Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމައެހެނިހެންލޯބި

ވިންދޭ ލޯބި ތީ އެދޭ 2

ifoo Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments
December 3, 2018 14 Mins Read
34 Comments

ސިޑިން މައްޗަށް އަރަމުން ދިޔަ މިންހާއަށް ފައި އެޅުނު ގޮތަކުން ފަހަތަށް ވެއްޓެން ދިޔައެވެ. ސިޑިން ވެއްޓިއްޖެނަމަ ވާނެ ތަދު ހިތަށް އެރުމާއެކު މިންހާއަށް އޭނަގެ ދެލޯ މަރާ ބާރުކޮށްލެވުނެވެ. އެހެނަސް ވެއްޓުމުގެ ކުރިން ބާރުގަދަ އަތަކުން އޭނަގެ އަތުގައި ހިފާ ދަމާލުމަށްފަހު އުނަގަނޑުގައި އަތް ވަށާލި ކަމުގެ އިހުސާސެއް ކުރެވުނެވެ.

މަޑުމަޑުން މިންހާ އޭނަގެ ދެލޯ ހުޅުވާލިއެވެ. ދެލޯ ހުޅުވާލުމާއެކު އޭނައަށް ދާދި ކައިރިން ފެނިގެން ދިޔައީ އިއާންގެ ސޫރައެވެ. އިއާންއަށް ކަޅި ޖަހާ ނުލާ މިންހާގެ އެރީތި ސޫރައަށް ބަލަން ހުރެވުނެވެ. އޮމާން ދޮން މޫނަކާއެކު ގަދަ މުށި ކުލައިގެ ކަޅިއެއް ލިބިފައިވި ބޮޑު ދެލޯ ނުހަނު ހިތްގައިމެވެ. މަޑު ފިޔާތޮށި ކުލައިގެ ލިޕް ގްލޮސް ޖައްސާފައިވި ތުންފަތް އެދޮން މޫނާ ނުހަނު ގުޅެއެވެ. ” އާން… ” މިންހާގެ އަތުންނާއި އުނަގަނޑުން ދޫކޮށްލުމެއްނެތި އިއާން ކަޅި ޖަހާ ނުލާ އޭނަގެ މޫނަށް ބަލަން ހުރުުމުން މިންހާއަށް އުނދަގޫވުމުން އޭނާ އިއާންއަށް ގޮވާލިއެވެ. އިއާންއަށް ހޭވެރިކަންވީ މިންހާ އޭނައަށް ގޮވާލުމުންނެވެ. އެއާއެކު އިއާން މިންހާގެ އަތުންނާއި އުނަގަނޑުން ދޫކޮށްލުމުން މިންހާ އަވަހަށް ދުރުވެލަން އުޅުނެވެ. އެހެނަސް އެކަން ކާމިޔާބުވާ ގޮތް ނުވީ އިއާންގެ ގަމީހުގެ ގޮށުގައި އޭނަގެ އަތުގައި އަޅާފައި އިން ރަން ކުލައިގެ ކެވެލިކޮޅު އަޅައިގަނެފައިވުމުންނެވެ. އިއާން މިންހާ ވެއްޓެން ދިޔަ ވަގުތު އޭނަގެ އަތަށް ދަމާލުމުން މިންހާއަށް އިއާންގެ ގަމީހުގައި ހިފަހައްޓާލެވުނީއެވެ. ” ސޮރީ އާން… މަޑުކޮށްލާ ނައްޓުވާލާާނަން… ” މިންހާ މިހެން ބުނެ އިއާން އާ ކައިރިވެލާ ކެވެލިކޮޅު ނައްޓަން މަސައްކަތްކުރިއެވެ. އޭރުވެސް އިއާންއަށް މިންހާއަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އެރީތި މޫނުން އޭނަގެ ތޫނު ނަޒަރު ވަކިކޮށްލުމަކަށް އިއާންގެ ހިތެއް ނޭދުނެވެ. ”ސޮރީ އާން… އެން ތެންކްޔޫ ފޯ ސޭވިން މީ… ” ކެވެލިކޮޅު ނައްޓާލުމަށްފަހު އިއާން އާ ދުރުވެ އޭނަގެ މޫނަށް ބަލައިލަމުން މިންހާ ބުނެލިއެވެ. ”އިޓްސް އޯކޭ… އާރް ޔޫ އޯކޭ.. ތަނަކަށް ތަދުވިތަ… ” ހިނިތުންވެލަމުން އިއާންވެސް ބުނެލިއެވެ. ” ތަނަކަށް ތަދެއްނުވޭ… އައިމް ފައިން… އަޝޫ ކޮޓަރީގަ ދޯ… ” އެ ހިނިތުންވުމުގައި ހުރެ މިންހާ އިއާން އާ ވާހަކަ ދެއްކިއެވެ. ” ހޫމް… ބަލައިގެން ހިނގާތި އިނގޭ ދެން… އަނިޔާއެއް ވެދާނެ އެހެންނޫނީ… ” އިއާން މިންހާއަށް ބަލަހައްޓާއިގެން ހުރެ މިހެން ބުނެ ސިޑިން ފައިބަންފެށިއެވެ. މިންހާވެސް ބޯ ޖަހާލުމަށްފަހު އަޝްރާގެ ކޮޓަރިއަށް ދިއުމަށް ސިޑިން މައްޗަށް އަރަން ފެށިއެވެ.

ބޭރަށް ނިކުން އިއާންގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެކެވެ. ދެންމެ މިންހާއާއެކު ހޭދަވެގެން އެދިޔަ ވަގުތުކޮޅު އޭނަގެ ހިތުގައި އަބަދުގެ އަބަދަށްވެސް ރައްކާކުރެވޭނެއެވެ. އެ ހިނިތުންވުމުގައި ހުރެ ކަޅު ކުލައިގެ ސްކިނީގެ ޖީބަށް އެއްއަތް ޖަހާލަމުން އިއާން ކުރިއަށް ހިނގައިގަތެވެ. ގޭ ކައިރި ގޯޅިން ލަނބާލި ވަގުތު ނާއިލްވެސް އެދިމާލަށް އަންނަން ތަން އިއާންއަށް ފެނުނެވެ. ” އާން ކައިރިއަށް މިދަނީ… ހިނގާ ފިނިކޮށްލަން އަތިރިމައްޗަށް… ” އިއާން އާ އަރާ ހަމަވުމުން ނާއިލް އެހެން ބުނެލިއެވެ. ހިނގާށޭ ބުނެ އިއާންވެސް ނާއިލް އާއި ދެމީހުން ހިނގައިގަތެވެ.

ކޮޓަރިން ތައްޔާރުވެގެން ނިކުން އީލާފް އޭނަގެ މަންމައަށް އަޑު އިވޭ ވަރަށް ދަނީ ކަމުގައި ބުނެ ގެއިން ނިކުތެވެ. މަޑު ނޫކުލައިގެ ފައިފަލަ މަސްގަނޑާއި ހަމައަށް އަންނަ ހެދުމަކާއެކު ހަމަ އެކުލައިގެ ސްކިނީގައި ހުރި އީލާފް ވަނީ ސްޓައިލިޝް ގޮތަކަށް މަޑު ނޫކުލައިގެ ޝޯލް އޭނަގެ ބޮލުގައި އޮޅާލާފައެވެ. މޫނުގައި ވަނީ ގަދަ މޭކަޕެއް ކޮށްފައެވެ. ފަރި ހިނގުމެއްގައި ޝަމްހާ މެންގެެ ގެއަށް ދިޔުމަށް ހިނގާފައި އައި އީލާފްއަށް ހުދު ކުލައިގެ އަތް ދިގު ގަމީހަކާއެކު ކަޅު ކުލައިގެ ސްކިނީގައި ހުރި އިއާން ފެނި ކަޅި ޖަހާ ނުލައި ބަލަމުން ދެވުނެވެ. އޮޅަބޮއްޓާއި ހަމައަށް އަތް އޮޅާފައިވާއިރު ބޮލުގެ ފަން އިސްތަށިގަނޑު ވަނީ ރީތި ގޮތަކަށް ސްޓައިލް ކޮށްލާފައެވެ. ފެނުނު ކޮންމެ އަންހެން ކުއްޖެއްގެ ހިތްވެސް އިއާންގެ އެރީތި ކަމަށް ތަޢުރީފުކުރާނެކަން ގައިމެވެ. އިއާން ލޯ ކުރިމަތިން ގެއްލެންދެން އީލާފްއަށް އިރުއިރުކޮޅުން ބަލައިލެވެއެވެ.

މިންހާ ކޮޓަރިއަށް ވަންއިރު އަޝްރާ ޑްރެސިން ޓޭބަލްގެ ކުރިމަތީގައި ތައްޔާރުވާން ހުއްޓެވެ. އަޝްރާވެސް މިންހާ އެކޭ އެއްފަދައިން ގަޔަށް ދޫ ކަޅު ހެދުމެއް ލައިފައިވާއިރު މޫނުގައި ވަނީ ލުއި މޭކަޕެއް ކޮށްފައެވެ. ” އަދިވެސް ތައްޔާރުވެ ނުނިމޭ… ” އެނދުގައި އައިސް އިށީންނަމުން މިންހާ ބުނެލިއެވެ. ” ދެން މި ނިމެނީއޭ… ފިލާވަޅުތައް ހަދާ ނިމުންއިރު މާ ވަރުބަލިވެފަ ހުރީމަ ޖައްސާލެވުނީ… ސޮރީ… ” ޕީޗް ކުލައިގެ ޝޯލް އަޅަން ހުރެ ލޯގަނޑުގެ ބިއްލޫރި ގަނޑުން މިންހާއަށަ ބަލައިލަމުން އަޝްރާ ބުނެލިއެވެ. އަޝްރާ ތައްޔާރުވެ ނިމުމުން ދެއެކުވެރިންވެސް އެކުގައި ގެއިން ނިކުމެ އަތިރިމައްޗަށް މިސްރާބުޖެހިއެވެ.

