Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު….. 28

Ushaali Level 810 Stories100 Comments100 Stories500 Comments
February 28, 2019 9 Mins Read
13 Comments

27 ވަނަ ބައިގެ ތެރެއިން…..

“ކުއްތާ މަރެއްވެސް ނުވިއެއްނު. މަގޭ ދަރިންކޮޅާއި މަ ބޭޒާރުކުރަން އަންނަނީ ވިއްޔާ. ލާހިކެއްނޫން މާލޭ ފަސްގަނޑުގަ ފައިޖައްސަން” މާއިރާ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އޭނާ ނިންމީ ރާއްޖެ އައުމުގެ ކުރިން ހާރޫންގެ ދުވަސް ދުއްވާލާށެވެ. އޭނާގެ އޯޑަރަށް މީހަކު މަރާލުމަށް މަސައްކަތްކުރި މީހަކު މިހާރުވެސް ހުރީ އޭނާގެ ކޯލެއްގެ އިންތިޒާރުގައެވެ.

***************************************

މާއިރާ ދިން ހަބަރެއްގެ ސަބަބުން އާކިންއާއި ޒާކިން ރޭގަނޑުގެ ކެއުން މަތިންވެސް ފޫހިވިއެވެ. ހާރޫން އެނބުރި އައުމަކީ އެމީހުން އެއްގޮތަކަށްވެސް އެދޭކަމެއް ނޫނެވެ. ކައިރީގައި ތިބި ދެކުދިން ދެރަވެ ކަރު އެލުވާލައިގެން ތިބި މަންޒަރު ފެނުމުން އޭނާގެ ހިތުގައި ރިއްސަން ފެށީ އެއެއް މިއެއް ބަލާފައެއްނޫނެވެ. އޭނާ މުޅި ދިރިއުޅުން ޤުރުބާން އެކުރަނީ އެދަރިންނަށްޓަކައެވެ.

“ބަލަ އަދި ތިގޮތަށް މާޔޫސްވާކަށް ނުވެއެއްނު. އަހަރެންގެ އެތެރެހަށީގައި ފުރާނަ ހުރިހާ ހިނދެއްގައި ދަރިފުޅުމެންނަށް ދެރަގޮތެއް ވާކަށް ނުކެރޭނެ” މާއިރާ އޭނާގެ ދެ ފިރިހެން ދަރިންނަށް ޔަޤީންކަން ދިނެވެ.

“އަހަރެން ބުނެގެން ޝާއިރާ އެކްސިޑެންޓް ކޮށްލި ޑާކޫ އަދިވެސް ހުރީ އަހަރެންގެ ކޯލުގެ އިންތިޒާރުގަ. އަހަރެން ބުނެފިއްޔާ ހާރޫންގެ ވަސް ފުހެލަން އެއްވެސް ކަމަކަށް ނުވާނެ. ބޭނުންވަނީ ފައިސާ” މާއިރާ ބުނެލިއެވެ.

“އެކަމާއި މަންމަ އުޅެބަލަ. ފައިސާގެ ހުރިހާކަމެއް އަހަރެން ހަމަޖައްސާނަން” އާކިން ބުނެލިއެވެ.

“އަހަރެންގެ ފަރާތުން ކުރަންޖެހޭ ހުރިހާކަމެއް އަހަރެން ކުރާނަން. ކަލޭމެން ތިންކުދިން ވެގެން ބަލާ ޔާނާ ހޭއަރުވާލެވޭތޯ” މާއިރާ އެންގިއެވެ.

**********************************

މާއިރާއަށް ހޭލެވުނީ ކަރުހިއްކައި ގަނެގެންނެވެ. އޭނާ ކޮޓަރިން ހުސްޖަގު ހިފައިގެން ނިކުތީ ބަދިގެއަށް ފެންބަލާ ދިޔުމަށެވެ. ޔަނާލްގެ ކޮޓަރިއާއި އަރާ ހަމަވިތަނާ އެކޮޓަރިން ނިކުތް ފައިޒަން ފެނި އޭނާގެ ނިތަށް ރޫ އަރައިގެން ދިޔައެވެ. މާއިރާ ގަޑި ބަލާލިއިރު ދޭއް ޖަހަން ގާތްވެއްޖެއެވެ. ފައިޒަން ދިޔައީ މާއިރާއަށް ބުމަ އަރުވާލާފައެވެ.

“ކައިވެނިނުކޮށް ވަރަށް ރީތި ގޮތަކަށް އެއުޅެނީ” މާއިރާ ކުދި ކިޔާލިއެވެ. އޭނާ ފެންޖަގު ހިފައިގެން ކޮޓަރިއަށް ވަތް ވަގުތު ފައިޒަން ލެޕްޓޮޕް ހިފައިގެން އަލުން ޔަނާލްގެ ކޮޓަރިއަށް ވަތްތަން ފެނުނެވެ.

“ވަރަށް ފޫހިވޭ. މަގޭ ދަރިން ގޮތަކަށް އުޅެފިއްޔާ މި ކުލްޝޫމްގެ ލޮލުގައި އަޅާނެ. އޭނަގެ ދަރި މި ދަންވަރު އަންހެނެއް ކައިރިއަށް ވަދެ ޤުރުޢާން ކިޔަވަން ވިއްޔާ އެ އިންނަނީ….”  ފެންޖަގު ބަހައްޓާފައި އެނދަށް އެރަމުން ކުދި ކިޔަމުން ދިޔައެވެ. އޭނާ ފޯނު ރިންގްވާންފެށީ ވާހަކަފޮތެއް ހިފައިގެން އެނދަށް އެރި ވަގުތުގައެވެ. ފޯނުގެ ޑިސްޕްލޭއަށް އިން ނަން ފެނުމުން އޭނާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

“ގަމޭ! މިގަޑީގަ… އަނެއްކާ އަހަރެން މަތިން މިސްވީ ކަންނޭނގެ….. މައި ސްވީޓްހާރޓް….”  މާއިރާ ހިތާހިތުން ކިޔާލިއެވެ. އޭނާ ފޯނު ނަގާ ކަންފަތުގައި ޖައްސާލިއެވެ. ގާސިމަކީ މާއިރާއަށް ފަހަކަށް އައިސް ގުޅައިގެން ލޯބީގެ އެތައް ވާހަކައެއްދައްކާ އޭނާއަށް ވުރެ އުމުރުން އެތައް ތަނެއް ހަގު ފިރިހެން ކުއްޖެކެވެ.

