Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަލޯބި

ދިނީ ޒަހަރު… 26

Ushaali Level 810 Stories100 Comments100 Stories500 Comments
February 26, 2019 8 Mins Read
19 Comments

25 ވަނަބައިގެ ތެރެއިން…

.”މަންމައަށް ކޯއްޗެއް އެނގިގެން ޔާނާއާއި މެދު ތިގޮތަށް ކަންތައް ތިކުރަނީ. މަންމަ ތިހީކުރާކަހަލަ ކުއްޖެއް ނޫނޭ ޔާނާއަކީ” ކުލްޝޫމްގެ އަމުރަށް ކިޔަމަންވެގެން އެއްޗެއް ނުބުނެ ހުންނަން ފައިޒަން ވަރަށް މަސައްކަތްކުރިއެވެ. ނަމަވެސް ކަންތައްތައް ގޯހުން ގޯހަށް ދާން ފެށުމުން އޭނާއަށް ކެތެއްނުވިއެވެ. ކުލްޝޫމް ކުރިމަތިން ހުރަސްކޮށްފައި ގޮސް އޭނާ ހުއްޓުނީ ރޮމުން ދިޔަ ޔަނާލް ކުރިމަތީގައެވެ.

“ޕްލީޒް…. ނޮޓް އަގެއިން…. އައިމް ސޮރީ….. އައި ހޭވް ޓު ޑޫ ދިސް. މަންމައަށް ހުރިހާ އެއްޗެއް ކިޔާދޭންވީ ވަގުތު އައިސް މިޖެހުނީ” ފައިޒަން ބުނެލިއެވެ. ޔަނާލް އިސްއުފުލާ ފައިޒަންއަށް ބަލާލިއެވެ.

*******************************

“އަހަރެން ހަމަ ހައިރާންވޭ ފައިޒަން ތިއުޅޭ ގޮތުން. ފައިއަށް މުހިންމުވީ ތި އަންހެނާތަ ނޫނީ މަންމަތަ؟” ކުލްޝޫމް ހިތްހަމަނުޖެހުނެވެ.

“މަންމައަށް ހަމަ ރަނގަޅަށް އިނގޭނެ އަޅުގަނޑަށް މުހިންމު ވާނީ މަންމަކަން. ހަމަ އެގޮތަށް އަޅުގަނޑަށް މިއަންހެންކުއްޖާވެސް މުހިންމު. އަޅުގަނޑު މިއަންހެންކުއްޖާ ދެކެ އަމިއްލަ ނަފްސަށް ވުރެ ވެސް ބޮޑަށް ލޯބިވަން. ކުރިންވެސް. އަދި މިހާރު މާބޮޑަށް. އެހެންވީމަ އަޅުގަނޑު މަންމަ ކައިރީގައި މިކިޔަނީ ޔާނާއާއި ބެހޭގޮތުން މަންމައަށް ލިބިފައި ތިވަނީ ރަނގަޅު މަޢުލޫމާތެއް ނޫނޭ” ފައިޒަން ބުނެލިއެވެ. ކުލްޝޫމަގެ ދެލޯ ފުރިގެން އައީ އޭނާގެ ދަރިފުޅު އޭނާގެ ކުރިމަތީގައި ދެބަސްވަމުންދާ މަންޒަރު ފެނުމުންނެވެ. އޭނާގެ ހިތަށް ވަރަށް ބޮޑަށް އަސަރުކޮށްފިއެވެ.

“އަޅާނުލާ. ފައި ބޭނުންވާ ގޮތް މިއަދު މަންމައަށް އެނގި ސާފުވެއްޖެ. ފައިގެ ދިރިއުޅުމަށް ފާޑުކިޔަން މަންމަ ބޭނުމެއްނޫން. އެކަމަކު އެއްވާހަކަ. ތިއަންހެނާއާއި ގުޅެން މަންމަގެ ރުހުން ފައިއަށް ނުލިބޭނެ. މިހެން ބުނާއިރުވެސް އިނގޭ ފައިޒަންއަށް މަންމަގެ ރުހުން ބޭނުންނުވާކަން” ކުލްޝޫމް އޭނާގެ ފަހުން ނިންމުން އިއްވާލުމަށްފަހު ކޮޓަރިން ނިކުންނަން އުޅުނެވެ. އެވަގުތު އޭނާގެ ފައި ދަށަށް ޔަނާލް ތިރިވިއެވެ. ކުލްޝޫމް ދިޔައީ ސިހިގެންނެވެ.

“ކުލައްތާ!” ރޮވިފައިވި އަޑަކުން ޔަނާލަށް ގޮވާލެވުނެވެ. އަނެއްކޮޅުން ފައިޒަންވެސް އައިސް ކުލްޝޫމްގެ އަތުގައި ހިފިއެވެ. އެއާއެކު ކުލްޝޫމް ފައިޒަންގެ އަތް ފޮޅުވާލިއެވެ. އަދި ތިރީގައި އިން ޔަނާލާއި ދުރަށް ޖެހުނެވެ. ޔަނާލްގެ ދެކޮނޑުގައި ހިފާ ކޮޅަށް ނެގުވީ ފައިޒަންއެވެ. އަދި ޔަނާލްގެ ކޮނޑުގައި ހިފަހައްޓާލައިގެން ހުރެ ކުލްޝޫމަށް ނަޒަރެއްދިނެވެ. އޭރު ކުލްޝޫމް ހުރީ ފައިޒަންއަށް ބަލާށެވެ. މޫނުމަތިގައިވީ ފޫހިކަމެވެ.

“މަންމަ ބޭނުންތަ މަންމައާއި އަޅުގަނޑު ވަކިވަން” ފައިޒަން އަހާލިއެވެ.

“ދަރިޔަކު އަމަޔާއި ވަކިވާން ބޭނުންވެދާނެ. އެކަމަކު ދަރިއަކަށްޓަކައި ތެދުވެރި ވިންދެއްޖަހާއި އެއްވެސް މައެއްގެ ހިތެއް ބޭނުމެއްނުވާނެ އެމީހެއްގެ ދަރިޔަކު އެމީހަކާއި ދުރަށްދާން. އަބަދުވެސް އެމައެއްގެ ހިތުގައި ވޭންއަޅާނެ” ކުލްޝޫމް ބުނެލިއެވެ.

“އެހެންނޫނަސް ޖެހިގެން މިއުޅޭ މައްސަލައާއި ތިވާހަކައާއި ކޮން ގުޅުމެއް އޮތީ” ފޫހިކަމާއެކު ކުލްޝޫމް އަހާލިއެވެ.

“ތިހުރިހާ ކަމެއް މަންމައަށް އެނގޭއިރު ކީއްވެތަ ޔާޒްއާއި އެކުއްޖާގެ މަންމަ ދުރުކުރަން ތިއުޅެނީ” ފައިޒަން ބުނެލިއެވެ. ޔަނާލާއި ކުލްޝޫމަށް އެކަކު އަނެކަކަށް ބަލާލެވުނީ އެކުއެކީގައެވެ.

