ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ބެލްއަށް ފިއްތާލީމެވެ. ރުކާން އަހަރެންނަށް ވަމުން ދިޔަ ގޮތް ބަލަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު އެއީ އަހަރެންގެ ޙަޔާތުގެ އެއްބައި ނަމަވެސް އެމީހުންނަކަށް އަހަރެންގެ މާޒީއެއް ނޭންގޭނެއެވެ. ޑިއުޓީ އޮތުމުން މަޑު ނުކޮށް ޖިހާން ދިޔައީއެވެ.

ދޮރު ހުޅުވީ ލުވެއިޒްއެވެ. މަ ކަހަލަ ނިދަންމިޔަރެއް އެހާ ހެނދުނު ފެނުމުން އޭނާ ރަނގަޅަށްވެސް ހައިރާން ވިއެވެ. އެއަށްވުރެ ބޮޑަށް ހައިރާން ވީ، ފަހަތުގައި ހުރި ރިކް ފެނިފައެވެ. ރުކާން އާއި ލުވެއިޒް އާއި ދެމެދު އެކުވެރިކަންވެސް ނުއޮންނަ އިރު އަހަރެން ރިކް ގޮވައިގެން އައުމުން ހައިރާން ވީއެވެ. ނަމަވެސް ސުވާލެއް ނުކޮށް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ.

“ޒިން، މިއޮތް ފަތިހު ކީތްކޮށްލަން ތި ވަޑައިގަތީ؟” ލުވެއިޒް އަހާލިއެވެ.

“ހަމަ ލޯބިވާ ދެކިލަން” ލުވެއިޒްގެ ދެ އަތުގައި ހިފަމުން އަހަރެން ރަނޑު ގޮތަކަށް  ބުނެލީމެވެ.

“އަސްލު އެމަންޖެ ކައިރިއަށް.” ސިޑިން ފައިބައިގެން އައި އަންހެން ކުއްޖާއަށް އިޝާރާތް ކޮތް ރުކާން ބުނެލިއެވެ. އަހަރެން ހީކުރި ކުލަވަރެއް ލުވެއިޒްގެ މޫނަކުން ނުފެނުނެވެ. “ޑޫ ޔޫ އީވެން ނޯ ހަރ؟” ލުވެއިޒް ބުނެލި އެއްޗަކުން އަހަރެން އެކުއްޖާއަށް ބަލާލީމެވެ. އެއީ…. އެއީ ރޭ މަށަށް ފެނުނު ކުއްޖާއެވެ. އެއްވެސް ތަފާތެއް ނެތެވެ. ނަމަވެސް ދުވާލުގެ އަލީގައި އޭނަ މާ ފުރިހަމައެވެ.

“މައި ސެކަންޑް ސިސް، އެލީނާ” އެލީޒާ އާއި އެހާ ވައްތަރީ އެހެންވެތާއެވެ. އަހަރެން އެހެންހޭ ލުވެއިޒްއަށް ބުނެލުމަށްފަހު އެލީޒާ އާއި ވާހަކައެއް ދައްކާލަން އެބެތް ކަމުގައި ބުނުމުން، ފުން ނަޒަރަކުން މަށަށް ބަލައިލުމަށް ފަހު މައްޗަށް އަންނަން ބުނެލިއެވެ. ދިމާ ނުކުރީ ރުކާން ހުރުމުން ކަންނޭންގެއެވެ. ކޮންމެ ސަބަބަކާ ހުރެ ނަމަވެސް އަހަރެން ހަމަޖެހިލުމުގެ ނޭވާއެއް ދޫކޮށްލީމެވެ.

މަށާއި ރުކާން ސޯފާގައި އިށީނީމެވެ. މާ ގިނައިރެއް ނުވެ އެލީޒާ އައެވެ. އަދި ލުވެއިޒް އާއި ދެމީހުން އައިސް އިށީނެވެ. އެލީޒާގެ ނަޒަރު އެންމެ ހިނދުކޮޅަކަށްވެސް އަހަރެންގެ މޫނަކުން ވަތަކެއް ނުވެއެވެ. އަހަރެން އިނީ އެކަމާ ނުހަނު ބޮލަށް އުނދަގޫވެފައެވެ. އެއްވެސް މީހަކު ވާހަކަ ނުދައްކާ، ތިރީހަކަށް ސިކުންތު ތިބުމަށް ފަހު ރުކާން ހިމޭންކަން ފޫއަޅުވާލިއެވެ.