“ހާދަ ލޯބި އަޑެކޭ…. ” ވަގުތުން މާއިރާގެ މޫނުމަތީގައި ލަދުވެތިކަން ވަށާލިއެވެ. އޭނާގެ ސިކުނޑީގެ އެނބުރެމުންދިޔަ ފައިޒަންއާއި ޔަނާލްގެ ފިކުރުތައް ފިލައިގެން ދިޔައެވެ.

“ގަމޭ ކަމަކުތަ؟” މާއިރާ އަހާލިއެވެ.

“ވަރަށްބޮޑު. ކޮށްދޭނަންތަ؟….” ގާސިމް އަހާލިއެވެ.

“ދެން އިނގެއެއްނު ގަމޭ ބުނެފިއްޔާ މާއި ނުކޮށްދޭނެކަމެއް ނޯންނާނެކަން” މާއިރާ ރަކި އަޑަކުން ބުނެލިއެވެ.

“ބޭނުމީ ހަގް ކޮށްލަން. މާއި ފޮޓޯ ފޮނުވިފަހުން ބައްދަލުކުރާހިތްވަނީ. އަޅެ ދަންތަ” ގާސިމް ވާހަކަދެއްކިއެވެ.

“ޔެސް. މިގަޑި މިއީ ރަނގަޅު ގަޑިއެކޭދޯ. އަވަހަށް އާދޭ. އެންމެން ތިބީ ނިދާފައި” ފޯނު ބާއްވާފައި މާއިރާ ކޮޓަރީގެ ދެކޮޅަށް ހިނގަންފެށީ ގާސިމް އަންނާނެ ވަގުތަކަށް އިންތިޒާރު ކުރަމުންނެވެ. އޭނާ ފާހާނާއަށް ވަދެ ލައިގެން ހުރި ހެދުން ބަދަލުކޮށް ތަންކޮޅެއް ތުނި ނައިޓީއެއް ލިއެވެ. ކަކުލާއި ހަމައަށް އަންނަ އެނައިޓީގައި އޭނާގެ ވަނާތައް ހުރީ ހާމައަށް ފެންނާށެވެ. ކޮޓަރިން ބޭރަށް އޭނާ ނިކުތީ މަތިން ޖެކެޓް ލައިގެންނެވެ.

**************************************

ސިއްރު ފިޔަވަޅުތަކެއް އަޅަމުން މާއިރާ ސިޓިންގްރޫމް ދޮރުހުޅުވާފައި ގާސިމް އެތެރެއަށް ވެއްދިއެވެ. މީހަކަށް ފެނިދާނެތީ ބަހެއް ނުކިޔާ ގާސިމްގެ އަތުގައި ހިފައިގެން އޭނާގެ ކޮޓަރިއަށް ވަދެ ދޮރުލައްޕާ ތަޅުލިއެވެ. ގާސިމް ބަލަން ހުރިގޮތުން މާއިރާ ލަދުގަތެވެ.

“ވާއު…. ސެކްސީ….ފޮޓޯއިން ފެނުނު ވަރަށް ވުރެ މާ ރީތި. ތި ޖެކެޓް ބާލަބަލަ. މިއީ ދުރުމީހެއް ނޫނެއްނު” މާއިރާގެ ޖެކެޓްގެ ކޮނޑުގައި އެއްފަރާތުގައި ހިފަމުން ގާސިމް ވާހަކަދެއްކިއެވެ.

“ތެންކިޔު… އިށީންނަންވީނުން” އެނދު ދައްކާލަމުން މާއިރާ ބުނެލިއެވެ.

“ވަރަށް ހިތްގައިމު ވަގުތެއްދޯ…. މިގަޑީގަ މީހަކު ނާންނާނެތަ މިކޮޓަރިއަށް. އާދެބަލަ މަގޭ އުނގަށް” މާއިރާއާއި ދާދި ގާތުގައި އިށީންނަމުން ގާސިމް ބުނެލިއެވެ. އެނދުގައި އިށީނދެ ހަމަޖެހިލަމުން ގާސިމް ބުނެލިއެވެ.

“ސާބަސް ގަމޭއަށް. މީ ދަންވަރު. މިގަޑީގަ އެންމެން ތިބީ ނިދާފައި…އެހެންނޫނަސް އެއްވެސް ކަމެއްގަ މިކޮޓަރިއަށް އަންނާނެ މީހަކު ނުހުންނާނެ” މާއިރާ ބުނެލިއެވެ.

“ސީރިޔަސްކޮށް ވާހަކައެއް ބުނަންތަ؟ މާއި ހިއެއްނުވޭ ބަލާލަފަ ބޮޑެތި ކުދިންތަކެއްގެ މަންމައެއްހެން. މަށަށް މާއި ހަމަ ޕަރފެކްޓް” މާއިރާގެ އަތްތިލައިގާ ބޮސްދެމުން ގާސިމް ވާހަކަދެއްކިއެވެ.

“އަސްލުވެސްތަ. ވަރަށް އުފާވެއްޖެ” ގާސިމްގެ މޫނަށް ބަލާލަމުން މާއިރާ ބުނެލިއެވެ.

“މިރޭ މާއިއާއި ދުރުގައި ހުންނަހިތެއްނުވޭ…. އަހަރެން މާއި ވަރަށް ބޭނުން. ޙާއްސަކޮށް މާއި މިރޭ ވަރަށް ތަފާތު…..” މާއިރާގެ ހަށިގަނޑުގައި ބައްދާލަމުން ގާސިމް ވާހަކަދެއްކިއެވެ.

“ގަމޭ ހާދަ ރީއްޗޭ… ކީއްވެތަ މެރީނުކޮށް ތިހުންނަނީ….” މާއިރާ އަހާލިއެވެ.

“އެއީ މާއި ކަހަލަ ކަމުދާ ކުއްޖަކު އަދި ނުފެންނާތީ…. މިހާރު ލިބިފައި މިއޮތީ….” އެއް އަތުން ބެޑްލައިޓް އަލި ފަނޑުކޮށްލަމުން އޭނާ މާއިރާއާއި އިތުރަށް ގާތްވެލިއެވެ.

ފަތިސްވުމާއި ހަމައަށް އޭނާ ހިތްއުފާ ކުރުމުގައި ގާސިމް ކޮޓަރީގައި ބޭއްވިއެވެ. ގާސިމް އެގެއިން ދިޔައީ މާއިރާ ބުނި ވަރަކަށް ފައިސާ ދީފައެވެ.

“ފައިސާ ދެންޏާ ތިއީ އުމުރުން ކިތަންމެ ހަގު ކުއްޖެއް ނަމަވެސް ބުނި ކަމެއް  ކޮށްދޭނަން. މިހާރު ހުރިހާވެސް އެއްޗަކީ ފައިސާ.” ގާސިމް ދިން ފަސް ސަތޭކައިގެ ހަ ގަނޑުން މޫނުގައި ފިރުމާލަމުން އޭނާ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ.

