭގައެވެ. ވިސްސާރަ ބޯކަމުން ގެއިން ނުކުންނަ ހިޔާލް ޒައިން ގެ ނެތީއެވެ.
އޭނާ ދެން އެނދުގައި ޖައްސާލީ އަރާމް ކޮށްލާށެވެ. ހަށިގަނޑުގައި ލޮޑުކަމެއް ހުއްޓެވެ.
އީނާލް ކޮޓަރިއަށް ވަދެ އެނދުގައި އޮށޯވެގެން ސީލިންގަށް ނަޒަރު ހުއްޓާލައިގެން އޮއްވާ ޒަފާ ނުކުތީ ފާހާނާއިންނެވެ. އިސްތަށިގަނޑު ތެތްކޮށް އޮތުމުންނާ މޫނުމަތިން ފެންނަމުން ދިޔަ ތާޒާ ކަމުން އެ ނުކުތީ ފެން ވަރައިގެންކަން އެނގެއެވެ.
“އީން ކިހިނެތްވީ އަނެއްކާ… އަހަރެން ގާތު ބުނަން ވީނު” ޒަފާ ބުނެލިއެވެ. އޭނާ ލޯގަނޑު ކުރިމަތީ ހުއްޓި ހުރެ އީނާލް އާއި ވާހަކަ ދެއްކިއެވެ.
އީނާލް ޒަފާ ގެ އަޑު އިވުމާއެކު އެނދުން ތެދުވަމުން އެނދުގައި އިށީނދެ ދެފައި ވަށްކޮށްލިއެވެ.
އޭނާގެ ހަޔާތުގައި ދިމާވެގެން އުޅޭ ކަންތައް ޒަފާ އާ ހިއްސާކުރަން އީނާލް ބޭނުންވިއެވެ. “ވަޓް ޓު ޑޫ ޒަފް… ލައިފް ގަ ބައިވަރު ކަންތައް ވެއްޖެ. ކުރަންވީ ކީއްކަމެއް ހަދަންވީ ގޮތެއް ނޭނގިފަ މިހާރު އަހަރެން މި ހުންނަނީ… އެއްކޮޅުގައި އަހަރެންގެ އަމިއްލަ ބައްޕަ… އަނެއްކޮޅުގައި އަހަރެން އެމީހަކާ އެކު ހަޔާތް ވޭތުކުރަން ބޭނުންވެފައިވާ މީހާ.” އީނާލް ފުންނޭވާއަކާއެކު ވާހަކަ ދެއްކިއެވެ.
“ބައްޕަ ބޭނުންވަނީ އީނާލް އެހެން މީހަކާ ކައިވެނި ކުރުވަންތަ؟” ޒަފާ އައިސް އެނދުގައި އިށީންނަމުން ސުވާލުކުރިއެވެ.
“ހޫމް” މާޔޫސް ކަމާއެކު އީނާލް އަނގައިން ހޫމް އެއް ލައްވާލިއެވެ. “ދެން ކިހިނެތް ހަދަނީ… ޑޭޑް އާ ދެކޮޅަށް އިންނަނީތަ؟ އެހެންނޫނީ ބައްޕަ އީން ގެ ކައިވެނި ކުރުވަން އުޅޭ މީހާ އާއި ކައިވެނި ކުރާނީތަ؟” ޒަފާ އީނާލް ގެ ލޮލަށް ބަލާލަމުން ސުވާލުކުރީ ޖަވާބެއް ބޭނުންވެފައި ވާ ފަދައަކުންނެވެ.
“ނޭނގެ… ބޭނުމެއް ނޫން މިކްޔަން އާ ކައިވެނި ކުރާކަށް އައި ހޭޓް ހިމް” އީނާލް އަނގަޔަށް ފޫހިވައްތަރެއް ޖައްސާލަމުން ބުނެލިއެވެ. “އެއީ ދޯ މިކްޔަން އަކީ… ހީޒް ކްއައިޓް ހޭންޑްސަމް” އެއްލޯ މަރާލަމުން ޒަފާ އެތަނުގައި ވި ސީރިއަސްކަން ނައްތާލަން މަސައްކަތް ކުރިއެވެ. ޒަފާގެ ވާހަކައިން އީނާލް ހީގަނެފައި ބާލިހެއް އެ ދިމާލަށް އެއްލިއެވެ.
މަލަކް ގާތު ހުރެފައި އަޔާން ގެއަށް ދިޔައީ ބައްޕަ އާއި އައިމަން އާއި ދެމީހުންނާ ވާހަކަ ދައްކަން ނިންމަމުންނެވެ. އޭނާ މަލަކް އާއި ކައިވެނި ކުރަން ނިންމީ ކަމުގައި ބުނުމުން އެ ދެމީހުންގެ އަމަލް ތައް ހުންނާނީ ކިހިނެތް ތޯ ބަލަން މިހާރުއްސުރެ ވެސް އަޔާން ހުރީ ބޭނުންވެފައެވެ. ގެއަށް ވަތް އިރު ނަސީބަކުން އައިމަން އާއި ނާޖިދު އާއި ދެމީހުން ސިޓިން ރޫމްގައި ވާހަކައިގައި ތިއްބެވެ. އަޔާން ފެނުމާއެކު ވާހަކަ ހުއްޓާލި ގޮތުން އެ ދައްކަމުން ދިޔައީ އީނާލް އާއި ގުޅޭ ވާހަކަ އެއްކަން ދެނެގަންނާކަށް އަޔާން އަށް އުނދަގުލެއް ނުވިއެވެ.
އޭނާ ގޮސް ސޯފާގައި ޖައްސާލުމާއެކު އެކީހެން އައިމަން އާއި ނާޖިދު ގެ ނަޒަރު އޭނާ އަށް ހުއްޓުނެވެ.
“އަހަރެން ކައިވެނި ކުރަން ނިންމައިފިން” އެ ތަނުގައި ވި ހަމަހިމޭން ކަން ފޫދުއްވައިލަމުން އަޔާން ވާހަކަދެއްކި އަޑު އެވަގުތު ގޭގެ ސިޓިން ރޫމަށް ނުކުތް އީނާލް އަށް ވެސް އަޑު އިވުނެވެ. އޭނާ ތަންކޮޅެއް ދުރުގައި މަޑުކޮށްލީ އެ ތިން މީހުން ދައްކާ ވާހަކަ އެއް އަޑުއެހުމަށެވެ.
“ކާކާ” ހަރުކަށިކަން އެކުލެވިގެންވީ އަޑަކުން ނާޖިދު ސުވާލު ކުރި އަޑު އީނާލް ގެ ކަންފަތުގައި ހަރުލިއެވެ. އެއާއެކު އަޔާން ވެސް ހަމަޖެހިލާފައި މަލަކް އޭ ބުނެލި އަޑުވެސް އިވުނެވެ.
“އަހަރެން ދުވަހަކުވެސް ގަބޫލެއް ނުވާނެ… ސޯފާއިން ތެދުވުމާއެކު ނާޖިދު ބާރަށް ވާހަކަ ދެއްކިއެވެ.
