ވިންދޭ ލޯބި ތީ އެދޭ 59
ދެލޯ މަރާ ތަގުޅިކޮށްގެން ހުރި އަޝްރާއަށް އިތުރު ސިހުމެއް ލިބިގެން ދިޔައީ ލުއްކެއްޖަހާ ނާއިލް އޭނަގެ އަތުތެރޭގައި ހައްޔަރުކޮށްލުމުންނެވެ. އެވަގުތު ދެލޯ ބޮޑުކޮށްލަމުން އަޝްރާއަށް ނާއިލްގެ މޫނަށް ބަލައިލެވުނެވެ. ނާއިލްގެ ދެލޮލުގައިވި އަސަރަކުން އަޝްރާއަށް ހިންދިރުވާލެވުނުއިރު ހިތަށް ބުނެދެން ނޭނގޭ ގޮތެއްވެގެން ދިޔައެވެ. ހިތުގެ ހިނގުން ބާރުވެ ނޭވާ ލާންވެސް ނޭނގިފައި އަޝްރާއަށް އެތޫނު ދެލޮލަށް ބަލަން ހުރެވުނެވެ. ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތުކޮޅުން ދެމީހުންނަށްވެސް ހަމަހޭވެރިކަންވީ ހިމަފޮދު ވާރޭ ތިކިތަކުގެ އިހުސާސްކުރެވުމުންނެވެ . ތެޅިގަނެފައި އަޝްރާ ދާން އުޅުނު ވަގުތު ނާއިލް އަނެއްކާވެސް ހިފެހެއްޓިއެވެ. ” ނާއިލް… ދޫކޮށްބަލަ… ތެމެނިއްޔޭ… ” ހިތްހަމަނުޖެހުމުގެ ރާގެއްގައި އަޝްރާ އެހެން ބުނެލުމުންވެސް ނާއިލް ރައްދުގައި އެއްވެސް އެއްޗެކޭ ނުބުންޏެވެ. ކަޅި ޖަހާނުލާ އަޝްރާގެ މޫނަށް ބަލަން ހުރީއެވެ. އެދޮން މޫނާއި ތުނި ތުންފަތުގައި ވާރޭގެ ފެންތިކިތައް ބޮސްދެމުން ދިޔައިރު ބަލާ ފޫހިނުވާހާ ހިތްގައިމެވެ. ނާއިލް އިތުރަށް އަޝްރާ އާއި ގާތްވެލުމާއެކު އޭނަގެ ކިބައިން ސަލާމަތްވާން އުޅުނު އަޝްރާގެ ހަރަކާތްތައް ހުއްޓި ނާއިލްގެ ތޫނު ދެލޮލުގެ ތެރެއަށް ގެނބިގެން ދިޔައެވެ. ވާރޭގެ ފެންތިކިތަކުން ދެހަށިގަނޑު ތެމި ފޯވެފައިވީއިރު ހީކެރުުމުގެ ސަބަބުން އަޝްރާގެ ތުންފަތުގައި މަޑު ތުރުތުރެއް ހުއްޓެވެ. ނާއިލްގެ ހޫނު ނޭވާ އޭނަގެ މޫނަށް އެޅެމުން ދިޔައިރު ހިނދެއް ހިނދަކަށް ހިތުގެ ތެޅުން ބާރުވަމުން ދިޔައެވެ. ނާއިލްގެ ނަޒަރު އޭނަގެ ތުންފަތަށް ހުއްޓިފާވިކަން އިނގުމާއެކު އަޝްރާގެ ހިތް އިތުރަށް ނުތަނަވަސްވިއެވެ. ހިތުގެ ތެރޭގައި އުތުރި އަރަމުންދިޔަ ޖަޒުބާތުތައް ކޮންޓްރޯލް ކުރުމަށް އިސްޖަހާލަމުން ނާއިލްގެ މޭމަތީގައި ބާއްވާލެވިފައިވި އޭނަގެ ދެއަތުން ނާއިލް ލައިގެން ހުރި ރަތްކުލައިގެ ޓީޝާޓުގައި ބާރަށް ހިފަހައްޓާލެވުނެވެ. އަޝްރާގެ މިއަމަލުން ނާއިލްއަށް އެއްމިޔަކަނުން ހިނިތުންވެލެވުނެވެ. ނާއިލް އޭނަގެ ދެއަތުން އަޝްރާގެ މޫނުގައި ހިފަހައްޓާލާ އޭނަ އާއި ހަތަރު ކަޅި ހަމަކުރުވިއެވެ.