***********************************

ހެނދުނު ވެހެން ފެށި ވާރޭ އަދިވެސް ހުއްޓާނުލައެވެ. މުޅި ރާއްޖެއަށް ވަނީ ޔެލޯ އެލަރޓް ނެރެފައެވެ. ގޭގައި ހުރިހާ މީހުން ހަމަޔަށް ތިބިއިރު ކޮންމެ މީހަކުވެސް ތިބީ އެމީހެއްގެ ކޮޓަރީގައެވެ. ވަގުތަކީ ދުވަހުގެ މެންދުރު ވަގުތެވެ. މެންދުރުގެ ކެއުން ނިންމާލާފައި އައިސް ކޮޓަރިއަށް ވަތްގޮތަށް ޔަނާލް އުޅުނީ ކޮޓަރީގައެވެ. ބްރިކްސްތަކެއް ހިފައިގެން ކުޅުމުގައި ޔާޒް އުޅުނެވެ. ޔަނާލް އިނީ އެނދުގައި ލެޕްޓޮޕުން އިންޓަރނެޓަށް ވަދެ ސައިޓްތަކުން ވާހަކަ ކިޔުމުގައެވެ. އޭނާ އެންމެ ގަޔާވާ ވާހަގަ ‘ފަސްޓް ލޭޑީ’ ނުކިޔާތާ ގިނަ ދުވަސްވެގެން މިއަދު ނުކިއި ހުރިހާ ބައެއް ނިންމާލަން އޭނާ ހުރީ ނިންމައިގެންނެވެ.

“ސާބަސް ތިއީ ދޯ ކަމަކީ…” ކޮޓަރިއަށް ވަތް ފައިޒަން ބުނެލިއެވެ.

“ތަޅުލައްޗެ…” އެނދުގައި އިން ޔަނާލް ބުނެލިއެވެ. ކޮޓަރިއަށް އެހެން މީހަކު ވަންނާކަށް އޭނާ ބޭނުމެއްނުވެއެވެ.

“ނެތްތަ ހަބަރެއް…މިބުނީ އަހަރެމެންގެ ދުޝްމިނުންގެ ވާހަކަ” ތިރީގައި ކުޅެން އިން ޔާޒްއާއި ސަމާސާ ކޮށްލަމުން ފައިޒަން އަހާލިއެވެ. ނަމަވެސް ވާހަކައަށް ގޮސް ހުސްވެފައި އިން ޔަނާލަށް ރޭކާނުލިއެވެ.

“މިހާރު ހިތަށް އަރާ ލެޕް ނުދެވުނު ނަމައޭ….” ތަންކޮޅެއް ބާރަށް ފައިޒަން ބުނެލިއެވެ.

“ހެހެހެ…. ވަރަށް އިންޓްރެސްޓިންގް ހިސާބެއްގަ މިއުޅެނީ…..” ހީލަމުން ޔަނާލް ބުނެލިއެވެ.

“ދެން ނިމުނީ. ދެން މިރޭ ކިޔާނީ…. ދެން މަ މިތާ އިންނަންވީ ފޫހިވެފަ” ލެޕްޓޮޕް ލައްޕާލަމުން ފައިޒަން ބުނެލިއެވެ.

“އޯކޭ ބެއްވީ…. ބޭރަށް ދާން އުޅުނީ ޔާޒް ގޮވައިގެން. އެކަމު ވިއްސާރަވީމަ ޕްލޭން ކެންސަލް….” ޔަނާލް ބުނެލިއެވެ.

“ނާއްތަ ގުޅި. ބުނީ ނާއްތަގެ ދޮންބެއާއި ފަހަރި އައިއްސިޔޯ. ރަށަށް ދާން ބޭނުންވެގެން އުޅެނީ…” ޔަނާލް ވާހަކަދެއްކިއެވެ.

“ދެން ނަނާ ބުނީ ކީކޭ….؟” ފައިޒަން އަހާލިއެވެ.

“ބުނިން އަދި މަޑުކޮށްލަދޭށޭ. މިކަންތައް ނިމިގެންދާތަން ބަލަން މަޑުކޮށްދޭށޭ” ޔަނާލް ބުނެލިއެވެ.

“ތިހެން ބުނަން މަވެސް އުޅުނީ. އެމީހުންނަށް އަންގަން މަ ބޭނުން ނަނާއަށް އެހީވީ ކޮންކޮން ބައެއްކަން” ފައިޒަން ބުނެލިއެވެ.

“ނާއްތަ އަދިވެސް ނާއްތަ ދޮންބެ ކައިރީގައި ނުބުނޭ ޑިވޯސްވި ވާހަކަ… އެހެންނޫނަމަ މިހާރު ނާއްތަ މިތަނުން ގެންދާނެތާ ކޮންދުވަހެއް” ޔަނާލް ވާހަކަދެއްކިއެވެ.

“ކޮންމެ ކަމެއްވެސް ވާނީ ރަނގަޅަކަށް” ފައިޒަން ބުނެލިއެވެ.

***************************************

ގާސިމަށް ފޯނު ގުޅައިގެން ވާހަކަ ދައްކަން އޮތް މާއިރާ ފޯނަށް ބަލާލީ އެފޯނަށް ފޯނެއް އަންނަކަން އެނގުމުންނެވެ. އޭނާ ބަލާލިއިރު އެއީ ބޭރު ނަންބަރެކެވެ. އެ ކޯލް ކަނޑާލުމަށްފަހު އޭނާ އަންނަމުން ދިޔަ ކޯލަށް ޖަވާބުދިނެވެ.

“މަންމާ….”

“އެއީ ރާކިންގެ އަޑުކަން އެނގުމާއެކު މާއިރާ އުޅުނީ ފޯނު ކަނޑާލާށެވެ.

“ޕްލީޒް މަންމާ ފޯން ކަނޑާނުލައްޗޭ…..” ރާކިން ބުނެލި އަޑު އިވުނެވެ.

“އަހަރެން ރާކިން ކިޔާ ދަރިއަކު ނުވިހަން. އެނަން ކިޔާ ދަރިއަކު ނުހުންނާ މަގޭ” މާއިރާ ބުނެލިއެވެ.

“ރުޅިނާދެބަލަ މަންމާ… އަޅުގަނޑު މިތަނަށް އައިފަހުން ހަތް މަހަށް ވުރެ ގިނަ ދުވަސް ވިއިރުވެސް މަންމަ އަޅުގަނޑާއި ރީތިކޮށް ވާހަކަނުދައްކާ. ކީއްވެތަ މަންމާ؟؟؟.. މަންމަ އެންމެ ފަހަރަކުވެސް ގުޅާވެސްނުލާ” ރާކިން ޝަކުވާކޮށްލިއެވެ.