” ޝަމޫ… ހަމަ އަސްލުވެސް ހާދަ ރީއްޗޭ އިއާން… ހީ އީޒް ސޯ ސްމާޓް… އަބަދުވެސް އިއާން އަހަންނަށް ވަރަށް ކަމުދޭ… ” ރަށުގައި ހަދާފައިވި ޕާކުގައި ހުރި ބުރުތަކުން ބުރެއްގައި އިށީންދެގެން އިން އީލާފް ދިޔައީ އޭނަގެ އެންމެ ގާތް އެކުވެރިޔާ އާ ވާހަކަ ދައްކަމުންނެވެ. ”އީލޫ… އައި ނޯ ޔޫ ލައިކް ހިމް… މިއަދު މިހާރު ކިތައް ފަހަރު އިއާންގެ ވާހަކަ ތިދައްކަނީ… ” ތަކުރާރުކޮށް އީލާފް އިއާންގެ ވާހަކަ ދައްކަމުން ދިޔުމުން ޝަމްހާ ބުނެލިއެވެ. ” ޔެއާ އައި ނޯ މިހާރަކަށް އައިސް އިއާންގެ ވާހަކަ މާގިނައިން ދެއްކޭކަން… އައި ރިއަލީ ލައިކް ހިމް… ހެހެހެ… ޝަމޫވެސް ދޮންބެގެ ވާހަކަ ދައްކަމެއްނު… ” ލުއި ހުނުމަކާއެކު އީލާފް ބުނެލިއެވެ. އެގޮތުގައި ދެއެކުވެރިން އެހިތްގައިމު ވަގުތު އަމިއްލަ ވާހަކަ ތަކުގައި ތިއްބެވެ.

ހަވީރުގެ އެހިތްގައިމު ވަގުތު އަތިރިމަތީގެ ދޮން ފަސްގަނޑުގައި މިންހާ އާއި އަޝްރާ ހިނގަމުން ދިޔައެވެ. ސާފު ނޫ އުޑުގައި ވިލާ ރޮއްޖެެއްގެ މިންވަރުވެސް ނުވާއިރު މޫދުވެސް ހީވަނީ ސާފު ބިއްލޫރިކޮޅެއް ހެންނެވެ. ދެއެކުވެރިން ގޮސް ކާނިގަހެއްގައި އެލުވާފައިވި ޖޯލިތަކުން ޖޯއްޔެއްގައި އިށީނެވެ. ޖެހެމުންދިޔަ މަޑު ވައި ރޯޅި ތަކުންނާއި މަޑުމަޑުން ދޮންވެލިގަނޑުގައި ބީއްސާލާ ރާޅުތަކުގެ މިއުޒިކީ އަޑުން ހިތަށް ފިނިކަން ލިއްބައިދެއެވެ. އެ ހިތްގައިމު މާހައުލުުގެ އުފާވެރިކަން އެދެއެކުވެރިންވެސް ދިޔައީ ހާސިލްކުރަމުންނެވެ.

އަޝްރާ ހެމުން ހެމުން ކުޑައިރުގެ ކޮންމެވެސް މަޖާ ހާދިސާއެއް މިންހާ އާ ހިއްސާކުރަމުން ދިޔައެވެ. މިންހާވެސް އަޝްރާގެ ވާކަހަތަކުން އިރުއިރުކޮޅުން ހީލައެވެ. ނުހަނު ފޯރީގައި ވާހަކަ ކިޔައިދެމުން ދިޔަ އަޝްރާއަށް ސިހިފައި ބާރަށް ހަޅޭއްލަވައިގަނެވުނީ ފަހަތުން އައިސް މީހަކު އޭނަ ސިއްސުވާލުމުންނެވެ. ޖޯލީގައި އެއިން ގޮތަށް އިނދެ ފަހަތަށް ބަލައިލިއިރު ލާނެއް ވައްތަރަކަށް ހިނިތުންވެގެހުރި ނާއިލް ފެނި އަޝްރާގެ ދެބުމަ ގޮށްޖެހިގެން ދިޔައެވެ. އޭރު އިއާން އާއި މިންހާ ދިޔައީ ހުއްޓުމެއްްނެތި ހެމުންނެވެ. އަޝްރާ ނާއިލް އޭ ކިޔައި ހަޅޭއްލަވައިގަންނަމުން ތެދުވަން އުޅުނުތަނާ ނާއިލް ވަރަށް ބާރަށް ޖޯލި ހެއްލާލިއެވެ. އެއާއެކު ތެދުވަން އުޅުނު އަޝްރާ ރީތިކޮށް ޖޯއްޔަށް ވެއްޓުނެވެ. އެއާއެކު މިންހާ އާއި އިއާންގެ ހުނުން ވީ އިތުރެވެ. ނާއިލް ބާރު ބާރަށް ޖޯލި ހެއްލަމުން ދިޔައިރު އަޝްރާ ދިޔައީ ހަޅޭއްލަވަމުންނެވެ. ދެތިން މިނިޓު އެހެން ހެއްލުމަށްފަހު ނާއިލް ޖޯލި މަޑުކުރުވިއެވެ. އެއާއެކު އަޝްރާ ފުން ނޭވައެއް ދޫކޮށްލަމުން ޖޯލީގައި ރީތިކޮށް އޮށޯވެލިއެވެ. އެހާ ބާރަށް ޖޯލި އެހެން ހެއްލުމުން އޭނަގެ ބޮލަށްވެސް ހުރީ ކޮންމެވެސް ވަރަކަށް އެނބުރުން އަރާފައެވެ. އޭރު މިންހާ އާއި އިއާންގެ އިތުރުން ނާއިލްވެސް ދިޔަައީ ހެމުންނެވެ. ފަސްވަރަކަށް މިނިޓު އަޝްރާ އެއްވެސް އެއްޗެކޭ ނުބުނެ ދެލޯ މަރައިގެން އޮތެވެ. އެންމެ ފަހުން އަޝްރާގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން މިންހާމެންވެސް ހުނުން ހުއްޓާލިއެވެ.

އަޝްރާގެ އިޝާރާތެއް ނުލިބުމުން ނާއިލް ޖޯލީގެ ފަހަތުގައި ހުރެ އަޝްރާގެ މޫނާއި ދިމާލަށް ކުޑަކޮށް ގުދުވެލިއެވެ. އެއާއެކު ސހިފައި ނާއިލް ފަހަތަށް ޖެހިލީ އަޝްރާ ކުއްލިއަކަށް ދެލޯ ހުޅުވާލަމުން ރުޅިވެރި ނަޒަރަކުން އޭނައަށް ބަލައިލުމުންނެވެ. ރުޅިއައިސްފައިހުރެ އަޝްރާ ޖޯލިން ތެދުވެ ނާއިލްގެ ގައިގައި ޖެހުމަށް އަތް މަޅާލިއެވެ. އެހެނަސް ނާއިލް ހުޝިޔާރުކަމާއެކު އަޝްރާގެ އަތުގެ ހަމަލާއިން ރެކިގަންނަމުން އަޝްރާ އާއި ދިމާލަށް ދޫނެރި ވައްތަރެއް ޖައްސާލުމަށްފަހު ދުއްވައިގަތެވެ. ”ނާއިލްގަނޑާ…” އަޝްރާވެސް ނާއިލް އާއި ދިމާލަށް ބާރަށް ހަޅޭއްލަވައިގަންނަމުން އޭނަގެ ފަހަތުން ދުއްވައިގަތެވެ. އަޝްރާ އާއި ނާއިލްގެ އެކޯޅުންގަނޑު ބަލަން މިންހާ އާއި އިއާން ޖޯލިފަތީގައި ތިއްބެވެ. އޭރުވެސް އެދެމީހުންނަށް ދިޔައީ ހެވެމުންނެވެ.

ނާއިލް ދުވެމުން ދިޔައިރުވެސް އިރުއިރުކޮޅުން ފަހަތަށް ބަލައިލުމަށްފަހު އަޝްރާއަށް ވައްތަރެއް ޖައްސާލައެވެ. ނާއިލްގެ އެފަދަ ކޮންމެ އަމަލަކުން އަޝްރާގެ ރުޅިގަނޑު ދިޔައީ ގަދަވަމުންނެވެ. އެހެން ވައްތަރު ޖައްސާލި ފަހަރެއްގައި ނާއިލް ރަނގަޅަށް ނުބަލާ ދުވުމުގެ ސަބަބުން ގަލެއްގައި އަޅައިގަނެފައި ވެއްޓެން ދިޔައެވެ. ވެއްޓުނު ގޮތުން ނާއިލްގެ މޫނުގެ އެއްފަޅި ޖެހުނީ ދޮން ފަސްގަނޑުގައެވެ. އަޝްރާ ވަގުތުން އައިސް ވެއްޓިފައި އޮތް ނާއިލްގެ ބޮލު އިސްތަށިގަނޑުގަައި ހިފިއެވެ. އެވަގުތު ތަދު އިހުސާސްކުރެވުމުން ނާއިލްގެ އަގައިން މަޑު އާހެއް ނިކުތެވެ. ”އަޝްރާގަނޑާ… ދޫކޮށްލާ… ” އިސްއުފުލާލަމުން ނާއިލް ބުނެލިއެވެ. އިސްއުފުލާލި ނާއިލް ފެނި އަޝްރާގެ ހިނިގަނޑު ވަގުތުން ފަޅާއިގެން ދިޔައެވެ. ” ވައި އާރް ޔޫ ލާފިން ކްރައި ބޭބީ… ” ތެދުވަމުން ހިތްހަމަނުޖެހިފައި ހުރެ ނާއިލް ބުނެލިއެވެ. އޭރުވެސް އަޝްރާ ދިޔައީ ނާއިލްގެ އިސްތަށިގަނޑުގައި ހިފަހައްޓާއިގެން ހުރެ ހެމުންނެވެ. ” މީހަކަށް ނުހެވޭ ވަރެއްތަ… ތިހިރީ ނާއިލް ހުރި ގޮތް… މޫނުގެ އެއްފަޅީގަ ތިހިރީ ހުސް ވެލި… ހެހެހެ… ” ހެމުން ހެމުން އަޝްރާ އެހެން ބުނުމާއެކު ނާއިލް އޭނަގެ މޫނުގައި އަތް ކާތާލިއެވެ. އެެއަށްފަހު އަތް ބަލައިލިއިރު އަތުގައި ހުރީ ވެއްޔެވެ. ނާއިލް އަވަސް އަވަހަށް މޫނުގައި ހުރި ވެލިތައް ފޮހެލިއެވެ. އޭރުވެސް އަޝްރާ ދިޔައީ ހެމުންނެވެ. ” އަޝްރާ… ދޫކޮށްލާ… ” އަޝްރާ އާއި ދިމާލަށް ބަލަހައްޓާއިގެން ހުރެ ނާއިލް ބުނެލިއެވެ. އޭނަ އުޅެއުޅެވެސް އަޝްރާގެ އަތް ނެއްޓުވޭގޮތެއް ނުވިއެވެ. ” ދުލެއް ނުކުރާނަން… ” އަޝްރާ ފާޅުގައި ބުނެލިއެވެ. ”އޯހް ނޯ ޕްރިންސިޕަލް…” ކުއްލިއަކަށް ނާއިލް ފަހަތަށް ބަލަހައްޓާއިގެން ހުރެ ދެލޯ ބޮޑުކޮށްލަމުން ބުނެލިއެވެ. ” ވަޓް… ކޮބާ… ” ސިހިފައި ނާއިލްގެ އިސްތަށިގަނޑުން ދޫކޮށްލަމުން ފަހަތަށް އެނބުރި ތަންތަން ހޯދަމުން އަޝްރާ ބުނެލިއެވެ. އެއާއެކު ނާއިލްގެ ހިނިގަނޑު ދިޔައީ ފަޅައިގެންނެވެ. ވަގުތުން އަޝްރާއަށް އެއީ ނާއިލް ހެދި ދޮގެއްކަން އެނގުނެވެ. ފަސްއެނބުރި ނާއިލްގެ ގައިގައި ޖަހަން އަތް މަޅާލުމާއެކު މިފަހަރުވެސް އޭނާ އެހަމަލާއިން ރެކިގަންނަމުން ދުއްވައިގަތެވެ. ފުން ނޭވައެއް ދޫކޮށްލުމަށްފަހު އަޝްރާވެސް މަޑު ހިނގުމެއްގައި ހިނގައިގަތެވެ.

