Skip to content
އެސްފިޔަ

ބުނެދޭށޭ ރުހެމޭ 11

ހައިޒަލް އެވަގުތު ޕޯޓިކޯއަށް ނިކުތީ ފޯނެއްގައި ހުރެގެންނެވެ. އެ މޫނުމަތިން އެވަގުތު ފެނުނީ  ސީރިޔަސްކަމާއި ހިތްހަމަނުޖެހުމުގެ އަސަރުތަކެވެ. ދޭތެރެއިން ނިއްކުރީގައި އަތުން ފިރުމާލައިގޮތުން ހާސްވެފައިހުރިހެން ހީވެއެވެ. ހައިޒަލް ޕޯޓިކޯގެ ތަނބަށް ލެގިލަމުން ވެހެމުންދިޔަ ވާރެއަށް ނަޒަރު ހުއްޓާލިވަގުތު ހިނދުކޮޅަކަށް ހުއްޓުންއެރިއިރު އެހެން ދިމާލަކަށް ބަލާލަންވެސް ނުކުޅެދުނެވެ.

ވެހެމުންދިޔަ ބޯވާރޭގެތެރޭ ނައިނާ މޫނު އުފުލާލައިގެން ވާރޭ ވިލާތަކަށް ބަލަހައްޓައިގެން ހުރިއިރު އެތަށް ހާސް ފެންތިކިތައް އެ މޫނަށް ބޮސްދީފައި އޮމާން މޫނުމަތީ ދެމެމުންދިޔަ މަންޒަރު ރީތިކަމުން ނައިނާގެ މޫނުން ނަޒަރު ވަކިކޮށްލުމެއްނެތި އެގޮތަށް ބަލަހައްޓައިގެން ހުރުމަށް ހައިޒަލްގެ ހިތްއެދުނެވެ. އިރުގެ ދަޅަތަށް އެ މޫނާއި ކުޅެމުންދިޔައިރު އެ މޫނަށް ވެރިކޮށްލާފައިވާ ކުލަ ރީތިކަމުން ނޭނގިހުއްޓާ ހައިޒަލްގެ ހިތްވެސް އަވަސްވެގެންއައެވެ. މަރާލެވިފައިވާ އެސްފިޔަތަކުގައި މުތީތަކެއް ފަދައިން ފެންތިކިތައް ވިދަމުން ދިޔައިރު އެ ފިޔާތޮށި ތުންފަތްމަތީ ވަނީ އެންމެ ރީތި ހިނިތުންވުމެވެ. އެ ހިނިތުންވުމުން ހައިޒަލްގެ މޫނުމަތީގައިވީ ނުތަނަވަސްކަން ފިލައިގެންދިޔައިރު އެ ތުންފަތްމަތީ ފުންހިނިތުންވުމެއް ކުޅެލިއެވެ.

ނައިނާ އެފަދަގޮތަކަށް ފެނިލުމުން ހައިރާންވިއިރު ހައިޒަލްއަށް ނައިނާއަށް ބަލަހައްޓައިގެން ހުރެވުނީ އާޝޯހުވެފައެވެ. އެރީތިކަން ހިތަށް ޖާދޫއެއް ހަދާލިއިރު ހިތުގައި ތަފާތު ރާގެއް ކުޅެވިގެންދިޔައެވެ.  ހައިޒަލްގެ ހަނދާނަށް އައީ ނައިނާއާއި އެންމެ ފުރަތަމަ ދިމާވި ދުވަހެވެ. އެދުވަހު ވާރޭތެރެއިން އައި އަންހެންކުއްޖާ އޭނަގެ ހިތަށް ގޮތެއްހަދާލިއިރު ދެވަނަ ފަހަރަށް މިއަދު އެ އިހުސާސްކުރެވިއްޖެއެވެ. ލޭހިނގުން އަވަސްވެ ނޭވާ އަވަސްވެގެން އައިރު ހައިޒަލްގެ މޫނުން ތަފާތު އަސަރުތަކެއް ފެނިލިއެވެ.