“ތިބުނީ ޔާނާއަކީ ޔާޒްގެ މަންމައޭތަ؟” ކުލްޝޫމް ބުނެލިއެވެ. ފައިޒަން ބޯޖަހާލިއެވެ.

“ފައިޒަން މޮޔަވީތަ؟” ކުލްޝޫމް ހަޅޭއްލަވާގަތެވެ.

“މަންމާ! މި ޙަޤީޤަތް މަންމައަށް ވެސް އިނގެންވީ ވަގުތު އައިސް މިޖެހުނީ. މަންމަ ޝޮކެއް ނުޖެހޭތި. ވަރަށް ހަމަޖެހޭތި. ހާމަކުރަން މިއުޅެނީ މަންމަ ހިތަށްވެސް ނާރާނެ ކަހަލަގެ ޙަޤީޤަތެއް. މި ހަޤީޤަތް އެނގުމަށްފަހު މަންމައަށް އިނގޭނެ ހަޤީޤީ ކުށްވެރިންނާއި ނުބައި މީހުންނާއި ރަނގަޅު މީހުންނަކީ ކޮބާކަން” ކުލްޝޫމްގެ މޫނު ދެފަރާތުގައި ހިފާލައިގެން ހުރެ ފައިޒަން ވާހަކަދައްކަމުން ދިޔައެވެ. ކުލްޝޫމް ކަޅިޖަހާނުލާ ފައިޒަންއަށް ބަލަން ހުރިއިރު އޭނާގެ ހިތުގައި އެތައްހާސް ސުވާލުތަކެއް އުފެދެމުން ދިޔައެވެ. އެކަން އެވަގުތު އޭނާގެ މޫނުމައްޗަށް ވެރިވަމުންދާ އަސަރުތަކުން ހާމަވަމުން ދިޔައެވެ. ފައިޒަން ހާމަކުރަން އުޅޭ ހަޤީޤަތެއް ނޭނގޭތީ ކުލްޝޫމްގެ ހިތުގައި ނޭނގޭ ބިރުވެރިކަމެއް އުފެދި ހިތު ވިންދު އަވަސްވަމުން ދިޔައެވެ.

“މަންމާ! މަންމަ ޔާނާއޭ ކިޔާފައި ތި މުހާތަބްކުރާ އަންހެންކުއްޖާއަކީ ޔާނާއެއްނޫން. އެއީ…. އެއީ…. ޔަ…ޔަނާލް…………..” ފައިޒަން ބުނެލިއެވެ. ވަގުތުން ކުލްޝޫމްގެ ދެލޯ ނިތަށް އަރައިގެން ދިޔައެވެ.

“ތި….ތިކިޔާ އެއްޗެއް ނޭނގޭ” ހިތަށް ވެރިވި އެތައް ޝުޢޫރުތަކަކާއެކު ކުލްޝޫމަށް ބުނެވުނެވެ. ފައިޒަން ބޯޖަހާލުމަށްފަހު ޔަނާލް ކައިރިއަށް ގޮސް މަޑުކޮށްލިއެވެ. އަދި ޔަނާލްގެ މޫނުފޮތިކޮޅާއެކު ބުރުގާ ކަރުން ތިރިއަށް ވައްޓާލިއެވެ. އެވަގުތު އިސްޖެހިފައި ހުރި ޔަނާލް ފެނި ކުލްޝޫމްގެ މޫނު މައްޗަށް އަނދިރިވެގެން ދިޔައެވެ. ފައިޒަން ހުޝިޔާރު ކަމާއެކު ކުލްޝޫމްގެ ގައިގާ ނުހިފެހެއްޓިނަމަ އޭނާ ވެއްޓޭނީ ހުރި ދިމާލުން ކާޕެޓްގެ މައްޗަށެވެ. ފައިޒަންއާއި ޔަނާލް ކުލްޝޫމްގެ ދެފަރާތުގައި ހިފައިގެން ގޮސް އެނދުގައި ބޭންދިއެވެ. އަދި މޫނުގައި ފެންފޮދެއް ހަކާލިއެވެ. ވަރުބަލިކަމާއެކު ކުލްޝޫމް އޭނާގެ އެސްފިޔަތައް ހިއްލާލިއެވެ. އޭރު އޭނާ އިނީ އެނދުގައި އިން ފައިޒަންގެ މޭގައި ލެގިލައިގެންނެވެ.

“މަންމާ! މިހާރު ރަނގަޅުތަ؟” ކުލްޝޫމަށް ފައިޒަންގެ އަޑު އިވުނެވެ. ނަމަވެސް އޭނާގެ ސަމާލުކަން ދެވުނީ ކުރިމަތީގައި ކޮޅަށް ހުއްޓިގެން ހުރި ޔަނާލަށެވެ. ކުލްޝޫމް މަޑުމަޑުން އެނދުން ތެދުވިއެވެ. އޭނާ ގޮސް ހުއްޓުނީ ޔަނާލްގެ ކުރިމަތީގައެވެ. ޔަނާލްގެ ދެލޯ ފުރިގެން ކަރުނަތައް އޮހިގަތެވެ. ކުލްޝޫމަށް ވެސް ވީ އެވަރެވެ. އޭނާގެ ތުރުތުރު އަޅަމުންދިޔަ އަތްތިލަ ނަގާ ޔަނާލްގެ ކޯތާފަތުގައި ޖައްސާލިއެވެ. އާއެނކެވެ. އެއީ ހަމަ އޭނާގެ ޔަނާލެވެ. އޭނާގެ މަރުހޫމް ދަރިފުޅުގެ ހުވަފަތް އަނބިމީހާއެވެ. ކުލްޝޫމަށް ޔަނާލްގެ ގައިގާ އޮޅުލައިގަނެވުނެވެ. ފުރަތަމަ ފަހަރަށް ޔަނާލަށް މައެއްގެ އަތުގެ ފިރުމުން އިހުސާސް ކުރެވިގެން ދިޔަ ކަހަލައެވެ. އެމަންޒަރު ބަލަން ފައިޒަން ހުރީ ރޮވިފައެވެ.

ކުލްޝޫމް މެދުގައި ބައިންދައިގެން ޔަނާލް އޭނާގެ މާޒީގައި ހިނގާފައިވާ ހިތްދަތި ދުވަސްތަކުގެ ވާހަކަތައް ޙިއްސާކުރަމުން ދިޔައެވެ. އޭނާގެ ދިރިއުޅުމަށް ބަޔަކު ޒަހަރުދިން ގޮތެވެ. އޭނާއަށް ލޯބީގެ ދަޅަދައްކާ އިހުސާސްތަކާއި ކުޅެލި ގޮތްތަކެވެ. މަރުގެ ތުންފަތްމަތިން އޭނާއަށް ސަލާމަތްވެވުނު ގޮތާއި އޭނާއަށް ކަޅު ފޮތިގަނޑެއްގެ ނިވަލުގައި އުޅެންޖެހުނު މަޖުބޫރީ ހާލަތެވެ. ކުލްޝޫމް އިނީ ޔަނާލް ދެއްކި ވާހަކަތައް ޤަބޫލުކުރަން ދަތިވެފައެވެ.

