ވިންދޭ ލޯބި ތީ އެދޭ 41
” ބިކޯޒް އައި ސްޓިލް ލަވް ޔޫ… އޮންލީ ޔޫ… މިވީ ހަތް އަހަރު ތެރޭގަވެސް… ތިނޫން ފަރާތަކަށް މިހިތުން ޖާގައެއް ނުދެވުން.. ތިލޯބި މިހިތުން ފޮހެވިގެނެއްނުދޭ… އައި ކާންޓް ސްޓޮޕް ލަވިން ޔޫ މިންނު… ކުރިއަށްވުރެވެސް ބޮޑަށް ލޯބިވޭ… ” އިއާންއަށް އޭނަގެ އިހުސާސްތައް ކޮންޓްރޯލް ނުކުރެވި މިންހާގެ މޫނުގައި ދެއަތުން ހިފަހައްޓާލައިގެން އިނދެ އޭނަގެ ހިތުގެ ހާލަތު މިންހާގެ ކުރިމަތީގައި ބަޔާންކޮށްދެވުނެވެ. އިއާންގެ ދުލުން ބުނެލި ބަސްތަކުން މިންހާގެ ހިތުގެ ހިނގުން ކުޑަ ވަގުތުކޮޅަކަށް މަޑު ޖެހިލިހެން ހީވިއެވެ. އެދެލޮލުން ފެންނަމުންދިޔަ އަސަރުތަކުން މިންހާގެ ގައިން ހީބިހި ނަގައިގެން ދިޔައިރު އެހިތުގައި މިންހާއަށްޓަކައިވި ސާފު ތެދުވެރި ލޯބި ހާމަވެގެންދެއެވެ. އެހާ ގާތުން އެފުން ކަނޑެއްފަދަ ދެލޮލުގެ ނަޒަރު އޭނައަށް ސީދާވެފައިވާތަން ފެނި މިންހާގެ ހިތުގެ ހިނގުން އަވަސްވެ ނޭވާ ކުރުވާން ފެށިއެވެ. ” އާ… އާން… ” ހިތަށްވެރިވި ނުތަނަވަސްކަމާއެކު މިންހާއަށް މަޑު ތުރުތުރެއް އެކުލެވިފާވި އަޑުން އިއާންއަށް ގޮވާލެވުނެވެ. އިއާންގެ ކަންފަތުގައި މިންހާގެ އަޑު ޖެހުމާއެކު ހަމަހޭވެރިކަންވިއެވެ. ” ޑޭމް އިޓް… ” ކުރެވުނު ކަންތައް ރޭކާލުމާއެކު އިއާންއަށް ވަގުތުން މިންހާ އާއި ދުރުވެލަމުން މަޑުމަޑުން ބުނެލެވުނެވެ. އޭނައަށް އަމިއްލަ ނަފްސުދެކެ ރުޅި އާދެވުނެވެ. ކުރެވުނު ކަންތަކުން ދެވަނަ ފަހަރަށްވެސް މިންހާގެ ދިރިއުޅުމުން އޭނަ ދުރުކޮށްލަފާނެކަމުގެ ބިރު ހިތުގައި އުފެދުމާއެކު އިއާންއަށް އިސްޖަހާލަމުން ހިންދިރުވާލެވުނެވެ. އޭނަގެ ހިތް ވަނީ ނުތަނަވަސްކަމުން ވަށާލާފައެވެ. މިންހާއަށް އަދިވެސް އެއިން ގޮތަށް އިއާންއަށް ބަލަހައްޓާއިގެން އިނދެވުނެވެ. އޭނަގެ ސިކުނޑީގައި ތަފާތު އެކި ޚިޔާލުތައް އެނބުރެމުން ދިޔައެވެ. އަދިވެސް ހީވަނީ އިއާންގެ ދުލުން ބުނެލި އަސަރުގަދަ ބަސްތައް އޭނަގެ ކަންފަތް ދޮށުގައި ގުގުމާހެންނެވެ. މީގެ ހަތް އަހަރު ކުރިން އެހާ ފާޅުކަން ބޮޑު ގޮތެެއްގައި އޭނަ އިއާންގެ ލޯތްބަށް އެދެމުން އެލޯތްބަށް އިންކާރުކުރި ނަމަވެސް އިއާން އަދިވެސް ލޯބިވަނީ އޭނަދެކެއެވެ. އަދިވެސް އެހިތުގައި ވަނީ އޭނަގެ ނަމެވެ. އެކަން އިއާންގެ އަސަރުގަދަ ދެލޮލުންނާއި އަމަލުތަކުން ޔަގީން ކުރެވިއްޖެއެވެ. އެހެނަސް ހިތާމައަކީ އަދިވެސް އޭނަގެ ހިތުން އަލޫފްގެ ހަނދާންތައް ފޮހެވިގެންނުދާ ކަމެވެ. އޭނަގެ މާޒީ މަތިން އަދިވެސް ފުރިހަމައަށް ހަނދާން ނައްތައެއްނުލެވެއެވެ. ސިކުނޑީގައި އެނބުރެމުންދިޔަ ޚިޔާލުތަކެއްގެ ސަބަބުން މިންހާއަށް އެއްވެސް އެއްޗެކޭ ނުބުނެވުނެވެ.
” އައިމް ސޮރީ މިންނު… ކޮންމެ ފަހަރަކުވެސް އަހަރެންގެ ބަސްތަކުންނާ އަމަލުތަކުން މިންނު އަންކޮމްފޮޓަބަލް ފީލް ވަނީ… އައިމް ސޯ ސޮރީ… އައި… އައި ކުޑަންޓް ސްޓޮޕް… އައިމް ރިއަލީ ސޮރީ… ” މިންހާ އާއި ނަޒަރު ސީދާކުރަން ނުކެރުމުން ދުރު ބަލަހައްޓާއިގެން އިނދެ މަޑުމައިތިރިކަމާއެކު އިއާން ވާހަކަ ދެއްކިއެވެ. މިންހާ ބުނާނެ އެއްޗެެއް ނޭނގޭތީ އޭނަގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ. ”އިޓްސް އޯކޭ… އާން… ”މިންހާގެ އަޑު އިވުމާއެކު ހައިރާންކަމާއެކު އިއާންއަށް ބަލައިލެވުނެވެ. އިއާން ބަލައިލުމާއެކު މިންހާ އިސްޖަހާލިއެވެ. ” އިޓްސް އޯކޭ… އައި ކޭން އަންޑަސްޓޭންޑް އާން… އާން ތީ ވަރަށް ރަނގަޅު ބައިވެރިއެއް… ޔުއާ ވެލް މޭނާރޑް… އަންހެން ކުއްޖަކު ބޭނުންވާނެ ހުރިހާ ސިފައެއްވެސް އެބަހުރި… އެކަމަކު… އައިމް ސޮރީ… ރިލޭޝަންއަކަށް ދާން އަހަރެން އަދި ތައްޔާރެއްނޫން… އަދިވެސް އަލޫފް… އަލޫފްގެ ހަނދާންތަކާ ދުރަކަށް ނުދެވޭ… މާޒީ ފުރިހަމައަށް ހަނދާން ނައްތައެއްނުލެވޭ… އައިމް ސޮރީ އާން… އަހަރެން ފުރަތަމަ ބޭނުންވަނީ މާޒީ އެއްކޮށް ހަނދާންތައްލާނަން… އަލޫފްގެ ހަނދާންތައް އަހަރެންގެ ހިތާއި ސިކުނޑިން ފޮހެލަން… އެއަށްފަހު ރިލޭޝަންއަކާމެދު ވިސްނަން… އަހަރެން ބޭނުމެއްނޫން… އަހަރެންގެ މާޒީގެ ސަބަބުން މުސްތަގުބަލަށް އަހަރެން ފަށާ ގުޅުމަކަށް އެއްވެސް އަސަރެއް ކުރާކަށް… އައިމް ސޮރީ… އައި ނީޑް ޓައިމް… ” މިންހާ އިސްޖަހާލައިގެން އިނދެ ވާހަކަ ދެއްކިއެވެ. ކޮންމެ ފަހަރަކު އިއާންގެ ހިތް ހަލާކުކޮށްލެވޭތީ ދެރަވި ނަމަވެސް އޭނަގެ މާޒީގެ ހިޔަނި އެއްކޮށް އޭނަގެ ދިރިއުޅުމުން ފިލާނުދަނީސް