ހައިޒަލްގެ ނަޒަރު ޓެރެސްއާއި ހަމަވިވަގުތުކޮޅު ކަޅު އެއްޗެހީގައި މޫނު ނިވާކޮށްގެން ހުރި ޒުވާނާ އަވަސް ހަރަކާތަކާއިއެކު ކޮންމެވެސް އެއްޗެއް ތިރިއަށް ދޫކޮށްލާމުން ވަގުތުން ނިވާވިއެވެ. ހައިޒަލްގެ ނަޒަރު ވަގުތުން ޓެރެސްއިން ތިރިއަށް ދަތުރުކޮށްލިއިރު ވައިކަފައިފައި ނައިނާއާއި ދިމާލަށް ވެއްޓެމުން އައި ތޫނު ބިއްލޫރިގަނޑު ފެނިފައި ހައިޒަލްގެ މެޔަށް ފެންއެއްޗެއް އަޅާލެވުނު ފަދައެވެ. ހިނދުކޮޅަކަށް ގަނޑުވެފައި ދުއްވައިގަންނަންވެސް ނޭނގިފައި ހުރެވުނުއިރު ސިކުނޑި ދިން ބިރުވެރި އިންޒާރާއިއެކު ދެވަނަސިކުންތުގައި ފަޔަށް ލެވުނުހާ ބާރެއްލައިފައި ގޮސް ނައިނާގެ ކުރިމަތީ ހުރަހަކަށްވަމުން ހުއްޓުނެވެ. […]
“ޒިން!!!” އަހަރެންގެ އަތުގައި ހިފައި ނަގަމުން ރުކާން ހަޅޭއް ލަވައިގަތެވެ. އައިރުޅިން އަހަރެން ބާލީސް ހޫރާލީމެވެ. ރުކާން ބާލީސް ނަގައި އަހަރެންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ވެފައި ހުރި ވަރުބަލި ކަމާއެކުވެސް އަހަރެން ތެދުވީއެވެ. މަޖުބޫރު ވެގެންނެވެ. “ބޮޑުކަމެއް ބޯމަތީ އޮތް އިރުވެސް ޒިން އޮންނާނީ ނިދަން.” ނުރުހިފައި ޖިހާން ބުނެލިއެވެ. އަހަރެން ހަށިގަނޑު ދަމާލަމުން އެ ދެ މީހުންނަށް ބަލައިލީމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ވަގުތުން އަހަރެންނަށް ނަގައިގަނެވުނެވެ. “ޕޮލިސް ޔޫހާ ހޯދައިފި.” ޖިހާން ފަހުރުވެރި […]
ހިޔާލީ ދުނިޔެއަކަށް އަރަގުވަމުންދިޔަ ކިޔާންއަށް ހަމަ ބިމަށް އާދެވުނީ އޭނާގެ ފޯނު ރިންގުވާ އަޑަށެވެ. ބަލައިލިއިރު ގުޅަނީ އީޝަލްއެވެ. މި ގަޑީގައި އީޝަލގެސުވާލުތަކަށް ޖަވާބުދޭނެހާ ހިތްވަރެއް ކިޔާް ގަޔަކުނެތެވެ. އެހެންކަމުން ކިޔާން އެ ކޯލް ބިޒީ ކޮށްލިއެވެ. އީޝަލްގެ ކޯލްތަށް މެދުނުކެނޑި ލިބެން ފެށުމުން ކިޔާން ފޯނު ނިއްވާލިއެވެ. ނަމަވެސް މިހެް އަބަދު އީޝަލްއަށް ފިލާއިގެން ނޫޅެވޭނެކަން އޭާއަށް އިނގެއެވެ. މަދަމާ ނޫނީ ފަހުން އޭނާ ޖެހޭނީ އެންމެންގެ ހިތުގައި ވާ ސުވާލުތަކަށް ޖަވާބުދާރީ ވާށެވެ. ********** […]
ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ބެލްއަށް ފިއްތާލީމެވެ. ރުކާން އަހަރެންނަށް ވަމުން ދިޔަ ގޮތް ބަލަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު އެއީ އަހަރެންގެ ޙަޔާތުގެ އެއްބައި ނަމަވެސް އެމީހުންނަކަށް އަހަރެންގެ މާޒީއެއް ނޭންގޭނެއެވެ. ޑިއުޓީ އޮތުމުން މަޑު ނުކޮށް ޖިހާން ދިޔައީއެވެ. ދޮރު ހުޅުވީ ލުވެއިޒްއެވެ. މަ ކަހަލަ ނިދަންމިޔަރެއް އެހާ ހެނދުނު ފެނުމުން އޭނާ ރަނގަޅަށްވެސް ހައިރާން ވިއެވެ. އެއަށްވުރެ ބޮޑަށް ހައިރާން ވީ، ފަހަތުގައި ހުރި ރިކް ފެނިފައެވެ. ރުކާން […]
“އަޅުގަނޑަކީ މީހެކޭ އަނތްބެކޭ ބައްޕާ….” ޝަލީން އަޑަށް ބާރުލައިފައި ބުނެލިއިރު ލޯމަރާ ބާރުކޮށްލެވުނީ ބައްޕަގެ ހޫނުއެތިފަހަރެއް މޫނަށް އަރާނެކަން ޔަގީންވެފައެވެ. އެއީ މިއަދާއި ހަމަޔަށް ޝަލީން އެއްވެސް މީހަކަށް ހާމަނުކުރަން ނިންމައިގެން ހުރި ހަގީގަތެއްކަމަކު ޝަލީންއަށް އެކަން ހާމަކުރަން މަޖުބޫރުވީއެވެ. އެއީ ރޭވެމުންދާ ކައިވެނި ހުއްޓުވެން އޮތް ހަމައެކަނި ހަތިޔާރެވެ. ޝަލީންގެ އެންމެ ފަހުގެ އުންމީދެވެ. ޝަލީންގެ ޖުމްލައާއިއެކު އިޝާރު ހުއްޓުން އެރުއްވިއިރު ހަށިގަނޑަށް ހަރަކާތެއް ގެންނަންވެސް ނުކުޅެދުނެވެ. ޝަލީންގެ މޫނަށް ބަލަހައްޓައިގެން ހުރީ ކަންފަތަށް އިވިލެއްވި […]