“މަންމާ! މިއީ އަޅުގަނޑު ހަދަހަދައިގެން ދެއްކި ވާހަކަތަކެއްނޫން. މިއީ އަޅުގަނޑާއިމެދު އެމީހުން ކަންތައްކުރި ގޮތް. އެދުވަހު އަޅުގަނޑު އަތަށް އާކިން ހޫނު ސައިތަށިވެސް ބަންޑުންކޮށްލީ ގަސްދުގައި. އާނ. އެމީހުންނަށް ނޭނގޭ އަޅުގަނޑަކީ ޔަނާލްކަމެއް. އެމީހުންނަށް އަޅުގަނޑު މިއީ ޔާނާ. ޔާނާގެ އަމަލުތަކާއި ޔަނާލްގެ އަމަލުތަކާއި އެއްގޮތްކަމެއް ހުންނާތީ އެމީހުން ޔާނާއަށް ނަފްރަތު ކުރަނީ. އެމީހުންނަށް އަޅުގަނޑަކީ ޔަނާލްކަން އެނގިއްޖެނަމަ މިހާރު ކޮންމެސް ނުބައި ރޭވުންގަނޑަކުން އަޅުގަނޑުގެ ދުވަސް ދުއްވާލަން މަސައްކަތްކުރީސް” ޔަނާލް އިނީ ކުލްޝޫމް ކުރިމަތީގައި ކުރުކަކޫ ޖަހައިގެންނެވެ. އޭނާގެ ދެއަތްތިލަ އޮތީ އެނދުގައި އިން ކުލްޝޫމްގެ އުނގުތެރޭގައެވެ.

“ސުބްހާނަﷲ. މިދުވަސް ވެސް އެކަލާނގެ މިއަޅާގެ ދެލޮލަށް މިވަނީ ދައްކަވާފައި. މަންމަ މިހާރު ޤަބޫލުކޮށްފިން. އެމީހުން މެރިޔަސް ފާފައެއް ނުހުންނާނެ. ހުންނަ ނުބައި ނުލަފާކަން. ޔާރައްބީ! ނޭނގުމުގެ ތެރެއިން އަހަރެންނަށް ކުރެވެން މިއުޅެވުނީ ކޮންފަދަ ނުބައި ކަމެއް. ދަރިފުޅާ! ތިދެކުދިން ޙާއްސަކޮށް ނާލް މަންމައަށް މަޢާފްކޮށްދީ……” ޔަނާލާއި ފައިޒަންގެ މޫނުގައި އަތް ހިންގާލަމުން ކުލްޝޫމް ބުނެލިއެވެ. ޔަނާލް ކުލްޝޫމްގެ އަތްމަތީގައި އަތްއަޅާލަމުން އަތުގައި ބޮސްދިނެވެ.

“ނޫން. މަންމަ ކުރިކަމެއް ލެވި ހަޅޭއެއްލެވީ މިއިން އެއްވެސް ކަމެއް އިނގިގެނެއްނޫން” ޔަނާލް ބުނެލިއެވެ. ކުލްޝޫމް ޔަނާލް ނިތުގައި ބޮސްދިނެވެ.

“ހަމަ ޙަޤީޤަތުގައިވެސް ތިއުމުރުގައި ދަރިފުޅު ތި ތަޙައްމަލުކުރަމުން ދަނީ ހާދަ ވޭނަކާއި ކެކުޅުމެކޭ. މަންމަ ހިތަށް އަރާ ދަރިފުޅު ކަހަލަ ކިތައް އަންހެންކުދިން ތިވޭނުގައި އުޅެމުންދޭބާއޭ. ދަރިފުޅުގެ ތިހުރި ހިތްވަރުގަދަ ކަމަށް މަންމަ ސާބަސްދެން. އެކަމަކު މިއަދަށްފަހު ހީނުކުރާތި ދަރިފުޅުގެ މީހަކު ނެތޭ. މަންމައާއި ފައި އަބަދުވެސް ހުންނާނީ ދަރިފުޅާ އެކުގައި” ޔަނާލްގެ މޫނުގައި ފިރުމާލާ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ފޮހެލަމުން ކުލްޝޫމް ބުނެލިއެވެ. ކަރުނައިގެ ތެރެއިން ޔަނާލަށް ހިނިތުންވެވުނެވެ.

“ޔާނާ އެއީ ޔަނާލްކަން ދެން އިތުރު މީހަކަށް އަންގާކަށް ނުޖެހޭނެ. މަންމައަށް އެނގުނީމަ ދެން ނިމުނީ. ދެން ވީ މިކަން ފަޅާއަރުވާލަން” ފައިޒަން ބުނެލިއެވެ.

“ތިދެކުދިން ބުނި ގޮތަކަށް މަންމަ ކަންތައް ކޮށްދޭނަން. ތިދެކުދިން އަޅާ ކޮންމެ ފިޔަވަޅެއްގެ ފަހަތުގައި އަބަދުވެސް މަންމަ ހުންނާނަން. މިހާރު މަންމަ އެންމެ ދެކެން ބޭނުންވާ ދުވަހަކީ ނާލް ކުރަމުންތިދާ ހަނގުރާމައިން ފަޠަހަ ލިބި ކާމިޔާބީގެ ހިނިތުންވުން ނާލްގެ ތުންފަތްމަތިން ފެންނާނެ ދުވަސް. އިރާދަކުރެއްވިއްޔާ އެދުވަސް އޮތީ ވަރަށް ގާތުގައި” ކުލްޝޫމް ބުނެލިއެވެ.

***********************************

އާކިން ކުލްޝޫމާއި ބައްދަލުކުރީ ރޭގަނޑުގެ ސުފުރާމަތިންނެވެ. އޭނާ އުންމީދުކޮށްގެން ހުރީ އެހާތަނަށް ފިހާރައިގެ ހުރިހާ ލިޔެކިޔުންތައް ކުލްޝޫމް އަތުގައި ހުންނާނެކަމަށެވެ. ޔަނާލް މޭޒު ކައިރިއަށް އައީ ހުރިހާ މީހުން ހަމަވި ފަހުންނެވެ. މާއިރާ ޔަނާލަށް ދެލޯ އަޅާލިއެވެ.