އެފަދަ ގުޅުމަކަށް ދާކަށް މިންހާ ބޭނުމެއްނުވެއެވެ. ”އިޓްސް އޯކޭ… އަހަންނަށް ޔަގީން މިންނު ގަސްތުގަ އެއްވެސް މީހަކަށް ދެރައެއް ނުދޭނެކަން… މިންނުއަކީ އެހެން މީހުންގެ އިހުސާސްތަކަށް ގަދަރުކުރާ ކުއްޖެއް… އައި ކޭން އަންޑަސްޓޭންޑް ޔުއާ ސިޓުއޭޝަން… އަހަރެންގެ ފަރާތުން މިންނު ނުރުހޭ އެއްވެސް ކަމެއް ކުރެވިފާވާނަމަ އައިމް ރިއަލީ ސޮރީ… އަސްލު ވަރަށް އުފާވެއްޖެ ދެމީހުންގެ ދެމެދު އޮތް ނުތަނަވަސްކަން ވާހަކަ ދައްކައިގެން ނައްތާލެވުނީމަ… އަދި މިއަދު ކިޔަވައިގެން ހުރި މޮޅު ޑޮކްޓަރެއްގެ ގޮތުގަ މިންނު ފެނުނީމަވެސް ވަރަށް އުފާވެއްޖެ… އަހަރެން އޭރުވެސް ބުނީމެއްނު ހިތްވަރާއެކު މަސައްކަތްކޮށްފިއްޔާ ކާމިޔާބުވާނޭ… އައިމް ހެޕީ ފޯ ޔޫ… ” މިންހާގެ ވާހަކަތަކުން ހިތަށް ލިބުނު ހަމަޖެހުމާއެކު އިއާން ބުނެލިއެވެ. ދެމީހުންވެސް އެކަކު އަނެކަކަށް ބަލައިލާ ހިނިތުންވުމެެއް ހަދިޔާކޮށްލިއެވެ. އެދެމެދުގައިވި ނުތަނަވަަސްކަން ކޮންމެވެސް ވަރަކަށް ފިލާފާވުމާއެކު ދެމީހުންގެ ދެމެދުގައި ވާހަކަ ދެކެވެމުން ދިޔައެވެ.
ނާއިލް އާއި އަޝްރާ މަސައްކަތުގައި ހަރަކާތްތެރިވަމުން ދިޔައެވެ. ދެމީހުންވެސް މަސައްކަތް ކުރަން ތިބީ ނާއިލްގެ ކެބިންގައެވެ. އަޝްރާ ނާއިލްގެ ކެބިންގައި އިން ކޮމްޕިއުޓަރުން ޕްރެޒެންޓޭޝަންގެ މަސައްކަތް ކުރަމުން ދިޔައިރު ނާއިލް އޭނަގެ ގާތުގައި އިށީންދެ އިނދެ އޭނަގެ މަސައްކަތް ބަލަމުން ދިޔައެވެ. ނާއިލް ދިޔައީ އެތަނުގަ އިންއިރުވެސް ހަދަންވީ ގޮތް އަޝްރާއަށް ކިޔައިދެމުންނެވެ. ޕްރެޒެންޓޭޝަންގެ މަސައްކަތުގައި އިން އަޝްރާ ސިހުނީ މައުސްގައި ހިފަހައްޓާފއިވި އޭނަގެ އަތުގައި ނާއިލް ހިފެހެއްޓުމުންނެވެ. ސިހިފައި އަޝްރާއަށް ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ނާއިލްގެ ނަޒަރު ކޮންޕިއުޓަރަށް ހުއްޓިފައިވީއިރު އޭރުވެސް ދިޔައީ ކޮންމެވެސް އެއްޗެއް ކިޔައިދެމުންނެވެ. ނާއިލްގެ އަޝްރާގެ އަތް ހަރަކާތްކުރުވަމުން ޕްރެޒެންޓޭޝަންގެ ތަނެއް ހަދަން ކިޔައިދެމުން ދިޔައިރު އަޝްރާއަށް އަދިވެސް އިނދެވުނީ ނާއިލްއަށް ބަލަހައްޓާއިގެންނެވެ. އެމޫނުން އޭނައަށް ނަޒަރު ވަކިކޮށެއް ނުލެވުނެވެ. އެހާ ގާތުން އެފިރިހެންވަންތަ މޫނު ފެނުމުން އެމޫނަށް ބަލައިލުމަށް އެހިތް އެދުނީއެވެ. ނާއިލް އެހާ ގާތުގައިވުމުން މިހާރަކަށް އައިސް އޭނައަށް ތަފާތު އިހުސާސެއް ކުރެވެއެވެ. ކީއްވެ ކަމެއް ނޭނގެއެވެ. ނާއިލްގެ ދެލޯ އޭނައަށް އަމާޒުވުން މުޅި މީހާ ފިނިވެގެންދެއެވެ. އޭނަ އާއި ގާތުގައިވުމުން ހިތުގެ ތެޅުން އަވަސްވެގެން ދެއެވެ. އެފަދަ ވަގުތެއްގައި ވާހަކަ ދައްކަން ނުހަނު ބޭނުންވިޔަސް އޭނަގެ ދޫ ހަރަކާތެއްނުކުރެއެވެ. ހީވަނީ މީހަކު އޭނަގެ ދުލުގައި ހިފާ ބާރުކޮށްފައިވާހެންނެވެ. އަޝްރާގެ ފަރާތުން ހިލަމެއް ނުވުމުން ނާއިލް ބަލައިިލިއިރު އަޝްރާގެ ނަޒަރު ސީދާވެފައިވީ އޭނައަށެވެ. ނާއިލް އަޝްރާއަށް ބަލައިލަމުން ކިހިނެއްވީހޭ އަހާފަދައިން އެއްބުމަ މައްޗަށް އަރުވާލިއެވެ. ނާއިލްގެ އެއަމަލުން ހޭވެރިކަން ލިބުނު އަޝްރާ އަވަސް އަވަހަށް ދެފަރާތަށް ބޯ ހޫރާލުމަށްފަހު ކޮމްޕިއުޓަރަށް ނަޒަރު ހުއްޓާލިއެވެ. ނާއިލް ހައިރާންކަމާއެކު އަޝްރާއަށް ބަލައިލުމަށްފަހު އަޝްރާގެ އަތުން ދޫކޮށްލާ އޭނަ އާއި ދުރުވެލިއެވެ. ނާއިލް އޭނަ އާއި ދުރުވެ ކުރިންވެސް އިންހެން އޭނަގެ ގޮނޑީގައި އިށީނުމާއެކު މިހުރިހާ އިރު އޭނާ ހިފަހައްޓާއިގެން އިން ނޭވާ ދޫކޮށްލިއެވެ. ” މިއޮތް ހުރިހާ އިރު ނޭވާ ނުލާތަ ތިއިނީ ހާދަ ފުން ނޭވައެއް ތިދޫކޮށްލީ… ” އަޝްރާގެ ހަރަކާތްތަކަށް ބަލަން އިނދެ ނާއިލް ކޮށްލި ސުވާލުން އަޝްރާއަށް ދެލޯ މަރާލެވުނެވެ. ނާއިލްއަށް އަޑު އިވުނީކަން އެނގުމުން އޭނާ ހާސްވާގޮތްވިއެވެ. އެވަގުތުކޮޅު ބުނާނެ އެއްޗަކާއިމެދު އަޝްރާ ވިސްނަމުން ދިޔައެވެ. ” ނާއިލްއަށް ކީއް އަހަރެން ކޮންމެ ވަގުތަކު ނޭވާ ލިޔަސް… ނޭވާލާންވެސް ނާއިލްގެ ހުއްދަ ހޯދަންޖެހޭތަ… ” ހަރުކަށިކަން އެކުލެވިފައިވި ރާގެއްގައި އަޝްރާ ވާހަކަ ދެއްކިއެވެ. ” ސާބަސް… މީހަކު އެއްޗެއް އަހާލިޔަސް މިއަޝްރާ ހުންނާނީ ރުޅި އައިސް ރަތްވެފަ އަބަދު… ރީތިކޮށް ވާހަކަ ދެއްކިޔަސް ނެތެެއްނު ސަލާމަތެއް… ” އަޝްރާގެ ވާހަކަ ދެއްކުން ހުރި ގޮތުން ހިތްހަމަނުޖެހިފައި ހުރެ ދެފަރާތަށް ބޯ ހޫރާލަމުން އެހެން ބުނެ ނާއިލް ގޮނޑިން ތެދުވިއެވެ.