” ކިހާ ދުވަހެއް ވަންދެން މިއިހުސާސްތައް އިގްނޯރުކުރާނަން… މިހުރިހާ ދުވަހު އަހަރެންވެސް އައީ މިއިހުސާސްތަކަށް ދެކޮޅު ހަދަމުން… މިއިހުސާސްތަކާ ދެކޮޅު ހެދުމަށް އަމިއްލަ ނަފްސަށް ކިތަންމެ ފަހަރަކު ވިސްނައިދިނިން… އެކަމަކު ދެން އެންމެ ވަގުތުކޮޅެެއްވެސް ބޭކާރުކުރާކަށް ނެތިން… މިފަހަރު މިހިތުގެ އެދުމާ ދެކޮޅު ހަދާކަށް ބޭނުމެއް ނޫން… އައި ލަވް ޔޫ އަޝްރާ… އައި ލަވް ޔޫ ސޯ މަޗް… އަހަންނަކަށް ނޭނގެ މިއިހުސާސްތައް އަހަރެންގެ ހިތުގަ އުފެދުނީ ކިހިނެއް ކަމެއް… ކޮންއިރަކު ކަމެއްވެސް… ތިސޫރަ ފެނުނީމަ މުޅިން ތަފާތު އިހުސާސެއް ކުރުވަނީ… އަޝްރާގެ ކޮންމެ ހަރަކާތައް އަހަންނަށް ޝައުޤުވެރިވެވޭ… އަޝްރާއާއެކު ވަގުތު ހޭދަކުރާހިތްވޭ… ދެމީހުންގެ ދެމެދުގަ ހިނގި އެތައް އިންސިޑެންޓަކަށްފަހު އަހަންނަށް ޔަގީންވި މިއިހުސާސްއަކީ ލޯބިކަން… އަޝްރާގެ އަމަލުތައް ހުންނަ ގޮތުން ތިހިތުގަވެސް އަހަންނަށްޓަކައި ޚާއްސަ މަޤާމެއް ވާކަމަށް ގަބޫލުކުރެވޭ… އަޝްރާގެ ފަރާތުން ކޮންމެ ކަހަލަ ޖަވާބެެއް ލިބުނަސް އަހަންނަށް މައްސަލައެއް… އަހަރެންގެ ހިތުގެ ހާލު މިބަޔާންކޮށްދިނީ… މިވަގުތު ޖަވާބު ނުދިނަސް މައްސަލައެއްނެތް… އަޝްރާ ވިސްނާފަ ޖަވާބެއްދީ… އަހަރެން އިންތިޒާރު ކުރާނަން… ” އެއްވެސް ޖެހިލުމެއްނެތި ނާއިލް އޭނަގެ ހިތުގެ ހާލު އަޝްރާގެ ކުރިމަތީގައި ހާމަކުރިއެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި ނާއިލްގެ އެވާހަކަތައް އަޑުއަހަން އެތޫނު ދެލޮލަށް ނަޒަރު ހުއްޓާލައިގެން އަޝްރާ ހުއްޓެވެ. އޭރު އަޝްރާގެ ހިތުގައި ދިޔައީ އުފާވެރިކަމުގެ ރާގެއް ކުޅެވެމުންނެވެ. އެފަދަ ގޮތަކަށް ނުވިސްނާ ހުއްޓާ ނާއިލް އޭނަގެ ލޯތްބަށް އެދިފާނެ ކަމަކަށް އަޝްރާ ހީވެސްނުކުރެއެވެ. ކުއްލިއަކަށް އެފަދަ ހުށައެޅުމެއް އައުމުން އޭނާ ހުރީ ދޭންވީ ޖަވާބެއްވެސް ނޭނގިފައެވެ. ހިތުން ނާއިލްއަށް އާނ ބަސް ބުނިތާ ކިތަންމެ އިރެކެވެ. އެހެނަސް ދުލާ ހަމައަށް އެބަސްތައް އެވަގުތު ގެނައުންވީ އުނދަގޫ ކަމަކަށެވެ. ހީވަނީ ދުލުގައި ތަޅެއް ލެވިފައިވާހެންނެވެ.
ނާއިލް އިރުކޮޅަކު އެގޮތުގައި މަޑުކޮށްލުމުންވެސް އަޝްރާގެ ފަރާތުން ޖަވާބެއް ނުލިބުނެވެ. މާޔޫސްކަމާއެކު އަޝްރާގެ މޫނުން އޭނަގެ އަތް ދޫކޮށްލާ ފަސްދީފާ ދާން ހިނގައިގަތެވެ. އަޝްރާއަށް ހަމަހޭވެރިކަންވީ ނާއިލް ފަސްދީފާ ދާން ހިނގައިގަތުމުންނެވެ. އޭރު އޭނަގެ ހިތް ވަނީ ނުތަނަވަސްކަމުން ފުރިފައެވެ. ނާއިލް އޭނަގެ ހަޔާތުން ބީވެގެންދާފަދަ އިހުސާސެއްކުރެވިގެން ދިޔައެވެ. ” ނާއިލް އައި ލަވް ޔޫ… ” ކުރިއަށް ނަގަ ނަގާ ހުރި ނާއިލްގެ ފިޔަވަޅު ހުއްޓުނީ އަޝްރާގެ ފަރާތުން އިވުނު ބަސްތަކުންނެވެ. ގަބޫލުނުކުރެވިފާ ނާއިލް ފަސްއެނބުރި ބަލައިލިއެވެ. އެވަގުތު ކަރުނުން ބަރާވެފައިވި ދެލޮލުން އޭނައަށް ބަލަހައްޓާއިގެން ހުރި އަޝްރާ ފެނި ނާއިލްގެ ހިތުގެ ވިންދު އަވަސްކުރުވިއެވެ. ތާޒާ ކަރުނައިން ދެލޯ ބަރާވެފައިވީ ނަމަވެސް އަޝްރާގެ ތުންފަތުގައިވީ ހިނިތުންވުމެކެވެ. ނާއިލް އެހެން ހުއްޓާ އަޝްރާ ދުވެފައި އައިސް ނާއިލްގެ ހަށިގަނޑުގައި ބައްދާލިއެވެ. ” އައި ލަވް ޔޫ ޓޫ ނާއިލް… ދުވަހަކުވެސް މީހަކުދެކެ ލޯބި ނުވާވަރަށް ނާއިލްދެކެ ލޯބިވެވިއްޖެ… ” ނާއިލްގެ ހަށިގަނޑުގައި ބައްދާލައިގެން ހުރެ އަޝްރާ ބުނެލި ޖުމްލަތަކުން ނާއިލްގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެގެން ދިޔައިރު އޭނަގެ ދެއަތުން އަޝްރާގެ ހަށިގަނޑުގައި ވަށާލިއެވެ. އެވަގުތު ދެލޯ މަރާލަމުން އަނެއްކާވެސް ނާއިލް އަޝްރާދެކެ ލޯބިވާކަން ހާމަކުރިއެވެ. ވެހެމުންދިޔަ ވާރޭގެ ތެރޭގައި އެކަކު އަނެކަކުގެ އަތުގެ ހިމާޔަތުގައި ދެލޯބިވެރިން ތިބިއިރު ހީވަނީ ފިލްމެއްގެ މަންޒަރެއްހެންނެވެ. އެފިނި ވަގުތު އެކަކު އަނެކަކުގެ ހަށިގަނޑުގައި ބައްދާލައިގެން ތިބުމުން ދެމީހުނަށްވެސް ކުރެވެމުން ދިޔައީ އަރާމު އިހުސާސެކެވެ. ” ދެން ނާއިލްއަށް ޒަހާ އެއީ ކާކު… ޒަހާ ކީއްވެ އެހާ ލަސްވިފަހުން ނާއިލްގެ ކޮޓަރިއަށް ވަނީ… ޒަހާއާ ވާހަކަ ދައްކާހެން ކީއްވެ އަހަންނާ ނާއިލް ވާހަކަ ނުދައްކަނީ… ” ދެލޯ ހުޅުވާލާ ކުއްލިއަކަށް ނާއިލް އާއި ދުރުވެލަމުން އަޝްރާ ޝަކުވާކޮށްލިއެވެ. އަޝްރާގެ މައުސޫމް ސުވާލުތަކުން ނާއިލްއަށް ހެވުނެވެ. ” ވައި އަރ ޔޫ ލާފިން… ނޭނގޭތަ އެކަމުން އަހަންނަށް ހަރޓްވާ ކަމެއް… އިޓް ހަރޓްސް އަލޮޓް… ” ނާއިލް ހޭންފެށުމުން ދެބުމަ ގޮށްޖަހައިގެން ހުރެ ނާއިލްގެ މޭގައި ދެއަތުން ޖަހާލަމުން އަޝްރާ ބުނެލިއެވެ. ” ޒަހާ އަކީ ހަމައެކަނި އަހަރެންގެ ފްރެންޑެއް… ޒަހާގެ ވާހަކަތަކުން ލިބުނު ހިތްވަރެއްގެ ސަބަބުން މިރޭ އަހަންނަށް އަހަރެންގެ ހިތުގެ ހާލު މިބަޔާންކޮށްދެވުނީ… ޝީ ވޯޒް ޖަސްޓް މޭކިން މީ އަންޑަސްޓޭންޑް… އަހަރެންގެ ހިތުގަ އަޝްރާއަށް ދެވިފައިވި މާޤާމެއް އެހެން އެއްވެސް އަންހެން ކުއްޖަކަށް ނުދެވޭނެ… އައިމް އޯލް ޔުއަރސް… ” ނާއިލް އޭނަގެ ފިރިހެންވަންތަ ހިނިތުންވުމުގައި ހުރެ ވާހަކަ ދެއްކިއެވެ. ނާއިލްގެ ވާހަކަތަކުން ހިތަށް ލިބުނު ހިތްހަމަޖެހުމުގައި އަޝްރާގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އެވަގުތު ނާއިލް އަޝްރާ އާއި ކައިރިވެލާ އަޝްރާގެ ނިއްކުރީގައި ނުހަނު ލޯބިން ބޮސްދިނެވެ. ހިތަށް ކުރުވި ފުން އިހުސާސަކުން އަޝްރާގެ ތުންފަތުގައިވި ހިނިތުންވުން ފުންވެގެން ދިޔައެވެ
ތެމިފޯވެފައި ތިބިކަން ރޭކާލީވެސް އަދި ކިރިޔާއެވެ. އޭރު ހުރީ ގަޑިންވެސް ފުދޭވަރަކަށް ލަސްވެފައެވެ. އިތުރަށް ނުތިބެ ދެމީހުންވެސް ނިންމީ ފެންވަރާ ތާޒާ ވެލައިގެން ނިދާށެވެ. މާދަމާ ބައްދަލުކުރުމަށް ނިންމާ ސިއްރު ސިއްރުން ގޮސް ދެމީހުންވެސް ކޮޓރިއަށް ވަނެވެ. ވާރެ އާއި ތެމުމުގެ ސަބަބުން ހަށިގަނޑަށް ވެރިވެފައިވީ ފިނިކަމެވެ. އެހެނަސް އަޝްރާ ފެންވަރާލިއެވެ. އޭރުވެސް ވިދާ ގުގުރުމާއެކު ބޯކޮށް ވާރޭ ވެހެމުން ދިޔައެވެ. އޭސީ ނިއްވާލާ ފަންކާާ ޖަހާލުމަށްފަހު ބޯ ރަޖާގަނޑު ދަށަށް ވަދެ އަޝްރާ ދެލޯ މަރާލިއެވެ. އެއާއެކު މިރޭގެ އެތައް މަންޒަރެއް ލޯ ކުރިމަތީގައި ސިފަވެގެން ދިޔައެވެ. އެއާއެކު އަޝްރާގެ ތުންފަތުގައި ކުޅެލީ ލަދުރަކި ހިނިތުންވުމެކެވެ. އެކަކު އަނެކަކަށް ހިތުގެ އިހުސާސްތައް ހިއްސާކުރެވުމާއެކު ދެހިތަށްވެސް ލިބިފައިވީ އަޖައިބެއް ކަހަލަ ހިތްހަމަޖެހުމެކެވެ. އެއްވެސް ނުތަނަވަސްކަމެއް ނެތުމާއެކު މިއަރާމު ފިނި ރޭގެ ނިދި އެންމެ ފުރިހަމަ ގޮތުގައި ލިބިގަވެ. ހީވަނީ އެތައް ދުވަހަކަށްފަހު ހަމަ ނިދި ލިބުނުހެންނެވެ.