“ޔާނާ! ޔާޒް ނިދީތަ؟ އަވަހަށް އާދޭ ބައިވެރިވާން” ފައިޒަން ޔަނާލަށް އަތް ދިއްކޮށްލިއެވެ. ޔަނާލް ފައިޒަންގެ އަތްތިލައިގެ ތެރެއަށް އޭނާގެ އަތްތިލަ ލައްވާލީ ހުރިހާ މީހުންގެ ކުރިމަތީގައެވެ. ކުލްޝޫމް ހަމަ އަޅާވެސްނުލާ އިނެވެ. މާއިރާ ދިޔައީ ކުލްޝޫމް އެއްޗެއް ބުނޭތޯ ކުލްޝޫމްގެ މޫނަށް ބަލަމުންނެވެ.

“ކުލައްތާ ކޮބާ އަޅުގަނޑު ބުނި ކަންތައް” އާކިން އަހާލިއެވެ.

“ފިހާރައިގެ ލިޔުންތައް ދޯ” ކުލްޝޫމް ފަރުވާކުޑަ ގޮތަކަށް ބުނެލިއެވެ. އާކިން ހޫނއެއް ލައްވާލިއެވެ.

“މަގޭ ބާރުގެ ދަށުގައި ހުރި ލިޔުންތަކެއްނަމަ މިހާރު ތިކުދިންނަށް ދީފައި އޮންނާނީ. މަށަކީ މަގޭ ދަރީގެ ކުރިމަތީގައި ބަސްވިކޭ މީހެއްނޫން މިހާރަކު” ކުލްޝޫމް ބުނެލިއެވެ. މާއިރާ ފައިޒަންއަށް ފޫހިކަމާއެކު ބލާލިއެވެ.

“ކޮން ލިޔުންތަކެއްގެ ވާހަކަތަ މަންމަ އޭރުގައި ދެއްކީ” ފައިޒަން އަހާލިއެވެ.

“ލުކް ފައި! ދެމީހުން ދޭތެރޭގައި އޮތް ފައިޓެއްވިއްޔާ އެއްފަރާތްކުރޭ. މިވަގުތު އަހަރެން ބޭނުމީ ހަމައެކަނި ފިހާރައިގެ ލިޔުންތައް. އަހަރެން އެތަން ހުޅުވަން ބޭނުން” އާކިން މިފަހަރު ވާހަކަދެއްކީ ފައިޒަންއާއެވެ.

“އޯވް.. ތިބުނީ ހާރޫންބެގެ ފިހާރައިގެ ވާހަކަދޯ. ތެދެއް ޔާނާ ބުނަނީ ކީކޭ މިކަމަށް” ފައިޒަން ހިޔާލު އަހާލީ އޭނާގެ އެއްފަރާތުގައި އިން ޔަނާލަށެވެ. އެވަގުތު އާކިންގެ ނިތްމައްޗަށް އެތައް ރޫތަކެއް އަރައިގެން ދިޔައެވެ.

“އެފިހާރައާއި ތި ޔާނާއާއި ކޮންކަމެއް؟” ހިތްހަމަނުޖެހިފައި އިފްނާ އަހާލިއެވެ.

“ހެހެހެ… މަށަށްވެސް އޮޅިއްޖެ” އިފްނާގެ ޖުމްލައަށް ބާރުދިނުމުގެ ގޮތުން ޒާކިން ބުނެލިއެވެ.

“ކޮންމެ ގުޅުމެއް އޮތަސް ހެވެއްނު. މަށަށް މުހިންމު މީހެއް ކައިރީގައި މަށަށް އެހިދާނެތާ” ފައިޒަން ބުނެލިއެވެ.

“ފައި! ބުނަންތަ ވާހަކައެއް. އަޑުއެހިން މިގޭ ފިރިހެނުންތަކަކީ ހާރޫންބެގެ ދޮންދަރިންނޭ. އަހަރެން މިގޭގައި ހޭދަމިވި މަދު ދުވަސްކޮޅުގައި އެމީހުން ހާރޫންބެއާއި ގާތްކަން ބެހެއްޓި މިންވަރު އަހަރެންނަށް ވަރަށް ރަނގަޅަށް ފެނިއްޖެ. އެހެންވީމާ އެކަމުގެ ބަދަލެއްގެ ގޮތުން ތިފިހާރަ ހަވާލުކުރަނީ ކީތްކުރަން. އިނާމަކަށް އެވަރު ކުޑަހެން މަށަށް ހީވަނީ. އެހެންވީމަ މިފަހަރު ފިހާރަ ހުރިތަނުގައި ބަހައްޓާފައި ކޮންމެސް އެހެންކަހަލަ ހަދިޔާއެއް ދޭންވީނުން” ޔަނާލް ޖަވާބުދިނެވެ. އެއަޑުގައިވި މަލާމަތް އެންމެ ބޮޑަށް އިހުސާސްކުރެވުނީ މާއިރާއާއި އޭނާގެ ދަރިންނަށެވެ.

“އިއްޔެ މެންދުރު މިގެއަށް ފައި ގެ ދަރިފުޅުގެ ކަންތައް ބަލަހައްޓަން ގެނައި ކުއްޖެއް ކައިރީގައި އަހަރެމެންނަށް އެއްޗެއް ދޭން އަހަންޖެހެޔެކޭ އަހަރެންގެ ހިތެއް ނުބުނޭ. ތިއަށްވުރެ ރީތިކޮށް މާލާމަތްކުރަން ނޭނގުނީތަ”؟ އާކިން އިސްޖަހާލިތަން ފެނުމުން މާއިރާ ވާހަކަދެއްކިއެވެ.

“ކީއްތަވީ؟ އަޅުގަނޑަށް ޙާއްސަ މީހަކު ކުރެން ދޯ އަޅުގަނޑު އަހާނީ. އެހެއްނު މަންމާ” ފައިޒަން ކުލްޝޫމްގެ ޖަވާބަކަށް އެދުނެވެ.

“މަންމައަށް ހެޔޮ ތިއިން ކޮންމެ ކުއްޖަކު އަތުގައި އެލިޔުންތައް ހުއްޓަސް. މަންމަ ބުނާނީ އެއީ ފައިގެ ތަނެއްވެސް ނޫނޭ އަދި އާކިން އަދި މާއިރާގެ ތަނެއްވެސް ނޫނޭ. އެތަނުގެ ޙައްޤުވެރިޔަކީ ހާރޫން. ހާރޫން އެނބުރި އަންނަންދެން އެލިޔުންތައް ވަކީލާއި ހަވާލުކުރަން މަންމައަށް ފެންނަނީ” ކުލްޝޫމް އޭނާގެ ޚިޔާލު ފާޅުކުރިއެވެ. އާކިން ޚައިރާންވެފައި ބަލާލީ ކުލްޝޫމްގެ މޫނަށެވެ.