އެވަގުތު ނައިނާ ފަސްއެނބުރި ބަލާލިއިރު އެ ތުންފަތްމަތީވި ރީތި ހިނިތުންވުމުން ހައިޒަލް އިތުރަށް ނައިނާއަށް ގަންބުވާލިއެވެ. ދެޒުވާނުންގެ ހަތަރުކަޅި ހަމަވިއިރު ދުރަށްބަލާލާނެހާ ހިތްވަރެއް ހައިޒަލްއަކަށް ނުކުރެވުނެވެ. އެލޮލުން އެވަގުތު ފެނިލި ގޮތްނޭނގޭ އިހުސާސްއާއިއެކު އެ ތޫނު ނަޒަރު ނައިނާއާއި ދިމާވީގޮތުން ނައިނާ އިސްޖަހާލަން މަޖުބޫރުވިއެވެ.

އެއްޖީބަށް އަތް ޖަހައިލައިގެން ހައިޒަލް މަޑުމަޑުން އައިސް ނައިނާއާއި އަރާ ހަމަވީއިރު އެ މޫނަށް ނަޒަރު ހުއްޓާލެވުމާއިއެކު ހިއްސުތަށް ވަގުތުން ހޭލައިގަތެވެ. ފެންތިކިތަށް ވިދަމުންދިޔަ ތުންފަތާއި ނަޒަރުހަމަވީގޮތުން ހައިޒަލްގެ ކެތްތެރިކަން ކޮޅުންލާގޮތްވިއިރު އެތުނި ތުންފަތުގެ ފޮނިކަން އިހުސާސްކުރަން އިންތިހާއަށް ބޭނުންވިއެވެ. އަމިއްލަ ނަފްސުގެ ކޮންޓްރޯލް ދޫވެގެންދިޔަވަގުތުކޮޅު ކުރިއަށް އަޅާލި ފިޔަވަޅާއިއެކު ހައިޒަލް ދެލޯމަރާލަމުން ވަގުތުން ނައިނާއަށް ފަސްދިނެވެ. މުށްކަވާލެވިފައިވާ އަތަށް އިތުރަށް ބާރުކޮށްލިރު ފުންކޮށްނޭވާއެއްލީ އަމިއްލަ ނަފްސު ހަމަޔަކަށް އަޅުވަން ބޭނުންވެފައި ހުރިކަހަލަގޮތަކަށެވެ.

އެގޮތުގައި އިރުކޮޅެއް ފާއިތުވެގެން ދިޔުމަށްފަހު ހައިޒަލް އެނބުރިލިއިރު ނައިނާގެ ހައިރާންކަމުގެ ނަޒަރު ހުއްޓިފައިވީ ހައިޒަލްގެ މޫނަށެވެ. ހައިޒަލްގެ ނަޒަރު އެވަގުތު ނައިނާގެ މޫނުންފެށިގެން ތިރިއަށް ދަތުރުކުރިއިރު އެ ތުނި ހެދުންތެރެއިން ނައިނާގެ ހަށިގަނޑުގެ ބައްޓަން ފާޅުވަމުންދިޔަގޮތުން މޫނުމަތިން ހިތްހަމަނުޖެހުމުގެ އަސަރުތަށް ފާޅުވިއެވެ. އޭރު މަގުމަތިން ދަމުންދިޔަ ބައެއް މީހުންގެ ދަހިވެތި ނަޒަރުތައް ނައިނާގެ ހަށިގަނޑަށް ހުއްޓެމުންދިޔަގޮތުން ހައިޒަލްއަށް އުނދަގޫވީ އިންތިހާއަށެވެ. ކުޑަކޮށް ދަތްްތަކަށް ބާރުވެގެންއައިރު ހައިޒަލް އޭނާގެ ކޯޓްގެ ގޮށްތަށް ނައްޓަމުން ކޯޓް ގަޔާއި ވަކިކޮށްލަމުން ނައިނާގެ ކޮނޑުގައި ކޯޓްއަޅުވާލަދިނެވެ. އެއާއިއެކު ނައިނާގެ މޫނަށް ފުންނަޒަރަކުން ބަލާލަމުން ހައިޒަލް ދުރަށް ހިނގައިގަތީ ނައިނާއަށް ވާހަކަދައްކާނެ ފުރުސަތެއް ދިނުމެއްނެތިއެވެ. އޭރު ހުދު ދަތްތައް ދަތްކުނޑިވިކިފައިވާއިރު ހައިޒަލް ހިތްހަމަނުޖެހިފައިވީވަރު އެ މޫނުމަތިންވީ ހާމައަށެވެ.     *******************************