“ކީއްވެ؟ އަޔާން ބޭނުންވީ ވީހާވެސް ހަމަޖެހިގެން ވާހަކަ ދައްކާށެވެ.
“މި ބުނީނު ގަބޫލެއް ނޫނޭ” ނާޖިދުގެ ރުޅިގަނޑު ދިޔައީ ހިނދެއް ހިނދަކަށް ގަދަވަމުންނެވެ. އައިމަން ވެސް ސޯފާއިން ތެދުވެ އަޔާން އާ ދިމާލަށް ބަލަހައްޓައިގެން ހުރީ އަޔާން ނާޖިދު އާ އެ ގޮތަށް ވާހަކަ ދައްކަމުން ދިޔައީތީ ހައިރާންވެފައެވެ.
“އަޔާން ކިހިނެތްތަ ތިއުޅެނީ” އައިމަން އަޔާން އާ ގާތަށް ޖެހިލާ ސުވާލު ކުރުމާއެކު އަޔާން އަނެއްކާވެސް ވާހަކަ ދެއްކިއެވެ. “ދޮންބެ ބޭނުންވަނީ އަހަރެން މަލަކް އާއި ކައިވެނި ކުރަންތަ ނޫނީ ނޫންތަ؟” އަޔާން އައިމަން އަށް ވިހަ ހިނިތުންވުމެއް ރައްދުކޮށްލިއެވެ.
“އައްޗި….. ނޫން ކަން އެގޭއިރު އަދި އަހައިފިއެއްނު… ހުރި ގޮތެއް ނެތް ކަން” އައިމަން ހަޅޭއްލަވައިގަތެވެ.
“އެހެން ވީއިރު އެބައޮތް ގޮތެއް… އަހަރެން މަލަކް ދޫކޮށްލަން އެއްބަސް ވެފާނަން… އެކަމަކު ޝަރުތަކާ ލައިގެން…. ދޮންބެ އަށް ވެސް އޮތީ ކޮންމެވެސް އެއް ގޮތް… ދޮންބެމެން ތިކުރި ކަންތައް ރަށުތެރެއަށް ބޭޒާރު ނުކޮށް އަހަރެން މަލަކް ދޫކޮށްލުން… ދެން އެ ކަންތައް ބޭޒާރުނުވެ އީނާލް ގެ ކައިވެނި އީނާލް ބޭނުންވާ މީހާކާ ކުރެވުން” އަޔާން ޝަހާދަތް އިނގިލިން އޭނާގެ ބޮލުގައި ޖަހާލަމުން ބުނެލިއެވެ. ރަށުތެރޭގައި އެ އާއިލާގެ އެއްވެސް މީހެކޭ ކިޔައިގެން ހަޑިކޮށް ވާހަކަ ދެކެވުމަކީ ނާޖިދު ދުވަހަކުވެސް ބޭނުންވާނޭ ކަމަކަށް ނުވުމާއެކު އަޔާން އޭނާގެ ސިކުނޑީގެ ބޭނުން ހިފާލީއެވެ.
“އަޔާން” ހަޅޭއްލަވައިގަނެފައި އައިމަން އައިސް އަޔާން ގެ މޫނުމައްޗަށް ވީއްލައިލަން އުޅުނު ހަމަލާއިން އަޔާން ރެކިގަތެވެ. އޭނާ ހުށިއާރު ކަމާއެކު އައިމަން ގެ އަތުގައި ހިފާލިއެވެ.
“ބޭޒާރުވާން ބޭނުން ވެއްޖެއްޔާ… އީނާލް އާއި މިކްޔަން ގެ ކައިވެނި ހަމަޖައްސާ… އެކަމަކު ކައިވެނި ކުރެވޭ ދުވަހު ތި މީހުން މަލަކް އަށް ދިން އިންޒާރާ އަހަރެން ގެ ދިރިއުޅުމުން މަލަކް ދުރަށް ލި ގޮތާ… އީނާލް އާ ދޭތެރޭ ކަންތައް ކުރި ގޮތް… މަޖުބޫރުން ކައިވެނި ކުރުވި ގޮތް ރަށުތެރެއަށް ފެތުރިގެން ދާނެކަން ހަނދާން ކުރާތި… އެނގޭނެ މިއަދާ ހަމަ އަށް ވެސް މަލަކް މަޑުމަޑުން ހުންނާތީ ކަން ހުރިހާ ކަމެއް ސިއްރުވެފަ އޮތީ….
ސޯ މިފަހަރު އޮތީ ކޮންމެވެސް އެއްގޮތް… …” އަޔާން އެ އަތް ދުރަށް ޖައްސާލަމުން ވާހަކަ ދެއްކިއެވެ. އަޔާން އަށް އައިސްފައިވާ ބަދަލް ތަކުން ހުދު އައިމަން ވެސް ހުރީ ހައިރާންވެފައެވެ. އޭނާ އަށް ބުނާނެ އެއްޗެއް ނޭނގުމާއެކު ނާޖިދުއަށް ބަލާލެވުނެވެ.
ނާޖިދުވެސް ރުޅިއައިސްފައި އަޔާން އަށް ކަޅިއަޅައިލައިގެން ހުރިއިރު އޭނާ ވެސް ހުރީ ބުނާނެ އެއްޗެއް ނޭނގިފައެވެ. އެ އަޑު އަހަން ހުރި އީނާލް ގެ މޫނުމަތިން ފެންނަނީ ކަންބޮޑުވުމުގެ އަސަރުތަކެވެ.
އިތުރަށް އެދެމުގައި ދެމެދުގައި ދެކެވެމުން ދިޔަ ވާހަކަތައް އަޑު އެހުމުގެ ޝައުގުވެރިކަން ނެތުމާއެކު އީނާލް އޭނާގެ ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ. ކޮޓަރިއަށް ވަދެ ދޮރު ލައްޕާލާ ލެނގިލުމާއެކު އޭނާ އަށް ފުން ނޭވާއެއް ބޭރުކޮށްލެވުނެވެ. “ވަޓް ހެޕެންޑް އީން” އީނާލް އަށް ބަލަން ހުރެ ޒަފާސުވާލުކުރިއެވެ. އޭނާގެ މޫނުމަތިން އީނާލް އަށް ވެފައި ހުރި ގޮތް ދެނެގަންނަން މަސައްކަތް ކުރާ ފަދަ އަސަރުތަކެއް ފެންނަމުން ދިޔައެވެ.
އަޔާން އޭނާ ބުނަން ޖެހޭ ވާހަކަ ތައް ބުނުމަށްފަހު ކޮޓަރިއާ ދިމާލަށް މިސްރާބުޖެހީ އެ ތުންފަތަށް ކާމިޔާބުގެ ހިނިތުންވުމެއް ވެރިކޮށްލާފައެވެ.