“އާކިން އަމިއްލަ ފައި މައްޗަށް ތެދުވެ މަސައްކަތެއް ކުރަން ބޭނުންނަމަ ފަށާނީ މީހަކު ގައިން ދާއޮހުރުވައިގެން ކޮޅަށް ޖަހާފައި ހުރި މަސައްކަތަކުން ނޫން. އާކިން ޖެހޭނީ ސުމަކުން ފަށަން. އެހެންވީމަ އެހެންގޮތެއް ވިސްނާ” އާކިންއަށް ކުލްޝޫމް ޖަވާބުދިނެވެ. އާކިން ޖަވާބެއްނުދިނަސް އިނީ ފަޅައިގެންދާވަރު ވެފައެވެ. މާއިރާ އިނީ ފައިޒަންދެކެ އިންތިހާއަށް ރުޅިއައިއްސައެވެ.

ކައި ނިމިގެން ތަށިތައް ނެގުމަށްފަހު ޔަނާލް ބަދިގެއަށް ވަނީ ބާކީ ހުރި ކާއެއްޗިއްސަށް ހޫނުކުރުމަށެވެ. އުނދުން ކައިރީގައި ހުރި ޔަނާލް ސިހިގެން ދިޔައީ އޭނާއާއި ދާދި ކައިރީގައި ރުޅި އައިސް ރަތްވެފައި ހުރި މާއިރާ ފެނުމުންނެވެ.

“ކަލޭ ތީ ކާކު؟” މާއިރާ އަހާލިއެވެ. ޔަނާލް ކައިރިއަށް ހިނިއައެވެ.

“ޕޮށް…. ޖިންނިއެއް….” ސަމާސާ އެކުލެވޭ ރާގެއްގައި މާއިރާގެ މޫނުމައްޗަށް އަތްތިލަ ގެނެސް އިނގިލިތައް ބަޅުކޮށްލަމުން ޔަނާލް ބުނެލިއެވެ.

“ބުނަންތަ؟ އެއްވެސް މަޖަލެއްނޫން އިނގޭ. އަހަރެން މިއަހަނި ކަލޭ ތީ ކާކުހޭ….އަހަރެމެންގެ މިއުފާވެރި ދިރިއުޅުމަށް ކަލޭ ފާވީ ކީއްވެ؟ ކަލޭ ކީއްވެ މިއާއިލާ ތެރެއަށް ބޯކޮށްޕަން ތިއުޅެނީ” މާއިރާގެ ރުޅިގަނޑު ހުރީ މައިނަސްގައެވެ. އޭނާގެ މުޅި ހަށިގަނޑު ތުރުތުރު އަޅަމުން ދިޔައެވެ.

“އަހަރެން ވަރަށް ލޯބިވޭ ފައިޒަންދެކެ. ދެން އަހަރެން ކިހިނެއް މި އާއިލާއާއި ދުރުން އުޅޭނީ” އުނދުން ކައިރީގައި ހުރެ ހީލާފައި ޔަނާލް ބުނެލިއެވެ.

“ކޮބާ ކަލޭގެ ހައިސިއްޔަތަކީ” މާއިރާ ދަތްކުނޑި ވިކާލިއެވެ. ޔަނާލް މާއިރާއަށް ބަލާލިއެވެ.

“ސުވާލެއް ކޮށްލަންތަ؟ މިގޭގައި ކަލެއާއި ކަލޭގެ ޝައިތާނުން ގޮވައިގެން ތިއުޅެނީ ކޮބާތަ ކަލޭގެ ހައިސިއްޔަތަކީ؟ ލަދެއްވެސް ނޫނީ ބިރެއްވެސް ހަމަ ނެތީތަ؟ ބޭނުމީ ކުރި ހުރިހާ ކަމެއް ބޭޒާރުވާންތަ؟ ނޫނީ މައިތިރިވެގެން ހުންނަންތަ؟” ޔަނާލް ވާހަކަދެއްކީ މަޑުންނެވެ. އޭނާގެ އަޑުގައި އެއްވެސް ބިރުވެރިކަމެއް ނެތެވެ. މާއިރާ ހުރީ ހުޅުވުނު އަނގަ ލައްޕަންވެސް ނޭނގިފައެވެ.

“ކަލެއަށް ކޯޗެއް އެނގިގެން ތިއުޅެނީ؟ ފެންވަރު އޮޅިގެން ނޫޅެއްޗެ” މާއިރާ ބުނެލިއެވެ. އޭނާގެ މޫނުމަތިންނާއި ދެލޮލުން އާވި އަރަމުންދާ ކަހަލައެވެ.

“އާތް މަންމާ! އަހަރެން ވަރަށް ބިރުގަނެއްޖެ…. އާނ އެހެންޏަ…. ކޮންފަދަ ނުލަފާ ވައްތަރަކަށްތަ ތިބަލަނީ” ޔަނާލް ބުނެލިއެވެ.

“ކަލޭމެންގެ ހުރިހާ ޙަޤީޤަތެއް އަހަންނަށް އިނގޭ. އަހަރެން މިގެއަށް މިއައީވެސް ކަލޭމެން ބޭޒާރުކުރަން. ހީކުރީތަ ތިމާމެން ކުޅުނު ކުޅިވަރުތައް ދުނިޔެ އުމުރަށް ސިއްރުވެފައި އޮވެދާނެކަމަށް. ހެހެހެ… ހާދަ މޮޔައޭދޯ. ބަލަ އަޑުނާހަންތަ ވަގަކަށް ހާސްދުވަހޭ ވެރިޔަކަށް އެއްދުވަހޭ. މިފަހަރު މިއޮތީ އެދުވަސް އައިސްފައި” ޔަނާލް ވާހަކަދައްކަމުން ދިޔައެވެ.

“ކަލޭ ތިއީ ކާކު؟ އެއްވެސް އެއްޗެއް އެނގިގެން ކަލޭ ދައްކާ ވާހަކަތަކެއް ނޫން ތީ. ބުނަން. ކަލޭ ހުންނާނީ މަށާ މަގޭ ދަރިންނާއި ދުރުގައި އިނގޭ. މަށަށް މިގޭގައި އަދިވެސް ބާރު އޮންނާނެ. އަދިވެސް މަށަކީ ހާރޫންގެ އަންތްބެއް” މާއިރާ ބުނެލިއެވެ.

“ކޮން ގޮތަކަށް. ކަލޭ ތީ ހާރޫންގެ އަންތްބެއްނޫން. ކޮންމެސް އެހެންމީހެއްގެ” ޔަނާލް ބުނެލިއެވެ. ވަގުތުން މާއިރާގެ މޫނުމަތީގެ ކުލަވަރު ބަދަލުވިއެވެ. އޭނާ ނަޒަރު އެހެން ދިމާލަކަށް ބަދަލުކޮށްލިއެވެ. ކަރުގައި އޮޅާލާފައި އޮތް ޝޯލްއިން ނިތްމަތިން ވިދަމުންދިޔަ އުދާސްތައް ފޮހެލިއެވެ.

