ވިންދޭ ލޯބި ތީ އެދޭ 32
އައި ރުޅީގައި ހިތަށް އައިހާ އެއްޗެއް ކިޔާލުމަށްފަހު އަޝްރާ ކެބިންއިން ނުކުތުމަށް ހިނގައިގަތެވެ. އެހެނަސް އެވަގުތު ނާއިލް އަވަސް ހަރަކާތަކާއެކު އަޝްރާގެ އަތުގައި ހިފާ އޭނަގެ ދެއަތުގެ ތެރެއަށް ގެނެސް ހައްޔަރުކޮށްލިއެވެ. ނާއިލްގެ އެހަރަކާތުން އަޝްރާގެ ހިތް ބާރަށް ތެޅެންފެށިއެވެ. ނާއިލްގެ ފަރާތުން އެފަދަ އަމަލެއް ފެނިދާނެ ކަމަކަށް އަޝްރާ ހީވެސް ނުކުރެއެވެ. ރުޅިވެރިކަމުން ފުރިގެންވީ ނަޒަރަކުން އަޝްރާއަށް ބަލައިލަމުން ނާއިލް އޭނަގެ މޫނު އަޝްރާގެ މޫނާއި ޖެހޭ ނުޖެހޭ ވަރަށް ކައިރިކޮށްލިއެވެ. އެއާއެކު ހިތަށް ވެރިވި ނުތަނަވަސްކަމާއެކު އަޝްރާއަށް ދެލޯ މަރާ ބާރުކޮށްލެވުނެވެ. ދެލޯ މަރާ ބާރުކޮށްލައިގެން ހުރި އަޝްރާ ފެނުމާއެކު ނާއިލްގެ މޫނު މަތީގެ ކުލަވަރު ބަދަލުވެގެން ދިޔައެވެ. ކުޑަކުއްޖެއް ފަދައިން ދެލޯ މަރާ ބާރުކޮށްލައިގެން ހުރި އަޝްރާގެ މޫނު މަތިން ނާއިލްއަށް ފެނިގެން ދިޔައީ މައުސޫމްކަމެވެ. އެއާއެކު އޭނައަށް ބޭއިޚްތިޔާރުގައި ހިނިތުންވެލެވުނެވެ. ދެވަނަ ސިކުންތުގައި ނާއިލްގެ ނަޒަރު ހުއްޓުނީ މަޑު ތުރުތުރެއް އެކުލެވިފައިވި އަޝްރާގެ ރަތްކުލައިގެ ދެތުންފަތަށެވެ. އެވަގުތު ނާއިލްގެ ފަރާތުން އެއްވެސް އިޝާރާތެއް ނުލިބުމުން އަޝްރާ މަޑުމަޑުން ދެލޯ ހުޅުވާލިއެވެ. އެއާއެކު ނާއިލްވެސް އަޝްރާގެ ދެލޮލަށް ނަޒަރު ހުއްޓާލިއެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވުމާއެކު ތަފާތު ވިންދެއް ދެހިތުގައިވެސް ޖަހާލިހެން ހީވިއެވެ. ދެމީހުންގެ ދެމެދަށް ވެރިވެފައިވި ހަމަހިމޭންކަމެވެ. އެކަކުވެސް އެކައްޗެކޭވެސް ނުބުނެއެވެ. އެހެނަސް ދެމީހުންގެ ލޮލުންވެސް އެކަކު އަނެކަކާ އެތައް ވާހަކައެއް ދައްކަން ބޭނުންވާކަން ހާމަކޮށްދެމުންދެއެވެ.