އަޔާން ގޮސް ކޮޓަރިއަށް ވަދެފައި އެނދުމައްޗަށް ވެއްޓިގަތުމާއެކު މަލަކް އަށް ގުޅާލިއެވެ. އޭނާ ހުރީ ހިންހަމަޖައްސައިލަން ބޭނުންވެފައެވެ. މަލަކް އާ ވާހަކަ ދައްކައިލެވުމުން އޭނާ ގެ ހިތަށް ހަމަޖެހުން ލިބޭނެކަން ގައިމެވެ.
“އެ އަޔާން… ކީކޭ ހިތަށް އަރައިގެންތަ އެ އުޅެނީ… ފެންވަރު އޮޅިގެން އެ އުޅެނީ… އޭނާގެ އެކައުންޓަށް މީގެ ފަހުން އެއްވެސް ވަރަކަށް ފައިސާ ފޮނުވައިގެން ނުވާނެ… މަ ބަލާނަމޭ އޭނާ އަށް ކިހާވަރަކަށް ނުބައި ވެގެން އުޅެވޭތޯ… އަތުން ފައިންމަސައްކަތެއް ނުކޮށް އޭނާ އުޅޭނެހޭ ތާކު އުޅޭ ނެ ގޮތަކަށް އުޅެމުން އެ ދައްކަނީ މީހަކާ އިންނަ ވާހަކަ… އަނެއްކޮޅުން އަހަރެމެން ބްލެކް މެއިލް ކުރާ ވާހަކަ… ކީކޭ ދެން ބުނާނީ” ނާޖިދު ސޯފާ އަށް ވެއްޓިގަތުމާއެކު ރުޅިވެރިކަމާއެކު ވާހަކަ ދެއްކިއެވެ. އޭނާ ބޮލުގައި ހިފައްޓާލަމުން އިސްޖަހާލީ ދެން ކަންތައް ކުރަން ވީ ގޮތެއް ނޭނގިފައެވެ.
ދެން އީނާލް އާ ކައިވެނި ކުރުވަން ހަމަޖައްސާފަ އެހެން ކަންތައް ކޮށްފިނަމަ ވާނީ ކިހިނެތް؟” އައިމަން ވެސް ސޯފާގައި އިށީންނަމުން ވާހަކަ ދެއްކިއެވެ. “ކީއްވާނީ… މަށާ އަނީސް އާ ދެމެދު އޮތް އެކުވެރިކަމެއް ނު ފުނޑު ފުނޑު ވާނީ… އިތުރު އެހެން އެއްވެސް ކަމެއް ވާނެތަ؟” ނާޖިދު ބުނެލިއެވެ.
ނާޖިދު ރުޅިއައިސް އިން ވަރު ފެނި އައިމަން ވެސް އިތުރަށް އެއްޗެކޭ ބުނުމުގެ ހިޔާލެއް ނުކުރިއެވެ. އެވަގުތު ކޮޓަރިތެރޭން ކުޑަ ދަރިފުޅު ރޮއިގަތް އަޑު އިވިފައި އޭނާ ނާޖިދު ގެ ހުއްދަ އަތުލަމުން ކޮޓަރިއާ ދިމާލަށް މިސްރާބުޖެހިއެވެ.
އީނާލް ކޮޓަރީގައި އިނދެފައި އަޔާން ގެ ފޯނަށް މެސެޖެއް ކޮށްލިއެވެ. އަޔާން އާއި ބައްދަލުކޮށް ވާހަކަ ދެއްކުމަކީ އޭނާ އަށް ފެންނަ އެންމެ ރަނގަޅު ގޮތެވެ.
“ކުޑަބޭ… އައި ނީޑް ޓް ޓޯކް ޓް ޔޫ…” އީނާލް ގެ މެސެޖެކެވެ. އޭނާ ވަގުތުން އީނާލް އަށް ގުޅާލިއެވެ.
ހަލޯ އީން… ކިހިނެތްވީ؟” އަޔާން ހީކުރީ އަނެއްކާވެސް އައިމަން މަންގެ ފަރާތުން ކަމެއް ދިމާވީކަމަށެވެ. އެހެންކަމުން އެ އަޑުގައި ކުޑަ ހާސްކަމެއް ވިއެވެ. އޭނާ އާ ބައްދަލުކުރަން ބޭނުންވާ ކަމަށް އީނާލް ބުމުން އަޔާން އޭނާ ގެ ކޮޓަރިއަށް އައުމަށް އީނާލް ގާތުންއެދުނެވެ.
އަޔާން ގެ ފޯން ކޯލް ބޭއްވުމަށްފަހު އީނާލް ގޮސް އަޔާން ގެ ކޮޓަރީގައި ޓަކި ޖަހާލިއެވެ. އަދި އެތެރެއަށް ވަނެވެ. އެނދުގައި އިށީނދެގެން އިން އަޔާން އީނަލް ފެނުމާއެކު އައުމަށް އިޝާރާތް ކޮށްލިއެވެ. އެއާއެކު އީނާލް އައިސް މަޑުކޮށްލިއެވެ. “ކިހިނެތްވީ އީން” އަޔާން ވާހަކަ ދެއްކިއެވެ.
އީނާލް ދިޔުމާއެކު ލެޕްޓޮޕް ނަގާ އޮންލައިން ވެލި ޒަފާ ބަލާލީ ޝައުމް އޮންލައިންގައި އިންތޯއެވެ. ޝައުމް އަކީ އޭނާ އޭލެވެލްގައި އުޅުނު އިރު ދިވާވި ކުއްޖެކެވެ. ފުރަތަމަ ވާހަކަ ދައްކަން ފެށީ ރައްޓެހި ކަމުގައިނަމަވެސް ފަހުން އެ ގުޅުން ލޯތްބަށް ބަދަލްވެ ދެމހުން ގުޅުނީއެވެ. ޝައުމް އޮން ލައިންގައި ނެތުމުން އޭނާ ފޫހިކަމާއެކު ލެޕްޓޮޕުން ކުދިންގެ އެފްބީ ޕޭޖް ތައް ސްކްރޯލް ކުރަން ފެށިއެވެ.
ފޯން ރިންގް ވުމާއެކު ޒަފާ ފޯން ނެގިއެވެ. އެއާއެކު އެކޮޅުން ބުނި ވާހަކައިން އޭނާ ގެ އަތުން ފޯން ދޫވެގެން ވެއްޓުނީއެވެ. ގުޅީ ޝައުމް އެވެ. އޭނާ އައި ޝައުމް އާއި އޮތް ގުޅުން ނިންމާލީ ކައިވެންޏަށް ތައްޔާރުވާން ވާހަކަ ދައްކަމުން ދާ ދަނޑިވަޅެއްގައެވެ. ވަގުތުން ދެލޮލަށް ކަރުނަތައް ޖަމާވީ އެއްވެސް އިހްތިޔާރެއް ނެތިއެވެ. އެނދުމައްޗަށް ވެއްޓިގަނެވުމާއެކު ބާލީހަކުން މޫނު ފޮރުވާލެވުނެވެ.