ފަތިސް ނަމާދުކޮށްގެން ކުޑަ ވަގުތުކޮޅަކު ޤުރުޢާން ކިޔަވާލުމަށްފަހު މިންހާ ގޭގެ އެއްފަރާތުގައި ހައްދާފައިވާ ބަގީޗާއަށް ނުކުމެލިއެވެ. ރޭގެ މެންދަމުގެ ވަގުތެއްގައި ވާރޭ ވެހުމުގެ ސަބަބުން މާހައުލުގައިވަނީ ތެތް ފިނިކަމެވެ. ފަރިވެ ފޮޅިފައިވި މާތަކުގެ ފިޔަތަކުގައި ޝަބްނަމް ތިކިތައް ހަރުލާފާވާއިރު ބަލާ ފޫހި ނުވާހާ ފުރިހަމައެވެ. މުޅި މާހައުލު އެއްވަސްކުރުވާފާ ވަނީ އެމާމެލާމެލީގެ ލުއިލުއި މީރު ވަހުންނެވެ. އެއްވެސް ޚިޔާލެއް ފިކުރެއްނެތި މާމަލުން ވަސްބަލަމުންދިޔަ މިންހާގެ އަނގައިން ތޫލި ހަޅޭކެއްގެ އަޑުއިވިގެން ދިޔައީ އޭނަގެ ހަށިގަނޑުގައި ފަހަތުން މީހަކު ބައްދާލުމުންނެވެ. ހަމައެވަގުތު ހުޝިޔާރުކަމާއެކު އެމީހަކު މިންހާ އެމީހަކަށް ކުރިމަތިވާނޭހެން އަނބުރާލާ މިންހާގެ އަނގަ މަތީގައި އަތް އެޅިއެވެ. އެވަގުތު ދާދި ގާތުން ފެނުނު އިއާންގެ ސޫރައިން މިންހާގެ ބޮޑު ދެލޯ އިހުނަށްވުރެ ބޮޑުވެގެން ދިޔައިރު މަޑުމަޑުން އިއާންގެ ނަން ކިޔާލެވުނެވެ. ދެމީހުންގެ ހަތަރު ކަޅި ބައްދަލުވެ ހިނދުކޮޅަކަށް ދެމިގެންދިޔަ އެވަގުތު އެދެމެދަށް ވެރިވެފައިވީ ހަމަހިމޭންކަން ނަމަވެސް ދެހިތުގައިވެސް ދިޔައީ ރީތި ރާގެެއް ކުޅެވެމުންނެވެ. ތިބެވުނު ގޮތް ރޭކާލި މިންހާ އަވަސް އަވަހަށް އިއާން އާއި ދުރުވެލުމަށްފަހު ވަށާއިގެން ނަޒަރު ހިންގާލީ އެއްވެސް މީހަކަށް އެމަންޒަރު ފެނުނުތޯއެވެ. އެއްވެސް މީހަކު ފެންނަން ނެތުމުން މޭގައި އަތް އަޅާލަމުން މިންހާ ފުންނޭވައެއް ދޫކޮށްލިއެވެ. ” އާން… އަހަރެން ބިރުންވެސް ކިރިޔާ ހަލާކުނުވީ… މިގަޑީގަ ކީއްކުރަނީ މިތާ… ޕްލީޒް ދޭ މިގަޑީގަ… މީހަކަށް ފެނިދާނެ… ” މިއޮތް ހުރިހާ އިރު މިންހާގެ ހަރަކާތްތަކަށް ބަލަން ހުރި އިއާން އާއި ކުރިމަތިލަމުން ކަންބޮޑުވެފައި ހުރެ މިންހާ ވާހަކަ ދެއްކިއެވެ. ” ރިލޭކްސް ޖާން… ބައްޕައެއް ނޫޅެއެއްނު ގެއަކު… މިތާކުވެސް ނެތެއްނު އެކަކުވެސް… ނުފެންނާނެއޭ އެކަކަށްވެސް… ތިރީތި ސޫރަ ދެކިލާ ހިތުން މިއައީ… ” މިންހާ އޭނަގެ ކައިރިއަށް ދަމާލަމުން އިއާން ވާހަކަ ދެއްކިއެވެ. ” އާން… މީހަކަށް ފެނިދާނެ… ކިހިނެއް އެނގުނީ ބައްޕަ ގޭގަ ނޫޅޭ ކަމެެއް… ދޮންބެ އެބަ އުޅޭ ގޭގަ… ބޭރަށްވެސް ނުކުމެދާނެ… މަންމަވެސް އައިސްދާނެ… އަހަރެން މިތަނުގަ ކަމެެއް ކިހިނެއް އިނގުނީ އާންއަށް… ” މިފަހަރުވެސް އިއާން އާއި ދުރުވެލަމުން މިންހާ ވާހަކަ ދެއްކިއެވެ. ” ނުފެންނާނޭ… ބައްޕަ އެބައިން އަހަރެން ގޭގަ ކޮފީ ބޯން… މިންނުއަށް ގުޅީމޭ… ފޯނު ނުނަގާތީ ދެން އޮބްވިއަސްލީ މިތަނުގައެއްނު ހުންނާނީ… މިގަޑީގަ މިންނު ގާޑެންއަށް ނުކުންނަ ހިތްވާކަން އިނގެޔޭ… އައި ނޯ ޔޫ ވެރީ ވެލް… ” މިންހާގެ ނޭފަތުގައި މަޑުމަޑުން ހިފާލާ އޭނަގެ ފިިރިހެންވަންތަ ހިނިތުންވުން ހަދިޔާކުރަމުން އިއާން ބުނެލިއެވެ. އެހިނދު މިންހާގެ ދެކޮލަށް ޖަންބުކުލަ ވެރިވެ ތުންފަތުގައި ލަދުރަކި ހިނިތުންވުމެއް ދުވެލިއެވެ.