ނާއިލްގެ ނަޒަރު އޭނަގެ ދެލޮލާއި އަމާޒުވުމާއެކު އަޝްރާގެ އަތް ފައި ފިނިވެގެން ދިޔައެވެ. ނާއިލްގެ ބެލުމުގައިވި ތަފާތުކަމުން އޭނަގެ ހިތުގެ ހިނގުން އަވަސްކުރުވާފާވެއެވެ. ހިތުގައި އުފެދިފައިވި ނުތަނަވަސްކަމުގެ ސަބަބުން އޭނައަށް ހުރެވުނީ ނޭވާ ހިފަހައްޓާލައިގެންނެވެ. ހިނދުކޮޅެއް ފާއިތުވެ ދިޔައިރުވެސް ނާއިލް އެހުރި ގޮތަށް ހުއްޓެވެ. ފުރުސަތުގެ ބޭނުން ހިފާ އަޝްރާ ނާއިލްގެ އަތު ތެެރެއިން ރެކިގަތެވެ. އެއާއެކު ނާއިލްއަށް ހަމަހޭވެރިކަންވިއެވެ. އަވަސް އަވަހަށް ކެބިން ނިކުންނަން އުޅުނު އަޝްރާ މިފަހަރުވެސް ހުއްޓުނީ ނާއިލް އޭނަގެ އަތުގައި ހިފުމުންނެވެ. ” އެހާ ނަފްރަތު ކުރަންތަ ހަމަ އަހަންނަށް… އަހަރެންގެ ސޫރަ ދެކެންވެސް ބޭނުންނުވާ ވަރަށް… އަހަރެންގެ ނަންވެސް އަޑު އަހަން ބޭނުންނުވާ ވަރަށް… ” އަޝްރާ ބަލައިލުމާއެކު ދަތްޕިލަ ޖައްސާއިގެން ހުރެ ނުރުހުންތެރިކަން އެކުލެވިފައިވި އަޑަކުން ނާއިލް ބުނެލިއެވެ. ” އާނ… ނަފްރަތު ކުރަން… އަބަދުވެސް ކުރާނަން… ” އަޝްރާވެސް ވަކި ދޫކުރާކަށް ބޭނުމެއްނުވިއެވެ. ” ތިވަރަށް އަހަންނަށް ނަފްރަތު ކުރަންޏާ ކޮންމެހެންވެސް އަޝްރާ ވާނީ އަހަންނާއެކު މަސައްކަތްކުރަން… ކުރިން އަހަރެންގެ ޚިޔާލު ހުރީ ބައްޕައާ ވާހަކަ ދައްކައިގެން އެހެން ކުއްޖަކު އަހަރެންގެ ޕީއޭގެ މަޤާމަށް ނަގަން… އެކަމަކު މިހާރު އަހަރެންގެ ޚިޔާލު ބަދަލުވެއްޖެ… ކަރުދާސްތައް ނަގާފަ އެންމެ ރަނގަޅު މިވަގުތައް ދިޔަޔަސް… ދެން ފަހަރަކު ކެބިންއަށް ވަންނައިރު ހުއްދަ ހޯދާފަ ވަންނަން ހަނދާންކުރާތި… ” މަލާމާތުގެ ހިނިތުންވުމެއް ވެރިކުރުވައިގެން ހުރެ ނާއިލް އެހެން ބުނެ އަޝްރާގެ އަތުން ދޫކޮށްލުމަށްފަހު ކެބިންއިން ނިކުމެ އެބައިގައި ހުންނަ ވޮޝް ރޫމާ ދިމާލަށް މިސްރާބުޖެހިއެވެ. ނާއިލްގެ ވާހަކަތަކުން އަޝްރާ ހުރީ ރުޅިން ފަޅާއިގެންދާ ކައިރިވެފައެވެ. ދެދަތްޕިލަ ޖައްސާ ބާރުކޮށްލައިގެން ނާއިލްއާ ދިމާލަށް ކުދިކިޔަމުން ކެބިންގެ އެކިއެކި ހިސާބުތަކުގައިވި ކަރުދާސްތައް ނަގަމުން އަޝްރާ ދިޔައެވެ.