ފޯން އަނެއްކާވެސް ރިނގް ވާން ފެށުމާއެކު އޭނާ ގުޅަނީ ޝައުމް އޭ ހިތާ ނަގާ ކަންފަތުގައި ޖައްސާލަމުން ވާހަކަ ދެއްކިއެވެ.
“ޝައުމް… ކީއްވެ؟” ޒަފާ ވާހަކަ ދެއްކިއެވެ.
“ދަރިފުޅާ” އިވުނީ ބަހީޖުގެ އަޑެވެ. އެއާއެކު ޒަފާ އަށް އިތުރަށް ރޮވުނީ އޭނާގެ ބައްޕައަށް ވީތީއެވެ. “ހީ ލެފްޓް މީ ޑޭޑް…” ޒަފާ އަށް ރޮވޭވަރުން ވާހަކަ ދައްކަން ވީ ދަތިކަމަކަށެވެ. “އައި ނޯ ޒަފް…” ބަހީޖުގެ އަޑުގައިވެސް ވަނީ މަޑު މައިތިރި ކަމެވެ.
“ދަރިފުޅާ…” ބަހީޖުއަށް އަނެއްކާވެސް ގޮވާލެވުނެވެ. “ޑޭޑް… ހައު ޑަޒް ހީ ނިއު އޯލް ދިސް…” ޝައުމް ގުޅާފައި ދެއްކި ވާހަކަ އަޑު އިވުމާއެކު ޒަފާ އަށް ބުނެވުނެވެ. އޭނާ ހުރީ ބަހީޖު ދޭނޭޖަވާބަކަށް އިންތިޒާރުކޮށްކޮށެވެ.
“ދަރިފުޅާ… އައި ޓޯލްޑް ހިމް… އެ ހަގީގަތް… އެކަމަކު އެއީ ބައްޕަ ބޭނުން ވެގެނެއް ނޫން… ބައްޕަ ގާތަށް އެއީ ތެދެއްހޭ ކިޔާފައި އެންމެ ފުރަތަމަ އައީ ޝައުމް… ބައްޕަ ޖަވާބު ދެމުން ބުނިން އެ ހަގީގަތް އެހެން އޮތަސް…. އެއީ ހުފަފެނެއް ނޫނީ ބިލާހެއް ކަމަށް ހީކޮށްލާފަ ޒަފް އާ އެކު ވެދޭށޭ… ޒަފް ރާއްޖެ ދިޔުމުގެ ފަހަތުގައި ވި ސަބަބު އެނގުމަށް ފަހު އޭނާ ބޭނުމެއްނުވި…. ނުރޮއި ދަރިފުޅާ…. އޭނާ ދަރިފުޅު ދެކެ ހަގީގީ ލޯބި ނުވަނީ… ހަގީގީ ލޯބި ވާނަ އެހެން ކަންތައް ކުރާކަށް ނުކެރޭނެ. ” ބަހީޖު ވާހަކަ ދެއްކީ އެ ދަރިފުޅަށް ހިތްވަރު ދިނުމަށެވެ.
ބައްޕަ އެ ހަގީގަތް ފާޅުކުރުރިކަމުގައި ވިނަމަވެސް އޭނާ އެ ބައްޕަ ދެކެ ރުޅިއެއް ނާންނާނެއެވެ. އެ ބައްޕަ އަކީ އޭނާ އަށް މިހުރިހާ ދުވަހު ހިތްވަރު ދިނުމަށް އެންމެ ކައިރީގައިވި ފަރާތެވެ.
ޒަފާ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ. އޭނާ ހިތްވަރު ކުރާނަން ކަމުގައި ބުންޏެވެ. އޭނާ ދެކެ ހަގީގީ ލޯބިވާނަމަ އެ ގޮތަށް ކަންތައް ކުރަން ޝައުމް އަށް ނުކެރޭނޭ ކަމާ އޭނާ ވެސް ޝައުމް އާ ދުރަށް ދާނީ ކަމުގައި ބުނެލިއެވެ.
ކިތަންމެ ހިތްވަރު ކޮށްފައި ބަހީޖު އާ ވާހަކަ ދެއްކި ކަމުގައި ވިނަމަވެސް އެކޮޅުން ފޯން ބޭއްވުމާއެކު އަނެއްކާ ޒަފާ އަށް ރޮވުނީއެވެ.
އީން… ވިސްނަބަލަ… ކުޑަބެ ކަންތައް މިކުރަނީ ވަކި މަގްސަދެއް އޮވެގެނޭ… އީން އަށް މުހިންމު ޒައިން އާ ކައިވެނި ކުރަންމިވަގުތު… އައި އޭމް ޝުއާރ ޑޭޑް އަށް އެއްބަސް ވާން މަޖުބޫރުވާނެކަން… ” އަޔާން ބެލީ އީނާލް އަށް ވިސްނައިދެވޭތޯއެވެ.
“އެކަމަކު ކުޑަބޭ… އޭރުން ފެމެލީ ގެ ހަމަޖެހޭ ދިރިއުޅުން ހަލާކު ވާނީ” އީނާލް އެކަމާ ދެކޮޅު ހަދަން އުޅުނެވެ.
“ނޫން… ނުވާނެ… ޓްރަސްޓް މީ އީން” އަޔާން ގެ އަޑުގައިވަނީ ޔަގީންކަމެވެ. އޭނާ އީނާލް އާ ދިމާލަށް ބަލަން ހުރެ ބޯ ޖަހާލީ ހާސްވެ ކަންބޮޑު ނުވާށޭ ބުނަމުންނެވެ. އޭނާ ގެ ޕްލޭން އެއަށް ވުރެ މާ ވަރުގަދަވާނެއެވެ. ކުރިއަށް ކޮންމެ ފިޔަވަޅެއް އަޅާނީ އެތައް ފަހަރަކު ވިސްނުމަށް ފަހުއެވެ. އަޔާން ހިނިތުންވެލިއެވެ. އިރުކޮޅަކު އަޔާން އާ ވާހަކަ ދައްކާލުމަށް ފަހު ކޮޓަރިއަށް ވަތް އީނާލް އަށް ސިހުން ލިބުނީ ޒަފާގެ ގިސްލުމުގެ އަޑު އިވިފައެވެ.
“ޒަފް… ވަޓް ހެޕެންޑް” އީނާލް އަށް ބާރުބާރަށް އެނދާ ދިމާލަށް ހިނގައގަނެވުނެވެ. އޭރު ޒަފާ އިނީ އަތުން މޫނު ފޮރުވާލައިގެން އެނދުމަތީގައި އިށީނދެއެވެ. ކޮޓަރި ތެރޭގައި ޒަފާ ގެ ގިސްލުމުގެ އަޑު ހަރުލާފައި ވާއިރު އޭނާ އަށްދެފަރާތަށް ބޯ ހުރެމުން ދެވުނީ އަދިވެސް ކަންފަތަށް އިވުނު އަޑު ގަބޫލް ނުކުރެވިގެންނެވެ. އީނާލް ގޮސް ޒަފާ ގާތު އިށީންނަމުން ވީ ގޮތް ސުވާލް ކުރިއެވެ.
