“ޝަލީންއާއި ކައިވެނިކުރަން އެއްބަސްވޭ…” އަލްހާންގެ ޖުމްލައާއިއެކު ހައިޒަލްގެ ދުނިޔެވެސް ހުއްޓުނުފަދައެވެ. ބުދެއްފަދައިން ހުއްޓުން އެރިއިރު ލޮލުން އޮހެން ތައްޔާރުވެފައިވާ ކަރުނަތަކަށްވެސް ހުއްޓުމެއް އައެވެ. “ތިންވަނަަ ފަހަރަށް ދެކޮޅު ހަދައިފިނަމަ އެ އަންހެންކުއްޖާގެ ފުރާނަ ދަމައިގަންނަންވެސް އަހަރެން ފަހެއް ނުޖެހޭނަން… ހައިޒަލްއަށް އެކަން މިއަދު ސާބިތުކޮށްދީފައިވާނީ…” އަލްހާންގެ މޫނުމަތީ ރަހުމުގެ ކުލަވަރެއްވެސް ނުވެއެވެ. އަމިއްލަ އެދުމަށްޓަކައި ކުށެއްނެތް މައުސޫމް އަންހެންކުއްޖެއްގެ ފުރާނަ ނަގާލުންވެސް އެއީ މާބޮޑުކަމަކަށް ނުވިއެވެ. އިންސާނިއްޔަތުކަމުގެ ޒައްރެއްވެސް އެ ހިތުގައި ނެތެވެ. ހައިޒަލްގެ ދެތުންފަތް ފޫއަޅުވާލައިފައި […]
ހަޔާތުގެ ދުވަސް ތައް އުފަލާއި ހިންހަމަޖެހިގެން ވޭތުކުރަމުން ދިޔައީ ދެން އަންނަން އޮތް އެއްވެސް ކަމަކައް ފަރުވަލެއް ނެތިއެވެ. އޭރު އަހަރެންގެ އުމުރުން އެންމެ 8 އަހަރެވެ. އަހަން ނަކީ އަހަރެންގެ މައިން ބަފައިންގެ ހުރި ހަމައެކަނި ދަރިފުޅެވެ. ބަލާ ބޮޑު ކުރަމުން އައީ ދުނިޔޭގައި ވާހާ އުފާތަކެއް ހޯދައި ދެމުންނެވެ. މި ކުޑަ އާއިލާ އައް އުފާވެރި ކަމުގެ ނިމުން އައީ އަހަރެންގެ މަންމަ އަހަންނާއި އަހަރެންގެ ބައްޕަ ދޫކޮއް މި ދުނިޔެއައް އަލްވާދާއު ކިޔުމުންނެވެ. […]
ހަވީރު އައިގޮތަށް ކޮޓަރީގައި އޮތީ ނުކުންނަން ބޭނުންނުވެފައެވެ. ދިޔައިރުވެސް، މިފަދަ ކަމެއް ވާނެކަން އިނގެއެވެ. އެކަމަކު، ލީޒް ބުނުމުން ނޫނެކޭ ނުބުނަން ވެގެން ދިޔައީއެވެ. ކިތަންމެ ޗިލްކޮށް އެމީހުން ކުރިމަތީ ވާހަކަ ދެއްކިޔަސް، ހިތަށްވެސް ކެތް ވާނީ ވަކި ވަރަކަށެވެ. “އެލީން…. ދެން ނިކުމެބަ، ބައްޕަޔަށް ލީން ނުކާކަން އެނގިއްޖިއްޔާ މަރާލާނީ ދޮންބެޔޭ… އިނގެއެއްނު އެކަން؟” ދޮރު ކައިރިން ދާ ޚިޔާލެއްވެސް ދޮންބެ ނުކުރެއެވެ. ދޮންބެޔަށް ލިބޭ ދަރިޔެއް އުޅެންޖެހޭނީ ވަރަށް ޙާލުގައި ކަން ޔަޤީނެވެ. ދަރިއެއްގެ […]