ވޮޝް ރޫމަށްވަދެ ނާއިލް މޫނު ދޮންނަ ތަށި ކައިރީ ހުއްޓި ލޯގަނޑުން އޭނަގެ ގަމީހުގެ މޭމައްޗަށް ބަލައިލިއެވެ. އަޝްރާގެ ދެތުންފަތުގެ ނިޝާން އިން ތަނުގައި ނާއިލްއަށް ބޭއިޚްތިޔާރުގައި ފިރުމާލެވުނެވެ. އެއާއެކު އެވަގުތުކޮޅުގެ ތަސްވީރުތައް އޭނައަށް ސިފަވެގެން ދިޔައެވެ. ނޭނގި ނަމަވެސް ނާއިލްއަށް އެވަގުތު ހިނިތުންވެވުނެވެ. ނާއިލް ދެފަރާތަށް ބޯ ހޫރުވާލީ އެހަނދާންތަކުން ދުރުވުމަށެވެ. އެހާ އަވަހަށް އަޝްރާގެ ޚިޔާލުތައް އޭނަގެ ސިކުނޑިއަށް ވެރިވެގަތުމުން ނާއިލް ހައިރާންވެސްވިއެވެ. އިތުރަށް ވިސްނަން ނުހުރެ އިސްކުރު ދޫކޮށްލާ ފެން ފޮދަކުން ގަމީހުގައިވި އެނިޝާން ފިލާތޯ ނާއިލް މަސައްކަތްކުރިއެވެ. ކުރި މަސައްކަތުން ވަރަށް ބޮޑަށް އެތަން ފިލިއެވެ. އެހެނަސް އަދިވެސް ކޮންމެވެސް ވަރަކަށް އެނގޭވަރުވެއެވެ. އެވަރުން ދެން ހެޔޮކަމަށް ވިސްނަމުން ނާއިލް ވޮޝް ރޫމުން ނިކުމެ އޭނަގެ ކެބިންއަށް މިސްރާބުޖެހިއެވެ. ކެބިންއަށް ގޮސް ވަންއިރު އަޝްރާގެ ހިލަމެއްނުވެއެވެ. އަޝްރާ ގެނައި ލިތުންތައް ތަރުތީބުކަމާއެކު އޭނަގެ މޭޒު މަތީގައި ބަހައްޓާފައި ހުއްޓެވެ. ނާއިލް އައިސް އޭނަގެ ގޮނޑީގައި އިށީންދެ ލިޔުންތަކަށް ނަޒަރު ހުއްޓާލިއެވެ. ފަސްވަރަކަށް މިނިޓު އެލިޔުންތަކަށް ނަޒަރު ހުއްޓާލައިގެން އިނުމަށްފަހު ގަލަމެެއް ނަގައި އެންމެ ފަހު ގަނޑުގައި ސޮއި ކޮށްލިއެވެ. އެއަށްފަހު ގޮނޑީގައި އަޅުވާލެވިފައިވި އޭނަގެ ކަޅު ކުލައިގެ ސޫޓް ނަގައި ގަޔަށް ހެޔޮވަރުކޮށްލުމަށްފަހު ފުރިހަމައަށް ތައްޔާރުވެވުމުން މީޓިން ހޯލަށް ދިއުމަށް ކެބިންއިން ނިކުތެވެ. އެވަގުތު ނާއިލްއަށް ނިކުމެވުނީ އަޝްރާގެ ކުރިމައްޗަށެވެ. ދެމީހުންވެސް އެކަކު އަނެކަކަށް އަވަސް ނަޒަރެއް ދިނުމަށްފަހު އެމީހެއްގެ ނަޒަރު ބަދަލުކޮށްލިއެވެ. ނާއިލް އެއްވެސް އެއްޗެކޭ ބުނުމެއްނެތި ކުރިއަށް ހިނގައިގަތުމާއެކު އަޝްރާވެސް ނާއިލްގެ ފަހަތުން މީޓިން ރޫމަށް ދިއުމަށް ހިނގައިގަތެވެ.