“އީން ހީ ލެފްޓް މީ…. އޭނާ އަށް ހުރިހާ ހަގީގަތެއް އެނގުމަށްފަހު އަހަރެން ދޫކޮށްލާފަ ދިޔައީ” ޒަފާ ވާހަކަ ދެއްކއެވެ.
“ޔޫ މީން ޝައުމް…” އީނާލް ޔަގީން ނުވެފައި އިނދެ ސުވާލުކޮށްލިއެވެ. “ޔެސް” ޒަފާ ބުނެލިއެވެ. އެއާއެކު އީނާލް އަށް ދެލޯ ބޮޑުކޮށްލެވުނެވެ. “ޑަޒަންޓް ހީ ރިއަލީ ލަވް ޔޫ” އީނާލް އަށް ވެސް އިނީ ޝޮކެއް ޖެހިފައެވެ. އޭނާގެ ކުރިމަތީގައި ޝައުމް ޒަފާ އާ ހެދި އުޅުނު ވަރު ފެނިފައި ހުރި މީހެއްގެ ހައިސިއްޔަތުން އޭނާ ހުރީ އެ ހަގީގަތް ގަބޫލް ކުރަން ނުކުޅެދިފައެވެ.
“އައި ޑޯންޓް ނޯ” ޒަފާ ކަރުނަ ފޮހެމުން ވާހަކަ ދެއްކިއެވެ.
އީނާލް ޒަފާ އަށް ހިތްވަރުދިނެވެ. ޒަފާވެސް ކަރުނަ ފޮހެމުން ބޯ ޖަހާލީ އޭނާ ހިތްވަރު ކުރާނަމޭ ބުނަމުންނެވެ.
އެދުވަހުގެ ފަހުން ތިން ދުވަސް ފާއިތުވެގެން ދިޔައިރުވެސް ނާޖިދު އީނާލް އަކާ ވާހަކައެއް ނުދައްކައެވެ. އައިމަން ވެސް އީނާލް އާއި ދިމާލަށް ބަލާލުމަށް ފަހު އެއްޗެކޭ ނުބުނެ ދަނީއެވެ. އަނީސް ގާތު ދައްކާނޭ ވާހާކައެއް ނޭނގި ނާޖިދު އަށް މިހާރަކަށް އައިސް އަބަދު ވިސްނެނީ އެކަމާއެވެ. އަޔާން ހުރީ ގޮތް ދޫކުރާ ގޮތަކަށް ނޫނެވެ.
ހަތަރު ފަރާތުން އޭނާ ފިތެމުން ދިޔަ ފަދަ އިހްސާސް އެއް ކުރެވުމާއެކު އޭނާ އަށް ހަދާނެ ގޮތް ހުސްވިފަދައެވެ. އީނާލް ގެ ކައިވެނި މިކްޔަން އާއި ކުރެވަން ހުރިހާ ކަމެއް ނިމެމުން ދާއިރު ދިމާވަމުން މިދާ ކަންތަކުގެ ސަބަބުން އެކަން އެގޮތަށް ނުކުރެވޭނޭކަން ވެސް އެނގެއެވެ. އަޔާން އީނާލް އާ އެކު ހުރި ކަމުގައި ވަނީނަމަ އީނާލް ޒައިން އާ ކައިވެނި ކުރުމަށް ވެސް ފަހެއް ނުޖެހޭނެކަންނޭގެއެވެ. އެހެންވެއްޖެނަމަ އަނީސް އޭނާ ދެކެ ރުޅިއައިސް އަޔާން ރަށުތެރެއަށް އަޑު ފަތުރައިފިނަމަ އޭނާގެ އަބުރާ އިއްޒަތަށް ވެސް ގެއްލުން ވާނެއެވެ.
މަޖުބުރުން އީނާލް ގެ ކައިވެނި ކުރުވަން އުޅުނަސް ކަންތައް ތައް މިދާ ގޮތުން އެއީ ކުރެވޭނޭ ކަމެއް ކަމަށް ނާޖިދު އަށް ގަބޫލެއް ނުކުރެވެއެވެ.
“ބައްޕަ އަށްފެންނަނީ ދެން އަނީސް ގާތު ބުނަން… އިތުރު ގޮތެއް ނެތެއްނު… ހަމަގަމިވެސް މިކްޔަން އާއި އީނާލް ގެ ކައިވެނި ގަދަކަމުން ކުރިވައިފިނަމަ އަޔާން އެއް ގޮތް ދުލެއް ނުކުރާނެ… އަދި ހާއްސަކޮށް މަލަކް އާއި އަޔާން އާއި ދުރުކުރުވީ ކޮންބައެއްކަން އެނގޭއިރު… އޭނާ ރަށުތެރޭގަ ފަތުރާނެ އެއީ މަޖުބޫރީ ކައިވެންޏެކޭވެސް… އެހެން ވެއްޖެނަމަ އާއިލާ އަށް ވެސް ހުތުރު.. ވަރަށް ވިސްނުމަށް ފަހު ބައްޕަ ނިންމައިފިން ގޮތެއް… އަނީސް ގާތު މި ކައިވެނި ކުރެވެނެ ނެތް ވާހަކަ ބުނުން” ހިސާބެއްގެ މާޔޫސް ކަމަކާއެކު ނާޖިދު ބުނެލިއެވެ. އެއާއެކު އައިމަން ވާހަކަ ދެއްކިއެވެ.
“އޭރުން ކިހިނެތް ވާނީ ބައްޕާ… މީހުން ކީކޭ ކިޔާނީ… އާއިލާ އަށް ވެސް ލިބޭނީ ހުތުރު ނަމެއްނު… ” އައިމަން ވާހަކަ ދެއްކިއެވެ. އެއާއެކު ނާޖިދު ފުންނޭވާއެއް ދޫކޮށްލިއެވެ. އެދެމީހުން ތިބީ ކޮފީއެއްގައެވެ. އައިމަން އާއި ނާޖިދުވެސް ބްރޭކް ގަޑީގައި ގެއަށް ދިޔުމުގެ ބަދަލް ގައި މިއަދު ދިޔައީ ކެފޭއަކަށެވެ. ވާހަކަވެސް ހަމަޖެހިލައިގެން ދައްކާލުމުގެ ބޭނުމުގައެވެ.
“އެކަމަކު ލާހިކެއްނޫން މަގޭ ރުހުމުގެ ޒައިން އާ ކައިވެނި ކުރާކަށް… ކުރިޔަކަ ނުވެސް ދޭނަން” ދެން ކަންތައް ކުރާނީ ކިހިނެތްކަން ވިސްނަމުން ނާޖިދު ވާހަކަ ދެއްކިއެވެ.