ހައިޒަލްގެ ކެބިންގެ މަގުމައްޗާއި ފަޅިއަށްވާ ފާރު އެކީހެން ބިއްލޫރިންވާއިރު ތުނި ބިއްލޫރިގަނޑު ފުރާނާލައިފައި ކެބިންތެރެއަށް އެޅިފައިވީ އިރުގެ ރަންއަލިން ކެބިންތެރެއަށް ވެރިކޮށްލާފައިވަނީ ތަފާތު ރީތިކުލައެވެ. އެ ރީތިން އަލީގައި އޮމާން މާބްލްތަށްވެސް ވިދަމުންދިޔައީ ޖަވާހިރުކޮޅުތަކެއް ފަދައިންނެވެ. ކެބިންގައިވި ތަސްވީރުތަށްވެސް އެއަލީގައި ތަފާތު ސިފައެއް އިހްތިޔާރުކޮށްފައިވެއެވެ.  ނައިނާ ފައިލް މޭގައި ޖައްސާލައިގެން ހުރެ ކެބިން ތެރެއަށް ވަދެގެން އައިރު އެތަނަށް ވަދެވުނު ފުރަތަމަ ފަހަރުކަމުން ވަށައިގެން ނަޒަރު ހިންގުނެވެ.

ހައިޒަލްގެ ކެބިން ފަރުމާކޮށްފައިވަނީ ވަރަށްވެސް ފުރިހަމައަށް ޒަމާނީ ފެންވަރަށެވެ. ބިއްލޫރި ބިތްކައިރީ އޮފުއަރަމުންދިޔަ ރޯޒްވުޑް މޭޒެއް ބަހައްޓާލެވިފައިވާއިރު މޭޒު ކައިރީ ޗޮކްލެޓްކުލައިގެ އެކްޒެކިޓިވް ގޮނޑިއެވެ. މޭޒުމަތީގައި ފައިލްތަށް އަތުރާލެވިފައިވާއިރު އެއްފަރާތުގައި ބަހައްޓާލެވިފައިވާ ވާސްގައި ޖަހާލެވިފައިވާ ފިނިފެންމާތަކުގެ ލުއި ވަހުން ކެބިންތެރެ ހުވަނދުލަމުން ދިޔައެވެ. މޭޒުގެ އެއްފަރާތެއްގައި ބައިންދާފައި އިން ރީތިފަރުމާއަކަށް ހަދާފައިވާ ބިއްލޫރިގަނޑުގައި ރީތި ގޮތަކަށް ހައިޒަލްގެ ނަމާއި މަގާމް ކަނޑައިނަގައިފައެވެ. ކެބިންގެ އެއް ބިތްއެކީ ބިއްލޫރި ފޮތްހަރުގަނޑެއްވާއިރު އެ ބިޔަ ހަރުގަނޑުގައި ކޮމްޕެނީގެ އެކި އެކި ފައިލްތަށް އަތުރާލެވިފައިވަނީ ވަރަށްވެސް ތަރުތީބުކަމާއި އެކުގައެވެ. ހައިޒަލް އިންނަ މޭޒާއި ދިމާލުން ސިޑިކޮޅެއްލާފައި ފޭބެން އިން ތިރިތަންކޮޅުގެ ވަށައިގެން ބޮޑެތި ސޯފާތަށް ބަހައްޓާލެވިފައިވާއިރު މެދުގައި އޮފުއަރައަރާހުރި ކަޅުކުލައިގެ ބިއްލޫރި މޭޒެކެވެ. މިވަގުތުވެސް އެ މޭޒުމަތީ ތަރުތީބެއްނެތި ކަރުދާސްތަށް ވިހުރާލެވިފައިވެއެވެ.