ގަޑި ޖެހުމާއެކު މީޓިން ފެށިގެން ދިޔައެވެ. މީޓިންގައި ބޮޑަށް ދެކެވިގެން ދިޔައީ ކުންފުނީގެ ހިންގުމާ ނާއިލް ހަވާލުވި ވާހަކައެވެ. އެއާއެކު ބައެއް ޑިޕާޓްމެންޓްތަކަށް ގެނުވުނު ބަދަލުތަކާއި އެހެނިހެން ބަދަލުތަކުގެ ވާހަކަތަކެވެ. ނާއިލް އިސްވެވެސް މުވައްޒަފުންނާއި ވާހަކަ ދެއްކިއެވެ. އޭނަގެ ވާހަކައިންވެސް މިކަމާ ގަޔާވެފައިވި މިންވަރާއި އޭނަގެ ވިސްނުންތޫނުކަން ވަރަށް ރަނގަޅަށް ހާމަވެގެން ދިޔައެވެ. ނާއިލްގެ ވާހަކަތަކުން ކޮންމެ މީހަކަށްވެސް އޭނަ މިކުންފުންޏަށް އެތައް ކުރިއެރުންތަކެެއް ގެނެސްދޭނެކަން ޔަގީންކުރެވުނެވެ. ދެގަޑީއިރަށް ދިގުދެމިގެންދިޔަ މީޓިން ނިންމާލުމާއެކު މުވައްޒަފުންތައް މީޓިން ރޫމުން ނިކުމެ އެމީހެއްގެ މަސައްކަތައިގެން ކުރިއަށް ދިޔައެވެ. މިހާރު މީޓިން ރޫމުގައި ތިބީ ނާއިލް އާއި ރަޝީދުގެ އިތުރުން އަޝްރާ އާއި ނައުޝާދެވެ. ” ދަރިފުޅާ ނާއިލް… ބައްޕަ މިއަދު ވަރަށް ވަރަށް އުފާވެއްޖެ… އައިމް ސޯ ޕްރައުޑް އޮފް ޔޫ މައި ސަން… ބައްޕައަށް ޔަގީން ﷲ ގެ އިރާދަފުޅާއެކު ދަރިފުޅު މިކުންފުނި ވަރަށް ރަނގަޅަށް ހިންގާނެކަން… ބައްޕަގެ އެހީތެރިކަން އަބަދުވެސް ދަރިފުޅަށް ލިބޭނެ އިންޝާ ﷲ… އޯލް ދަ ބެސްޓް… ” ރަޝީދު ނުހަނު އުފާވެފައިހުރެ އޭނަގެ ދަރިފުޅާ ވާހަކަ ދެއްކިއެވެ. ” އިންޝާ ﷲ އަޅުގަނޑުގެ ފަރާތުން ބައްޕަ ހިތްހަމަނުޖެހޭ އެެއްވެސް ކަމެެއް ނުފެންނާނެ… އަބަދުވެސް ކުންފުނީގެ ކުރިއެރުމަށް ކުރެވެންްހުރި ކޮންމެ ކަމެެއްވެސް އަޅުގަނޑަށް ވީވަރަކުން ފުރިހަމަކަމާއެކު ކުރާނަން އިންޝާ ﷲ… ” ނާއިލް ހިނިތުންވެލަމުން ބުނެލިއެވެ. އެއާއެކު ރަޝީދުވެސް ހިނިތުންވެލަމުން ބޯ ޖަހާލުމަށްފަހު މީޓިން ރޫމުން ނިކުންނަން ހިނގައިގަތެވެ. ” އޯލް ދަ ބެސްޓް… ” ނައުޝާދުވެސް ނާއިލްގެ ކޮނޑުގައި މަޑުމަޑުން ޖަހާލަމުން އެހެން ބުނެލުމަށްފަހު ހިނގައިތެވެ. ނާއިލް ނައުޝާދަށްވެސް ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އޭރު އަޝްރާ ހުރީ އެމަންޒަރުތައް ބަލާށެވެ. އޭނަގެ ތުންފަތުގައި ލުއި ހިނިތުންވުމެއް ވިއެވެ. ހިނިތުންވެލައިގެން ހުރި އަޝްރާ ސިހުނީ އޭނަ އާއި ދިމާލަށް ނާއިލް ބަލައިލަމުން އެއްބުމަ މައްޗަށ އަރުވާލުމުންނެވެ. އަޝްރާ ވަގުތުން އޭނަގެ މޫނު މަތީގެ ކުލަވަރު ބަދަލުކޮށްލަމުން އެއްވެސް އެއްޗެކޭ ބުނުމެއްނެތި މީޓިން ރޫމްއިން ނުކުތެވެ. އަޝްރާގެ އެއަމަލުން ނާއިލްއަށް މަޑުމަޑުން ހީލެވުނެވެ. އަދިވެސް އަޝްރާގެ އެހުންނަ ބޭބީ ގޮތްގަނޑު ނުކެނޑެއޭ ނާއިލްގެ ހިތަށް އެރިއެވެ. އޭނަވެސް އިރުކޮޅަކު އެމޭޒު މަތީ ބެހެއްޓިފައިވި ލެޕްޓޮޕުން ކޮންމެވެސް މަސައްކަތެއް ކުރުމަށް އިނުމަށްފަހު ލެޕްޓޮޕަށް ޖަހާލެވިފައިވި ޕެންޑްރައިވް ނައްޓާލާ އެހިފައިގެން އޭނަގެ އަމިއްލަ ކެބިންއަށް ގޮސް ވަނެވެ.