“ރޭ ދަންވަންދެން ކަލޭ ވާހަކަދައްކީ ކާކާ؟” ހިލްމީގެ ސުވާލުން އަހަރެން ހާސްވިއެވެ. އަނެއްކާ އަސްލާންގެ އަޑު އިވުނުބާއޭ ހިތަށްއެރިއެވެ. ******************************* “ނިދީގަ ކަމަށް ވާނީ.” އަހަރެން އޮޅުވައިލީމެވެ. ހިލްމީ އިތުރު އެއްޗެކޭ ނުބުނެއެވެ. “ކި..ކިހިނެތްވީ؟” ކަރުން އަޑު ނުކުތީ ކިރިޔާއެވެ. އަހަރެންގެ ގޮވުމަށް އިޖާބަދީ، ގާތަށް އައި އަސްލާންގެ މޫނުމަތީވީ ޒަހަމުތައް ފެނިފައި ހިތުގައި ތޫނު އެއްޗަކުން އެޅުނުފަދަ އިހުސާސެއް ކުރެވުނެވެ. “މީ…މީ ރައްޓެއްސަކާ ކުޑަ މައްސަލައެއް ޖެހިގެން… އަރާރުންވެފަ…” އަސްލާންގެ ތުންފަތަށް ވެރިކުރި މަސްނޫއީ ހިނިތުންވުން އަހަންނަކަށް […]
މޫސުމް ގޯސް ރެއަކަށްވާތީ މަގުތައް އޮތީ ފުދޭވަރަކަށް ހިމޭންކޮށެވެ. ނައިނާ މަގުތައް ކަޑައްތުކުރަމުން ގޮސް އަނދިރިގޯޅިގަނޑަކަށް ވަނުމާއިއެކު ފަހަތުން ފިޔަވަޅުތަކެއްގެ އަޑުއިވިފައި ފަސްއެނބުރި ބަލާލިއެވެ. ހުސްކޮށްވާ ގޯޅިތެރެއަށް ނަޒަރެއް ހިންގާލަމުން ނައިނާގެ ފިޔަވަޅުތައް އިތުރަށް ބާރުކޮށްލިއެވެ. ގޯޅީ ނިމޭ ހިސާބަށް ދެވުނުތަނާ އައިނައިތަނެއް ނޭނގި ފަހަތުން އައި މީހަކު ނައިނާގެ ހަށިގަނޑުގައި މީހަކު ހިފަހެއްޓިއެވެ. ނައިނާވަގުތުން ގަދަހަދާލުމާއިއެކު އެ މީހަކު ނައިނާއަށް ގުޑުނުލެވޭނެފަދައިން ނައިނާގެ ހަށިގަނޑު އެއަތުގެ ތެރޭގައި ހައްޔަރުކޮށްލިއެވެ. އެއާއިއެކު ނައިނާ އަނގަމަތީ ރުމާލެއް އަޅާލަމުން […]
ދުނިޔެ އަކީ ހާދަ އެހެން ކަހަލަ ތަނެކެވެ. އަހަރެން ގަބޫލު ކުރާ ގޮތުގައި މީ އެއް ވެސް އިންސްފެއް، ހަމަ ހަމަ ކަމެއް އޮތް ތަނެއް ނޫނެވެ. މި ތަނުގައި އެއްބަޔަކު އުފަލު ގައި އެ މީހުންގެ ދިރިއެޅުން ހޭދަ ކުރުމު ގައި އުޅޭ އިރު އަހަރެން އުޅެން މިޖެހެނީ އަހަރެން ގެ ދިރި އެޅުން ތޫފާނަކުން ހަލާކުވެ ފިސް ފިސް ވެގެންނެވެ. ވާނީ ވެސް އެހެން ނޫން ހެއްޔެވެ. އެގެން ނުޖެހޭ އެތަކެއް ކަމެއް ޅައުމުރުގައި […]