އިއާން އެހުރި ގޮތަށް ހުރެ ކުޑަކޮށް ގުުދުވެލާ ފިޔާތޮށި ކުލައިގެ ފިނިފެންމާ ގަހުން ފޮޅިފައި އިން މަލެއް ބިނދެލިއެވެ. އިއާން މިންހާގެ ހިމަ އުނަގަނޑުގައި އަތް އަޅުވާ އޭނަ އާއި ދިމާލަށް ދަމާލުމާއެކު މިންހާ އައިސް ތަތްވީ އިއާންގެ ހަށިގަނޑުގައެވެ. އެވަގުތު އިއާންގެ ހަށިގަނޑުން ދުވި މީރުވަހުން މިންހާއަށް ދެލޯ މަރާލަމުން ނޭފަތް އެތެރެއަށް ދަމާލެވުނެވެ. މިންހާގެ ދެއަތްތިލަ އިއާންގެ މޭމަތީގައި ބޭއްވިފައިވީއިރު އިއާންގެ ނަޒަރު ހުއްޓިފައިވީ އެއްވެސް މޭކަޕެއްނުވާ މިންހާގެ ދޮން އޮމާން މޫނަށެވެ. މޫނުމަތީ ތާޒާކަންވީއިރު މަޑު ފިޔާތޮށި ކުލައިގެ ތުނި ތުންފަތުގައިވީ އަބަދުމެ އޭނަގެ ހިތްއެދޭ ފުރިހަމަ ހިނިތުންވުމެވެ. އިއާން އޭނަގެ އަތުގައި އޮތް މަޑު ފިޔާތޮށި ކުލައިގެ ފިނިފެންމަލުން މިންހާގެ މޫނުގައި ފިރުމާލިއެވެ. މިންހާ މަޑުމަޑުން ދެލޯ ހުޅުވާލާ އެރީތި ދެލޮލުން އިއާން އާއި ހަތަރު ކަޅި ހަމަކޮށްލިއެވެ. އިއާން އެ ފިނިފެންމަލުގައި އޭނަގެ ތުންފަތް ޖައްސާ ބޮސްދިނުމަށްފަހު އެމަލުން މިންހާގެ ތުނި ތުންފަތުގައި ފިރުމާލިއެވެ. ލަދުން މިންހާގެ މޫނަށް ޖަންބުކުލަ ވެރިވިއިރު އިއާން ދިއްކޮށްލި ފިނިފެންމަލުގައި ހިފަމުން އަވަހަށް ދުރުވެލިއެވެ. އެވަގުތު އިއާން މިންހާގެ އަތުގައި ހިފަހައްޓާ އެއަތަށް ބޮސްދިން ގޮތުން މިންހާގެ ލޯލިތައް ކޮޅަށްޖެހުނެވެ. ލޯބީގެ ދުނިޔޭގައި ވަގުތު ހޭދަކުރަމުންދިޔަ ދެމީހުނަށް ސިޓިންރޫމުން ބޭރަށް ނުކުމެވެސް ހުންނަ ދޮރު ހުޅުވުނު އަޑު އިވި ސިހިފައި ދުރުވެލެވުނެވެ.
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
76 Comments!
Comments are closed.








Salaam dear readers… Here is the next part… Hope all will like this part too… I know it’s a little bit short but couldn’t get time to write… Next part In Sha Allah dhigu kohlaanan genesdheynan… N hopefully it will be the last part ???… So next part In Sha Allah Wednesday night ???… Hope all will wait ???… Much more loves from me n thankyou soooooo much dear readers ❤️❤️❤️?????????… Last part ge comment thakah reply kohlaanan maadhama ge vaguthehga In Sha Allah ???…
Eid Mubarak ifoo❤❤My fav writer vaahaka v reethi???V Dhera nxt part last part ah v ma?And I hope after this story u will write another one to us?Hama mikahala Rom story eh?Hehe that is funny ingey?
FAV WRITER❤?????
EID MUBARAK TO ALL IN THIS CMMNT SECTION ??????
HIJABI QUEEN ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Eid mubaarak to you too dear ???… V v v ufaavehje comment kohleema ???… Yeah… Hopefully next part will be the last part ???… Bodu Break akah fahu new story eh genesdheynan In Sha Allah ???… Much loves dear ❤️❤️❤️?????????…
Bodu break eh nagaathi v dhera ???Ekam ves I will wait to your nxt story??
Yeyey First dhw. .kiyaafa comment eh kohlaanan ingey ????
Yesss dear ur first ???… Congratulations on being first ???… Waiting for your comment ???…
Ifoo sis love you ❤️❤️❤️❤️Varah reethi masha Allah ?????cant wait hama bala bala hutta the up kolhe
Shaa ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Much more loves ❤️❤️❤️?????????…
Yet me first dhw .. varah varah reethi mashallah and finally nail andashra gulhunee dhw salhi couple eh love you Ifoo. … I foo ah midhaairaain ithurah kuriyah kuriyah dheveyne goiy mipnvaru kohdhehvaandheyve aameen …..?????❤???
Pretty girl ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… Much more loves ❤️❤️❤️?????????…
Yet me first dhw .. varah varah reethi mashallah and finally nail andashra gulhunee dhw salhi couple eh love you Ifoo. … I foo ah midhaairaain ithurah kuriyah kuriyah dheveyne goiy
minvaru kohdhehvaandheyve aameen …..?????❤???
Oh yey me second …varah reethi mashaa allah keep it up…vaahaka dhigas kiyaa nimey iru hyvany varah kuruhenn
Shamm ❤️❤️❤️… Thankyou soooooo much ❤️❤️❤️?????????…
Yayyyy…omg aaan haadha romantic eyy dhn….btw naail ves vaki dhera eh noon…..i love it naail…ashra and minuu ah thihury hama dhe javaahiru libifa dhw…..alheyy dhn vvv loabi…and my dear ifoo…masha allah…u r so talented…i love the way u bring the story…..short viyas it’s ok…..i know bxy veema kan….dhn ifoo hama nimmaalany tha???alheyy no….i will miss the story…ummeedhu kuran vvv avahah ifoo ge ehn fabulous story eh fennaane kamah….mihaaru mi site ga in emme nice emme loabi story nimunyma kiyaane vaahaka ehves neehnaane…dhnnn…..ifoo plx vaahaka eh genesdhehchey as soon as possible….lots and lots of love….vvvv loabivey….
Asluves vaahaka nimmaalany tha ??Did she mention it before…??? Oh no I’ll miss it so badly..pls nimmaanulacchchey..??????…. Varah furihama mi part ves..love you too sis..