ނައިނާ މޭޒުމަތީ ފައިލްއާއި ހައިޒަލްގެ ކޯޓް ބާއްވާލުމަށްފަހު އަވަސްއަވަހަށް ކެބިންއިން ނިކުންނަން ހިނގައިގަތީ ހައިޒަލްއަށް ނުފެނުނީތީ ހިތާހިތުން ޝުކުރުވެރިވަމުންނެވެ. ކުރީ ދުވަހުގެ ހާދިސާއަށްފަހު އޭނަ އެއްވެސް ގޮތަކަށް ހައިޒަލް ކުރިމައްޗަށް އަރާކަށް ބޭނުމެއްނޫނެވެ. ނައިނާ އަވަސް ފިޔަވަޅުތަކެއްގައި ދޮރާއި އަރާހަމަވިތަނާ ހައިޒަލް ފޮތްހަރުގަނޑާއި ފާރާއި ދޭތެރޭ ފިލާހުރެފައި ކުއްލިއަކަށް ނައިނާ ކުރިމައްޗަށް އެރިގޮތުން ނައިނާ ސިހުނުވަރުން އަރުތެރެއިން ތޫލި ހަޅޭކެއްގެ އަޑު ބޭރުވިއެވެ. އޭރު ހައިޒަލް ހުރީ އޭނާގެ ލާނެތް ހިނިތުންވުން ތުންފަތްމައްޗަށް ވެރިކޮށްލައިގެން ނައިނާއާއި ދިމާކުރާފާޑަކަށް ބަލަހައްޓައިގެންނެވެ.

“މާ ސިއްރު ސިއްރުން ކީއްކޮށްލާފައި ނިކުމެގެން ތިދަނީ… މިހާރު އަހަރެން ފަހަތުން ބިސްމަޅި ދުއްވަންވެސް ފެށީތަ؟” ހައިޒަލް އެއްލޯ މަރާލަމުން ލާނެތްގޮތަކަށް ބުނެލިއިރު ނައިނާ ވަގުތުން މޫނު ހަދާލިއެވެ.

“އޯވް… ޕްލީޒް… ޒިޔާން ސަރ ބުނުއްވައިގެން ފައިލްއެއް ހަވާލުކުރަން މިއައީ… ސީމްސް ލައިކް އިޓްސް ދަ އޮންލީ ތިންގް ޔުއަރ މައިންޑް ކޭން ކަމް އަޕް ވިތް…. ޓިޕިކަލް ޕްލޭ ބޯއީ ތިންކިންގް…” ނައިނާ ދިމާކުރާފަދަ ފާޑަކަށް ހައިޒަލްއަށް ބަލަހައްޓައިގެން ހުރެ ރައްދެއްދިނެވެ.