މިންހާ ނުހަނު ޝައުޤުވެރިކަމާއެކު ކުރާހިތުން ފަހަރަކު ޕޭޝެންޓެއް ބަލަމުން ދިޔައެވެ. އޭނަ އާއި ބައްދަލުވަމުންދިޔަ ތަފާތު އެކި މިޒާޖުގެ ކުދިންނާއި އެކު ހޭދަކުރެވެމުންދިޔަ ވަގުތުތަކުގެ ސަބަބުން މިންހާ ހުރީ ނުހަނު ހިތްހަމަޖެހިފައެވެ. އަލޫފްގެ މަތިންވެސް މިހާރު ހަނދާނެެއްނެތެވެ. ވަގުތުތައް ފާއިތުވަމުން ގޮސް ބްރޭކް ގަޑި ޖެހުމާއެކު މިންހާ އަވަހަށް ސައިބޯން ދާން ތައްޔާރުވެލިއެވެ. އޭނާ ތިރިއަށް ފޭބީ އަޝްރަފްއަށް ގުޅާ ބަލައި އައިސް ދިނުމަށް ބުނެފައެވެ. މިންހާ މިއަދު ބޭނުންވީ ގެއަށް ސައިބޯން ދާށެވެ. އޭނާ ތިރިއަށް ފައިބާ ބޭރަށް ނުކުތެވެ. މާގިނަ އިރެއްނުވަނީސް އަޝްރަފް އޭނަގެ ކާރުގައި އައިސް ހޮސްޕިޓަލުގެ ދޮރު މަތީގައި މަޑުކޮށްލިއެވެ. އެއާއެކު މިންހާ ގޮސް ކާރަށް އަރާ ސީޓް ބެލްޓް އަޅާ ތައްޔާރުވެލިއެވެ. ” ދަރިފުޅާ މިންހާ… ކިހިނެއްވަނީ ފުރަތަމަ ދުވަސް… ” ކާރު ދުއްވާލަމުން އަޝްރަފް އެހެން ބުނުމާއެކު މިންހާ ހުރިހާ ކަމެއްވެސް ވަރަށް ރަނގަޅު ކަމުގައި ބުންޏެވެ. ގެއާއި ހަމައަށް ފޯރަންދެންވެސް އެދެމެދުގައި ދެކެވިގެން ދިޔައީ ވަޒީފާގެ ވާހަކަތަކެވެ.
އަލޫފް އޭނައަށް ޚާއްސަކުރެވިފައިވި ކެބިންގައި އިނެވެ. ޖޯޑުކޮށްލެވިފައިވި ދެއަތް އޭނަގެ ނިއްކުރީގައި ޖައްސާލައިގެން އިސްޖެހިފައި އިންއިރު ފުން ވިސްނުމަކަށް ގެެއްލިފައި އިންކަން ހާމަވެއެވެ. އޭނަގެ ސިކުނޑީގައި ވަނީ މިންހާގެ ޚިޔާލުތަކެވެ. އަދިވެސް ހީވަނީ މިންހާގެ ތަސްވީރު އޭނަގެ ލޯ ކުރިމަތީގައި ސިފަވާހެންނެވެ. މިންހާ ފެނުނީއްސުރެ އޭނަގެ ހިތާއި ސިކުނޑީގައި ވަނީ މިންހާއެވެ. އެންމެ ހިނދުކޮޅަކަށްވެސް ހަނދާނެއްނުނެތެއެވެ. ހިތް އެދި ގޮވަނީ އެހިތްގައިމު ރީތި ސޫރަ އަދި އެއްފަހަރު ދެކިލުމަށެވެ. ” ދޮންބެ… ޑޮކްޓަރު ކީކޭ ބުނީ ޝަމޫ ދެއްކީމަ… ” އެވަގުތު