“އަމް… މި އައީ އެލީޒާ އާއި ސުވާލެއް ކޮށްލަން ވެގެން.”

ވަގުތުން އެލީޒާ އަހަރެންނާއި ދިމާއަށް ބަލައިލިއެވެ. އަހަރެންގެ ދުލުން ސުވާލު އަހަން ވެގެން ކަންނޭންގެއެވެ. އެންމެ ރަނގަވެ. އަހަރެން ޖީބުން ފޯނު ނަގައި ރިކޯޑްކުރުމަށް ޖައްސާލުމަށްފަހު މޭޒުމަތީގައި ފޯނު ބާއްވާލީމެވެ. ސުވާލުގެ ނަޒަރަކުން ލުވައިޒް އާއި އެލީޒާ އެއަށް ބަލައިލިއެވެ.

އެއަށް ފަހު އަހަރެން ޔޫހާގެ ފޮޓޯއެއްނަގާ މޭޒުމަތީގައި ބާއްވާލީމެވެ. “އެރޭ ވީގޮތް ކިޔައިދެންވީ” އަހަރެން ފުރަތަމަ ފަހަރަށް އެލީޒާއަށް ބަލައިލީމެވެ. އޭނަ ބިރެއް ފެނުނު ފަދައަކުން އަވަސް އަވަހަށް ނޭވާ ލާންފެށިއެވެ. ވަގުތު ކޮޅަކު އެހެން އިނުމަށް ފަހު، އެލީޒާ ވާހަކަ ދައްކަން ފެށިއެވެ.

“އެރޭ އަހަރެމެން ޕަރޓީއެއް ޕްލޭން ކުރީ، ވަރަށް ގިނަދުވަހަށް ފަހު އަހަރެމެން ފްރެންޑުން ގްރޫޕް އެއްތަންވީމަ. މިޝްއާ ޒަމް އާވެސް ވަރަށް ދުވަހަށް ފަހު އައިމަ. މި ކަހަލަ ގޮތެއް ވެދާނެއެކޭ ހިއެއް ނުކުރަން. ޔޫހާ އަކީ އަހަރުމެން ތެރެއިން އެންމެ ޑިސިޕްލިންޑް ކުއްޖާ.. ދުވަހަކުވެސް ވޭޕްއެއްގަވެސް އަތް ނުލާނެ. ކިޔެވުމަށްވެސް ވަރަށް މޮޅުވާނެ. އަބަދުވެސް ބޭނުންވާނީ ކިޔަވައި ނިންމައިގެން ރީތި ލައިފް އެއް އުޅެން… ކޮއްކޮމެން ވާހަކައާ މަމްއަށް ސިމްޕަތީ ފީލް ވާ ވާހަކަ އަބަދުވެސް ދައްކާނީ…” ޔޫހާގެ ފޮޓޯ އަތަށް ނަގައިގެން އިނދެ އެލީޒާ ކުރިއަށް ގެންދިޔައެވެ.

“ސިންސް ޔޫ ނޯ ހަރ ވެލް…… ފެމިލީ އާ ބެހޭ ގޮތުންވެސް ކިޔައިދީބަ..” އަހަރެން އިތުރު ކޮށްލީމެވެ.

“ޔޫހާ ބޭނުމެއް ނުވާނެ އޭނައާ ބެހޭ އެއްވެސް މައްސަލައަކަށް ފެމިލީ ވައްދާކަށް….. ބަޓް މާޒް ބުނީމް މި ކިޔައި ދެނީ. ޔޫހާ ގެ ޑޭޑް ވޯސް އަ ރިއަލީ ބޭޑް މޭން. މަމްއަށް އަނިޔާވެސް ކުރިޔޯ.. ތިން އަހަރުކުރިން އޯވާ ޑޯސް ވެގެން މަރުވީ. ތޭންކްސް ޓު ޔުއަރ ޑޭޑް، މީހުންނަކަށް އެކަމެއް ނޭންގޭނެ. އެއްގޮތަކުން ރަނގަޅު ވިޔަސް ދެޓްސް ނޮޓް ޖަސްޓިސް.” ރުކާން އަށް ހަރުކަށި ނަޒަރެއް ދެމުން އެލީޒާ ބުނެލިއެވެ. ރުކާންގެ ބައްޕަ އަކީ، ޕޮލިސް ބޮޑުމީހެކެވެ. ޕޮލިސް ތެރޭ ހިނގާ ކޮރަޕްޝަން ގެ ވަރަށް ގިނަ ޢަމަލު ތަކުގެ ޒިންމާ ނަގަން އަފީފްބެއަށް ޖެހެއެވެ.