“ކިހިނެއްވީ؟ އަނެއްކާ ރަނގަޅު އެއްޗެއްތަ މިބުނެވުނީ” ޔަނާލް އަހާލިއެވެ. މާއިރާގެ މޫނަށް އައި ބަދަލުތައް ރަނގަޅަށް ޔަނާލަށް ފެނުނެވެ.

“އަހަރެންނަށް މިހާރު ޝައްކުވެއްޖެ. މިގޭގައި ދުވަހުން ދުވަހަށް ހިނގާ ކަންތައްތައް ބަލަން މީހަކު ފޮނުވާފައި ހުރި އެޖެންޓެއްދޯ ތީ” މާއިރާ ބުނެލިއެވެ.

“ހެހެހެ… އަހަރެން މިއީ ކާކުކަން ހޯދަން ނޫޅުނިއްޔާ ރަނގަޅުވާނީ. އަހަރެން މިއީ ކާކުކަން އަންގާ ދުވަހަކު ކަލޭ ކައިރީގައި ފަސްޓް އެއިޑް ދޭވަރުގެ މީހަކު ބަހައްޓަން ޖެހޭނެ. ކަލޭ މޮޔަވާނީ” ޔަނާލް ބުނެލިއެވެ. ޔަނާލް ހަށަމަށް އަތް ނަގަމުން ބުނެލިއެވެ. އުނދުން ނިންވާލަން އުޅުނު ވަގުތު ޔަނާލްގެ ވައަތުގެ މެދު އިނގިއްޔާ ކަށި އިނގިލި ދެމެދުގައި އިން ބޮޑު ކަޅުތިލަ މާއިރާއަށް ފެނުނެވެ. މާއިރާގެ ދެލޯ ބޮޑުވެގެން ދިޔަ ވަގުތު ހަށިގަނޑުގައި ރޫރުމެއް އެޅިއެވެ. ޔަނާލަށް އެމަންޒަރުތައް ނުފެނުނީ އެވަގުތު އޭނާގެ ނަޒަރު އުނދުން މައްޗަށް އުދާފައި ހުރި ރިހަ ތެއްޔަށް ހުއްޓާލާފައި ހުރުމުންނެވެ.

‘ޔަ….ޔަނާލް….” ގަނޑުވެފައި ހުރި މާއިރާގެ ދެތުންފަތް ދޭތެރެއިން ނިކުތް ނަން ޔަނާލަށް އަޑު އިވިގެން ދިޔައެވެ. ވަގުތުން ޔަނާލް މާއިރާއަށް ބަލާލިއެވެ.

“ހެހެހެ.. ޔަނާލް… ހަނދާންވަނީތަ ޔަނާލް މަތިން….. ދޭ… މިރޭ ދެން ނިދަން އޮށޯވެފަ ހުވަފެނުން ޔަނާލް ބަލާލާ. ގުޑްނައިޓް” ޔަނާލް މާއިރާގެ ކޮލުގައި ޖަހާލަމުން ބުނެލިއެވެ. އަދި މައިރާ އެތެރޭގައި ހުއްޓާ ބަދިގޭ ލައިޓްތައް ނިއްވާލުމަށްފަހު ހިނގައިގަތެވެ. ސިޑިން އަރަމުން ދިޔައިރު ޔަނާލްގެ އެއް އަތް ވަނީ މޭގައި ލައްކޮށްލެވިފައެވެ. އޭނާ އަތްތިލައިގައި އިން ކަޅުތިލައަށް ބަލާލިއެވެ. މިރޭ އަތަށް އަންގި ނާރުވާ އައީވެސް މާއިރާއަށް އެއްޗެއް އަންގައިދިނުމަށެވެ. ނަމަވެސް އޭނާ ކުޑަކޮށް ޖެހިލުންވިއެވެ. ދެން ކަންތައްވެދާނެ ގޮތެއް ނޭނގޭތީ ހިތުގައި ކުޑަ ނުތަނަވަސްކަމެއް ހިނގާލިއެވެ. ނަމަވެސް ހިނިތުންވެލީ އޭނާއާއި އެކުގައި ފައިޒަންއާއި ކުލްޝޫމް ހުރިކަން އެނގުމުންނެވެ.

*********************************

އެރޭ ނިދަން އުޅެއުޅެ މާއިރާއަށް އެއްގޮތަކަށްވެސް ނިދޭގޮތެއް ނުވިއެވެ. ޔަނާލްގެ އެކި ހަނދާންތައް އޭނާއަށް އުނދަގު ކުރަނީއެވެ. ޔާނާއަކީ ޔަނާލް ކަމުގައި އޭނާގެ ހިތް ބުނަނީއެވެ. ނަމަވެސް އެހެން ވާނީ ކިހިނެއް ހެއްޔެވެ؟ ޔަނާލް އެ ގަދަ ކަނޑުގެ ވަރުގަދަ ބާނިތަކުގެ ތެރެއަށް ޤަރަޤުވެގެން ދިޔަ ގޮތް މިހާރުވެސް އޭނާއަށް ސިފަ އެބަވެއެވެ. އެތައް ގޮތަކަށް މާއިރާ ވިސްނިއެވެ. އޭނާގެ ހތް ނިންމީ އެއީ ޔަނާލާއި އެއްގޮތް އެތައްކަމެއް ލިބިފައިވާ އެހެން ކުއްޖެއް ގޮތަށެވެ. ނަމަވެސް އޭނާގެ ހިތަށް ހަމަޖެހުމެއް ލިބޭނީ ޔަނާލްގެ ކޮންމެ ހަރަކާތަކަށް ފާރަލައިގެން ކަމަށްވާތީ އޭނާ އެގޮތަށް ނިންމިއެވެ. އެނދުގައި ފުރޮޅި ފުރޮޅި އޮވެފައި އޭނާއަށް ނިދުނީ އާ ދުވަހަކަށް އިރުއެރި ފަހުންނެވެ.

***********************************

ސޯފާގައި އިން ފައިޒަން ލެޕްޓޮޕް ހުޅުވާލުމަށްފަހު ވެބްކެމް އޮންކޮށްލިއެވެ. އެވަގުތު ފެންނަން ފެށި މަންޒަރަކުން ކައިރީގައި އިން ޔަނާލަށް އަނަގަމަތީގައި އަތް އެޅުނެވެ. ވަގުތުން އޭނާގެ ދެލޯ ފުރިގެން އައެވެ. މާތްﷲ ގެ ކިނބަފުޅަށް ޝުކުރު ކުރެވުނެވެ. ހިތަށް ލިބުނު ބަޔާންކުރަން ދަތި ހިތްހަމަޖެހުމުގައި ފައިޒަންގެ ގައިގާ އޮޅުލައިގަނެވުނެވެ. ވާނީވެސް އެހެންތާއެވެ. ބަލި ހާލުގައި ނުކުޅެދޭ މީހެއްގެ ގޮތުގައި އެތައް ދުވަހެއް ވަންދެން ގޮނޑީގައި އިން ހާރޫން އެއްވެސް މީހެއްގެ އެހީތެރިކަމާނުލާ އެހެރަ ހިނގަމުން ދަނީއެވެ. ނަމަވެސް ލަސްލަހުން މަޑުމަޑުންނެވެ. ހާރޫންގެ ދެފަރާތުގައި ޑޮކްޓަރުންނާއި ނަރުހުންގެ އިތުރުން އައްޔުމަންވެސް ހުއްޓެވެ. ފައިޒަންގެ ހަށިގަނޑުގައި ޔަނާލް ބައްދައިގަތްގޮތަށް ދެން އިވެންފެށީ އޭނާގެ މަޑުމަޑު ގިސްލުމުގެ އަޑެވެ.