އީލާފް އައިސް އަލޫފްގެ ކެބިންއަށް ވަނުމަށްފަހު ބުނެލިއެވެ. އެހެނަސް އަލޫފްގެ ފަރާތުން އެއްވެސް ޖަވާބެއް ނުލިބުނެވެ. އީލާފް ގޮސް އަލޫފްގެ މޭޒު ކައިރި ހުއްޓި މޭޒުގައި ދެފަހަރު އޭނަގެ އަތުން ޖަހާލިއެވެ. އެއާއެކު ސިހިފައި އަލޫފް އިސްއުފުލާލަމުން އީލާފްއަށް ބަލައިލިއެވެ. ” އީލޫ… ކިހިނެއްވީ ކަމަކުތަ… ” އަލޫފް ހަމައަކަށް އެޅެން މަސައްކަތްކުރަމުން ބުނެލިއެވެ. ” ދޮންބެ.. ކޮންވިސްނުމަކަށް ގެއްލިފަތަ ތިއިނީ… އަޅުގަނޑު ބުނީ ޑޮކްޓަރު ކީކޭހޭ ބުނީ ޝަމޫ ދެއްކީމަ… ” އީލާފް އަލޫފްގެ މޫނަށް ނަޒަރު ހުއްޓާލައިގެން އިނދެ ބުނެލިއެވެ. ” ވައިރަލް ފީވާއޭ ބުނީ… ބޭސް ކޭމަ ރަނގަޅުވާނެއޭ… ” އަލޫފް ޖަވާބުގައި ބުނެލިއެވެ. އޭރު އަނެއްކާވެސް އޭނަ އިނީ ކުރިން އިންހެން ދެއަތް ޖޯޑުކޮށްލާ ނިއްކުރީގައި ޖައްސާލައިގެންނެވެ. މިންހާ އާއި ވިސްނެމުން ދިޔަވަރަކަށް އޭނަގެ ބޮލުގައި ރިހުމެއްވެސް އުފެދެމުން ދިޔައެވެ. ” އެހެންތަ… އެވަރު ކަމަކާތަ ދޮންބެ ތިހާ ހާސްވަނީ… ބޭސް ކޭމަ ރަނގަޅުވާނޭ ޝަމޫ… ދޮންބެ މާވަރަކަށޭ ތިވިސްނަނީ… ” އީލާފް ބުނެލިއެވެ. ” އައިމް ނޮޓް ތިންކިންގް އެބައުޓް ހާ… އައި ސޯ ހާ އީލޫ… އާފްޓާ ސެވަން އިއާސް… އައި ސޯ ހާ… ޝީ އީޒް ހިއާ… ” އަލޫފް އެހެން އިނދެ މަޑުމަޑުން ބުނެލިއެވެ. ” ކާކު… ކާކުތަ ހަތް އަހަރު ފަހުން ފެނުނީ… ” ސުވާލުން ފުރިގެންވީ ރާގެއްގައި އީލާފްއަށް ބުނެލެވުނެވެ. ” މިންހާ… ” އެވަގުތު އަލޫފް އޭނަގެ އިސްއުފުލާލަމުން ބުނެލިއެވެ. ” ވަޓް… ” ކުއްލިއަކަށް ލިބުނު ޚަބަރަކުން އީލާފްއަށް އެހެން ބުނެވުނީ ތަންކޮޅެއް ބާރަށެވެ. އޭރު އޭނަގެ މޫނު މަތީގެ ކުލަވަރު ވަނީ ބަދަލުވެފައެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
37 Comments!
Comments are closed.








Me first dhw?