ނާއިލް ގޮނޑިން ތެދުވުމާއެކު މުޅި ތަން އަނދިރިވެގެން ދިޔައެވެ. ލިބުނު ސިހުމުގައި އަޝްރާއަށް ތޫލި އަޑަކުން ހަޅޭއްލަވައިގަންނަމުން ގޮނޑިން ތެދުވެ ނާއިލްގެ ހަށިގަނޑުގައި ބައްދާލެވުނެވެ. ނާއިލްއަށް ލިބުނު ސިހުމުގައި އެހުރި ގޮތަށް ހުރެވުނީއެވެ. އެކެބިންގައިވި އެމެޖެންސީ ލައިޓްވެސް ހަލާކުވެފައިވުމުން މުޅި ކެބިންގައިވީ ކަނު އަނދިރިކަމެވެ. ” ނާ… ނާއިލް… ޕްލީޒް… ޕްލީޒް.. ޑޯންޓް… ގޯ… ” ބިރުން ދެލޯ މަރާ ބާރުކޮށްލައިގެން ހުރެ އަޝްރާއަށް ބުނެލެވުނެވެ. އޭނަގެ އަޑު އައީ ކެނޑިކެނޑިގެންނެވެ. އަޝްރާ ބިރު ގަނެފައިވި މިންވަރުން އެކަމުންވެސް ހާމަވެއެވެ. ” އަޝްރާ… ކާމް ޑައުން… އައިމް ހިއާ… އެއްވެސް ތަނަކަށް ނުދަމޭ… މެއިން ސާކެޓް ވެއްޓުނީކަމަށް އެވާނީ…” ނާއިލް އުނދަގުލުން ނަމަވެސް އަޝްރާގެ އަތް އޭނަގެ ހަށިގަނޑުން ނައްޓުވާލާ އޭނަގެ ކުރިމައްޗަށް ވާނޭހެން އަޝްރާ ގެނެސް އޭނަގެ ދެކޮނޑުގައި ހިފަހައްޓާލަމުން ބުނެލިއެވެ. އަޝްރާ އޭރުވެސް ހުރީ ބިރުން ހަލާކުވާވަރުވެފައެވެ. ކަރަންޓު ގޮސް އެފަދައިން އަނދިރިކަން ވެެރިވުމުން އަބަދުވެސް އަޝްރާ ބިރުގަނެެއެވެ. ނުތަނަވަސްކަމުން އޭނަ ވަށާލައެވެ. ނާއިލް ވާހަކަ ދެއްކުމުންވެސް ބަހެއް ބުނުމެއްނެތި އަޝްރާ ހުރީ ބާރަށް ނާއިލްގެ ގަމީހުގައި ހިފަހައްޓާލައިގެންނެވެ. ފޯނުން އަލިކުރުމަށް ނާއިލް އޭނަގެ ފޯނު ޖީބުން ނަގަން އުޅުނު ވަގުތު މުޅިތަން އަލިވެގެން ދިޔައެވެ. އެއާއެކު އަޝްރާއަށް ކުއްލިއަކަށް ދެލޯ ހުޅުވާލެވުނެވެ. ލޯ ހުޅުވާލުމާއެކު ތިބެވުނު ގާތްކަމުން އަޝްރާއަށް އަވަސް އަވަހަށް ނާއިލް އާއި ދުރުވެލެވުނެވެ. އޭރުވެސް އޭނަގެ މޫނު މަތިން ބިރުގަނެފައިވި އަސަރުތައް މުޅިއަކުން ފިލައިގެނެއްނުދެއެވެ. ” އަރ ޔޫ އޯކޭ؟ ” ނާއިލް އަޝްރާއަށް ބަލަހައްޓާއިގެން ހުރެ އަހާލިއެވެ. އެއާއެކު ހިން ދިރުވާލަމުން އަޝްރާ މަޑުމަޑުން ބޯ ޖަހާލިއެވެ. ދެންމެ އޭނައަށް އުޅެވުނު ގޮތުން އަޝްރާ ހުރީ ލަދުންނެވެ. އިސްޖެހި ގޮތަށް އިސްއުފުލާލާ ނާއިލްގެ މޫނަށް ބަލައިލަންވެސް ނުކެރުނެވެ. ނާއިލް އޭނަގެ މޭޒު މަތީގައި ހުރި ކުޑަ ފެންފުޅި އަޝްރާއަށް ދިއްކޮށްލިއެވެ. އަޝްރާ ފެން ފުޅީގައި ހިފާ މީހާ ހަމައަކަށް އެޅިލުމުގެ ގޮތުން ފެން ފޮދެއް ބޯލިއެވެ. ” ސަރ… މެއިން ސާކެޓް ވެއްޓުނީމަ އެހެން އެވީ… އަޅުގަނޑު މިއައީ ރަނގަޅުކޮށްލާފަ… ” އެވަގުތު ނާއިލްގެ ކެބިންގެ ދޮރު ހުޅުވާލާ އެތެރެއަށް ވަން ސެކިއުރިޓީ ގާޑު ބުނެލިއެވެ. ” ހޫމް… އެންމެ ރަނގަޅު… ” ނާއިލް އެމީހާއަށް ބަލައިލާ ލުއި ހިނިތުންވުމަކާއެކު ބުނެލިއެވެ. ނާއިލް އެހެން ބުނުމުން އެމީހާވެސް ހިނިތުންވެލުމަށްފަހު ކެބިންއިން ނިކުތެވެ. ” އަރ ޔޫ އޯކޭ… ” އަޝްރާ ދިއްކޮށްލި ފެން ފުޅީގައި ހިފަމުން ނާއިލް ދެވަނަ ފަހަރަށްވެސް ސުވާލުކުރިއެވެ. ” ޔެއާ… އައިމް އޯކޭ… ” އަޝްރާ ނާއިލްއަށް އަވަސް ނަޒަރެއް ދެމުން ބުނެލިއެވެ. ” ސޯ… ލެޓްސް ކޮމްޕްލީޓް ދަ ވޯކް… ” ނާއިލް އެހެން ބުނުމުން އަޝްރާ ބޯ ޖަހާލުމަށްފަހު ގޮނޑީގައި އިށީންދެ ޕްރެޒެންޓޭޝަންގެ މަސައްކަތް ކުރަން ފެށިއެވެ. ކަރަންޓު ކެނޑުނުއިރު ސޭވް ނުކުރެވުމުން ކުރިން ގެނެވުނު ބަދަލުތައް ޖެހުނީ އަލުން ގެންނާށެވެ. ވެދިޔަ ކަންތަކަށްފަހު ދެމީހުންގެ ދެމެދަށްވެސް ވެރިވެފައިވީ އާދަޔާ ޚިލާފް ހަމަހިމޭންކަމެކެވެ. މަސައްކަތުގެ ގޮތުން ބުނަންޖެހޭ އެއްޗެެއް ފިޔަވައި އިތުރު އެއްވެސް އެއްޗެއް ދެމީހުން ކުރެ އެކަކުވެސް ނުބުނެއެވެ.