“ވައި؟ މިއީ ނަނާ ދެރަވާވަރުގެ ކަމެއްނޫން. އުފަލެއްނު ކުރަންވީ” ޔަނާލްގެ ބޮލުގައި ފިރުމާލަމުން ފައިޒަން ބުނެލިއެވެ.

“ތެންކިއު. ތންކިއު ސޯ މަޗް ފައި. މިއަދު ފައި ނެތްނަމަ……” ޔަނާލް ވާހަކަދައްކަން މަސައްކަތްކުރިއެވެ. ނަމަވެސް ހުއްޓާލީ ފައިޒަން އޭނާގެ ޝަހާދަތް އިނގިލިން ޔަނާލްގެ ދެތުންފަތް މެދުގައި ހުރަސްކޮށްލުމުންނެވެ.

“އޭރުވެސް މިހާރުވެސް އަހަރެން ނަނާދެކެ ވަރަށް ލޯބިވޭ. ނަނާއަށްޓަކައި ކޮންމެކަމެއް ކުރަންޖެހުނަސް އެކަމެއް އުފަލުން ކުރާނަން. މިއީ އަދި ކުޑަކަމެއްނު. ﷲ އިރާދަކުރެއްވިއްޔާ މާއިރާއާއި އޭނާގެ ބައިވެރިން ޖަލަށްވެސް ފޮނުވާނަން. އެކަމަކު އޭގެ ކުރިން އެމީހުންނާއި ޚިލާފަށް ހެކި ބޭނުންވާނެ” ފައިޒަން ވާހަކަދެއްކިއެވެ.

“ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް ބައްޕަ މިކޮޅަށް އަންނާނެ. އޭރުން މިކަމަށް އެއްވެސް ހެއްކެއް ބޭނުންނުވާނެ. އަހަރެން ބޭނުން މިފޮތިގަނޑު ނަގާފައި މާއިރާމެންނަށް އަހަރެންނަކީ ކާކުކަން އަންގަން. މާއިރާއަށް މިއަދު ޝައްކެއްވެސްވެއްޖެ. އަތުގައި މިއިން ކަޅުލިތަ ފެނުނީމަ ހުރީ ފާޑަކަށް ގަބުކައިފަ” ޔަނާލް ބުނެލިއެވެ.

“ހިނގާބަލަ ބޭރަށް ނިކުމެލަން. ކުޑަކޮށް ހިނގާލަން. ޔާޒް ގޮވައިގެން ދާނީ” ޔަނާލް ފައިޒަންއާއި ދުރަށް ޖެހިލާ ކޮޓަރިތެރޭގައި ހުރި ކުދިކުދި މަސައްކަތްކުރަން ފެށުމުން ފައިޒަން ބުނެލިއެވެ.

“ޔާޒް ގޮވައިގެން މަންމަ އެބައަންނަން ރައްޓިއްސެއްގެ ގެއަށް ވަދެލާފައި. އެހެންވީމަ މިވަގުތު ތިދެކުދިން އެކަނިންދޭ. އެކަމު ބުނަން. ބަލައިގެން އުޅެއްޗެ. ދުޝްމިނުން ތިބީ ތައްޔާރުގައި” ހީލާފައި ކުލްޝޫމް ވާހަކަދެއްކިއެވެ.

***********************************

އެހެންފަހަރުތަކާއި ހިލާފަށް ފައިޒަންއާއި ޔަނާލް ގެއިން ނިކުތީ އެކުއެކީގައެވެ. ކާރުގައި ދިޔުމުގެ ބަދަލުގައި ދެމީހުން ދިޔައީ އެކީގައި ހިނގާފައެވެ. އެވެސް ގޭދޮރުމަތީގައި މީހަކާއި ވާހަކަދައްކަން ހުރި މާއިރާ ކުރިމަތިންނެވެ. އެދެކުދިން މަގުން އޮބާލަންދެން މާއިރާ އެދިމާ ބަލަންހުއްޓެވެ.

ކުޑަ ސޮރު ބަލަން ގެނައި މަންޖެ ދޯ އެއީ” މާއިރާގެ އެކުވެރިޔާ ވާހަކަދެއްކިއެވެ.

“ނަމެއްގަ. މަސައްކަތްކުރަނީ އަރާ ބޮންތީގަ ހިފަން. ވަރަށް ފޫހިވޭ…” ފޫހިކަމާއެކު މާއިރާ ބުނެލިއެވެ. އޭނާގެ ނަޒަރު ހުއްޓިފައި ވަނީ އެއްވަރަށް ހިނގާފައި ދިޔަ ޔަނާލާއި ފައިޒަންއަށެވެ.

އާދައިގެ ހިނގުމެއްގައި ހިނަގމުން އައިސް ދެކުދިން މަޑުކޮށްލީ ސިނަމާލެ ބުރިޖު ކައިރީގައި ހިއްކާފައިވާ ތަންކޮޅުގައެވެ. އަކިރިތަކުގެ މަތީގައި އިށީނީ ބުރިޖުމަތީގައި ހަރަކާތްތެރިވާ މީހުންނަށް ފުރަގަސްވާ ގޮތަށެވެ. ވަގުތަކީ ހަވީރުގެ ވަގުތަށްވާތީ އެސަރަހައްދު އޮތީ ވަރަށް ހަލަބޮލިކޮށެވެ. ހުޅަނގު މޫސުމް ނިމި އިރުވައި މޫސުމް ފެށިފައިވި ދުވަސްކޮޅަށްވުމާއެކު އުޑުމަތީގައި ވިއްސާރަ ވިލާތައް ދަތުރުކުރަމުން ދިޔައެވެ. ދުނިޔެމަތީގައި ވަނީ ތެތްފިނިކަމެއް ހިފާލާފައެވެ. ކަނޑުން ނަގާ ވައިރޯޅި އެއްވެސް ހުރަހަކާއިނުލާ ބީހިލަނީ އެދެމީހުންގެ މޫނުމަތީގައެވެ.