އައިމަން ގެ ބްރޭކް ގަޑި ނިމުމާއެކު އޭނާ ގަޑިބަލާލަމުން ދާން ޖެހިއްޖެ ކަމުގައި ބުނެލިއެވެ. އެއާއެކު ނާޖިދު ބޯ ޖަހާލިއެވެ. އައިމަން ދިޔުމާއެކު ވެސް ނާޖިދު އިރުކޮލަކު މަޑުކޮށްލިއެވެ. އޭނާގެ ހަނދާނަށް މީގެ އަހަރުތަކެއްގެ ކުރިގެ ހަނދާނެއް ވެރިވިއެވެ.
އަޔާން އޭނާ މަލަކް އާ ކައިވެނި ކުރަން ބޭނުން ވާކަމުގައި ބުނީ އޭނާ އެއްރެއެއްގައި ސިޓިން ރޫމްގައި ޓީވީ ބަލަން އިންދައެވެ.
*****
ނާޖިދު ގޭގެ ސިޓިން ރޫމްގައި އިންދާ އަޔާން އައިސް ސޯފާގައި އިށީނެވެ. ނާޖިދު ހަބަރު ބަލާ ނިންމާލުމަށްފަހު ޓީވީ ނިއްވާލުމާއެކު އަޔާން ވާހަކަ ފެށިއެވެ.
“ބައްޕާ… އަޅުގަނޑު އެބައޮތް ވާހަކަ އެއް ދައްކާލަން ބޭނުންވެފަ؟” އަޔާން މަޑު މައިތިރިކަމާއެކު ބުނެލިއެވެ. އެއާއެކު ނާޖިދު ކުރިއަށް ދިޔުމަށް އަތުން އިޝާރާތް ކޮށްލިއެވެ. އަދި އަޔާން ދައްކަން އުޅޭ ވާހަކަ އަށް ސަމާލް ކަން ދިނެވެ.
“އަޅުގަނޑު މީހަކާ އިންނަން ގަސްތުކުރަން….” އަޔާން ބުނެލިއެވެ. އަދި އޭނާ އިސްޖަހާލިއެވެ.
“އެހެންތަ؟ އަނެއްކާ ކޮން ކުއްޖަކާ” ނާޖިދު ހިނިތުންވަމުން ސުވާލުކުރިއެވެ.
“މަލަކް އާ” އަޔާން ބުނެލިއެވެ. އެ އަޑުގައި ޖެހިލުން ވުމެއް ވިއެވެ. “ދަރިފުޅަށް އެންމެ ރަނގަޅިއްޔާ ބައްޕަ އަށް ވެސް ހަމަ ރަނގަޅު” ނާޖިދު އެއްބަސްވިއެވެ.
******
ނާޖިދު ހިޔާލް ތަކުން ނުކުންނަމުން އޭނާގެ މަންޒިލަށް ދިޔުމަށް އަވަސް ވެގަތެވެ.
އަނެއްކޮޅުން އަޔާން ގެ ހިޔާލުގައި ވެސް ވަނީ އެދުވަހު ބައްޕަ އެއްބަސްވިއިރު ހަމަޖެހިފައިވި މޫނެވެ. އެ ބަސްތަކެވެ. އަނެއްކާ ބައްޕަ ނުގަބޫޅު ވުމުގެ ފަހަތުގައި އެހެން ހަގީގަތެއް ވަނީހެއްޔެވެ؟ އެހެން ވެއްޖެ ކަމުގައި ވަނީނަމަ އޭނާ އެކަން ހޯދަން ޖެހޭނެއެވެ.
ހަފްތާއެއް ހޭދަ ވެގެން ދިޔައިރު ވެސް އީނާލް އާއި ނާޖިދު އާ ދެމެދު މާ ބޮޑަކަށް ވާހަކަ ތަކެއް ނުދެކެވެއެވެ. ޒަފާ ހުރުމާއެކު ނާޖިދު އީނާލް އާ ހިނިތުންވެލާ ވާހަކަ ދައްކަނީ އެ ދެމެދުގައި އޮތް ގުޅުން ހީނަރު ވެފައި އޮތް ވަރު ދުރު ހިލޭ މީހަކަށް ނުދެއްކުމަށެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އީނާލް އާއި ޒަފާ އާއި ދެމީހުން ހިނގާލަން ބޭރަށް ދިޔައިރު ހަވީރުގެ ހިތްގައިމު ފިނި ވައިރޯޅިން ފަޒާ ވަނީ ހިސާރުކޮށްލާފައެވެ. ޖެހެމުން ދިޔަ ފިނިވައިރޯޅިތަކުން ހަށިގަނޑަށް އަރާމް ވަމުން ދިޔައެވެ. ރަށުގެ ފުއްޓަރުފަރާތުގައި ވަގުތު ކޮޅެއް ހޭދަ ކޮށްލުމަށް ފަހު އީނާލް އާއި ޒަފާ މިސްރާބުޖެހީ ރަށުގެ ތުނޑީ ކޮޅަށެވެ. އިރު އޮއްސޭ މަންޒަރު ބަލާލުމުގެ ނިޔަތުގައެވެ. ތުނޑީގެ ހުދު ދޮންވެލި ގަނޑު މަތީގައި ތިބެގެން އެ މަންޒަރު ބަލާލަން ޒަފާ އަބަދުވެސް ބޭނުންވެއެވެ. ރަށަށް އައިސް މިވީ ހަފްތާއެއްގެ ތެރޭގައި އިރު އޮއްސޭ ވަގުތު ތުނޑިމައްޗަށް އާދެވުނު މިއީ ފުރަތަމަ ފަހަރެވެ. އެހެންކަމުން އޭނާ ގެ ތުންފަތް މައްޗަށް ހިނިތުންވުމެއް ވެރިވެފައި ވުމާއެކު އެ މާހައުލުގެ އުފާ އެންމެ ފުރިހަމަ ގޮތުގައި ހާސިލް ކުރަން އޭނާ ހުރީ ނުހަނު ބޭނުންވެފައެވެ. ޒަފާ އާއި އީނާލް އާއި ދެމީހުން ޖައްސާލީ އެތނުގައި ލަކުޑިން ޖަހާފައިވާ ޖޯލިތަކެއްގައެވެ.
އިރު އޮއްސެމުން ދިޔަ ވަގުތު ރަތް ވިލާ ލަމުން ދިޔަ ލެތް ފުރިހަމަ ކަމުން އޭނާ އަށް ވާއު އޭ ބުނެވުނީ މިފަދަ މަންޒަރެއް ފެނުނު ފުރަތަމަ ފަހަރަށް ވުމުންނެވެ. ރާއްޖޭގެ ރީތިކަމުގެ ވާހަކަ ރާއްޖެ އައިސް ދާ ޓުއަރިސްޓުން ދައްކަނީ ސަބަބެއް ނެތިއެއްނޫނެވެ.
ރާއްޖޭގެ ރީތިކަން ހަމަ އެކަނި އޮތީ ކަނޑުގެ އަޑިއަކުނޫނެވެ. ރާއްޖޭގެ ރީތިކަން ބަލާލި ކޮންމެދިމާލަމުން ފެންނަމުން ދާއިރު މި ފަދަ ރީތި ދޮންވެލި ތުނޑި ތަކަކީވެސް ބަލާލާ ފޫހިވާނޭ ތަންތަނެއް ނޫނެވެ.