“މަށަކީ އަމާ ނޫންކަމަށް ހަދާފައެއް ނޫންތަ ރާކިން އެ ޝިފާ ގޮވައިގެން ދިޔައީ. ތިއީ މަގޭ ބަސް ގަބޫލުނުކުރާ ދަރިއެއް” މާއިރާ ކިޔާލިއެވެ.

“އަޅުގަނޑަށް ކުށެއް ކުރެވުނިއްޔާ މަޢާފްކުރައްޗޭ މަންމާ. މިވަގުތު އަޅުގަނޑު މަންމައަށް މިގުޅީ ވަރަށް އުފާވެރި ދެ ހަބަރެއް ދޭންވެގެން” ރާކިން ޖޯޝާއެކު ބުނެލިއެވެ.

“ރާކިންއަށް މަށަކަށް އުފާވެރި ހަބަރެއް ނުދެވޭނެ. މަށަށް އުފާވާ ކަމެއް ކޮށްދެންޏާ މަ މިކުރާ ކަންތަކުގެ އެއްކޮޅުގަ ހިފަން މިތަނަށް އާދޭ” މާއިރާ ބުނެލިއެވެ.

“އަޅުގަނޑު މިއައީ އެއްކޮށް މިތާ ހުންނާކަށް ނޫނޭ މަންމާ. ދާނަން އަދި” ރާކިން ބުނެލިއެވެ.

“ކޮބާތަ އުފާވެރި ހަބަރަކީ” ހިތްހަމަނުޖެހިފައި ހުއްޓަސް ރާކިން ދޭން އެއުޅޭ ހަބަރެއް އޭނާ އަހާހިތްވިއެވެ.

“މަންމަ މާމައަކަށް ވެއްޖެ. ދާދި ދެންމެއަކު. ފިރިހެން ކުއްޖެއް. ދެމައިންގެ ހާލުވެސް ރަނގަޅު” ޖޯޝާއެކު ރާކިން ބުނެލިއެވެ.

މާއިރާއަށް ހީލެވުނެވެ. މޫނުމަތިން ނުދައްކަން އުޅުނަސް އޭނާއަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބުނެވެ. ނަމަވެސް އެކަން އޭނާ ރާކިންއަށް ހާމަކުރާކަށް ބޭނުމެއްނުވިއެވެ.

“ދެން އެނިމުނީނު. އެކުއްޖާ ބޮޑުކުރޭ… މަށަށް ދައްކާލަން ހިތަށްވެސް ނާރުވާތި. ރާކިންގެ މީހެއްވިއްޔާ ތިގައުމުގަ ރާކިންއާއެކު އުޅެނީ. މަށަކީ އެއްވެސް މީހެއް ނޫން” މާއިރާ ޝަކުވާކޮށްލިއެވެ.

“މަންމަ ކައިރިއަށް ގެންދާނަން. ދެން އަނެއް ހަބަރަކީ ކޮބާތޯ ނުބަލާނަންތަ” ރާކިން ވާހަކަދެއްކިއެވެ.

“ހޫން…ބުނެބަލަ….” މާއިރާ ބުނެލިއެވެ.

“ޝިފާ ބައްޕަމެންގެ ކޮމްޕެނީ އިން އަޅުގަނޑުގެ ވަޒީފާ ދާއިމީވެއްޖެ. މުސާރަވެސް ވަރަށް ރަނގަޅު. އަޅުގަނޑަށް މިހާރު ޝިފާއާއި ކުޑަމީހާ ގޮވައިގެން އެކަނި ދިރިއުޅެވޭނެ. އަޅުގަނޑު ބޭނުމީ މަންމަ ގެންނަން” ރާކިން ވާހަކަދެއްކިއެވެ.

“އަހަރެން ނުދާނަން. ގެންދަން ނަހަދާތި. ރާކިން ތިތާ މަޖާނަގަން ހުރޭ. ދެން މަށަށް ގުޅަންޖެހޭނީ ޝިފާ ވަރިކޮށްފައި ދަރިފުޅު އަތުލާފައި” ރާކިންއަށް އެއްޗެއް ނުބުނެވެނީސް މާއިރާ ފޯން ކަނޑާލިއެވެ. އޭނާ ހަމަޖެހުމުގެ ނޭވައެއް ލަމުން އެނދުގައި އިށީނެވެ.

“އެއްވެސް މީހަކު އަތުން ލާރިއެއް މިހާރު އަހަރެން ބޭނުމެއްނޫން. އަހަރެން ބޭނުންވާ ވަރަށް މިހާރު ރުފިޔާ ލިބޭ. ބަލާތި އެ ހާރޫން އަންނަންވާއިރަށް އަހަރެން މުއްސަންޖަކަށް ވާނަން” މާއިރާ އޭނާގެ އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ.

********************************

ހުރިހާ މީހުން އެއްކޮށްލާފައި ކުލްޝޫމް ދިން ހަބަރަކުން މާއިރާ ޝޮކަކަށް ދިޔައެވެ. ފައިޒަންގެ ކައިވެނި ޔާނާލާއި ކުރުވުން އެއީ އޭނާ އެއްގޮތަކަށްވެސް އެދޭ ކަމެއް ނޫނެވެ.

“ކުލްޝޫމް ރަނގަޅަށް ވިސްނާފައި ކުރާ ކަމެއްތަ ތީ” މާއިރާ އެންމެފަހުން ނީނދެވިގެން އަހާލައިފިއެވެ.

“އާނ. ފައިޒަން ވަރަށް ލޯބިވޭ ޔާނާދެކެ. އަދި ޔާނާވެސް. ދެން ކޮބާ ދެކުދިން ދުރުގައި ބޭއްތިއްބުމުގެ ބޭނުމެއް” ކުލްޝޫމް ހަމަޖެހިލަމުން ބުނެލިއެވެ.

“ކުލައްތައަށް ހަމަ ރަނގަޅަށް އިނގޭނެ އެ ޔާނާއަކީ ކިހާވަރެއްގެ މީހެއްކަން. ދެން ކީއްވެ އެކަހަލަ މީހަކާ ފައި ކައިވެނި ކުރުވަން ތިއުޅެނީ” އާކިން ވާހަކަދެއްކިއެވެ.

“އާކިން އެވާހަކަތައް ދެއްކީމަ އަހަރެން ވަރަށް ރަނގަޅަށް ޔާނާއަކީ ކޮންކަހަލަ ކުއްޖެއްތޯ ބަލައިފިން. އެއީ ރަނގަޅު އާއިލާއަކުން އައިސް ހުރި ރަނގަޅު ކުއްޖެއް. އާކިންއަށް ހީވީ ގޯސްކޮށް” ކުލްޝޫމް ބުނެލިއެވެ.