Yess avlyn…she told in her comment that next part will be the last part…ok dear…
Someone dhw ‘vehey vaarey therey’ ge author akee…Anekka theetha Anonymous akee??????
Awwwwnn ❤️❤️❤️???… Haadha loabi, sweet comment ekey ❤️❤️❤️???… Bunaane ehcheh vx neynge ifoo akah ???… V v v v bodah ufaavehje ???… Thankyou sooooooooo much ❤️❤️❤️?????????… It means a lot for me ???… Yeah… Aee hama dhe javaahiru ???… They are so lucky ???… Story is going to end ???… Ifoo mi visnany mi story ah fahu bodu break eh nagan… Bodu Break akah fahu new story eh genesdheynan In Sha Allah ???… Once again thankyou soooooo much n love you more ❤️❤️❤️?????????…
Avlyn ❤️❤️❤️… Yeah… Story is going to end ???… Thankyou sooooooooo much ❤️❤️❤️?????????… Alhey don’t be sad… Break akah fahu new story eh genesdheynan In Sha Allah ifoo ???… Love you more dear ❤️❤️❤️?????????…
Me first tha..?varahh reethi ingey story ..emme fahun naail ves bunii dhw ashu kairii loabi vaa vaahaka…e scene varah reethi.. heevanii kurimathiiga sifavaahen…hehe…anyways hows u dear..hope u are fine ..much loves❤❤..curiously waiting for next part
Naukko ❤️❤️❤️… Yeah… Finally naail bunefi loabi vaa vaahaka ???… Alhamdhulillah ifoo hama v ragalhu ???… Hope your fine too ???… Thankyou sooooooooo much naukko ❤️❤️❤️?????????… Love you more dear ❤️❤️❤️?????????…
Ma Sha Allah??????❤❤❤??????..mi part vec hama v v rythi inge…
Sifakohlaafa hurileh v kamudhey…Alhey finally ashuu nd naail gulhuny dhw??????❤❤❤??????..nd Minnu nd aan vec ulhey goiii vec haadha cute ey dhw alhe…..ifoo thy hama one of my fav author ey buneveyny??????❤❤❤???????????????????????❤❤❤??????????????????….Ehaa vec molhu….Ma Sha Allah….Dear mi part fudhey varakah kuru ingey?????????❤❤❤??????❤❤❤????????????..Alhey mioh lwbi story vec nimen ulheny dhw..So seydu…bt okayy..Ifoo sis keep it up ingey..Nd plc Wednesday ge kurin upkohla dhevengna up kohlahchey … coz vv kiyaa hithun myny next part…hehe…????????????❤❤❤????..TGC & LYL
Jiji ❤️❤️❤️… Thankyou sooooooooo much for the support n love ❤️❤️❤️?????????… V v v ufaavehje ???… Don’t be sad dear ???… Break akah fahu new story eh genesdheynan In Sha Allah ???… Wednesday ge kurin dhw… Will try ingey… Wednesday ga up kuran ifoo buny aslu Sunday n Monday I will be very busy in office cause kuriah public holidays thakeh othyma… N next day Eid dhw… Ehenve… Bt will try ???… Love you more dear ❤️❤️❤️?????????…
Wow v reethi. Can’t wait for next part
Noora ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Mi vaahaka ah film eh hadhah feney..
Juma❤️❤️❤️… Hehhe ???… Thankyou sooooooooo much ❤️❤️❤️?????????…
Wowww.??❤????., ifoo woowwwwww..❤❤❤❤❤… hama bunaane ehcheh vx neyngifa mihunnany…. emme fahun naail and ashoo vx gulhuny dhw.?????… v v v reethi mi prt vx… ?????????and v hina dhuvas vejje mi story ah comment eh nukurevey thaa… aslu busy kamun vagutheh nuvany..❤❤❤❤❤❤❤❤❤❤❤❤❤.. mi faharu i wanna say that u are the bestest authour in this whole site…. ❤❤❤❤❤❤????????????hama bunaane ehcheh vx neyngey…??????????. minnu aa aan haadha cute koshey ulheny dhw….. naail aa ashoo vx.?????????????… mi partge sifakurun thah ves hama v v v v reethi….. ma sha allah…?????????????? aslu bunaane ehcheh vx neyngifa mihiry..????❤??????.. and thank u so much mihaa reethi vaahaka eh genesdhineethy..???????????. keep up the good work..hama v v v reethi… ifoo, i think u r the best.???????????… story nimmaafa aa vaahakaeh fashaane kamah ummedhu kuran…????????? i knw v hardwork kan migothah dhuvahun dhuvahah up kurumaky….May Allah fullfill all your dreams and may he bless you…??????????. thnks sooo much once again… and sorry for not commenting, last parts thakah….??????love u sooooooo muchhhhh…..????????….
Awwwwnn ❤️❤️❤️???… Such a colourful, sweet comment ❤️❤️❤️???… Ifoo akah neynge bunaane ehcheh vx ???… V v v bodah ufaavehje ingey ???… Thankyou sooooooooo much for the support n love ❤️❤️❤️?????????… It means a lot for me ???… In Sha Allah bodu Break akah fahu new story eh genesdheynan ???… It’s ok… Sometimes it happens ???.. Once again thankyou sooooooooo much n much more loves from me ❤️❤️❤️?????????…
Haadha reethi vaahaka ey
……….waiting next part…….
Ifoo ge story varh reethi maasha allah ….
…………waiting 60 part…….
Rifu ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…
Haadha reechey ?… I love it ❤️❤️❤️ can’t wait to see the next part….
Zuam ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…
Wow….ifoo.. bunaane eh thech ves neyngey….doll komme faharakuves hama speahless koalaafa thi bahahthanee..hehe..varah reethi mi part ves..next part avahah up koalla dehcy..ly♥♥♥
Awwwwnn ❤️❤️❤️???… Thankyou sooooooooo much doll ❤️❤️❤️?????????… V v v ufaavehje ???… Hhehe… Keep waiting dear… Love you more ❤️❤️❤️?????????…
Wow ?????????? mi part vs varah Varah reethi
Yeyyy! Finally ashra nd nail gulhuny dhw
Anyway its awesome ????????