” ތުއްތު އާ އަޝޫ އާ މީ ހަމަ ޓޮމް އެން ޖެރީ… ހެހެހެ… ” އަޝްރާ އައިސް އެމީހުނާ އަރާ ހަމަވުމުން މިންހާ ބުނެލިއެވެ. އެކަމާ އިއާން ވެސް އެއްބަސްވިއެވެ. މިންހާ އެހެން ބުނުމުން ނާއިލްގެ ފަރާތުން ލުއި ހުނުމެއްގެ އަޑު އިވުނުއިރު އަޝްރާ ހުރީ ތުންކޮޅު ހަދައިގެންނެވެ. ހަތަރު މީހުން އެކުގައި ހަވީރުގެ ބޮޑު ބައެއް އެތަނުގައި ހޭދަކުރިއެވެ. އޭރުވެސް އިރުއިރުކޮޅުން އަޝްރާ އާއި ނާއިލް އާ ދެމެދު ކޯޅުންގަނޑެއް އުފެދެއެވެ. އެއީ އެދެކުދިންގެ އާދައެވެ.

މިންހާ ގެއަށް އައިއިރު ސިޓިން ރޫމު ސޯފާގައި އޭނަ ނޫން ގޭގެ އެންމެން ތިއްބެވެ. ” ދަރިފުޅާ… ތިއައީތަ… ހިނގާ ސައިބޯން… ބައްޕަމެން މިތިބީ ދަރިފުޅު އައިމަ ސައިބޯން… ” މިންހާ އެތެރެއަށް ވަންތަން ފެނުމާއެކު އަޝްރަފް ލޮއެބާއެކު ބުނެލިއެވެ. މިންހާ ހިނިތުންވެލަމުން އެންމެނާއެކު ކާކޮޓަރިއަށް މިސްރާބުޖެހިއެވެ. ހަވީރު ސައިބޮއެ ނިމުނުތަނާ މަޢްރިބް ނަމާދުގެ ބަންގީގެ އަޑުއިވުނެވެ. އެއާއެކު އަޝްރަފް އާއި މާހިލް މިސްކިތައް ދިޔުމަށް އަވަސްވެގަތެވެ. ނާހިދާ އާއި މިންހާވެސް އެމީހެއްގެ ކޮޓަރިއަށް ނަމާދު ކުރުމަށް ވަނެވެ.

މަޢްރިބް ނަމާދުކޮށްގެން މިންހާ އޭނަގެ ސްޓަޑީ ޓޭބަލް ކައިރި އިށީންދެ މިއަދު ކިޔަވައިދިން ފިލާވަޅުތައް ދަސްކުރަން ފެށިއެވެ. އެގޮތުގައި އިޝާ ނަމާދުގެ ބަންގި ގޮވަންދެން މިންހާ ހޭދަކުރިއެވެ. އިޝާ ނަމާދު ކޮށްލައިގެންވެސް ކުޑަ އިރުކޮޅަކު ފިލާވަޅުތައް ދަސްކުރުމުގައި މިންހާ ހޭދަކުރިއެވެ. ފިލާވަޅުތައް ދަސްކޮށް ނިންމާލުމަށްފަހު މާދަމާގެ ތާވަލާ އެއްގޮތަށް ދަބަހަށް ފޮތްތައް އަަޅަން ހުއްޓާ ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާލި އަޑު އިވުނެވެ. ” ހުޅުވާ… ” ދަބަހަށް ފޮތްތައް އަޅަންހުރެ މިންހާ ބުނެލިއެވެ. ”މިންނު… ހިނގާ ކާން ދާން… ” ކޮޓަރިއަށް ބޯ ދިއްކޮށްލަމުން މާހިލް ބުނެލިއެވެ. ” އޯކޭ… މި ފޮތްތައް ދަބަހަށް އަޅާފަ ދާނަން އިނގޭ… ” މާހިލްއަށް ހިނިތުންވުމެއް ރައްދުކުރަމުން މިންހާ ބުނެލިއެވެ. ”ދޮންބެވެސް މިންނު އާއެކު ދާނީ… ” މާހިލް މިހެން ބުނަމުން އައިސް ސޯފާގައި އިށީނެވެ. ”ދޮންބެ ކޮންއިރަކުންތަ މެރީ ކުރަނީ… މިންނު ބޭނުން ދޮންބެދައްތައެއް… މިހާރު އެއްއަހަރު ވެއްޖެއެއްނު ދޮންބެމެން ރައްޓެހިވެގެން އުޅޭތާ… ދެން އުޅެބަލަ މިގެއަށް ދޮންބެދައްތަ ގެންނަން…” ފޮތްތައް އެޅުމަށްފަހު ސްޓަޑީ ޓޭބަލް މަތި ތަރުތީބުކޮށްލަމުން މިންހާ އަނެެއްކާވެސް ވާހަކަ ދެއްކިއެވެ. ” ހޫމް… ދޮންބެ މި ޕްލޭން ކުރަނީ ފަސްޓް ޓާމް ސެމިސްޓާރ ބްރޭކް ގަ މެރީ ކުރަން… ކިހިނެއްވާނެ އެގޮތް… ” މިންހާއަށް ބަލައިލަމުން މާހިލް އޭނަ ރާވާފައިވި ގޮތް ހިއްސާކޮށްލިއެވެ. ” ވަގުތުން މިންހާ އޭނައަށް އެގޮތް ވަރަށް ކަމުދާކަމަށް ބުނެލިއެވެ. އެ ވާހަކައިގައި ތިބެ ދެމީހުންވެސް ރޭގަނޑުގެ ކެއުމަށް ތިރިއަށް ފޭބިއެވެ.

ކިންގް ސައިޒް އެނދުގައި އޮށޯވެ އޮތް އިއާންގެ ޚިޔާލުތައް ގުޅިފައިވަނީ މިންހާއާއެވެ. މިންހާއާއެކު ހޭދަކުރެވުނު ކޮންމެ ވަގުތެއް އޭނަގެ ހަނދާނުގައި ރައްކާކުރެވިފައިވެއެވެ. މިންހާގެ އެރީތި ސޫރަ ވަނީ އިއާންގެ ހިތުގައި ބިންވަޅު ނެގިފައެވެ. ލޯ މަރާލިޔަސް ފެނިގެން ދަނީ އެމައުސޫމް ސޫރައެވެ. އިއާން އެނދުން ތެދުވެ ސައިޑް ކަބަޑު ކައިރީގައި އިން ގިޓާ ނަގައި އޭނަގެ އަތަށް ހެޔޮވަރުކޮށްލިއެވެ. އަދި ރީތި ރާގެއް ކުޅެލިއެވެ. އޭރު އޭނަގެ ތުންފަތުގައިވީ ރީތި ހިނިތުންވުމެކެވެ. ** ޖެސެ ޒިންދަގި ޑޫންޑު ރަހޭހެ… ކިޔާ ޔޭ ވޮ މަކާމު މެރާހޭ ** ޔަހާ ޗޭނުސެ ބަސް ރުކް ޖާއޫން ** ކިޔޫ ދިލް ޔެ މުޖޭ ކެހެތާހޭ ** ޖަޒުބާތު ނައީސެ މިލޭހޭ ** ޖާނޭ ކިޔާ އަސަރް ޔެ ހުވާ ހޭ ** އެކު އާސު މިލީ ޕިރް މުޖްކޯ ** ޖޮ ޤަބޫލު ކިސީނެ ކިޔާހެ… ހޫމް… ** ކިސި ޝާޔަރު ކީ ގަޒަލް ** ޖޮދެ ރޫކޮ ސުކޫކެ ޕަލް ** ކޮއި މުޖުކޯ ޔު މިލާހޭ ** ޖެސެ ބަންޖާރޭކޮ ގަރް ** ނައި މޯސަމްކީ ސެހެރް ** ޔާ އަސަރް ދުމެ ޖޯ ޕެހެރް ** ކޮއި މުޖްކޯ ޔު މިލާހޭ ** ޖެސެ ބަންޖާރޭކޮ ގަރް ** ޖެސެ ބަންޖާރޭކޮ ގަރް ** ނުހަނު ފަރިތަކަމާއެކު އިއާން އޭނަގެ ފިރިހެންވަންތަ އަޑުން އޭކްވިލަންގެ ލަވައެއް ކިޔަމުން ދިޔައެވެ. ލަވަ ކިޔަމުން ދިޔައިރުވެސް އިއާންއަށް ސިފަވަމުން ދިޔައީ މިންހާގެ ސޫރައެވެ. އިއާންގެ އަޑު އިވުނު ކޮންމެ މީހެއްގެ ހިތްވެސް އޭނައަށް ތަޢުރީފުން ފުރޭނެކަން ގައިމެވެ. އެގޮތުގައި އިނދެ އިއާން އެލަވަ އެއްކޮށް ކިޔާ ނިންމާލިއެވެ. އެއަށްފަހު އަނެއްކާވެސް އެނދުގައި އޮށޯތެވެ. ނިދުމަށްޓަކައި ދެލޯ މަރާލުމާއެކު މިފަހަރުވެސް އިއާންއަށް ސިފަވީ މިންހާގެ ސޫރައެވެ. އެއާއެކު އޭނަގެ ތުންފަތަށް ފުރިހަމަ ހިނިތުންވުމެއް ވެރިވިއެވެ. މާގިނައިރުތަކެއް ނުވަނީސް އިއާން ނިދީގެ ފުން ކަނޑަށް ގެނބިގެން ދިޔައެވެ.