“ރިއަލީ… ޒިޔާ ފޮނުވައިގެންނޭ ކިޔާފައި އެކްސްކިއުޒްއެއް ދައްކާފައި އަހަރެން ދެކިލަން އަންނަހެން ހާދަ ހީވެޔޭ…” ހައިޒަލް މަޑުމަޑުން ނައިނާއާއި ގާތަށް ޖެހެންފެށިއިރު އެލޮލުން ފެނިލި ނުސިޔާނު ކުލަވަރުން ނައިނާގެ ހިތްވެސް ބާރުބާރަށް ތެޅެންފެށިއެވެ. ނައިނާ ގޮސް ފާރަށް ލައްވިއިރު ހައިޒަލް ދެފަރާތުން އަތްވިއްދާ ނައިނާ ރަނގަޅަށްވެސް އެއަތުގެ ތެރޭ ހައްޔަރުކޮށްލިއެވެ. އެވަގުތު ދެޒުވާނުންގެ ނަޒަރު ސީދާވީއިރު ލަސްލަހުން އިއްޔެެގެ މަންޒަރުތަށް ހައިޒަލްގެ ލޯމަތީ ނިއުޅިވެގެންދިޔައެވެ. އެއާއިއެކު ހައިޒަލް ލޯހަނިކޮށްލިއެވެ.

“އާރޔޫ އެ ކިޑް ޓު ރަން އިންދަ ރެއިން ނޭކެޑް….” ހައިޒަލްގެ ދަތްތަކަށް ބާރުކޮށްލައިގެން ހުރެ ރުޅިވެރިގޮތަކަށް ބުނެލިއިރު ކުޑަކޮށް ބުމަކައިރިވެގެންދިޔައެވެ. އެއާއިއެކު ނައިނާގެ މޫނަށް ވެރިވި ޖަންބުކުލައާއިއެކު ހައިޒަލްއާއި ދިމާލަށް ކަޅިއަޅާލިއެވެ.

“ނޭކެޑް… ރިއަލީ…” ނައިނާ ގަބޫލުނުކުރެވިފައިވާކަހަލަ ގޮތަކަށް ކިޔާލިއެވެ. “ހެދުން ގައިގައި ތަތްލަވާފައިއޮތްއިރު ނޭކެޑްކޮށް ހުރުމޭކޭ އެއްފަދައެއްނޫންތަ؟ މަގުން ދާމީހުންނެއް ނުތިބޭނެ ލޯމަރައިލައިގެނެއް… ޔޫ ބެޓަރ ކީޕް ޔުއަރ ޑޭމް މައިންޑް ސްޓްރެއިޓް…. ޓޮމް ބޯއީއެއްހެން އުޅުނަސް ތިއީ އަންހެން ކުއްޖެކޭ…” ހައިޒަލް ހަރުކަށިގޮތަކަށް ވާހަކަދެއްކިއިރު ނައިނާއަށް އިންޒާރެެއް ދިންފަދައެވެ. އިއްޔެ މަގުންދިޔަ މީހުންގެ ނަޒަރު ނައިނާއަށް ހުއްޓެމުންދިޔަގޮތުން ހައިޒަލްގެ ހިތަށް އުނދަގޫވީ އިންތިހާއަށެވެ. އޭނަގެ ހައްގަކަށް މީހަކު ބެލުމުން ކުރެވޭފަދަ އިހުސާސްއެއް ކުރެވުނެވެ. ނައިނާގެ ރީތިކަން އޭނަ ނޫން މީހަކަށް ފެނުމަށް އެވަގުތުކޮޅު ނޭނދެވުނެވެ.