އޮފީހުގެ މަސައްކަތްތައް ނިންމާލުމަށްފަހު އަޝްރާ އާއި ނާއިލް ކާރުގައި ގެއަށް ދިއުމަށް މިސްރާބު ޖެހިއެވެ. ” ކިހިނެއްވީ… އަނގައިގަ ޒިބު ދަމާފަތަ ތިއިނީ މިރޭ… ” އަޝްރާގެ ބަސްމަދުކަމުން އުނދަގޫވުމުން ނާއިލްއަށް ބުނެލެވުނެވެ. ” ނާއިލް ބޮލަށް އުނދަގޫވެއެއްނު އަހަރެން ވާހަކަ ދައްކަންޏާ.. ވާހަކަ ނުދައްކާ އިނަސް މައްސަލައެއް… ވާހަކަ ދެއްކިޔަސް މައްސަލައެއް… ދެން ނެތެއްނު ސަލާމަތެއް… ” ނާއިލް އާއިވީ ފަރާތަށް އޭނަގެ މޫނު އަނބުރާލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. ” ތިހެނެކޭ ނޫން ދޯ މިބުނީ… ވާހަކަ ދައްކަން ޖެހޭ ހާލަތުގަ އަޝްރާ ވާހަކައެއް ނުދައްކައޭ… ވާހަކަ ދައްކަން ފަށާއިފިއްޔާ ހުއްޓާލާކަށް ނޭނގެ… ހީވާނީ ހަމަ ޗާބީ ދީފަ އިންނަ ބުދެއްހެން… ހެހެހެ… ” އަޝްރާ ރުޅިއަރުވާލުމުގެ ބޭނުމުގައި ނާއިލް ބުނެލިއެވެ. ކަންތައްވީވެސް އެހެނެވެ. އަޝްރާ ރުޅި އައިސް ނާއިލް އާއި ދިމާލަށް ދެލޯ އަޅާލިއެވެ. އަދި އައި ރުޅީގައި ނާއިލްގެ ކޮނޑުގައި ބޮނޑިއެއް އަޅާލިއެވެ. ” އާހް… ތަދުވެއްޖޭ… ” އަޝްރާ ޖެހިލެއް ބާރުކަމުން ނާއިލްއަށް ބުނެލެވުނެވެ. ”ހަމަ އަސްލުވެސް އެހާ ތަދުވިތަ… ” ނާއިލްގެ މޫނު މަތީގެ އަސަރުތައް ފެނި އަޝްރާއަށް ކަންބޮޑުވެފައި އަހާލެވުނެވެ. އަޝްރާގެ މޫނު މަތިން ފެނުނު އަސަރުތަކުން ނާއިލްގެ ހިނިގަނޑު ދިޔައީ ފަޅާއިގެންނެވެ. ނާއިލްގެ ހިނިގަނޑާއެކު އޭނަ ކުރީ ސަމާސާއެއްކަން އެނގި އަޝްރާގެ ގާތަށް އައި ރުޅީގައި ތުން ދަމާލަމުން އަނެއް ފަރާތަށް އެނބުރި އިނެވެ. ނާއިލް ދެތިން ފަހަރު ގޮވާލުމުންވެސް އަޝްރާ އަނގައިންވެސް ނުބުންޏެވެ. ” އަޝްރާ… ތިހާ ރުޅިގަދަވަންޏާ އަވަހަށް މުސްކުޅިވާނެ… މުސްކުޅިވީމަ އިންނާނެ މީހަކު ނުވާނެ… ” ނާއިލް އަޝްރާއަށް އަވަސް ނަޒަރެއް ދެމުން ވާހަކަ ދެއްކިއެވެ. އޭނާ އެވާހަކަ ދެއްކީ އަޝްރާ ވާހަކަ ދައްކާނެ ކަމުގެ ޔަގީންކަމާއެކުގައެވެ. ” ހެވެއްނު ނާއިލްއަށް… ދެޓްސް ނަން އޮފް ޔުއާ ބިޒްނަސް… ” ރުޅިވެރި ކަމާއެކު ނާއިލްއަށް ބަލައިލަމުން ރައްދުގައި އަޝްރާ ބުނެލިއެވެ. އެއާއެކު އަނެއްކާވެސް ދެމީހުންގެ ދެބަސްވުންތައް ފެށިގެން ދިޔައެވެ. އަޝްރާގެ ގެއާއި ހަމައަށް ދެވެންވެސް އެކަން އޮތީ އެހެންނެވެ.
ގެއާއި ހަމައަށް އައިސް ކާރު މަޑުކޮށްލުމާއެކު އަޝްރާ ކާރުން ފޭބިއެވެ. ނާއިލްވެސް ކާރުން ފައިބާ އަޝްރާގެ ފަހަތުން ގެއަށް ވަނީ އިއާން އާއި ބައްދަލުކޮށްލާފާ ދާންވެގެންނެވެ. ދެމީހުން ގޭތެރެއަށް ވަންއިރު ސޯފާގައި އަރީފްގެ އިތުރުން އާސިމާ ތިއްްބެވެ. ” އަނހާ… ތިއައީތަ ދެކުދިން… މަސައްކަތްތައް ނިންމާލެވުނުތަ… ” ގޭތެރެއަށް ވަން ނާއިލް އާއި އަޝްރާ ފެނި އަރީފް ވާހަކަ ދެއްކިއެވެ. ” ހުރިހާ ކަމެއްވެސް ނިންމާލާފަ މިއައީ… ” ނާއިލް ހިނިތުންވެލަމުން ޖަވާބުގައި ބުނެލިއެވެ. ” ދަރިފުޅާ އަޝްރާ… މިންނު އައި އަޝޫ ހޯދަން… މަންމަ ބުނިން ނާއިލްއާއެކު އޮފީހުގައޭވީ… މިހާރުވީ ދޮންބެ ކޮޓަރީގަ… ” އާސިމާ އަޝްރާއަށް ބަލައިލަމުން ވާހަކަ ދެއްކިއެވެ. އާސިމާގެ ވާހަކައިން ހައިރާންވެފައި ދެލޯ ބޮޑުކޮށްލަމުން އަޝްރާއަށް ނާއިލްއަށް ނަޒަރެއް ދެވުނެވެ. އޭރު ނާއިލްވެސް ހުރީ އެފަދައިން އޭނައަށް ބަލަހައްޓާގެންނެވެ. ދެމީހުން އަވަސް ފިޔަވަޅުތަކެއްގައި ގޮސް ސިޑިން އަރަން ފެށިއެވެ. ނާއިލް އާއި އަޝްރާގެ ހަރަކާތްތަކުން އަރީފް އާއި އާސިމާވެސް ހައިރާންވިއެވެ. އެހެނަސް ސުވާލެއް ކުރާނެ ފުރުސަތެއްވެސް އެދެމީހުނަކަށް ނުލިބުނެވެ.