އައު ދުވަހަކަށް ދުނިޔެ މަތި އަލިކުރަމުން ދިޔައިރު ކާޅާއި ކޮވެލީގެ އަޑު އިވެމުން ދިޔަައެވެ. މިންހާ މިއަދުވެސް ފަތިސް ނަމާދުކޮށްލައިގެން ސުކޫލަށް ދާން ތާާއްޔާރުވިއެވެ. އެސެމްބްލީ އޮންނަ ދުވަސްކަމުން އެހެން ދުވަސް ދުވަހަށްވުރެވެސް އަވަހަށް މިންހާ ސުކޫލަށް ދިޔައެވެ.

ކޮންމެ ކުލާހަކަށްވެސް ކުލާސް ޓީޗަރު އައުމާއެކު ދަރިވަރުންތައް ސަފު ހަދައިގެން އެސެމްބްލީ އޭރިއާއަށް މިސްރާބުޖެހިއެވެ. އެސެމްބްލީ ފެށިގެން ގޮސް ނިމުމުގެ ކުރިން ޕްރިންސިޕަލް ދަރިވަރުންނާ މުޚާތަބުކޮށް ވާހަކަ ދެއްކިއެވެ. ޕްރިންސިޕަލްގެ ވާހަކައިގައި ސުކޫލުގެ އެކި އެކި މަޤާމުތަކަށާއި ކްލަބުތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވާކަން ފާހަގަ ކުރިއެވެ. އަދި މިއަދާއެކު ތިން ދުވަސް ދަރިވަރުންނަށް ކެމްޕެއިން ކުރުމުގެ ފުރުސަތު ހުޅުވާލެވިފައިވާކަންވެސް ފާހަގަ ކުރިއެވެ. އެއާއެކު ގިނަ ދަރިވަރުންގެ މޫނު މަތިން އުފާވެރިކަން ފެނިގެން ދިޔައެވެ.

” މިންނު… ކޮން މަޤާމަކަށް މިފަހަރު ކުރިމަތި ލާނީ… ” ކުލާހަށް އައިސް ވަރަށް ހެވިލާފައި އަޝްރާ މިންހާ އާ ސުވާލުކުރިއެވެ. ” ހެޑް ޕްރިފެކްޓަށް ކުރިމަތިލާ ހިތްވަނީ… އެކަމަކު އޭރުން… އަޝޫ އޯ… ” އަޝްރާއަށް ބަލަހައްޓާއިގެން އިނދެ މިންހާ ބުނެލިއެވެ. ”ގްރޭޓް… ހެޑް ޕްރިފެކްޓްއަކަށް މިންނު ހަމަ ޕާފެކްޓްވާނެ… މިފަހަރު ޕްރިފެކްޓަރުންނަށް ހޮވުނު ކުދިންގެ ތެރެއިން މިންނު ކަންނޭނގެ މިމަޤާމަށް އެންމެ ޤާބިލްކަން ހުރީވެސް… އެއީ ދޮންބެ ކުރިމަތިލާނެ ކަންނޭނގެ ސުކޫލު ކެޕްޓަންއަށް… ދެން ނާއިލް ވައިސް ކެޕްޓަންއަށް… ސޯ މިންނު މިފަހަރު ހެޑް ޕްރިފެކްޓަށް ކުރިމަތިލައި… އަހަރެން ކޮންމެވެސް އެހެން ކުއްޖަކާއެކު ޕެއާއެއް ހަދައިގެން ދިވެހި ކްލަބަށް މިފަހަރު ކުރިމަތިލާނީ… އޯކޭ އެއްނު… ” ހިނިތުންވުމަކާއެކު މިންހާ ވާހަކަ ދެއްކިއެވެ. އެކަމާ އެއްބަސްވުމުގެ ގޮތުން މިންހާ ބޯޖަހާލިއެވެ. ފުރަތަމަ ގަޑިއަށް ޓީޗަރު އައުމާއެކު ދެކުދިންވެސް އެހިސާބުން އެވާހަކަ މެދުކަނޑާލުމަށްފަހު ފިލާވަޅަށް ހުރިހާ ސަމާލުކަމެއް ދިނެވެ.

އެކްސްޓްރާ ކުލާސްތަކުގެ ކިޔެވުން ނިންމާލުމަށްފަހު ގެއަށް އައިސް ވަން މިންހާގެ މޫނު މަތިން ވަރުބަލިކަން ފެންނަމުން ދިޔައެވެ. ކޮޓަރިއަށް ގޮސް ފެންވަރާ ތާޒާވެލުމުން ވަރުބަލިކަން ކޮންމެވެސް ވަރަކަށް ފިލައިގެން ދިޔައެވެ. މެންދުރުގެ ކެއުމަށް ތިރިއަށް ފޭބިއިރު އާދައިގެ މަތިން އެންމެންވެސް އޭނަގެ އިންތިޒާރުގައި ތިއްބެވެ.

” މިންނު… ކޮން މަޤާމަކަށް ކުރިމަތިލަނީ މިފަހަރު… ” މިންހާ އައިސް އިށީނުމާއެކު މާހިލް ސުވާލުކުރިއެވެ. ” ހެޑް ޕްރިފެކްޓް… ” ފުޅާ ހިނިތުންވުމަކާއެކު މިންހާ ބުނެލިއެވެ. އެންމެންވެސް އޭނަގެ އެ ނިންމުމަށް ވަރަށް ތާޢީދުކުރިއެވެ. މިންހާއަށް އެންމެންގެ ހިތްވަރުގެ ބަސްތައް ލިބެމުން ދިޔައެވެ.

ކައިގެން މިއަދުވެސް މިންހާ އަވަސްވެގަތީ ފިލާވަޅުތައް ހެދުމަށެވެ. ފިލާވަޅުތައް ހަދާ ނިންމާލުމަށްފަހު އަޞްރު ނަމާދުކޮށްގެން ސުކޫލަށް ދިއުމަށް މިންހާ ތައްޔާރުވާން ފެށިއެވެ. ކެމްޕެއިނަށް ތައްޔާރުވުމަށްޓަކައި ޕޯސްޓަރު ފަދަ ތަކެތި ހެދުމަށް މިއަދު އަޝްރާ އާއި ދެމީހުން ވަނީ ނިންމާފައެވެ. ސޯފާގައި އިސްޓާކީނަށް އަރަން އިންދާ ދޮރުގައި ޓަކި ޖަހާލި އަޑު އިވުމުން މިންހާ ގޮސް ދޮރު ހުޅުވާލިއެވެ. ”ތުއްތު… ” ދޮރު މަތީގައި ހުރި ނާއިލް ފެނި މިންހާއަށް ބުނެލެވުނެވެ. ” ހޫމް ތުއްތު… އެެތެރެއަށް ވަންނާކަށްވެސް ނުބުނާނަންތަ… ” އެއްބުމަ މައްޗަށް ހިއްލާލަމުން ނާއިލް ބުނެލިއެވެ. ” ހެހެހެ… ނޫނޭ… ވަދޭ އެތެރެއަށް… މީގެ ކުރިން ތުއްތު ގާތު ވަންނާށޭ ބުނާކަށް ނުޖެހޭ ވިއްޔަ… ދޮރު ހުޅުވާލާއިރަށް ވަދޭ މީގެ ކުރިން… މިއަދު ކިހިނެއްވީ ތިއެހީ… ހެހެހެ… ” ހިނިއައިސްފައި ހުރެ މިންހާ މިހެން ބުނެލުމުން ނާއިލްވެސް ހީލިއެވެ. ” ދެން މިއަދު ހަމަ އަހާލާ ހިތްވީ… ހެހެހެ… މިންނުވެސް ސްކޫލަށް ދާން ދޯ ތިއުޅެނީ… ” އެތެރެއަށް ވަދެ ސޯފާގައި ޖައްސާލަމުން ނާއިލް އެހެން އަހާލުމާއެކު މިންހާ ހޫމް ލައްވާލިއެވެ. ބޭނުންވާނެ އެއްޗެހި ހިފައިގެން ނާއިލްވެސް މިންހާ އާއެކު ކޮޓަރިން ނިކުތެވެ.

ދެމީހުންވެސް މިސްރާބުޖެހީ އިއާންގެ ގެއަށް ދިއުމަށެވެ. އެމީހުން އެގެ އާއި އަރާ ހަމަވުމާއެކު އިއާން ދޮރު ހުޅުވާލިއެވެ. އިއާންގެ ފަހަތުން އަޝްރާވެސް ނިކުތެވެ. ހަތަރު މީހުން އެކުގައި ފިހާރައަކަށް ގޮސް ކުލަ ކަރުދާސް ގަނެގެން ސުކޫލަށް މިސްރާބުޖެހިއެވެ. ހަތަރު މީހުން ގޮސް ސުކޫލަށް ވަންއިރު ބައެއް ކުދިން ހަރަކާތްތެރިވަމުން ދިޔައެވެ. އެބަަޔަކު އެބައެއްގެ ކުލާހަށް ގޮސް އަވަހަށް މަސައްކަތް ފެށިއެވެ.

ކްލާހަށް އައިސް ވަން އަލޫފްގެ ދެލޯ އެންމެ ފުރަތަމަވެސް ހޯދާލީ މިންހާގެ ރީތި ސޫރައެވެ. ގަޔަށް ދޫ ކަޅު ހެދުމަކާއެކު ގަދަ ފެހި ކުލައިގެ ޝޯލްއެއް އަޅާއިގެން އިން މިންހާ ފެނި އަލޫފަށް ބަލަހައްޓާއިގެން ހުރެވުނެވެ. ރަތް ކުލައިގެ ގަނޑެއްގައި ކަޅު ކުލައިގެ މާކަރަކުން ކޮންމެވެސް އެއްޗެއް ލިޔަން އިންއިރު އިސްޖަހާލައިގެން އިނުމުން އެސްފިޔަތަކުގެ ދިގުކަން އަންގައިދެއެވެ. ” އޭތް އަލޫފް… ދޮރު މަތީގަ ހުންނަނީތަ… އެތެރެއަށް ނުވަންނަނީތަ… ” އަލޫފްގެ ކޮނޑުގައި އަތުން ޖަހާލަމުން ޝާއިފް އެހެން ބުނުމާއެކު އަލޫފްއަށް ހަމަހޭވެރިކަން އައެވެ. އެއާއެކު އެތެރެއަށް ވަންނަން ހިނގާށޭ ބުނެ ދެމީހުންވެސް ކުލާސް އެތެރެއަށް ވަނެވެ.