މިޝް އާއި އީން ކޮންމެވެސް އެއްޗެއް ކައްކަން އުޅެއުޅެފައި، ނުވައެއް ޖަހަން އުޅެނިކޮށް، އީން ގެއަށް ދާން ނިކުތެވެ. މިޝްކާ ކޮޓަރިއަށް ވަދެދޮރުޖެހުމާއި އެކު އަހަރެން ނިކުތީމެވެ. ފަޔަށާއި އަތަށްވެސް ތަދުވަމުން ދިޔަ ނަމަވެސް، ގޭގަ އޮންނަން ހިތް ނޭދޭތީއެވެ. “މަށާއެއްކޮށް ތާކަށް ދާން އާދެބަ” ގޭޓުން ނިކުންނަން ދިޔަ އީންގެ، މޫނުމަތި ވަގުތުން ބަދަލުވެގެން ދިޔައެވެ. ލައިބްރަރީގައި ވީ ގޮތް ހަނދާންވީ ކަންނޭންގެއެވެ. “ކޮންތާކަށް؟” “ހަމަ ތާކަށް” އީން ސުވާލު ކުރުމުންވެސް، އަހަރެން އެދެވޭ ޖަވާބެއް […]
ބޯކޮއް ވެހެމުންދާ ވިއްސާރައިގައި ވައިޖެހެމުންދަނީ ވަރައް ބާރައްށެވެ. ލަފާކުރެވޭ ގޮތުންނަމަ ހީވަނީ ތޫފާނެއް އައިސްގެން އުޅޭހެންނެވެ. ގަސް ގަހުން ވެރިފައި ހުންނަ ހިކިފަތް ތަކާއި، މަގުމައްޗައް ުކާފައި ހުންނަ ކުނި ބުނިތައް ދަނީ ވަޔާއި އުދުހެމުންނެވެ.މަގުމަތިން މީހެއްގެ ހިލަމެއްނުވާއިރު ދުއްވާއެއްޗެހީގެ ހިލަމެއް ވެސް ނުވާތީ ހީވަނީ މުޅިރައް އެކީ ފަޅުވެފައި ވާހެންނެވެ.ވެހެމުންދާ ވާރެޔާއި ޖެހެމުންދާ ވައިގެ އަރާމުކަން ހޯދުމައް ރަށުގެ ރައްޔިތުން އަވަސް ވެފައިވާ ރޭގަނޑެގެ މި ފިނި ވަގުތުގައި، މަގުގެ އެއްފަރާތުން މަޑުހިންގުމެއް ގައި ހިންގާލައިފައި […]
ބަޔަކު މައްޗަށް އައީ، އަހަރެން، ރީޝާ، ކޮއްޅަށް ނެގޭތޯ އުޅެނިކޮށެވެ. ބާރުއަޑާއި އެކު، އިހުސާސްވީ، ފަލަމަސްގަނޑަށް އެރި ވޭނެވެ. ދެން މުޅިތަން ކަޅުވިކަން ހަނދާންހުއްޓެވެ. އެއިރުވެސް، މުޅިތާ ހިފާލާފައި ވަނީ އެ ބޭހެއްގެ ވަހެވެ. ………… ފަނޑު ނޫއަލީގެ ތެރެއަށް ލޯ ހުޅުވާލެވުމުން، ފުރަތަމަ ހީވީ، ހޮސްޕިޓަލުގައި، އެނދުމަތި ކޮށްފައި އޮވެވުނު ހެނެވެ. ނަމަވެސް،މާ ގިނައިރެއް ނުވެ، ވަށައިގެން ހުރި ތަންތަން ފެނުނެވެ. ކުޑަގޮޅިއެއް ނޫނަކަސް، އެއީ ޖަލުގެ ސެލްއެއްކަން އެނގުނީ، ހުރި ދޮރުގެ ގޮތުންނާއި، ކައިރީގައި […]