ނާއިލް އާއި އަޝްރާ އަވަސް ފިޔަވަޅުތަކެއްގައި ގޮސް ސިޑިން މައްޗަށް އަރާ އިއާންގެ ކޮޓަރިއާއި ދިމާލަށް މިސްރާބުޖެހިއެވެ. ދެމީހުންވެސް ދޮރާއި ގާތްވުމުން މަޑުޖެހިލާ ނުހަނު މަޑުމައިތިރިކަމާއެކު ދޮރު ކައިރިއަށް ޖެހިލިއެވެ. ދޮރު ހުރީ ކުޑަކޮށް ހުޅުވާފައިކަމުން ދެމީހުންވެސް ކުޑަކޮށް ބޯ ދިއްކޮށްލަމުން އެތެރެ ބަލައިލިއެވެ. އެއާއެކު ސޯފާގައި އެކަކު އަނެކަކާ ވާހަކަ ދައްކަން ތިބި އިއާން އާއި މިންހާ ދެމީހުންގެ ލޮލުގައިވެސް އަޅާއިގަތެވެ. އަޝްރާ ދޮރާއި އެންމެ ކައިރީގައި ހުރިއިރު ނާއިލް ހުރި އަޝްރާގެ ފަހަތުގައެވެ. ދެމީހުންވެސް ދިޔައީ އިއާންމެން ދައްކަމުން ދިޔަ ވާހަކަ އަޑުއިވޭތޯ މަސައްކަތްކުރަމުންނެވެ. އަޝްރާ ހުރުމުން ރީތިކޮށް ނުފެންނާތީ ނާއިލް ތަންކޮޅެއް ބޮޑަށް ބޯ ދިއްކޮށްލާ ރީތިކޮށް ފެނޭތޯ ބަލައިލުމާއެކު އަޝްރާ ކުސްތަޅާލިއެވެ. ނާއިލް ކިހިނެއްވީހޭ އަހާފަދައިން އެއްބުމަ މައްޗަށް ހިއްލާލިއެވެ. ” ތިއަށްވުރެ ފަހަތުގަ ހުރެބަލަ… އެމީހުނަށް ފެނިދާނޭ… ” އަޝްރާ ވައި އަޑުން ހިތްހަމަނުޖެހިފައިހުރެ ބުނެލިއެވެ. ” އޭ ހެލޯ… މަށަކަށް ރީތިކޮށް ނުފެނެއޭ އެމީހުނެއް… މަވެސް ބޭނުންވާނެދޯ ދައްކާ ވާހަކަ އަޑުއަހަން… ދީބަލަ ތިތަންކޮޅު އެއްފަހަރު ބަލައިލާފަ ދޭނަން… ” ނާއިލްވެސް ވާހަކަ ދެއްކީ ނުހަނު މަޑުންނެވެ. ”ނުދޭނަން… ” ފަސްއެނބުރި ނާއިލް އާއި ދިމާލަށް ޝަހާދަތް އިނގިލި ދިއްކޮށްލަމުން އަޝްރާ ބުނެލީ ދެދަތްޕިލަ ޖައްސާ ބާރުކޮށްގެން ހުރެއެވެ. ނާއިލްވެސް ހިތްހަމަނުޖެހިފައި ހުރެ އަޝްރާގެ އަތުގައި ހިފަން އުޅުނެވެ. އެހެނަސް އަޝްރާ ހުޝިޔާރުކަމާއެކު އޭނަގެ އަތް ދަމައިގަތެވެ. އަތް ދަމައިގަތް ވަގުތު އަޝްރާގެ އޮޅަބޮށި ދޮރުގައި ޖެހި އަތުން ފޯނު ވެއްޓުނެވެ. އެއާއެކު ކޮޓަރި އެތެރޭގައި ތިބި މިންހާ އާއި އިއާން ސިހިފައި ދޮރާއި ދިމާލަށް ބަލައިލިއެވެ. ދެމީހުންވެސް އަވަސް ހިނގުމެއްގައި ގޮސް ރީތިކޮށް ދޮރު ހުޅުވާލާ ބަލައިލިއެވެ. އެއާއެކު ދޮރު ކައިރީ ހުއްޓިލައިގެން ތިބި ނާއިލް އާއި އަޝްރާ ފެނުނެވެ. އޭރު ދެމީހުންގެ މޫނު މަތިންވެސް ފެންނަމުން ދަނީ ވަގަކު ވައްކަން ކުރަން އުޅެނިކޮށް ފަޅާއެރުމުން ފެނިގެންދާނެފަދަ އަސަރުތަަކެކެވެ.
” ހޫމް… އަހަރެމެން ދައްކާ ވާހަކަ ސިއްރު އަޑުއަހަނީ ދޯ… ” ދެލޯ ހަނިކޮށްލާ ނާއިލް އާއި އަޝްރާގެ މޫނަށް ބަލައިލަމުން މިންހާ ވާހަކަ ދެއްކިއެވެ. ” ނޫ.. ނޫން… މީ… ހަމަ ދެންމެ… އައީ… އަހަރެމެން… ދެމީހުންވެސް… ” ހަމަޖެހެން މަަސައްކަތްކުރަމުން ނާއިލްއަށް ބަލައިލަމުން އަޝްރާ ވާހަކަ ދެއްކިއެވެ. އެހެނަސް އޭނައަށް ވާހަކަ ދެެއްކުނީ ކެނޑިކެނޑިގެންނެވެ. އޭރު ނާއިލް ދެބުމަ ގޮށްޖަހަލައިގެން އަޝްރާއަށް ބަލަން ހުއްޓެވެ. ”މީނަ އާ ހެދި ނުވާނެ ކަމެެއް… ކޮންމެ ކަމެެއްވެސް ފްލޮޕް ވާނެ… ” އަޝްރާގެ ނިއްކުރީގައި ޝަހާދަތް އިނގިލި ޖައްސާ ފަހަތަށް ކުޑަކޮށް ކޮށްޕާލަމުން ނާއިލް ބުނެލިއެވެ. ” ނާއިލް އާ ހެދި މިކަން ނުވީ… ރީތިކޮށް ހުރިތަނުގަ ހުރިނަމަ މިހެން ނުވީހެއްނު… ” އަޝްރާ ރުޅިއައިސްފައި ބުނެލިއެވެ. ” އަހަރެން ބުނީމަ ބުނި ގޮތަށް ރީތިކޮށް ކަންތައް ކުރިނަމަ މިހެނެއް ނުވީ ހެންްނު… ” ނާއިލް ދިފާއުގައި ބުނެލިއެވެ. ” ނައު ސްޓޮޕް… ނިމުނީނު ދެން… ދެމީހުންގެވެސް މައްސަލަ… ކީއްކުރަން އެހެން މީހުންގެ ކޮޓަރި ކައިރީ ހުރެ ސިއްރުން އެބަޔަކު ދައްކާ ވާހަކަ އަޑުއަހަނީ… ” އަޝްރާ އާއި ނާއިލްގެ ހަރަކާތްތަކަށް ބަލަން ހުރެ އެންމެ ފަހުން އިއާން ވާހަކ ދެއްކިއެވެ. ” ހަމައެހާ ސިއްރު ވާހަކައެއްތަ ތިދެއްކީ… ” ލާނެއް ހިނިތުންވުމެއް ވެރިކުރުވާ އެއްލޯ މަރާލަމުން ނާއިލް ބުނެލިއެވެ. އެއާއެކު މިންހާއަށް ނާއިލްގެ މޫނަށް ބަލައިލަމުން ދެލޯ ބޮޑުކޮށްލެވުނެވެ. ” ނޫނޭ… އަހަރެމެން ދެމީހުން ކުރީގެ ބައެއް ވާހަކަތައް ދެއްކީ… ދެމީހުން މިތާ ކީއްކުރަނީ… ” އިއާން ބުނެލިއެވެ. ” މިންނު އާ އާން އާ ކޮޓަރީގައޭ ބުނީމަ އަހަރެމެން ދެމީހުންވެސް ދެން ބައިވެރިވެލަން އައީ… މައްސަލައެއްތަ… ތިކޮޓަރިއަށް ވަންނާކަށްވެސް ނުބުނާނަންތަ… ” އިއާންގެ މޫނަށް ބަލަހައްޓާއިގެން ހުރެ ލާނެއް ހިނިތުންވުމެއް ވެރިކުރުވަމުން ނާއިލް ވާހަކަ ދެއްކިއެވެ. ”ނޫނޭ… އާދޭ އާދޭ އެތެރެއަށް… ” އިއާން ނާއިލްގެ ކޮނޑުގައި ބޮނޑިއެއް އަޅާލަމުން އެހެން ބުނެ ކޮޓަރިއަށް ވަނެވެ. މިންހާ ދެލޯ ހަނިކޮށްލަމުން އަޝްރާގެ ގާތަށް ޖެހިލާ މަޑުމަޑުން އޭނަގެ ކަންފަތުގައި ހިފާލިއެވެ. އެއާއެކު އަނެެއް ކަންފަތުގައި ހިފާލަމުން އަޝްރާ ސޮރީއޭ ބުނެލިއެވެ. މިންހާ ލުއި ހުނުމަކާއެކު އަޝްރާގެ ކަންފަތުން ދޫކޮށްލިއެވެ. އޭރު އަޝްރާވެސް ހުރީ ހީލަހީލައެވެ. އެދެމީހުންވެސް ގޮސް އިއާންގެ ކޮޓަރިއަށް ވަނެވެ.