އެވަގުތު އިސްއުފުލާލަމުން މިންހާ ދޮރާއި ދިމާލަށް ބަލައިލިއެވެ. އެއާއެކު އެތެރެއަށް ވަދެގެން އައި އަލޫފް އާއި މިންހާ ހަތަރު ކަޅި ބައްދަލުވެގެން ދިޔައެވެ. ދެހިތުގެ ހިނގުންވެސް އެވަގުތު އަވަސް ވެގެން ދިޔައެވެ. ނޭނގޭ އިހުސާސެއް ހިތުގެ ތެރޭގައި އުފެދިގެން ދިއުމާއެކު ދެމީހުން ކުރެ އެކަކަށްވެސް ނަޒަރު ވަކިކޮށްލާކަށް ނޭނގުނެވެ. ”މިންނު… އޭ މިންނު… ” އަޝްރާ ވާހަކަ ދެއްކުމުންވެސް މިންހާ އަޅާނުލުމުން އިސްއުފުލާ ބަލާއިލިއިރު އަލޫފްއަށް ބަލަހައްޓާއިގެން އިންތަން ފެނުމުން އަޝްރާ މިންހާގެ އަތުގައި ހިފާ ތަޅުވާލިއެވެ. ސިހިފައި މިންހާ އަޝްރާއަށް ބަލައިލިއެވެ. ” ސާބަސް މިންނުއަށް… ” ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން އަޝްރާ ބުނެލިއެވެ. އެއާއެކު މިންހާ ލަދުން އިސްޖަހާލަމުން އޭނަގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ.

މަސައްކަތް ކުރިއަށް ދިޔައިރުވެސް މިންހާ އާއި އަލޫފް އާއި ދެމެދު ހިނިތުންވުންތައް ބަދަލުކުރެވެމުން ދިޔައެވެ. ހަމައެފަދައިން އަޝްރާ އާއި ޝާއިފްގެ މެދުގައިވެސް ދިޔައީ ސިއްރުވެރި ނަޒަރުތައް ބަދަލުކުރެވެމުންނެވެ. މިހުރިހާ މަންޒަރެއް ޝަމްހާ ދިޔައީ ބަލަމުންނެވެ. އަދި އޭނަގެ ކައިރީގައި އިން އީލާފްއަށްވެސް ދައްކަމުންނެވެ. އަލޫފް އާއި މިންހާގެ ހަރަކާތްތައް ހުންނަ ގޮތުން މިހާރު އޭނައަށްވެސް އެދެމެދުގައި ކޮންމެވެސް ގުޅުމެއް ވާކަމަށް ގަބޫލުކުރެވެން ފަށާއިފިއެވެ. މިންހާއަށްޓަކައި އީލާފްގެ ހިތުގައި ހިތްހަމަނުޖެހުން ވަނީ އުފެދިފައެވެ. މިއަދު ގެއަށް ގޮސް އަލޫފް އާ އެވާހަކަ ދައްކަން އީލާފް ނިންމިއެވެ.

ރޭގަނޑުގެ ވަގުތެވެ. ލެޕްޓޮޕުން ފިލްމެއް ބަލަން އަލޫފް އޭނަގެ ތަނަވަސް ކޮޓަރީގައި އިނެވެ. ލެޕްޓޮޕަށް ނަޒަރު ހުއްޓާލައިގެން އިން އަލޫފް އޭނަގެ ނަޒަރު ދޮރާއި ދިމާލަށް ބަދަލުކޮށްލީ ދޮރު ހުޅުވާލި އަޑު އިވުމުންނެވެ. އޭރު އީލާފް އޭނަގެ ކޮޓަރިއަށް ވަންނަނީއެވެ. އޭނަގެ މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތައް ފާޅުވަމުން ދިޔައެވެ. ” އީލޫ… ވަޓް ހެޕެން… ” އީލާފްގެ މޫނު މަތިން ފެންނަމުން ދިޔަ ހިތްހަމަނުޖެހުމުގެ އަސަރުތަކުން އަލޫފް ސުވާލުކުރިއެވެ. ” ވާހަކައެއް އަހާލަން ބޭނުން… ” އީލާފް އައިސް އަލޫފް ކައިރީ ސޯފާގައި އިށީންނަމުން އަހާލިއެވެ. ”ބުނެބަލަ…” އީލާފްއަށް އޭނަގެ ހުރިހާ ސަމާލުކަމެއް ދެމުން އަލޫފް ބުނެލިއެވެ. ” ދޮންބެ އާ މިންހާ އާ ދެމެދު ކޮން ގުޅުމެއް އޮންނަނީ… ” އީލާފް ފުރަތަމަވެސް އޭނަ ޖަވާބު ބޭނުންވާ ސުވާލު ކޮށްލިއެވެ. އީލާފްގެ އެ ސުވާލުން އަލޫފްގެ ނިތަށް ރޫތައް ޖަމާވިއެވެ. ” އެއްވެސް ގުޅުމެއް ނެތް… ޝީ އީޒް ޖަސްޓް އަ ކްލާސްމޭޓް… ” އެއްވެސް އަސަރެއްނެތް ފަދައިން އަލޫފް ބުނެލިއެވެ. ” އެއްވެސް ގުޅުމެއް ނެތިއްޔާާ ދެން ދޮންބެ އާ މިންހާ ދެމެދު ބަދަލުކުރެވެމުންދާ ހިނިތުންވުންތަކަކީ ކޮން އެއްޗެއް… އައި ސޯ އިޓް… ދޮންބެއަށް އިނގެއެއްނު އައި ޑޯންޓް ލައިކް ހާ… މިންހާ ކަހަލަ ކުދިން ދެކެ ވަރަށް ފޫހިވޭ… އަބަދު ބޮޑު ކަޅު ހެދުމެއް ލައިފަ ހުންނާނީ… އަޅުގަނޑު ބޭނުންވާ ހުރިހާ ކަމެއްވެސް އޭނަ ހާސިލްކުރޭ… ކިޔެވުމުގަވެސް އޭނަ އަޅުގަނޑަށްވުރެ މަތި… އޭނަ އެހެން ހުންނައިރުވެސް އެންމެންގެ ސަމާލުކަމަށް އޭނައަށް ލިބޭ… އައި ޑޯންޓް ވޯންޓް މިންހާ ކަހަލަ ކުއްޖެއް މިގެއަށް ގެންނާކަށް… އަޅުގަނޑު ބޭނުނީ އަޅުގަނޑާ ގުޅޭ އަޅުގަނޑުގެ ސްޓައިލްގެ ކުއްޖެއް… އައި ހޭޓް މިންހާ… ” ރައްދުގައި އީލާފް ބުނެލިއެވެ. ” އީލޫ… އީލޫ ރިލޭކްސް… ކާމް ޑައުން… މިންހާ އާ ދޮންބެ އާ ދެމެދު އެއްވެސް ގުޅުމެއް ނެތޭ… ކުރިންވެސް ބުނިހެން އެއީ ކްލާސްމޭޓެއް… އެއީ ދެން އޭނަ ހިނިތުންވެލުމުން ދެން ދޮންބެވެސް ހިނިތުންވެލަނީ.. އީލޫއަށްވެސް އެނގެއެއްނު ދޮންބެ ފަހަތުން އަންހެން ކުދިން އުޅޭ ވަރު… ސޯ މޭބީ ޝީ އީޒް ލައިކް ދެޓް… އީލޫއަށްވެސް އެނގެއެއްނު ދޮންބެއަށް އެހާ ސިމްޕަލް ކުދިން ކަމުނުދާކަން.. އެން އެކަހަލަ ކަމެއް އުޅެންޏާ ދޮންބެ ބުނާނެދޯ އީލޫ ކައިރީގަވެސް… އެހެންނޫނަސް ދޮންބެ ގެންނާނީ ދޮންބެގެ އީލޫ ލައިކް ވާކަހަލަ ކުއްޖެއް… އޯކޭ…” އީލާފްގެ ކޮނޑުގައި ހިފަހައްޓާލައިގެން އިނދެ އަލޫފް ވާހަކަ ދެއްކިއެވެ. އޭނަ އެހުރިހާ ވާހަކައެއް ދެއްކީ އީލާފްގެ ހިތްހަމަ ޖައްސައިދިނުމަށެވެ. އެހެނަސް އެވާހަކަތަކުން އޭނަގެ އަމިއްލަ ހިތަށް އުނދަގޫވިއެވެ. އޭނަގެ ހިތުގައި މިންހާއަށްޓަކައި ޚާއްސަ މަޤާމެއް ދެވިފައިވާކަން އެނގެއެވެ. އެހެނަސް އެކަން އަދި އީލާފް އާ ހިއްސާކުރުން ރަނގަޅުހެނެއް ހިޔެއްނުވެއެވެ. އީލާފް މިންހާއަށް އެހާ ނަފްރަތުކުރާ ކަމެއް ކުރިން އިނގިފައެއް ނުވެއެވެ. ފަހުން އީލާފްއަށް ވިސްނައިދޭން އަލޫފް ނިންމިއެވެ. އަދި އެއަށްފަހު އޭނަގެ ހިތުގެ ހާލަތުވެސް އީލާފް އާ ހިއްސާކުރަން ނިންމިއެވެ.

” ޕްރޮމިސް ދޮންބޭ… އަޅުގަނޑު ލައިކްވާ ކަހަލަ ކުއްޖެއްތަ ދޮންބެ ޗޫޒް ކުރާނީ… ލައިކް ޝަމޫ އިނގޭ… ” ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން އީލާފް އެހެން ބުުނުމުން އަލޫފް ހިނިތުންވެލަމުން އީލާފްގެ ކޮލުގައި ހިފާލިއެވެ. ” ތެންކްޔޫ ދޮންބޭ…” އަލޫފްގެ ގައިގައި ބައްދާލަމުން އެހެން ބުނުމަށްފަހު އީލާފް ކޮޓަރިން ނިކުތެވެ.

އަލޫފް އިނީ ނުތަނަވަސްކަމެއްގެ ތެރޭގައެވެ. އެއްކޮޅުން އޭނަގެ ލޯބިވާ ކޮއްކޮއެވެ. އަނެއްކޮޅުން އޭނަގެ ހިތުގައި މިންހާއަށްޓަކައި އުފެދިފައިވި ގޮތް ނޭނގޭ އިހުސާސްތަކެވެ. އެކަމާމެދު މާބޮޑަށް ވިސްނެން ފެށުމުން އަލޫފް އަލުން ފިލްމަށް އޭނަގެ ސަމާލުކަން ހުސްކޮށްލިއެވެ.