“އެމީހެއްގެ ދަރިއެއް އިންނާނެ މީހަކު އެމީހަކަށް އިނގޭނީ. އަޅާނުލާ…. އޭގެ ހިތި ފަހުން ފެންނާނެ” މާއިރާ ބުނެލިއެވެ. އޭނާއަށް އިނގޭ އެއްޗަކީ އެކައިވެންޏާއި އޭނާ ރުހުނަސް އަދި ނުރުހުނަސް ކުރެވޭނެކަމެވެ.

***************************************

ކުއްލިއަކަށް ކުލްޝޫމް ކައިވެނީގެ ވާހަކަދެއްކުމުން ޔަނާލް ހުއްޓުން އެރިއެވެ. އޭނާއަށް ފައިޒަންދެކެ ލޯބިވެވޭކަމެއް ވެސް ނުވެވޭ ކަމެއްވެސް ނޭނގެއެވެ. ކައިވެންޏެއް ކުރާއިރު ދެފަރާތުން އެކަކު އަނެކަކުދެކެ ވެވޭ ލޯތްބަކީ އެންމެ މުހިންމު އެއް ކަންތަކެވެ. ކައިވެނި ކޮށްގެން އަންބެއްގެ ފަރާތުން ދޭންވާ ހުރިހާ ލޯތްބަކާއި އަރާމާއި އުފާ ފައިޒަންއަށް އޭނާގެ ފަރާތުން ލިބިދާނެ ކަމާމެދު އޭނާއަށް ޝައްކެވެ. އޭނާ ހިތަކުން ޔަޒްދާންގެ ތަސްވީރު އަދި ފިލާނުދެއެވެ. އޭނާ ދިރިއުޅުމުގެ އެހެން ކަމަކާއި ވިސްނާނީ ޔަޒްދާނަށް އިންސާފު ލިބުމަށް ފަހުގައެވެ. ކުލްޝޫމް ކައިވެންޏަށް އެދުމުން ދެކޮޅު ހަދަންވެސް އޭނާއަށް ނުކެރުނެވެ.

“މީގަ އޮތީ ދަރިފުޅު ބޭނުންގޮތެއް. ފައިޒަން ދަރިފުޅުދެކެ ވަރަށް ލޯބިވޭ. އެހެން މީހެއްގެ އަންބަކަށް ދަރިފުޅު ވާކަށް މަންމަ ބޭނުމެއްނޫން. މަންމަ މިހެން ބުންޏަސް ގޮތް ނިންމާނީ ދަރިފުޅު. ދަރިފުޅުގެ ދިރިއުޅުން” އެނދުގައި އިން ޔަނާލްގެ އަތުގައި ހިފާލަމުން ކުލްޝޫމް ވާހަކަދެއްކިއެވެ. ވަކި އެއްޗެއް ނުބުނެ ޔަނާލް ބަލާލީ ދުރުގައި ހުރި ފައިޒަންއަށެވެ. ޔަނާލްގެ ދެލޮލުގައި ވަނީ ކީކޭ ކަން އިހުސާސް ވުމާއެކު ފައިޒަން އައިސް އިށީނީ ޔަނާލްގެ ކުރިމަތީގައި ޓައިލްސް މަތީގައެވެ. ޔަނާލްގެ ދެއަތްތިލަ އޭނާގެ އަތްތެރެއަށް ލުމަށްފަހު ވަރަށް ފުން ނަޒަރަކުން އޭނާ ޔަނާލަށް ބަލާލިއެވެ.

“މަންމާ! އަޅުގަނޑު މަންމައަށް ވަރަށް އިހުތިރާމް ކުރަން. މިދުނިޔޭގަ އަޅުގަނޑު ހެޔޮއެދޭ މީހުން ވަރަށް މަދު. އެމަދު މީހުންކޮޅުގެ ތެރެއިން އެކަކު މަންމަ ތީ. އަޅުގަނޑަށް އިނގޭ ފައިޒަން އަޅުގަނޑު ދެކެ ވަރަށް ލޯބިވާކަން. އެކަން އަޅުގަނޑަށް އިނގުނީ ވަރަށް ފަހުން ފައިޒަން ބުނީމަ. އަޅުގަނޑުގެ ހަޔާތަށް ފިރިހެނަކު ގެންނަނަމަ ގެންނާނީ ފައިޒަން. މިއީ މަންމައަށް އަޅުގަނޑު ވާ ވައުދެއް…. އެކަމަކު މަންމަ ކައިރީގައި އެއްވެސް ވާހަކައެއް އޮޅުވާލަން ބޭނުންނުވާތީ ތެދެއް ބުނެފާނަން. އަޅުގަނޑު އަދިވެސް އަދިވެސް ޔަޒްދާން ދެކެ ވަރަށް ވަރަށް ލޯބިވޭ. އެހަނދާންތައް ދުވަހަކުވެސް އަޅުގަނޑު ހިތުން ފިލާ ނުދާނެ. އެއީ އަޅުގަނޑުގެ ފުރަތަމަ ލޯބި. ޔާޒް ދުނިޔޭގައި ހުރިހާ ހިނދެއްގައި ޔަޒްދާން މަތިން އަޅުގަނޑު ހަނދާން ނައްތާނުލެވޭނެ. ކައިވެންޏަކާއި ހަމައަށް އަޅުގަނޑު ދާން ބޭނުންވަނީ ޔަޒްދާނަށް އިންސާފު ލިބުމަށްފަހު. މާއިރާއާއި އޭނާގެ ދަރިންނަށް ޙައްޤު އަދަބު ލިބުމަށްފަހު. އަދި އެންމެ މުހިންމު ކަމަކަށް އަޅުގަނޑު ކައިރީގައި އަޅުގަނޑުގެ ބައްޕައާއި ދެވަނަ ފަހަރަށް އަޅުގަނޑަށް ދުނިޔޭގައި އުޅެން ހިތްވަރުދިން މީހާ ބަހައްޓަން ބޭނުން. އެއީ ފައިޒަންއާއި އަޅުގަނޑު ކުރާނެ ކައިވެންޏަކީ ﷲ ގެ ހެޔޮ ރަޙްމަތްފުޅާއެކު އަޅުގަނޑު ކުރާނެ އެންމެފަހުގެ ކައިވެންޏަށް ހަދަން ބޭނުންވާތީ……” ފައިޒަން ވާހަކަދައްކަމުން ދިޔައިރު ޔަނާލް ކަޅިޖަހާވެސް ނުލާ ފައިޒަންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އޭނާގެ ސިކުޑީގައި އެނބުރެމުންދިޔަ ހުރިހާ ވާހަކައެއް އެ ސިކުންތުކޮޅުގެ ތެރޭގައި ފައިޒަން ދައްކައިފިއެވެ. އޭނާގެ ދެލޮލުން ފޭބި ކަރުނަތައް ލޯތްބާއެކު ފައިޒަން ފޮހެދިނެވެ. އެއާއެކު އޭނާގެ އިހުސާސްތައް ނުހިފެހެއްޓި ފައިޒަންގެ ކަރުގައި ދެއަތް އަޅުވާލާފައި ރޮއެގަތެވެ.