“ޔޫހާގެ މަމް އަކީ އަމީނިއްޔާ ސްކޫލް މަސައްކަތު މީހެއް.. ދުވާލު ހަތަރު ދަމު މަސައްކަތް ކޮށްގެން ހޯދާ ރުފިޔާ، އިން ތިން ކުދިންގެ ޚަރަދުތައް ޒީނިޔާއްތަ ބަލަހައްޓާނެ. ހެދިކާ ކަހަލަ އެއްޗެހިވެސް ހަދާފަ ވިއްކާ ހެން ހީވަނީ” އެލީޒާ ތަފްސީލްކޮށް އޭނާގެ ވާހަކަ ނިންމާލިއެވެ. ދެން އިތުރަށް އަހާނެ އެއްޗެއް ހިތަށް ނައުމުން، އަހަރެން އޯކޭއޭ ބުނެލީމެވެ.

ތެދުވެ ކޮޓަރިއާއި ދިމާއަށް ދަމުން އެލީޒާ އަދި އެއްވާހަކަ އިތުރު ކޮށްލިއެވެ. “ޔޫހާ ވަރަށް އެ ޓޮޕިކް ވާހަކަ ނުދައްކާނެ. ބަޓް އެހާ ކްލޯސް ފްރެންޑެއް ވީމަ އެނގޭ، އޭނަ ބޯއި ފްރެންޑް އާ ވަރަށް މައްސަލަ ޖެހިފަކަން އޮތީ.. އައި ބިލީވް ހީ އިޒް ދި ސަސްޕެކްޓް. އަތޫފް މުހައްމަދް.. ޓޯޓަލް ކްރިމިނަލް އެއް.”

އެ ބުނި އެއްޗަކާއި މެދު ވިސްނާނުލެވިގެން އުޅެނިކޮށް ރީންގެ ކޯލެއް އައިސްގެން ރުކާން ދާން ޖެހުނެވެ. އެހެންކަމުން މަށާއި ލުވެއިޒް އެކަނި ވީއެވެ erektile-apotheke.de. އަނެއްކާ އަނެއް ކަންތަކެވެ.

“ކައެ ކީކޭ ހިތައް އަރައިގެން ތި އުޅެނީ؟” ކުރިންވެސް ހީކުރެވިފައި އޮތް ގޮތަށް ލުވެއިޒްގެ ސުވާލުތަކުން މަށަކަށް ނުރެކެވުނެވެ. އިތުރަށް ބުނެވޭނެ އެއްޗެއް ނެތުމުން އަހަރެން އެވާހަކައާއި މެދު ވާހަކަ ނުދެއްކުމަށް ލުވެއިޒް ކައިރީ އެދުނީމެވެ. އަދި މައުޟޫ ބަދަލު ކޮށްލީމެވެ.

“އެލީނާ…. ކައެ ކޮއްކޮއޭ؟” ކުރަން ހަނދާން ނެތިފައި ހުރި ސުވާލު އަހަރެން ކޮށްލީމެވެ. އަނދާފަ އޮތް ފައްކާ ފޮޅިއެކެވެ. އެލީނާ އެތަނަށް އައީ ހަމަ އެވަގުތުއެވެ.

ލުވެއިޒް ގެ އެދުމަށް އެލީނާ އައިސް އިށީނެވެ. އަދި އަހަރެން ތަޢާރަފު ކޮށްދިނެވެ.

“މަ ހީކުރީ ތީ ލުވެއިޒް ގެ ވަގު ބިޓެއް ކަމަށް.. އާނ ދެން ދަންވަރު ގަޑީ ގުޅާނީ ޖީއެފް އަކަށްނު.” އަހަރެން އެހެން ބުނެލުމާއިއެކު ސުވާލު ގެ ނަޒަރަކުން އެލީނާ އާއި ލުވެއިޒް އަހަރެންނަށް ބަލައިލިއެވެ.