V Gina dhuvas vehje dhw comment eh kohnulevey thaa… Hama busy kamun nukurveny yey?.. Any way Vvvv Vvvv reethi mi bai ves…. Kobaa tha aan…. Aan ge habareh nuvaathy V foohi Dhen avahah minnu aa aan aa gulhuvaba ifoo pls….. N I missed u ifoo????❣️
Mimmi ❤️❤️❤️… Congratulations on being first ❤️❤️❤️???… I’m so happy to see ur comment ???… Thankyou soooooo much dear ❤️❤️❤️?????????… Aaan v avahah annaane… Mihaaru aumuge magumathyga ulheny ???… Keep waiting ???… V v v ufaavehje bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Missed you too dear ??????… Much more loves from me ❤️❤️❤️??????????…
Salaam dear readers… Here is the next part… Hope all will like this part too n feel free to comment your views… I’m so sorry dear readers… I know it’s short… But time nulibuny hama… Mirey up kohdheyn bunevifa inyma mi up kohly kurukoh viyas… Hope all will understand… Next part In Sha Allah dhigu genesdheynan Monday night ga… Love you all n thankyou soooooo much dear readers ifoo ah thidhey support ah ❤️❤️❤️?????????…
finally up vejje dhww
???.. up vey thww bala balaa mi innanee.. varah varah reethi mi part vss???❤❤❤
Yaaanaa ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Hope to see ur comment more often ???… Much loves from me ❤️❤️❤️?????????…
Foohi. Aan ge bai gennane kamah mi kiyaaly ves. Dhe bai mi dhiyaee hus haasaru haasaru.
Mi baithah meevx hama v important baithakeh… I don’t think it’s haasaru… Aaaan v avahah annaane…. Mihaaru ulheny aumuge magumathyga ???… Keep waiting ???… Thankyou ❤️❤️❤️?????????…
Ifoo Kihineh tha?mi part vess varah reethi kiyaa hithun inda ae nimunee. waiting next part.
Sidu ❤️❤️❤️… I’m not so well… Hws u??? Thankyou soooooo much ❤️❤️❤️?????????… Keep waiting for the next part ???… Much loves ❤️❤️❤️?????????…
Story hama vrh salhi ifoo ? kuru viyas okay next part dhigukohlanikoh ?
Adhi kithah more parts inee storyge????
Please hama thihaa reethi koh next part genesdhechey
Waiting waiting waiting
Scarlet ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Adhi ebahuri baivaru parts… Neynge vaki bunaakah ifoo nuliyaa huryma ???… Hhehe ???… Keep waiting ???… Much loves ❤️❤️❤️?????????…
Yes…!!! ❤❤????….Its here again…!!! ❤❤????…I am waiting for this last 2 days…Hehe …!!! ❤❤????…Thnx ingey bixy koh ulhemun kuru koh viyas story up koh dhinythy…❤❤????…This part also awesome and intresting❤❤????….Vrh reethi goiy story genesdhyfa vaa goiy ingey…❤❤????….I understand it very well and forgive you….❤❤????….Thanx ifoo readers happy kohdheyn thi kuraa hiyvarah…❤❤????…You are just brave girl dear…❤❤???…Now aloof and shamha merry kury tha…???????.. Alhe kobaa tha aan…??? ❤❤????…Avahah aan genebala…❤❤????….Minnu and aan gulhuvaba…❤❤????.Minnu and aloof nugilhuvahchey ingey dhen….Eyrah again he will make her sad and break her heart…??????…Minnu,aan aa gulhunyma salhi vaane…❤❤????….Make it happen soon please…❤❤????Keep it up your good work dear ifoo..❤❤????…May god bless you girl…❤❤????….Waiting for next part..❤❤????…Hope next part will be little long dear…❤❤????…Will give my full support you always dear…❤❤????..Hei hwx you dear…❤❤????…Hope you will be fine…❤❤????..
@lkleel ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Let’s see what happens… Anything is possible ???… Aaan v avahah annaane ???… Keep waiting… Much loves ❤️❤️❤️?????????…
Wowww ifoo woww?????❤❤???????????..wat to say..masha allah..ehaa vx furihama viyya mi prt vx..u r talented??????????..It’s ok…I can understand ur situation dear??????..don’t worry..bt try to make nxt prt longer ingey?????❤❤?????????????..aan ge news nxt prt ga genesdhehche..L uuuuuu??????????????..<3 <3 <3
Jiji ❤️❤️❤️… One of the best reader ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… In Sha Allah miahvure dhigukoh genesdheynan ???… Much more loves from me ❤️❤️❤️?????????…
Yahh jiji ❤️❤️❤️… Ur one of the best reader ❤️❤️❤️?????????… Watt pad dhw… Sorry dear… Adhi neh use kuraa hiyaaleh… Yahh… Still admin number nufonuvaa
Mi part ves varah varah reethi. Insha’Allah. But varah curious aan n minhaa dhimaa v ma vaagotheh balaalen vegen.