“މަންމަ ދުޢާކުރާނަން. ތިދެކުދިންނަށްޓަކައި. މާތްﷲ ތިދެކުދިންނަށް ހެޔޮ ރަޙްމަތްލައްވާށި…އާމީން….” ޔަނާލާއި ފައިޒަންގެ އިސްތަށިގަނޑުގައި ފިރުމާލަމުން ކުލްޝޫމް ވާހަކަދެއްކިއެވެ.

**************************************

ހާރޫން އެނބުރި އަންނަން ހަފްތާއަކަށް ކުރުވިއިރުވެސް މާއިރާއަށް އެއްވެސް ކަމެއް ނުވިއެވެ. އޭނާގެ ކޯލަށް ރާއްޖެއިން ބޭރުގައި ހުރި މީހާ ޖަވާބެއް ނުދިނެވެ. އޭނާ ހަދާނެގޮތް ހުސްވިއެވެ. ކުލްޝޫމާއި ބައްދަލުކޮށް އޭނާ ހާރޫން އަންނަ ތާރީޚް އޮޅުންފިލުވިއެވެ.

“ހާދަ ވަރަކަށޭ ދޯ މިހާރު ހާރޫން ދެކޭހިތުން ތިއުޅެނީ…” ފާޑަކަށް ކުލްޝޫމް އަހާލިއެވެ. ބަދިގޭގައި ކެރެޓް ކޮށަން ކުލްޝޫމް އިންއިރު މާއިރާ އިނީ ކުލްޝޫމް ކައިރީގައި އެހެން ގޮނޑިއެއްގައެވެ. ދޭތެރެއަކުން ކުލްޗޫމް ކޮށަން އިން އެތިން ފޮއްޗެއް ނަގައިގެން ކާލައެވެ.

“އާނ… އެއީ މަގޭ އަލަތު ފިރިމީހާ. މިތިބަ ހުރިހާ ކުދިންގެ ބައްޕަ. އަހަރެންނަށް ލޮލުފިޔަވެސް ޖަހާނުލެވޭ ދެކޭހިތްވާވަރުން. ހާރޫން އައުމާއެކު އަހަރެން އޭނާގެ ކިބައިން މަޢާފަށް އެދޭނަން” މާއިރާ އެކްޓްކުރަން މޮޅީއެވެ. ނަމަވެސް އޭނާގެ ޑްރާމާތައް ކުލްޝޫމް ދެނެގަތެވެ. އޭނާގެ މޮޅު ބަސްތަކަށް ކުލްޝޫމް ނުހެއްލޭނެއެވެ.

“މާއިރާއަށް ވަރަށް ހިތާމަވެރި ހަބަރެއް އޮތީ” ކުލްޝޫމް ވާހަކަދެއްކިއެވެ.

“އެއީ؟؟؟ އަސްތާ އަނެއްކާ ކިހިނެއްވީ؟؟” މާއިރާގެ ހިތް ބިރުގަތެވެ. މިދުވަސްކޮޅު އޭނާއަށް ލިބެނީ މާ އުފާވެރި ހަބަރެއް ނޫނެވެ. އެހެންކަމުން އޭނާ އިނީ ޖެހިލުންވެފައެވެ.

“ހާރޫން އަދި ދެތިން މަހު އެކޮޅުގައި މަޑުކުރަންޖެހޭ. އޭނަވެސް ވަރަށް ދެރަވެފައި ހުރީ. ބޭސްފަރުވާ އެއްކޮށް އަދި ނުނިމޭ ކަމަށް ޑޮކްޓަރުން ބުނެފި” ކުލްޝޫމް ބުނެލިއެވެ. މާއިރާ ހިތަށް ލިބުނީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. އޭނާ ނަށައިގަންނަން ހިތަށް އެރިއެވެ. ނަމަވެސް އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން އޭނާ މަސައްކަތް ކުރިއެވެ.

“މާއިރާ ރޮނީތަ؟؟؟” ކުލްޝޫމް އަހާލިއެވެ.

“ރޮވޭނެއްނު. އަހަރެން ވަރަށް ހިތުގަޖެހިއްޖެ… އެކަމަކު އަހަރެން ކެތްތެރިވާނަން…” ލޮލުން އައި ކަރުނަތައް ފޮހެލަމުން މާއިރާ ބުނެލިއެވެ. ޙަޤީޤަތުގައި އެކަރުނައަކީ އޭނާގެ ލޮލުން ފޭބި އުފާވެރިކަމުގެ ކަރުނައެވެ. މިވަރުގެ އުފާވެރި ދުވަހެއް އޭނާއަށް ފަހުގެ ތާރީހެއްގައި އައިއްސައެއް ނެތެވެ.

“އަހަރެން މިދަނީ ނަމާދުކުރަން… ތިހަބަރު އާކުމެންނަށް ވެސް ދޭންޖެހޭނެ…..” މާއިރާ ތެދުވެގެން ކުރިއަށް ހިނގައިގަތެވެ. އޭނާ އެތަނުން ދާން ބޭނުންވާނެކަން މާކުރިންވެސް ކުލްޝޫމަށް އިނގެއެވެ.

“ތީ އަޅެ އިންސާނެއްތަ…؟ . އަހަރެން ހަމަ ގަސްތުގައި ކަލެއަށް އޮޅުވާލީ. ވަރަށް އަވަހަށް ހާރޫން އައިސް ކަލޭ ކުރިމަތީގައި ހުއްޓޭނެ. އޭރުން ގަޔާއެކު ދެވޭތަން ފެންނާނީ. އަހަރެން ކުޅިބަލަން ހުންނާނަން…….” މާއިރާ ދިޔަ ދިމާ ބަލަން ބަލަން އިނދެ ކުލްޝޫމް ބުނެލިއެވެ.

ކޮޓަރިއަށް ވަދެ ދޮރުފަތް ލައްޕާލުމާއެކު މާއިރާ ނަށަން ފެށިއެވެ. އޭނާއަށް އުޅެވޭ ނޫޅެވޭ ގޮތެއްވެސް ނޭނގެއެވެ.