“ސަމްބަޑީ ދަންވަރު ޖެޓީގަ ރޯން އިންދަ މަ ދެކުނިން.” އަހަރެން ރަނގަޅަށްވެސް އެލީނާ ‘ކަޑަ’ ކޮށްލީމެވެ. އެ ދޮން މޫނު ވަގުތުން ރަތްވި އިރު، އިތުރަށް ސިކުންތެއްވެސް މަޑުކޮށް ނުލާ އެލީނާ ދިޔައީއެވެ.

ލުވެއިޒް ކޮންމެވެސް ވަރަކަށް އެކަމާއި ނުރުހުނު ނަމަވެސް ފަރުވާލެއްނެތި އަހަރެން ހިނިގަނޑެއް ޖަހާލާފައި ދިޔައީއެވެ.

ގެއަށް ދިޔައިރު، ކޮޓަރީގައި ޕެންޑްރައިވެއް އޮތެވެ. އެއީ ޔޫހާ އާއި ބެހޭ ގޮތުން ހޯދިފައިވާ ހުރިހާ މައުލޫމާތެއްގެ އިތުރުން އަތޫފް އާއި ބެހޭ މައުލޫމާތެވެ. އަހަރެންގެ އެދުމުގެ މަތިން، ޖިހާން، ޕޮލިސް އިން އެ މައުލޫމާތު ހޯދީއެވެ. ވައްކަން ކޮށްލީއޭ ބުންޏަސް ރަނގަޅުވާނެއެވެ. ލިޔެފައި ވާ ގޮތުން، މީގެ ކުރިން މާރާމާރީގެ ތުހުމަތުގައި ދެފަހަރަކު އަތޫފް ހައްޔަރު ކޮށްފައިވެއެވެ. ނަމަވެސް ދެ ފަހަރު ވެސް މައްސަލަ ސާބިތު ނުވެ، ދޫކޮށްލީއެވެ.

ރޭ ނުނިދުނު ތަންކޮޅު ނިދާލުމަށް ފަހު އަހަރެން ހަވީރު ދިޔައީ މަންމަ ކައިރިއަށެވެ. ވަރަށް ލަސްވަންދެން މަޑުކުރުމަށްފަހު އަހަރެން ގެސްޓް ހައުސަށް ދިޔުމަށް މިސްރާބު ޖެހީމެވެ. ނަމަވެސް ހިތަށް އައި އެއްޗެއްގެ ސަބަބުން އަހަރެން މިސްރާބު ހެންވޭރަށް ބަދަލުކޮށްލީމެވެ.

އަހަރެންގޮސް އެތާ ހުރި ކެފޭ އަކަށް ވަދެ ހަމަޖެހިލީމެވެ. ހޯދުނު މައުލޫމާތުން ކޮންމެ ރެއަކު ހެން އަތޫފް އެ ކެފޭއަށް އަންނަކަމަށް ވެއެވެ. އެމީހުން ތިބޭ މޭޒު ދަށުގައި ސައުންޑް މޮނީޓަރ ކުރާނެ އެއްޗެށް ހަރުކުރުމަށް ފަހު އަހަރެން ކަނެއްގައި އިން ކުޑަމޭޒެއް ކައިރީ ޖައްސާލީމެވެ. އަދި ކޮފީއަކަށް އޯޑަރު ދިނުމަށްފަހު، ކަންފަތަށް ހެޑްސެޓް ޖަހާލީމެވެ.

ބަޔަކު އައިސް އެމޭޒުގައި އިށީން އިރު ނުވަގަޑި ބައި ވެދާނެއެވެ. ވަރަށް ޙާލުން އަހަރެންނަށް އަތޫފް ވަކިވިއެވެ. ޙާލުންނޭ މިބުނީ، އެންމެންވެސް ތިބީ ޓެސްޓު ޕޭޕަރުގައި އެމްސިކިޔު ސުވާލުގެ ޖަވާބު ހުންނަ ބީދައިން ކަމަށް ވާތީއެވެ. އެއްތަތްގަނޑަކުން ނަގާފައި ހުރި އެއްވައްތަރު ބަޔެކެވެ. ތަފާތެއް ފާހަގަ ކުރެވުނުކަންވެސް ނަސީބެވެ.