Choppi ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Keep waiting for it ???… Maa dhigu inthizaareh kuraakah nujeheyne In Sha Allah ???… Much loves ❤️❤️❤️?????????…
Salaam. I have been reading this story. Its amazing❤️ Kbaatha Aan?? Aan aai Minnu aai avahah gulhuvabala.
Salaam Eem ❤️❤️❤️… Thankyou soooooo much ?????????❤️❤️❤️… Means a lot for me ???… Aaan vx ulheyne…. V avahah annaane In Sha Allah ???… Much more loves ❤️❤️❤️?????????…
love this ifoo you are just an awesome writer
you always make me speachless
its just really awesome have no words keep the work going
all the best
miss yh
Unique ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… Much more loves from me dear ❤️❤️❤️?????????…
Ifoo this part is amazing i am at lose of my words .. ???hama varah reethi u r the best writter i have seen till now… ???but mi part thankolheh kuruhen heevey….☺☺ hope next part mi ah vureh dhiguvaane kamah… waiting for next part. .???????thank you for this awesome part….????????much love from me???????
A.. na ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???… In Sha Allah next part miahvure dhigukoh genesdheynan ???… Most welcome dear ???❤️❤️❤️… Much more loves from me dear ❤️❤️❤️?????????…
Varah reethi mi baivx… So hope next part vx varah reethi vaane kamahh…. Still shamoo and alooof????
Saula ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Yahh… Aloof n Shamhaa still together ???… In Sha Allah mi part ah vure vx reethi koh genesdheveythr try kuraanan ???… Much more loves ❤️❤️❤️??????????…
masha allah ….. mi part ves reethi kamun bunaane ehves ehcheh neygunu..vaahaka up vithanaa kiyaafa adhi pi comment kollevey varu v….. sifa kurunthah ves hama ehaa reethi…keep it up ifooo…buxy kamun comment ves kurukollana…..love u young writer
your big fan maai
Maai ❤️❤️❤️… Awwwwnn ❤️❤️❤️???… Thankyou soooooo much ❤️❤️❤️?????????… It means a lot for me ???… V v v ufaavehje bxy koh ulhemunvx story kiyaalaafa comment eh kohlyma ???… Much more loves from me my dear big fan maai ❤️❤️❤️?????????…
Its amazing ifoo ❤ waiting for next part ❤
Ram ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje ???…
Masha allah❤story is really fantastic and looking foreward for more interesting twists or major plots. And please bring back . story is kinda incomplete without aan ❤
Yeah one morething iffoo . Next part ga aloof and shamha ge oyh relationship kiyaadhehchey.. it will be nice.. like they are married or not, in the past years how far and how strong the relationship has gone.
And some descriptions about eelaaf and naail’s life in past years.. naail misses ashra or bitterness has grown for ashra..
Its just my opinion love its up to you . Even If you add these little info’s it will add mlre spice to the story❤
Best wishes dear❤
Alya ❤️❤️❤️… Thankyou soooooo much for the comment ❤️❤️❤️?????????… Comment kiyaalaafa ifoo v v v ufaavehje ???… Alya thi faahaga kohli hurihaa kameh vx next part ga himanaa gothah ifoo innaanee kurin vx plan kohfa ???… Next partga In Sha Allah thibaithah annaane ???… Once again thankyou so much ❤️❤️❤️?????????… Hope to see ur comment more often n much more loves from me dear ❤️❤️❤️?????????…
Sry dear naju miulheny v v v balikoh adhi ehnve late koh mi cmnt eh kohlevuny ingey ??????… Story hama v v v nice n intresting ingey dear I just love it ??????… Keep up the good work n I really appreciate your hard work dear ??????… Much n more loves
Naju ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… V v v ufaavehje balikoh ulhemunvx story kiyaaleethy ❤️❤️❤️???… Avas shifaa akah edhen ???… Much more loves from me ❤️❤️❤️?????????…
I am sorry lahun comment kurevunyma… as usual mi part vx v reethi… fantastic work ifoo???love u❤
It’s ok ???… V ufaavehje fanuvx comment kohleema ???… Thankyou soooooo much ❤️❤️❤️?????????… Much more loves from me ❤️❤️❤️?????????…