“އަހަރެން ހަމަ ނަސީބު ރަނގަޅީ…. ދުވަހަކުވެސް މި ފަސްގަނޑުގައި އެ ނަޖިސްގަނޑު ފައި ޖައްސަން ޗާންސެއް ނުލިބުނިއްޔާ ރަނގަޅީ. ތިންމަސް……. އޯ މައި ގޯޑް…… ތިންމަސް ތެރޭގައި އަހަރެން ކަލޭ ބިމު އަޑީގައި ވަޅުނުލައިފިއްޔާ މަގޭ ނަމަކަށް މާއިރާ ނުކިޔާނެ….” އޭނާ އެނދުގައި އޮށޯވެ ލޯބިވެރިޔާއަށް ގުޅާލިއެވެ. އޭނާގެ ކްރައިމް ޕާރޓްނަރގެ މަގާމް ގާސިމް ވެސް ހޯދައިފިއެވެ.

********************************

ކޮޓަރި ތެރޭގައި ދެކޮޅަށް ހިނގަން ހުރި އިފްނާ މޫނުމަތި ހުރީ ބާރަޖަހާފައެވެ. އޭނާ އިންތިހާއަށް ހިތްހަމަނުޖެހިފައި ހުރީ އާކިންދެކެއެވެ. އޭނާ ހުރީ މިއިން ދުވަހަކު ރީތިނުވާ ވަރަށް ހެދިލައިގެންނެވެ.

“އާކު ދެރަވެފައި އިންނަންޏާ އަހަރެން ކިހިނެއް މިކަންތައް ކުރަނީ…” ކުޑަދޮރު ކައިރީގައި ހުރި އާކިންގެ ފުރަގަހުގައި ހުއްޓިލަމުން އިފްނާ ވާހަކަދެއްކިއެވެ.

“އަހަރެން އިފޫދެކެ ވަރަށް ލޯބިވޭ… އަހަރެން އިފޫ އެ ތަނަށް މިގެންދަނީ މިއަދަށް ކުއްޖަކު ހަމަނުޖެއްސުނީމަ” ދެރަވެ ކަރު އެލުވާލަމުން އާކިން ވާހަކަދެއްކިއެވެ.

“އައި ނޯ…. އެންޑް އައި ލަވް ޔޫ މޯރ… އަހަރެންވެސް މިއީ ހުރިހާ ޙިއްސެއް ސަލާމަތުންހުރި އަންހެނެއް. އަހަރެންވެސް ބޭނުންވާނެ ދޯ މިހާ ދުވަސްވާއިރު… އާކުއަށް އެ އުފަލެއް މަށަށް ހޯދައެއް ނުދެވުނެއްނު. އެންމެ ފުރަތަމަ އާކު އެބައްޔަށް ތަންކޮޅެއް ރަނގަޅު ބޭސްފަރުވާއެއް ކުރަން ހިނގާބަލަ ފުރަން” އިފްނާ އާކިންގެ ފުރަގަހުން ބައްދާލަމުން ވާހަކަދެއްކިއެވެ.

“އެކަމަށްޓަކައި ފައިސާ މިހޯދަނީ… ފުރޭވަރު ވުމާއެކު ފުރަންވީ. އަހަރެމެން ދެމީހުން އެކަނި” އާކިން ބުނެލިއެވެ.

“ދެން މަންމަޔޯ. އާކު ތީ މަންމަ ފަހަތުގަ އައްސައިގެން އުޅޭ މީހެއްނު… ވަރަށް ފޫހިވޭ. އަހަރެން އެއްޗެއް ނުބުނެ ހުންނަނީ އާކުއަށްޓަކައި…” އިފްނާ އަނގަ ހަދާލަމުން ބުނެލިއެވެ.

“އެއްވެސް މަންމައެއް ނޯންނާނެ. އަހަރެން ބޭނުމީ އިފޫ…. ހަނދާންކޮށް ކުޑަ އަގެއް ނުކިޔާތި. އެތަނަށް މިހާތަނަށް އިފޫއަށް ވުރެ ރީތި ކުއްޖަކު ނުދޭ… އެހެންވީމަ މިބުނީ….” އާކިން އިފްނާގެ ގައިގާ ބައްދާލަމުން ބުނެލިއެވެ.

“ޓްރަސްޓް މީ… އަހަރެން އަބަދުވެސް އެދެނީ އާކުއަށް…..” އިފްނާ ބުނެލިއެވެ. އޭނާ ކޮޓަރިން ނިކުންނަން ހިނގައިގަތެވެ.

“އޭތް… މަޑުކޮށްބަލަ….. އަހަރެން މަތިން ހަނދާންނައްތާނުލާތި….. އިފޫއަށް ކަމުނުދަންޏާ ކުރިއަށް ނުގެންދާތީ. އިފޫ ބޭރަށް ނިކުންނައިރު އަހަރެން ހުންނާނަން ކުރިމަތީގަ” އިފްނާގެ އަތުގައި ހިފާ ހުއްޓުވަމުން އާކިން ވާހަކަދެއްކިއެވެ.

“ކަމްއޯން ބޭބް…. ތީ އިފޫގެ މުޅި ދިރިއުޅުން…..” އިފްނާ ބުނެލިއެވެ.

**************************************

ބަދިގޭގައި ކޮފީ ގިރަން ހުރި ކުލްޝޫމްގެ ސިކުނޑީގައި ކައިވެނީގެ ވާހަކަ ދެކެވުނު ދުވަހު ފައިޒަން ދެއްކި ވާހަކަތައް ގުގުމަމުން ދިޔައެވެ. އޭނާ މިހުރިހާ ދުވަހު އައީ ވަރަށް ކެތްކުރަމުންނެވެ. މާއިރާއާއި އޭނާގެ ނުލަފާ ދަރިން ފެންނަ ކޮންމެފަހަރަކު އޭނާ ހުންނަނީ ވަރަށް ކެތްތެރިވެގެންނެވެ. އޭނާ ކުރަން ހުރި މަސައްކަތްތަކެއް ބަހައްޓާފައި ބަދިގެއިން ނިކުމެ ސިޑިން އަރައިގެން ދިޔައެވެ. އެއްޗެހި އިސްތިރިކުރަން ހުރި ޔަނާލް ސިހުނީ އަޑެއްވެސް އިއްވާނުލާ ކުރިމަތީގައި އައިސް ހުއްޓުނު ކުލްޝޫމް ފެނިފައެވެ.