އެކި އެކި ވާހަކަ ދައްކަމުން ގޮސް އެއްބަޔަކު ދިޔައެވެ. ދެންތިބި މީހުން މާ ގިނަ ވާހަކައެއް ނުދައްކާ ތާސް ކުޅުމައިގެން ކުރިއަށް ދިޔައެވެ. މިއީ ބެނުންވާ މައުލޫމާތު ލިބޭނެ ވަގުތު ނޫންކަމަށް ބަލާ އަހަރެން ތެދުވަން އުޅުނު ވަގުތު އިތުރު ދެމީހުން އައިސް އެތާ މަޑުކޮށް ލިއެވެ. އެކަކަކީ މަޖިލިސް މެންބަރު އަމީން ގެ ކޮއްކޮ އަމާންއެވެ. އަނެކަކަކީ ހަމަ އެހެންމީހުންނެކޭ ވެސް އެއްގޮތަށް ހުރި މީހެކެވެ. އަހަރެން ހައިރާންވީ އަމާން އެތަނަށް އައުމުންނެވެ.

“މިއޮތީ” ވަރަށް ސިއްރުން ނޫޓު ބޮނޑިއެއް ދިއްކޮށްލަމުން އަމާން ބުންޏެވެ. ހެޑްސެޓްގެ އެހީގައި އަހަރެންނަށް އަޑު އިވެމުން ދިޔައިރު އަހަރެން އިނީ ޤަބޫލުކުރަން ދަތިވެފައެވެ.

“ދެން އިތުރަށް އެއްވެސް މީހެއް ކައިރީ އޭނަގެ ވާހަކަ ދައްކައިގެން ނުވާނެ.” މަޑުވެސް ކޮށް ނުލާ އަމާން ދިޔައީއެވެ offizielle website. މިމީހުންނާއި އަމާން އާއި އޮތީ ކޮން ގުޅުމެއް ހެއްޔެވެ؟

“ދެން ނުވިސްނަބަލަ. ލަންކާއިން އެކޮޅަށް ގެންގޮއްސަ އެމީހުން އަދި އިތުރަށް ޕޭ ކުރާނެ. އޭނަ ލޫސް ވުމުގެ މައްސަލައެއް ނެތެއްނޫންތަ. އޭނަ ކަހަލަ އަންހެން ކުދިން މާލޭގަ ބައިވަރު. ކައެއަށް ބިޓެއް ނުލިބޭނެ ވަރަށް މިތަން ކުޑަތަ؟” އަމާން އާއި އެކު އައި މީހާ ވިސްނައިދޭފަދަ ގޮތަކަށް އަތޫފް އަށް ނަސޭހަތްލައިދިނެވެ. ނަސޭހަތެއް ނޫނެވެ. އެއަށް ކިޔާނީ ވަސްވާހެވެ. ޔޫހާ ކަން ޔަޤީން ނުވި ނަމަވެސް މިމީހުން އަތޫފްގެ ލޯބިވެރިޔާއަށް ކޮންމެސް ގޮތެއް ހަދައިފިތާއެވެ.

އެމީހުން ދިޔަތާ، ފަނަރަ ވަރަކަށް މިނިޓުކޮށްފާ އަހަރެން އެތަނުން ނިކުތީމެވެ. ދެން އަހަރެން މިސްރާބުޖެހީ ބީޗަށެވެ. ބޮލަށް ވެފައިހުރި ބަރުކަން ޖެހޭ ބާރު ވައިރޯޅި އާއެކު ދޭތޯއެވެ.

އެރޭވެސް ހަމަ އެތާނގާ އެއްކަލަ އެލީނާއެވެ. އޭނާ އެތާ އިނުން އަހަރެންނަށް ވީ ވަރަށް ބޮޑު މައްސަލަ އަކަށެވެ. ދެންފަހަރަކުން ގެއްލޭނީ އެލީނާއަށްވެސް ވެދާނެ ނޫންހެއްޔެވެ؟ ލުވެއިޒް އަށް ދެރައެއް ލިބިއްޖެނަމަ އަހަރެން ވަރަށް ދެރަވާނެއެވެ.