“ޒިން، ދިސް އިޒް ކްރޭޒީ.” ސައިކަލުގެ ކުރީގައި އިން ރުކާން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ބަދަލުގައި ލާނެއް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އިސްކަންދަރު ސްކޫލް ގޭޓާއި ދިމާއަށް ބަލަހައްޓައިގެން އަހަރެމެން އެތާ ތިބޭތާ އެއިރުވެސް ދޮޅު ގަޑިއިރު ވެދާނެއެވެ. އަހަރެން އެކި މީސްމީހުންނަށް ޓެކްސްޓު ކުރަމުން ދިޔައިރު، ގަޑިއަށް ފަރުވާ ނުބެހެއްޓިއެއްކަމަކު އެއްވެސް ކަމެއް ނެތިފައި ރުކާން އިނީ ފޫހިވެގެން މަރުވާވަރު ވެފައެވެ. ޖިހާން ގެނެވުނުނަމަ ހުއްޓާނުލައި ކުސްތެޅީސް ކަންނޭންގެއެވެ. “ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި […]
ދެލޯ މަރާ ތަގުޅިކޮށްގެން ހުރި އަޝްރާއަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ ލުއްކެއްޖަހާ ނާއިލް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލުމުންނެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން އަޝްރާއަށް ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ނާއިލްގެ ދެލޮލުގައިވި އަސަރަކުން އަޝްރާއަށް ހިންދިރުވާލެވުނުއިރު ހިތަށް ބުނެދެން ނޭނގޭ ގޮތެއްވެގެން ދިޔައެވެ. ހިތުގެ ހިނގުން ބާރުވެ ނޭވާ ލާންވެސް ނޭނގިފައި އަޝްރާއަށް އެތޫނު ދެލޮލަށް ބަލަން ހުރެވުނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅުން ދެމީހުންނަށްވެސް ހަމަހޭވެރިކަންވީ ހިމަފޮދު ވާރޭ ތިކިތަކުގެ އިހުސާސްކުރެވުމުންނެވެ . ތެޅިގަނެފައި އަޝްރާ ދާން […]
އެތައް އިރެއްގެ އިންތިޒާރީ އަކަށް ފަހު ކުއްޖަކު އައިސް ދޮރު ހުޅުވިއިރު ދަންވަރު އެއްގަޑި ބައިވެދާނެއެވެ. ވަދެގެން އައީ ލޫޅާފަތި، ދޮން އަންހެން ކުއްޖެކެވެ. ހުދު ހެދުމުގައި ހުރި އިރު އިސްތަށިގަނޑު އޮތީ ރީތިކޮށް ހުޅިއެއް ޖަހާފައެވެ. ބަލާބެލުމަށް ފަންސަވީސް އަހަރަށް ވުރެ ދޮށްޓެއް ނުވާނެއެވެ. ހަމަ ގައިމުވެސް ދިވެއްސެއް ނޫނެވެ. “ކަލޭމެންނަށް ހީވަނީ މަ މީ މިތާ ބަހައްޓަން ގެނައި އަސީރެކޭތަ؟ ބަލަ މަ ކުރަން ހުރި ކަންތައް މަދުވެގެނެއް ނޫޅެމޭ. ކިހާ ދެރަކަމެއްތަ؟ މަ […]
އޮއްސެމުންދިޔަ އިރުގެ ދޯދިތަކުން އުޑުމައްޗަށާއި މޫދުގެ ހިމޭން ލޮނުގަނޑަށް ވެރިވެފައިވަނީ ރަތާއި އޮރެންޖުގެ ތަފާތު ކުލަތަކެވެ. ހިކެމުންދިޔަ ތުނޑީގެ ތެތް ވެލީގައި ހުސް ފައިން ފިޔަވަޅުތައް ބިންވަޅު ނަގަމުންދިޔަ އަހަރެންގެ މޫނުމައްޗަށް ސިފަވަމުންދިޔަ ޒުވާނާގެ ލޯބިވެތި ހަރަކާތްތަކުން، ބޭއިޙްތިޔާރުގައި ތުންފަތަށް ހިނިތުންވުން ވެރިކުރުވިއެވެ. އޭނާގެ ކޮންމެ އަމަލެއް އަހަންނަށް ކަމުދެއެވެ. ހިނިތުންވެލާއިރު އެއް ކޮލަށް އަރާ އަޑިކޮޅަކީ އޭނާގެ ބުރުސޫރައިން އެންމެ ރީތި ސިފައެވެ. “އަސްލާން…” އަހަރެން މަޑުމަޑުން ކިޔައިލީމެވެ. ހިނގުން ހުއްޓައިލާފައި އިސްއުފުލައިލިއިރު އޭނާ ހުރީ […]