ހައިޒަލް ނައިނާއާއި ދުރުވެލިއިރު ނައިނާ އިސްޖަހާލައިގެން ހުރީ ކިޔާނެ އެއްޗެއް ނޭނގިފައި ހުރިކަހަލަގޮތަކަށެވެ. ލަދުންގޮސް އެ މޫނަށް ފާއްދާލައިފައިވާ ރަތްކުލައާއިއެކު ރީތިކަން އިތުރުވެފައިވީގޮތުން ހައިޒަލްގެ ހިތްވެސް އަވަސްވެގެންއައެވެ. ނައިނާގެ ކައިރިއަށް ފިޔަވަޅެއް އަޅާލިއިރު އެ ތޫނު ދެލޯ އަމާޒުވެފައިވީ ނައިނާއަށެވެ. އެވަގުތު ހަރުގަނޑުގައިވާ ބިއްލޫރި ތަންކޮޅުގައި ހައިޒަލްގެ އަތްތިލަ އަޅައިގަތްއިރު މަޑުމަޑުން އާހްއޭ ބުނެލެވުނެވެ. އެއާއިއެކު ނައިނާ އިސްއުފުލާ ބަލާލަމުން ހައިޒަލްގެ އަތްތިލައިގައި ހިފަހައްޓާލިއިރު އެ ލޮލުން ކޮންމެވެސް ވަރަކަށް ކަންބޮޑުވުމުގެ އަސަރު ފެނިލިއެވެ. ދިގަށް ތަންކޮޅެއް ފުނަށް ކަފައިގެންގޮސްފައިވާތަނުން ލޭފައްދާލައިފައިވާއިރު ނައިނާ އެތަނުގައި އިނގިލި ހިފަހައްޓާލާ ބާރުކޮށްލިއެވެ. އެއަށްފަހު އަތްދަބަސްތެރެއިން ނެގި ބޭންޑް އެއިޑްކޮޅު ހައިޒަލްގެ އަތުގައި އަޅާލަދިނެވެ.

އޭރު ހައިޒަލްގެ ނަޒަރު ނައިނާގެ މޫނަށް ހުއްޓިފައިވާއިރު އެދެލޮލުން ތަފާތު އަސަރެއް ފެނިލިއެވެ. ނައިނާގެ އެއަޅާލުންތެރިކަމާއި އޯގާތެރިކަން ގަބޫލުނުކުރެވިފައިވީކަމުގެ އަސަރުތަކެވެ. އެވަގުތު ނައިނާ އިސްއުފުލާލިތަނާ ދެޒުވާނުންގެ ހަތަރުކަޅި ހަމަވިއިރު ހައިޒަލް މަޑުމަޑުން ނައިނާއާއި ގާތަށް ފިޔަވަޅުތަށް ނަގަންފެށިއެވެ. މަޑުމަޑުން ހައިޒަލްގެ މޫނު ނައިނާގެ މޫނާއި ކައިރިވެގެން އައިރު އެ ހޫނު ނޭވާތަށް މޫނަށް އެޅެންފެށިގޮތުން ނައިނާގެ ދެލޯމެރިގެންދިޔައެވެ. ހައިޒަލްގެ ނަޒަރު ދަތުރުކުރީ ނައިނާގެ ތުނިތުނި ތުންފަތަށެވެ. އެއްފަހަރު އެ ރީތި ތުންފަތުގެ ފޮނި ލައްޒަތު ހާސިލްކުރުމަށް ހިތް އެދެންފެށިއެވެ. ހުޅުރޯވަމުންދިޔަ އިހުސާސްތަކަށް ބާރު ނުފޯރުވޭނެހެން ހީވިވަގުތުކޮޅަކަށްފަހު ހައިޒަލް ކުއްލިއަކަށް ނައިނާއާއި ދުރުވެލިއެވެ. އެއާއިއެކު އިސްތަށިގަނޑުގެ ތެރެއަށް އަތްމަހާލަމުން ނައިނާއަށް ފުރަގަސްދިނެވެ.

“ސީރިޔަސްލީ… ވަޓްސް ރޯންގް ވިތް މީ… އަހަރެން މޮޔަވަނީކަންނޭނގެ….” ހައިޒަލް އިސްތަށިގަނޑުގެ ތެރެއަށް މަހާލެވިފައިވާ އަތަށް ބާރުވެގެން އައިރު އަމިއްލަ ނަފްސާއި ވާހަކަދެއްކިއެވެ. އޭނާގެ ނަފްސަށް ކުއްލިއަކަށް މިއައި ބަދަލު ގަބޫލުކުރާނޭގޮތެއް ހައިޒަލްއަކަށްވެސް ނޭނގުނެވެ. ނައިނާ ކޮންމެވެސް ސިފައެއްގައި އެހިތަށް ބާރުފޯރުވަން ފެށިއިރު ނުކިޔަމަންތެރި ހިތް ނައިނާގެ މައްޗަށް ލަންބުވާލައިފިއެވެ.