ކޮޓަރިއަށް ވަދެ އީލާފް އަވަސް އަވަހަށް އެނދު މަތީގައި އޮތް ފޯނު ނަގައި ޝަމްހާއަށް ގުޅާލިއެވެ. ” ޝަމޫ… ދޮންބެ އެން މިންހާ އާ ދެމެދު އެއްވެސް ގުޅުމެއް ނެތޭ… އަހަރެން ބުނީމެއްނު ކުރިންވެސް… ދޮންބެ ބުނީ މިންހާ ހިނިތުންވެލީމަ ދެން ދޮންބެވެސް ހިނިތުންވެލަނީއޭ… ޝަމޫއަށްވެސް އެނގެއެއްނު ދޮންބެ އާ ހެދި އަންހެން ކުދިން އުޅޭވަރު… ދޮންބެ ބުނި އަހަރެން ލައިކްވާ ކަހަލަ ކުއްޖެކޭ ދޮންބެ ޗޫޒްކުރާނީ… އަހަރެން އިންޑައިރެކްޓްކޮށް ބުނިން ޝަމޫ އޭ… އަސްލު ބުނީ ޝަމޫ ކަހަލަ ކުއްޖެކޭ ބޭނުމީ… ސޯ ނައު ދޮންބެއަށް އިނގޭނެ އެއްނު އަހަރެން ބޭނުވަނީ ޝަމޫކަންވެސް… ހެހެހެ… ” ވަރަށް ފޯރީގައި އީލާފް ޝަމްހާ އާ ވާހަކަ ދައްކަމުން ދިޔައެވެ. އީލާފްގެ ވާހަކަތައް އަޑުއިވި ޝަމްހާގެ ހިތަށް ކޮންމެވެސް ވަރެއްގެ ހަމަޖެހުމެއް ލިބިގެން ދިޔައެވެ. އެހެންނަމަވެސް މުޅިއަކުން އޭނަގެ ހިތުގައި އުފެދިފައިވި ޝައްކު ފިލައިގެނެއް ނުދެއެވެ.

ތިން ދުވަސް ފާއިތުވެގެން ހިނގައްޖެއެވެ. ވަރަށް ފުރިހަމައަށް މަޤާމުތަކަށް ކުރިމަތިލައިފައިވި ކުދިން ކެމްޕެއިން ކުރުމުގެ މަސައްކަތް ކުރިއަށް ގެންދިޔައެވެ. ބުރާސްފަތި ދުވަހު މަޤާމުތަކަށް ކުރިމަތިލިީ ކުދިން ހޮވުން ކުރިއަށް ގެންދިޔައެވެ. ގިނަ ކުދިންގެ ވޯޓާއެކު މިންހާ އާއި އަޝްރާގެ އިތުރުން އިއާން އާއި ނާއިލްވެސް އެކުދިން ކުރިމަތިލީ މަޤާމަށް ހޮވިގެން ދިޔައެވެ. ހަމައެއާއެކު އަލޫފް އާއި ޝާއިފްގެ އިތުރުން އީލާފް އާއި ޝަމްހާވެސް އެކުދިން ކުރިމަތިލީ މަޤާމަށް ހޮވުނެވެ. ހުކުރު ދުވަހުގެ ރޭ މަޤާމުތަކަށް ހޮވުނު ކުދިން ހުވާކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

ހެނދުނު ސައިބޮއެގެން މިރޭގެ ޖަލްސާއަށް ތައްޔާރުކުރުމަށް ސްކޫލަށް ދާން މިންހާ ތައްޔާރުވިއެވެ. ތައްޔާރުވުމަށްފަހު އޭނަގެ މަންމައަށް އިވޭވަރަށް ދަނީއޭ ބުނެ މިންހާ ގެއިން ނިކުތެވެ. މިންހާ އޭނަގެ ގެއިން ނިކުތުމަށްފަހު އޭނަގެ ގޭގެ ކުރިމަތީގައި ހުރި ދެބުރިއަށް ނަގާފައިވި ގެއަށް ވަނެވެ. އޭނާ އެތެރެއަށް ވަންއިރު ނާސިހާ ސިޓިން ރޫމު ކުނިކަހަން ހުއްޓެވެ. މިންހާ ހިނިތުންވެލަމުން ތިއްތާ އޭ ކިޔައި ނާސިހާއަށް ގޮވާލިއެވެ. ”މިންނު… ސައިބޮއެފިންތަ… އާދޭ ސައިބޯން… ތުއްތު އާ ދޮންތަވެސް އެބައިން ސައިބޯން… ” މިންހާގެ އަޑު އިވުމާއެކު ފުޅާ ހިނިތުންވުމެއް ވެރިކުރުވަމުން ނާސިހާ ވާހަކަ ދެއްކިއެވެ. ” ހަމަ މިއައީ ސައިބޮއެގެން… ދެން އެހެން ދުވަހަކުން ދޯ… ތުއްތު ދިޔައީތޯ ބަލައިލަން މިއައީ… ” މިންހާ އައިސް ސޯފާގައި އިށީންނަމުން ބުނެލިއެވެ. ” އެހެންތަ… މިހާރު އުޅޭނެ ކަންނޭނގެ ނިމެން… ވަރަށް އިރުވެއްޖެ ސައިބޯން އަރާފަވެސް… ދެމީހުން ވާހަކައިގަ ތިބީ ކަންނޭނގެ… ” ކުނިކަހަމުން ނާސިހާ އެހެން ބުނުމާއެކު ބަލައިލައިފާ އެބައަންނަން ކަމަށް ބުނެ ސޯފާއިން ތެދުވެ ކާކޮޓަރިއާއި ދިމާލަށް ހިނގައިގަތެވެ.

” އަޝްރާ… ހައު ޑެޔާ ޔޫ ޓު… ” ކާކޮޓަރީގައި ސައިބޯން އިން ނާއިލްގެ ބޮލުގެ އިސްތަށިގަނޑު ކުޑަކޮށް ހަވާލުމުން ނާއިލް ބުނެލިއެވެ. އެފަދައިން ކަންތައް ކުރުމުން ނާއިލްއަށް ހީކުރެވުނީ އެއީ އަޝްރާ ކުރިކަމެއް ކަމަށެވެ. ކާކޮޓަރިއަށް ވަންނަ ދޮރަށް ފުރަގަސްދީގެން އިނުމުން އެވަގުތު އޭނައަށް ފަހަތުގައި ހުރީ ކާކުކަމެއްވެސް ނޭނގުނެވެ. އެހެނަސް ފަސްއެނބުރި ބަލައިލި ވަގުތު ފަހަތުގައި ހުރި މިންހާ ފެނުމުން ނާއިލް ބުނަން އުޅުނު އެއްޗެއް ވަކި ހިސާބަކުން މެދުކެނޑުނެވެ. ނާއިލްއަށް ވީގޮތް ފެނުމުން ސައިބޯން އިން ނަޝްފާއަށްވެސް ހެވުނެވެ. ” ތުއްތު… އިޓްސް މީ… މިންނު… އަޝޫއެއް ނޫން… ” ވަގުތުން ނާއިލް އާއި ދުރަށްޖެހިލުމަށްފަހު ދެލޯ ބޮޑުވެ ބިރުގަނެފައިހުރިހެން މިންހާ ބުނެލިއެވެ. ” ސޮ… ސޮރީ މިންނު… ތުއްތު… ތުއްތު ހީކުރީ… އަޝްރާ ކަމަށް… އަޝްރާ ވިއްޔަ އެކަހަލަ ކަންތައް ކުރަނީ… ނޭނގޭނެ އެއްނު މިންނުވެސް އެކަހަލަ ކަންތައް ކުރާނެ ކަމެއް… ” ބޯ ކަހާލަމުން އަޅައަޅާއިގަންނަމުން ނާއިލް އެހެން ބުނެލިއެވެ. ”އެހެއްނުވާނީ… އަޝޫ ފެނިއްޖިއްޔާ އަބަދު ކޮންމެވެސް ކަމަކާ ދެބަސްވިއްޔަ ވަނީ… ދެމީހުން އެއްގަލަކަށް އަރާ އިރެއްް ނާދޭ… ” ނަޝްފާ ބުނެލިއެވެ. އެއާއެކު މިންހާވެސް ހެމުން ހެމުން ނާއިލް އާއި ދިމާކޮށްލިއެވެ. ” ދެން މިހާރު ލަހެއް ނުވޭ ދޯ މިންނުއަކަށް… އާދޭ ދާން… ” އަތް ދޮވެލައިގެން އައިސް ޓިޝޫއަކުން އަތް ފޮހެލުމަށްފަހު މިންހާގެ އަތުގައި ހިފާ ދަމާފައި ކަހަލަ ގޮތަކަށް ކާކޮޓަރިން ނެރެމުން ނާއިލް ބުނެލިއެވެ. އޭރުވެސް މިންހާ ދިޔައީ ހުއްޓުމެއްނެތި ހެމުންނެވެ.