ޒަފާ އުފާވެރިފައި އިން ވަރު ފެނި އީނާލް ވެސް ހިނިތުންވެލިއެވެ. އޭނާ މަޑު މަޑުން ޒަފާ އަށް ގޮވާލިއެވެ. ޒަފާ ހޫމް އެއް ލައްވާލިއެވެ. އޭރުވެސް ޒަފާގެ ސަމާލް ކަން ހުރީ އޮއްސެމުން ދިޔަ އިރާ ދިމާލަށް ހުއްޓީފައެވެ. ޒަފާ ގެ ފަރާތުން އޭނާ ބޭނުންވިފަދަ ސަމާލް ކަމެއް ނުލިބުމާއެކު އީނާލް ދެވަނަ ފަހަރަށް ވެސް ޒަފާ އަށް ގޮވާލީ ޒަފާގެ ސަމާލް ކަން ހޯދުމުގެ ބޭނުމުގައެވެ. އެއާއެކު ޒަފާ މިފަހަރު އީނާލް އަށް ބަލާލަމުން ބޯ ޖަހާލިއެވެ.
“ވައި ވަޓް ހެޕެންޑް… އީން” ޒަފާ އީނާލް އާ ސުވާލު ކޮށްލީ އީނާލް ވާހަކަ ފަށާނޭ ގޮތެއް ނޭނގި އިންނަން ފެށުމުންނެވެ.
“ޒަފް… ކޮން އިރަކުން އެ ކޮޅަށް ދާން ގަސްތު ކުރަނީ” އީނާލް ނާހަން އިނދެފައި އަހާލިއެވެ.
“އީން… އަހަރެން ދެން ދިޔުމަށްފަހު ދުވަހަކުވެސް މި ކޮޅަށް އަންނާކަށް ބޭނުމެއް ނޫން… ނުވެސް އަންނާނަން… އަހަރެން ހަމައެކަނި މިކޮޅަށް އައި ސަބަބަކީ ކައިވެނީގެ ކުރިން ބައްޕަ ދެކިލަން… އެއަށްފަހު ބައްޕަ އަށް އަހަރެން މީ ކާކު ކަން އަނގައިދިނުން… އެކަމަކު މިހާރު… މިހާރު ބޭނުމެއްނޫން… މަހެއްހާ ދުވަހު މަޑު ކުރުމަށް ފަހު އަހަރެން ދާނީ އެ ހަގީގަތް ވެސް ފަސް އަޅާ ފޮރުވާފައި… އަހަރެން މިކޮޅަށް އައުމުގެ ވަނީ އެންމެ މަގްސަދެއް… ކައިވެނީގެ ކުރިން އަހަރެންމީ….. އަހަރެންމީ އެ ބައްޕަ ގެ ދަރިއެއްކަން އެންގުން… އެކަމަކު މިހާރު ޝައުމް ވެސް އަހަރެން ދޫކޮށްލައިފި… އެއީ އެ ހަގީގަތް އެނގުމަށްފަހު… ޝައުމް ހީކުރި އަހަރެން ޝައުމް އަށް އޮޅުވާލީކަމަށް… އިތުރަށް ހަދާނެ ގޮތެއް އަހަރެންނަކަށް ނޭނގެ” ޒަފާ ވާހަކަ ދެއްކި އިރު އެ އަޑުގައި ވަނީ ހިތާމައެވެ.
“ޒަފް… ޔޫ އާރ މައި ސިސްޓާރ… އައި އެމް ވިތް ޔޫ… އެކަމަކު އެ ހަގީގަތް ބައްޕަ އަށް އެނގުމުން ވާނެ ގޮތް ނޭނގެނީ… ބައްޕަ ގަބޫލް ކުރާނެ ބާއޭ ނޫނޫ ނުކުރާނޭ ބާއޭ ހިތަށް އަރަނީ… ” އީނާލް ހިޔާލެއްގައި އިނދެ ބުނެލިއެވެ.
“އަހަރެން ހުރީ ބައްޕަ ގަބޫލް ނުކުރާނަމަ ޑީ އެން އޭ ޓެސް ހަދައިގެންވެސް ޔަގީން ކުރުވަން… އެކަމަކު މިހާރު ބޭނުމެއް ނޫން….އަހަރެންނަށް ޑޭޑް އެއް ލިބިފަ އެބަހުރި…” ޒަފާ ބުނެލިއެވެ.
“ޒަފް އައި އެމް ސޮރީ” އީނާލް މާފަށް އެދުނެވެ. ޒަފާ އަށް ލިބެމުން ދާ ހިތާމަތަކަށެވެ. އަމިއްލަ ބައްޕަގެ ކުރިމަތީ ހުރެ މީ އެ ބައްޕަގެ ދަރިފުޅޭ ބުނަން ޒަފާ ނުކުޅެދިފައިވާއރު ހަމަގައިމުވެސް އޭނާގެ ހިތަށް ތަދުވާނެއެވެ. ޒަފާ ފުންނޭނާއެއް ލަމުން އީނާލް އަށް ބަލާލިއެވެ.
“މަންމަގެ ޑައިރީ އާ އެ ފޮޓޯގަނޑު ނުފެނުނު ނަމަ އަހަރެންނަކަށް ނޭނގުނީސް…” ޒަފާ ބުނެލިއެވެ. އީނާލް އިނީ އެއްޗެކޭ ބުނަން ނޭނގިފައެވެ. އޭނާ ގެ ހިޔާލަށް ވެސް ޒަފާ އަކީ ކާކު ކަން އެނގުނު ދުވަސް ސިފަވިއެވެ.
“އޭތް ޔޯ… އުހުމް އުހުމް އަންނަނީ އެ އޮއް” ކުއްލިއަކަށް ޒަފާ އުފާވެފައި ބުނެލި ގޮތުން އީނާލް އަށް ފަހަތަށް ބަލާލެވުނެވެ. މީގެ ކުޑަ އިރު ކޮޅެއް ކުރިން އެ އަޑުގައިވި ހިތާމައެއް މިހާރަކު ނެތެވެ. ހިތާމަތައް ފޮރުވާލަން ވެސް ޒަފާ ކުޅަދާނައީއެވެ.
ޒައިން އަށް ވެސް އީނާލް އާއި ޒަފާ ލޮލުގައި އަޅައިގަތުމާއެކު އެދިމާލަށް މިސްރާބުޖެހިއެވެ. އޭނާ އާއި އާސިފް އާއި ދެމީހުން ތިބީ ސައިކަލުގައެވެ. ސައިކަލުގައި އައިސް މަޑުކޮށްލުމާއެކު އާސިފް ސައިކަލުން ފޭބިއެވެ. ޒައިން ވެސް ސައިކަލު ބަހައްޓަމުން ސައިކަލު މަތިން ތެދުވިއެވެ. ޒަފާ އިނީ އޭރު ދުރު ބަލަހައްޓައިގެންނެވެ. އިރުއޮއްސެމުން ދިޔައިރު އަރާފައިވާ މަޑު އޮރެންޖް ކުލަ ޒަފާގެ މޫނަށް އެޅީފައިވާއިރު ވަރަށް ހިތްގައިމެވެ.