Ly??????
Eid mubarak ???
Bts lover ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Yeah… Finally both of them shared their feelings ???… Love you more n eid mubaarak ❤️❤️❤️?????????…
Stry nimenytha …? alhey haadha dheraey…. ????varah kiyaa hithun kiyaa stry eh mi.. so sad….?? Ekam vvvvvvvvvvv vvv vvvvvvv reethi mi part…. ??????????????????????loved it..❤❤❤❤❤❤???. thankolheh kuru dhw…? but ok.???.. love the stry and u also dear ❤❤❤?
Dreamer ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Alhey don’t be sad dear… Bodu Break akah fahu anehkaavx thikudhinnaa bahdhalu kohlaanan In Sha Allah ???… Much more loves from me ❤️❤️❤️?????????…
?♀️?♀️?♀️?♀️hi. varau nice mi part ves.?????????????? btw eid mubarak. ???varau dheravey story finish vaathy.??? i hope ifoo sis mi story au fahu hama mikahala rom story ei liyaanekamau.???you are my fav writer and this story is my fav story.??????love you ifoo sis.♥️♥️♥️♥️♥️♥️♥️also thank you.???????????????????
miss you????????????????????????????????????????⭐⭐
Hiii alkko ❤️❤️❤️… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… Alhey don’t be sad dear… Bodu Break akah fahu anehkaavx thikudhinnaa bahdhalu kohlaanan In Sha Allah ???… Much more loves from me ❤️❤️❤️?????????… Eid mubaarak dear ???❤️❤️❤️…
Mivaruge reethi vrhaka eh dhuvahaku vx esfiyain nukiyan.. Haadha reehchey heevany hama kurimathy manxaru thah sifavaahn.. Thnxxxxx ifooo thihaa reethi vrhaka eh kiyaalan libeythi nd so sad mi vrhaka nimeythi.. ???❤❤????
Awwwwnn ❤️❤️❤️???… So sweet of you Aiymee ❤️❤️❤️???… Thankyou sooooooooo much dear ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Alhey don’t be sad dear… Bodu Break akah fahu anehkaavx thikudhinnaa bahdhalu kohlaanan In Sha Allah ???… Much more loves ❤️❤️❤️?????????…
Yess ifoo mi part v vv v reethi??nd mi kahala reethi vrhaka eh nukiyan dhuvahaku vx.. Heevani kurimathy sifavaahn.. ❤❤nd v dhera vey nimen ulhey thi.. ???
Awwwwnn ❤️❤️❤️???… So sweet of you ❤️❤️❤️???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… It means a lot for me ???… Alhey don’t be sad dear… Bodu Break akah fahu anehkaavx thikudhinnaa bahdhalu kohlaanan In Sha Allah ???… Much more loves ❤️❤️❤️?????????…
Varah salhi mi part ves.. Waiting for the next part…. ?
Aisha ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????…
Alheyyy aan and minnu haadha rom ey…❤❤❤Ashu and naail ves❤❤❤Ifoo mi vaahaka ninmaalaneethaa?????Ekamakuves dhonthi ummeedhukuran ifoo reethi vaahaka eiy kiyaalan libeynekamau?????Anyways this part is also vvvvv loabi??????????????????I just love it❤❤❤❤❤Love you ifoo❤❤❤❤❤
Dhonthee ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… Yeah… It’s going to end ???… In Sha Allah adhi ifoo ge new stories kiyaalan libeyne ???… Keep waiting ???… Much more loves from me ❤️❤️❤️?????????…
And also EID MUBAARAK ifoooo
EID MUBAARAK Dhontheeee ❤️❤️❤️???…
Alhey story nimeneetha ifoo…. ??? vvvvvv salhi mi part vx ( one of the best part)…. finally ashra n naail got together????….
Rishma ❤️❤️❤️… Yesss dear ???… It’s going to end ???… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???…
Finally ashraa and nail there both gudhiga??mi part vas hama reethi aa❤️❤️can’t wait to see what happens next part ??? eid mubaarak❤️❤️
Mal ❤️❤️❤️… Thankyou sooooooooo much ❤️❤️❤️?????????… V v v ufaavehje ???… Eid mubaarak dear ???…
wowww… v v v v v v reethi mi part vss ❤❤❤?????????mashah allah ?????????????minnu aa aan aa haadha romantic aa dhw ???????ashu nd naaail vss dhwww ?????? v v v furihama mi part vss hama bunaane ehcheh vss neyge ??????????????????????? sifa kurunn vsss hama varah salhi ?????????????? alheyy ifoo vaahaka nimeneetha???????haadha dhera eyy dhwww ???? dheraviyas kyhkuranee dhww vaahaka eh viyya nimeyne dhwww ????? next part avahah up kohdhehcheh ?????????????????????????????????????❤❤❤❤LOVE U ❤❤❤?????????
Awwwwnn ❤️❤️❤️???… Yaaanaa ❤️❤️❤️… One of the best reader ❤️❤️❤️???… Thankyou sooooooooo much for the support n love ❤️❤️❤️?????????… Yaaanaa ge colourful Comment kiyaalaafa ifoo v v v ufaavehje ???… Abadhuvx yaaanaa ge comment ah wait kurevey ???… Story is to end ???… Don’t be sad… Bodu Break akah fahu new story eh genesdheynan In Sha Allah ???… Love u more yaaanaa ❤️❤️❤️?????????…
Ifoo dear this story is awesome ❤️❤️???????❤️❤️❤️❤️?????❤️❤️❤️❤️????❤️❤️❤️???❤️??????????????❤️??Vvvvvvvvvv reethi hurihaa parvess ??????Mashaa Alaah ????????????????????????????????????❤️?????buxy kamun hurihaa partah comment nukrvunass mi story abadhu vess kiyan and the best story ??????????????????????????❤️❤️❤️❤️???❤️???????❤️❤️❤️❤️Ifoo dear please minu&aan and ashu&naailge kid ge part geness deebaa ????? OK kids ge name ekani genayass????????????? please please please please please please please please please vvv kiyaahivaa storyeh mi soo nimeythee vv dheravey ???????????????????ehaa avhah nuninmabaa ifoo mi story nimuneema den ehen storyeh genness dhey we kon irakun ????I know ifooge hurihaa story vesss hama mihaa reethive interest vaanekan ????????????????????????????????????????Lve u soooooo much ifoo dear??????????????