ދެމީހުން އެކުގައި މިސްރާބުޖެހީ އިއާންގެ ގެއަށް ދިއުމަށެވެ. އެގެއަށް ގޮސް ހަތަރު ކުދިން އެކުގައި ސްކޫލަށް ދިޔައެވެ. އޭރު ބައެއް ޓީޗަރުންގެ އިތުރުން ދަރިވަރުންވެސް އައިސް ތިއްބެވެ. ހުރިހާ ކުދިން ހަމަވަންދެން އެންމެންވެސް މަޑުކޮށްލައިގެން ތިބީއެވެ. އިއާން އާއި ނާއިލްގެ އިތުރުން މިންހާ އަދި އަޝްރާވެސް ހެލެބެލި ގަސްދޮށުގައި ބެހެއްޓިފައި ހުރި ބެންޗުތަކުން ބެންޗެއްގައި ގޮސް އިށީނެވެ. ” ތިނޫން އެހެން ޝޯލްއެއް އަޅަން ނޭނގުނީތަ… ހީވަނީ ކެބެޖެއްހެން… ” ވައްތަރަކަށް އަނގަ ހަދާލަމުން އޭނަގެ ކުރިމަތީގައި ގުރާ ފެހިކުލައިގެ ޝޯލްއެއް އަޅާއިގެން އިން އަޝްރާއަށް ބަލަހައްޓާއިގެން އިނދެ ނާއިލް ބުނެލިއެވެ. ” ނާއިލް އާ ބެހޭކަމެއް ނޫނެއްނު އަހަރެން ކޮންމެ ކުލައެއްގެ ޝޯލްއެއް އެޅިޔަސް… އިޓްސް ނަން އޮފް ޔުއާ ބިޒްނަސް… ” ރުޅި އައިސްފައި އިނދެ އަޝްރާ ވަގުތުން ރައްދު ދިނެވެ. ” އަނެއްކާ މިތަނުގަވެސް ފެށީތަ… އެންމެ ހިނދުކޮޅަކަށްވެސް ދެމީހުން މަޑުން ނުތިބޭތި އިނގޭ… ” ނާއިލް އާއި އަޝްރާ ދެބަސްވާން ފެށުމުން އިއާން ބުނެލިއެވެ. މިންހާވެސް ދެމީހުނަށް ރީތިކޮށް މަޑުން ތިބުމަށް އިޝާރާތްކުރިއެވެ. ” ނާއިލް އޭ ފެށީ… އަބަދުވެސް ނާއިލް ބަލާނެ ކޮންމެވެސް ކަމަކާ ދެބަސްވެވޭތޯ… ” މިފަހަރުވެސް ރުޅި މޫނު ހަދައިގެން އިނދެ އަޝްރާ ބުނެލިއެވެ. ” އޯ ހެލޯ އަހަރެން ހަމައެކަނި ކޮމްޕްލިމެންޓެއް އިނގޭ ކުރީ… ރީތި ނޫންވީމަ ބުނީ… ގޮޓް އިޓް… ” ނާއިލްވެސް ނުހަނު ފޯރީގައި ރައްދުދިނެވެ. ”ނާއިލްއަށް ކޮންމެހެން ރީތިވާކަށް ނުޖެހެޔޭ… އަހަރެން އެންމެ ފަހަރަކުވެސް އެހިންތަ ނާއިލް ގާތު ރީތިތޯ… ” ދެލޯ އަޅާލަމުން އަޝްރާ ބުނެލިއެވެ. ” އޯ ގޯޑް… ސްޓޮޕް އިޓް… ” އަޝްރާއަށް ރައްދުދޭން އުޅުނު ނާއިލް ހުއްޓުނީ ބޮލުގައި ހިފަހައްޓާލަމުން އެއްފަހަރާ މިންހާ އާއި އަޝްރާ އެހެން ބުނުމުންނެވެ. އެއާއެކު ހަތަރު ކުދިންގެ ދެމެދަށްވެސް ހަމަހިމޭންކަން ވެރިވިއެވެ. އެގޮތުގައި އިރުކޮޅެއް ހޭދަވީއިރު ދެން އިވިގެން ދިޔައީ ހަތަރު ބައިވެރިންގެ ހުނުމުގެ އަޑެވެ. އެއާއެކު އެހެން ބެންޗުތަކުގައި ތިބި ކުދިންނަށްވެސް ހެވުނެވެ. އެކުދިންވެސް ތިބީ ނާއިލް އާއި އަޝްރާގެ ކޯޅުންގަނޑު ބަލާށެވެ.

މާގިނައިރު އެހެން ތިބޭކަށް ނުޖެހުނެވެ. ޓީޗަރުން އެކުދިންނަށް ސްޓާފް ރޫމުގެ ދޮރު މައްޗަށް އައުމަށް ގޮވާލުމާއެކު ހުރިހާ ކުދިންވެސް އަވަހަށް އެތަނަށް ދިޔައެވެ. އޭރު ވަނީ ހުރިހާ ކުދިން ހަމަވެފައެވެ. ޓީޗަރުން ދަރިވަރުންނަށް އެކިއެކި މަސައްކަތްތަކަށް ބަހާލިއެވެ. އޭރުން މަސައްކަތް އަވަހަށް ނިންމާލެވޭނެ ނޫން ހެއްޔެވެ. ބައެއް ދަރިވަރުން ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވި ހޯލު ތެރޭގައި ގޮނޑިތައް ތަރުތީބުކުރަމުން ދިޔައިރު އަނެއްބައި ކުދިން ދިޔައީ ޕްލެޓް ފޯމު ތައްޔާރުކުރަމުންނެވެ. އެއްބަޔަކު ބެކް ގްރައުންޑް ތައްޔާރުކުރުމުގެ މަސައްކަތް ފެށިއިރު ދެންތިބި ކުދިން ދިޔައީ ޕޯޑިއަމް އާއި އެކު އެތަން ޒީނަތްތެރިކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވަމުންނެވެ. މިއިން ކޮންމެ ކަމެއްގައިވެސް ދަރިވަރުންނެކޭ އެެއްފަދައިން ސުކޫލުގެ ޓީޗަރުންނާއި މަސައްކަތު މީހުންވެސް ހަރަކާތްތެރިވަމުން ދިޔައެވެ.

ހުކުރު ދުވަސްކަމުން އެގާރަ ގަޑި ތިރީސްވުމާއެކު މަސައްކަތް މެދުކަނޑާލިއެވެ. އެންމެންވެސް ގެއަށް ދިޔައީ މެންދުރުގެ ދޭއްޖަހާއިރު އަނެއްކާވެސް މަސައްކަތްތައް ފަށަން ނިންމައިގެންނެވެ.

” ކޮން ޝޯލްއެއްތަ އަޅާނީވެސް… މާ ކުލަގަދަ ވީމަ ކަންނޭނގެ ނާއިލް އެހެން އެބުނީ… ” ޑްރެސިން ޓޭބަލް ކުރިމަތީގައި ހުރެ އޭނަގެ ދެއަތުގައި އޮތް މަޑު ފިޔާތޮށި ކުލައިގެ ޝޯލްއާއި މެރޫން ކުލައިގެ ޝޯލްއަށް ނަޒަރު ހުއްޓާލައިގެން ހުރެ އަމިއްލަ ނަފްސާ ވާހަކަ ދައްކަމުން ދިޔައެވެ. ” ހުއް… އަހަރެން ކީއްކުރަން ނާއިލް ބުނާ އެއްޗަކާމެދު ވިސްނަންވީ… އައި ޑޯންޓް ކެއާ… ” ލޯގަނޑުން އަމިއްލަ ސޫރައަށް ބަލައިލަމުން މިފަހަރުވެސް އަޝްރާ ބުނެލިއެވެ. އަދި އަލަމާރިން ކޮނޑެއް ނަގައި މަޑު ފިޔާތޮށި ކުލައިގެ ޝޯލް އޭގައި އަޅުވާލުމަށްފަހު އަލަމާރިއަށް ލިއެވެ. އަދި އެއަށްފަހު އަނެއް އަތުގައި އޮތް މެރޫން ކުލައިގެ ޝޯލް ރީތިގޮތަކަށް އަޅާލިއެވެ. ތައްޔާރުވެގެން އަޝްރާ ކޮޓަރިން ނިކުތެވެ.

ސިޓިންރޫމު ސޯފާގައި އިއާންގެ އިންތިޒާރުގައި އިން ނާއިލްއަށް ކޮޅަށް ތެދުވެވުނީ ސިޑިން ފައިބައިގެން އައި އަޝްރާ ފެނިފައެވެ. ކަޅު ކުލައިގެ ފަސްބައި ފުޅާކޮށް ހުރި ހެދުމާއެކު މެރޫން ކުލައިގެ ޝޯލްއެއް އަޅާއިގެން ހުރި އަޝްރާގެ ދޮން އޮމާން މޫނު ފެނި ނާއިލްގެ ތުންފަތަށް ލުއި ހިނިތުންވުމެއް ވެރިވިއެވެ. ނާއިލްގެ ތޫނު ނަޒަރު އޭނައަށް އަމާޒުވެފައިވުމުން އަޝްރާއަށް އުނދަގޫވިއެވެ. ” ނާއިލް… ކިހިނެއްވީ… ” އަދިވެސް ނާއިލް ބަލަހައްޓާއިގެން ހުރުމުން އަޝްރާ އައިސް ނާއިލްގެ މޫނުމަތީ އޭނަގެ އަތް ހުރަސްކޮށްލަމުން ބުނެލިއެވެ. ”ކަމެއް ނުވޭ… މީ… ޔޫ ލުކް ބިއުޓިފުލް… ” ކަޅު ކުލައިގެން ކަޅިއެއް ލިބިފައިވި އަޝްރާގެ ބޮޑު ދެލޮލަށް ބަލަހައްޓާއިގެން ހުރެ ނާއިލް ބުނެލިއެވެ. އަޝްރާއަށް ރައްދުގައި ބުނާނެ އިތުރު އެއްޗެއް ނުވިސްނުނެވެ. އޭނައަށްވެސް ނާއިލްގެ ފުން ދެލޮލަށް ބަލަހައްޓާއިގެން ހުރެވުނީއެވެ. އެދެލޮލުން އޭނައަށް ކުރިން ނުފެންނަފަދަ އަސަރެއް ފެންނަހެން އެވަގުތު އަޝްރާއަށް ހީވިއެވެ. ”ބްރޯ… ހިނގާ ދާން… ” ކޮޓަރިން ނިކުން އިއާންގެ އަޑަށް ދެމީހުންވެސް ސިހިފައި އެދިމާލަށް ބަލައިލިއެވެ. ނާއިލް އަވަސް އަވަހަށް ހިނގާށޭ ބުނެ ގެއިން ނިކުންނަން ހިނގައިގަތެވެ. އިއާންވެސް ނާއިލްގެ ފަހަތުން ނިކުތެވެ.

” އަޝޫ… ދަރިފުޅާ ގަޑި ޖެހެނީނު އެއޮތް… ދެން ދޭ އަވަހަށް… ” ކާކޮޓަރިން ނިކުން އާސިމާ ދޮރާއި ދިމާލަށް ނަޒަރު ހުއްޓާލައިގެން ހުރި އަޝްރާ ފެނި ބުނެލިއެވެ. ” އާނ… މި … މިދަނީ މަންމާ… ” އާސިމާގެ އަޑަށް ސިހިފައި އަޝްރާ އެދިމާލަށް ބަލައިލުމަށްފަހު އެހެން ބުނެ ގެއިން ނިކުތެވެ.

ގެއިން ނިކުން އަޝްރާގެ މިސްރާބަކަށްވީ މިންހާގެ ގެއެވެ. އޭނާ ސަލާމް ގޮވާލުމަށްފަހު އެތެރެއަށް ވަންއިރު މިންހާ ސިޑިން ފައިބަނީއެވެ. ދެއެކުވެރިންވެސް އެކުގައި ގެއިން ނިކުމެ ސުކޫލަށް ދިއުމަށް މިސްރާބުޖެހިއެވެ. އޭރު ދޭއްޖަހަން ހުރީ ދެތިން މިނިޓަށް ވެފައެވެ.

 

 

 

 

 

 

 

 

 

 

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

ifoo

Level 1010 Stories100 Comments100 Login500 Login500 Comments100 Stories1K Comments

I'm a girl who loves to read and write stories ❤️❤️❤️???... I love to read comments too ❤️❤️❤️???... Writing story is a hobby ???... Author of Inthizaarugaa Hunnamey Loabin ❤❤❤, Vindhey Loabi Thee Edhey ❤️❤️❤️ and Loabivan Yaaraaey...