“ފެނުނުތަ؟ މިހާރުވެސް އެބަހުރި ކަންނޭނގެ…. އަޅެ ނޭނގޭކަމަށް ހަދާލާފައި ބަލާލަބަލަ” ޔަނާލް މޫދަށް ބަލަހައްޓައިގެން އިނދެ ބުނެލިއެވެ. ފައިޒަން އެގޮތަށް އަމަލުކުރިއެވެ. އަދި ޔަނާލާއި ދާދި ގާތުގައި އިނދެ ފުރަގަހުން އަކިރިތަކުގެ މަތީގައި ދެއަތް ވިއްދާލަމުން ހަށިގަނޑު ފަހަތަށް ޖައްސާލިއެވެ. އޭނާ ވާހަކަދެއްކީ އެއަށް ފަހުގައެވެ.

“މިހާރުނެތް. އެކަމަކު ހިއެއްނުވޭ ދާނެހެނެއް” ފައިޒަން ބުނެލިއެވެ.

“ހެހެހެ… މަޖާކަމެއްދޯ….. އަހަރެމެންނަށް ވާނުވާ ބަލާނެ ބަޔަކު އެބަތިބިތާ ދޯ” ޔަނާލް ހީގަތުމުން އެމޫނަށް ފައިޒަން ބަލާލިއެވެ. އެހިނިތުންވުން އޭނާއަށް މިހާރު ފެންނަނީ ވަރަށް މަދުންނެވެ. ފެނިއްޖެނަމަ އޭނާއަށް އެމޫނުން ނަޒަރު ވަކިކޮށެއް ނުލެވެއެވެ.

ނުނިމޭ

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

Ushaali

Level 810 Stories100 Comments100 Stories500 Comments

Writing stories is more than my passion. it’s a journey that fills my heart with joy and purpose. Every story I create carries a piece of my imagination, emotions, and dreams. My greatest hobby is reading, exploring new ideas, and transforming simple thoughts into unforgettable stories that inspire, entertain, and touch the hearts of readers. My happiness comes from knowing that someone, somewhere, smiles, laughs, cries, or finds hope through the words I write. There is no greater reward than seeing my stories become a meaningful part of someone’s life. Success, to me, is not measured by numbers or popularity alone. My true success is the love, support, and trust of my readers. Every person who reads my stories becomes a part of my journey, and I am deeply grateful for each one of you. Your encouragement gives me the strength to keep writing and to become a better storyteller every day. I always look forward to learning, improving, and creating stories that leave a lasting impression. I believe that growth never ends, and every new story is another step toward becoming the writer I aspire to be. One thing that makes my journey unique is that I value honest criticism more than praise. While kind words motivate me, constructive negative feedback helps me recognize my weaknesses, improve my skills, and grow faster in my writing career. Every thoughtful suggestion is an opportunity to become a stronger and better author. To all my readers, thank you for believing in my stories and walking this journey with me. You are not just my audience—you are an important part of my success. I hope my stories continue to inspire, entertain, and remain in your hearts for years to come.

Other Articles

Previous

މާތްﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުން ބަދަލުކުރެއްވީ ރާމާމަކުނުތަކަކަށް

Next

ޖެހުމުން ވަބާ

Next
February 26, 2019

ޖެހުމުން ވަބާ

Previews
February 25, 2019

މާތްﷲ ގެ އަމުރުފުޅަށް ނުކިޔަމަންތެރިވުމުން ބަދަލުކުރެއްވީ ރާމާމަކުނުތަކަކަށް

19 Comments!

  1. Ummu Xahaa Xaan says:
    February 26, 2019 at 3:01 pm

    Wow

    1. Ushaali says:
      February 26, 2019 at 3:03 pm

      🙂 thanks dear

  2. Ushaali says:
    February 26, 2019 at 3:02 pm

    salaam all
    🙂 ummydhu kuran mi bai ves kiyuntherinnah kamudhaane kamah

  3. Aiminath Mulla says:
    February 26, 2019 at 3:03 pm

    salhi

    1. Ushaali says:
      February 26, 2019 at 3:20 pm

      🙂 thanks

  4. SCARLET❤ says:
    February 26, 2019 at 3:35 pm

    Yeyyy… mihaaru eulheny falhaa aran…. dhen Thi maairaa ah huannaane rangalah ulhevifa.. Haadha foohi veyey… ushaali dear vaahaka v salhi… luv it???

  5. Mixuhan says:
    February 26, 2019 at 5:23 pm

    Haadha reeiiicheyy mi vhk
    ..Vrh interesting…

    1. Ushaali says:
      February 27, 2019 at 12:11 pm

      🙂 thankiu so much Mixuhan

  6. Hajja says:
    February 26, 2019 at 5:54 pm

    Adhi alah mi comment kury.. ekm vaahaka kiyan baraabarah.. knme dhuvahaku vaahaka up vitho beley varehge adhadhehves neynge.. vrh rythi story.. masha Allah.. allah thibaa ah barakaaiy lahvaashi..

  7. Aroo says:
    February 26, 2019 at 8:58 pm

    Alhey haadha salhiey.thanks.when next part…..

    1. Ushaali says:
      February 27, 2019 at 12:12 pm

      🙂 thankiu Aroo
      miadhu balaanan ingey next part up kolleveytho

  8. Mi says:
    February 26, 2019 at 9:48 pm

    Varah reethi Insha Allah. Konirakun 27 Vanna bai up kollanee

    1. Ushaali says:
      February 27, 2019 at 12:13 pm

      🙂 thankiu Mi
      miadhu konmes vaguthegga balaanan up kolleveytho

  9. Ainth says:
    February 26, 2019 at 10:48 pm

    Hii… ushaali kihinehtha haalu ?Alhe mi part vx v salhi .. knirakun dhn next part.? next part avaha fonuvabe ❤

    1. Ushaali says:
      February 27, 2019 at 12:15 pm

      🙂 hi Ainth. alhamdhulilla. ushaali vr rangalhu. Ainth kihinehtha?
      miadhu balaanan ingey up kolleveytho

  10. Reet says:
    February 27, 2019 at 11:18 am

    V reethi vaahaka adhi bunelan usaail. Vaahaka geness dhaney v kerigen kuraa hithun kan Vv faahaga kohlan adhi thiyaee v kurey muraali vaahaka liyaa hithun liyaa kujehkan faahaga alhugandu ah ve.

    1. Ushaali says:
      February 27, 2019 at 12:16 pm

      🙂 AWWWW…..vr happi vehjje comment kiyaalaafa. thankiu so much Reet. 🙂 🙂

  11. Sinon says:
    February 27, 2019 at 11:37 am

    Very nice. Love it????

    1. Ushaali says:
      February 27, 2019 at 12:17 pm

      🙂 thankiu so much sinon

Comments are closed.

Next Episodeދިނީ ޒަހަރު… 27←


All Right Reserved!