ހަތަރު އެކުވެރިންވެސް އެކި އެކި ވާހަކަ ދައްކަމުން ދިޔައެވެ. އެގޮތުން ނާއިލްގެ ޚިޔާލާއި އެއްގޮތަށް އެންމެން އެއްކޮށް ކަމެއް ކުރުމަށް ރާވަމުން ދިޔައެވެ. އެންމެންގެ ޚިޔާލަށް ބަލައި ނިންމީ ކުރިންވެސް އެމީހުން ދޭތެރެ ދޭތެރެއިން އެންމެން އެއްކޮށް އެއްޗެެއް ތައްޔާރު ކުރާހެން ތައްޔާރުކޮށްގެން އެއްޗެެއް ކާ ގޮތަށެވެ. ” ހިނގާ މިފަހަރު ބޯވަ ހަނާކޮށްގެން ކާން… ހާދަ ދުވަހެއް ވެެއްޖޭ އެކަހަލަ އެއްޗެއް ނުކާތާާ… މާދަމާާ ހުކުރު ދުވަހެއްނު… އާން އާ މަށާ މޫދަށް ދާނީ ބޯވަ ނަގާށާ އެކީ ފީނާލަން… އާންވެސް މިންނުވެސް އޮފް ދުވަހެއްނު މާދަމާ… އަޝްރާވެސް މަވެސް ނުޖެހޭނެ އޮފީހަށް ދާކަށް…” ތައްޔާރު ކުރާނޭ އެއްޗަކާމެދު ވާހަކަ ދެކެވެމުން ދިޔުމާއެކު ވަރަށް ފޯރީގައި އިނދެ ނާއިލް ބުނެލިއެވެ. އެންމެނަށް އެގޮތް ވަރަށް ކަމުދިޔައެވެ. މާދަމާ ރެއަށް ހުރިހާ ކަމެއް ރޭވުމަށްފަހު މިންހާ އާއި ނާއިލް ގެއަށް ދާން ނުކުތީ ގަޑިން ދިހަ ގަޑި ބައިވުމާ ގާތްވުމުންނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
70 Comments!
Comments are closed.








Me first first dw..?? bala Bala hutta e up v ..my fav story writer ever..??vvvv nice masha Allah..hope next part vx mihaa awesome vaane kamah …?,??????
He’llo girl ❤️❤️❤️???… This time ur second ???… Thankyou sooooooooo much dear for the support n love ❤️❤️❤️?????????… V v v ufaavehje ???… I’m glad that I got a reader like you ???❤️❤️❤️… In Sha Allah next part vx readers ah kamudhaane kahala gothakah genesdheynan ???… Much much more loves from me dear ❤️❤️❤️?????????…
Salaam dear readers… Finally… Here is the next part… Hope all will like this part too… Feel free to comment your views… I’m so sorry story genesdhinun lasveema… Ekamah takaa hurihaa readers ge kibain maafah edhen ifoo… Hope all will understand… Mi dhuvaskolhuge gothun story lasvee… Things are not alright and job ga vx v v v bxy… Typing mistakes huredhaane… Next part In Sha Allah Wednesday night ga…. Thankyou soooooo much dear readers ifoo ah thidhey support ah n love you all my readers ❤️❤️❤️?????????… Waiting for comments…
Haadha kirey ifoo …. when next prt… vvvv loabi mi prt vx ekam minnu aa aan aa dhemyhun gulhuva baa plxxxx
Ainth ❤️❤️❤️… Mi dhuvaskolhuge gothun thankolheh kurukoh mi genesdhevuny ???… I’m sorry ???… Next part In Sha Allah mi part ah vure dhigu kohlaanan ???… Thankyou sooooooooo much for the support n love ❤️❤️❤️?????????… Let’s see what happens ???… Minnu libey myheh vx ingidhaane thaa dhw ???.. Heheh… Much loves ❤️❤️❤️?????????…
Me fitst dw vvvvvv reethi
Wow v reethi mi part vx….when next part….plx avahah up kohlachey ingey
Xum ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Wednesday night ga ???… Much loves ❤️❤️❤️?????????…
thankolheh kuru, next part mi ahvure dhigu kuraane kamah unmmeedhu kuran, mi part dhen vrh salhi, alhe dhen minnu aa aaan gulhuvan vehje ehnu
Juma ❤️❤️❤️… Yeah… I know.. Bt it’s almost 2000 words ???… Next part In Sha Allah miahvure dhigukoh genesdheynan ???… Thankyou sooooooooo much dear for the support n love ??????❤️❤️❤️???… V v v ufaavehje ???… Keep waiting juma n let’s see what happens ???… Much loves ??????❤️❤️❤️???…
Finally up vejje dhw…❤❤????..Waiting little long for this part..❤❤????…Mi part vex vrh vrh reethi…❤❤????…Vrh reethi sifa kurun genesdhyfa huri goiy mi part ga vex…❤❤????…But mi part thankolheh kuru dhw…Hope next part will be long…❤❤????..Alhe ifoo avahah aan aai minnu gulhuvaba…dhevana faharah vex aan happy vaa kahala answer eh noon dhw aee…??…Hope aan ah minnu libeyne kamah…❤❤????…Nail and ash ge fights thah vrh salhi ingey..❤❤????…Vrh majaa e dhe meehun ulhey goiy vex…❤❤????..Anyways nothing going wrong yet in this story…❤❤????…Keep it up dear…Your doing a great job…❤❤????…Waiting for next part…❤❤????…Hope next part will be more intresting and can get some happy news…❤❤????…Hey ifoo i accept ur apology for the late update…?????…Its okay…It may happens some times…❤❤????…We understand it..❤❤????..Dnt worry we are with you my dear…❤❤????…Miss you dear…Lots of loves…❤❤????