Other Articles

Previous

ލޯބިވެވުނީއެވެ. 7

Next

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….1 ވަނަބައި

Next
December 3, 2018

ކުރުހާލެވުނޭ ތިސޫރަ މިހިތުގައި….1 ވަނަބައި

Previews
December 3, 2018

ލޯބިވެވުނީއެވެ. 7

34 Comments!

  1. Ifoo ifoo says:
    December 3, 2018 at 10:03 am

    Salaam dear readers ❤️❤️❤️??????… Here is the second part ???… It’s 3330 words ???… Hope all will like this part too ???… If there is any mistakes please point out that for me so that I can improve ???… Next part In Sha Allah day after tomorrow ???… Thankyou so much dear readers for the support n love ❤️❤️❤️??????… Love you all ❤️❤️❤️???…

  2. Maayu says:
    December 3, 2018 at 11:14 am

    Ifoo thy hama best…Maayuge fav…Vvvvvvv reethi mi part vx…?? Keep up the good work…❤❤??? Lots of love and best wishes from me…❤❤❤??

    1. Ifoo ifoo says:
      December 3, 2018 at 11:31 am

      Maayu ❤️❤️❤️… Thankyou so much dear ❤️❤️❤️??????… Favourite ah v ma v v v v ufaavehje ???… Thanks a lot dear ❤️❤️❤️???????????????… It really means a lot for me ???… Much more loves from me dear ??????❤️❤️❤️???…

  3. Xennyy says:
    December 3, 2018 at 11:15 am

    Loabi….varah…by the way…nice story..?

    1. Ifoo ifoo says:
      December 3, 2018 at 11:32 am

      Xennyy ❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje ???…

  4. shdhr;!? says:
    December 3, 2018 at 12:31 pm

    Wow….mi part ves v nice…
    I really love it…
    Keep it up…dear…❤❤❤❤❤?

    1. Ifoo ifoo says:
      December 3, 2018 at 7:59 pm

      Awwwwnn ❤️❤️❤️???… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje story reethi v ma ???…

  5. @AL@A says:
    December 3, 2018 at 12:39 pm

    vrh vrh
    reethi ingey and
    nice story

    1. gigi says:
      December 3, 2018 at 1:42 pm

      hey dear where’s your stry im waiting impatiently?????avahah genesdhehcheyy❤❤❤???

    2. Ifoo ifoo says:
      December 3, 2018 at 8:01 pm

      @AL@A ❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje ???…

  6. gigi says:
    December 3, 2018 at 1:40 pm

    wow..ifoo dear vrh salhi hama habeyx mi part ves❤❤❤❤❤?????????????cant wait to read the next part sis????????????and OMG its getting better day by day ingey adhives bodah rom kohlacheyy???????? next part kondhuvahakun? im waiting impatiantly inegy..??????????? go go ifoo you can do this..???????????????(srry i ran outta flower emojies ??today)

    1. Ifoo ifoo says:
      December 3, 2018 at 8:05 pm

      gigi ❤️❤️❤️… Thankyou so much ❤️❤️❤️???????????????… V v v ufaavehje mi part gavx comment kohleema n story ge mi part vx kamudhiyaima ???… It really means a lot for me ???… Mi comment vx v v loabi ❤️❤️❤️… Next part day after tomorrow… So keep waiting dear ???… Much loves from me ❤️❤️❤️??????…

  7. Anonymous says:
    December 3, 2018 at 3:07 pm

    serious koh varah varah varah reethi
    jst love it
    varah furihama
    maasha allah
    whn next part
    curiously waiting missyuh

    1. unique says:
      December 3, 2018 at 3:17 pm

      i forgot my name heheheh ehenvx vaane story reethi viyyaa
      avahah comment kuran ulhumuge therey name nulaa heheh
      its habeys
      heheh

    2. Ifoo ifoo says:
      December 3, 2018 at 8:07 pm

      Unique ❤️❤️❤️… I’m so happy to see ur comment ❤️❤️❤️???… V v v ufaavehje story reethi v ma ???… Thankyou so much dear for the support ❤️❤️❤️???????????????… Miss you too dear n much loves from me ❤️❤️❤️???…

  8. @Ikleel says:
    December 3, 2018 at 4:42 pm

    Its really nice story..Dhigu koh gennaathy v habeys…Waiting for next…

    1. Ifoo ifoo says:
      December 3, 2018 at 8:16 pm

      Thankyou so much ❤️❤️❤️???????????????… I’m so happy to see ur comment ???… Next part In Sha Allah day after tomorrow ???…

  9. Mal says:
    December 3, 2018 at 6:58 pm

    Wow masha allah….???ifoo u r the best….thank you so much ehaa dhigukoh genesdheythy…???????i think emme fahun naail and ashra kanneynge dhw couple akah vaany…????????????☺??never know emme fahu vaguthu ves emme unaccepted meehaa dheke vevidhaane dhw… ? ? ? ? ? minha and aan gulhuvaa ifoo…they r so cute….????i luv you ifoo…whn next part…????

    1. Ifoo ifoo says:
      December 3, 2018 at 8:09 pm

      Mal ❤️❤️❤️… V v v ufaavehje comment kiyaalaafa ???… Thankyou so much dear ❤️❤️❤️???????????????… Yahh… Hama heevx nukuraa fadha gothakah storyga vedhaane ???… Let’s see dhw vaagotheh ???… Luv u too dear ???❤️❤️❤️????????????…

  10. Lotus says:
    December 3, 2018 at 7:50 pm

    Story v cute?????
    Pls explain the cover pic…

    1. Lotus says:
      December 3, 2018 at 7:53 pm

      My guess…
      Up ga middle minha aain aloof
      Down ga nail n ashra

    2. Ifoo ifoo says:
      December 3, 2018 at 8:12 pm

      Lotus ❤️❤️❤️… Thankyou so much ❤️❤️❤️???????????????… V v v ufaavehje story reethi v ma ???… Yahh ur right Lotus ???… Upside ga aee minhaa iaan n aloof… Down ga aee ashraa n naail… Hope u like the cover pic ???…

  11. Fasa says:
    December 3, 2018 at 8:39 pm

    V salhi ?

    1. Ifoo ifoo says:
      December 3, 2018 at 10:26 pm

      Fasa ❤️❤️❤️… Thankyou so much ❤️❤️❤️???????????????… V v v ufaavehje ???…

  12. Anonymous says:
    December 3, 2018 at 9:17 pm

    story varah reethi when next part?????waiting…….

    1. Ifoo ifoo says:
      December 3, 2018 at 10:28 pm

      Anonymous ❤️❤️❤️… Thankyou so much ❤️❤️❤️???????????????… V v v ufaavehje story reethi v ma ???… Next part In Sha Allah day after tomorrow ???… Keep waiting ???…

  13. Naju says:
    December 4, 2018 at 8:28 am

    Just wow ???… It’s amazing ?????????… I am addicted to read this wonderful story ?????????… like the story a lot ???❤❤❤???… It means alot for me ??????????… Naju ah hyvany minha mihaaru aloof ah like viyas fahun gulheyny iaan aa hen eyee I think aloof ge family gaboolu nuvaany hen n ashra n naail hen dhn couple akah vaany ?????????…. I really appreciate your hard work ???❤❤❤???… Keep up the good work dear ?????????… Curiously waiting for the next ?????????… Lots n lots of love my sweet sweet Ifoo dear ????????????????????????❤❤❤?????????????????????????????????⭐⭐⭐☀☀☀❄❄❄

    1. Ifoo ifoo says:
      December 4, 2018 at 9:43 am

      Awwwwnn ❤️❤️❤️???… Again Naju ge v loabi colourful comment eh ??????… Thankyou so much ❤️❤️❤️????????????????… V v v ufaavehje ???… Let’s see dhw vaagotheh ???… Hama Heenukuraa gothakah vx story ga kanthah vedhaane ???… Thankyou so much for the support n loves ❤️❤️❤️????????????… Lots of love from me ❤️❤️❤️?????????…

  14. Naum says:
    December 4, 2018 at 7:29 pm

    Im little bit confused… i know its stupid but Plz mi story ga relation thah e oih goih bunedheebala…like iyaan and ashra is siblings dhw and e dhemeehun eh grade eh ga e ulheny which means they are twins?…??

    1. Ifoo ifoo says:
      December 4, 2018 at 8:50 pm

      Naum ❤️❤️❤️… It’s not stupid ???… V ufaavehje confused vumun clear kohladheyn buneema.. So… Iaan n Ashraa akee ehbandu ehbafaa dhekudhin… Naail n Minhaa akee cousins… Aloof n Eelaaf akee ehbandu ehbafaa dhekudhin… Iaan n Naail are best friends… Ashraa n Minhaa are also best friends… Dhen these four are very close friends… Mibuny Iaan, Naail, Minhaa, Ashraa… Iaan n Naail are in grade 10… Minhaa n Ashraa are in grade 9… Aloof n Shaaif are best friends. Eelaaf n Shamhaa are best friends… Eelaaf, Shamhaa, Aloof, Shaaif, Minhaa n Ashraa are in grade 9… Hope clear vehje kamah… ???… If u have more doubt u are free to ask ??????…

  15. misha says:
    December 4, 2018 at 9:17 pm

    Story hama habeys.. its so beautiful… Eagerly waiting for next part… Love yuh ifoo..❤❤❤

  16. misha says:
    December 4, 2018 at 9:21 pm

    Well dhn ehenvyma eelaaf aa aloof aky twins tha?? they are in same class… So its a bit confusing…???

    1. Ifoo ifoo says:
      December 5, 2018 at 1:15 pm

      Misha ❤️❤️❤️… Thankyou so much dear ❤️❤️❤️???????????????… V v v ufaavehje ???… Yahh… They are twins ???… Mihaaru ifoo story ge plan ah kudhi kudhi badhaluthah genesfa hunnaanee… So eyge therein aloof n eelaaf twins ah hadhaafa e inee… Ethankolhu haamakuran hadhaan nethuny… Thankyou dear ahaaleema ???… Lots of love from me ??????❤️❤️❤️??????…

  17. Aish46Aish says:
    February 19, 2019 at 1:29 pm

    Varah reethi story so far??. Heevany own school life ge flasbacks libey hn. Keep up the good work ifoo and can’t wait to see what happens next. ? God bless.???

Comments are closed.

Next Episodeވިންދޭ ލޯބި ތީ އެދޭ 3←


All Right Reserved!