“ސްކޫލް ނިމުން ފަހުން އަދި ތޮޅެލާނެ އަންހެން ކުއްޖަކާވެސް ދިމާނުވޭ…. އުނދަގޫކޮށްލަން މިއައީ..” އަހަރެން ވަރަށް ހަމަ ޖެހިލާފައި އޭނާގެ އަތުގައި އޮތް ފޮތް ދަމައިގަތީމެވެ. ލިބުނު ސިހުމާއިއެކު، އެލީނާ ތެޅިގަތެވެ. ހީކުރި ގޮތާ ޚިލާފަށް އެއީ ލިރިކްސް ލިޔެފައި ހުރި ނޯޓު ފޮތެކެވެ. އަހަރެން އުންމީދު ކުރީ ޑައިރީ ކަމަށެވެ. އަންހެން ކުދިން ޑައިރީ ލިޔެޔޭ ކިޔާ އުޅޭތީއެވެ. އަނެއްކޮޅުން މި މަންޖެއަށް ކިޔަނީވެސް އެލީނާއެވެ.

“އޯލް ޔުއަރސް..” އަހަރެން ފޮތް އަނބުރާ ދެމުން އެލީނާ ކައިރީ ޖައްސާލީމެވެ. “އެލީނާ….. ހާދަ ހަޑި ނަމެކޭ. މަ ވެމްޕެއަރ ޑައިރީސްވެސް ނުބެލީ، ނީނާ ކަހަލަ ހޮޓު ކުއްޖަކަށް އެލީނާ ކިޔާތީ..” ދިމާކޮށްލާނެ ގޮތެއް އަދި ދައްކާނެ ވާހަކައެއް ހިތަށް ނައިސްގެން އަހަރެން އެންމެ ފަހުން ބުނީމެވެ. ނަމަވެސް ކަނަތައްވީ އަހަރެން ހީކުރި ގޮތާ މުޅިން އިދިކޮޅަށެވެ.

“އަސްލުވެސް ދޯ.. މަ ކީތް ކުރާނީ.. ބައްޕަ މަށަށް ކީ ނަން.. ޑެޑީ ދެރަވާނެތީ ބަދަލު ނުކޮށްވެސް މި ކެތްކޮށްލަނީ. މާޒިން ކަހަލަ ރީތި ނަމެއް މަށަށްވެސް ލިބުންނަމަ..” އެއީ އަހަރެންގެ ދުލަށް ބުނާނެ އެއްޗެއް ނައިސްގެން، ޙަޔާތުގައިވެސް، ޖަވާބު ލަސްވި ފުރަތަމަ ފަހަރެވެ.

“އެހެން…. ތިހެންވިއްޔާ، މާޒިން އެލީނާ އަށް އެހެންނަމެއް ކިޔަންތަ؟” މޮޅުކަމެއް ރާވާލަމުން އަހަރެން އަހާލީމެވެ.

“ޔެސް ޕްލީޒް” ޖަވާބު ނުހަނު އަވަސްވެފައި އަހަރެން ބޭނުންވި ގޮތެވެ. މީނައަށް މަމީ ކިހާވަރެއްގެ ނުލަފާކަމެއް ހުރި ކާކުކަން ނޭންގެނީއެވެ.

“ފުއްލާ…. އޮރްޖިނޭޓެޑް ފްރޮމް ފޫލް.” އަހަރެން ލާނެއްކަމާއިއެކު ބުނެލީމެވެ. ކައިރީގައި އިނީ ކިހާ ޗިލް މީހެއްކަމެއް ނޭންގޭ ޙާލުގައެވެ.

“ކީތްކުރަން އޮރްޖިނޭޓެޑް ކުރަންވީކީ… ބިޗޫ އިޓްސެލްފް ނުލާހިކު ރީތި.” އަހަރެންނަށް ރަނގަޅަށްވެސް ޝޮކެއް ލިބުނެވެ. ގަޓު ހުރި އަންހެން ކުއްޖެއްތާއެވެ. މަ އެލީނާއާއި އެ ނަމުން މުޚަތަބު ކޮށްފިއްޔާ ލުވެއިޒް މަގޭ ކަށްޓާއި މަހާ ވަކިކުރާނެއެވެ.