އާސިފް އަށް ޒަފާ އާ ނަޒަރު ވަކިކޮށްލަން އުނދަގޫވުމާއެކު ކަޅި ޖަހާނުލާ ޒަފާ އަށް ބެލެން ފެށުނެވެ. ޒައިން އަށް މިތަން ފެނުމާއެކު ނުލަފާ ހިންޏެއް އައެވެ. އީނާލް އަށް ލޮލުން އިޝާރާތް ކޮށްލަމުން ޒައިން އެއްލޯ މަރާލިއެވެ.
އީނާލް އަށް ވެސް އާސިފް އަށް ބަލާލެވުނެވެ. ޒައިން އާއި އީނާލް އާއި ލޮލުން ވާހަކަ ދައްކަމުން ދިޔަ ކަމެއް އާސިފް އަކަށް ނޭނގެއެވެ. އީނާލް ގެ ހިޔާލަށް ވެރިވި އެއްޗަކުން އޭނާއަށް ހިނިތުންވެވުނެވެ. އާސިފް އަށް ހިތާ ހިތާ ޒަފާ ގެ ރީތި ކަމަށް ތައުރީފް ކުރެވެމުން ދިޔައެވެ. ފުރަތަމަ ނަޒަރުންވެސް އޭނާ އަށް ޒަފާ ކަމުގޮސްފިއެވެ. އޭނާ ހުރި ގޮތުން ޒައިން އަށް އޭނާގެ ހިނިގަނޑު މައިރތިރި ކުރަން ވީ އުނދަގޫ ކަމަކަށެވެ.
ކޮންޓްރޯލް ކޮށްގެން ހުރި ކަމުގައި ވިނަމަވެސް އެންމެ ފަހުން ބާރަށް ހީ ގަނެވިއްޖެއެވެ. އެއާއެކު އާސިފް ގެ އިތުރުން ޒަފާގެ ސަމާލް ކަން ވެސް ޒައިން އަށް ހުއްޓިގެން ދިޔައެވެ. އާސިފް އަށް ވީ ގޮތް ފެނި އީނާލް އަށާއި ޒައިން އަށް މަޖާވިއެވެ. ތެޅިގަނެފައި އޭނާ އަމިއްލަ ނަފްސު ހަމައަކަށް އަޅުވާލިއެވެ.
ޒައިން އާސިފް ގެ ކޮނޑުގައި ޖަހާލަމުން ކަންފަތް ދޮށުގައި ސިއްރެއް ބުނެލިއެވެ.
“އޭތް ބްރޯ ކޮންޓްރޯލް…” ޒައިން ބާރަށް ހިނިގަނޑެއް ޖަހާލައިފިއެވެ.
އީނާލް އަށް ވެސް ހީގަނެވުނެވެ. ވާނުވާ ނޭނގިފައި އިން ޒަފާ ދެލޯ ބޮޑުކޮށްގެން އިނުމުން ޒައިން ޒަފާ އާއި ވާހަދަ ދައްކަން ފެށިއެވެ. “ކޮބާ ރަށް ކަމުދޭތަ؟” އީނާލް އާއެކު ޒަފާ އުޅެނިކޮށް ދެފަހަރަކު ދިމާވެ ވާހަކަ ދައްކާފައިވާތީ ޒައިން ވެސް ޒަފާ އާއި މިހާރު ކޮންމެވެސް ވަރަކަށް ވާހަކަ ދައްކައެވެ.
މަލަކް އާއި އަޔާން އާއި ދެމީހުން މަލަކް މެން ގޭގައި ވާހަކަ ދައްކަން ތިބި އިރު މައިގަނޑު މައުލޫއަކަށް ވީ ދެމީހުންގެ ކައިވެންޏެވެ. ޝާމިން ވެސް ގޭގައި ނެތް ވަގުތަކަށް ވުމާއެކު ދެމީހުންނަށް މިނިވަން ކަމާއެކު ވާހަކަ ދައްކާލެވޭ މަގު އޮތީ ތަނަވަސް ވެފައެވެ.
“އަޔާން ބުނެބަ. ކައިވެނި ކުރަން ބޭނުންވާ ތާރީހެއް” މަލަކް އަޔާން އަށް ބަލަމުން ވާހަކަ ދެއްކިއެވެ.
“މާދަންވެސް މަލަކް ބޭނުމިއްޔާ ހަމަ މެރީ ކުރަންވީ” އަޔާން ހިސާބެއްގެ ސަމާސާ ހުނުމަކާއެކު ބުނެލިއެވެ. “ހެހެ… ހަމަ ރެޑީ” މަލަކް ވެސް ހީލަމުންބުނެލިއެވެ.
ދެމީހުން އެތައް އިރަކު ވާހަކަ ދައްކަން ތިއްބެވެ.
(ނުނިމޭ)
9 Comments
Comments are closed.
aaaaah avahah up kohdheebaaaaa
cant wait HiMi
Alheyh dear. Adhi miadhu In Sha Allah. Adhi eh part up kok kohla dheynan. V ufaavehjje. Thanks ingey dear. Much loves.
What??? ???… Zafaa akee een ge dad ge daughter eh??? ???… I’m surprised ???… What’s gonna happen next??? ???… I’m so curious to know that ???… Heheh ???… Mi part vx v v v reethi ingey Hi Mi ❤️❤️❤️???????????????… V interesting ???… Dhn vaanee kihineh baa ey hithah arany ???… Kaaku ge plan eh baa successful vaanee… Ayaan or his dad??? ???… I just hope mifaharu Ayaan ge plan successful vaane kamah ???… Pinky ah heevany dhn aasif n zafaa henn gulheynee ???… Hehhe… Let’s see dhw ???… Keep up the good work ?????????… Curiously waiting for the next part ❤️❤️❤️???… Lots of love ❤️❤️❤️???????????????…
Hehe. Again pinky ge guss thakeh dw. V ufaavehjje ingey dear. Sorry reply thah kuru v ma and nukureveythy kuree kuraa gothah comments mihaar. Wifi ves nethyma aa eki. Mi hurihaa dhuvahu. Btw thanks dear. Thy hama number 1 ey buneveyne commwts kurumah. Nt a songle oart comment nukuraa. Much loves.
Yeah same here
this is so cute
just love it
missed this
ly hi mi
miss your comments too
Thanks dear. V ufaavey uniqie ge comments fennaathy. Mi dhuvas kolhu wifi nethyma reoly ves nukureveni and comments ves. Hotspot laptop ah libunu dhivaheh v ma 2 times mi up kohli. Much loves.
Wow ??? V v v reethi mi partvx ??? i love it ???
Thanks dear. V ufaavehjje. Mi dhuvas kolhu wifi nethyma reoly nukureveni. Comments ah. Thankyou for the support ingey. Much loves.