THE BEST STORY
THE BEST WRITTER
❤❤❤❤????
Thankyou soooooo much @lkleel for the support ?????????❤️❤️❤️… V v v ufaavehje ???.. Let’s see what happens ???… Much loves ❤️❤️❤️?????????…
V v reethi….. Ekan nxt part thankohleh dhigu kohlachey….. Anyways v v v salhi mi part ves… Loves frm me❤️❤️❤️
Thankyou sooooooooo much Muslim ❤️❤️❤️?????????… It means a lot for me ???… In Sha Allah next part miahvure dhigukoh genesdheynan ???… Much more loves from me ❤️❤️❤️?????????…
Wonderful ??? Ifoo mi partvx v v v rythi n ehaame intresting ingey ????❤❤❤❤… v v v loabi ashra n naail ge fights… alhey anehkaavx minnu edhiny aan hurt vaa kahala ans eh dhw… and I hope aan n minnu avahah gulhuvaanekamah ????????… anyways story hama awesome ingey ????????… I can image each n every scene in it ????????… I really appreciate your hard work n keep up the good work ????????… much n more loves ????????????❤❤❤????????????
Awwwwnn ❤️❤️❤️???.. Thankyou sooooooooo much Naju ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Much much more loves from me ❤️❤️❤️?????????…
??????????????????????????????????????????mashah allah ????????????????????????????????????v v v v v v v v v v v v v v v reeeeeeeeeeeeeeethi ?????????????? hama bunaane ehcheh vss neyge v v v v furihama.. sifa kurunn thah vss v v v v v v v furihama.. hama habeys..??????????? alhey minnooooo dhnn aan dheranukohba.. alooof mathinnn hadhaan nathaalafa aaan ah yess eyy beneba..efakeeeru mihaaruvss ehunnani minnu ge inthizaaruga.. ifooooo dhnn avaha aan aai minnu gulhuvaba plxxx… plxxx… next paart avahah up kohdheche???????????????????????????⚘⚘????❤❤❤❤❤❤????????????????????? u r the best writer???????????????? LOVE YOU❤❤❤❤❤❤?????????????????????????????????????????IFOOOOOOOOOO ????????????????????????❤❤❤❤???????????????????????❤?????????❤?❤?????????????????????????????????????????????
Awwwwnn ❤️❤️❤️??????… Yaaanaa ❤️❤️❤️???… Haadha loabi colourful comment ekey ???❤️❤️❤️… I loved it ???❤️❤️❤️… Ifoo mi inee hama bunaane ehchehvx neyngifa ???… V v v ufaavehje yaaanaa ge comment kiyaalaafa ???❤️❤️❤️… Ur soooooo supportive ???… I’m glad that I got a reader like you ❤️❤️❤️???… Let’s see what happens ???… Minnu libeynee kaakah kameh balamaa dhw ???… Hehhe… Thankyou hankyou soooooooooo much yaaanaa ❤️❤️❤️????????????… Ur one of the best reader ey buneveynee ???❤️❤️❤️… Much much more loves from me ❤️❤️❤️?????????…
mi vaahaka kurin hama mathi mathin kiyaalanee but iaan ge character loabi kamun kiyan feshee now feshigen ehkoh mihisaabah ki ijje v reethi ? I think minhaa ah visnen vejje kahneyge true love akee kobaikan mihaaru ves aloof meehakaa rahtehivegen ulhemun minhaa fahathun e dhuvanee. pls minha &aan avahah marry kuruvabala. marry kohgen ves aan ge ketherikamaa loabi fenigen minha ah ves aloof dheke v varah vure bodah aan dheke loabi vevidhaane ehnu. ??? v reethi mi vaahaka. v esfiya in vaahaka liyamun dhaairu nukiyan vaahaka ehkoh complete v ma kiyanee bayeh writers medhu therein story hutaalaathee ? but mi vaahaka kudakoh kiyaaleema theethi vegen
feshigen kiyan feshee ???waiting for the next part
Ninaa ❤️❤️❤️… Ifoo v v v ufaavehje Ninaa ge comment kiyaalaafa ❤️❤️❤️???… Thankyou sooooooooo much dear ❤️❤️❤️?????????… Ummeedhukuran kuriah huri baithah vx Ninaa kiyamun gendhaane kamah ???… Let’s see what happens ???… True love akee kobaa kann realise viyas vx minnu totally relationship akah dhaan ready noon nama ehaa ragalheh noon dhw adhi relation akah dhiyun… So I’m giving some time for her ???.. Let’s see… Once again thankyou soooooo much ❤️❤️❤️????????? n hope to see ur comment more often ???… Much loves ❤️❤️❤️?????????…
WOW…………….
mai ge fav stry writer mihaa hisaabah……..
mi stry feshunyhssuren mivaahaka up vaa dhuvahu hama kiyan v curious koh hure….
hurihaa part akah cmment nukuriyas abadhuves vaahaka foohi vumeh nethi kiyan….
aslu cmmnt nuvany midhuvaskolhu school ga test othyma……………..
anws keep it up dear…………
U R THE BEST…….
Awwwwnn ❤️❤️❤️???… Thankyou sooooooooo much mai ❤️❤️❤️?????????… Ifoo v v v ufaavehje ???… Hope to see ur comment more often ???… Much more loves from me dear n all the best for your exams ❤️❤️❤️?????????…
Varah reethi masha Allah. Your best writer. Keep it up.
Shaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Much loves ❤️❤️❤️?????????…
This part was so nice masha allah ????????????keep it up ifoo ur the best writer n This is the best story I have ever read ??????????????????? alheyyy dhn minnu aan aa gulhenvehjjey no need to wait he will be perfect for minnu anyways.curiously waiting for the nxt part ????????????
Awwwwnn ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… V v v ufaavehje ???… Much more loves ❤️❤️❤️?????????…
Wow… Varah reethi ….
Zuam ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????.. It means a lot for me ???…
Next part avahah up kohdhehchey please ??
I can’t wait eyh?
Varah reethi mi vaahaka ves ifoo ge❤
Sasha❤️❤️❤️… Thankyou soooooo much ❤️❤️❤️?????????… Next part In Sha Allah Wednesday night ga… Keep waiting dear ???…
Mashaa allah …… vvvvvvvvvvvvvvvv loabi mi part ves ???????
Ifoo dhooni kihineh tha….i hope yor are doing well…….???????????
Maai mihaaru biruganejje ifoo mi site ah vaahka liyun huttaalaafaanethy….ifoo ehaa molhu kn stry write kuranya ehen site thkaha ifoo gengosfaane…???
Esfiya site ga hunachey abadhuves….ifoo mihaaru vvv bodah improve vejje ….???????????
Vv v vv vv reethi mi baives..????⚘⚘⚘⚘???????????????.
Luv u ifoo darling❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Your big fan
Maai
Awwwwnn ❤️❤️❤️???… Maai ❤️❤️❤️… Ifoo keekey dhw bunaanee vx ???… I’m speechless ???… Heheh… Ur soooooo supportive dear ❤️❤️❤️??????… All I can say is thankyou sooooooooo much my dear big fan maai ❤️❤️❤️?????????… Every comment of yours encourages me a lot ???… Ifoo In Sha Allah esfiya site mi loabi readers dhookosheh nulaanan ???… I will be here In Sha Allah ???… Once again thankyou soooooo much for the support n love ❤️❤️❤️?????????… Much much more n more loves from me ❤️❤️❤️?????????…
I know who is this maaaaaaaaaaaai??