“އަހަހަ އޯކޭ… ރީތި ނަމެއް؟ އެލީން؟ އީން؟” ކޮންމެ އެއްޗެކޭ ކިޔަސް އަހަރެން މޮޅު ނުވާނެކަން އެނގުމުން އަހަރެން ހަތިޔާރު ބެހެއްޓީމެވެ. އެލީނާ ވެސް މަޑުމަޑުން ރީތި ނަމެކޭ ބުނެލިއެވެ. އެރޭ އަހަރެން ‘އީން’ އާއި ވާހަކަ ދައްކަން އެތައް އިރަކު ހުރުމަށް ފަހު ގެއަށް އައިއިރު، ދަންވަރުން އަލިވެ ތިނެއް ޖެހީއެވެ. އެހެންކަމުން އަހަރެން ކައިގެން އޮށޯތީ ނިދާށެވެ.

އެލީނާގެ ފަރާތުން އެނގުނު ގޮތުގައި، ވޭތުވެ ދިޔަ ފަނަރަ އަހަރު އޭނާ އުޅުނީ ރާއްޖެތެރޭގައި، މަންމައާއި އެކުއެވެ. ލަމްހާ ދައްތަ، ފުއްޕާމޭގައި ހުންނަ މައްސަލައަކުން، ރާއްޖެތެރެއަށް ދިރިއުޅުން ބަދަލުކުރިކަން އެނގިފައިވި ނަމަވެސް، ލުވެއިޒްގެ އިތުރު ކޮއްކޮއެއް ހުންނަ ކަމެއް އަހަރެންނަށް ކުރިޔަކުން ނޭންގެއެވެ. އީން، މާލެއަށް އައީ، ރަށުގެ ކިޔެވުމާއިމެދު ހިތްހަމަ ނުޖެހޭތީއެވެ.

“ޒިން!!!” އަހަރެންގެ އަތުގައި ހިފައި ނަގަމުން ރުކާން ހަޅޭއް ލަވައިގަތެވެ. އައިރުޅިން އަހަރެން ބާލީސް ހޫރާލީމެވެ. ރުކާން ބާލީސް ނަގައި އަހަރެންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ.ވެފައި ހުރި ވަރުބަލި ކަމާއެކުވެސް އަހަރެން ތެދުވީއެވެ. މަޖުބޫރު ވެގެންނެވެ.

“ބޮޑުކަމެއް ބޯމަތީ އޮތް އިރުވެސް ޒިން އޮންނާނީ ނިދަން.” ނުރުހިފައި ޖިހާން ބުނެލިއެވެ. ނިދިއައިމަ އެންމެންވެސް ނިދާނީ ނޫންހެއްޔެވެ. އަހަރެން ހަށިގަނޑު ދަމާލަމުން އެދެ މީހުންނަށް ބަލައިލީމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ވަގުތުން އަހަރެންނަށް ނަގައިގަނެވުނެވެ.

47

8 Comments

  1. jiji

    June 3, 2019 at 3:17 pm

    Me first dhw…will comment After reading ingey monster ??????♥

    • Monsta

      June 3, 2019 at 4:35 pm

      Ahaha yeah.?? Congra. And thanks??

  2. Drax

    June 3, 2019 at 4:24 pm

    Some dialogue are awesome……. keep it up when is next part … Curiously waiting love this story sis ???

    • Monsta

      June 8, 2019 at 6:16 am

      Hehe thankss.. ❤️????

  3. Zaa

    June 3, 2019 at 7:59 pm

    Wow aa usual v salhi….anehkaa kihineh baa evy???btw eleena and maaz ge bai vv majaa….thanks ehaa avahah up kohdheythy…..whn next part???

    • Monsta

      June 3, 2019 at 9:24 pm

      Thankss. Maazin and eleenaage bai gina kohlaanan dhen huri episodes ga. Varah avahah up kohdheynan Insha Allah

  4. jiji

    June 3, 2019 at 9:28 pm

    Ma Sha Allah..Mi part vec v v rythi ingey…
    Maazin nd eleena ge scene thah gina kohlahchey…keep up the gud work brw..
    ♥??

    • Monsta

      June 4, 2019 at 10:32 pm

      yep… Thankss jiji

Comments are closed.