Awwwwnn ❤️❤️❤️???… Kiyaaraa ???❤️❤️❤️… U made me speeches ???… Kiyaaraa ge comment kiyaalaafa ifoo v v v ufaavehje ???… Thankyou soooooooooo much ❤️❤️❤️?????????… It means a lot for me ???… Story nimeny… Ifoo mi visnany mi story ninmaafa bodu break eh nagan mikamun… So ehgothakahvx neynge bunaakah kithaa thaaku kameh new story eh genesdheveyny… Ehaa avahah new story eh nufenidhaane… Bt In Sha Allah break ah fahu ifoo new story akaa eku bahdhalu kohlaanan ???… Let’s see what happens ???… Ehaa bxy koh ulhemunvx story kiyaalaafa comment eh kohlyma v v ufaavehje ???❤️❤️❤️… Once again thankyou soooooo much dear n much more loves from me ❤️❤️❤️?????????…
????????????????????????????????????????????????????LAST PART A?? haadha dhera a??? hope alhu enme beynun vaa gothah nimeyne kamah ……dear abadhuvx story nimunas hadhaan kuraathy I Mee u ge nme bodu supporter kan…. mashallah…ehn hurihaa part thakekey enfadhain mi part vx v reethi ….alheyy ninmaalany thr Hama…seyyyyydduuhhhh☹️☹️?????
Inshallah u r always my favorite n writer n this my most favorite story……
Wow ??? v v v v v v v v rythi mi partvx ifoo dear ????????… Masha Allah ❤❤❤❤ Alhey minnu n aan haadha rom ey dhw n ashu n naail also ??????… keep up the good work dear ?????? I really appreciate it ??????… curiously waiting for the next ???????????????????????
Ifoo darling kihineh the cover pic edit kurany…I mean kon app akin hey anyways story vv reethi luv yah ifoo sis and ifoo sis age kihaavareh student eh thr ummah gud night???????????
Ifoo darling kihineh the cover pic edit ………………..❤️❤️??❤️❤️kurany…I mean kon app akin hey anyways story vv reethi …………❤️❤️??❤️❤️luv yah ifoo sis and ifoo sis age kihaavareh student eh thr …….❤️❤️??❤️❤️ummah gud night???????????
Speechless…!!! ❤❤????..Just speechless…!!! ❤❤????..This story is just awesome…❤❤????..Dnt know what to say actually..❤❤????..You make me speechless every part…????❤❤…I like this very much aslu…❤❤????…Sifa kurumaa basthah athuraalafa hunna goiy hama vrh vrh furihama..❤❤????…This part also very intresting…❤❤????..Finally naail and ash vex gulhuny dhw…❤❤????…Nice to see them together…❤❤????..Minnu men vex vrh ufaa vaane dhw e meehun gulhunyma…❤❤????…Wow…❤❤????…Ann and minnu are so so romantic…❤❤????..Ifoo ah midhaairaaga vrh ujaalaa kuri mageh ebaoiy..❤❤????…Hope continous koh ithuru story eh genessheyne kamah..❤❤????…I like your stories and your my favourite writter…❤❤????…Keep it up dear..❤❤????..Waiting for next part…❤❤???? ..Hope next part dhigu koh genesdheyne kamah…Much loves dear..❤❤????..
THE BEST STORY
THE BEST WRIITER
❤❤❤❤????
Eid mubaarik ifoo wish you a very happy fun peacful Eid Eid mubaarik again❤❤❤❤????????
Eid mubarak ifoo. And y the nxt prt is the last. No ifooo no. I luv this story soooo much. Avaha mi stry ninmaa nulaaba. Adhi beynun meege 1000000 part kiaalan. Ehaaves nice
Dear readers… Ifoo bxy kamun story ge v kuda thankolheh adhi liyevuny… Last part ah vumaaeku v baivaru liyan jehey… Midhuvaskolhu job ga maa bodah bxy v ma aslu… So keep waiting dear readers… Ifoo ah liyevunuhaa avahah up kohladheynan In Sha Allah… Enme lasvegen In Sha Allah Friday night ah up kureveythr balaanan… I’m really very sorry ???..
it’s ok dear I can understand but ehaa lassnukurachey ingey ………….. waiting for the last part
Thursday ga vec up nukureveyne dhw..SO SAD..Ok ingey dhn..Plc Friday ga up kohdhehchey ingey dear…???????
Job ey? Isn’t it eid break this week?
Ey mee eid break eh noon thr???thi rashuga eid break eh nulibey tha???
Kurin buny Eid break GA Vara time vaane Vara dhiguko liyefa up kuraane mey….dhen Eid chutty GA job a dhaan jeheytha….week aku 2 faharu up kuraa iruves.. ?
It’s eid break but we have a lot of works… Before seven we have to prepare reports and we have some other works also… So even it is eid break, overtime ge gothuga fudhey varakah gina iru offyhuga work kuran… Dhn geyga vx v busy… So couldn’t get enough time… Keep waiting… In Sha Allah v masaikah kuraanan liyevey thr…
You’re a journalist?
Hey ifoo.. love the storyy❤ ifoo ge profession bunevidhaane tha plx,? Amd do you live in male? I mean male ge office ehga tha work kurany?
Kbr vhk