Ifoo!!???? story is sooooooooo nice ?heart touching ?❤️ lots of love❤️❤️❤️❤️❤️❤️❤️???
Awwwwnn ❤️❤️❤️???… Thankyou sooooooooo much Daisy girl ❤️❤️❤️?????????… V v v ufaavehje ingey ifoo ???… Glad you liked it ???… Much much more loves from me ❤️❤️❤️?????????…
Yesss jiji ???… Ur first ???.. Congratulations on being first ???❤️❤️❤️…
Ishu…
???????????????????????????????????????????????????????????????????????Ah vvvvvv reeethi mi story. Hama haabbeys. Hyvany hama kurimathin sifa vaahen ????????????
Ifooo you can be a great writer insha allah. Ifoooge thu masahkathugai ishu ves baiverivan….
❤❤❤❤❤❤❤❤❤❤❤❤
Ifoooo i don’t have to say anything about story
????????????????????????????????????????????????????????????????????????????????????⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐
Cant wait for next part.
Alhe dhen minnu please said “yes” for aaan. Pls. HuvA Mi story mi liyAa liyuntheriyaky hama asly writer eh.
???????????
Pls a ziyal aaa nugulhuvaathi minnu.
This favorite story ever see. And read good luck ifooo
???????????????????????????????????????????????????????????????????????⭐⭐⭐⭐⭐⭐⭐⭐⭐⭐⭐⭐????????????????????????✏✏✏✏✏✏✏✏✏✏✏✏❤❤❤❤❤❤❤❤❤❤❤❤????????????
Awwwwnn ❤️❤️❤️???… Haadha loabi colourful comment ekey ???… Thankyou soooooooooo Ishu ❤️❤️❤️?????????… V v v ufaavehje ingey ifoo ???… Glad you liked it ???… It means a lot for me ???… Much much more loves from me ❤️❤️❤️?????????…
Awwwwnn my dear sweet jiji ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????… Ur one of the best reader ey buneveynee ???… V v v ufaavehje jiji ge comment kiyaalaafa ???… Let’s see what happens dhw ???… Once again thankyou soooooo much jiji n much much more n more loves from ifoo ❤️❤️❤️?????????…
Sorry mihaa lahun comment kurevunyma ? ekm story is Varah Varah Varah awesome ?❤️❤️❤️❤️❤️❤️❤️❤️❤️❤️❤️?? yeyyyy she gave some time dho so she is going to say yes dho fahun vias ?????? pls next part avas kurahchey dear
Scarlet ❤️❤️❤️… It’s ok dear ???… Lahun viyas comment kohleema hama v v v ufaavehje ifoo ❤️❤️❤️???… Thankyou sooooooooo much dear ??????❤️❤️❤️???… Let’s see what happens… Minnu ge answer akee kobaa kann balamaa dhw ???… Heheh… Next part In Sha Allah Wednesday night ga… Keep waiting dear ???… Much loves ❤️❤️❤️?????????…
Alhey Soooo sweet of u ifoo sis????????..Glad to knw that u really like my comment..hehe..Up to death of me I’ll be giving support for u dear ???????????❤❤??..So happy that I am one of best reader comment in ur stry..ifoo vareh neiy adhi mi site aku..I guess???????✏✏??..thank u so much fr bringing a beautiful stry???
Awwwwnn ❤️❤️❤️???… Again I can just say is thankyou soooooooooo ❤️❤️❤️?????????… V v v ufaavehje ???… Most welcome dear n hope abadhuvx thihen support dheyne kamah ???❤️❤️❤️…
Bohoath bohoath achaahey…..❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
Someone ❤️❤️❤️… Bohoath bohoath shukriyaa ❤️❤️❤️?????????… So happy to see ur comment again???… Much more loves ❤️❤️❤️?????????…
Masha allah❤❤
Just love the story
Ifoo you are awesome
May allah bless u?
Curiously waiting for the next part??
Awwwwnn ❤️❤️❤️???.. Thankyou sooooooooo much unique dear ❤️❤️❤️??????… V v v ufaavehje ???… Much more loves ❤️❤️❤️?????????…
masha allah
vhk v v reethi
just love the story
curiously waiting for the next part 🙂
Awwwwnn ❤️❤️❤️???.. Thankyou sooooooooo much mariyam ❤️❤️❤️??????… V v v ufaavehje ???… Keep waiting ???… Much more loves ❤️❤️❤️?????????…
I am very big fan of u….???????mashaa allah u are the best.. kurin comment nukuriyakas ifoo ge stry thah kiyan and comments vx love u .. ?????mihaaru vx stry kiyaa hithun hureveny eh nun??
Ainth ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Hope to see ur comment more often ???… Much more loves ❤️❤️❤️?????????…
Again I’m really very sorry dear readers to say that tonight also I won’t be able to upload a new part cause data nethyma… story liyamun dhanikoh kuhjakah studies ge kameh ga help vaan vegen inn data husvy… N adhi liyevunyvx 1200 Words… These days I’m super busy in my job plus geyga vx v bxy koh miulheny… bt I’m trying my best… I know readers will be upset … bt I’ m really sorry… gina faharu mihaaru ifoo ah mihen bunan jeheythyve aslu v v v deravey… readers hihama nujeheyne kann vx ingey… bt I’m really sorry… next part in sha Allah maadhama rey genesdheynan… hope all will understand n will forgive me for this… ummeedhukuran ifoo ge readers kehtherikamaaeku inthizaaru kuraane kamah vaaaka ah… love you all my readers n thankyou soooooo much… from ifoo
Kn irakn baa next part up vany.. curious waiting ???????
When part up kohdheynee
Waiting for ur story ?
Ifoo…kihineh vegen reyga up nukurevuny?…. Buneemennu Wednesday night ga up kohdhehnamey??
Haadha lasvaniiii ifooo
Can”t wait Next Part ah
when is next part? haadha lasvanee? cant wait for it
where is the part 42…? kihineh v ifooo ah?
Ifoo anehkaa kihineh v tha????? are u okay when next part…
NEXT PART KOBAAAAAA
Eyy aneh part kobaa tha… up nukuraathaa habareh vs vanyky noone
koba next part.. avahan up kohdhyba.. cant wait
Dhou fiooooolhu
ifoo, anekka kameh veetha? are u fine ifoo?
Waiting ehnviyaaa mire ah..v v ufaavaane jiji ge birthday ga up kohdhiyma. .heheh??????..Just kidding???????????
Happpy birth day jiji
When next part???????
Myhunaa dhimaalah ehchis kiyaany rangalhah kanthahthah balaafa… ifoo name ga in cmnt kiyaalabr eyrun hurihaa suvaalehge javaabulibene… knme gothakun viyas ifoo ebain dhw buedhyfa up kohnudhevunu reason balaafa rangalhah kiyaabala
Dear readers ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????… Thankyou sooooooooo much for understanding ??????❤️❤️❤️???… Story ah hurihaa kudhin vx inthizaaru kurikan ingunyma v v v ufaavehje ???… It means a lot for me ???… Ifoo friendeh gaathu bunegen e iny comment kohlaafa… Comment publish vaan time negyma readers ah maafahun angaalevuny… Sorry for that ???… Thankyou sooooooooo much for the support n love ❤️❤️❤️?????????… U guys are my strength ???❤️❤️❤️…
reethi vaahaka eh 🙂