“މަންމަ މިއައީ ދަރިފުޅު ގާތުން އެއްޗެއް އޮޅުން ފިލުވާން” ކުލްޝޫމް ބުނެލިއެވެ. ޔަނާލް އިސްތިރި ދޮންމަޑުކޮށް ސްވިޗް އޮފްކޮށްލާފައި ގޮސް ކޮޓަރި ދޮރުލައްޕާ ތަންޑު އެޅުވިއެވެ.

“ބުނޭ މަންމާ!” ޔަނާލް ބުނެލިއެވެ.

ކުލްޝޫމް އެދުނުގޮތަށް ޔަޒްދާންގެ މަރާއިބެހޭ ހުރިހާ ވާހަކައެއް އޭނާ ކުލްޝޫމަށް ކިޔާދިނެވެ. ކުލްޝޫމް ބާރު ހިނގުމުގައި ސިޑިން ފައިބައިގެން ބަދިގެއަށް ވަންނަން ދިޔައިރު ބޭރު ބަގީޗާ ކައިރީގައި ބަހައްޓާފައި ހުންނަ ޖޯލީގައި މާއިރާ ހެވިފައި ފޯނަށް ބަލަހައްޓައިގެން އިންދާ ފެނުނެވެ. އޭނާ ދިޔައީ މާއިރާއާއި ދިމާލަށެވެ. ފަހަތުން ޔަނާލް ދުވަމުން އައީ ކުލްޝޫމް ހުއްޓުވާށެވެ. ކާމިޔާބީގެ އެހާ ކައިރިއަށް އާދެވިފައި ވަނިކޮށް ހެދޭ އެންމެ ކުށެއްގެ ސަބަބުން ހުރިހާ ރޭވުމެއް ފެނަށްދާކަށް އޭނާ ބޭނުމެއްނުވެއެވެ.

“މާއިރާ!!!!” ކުލްޝޫމް އަޑަށް ބާރުލާފައި މާއިރާއަށް ގޮވާލިއެވެ. ސިހުނުވަރުން މާއިރާގެ އަތުން ފޯނު ދޫވިއެވެ. މާއިރާއަށް އެއްޗެއް ނުބުނެވިގެން އުޅެނިކޮށް ކުލްޝޫމް އަތްތިލައިގެ ހޫނު ހަމަލާ މާއިރާގެ ކަންފަތްފިލާ މައްޗަށް އަރައިގެން ދިޔައެވެ. ފަހަތުގައި ހުރި ޔަނާލަށް އަނގަމަތީގައި އަތް އެޅުނެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

އަހަރެން އެނބުރި އަންނާނަން! … (1 ވަނަ ބައި)

Next

ރީތި ސޫރައެކޭ

Next
March 1, 2019

ރީތި ސޫރައެކޭ

Previews
February 28, 2019

އަހަރެން އެނބުރި އަންނާނަން! … (1 ވަނަ ބައި)

13 Comments!

  1. Ushaali says:
    February 28, 2019 at 9:54 pm

    salaam all
    mi bai ves huriha kudhinnah kamudhaane kamah 🙂 heekuran

  2. sai says:
    February 28, 2019 at 10:06 pm

    Waiting for next..

  3. Sid says:
    February 28, 2019 at 10:14 pm

    Wow really nice. Waiting for the next part. Can you upload an episode in this weekend. This story is too good. Just can’t wait too long to read. ??

  4. yaaanaa says:
    February 28, 2019 at 10:15 pm

    v reethi mi part.. masha allah..???.. me fast dhww??

  5. yaaanaa says:
    February 28, 2019 at 10:17 pm

    ohh.. second dhww.. avahah aneh part up kohdhehche.. can’t wait…

  6. Vaahaka kiyaa kujja says:
    February 28, 2019 at 11:11 pm

    V v kamudhey. Alhe maadhan thankolheh avahah up kolhahchey. Me 1st dhw.. Yeyyyy

  7. Zee says:
    March 1, 2019 at 7:27 pm

    Dhn sundayga dho

  8. Alya says:
    March 1, 2019 at 10:06 pm

    Masha allah?❤. You are such a wonderful writer and so are your stories USHAALI❤.. May allah bless you dear

    But hithah araa mi story ah ehaa comments maduvany kyhve kameh.. mi view kura viewrs and readers please read and comment.. please tell you guys views about story, expectations, what you guys will think happen i next part and more. This will encourage and will help to improve ushaali’s writing..
    Ehen story’s thakah comments feney, varah kada koh varah kurukoh hunna storys ah ves feney ushaa ge story ah vure gina comments.. please this unfair dhw.. aslu varah dheravey ushaa mihaa reethi story’s genna iruves comments nuhunnaathy readers kohfa.
    I know their are some who dont comment at all.. but comment kura kudhin nukoh dhookohnulaaba..
    A huge fan of USHAALI ❤

    1. Ushaali says:
      March 2, 2019 at 9:43 am

      Thankyou so much Alya.. Comment kurumaky e kuhjjege amilla kameh nu dhw ?
      Ushaaly vr happy vey comment nukuriyas story kiyaalaathy. Noony vedhaane esfiya site ga ulhey readers thakaky ushaaly ge stories thakaa ehaa like nuvaa readers thakeh kamah. Noony ushaaly he mi story readers ehaa like nuvaa kamah ?
      Never mind ? its ok ✌️
      Comment libunas nulibunas story give upbeh nukuraanan. Insha allah ?
      And ushaaly ah support kuraa thikahala kuhjjeh hurikan engunyma vr vr happy vehjje ??
      Alhamdhulillah… Ummydhu kuran abadhuves thigothuga hunnaane kamah ? and thankyou so much ?

  9. rosy says:
    March 1, 2019 at 11:36 pm

    ushaaliii avas kobbala koba vaahaka… haadha reethi vaaahaka ekey…<3 lap hulhuvaafa bely vaahaka kobatho adhi nei up vefa ekamaku

  10. Niky says:
    March 2, 2019 at 12:42 am

    Kiyaahithun kehmadhu vefa plx avaha up kho dheeba

  11. Ushaali says:
    March 2, 2019 at 9:32 am

    Kiyuntheringe samaalu kamah.
    29 vana episode genesdheveynee sunday ga. Ushaaly story liyefa in prn drive thursday ga aadhevuny offyhuga baavvaafa. Ehen rashegga ulheythee nunegen adhi miulheny.
    Plz keep waiting readers ????❤️???

  12. Ushaali fane says:
    March 2, 2019 at 8:43 pm

    Im wating mi hithah aranee ey ushaalige dhineezaharu kobaibaavaey mi haadha intersying story ekey . Adhi mihaaruge hisaabu. Inshallah maadhamaa mivaahaka fennaane kamah alhugandu varah ummeedhu kuran

Comments are closed.

Next Episodeދިނީ ޒަހަރު… 29←


All Right Reserved!