 

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (28)

  1. Thitha

    Maa kuru????

    1. dhiraa wish
      Thitha

      swryy

  2. dhiraa wish

    here is next part?????i hope everyone will like this part✨??this part will be a bit short???insha allah maadan v digu part eh upkohla deynan???feel free to comment… readers comment is my biggest motivation✨??i am very sorry because it took so much time to upload?? thankyou for waiting patiently for my story?✨????????again n again i am really sorry?dhiraa buni datega dhiraa upload kurin bt esfiya site in time negee upkuran??✨????

  3. Kul

    ❤️❤️varah salhi mi part ves

    1. dhiraa wish
      Kul

      thnks

  4. Daisy girl

    Omg!!varugadha haizal eh nun ????nainaa dheke lwbi veyo!!?nafratha kiy lwbiy ?ge feshumey dhw!!??????❤️ Hehehehe!!?????

    1. dhiraa wish
      Daisy girl

      hehehe dww

  5. Laalu

    V v v v v loabi mi prt dhiroo luv u so much…. Next prt whn dhoonikolhu v v v kiyaahiyvey mi story… Comment kurun lasvy skl kudakoh busy koh ulhuniyma….
    BTW LUV U M N M….. ❤️❤️❤️?????????????

    1. dhiraa wish
      Laalu

      heheheh thnks….

  6. Xaaan

    Wooooooooooow Masha Allah mi partves vvvv reethi haadha inthizaareh kurevijjeyey v happy vaahaka kiyaalan libunyma plx next part avas kohlahchey ingey vvvvv kiyaahithun mi inny

    1. dhiraa wish
      Xaaan

      thnks… dhiraa bunaa datega dhiraa up kohlan bt esfiya site people are taking so much time to review it

  7. Rose

    Mi partves varah reethi.

    1. dhiraa wish
      Rose

      thnks

  8. twinkle

    dhiraa vara salhi mi part vx….vara kiyaa hiy vaa vahaka ey…..kn irakun next part?

    1. dhiraa wish
      twinkle

      thnks..up kuran fonvaifin

  9. jiji

    Stry seems interesting????..waiting for the next part curiously ????

    1. dhiraa wish
      jiji

      thnks..

  10. ayysha

    its so frknnn nice❤???i love this story sm!!!??cant wait for next part…?pls upload it sooon??

    1. dhiraa wish
      ayysha

      hehehe thnks. i have already uploaded bt still it is pending… esfiya people are now taking so much time

  11. her new fan

    admin??

    1. dhiraa wish
      her new fan

      ???

  12. Koo

    Mi part vx v riithi ❤️Alhe Dhiraaa kon irakuntha part 12. Mihaaru upload veythw ove ove varubalivehjje ?alhe thankolheh avahah up kohdhibaa plx plx plx ?????

    1. dhiraa wish
      Koo

      dhiraa bunaa date ga dhiraa up kuran.. esfiya site is naking long time to publish it…

  13. Koo

    Alhey mi stry riithi kamun Mihaaru 3 varakah faharu kiihjje ❤️❤️dhnn nxt part ge inthizaarugai miothiii ??

    1. dhiraa wish
      Koo

      hehehe thnks

  14. zidhan

    This is like the dhivehi version of city hunter

    1. dhiraa wish
      zidhan

      dear its not… story line is completely different and the scenes too… its a sad love story.. not a action thriller.. and im giving my best to bring somethimg different…. thankss for the comment

  15. IsHa

    salhi andhabbu

Comments are closed.