Skip to content
އެސްފިޔަ

ނާއިންސާފް 2

“ޒިން، ދިސް އިޒް ކްރޭޒީ.” ސައިކަލުގެ ކުރީގައި އިން ރުކާން އަހަރެންނާއި ދިމާލަށް ބުނެލިއެވެ. އަހަރެން ބަދަލުގައި ލާނެއް ހިނިތުންވުމެއް ވެދުންކޮށްލީމެވެ. އިސްކަންދަރު ސްކޫލް ގޭޓާއި ދިމާއަށް ބަލަހައްޓައިގެން އަހަރެމެން އެތާ ތިބޭތާ އެއިރުވެސް ދޮޅު ގަޑިއިރު ވެދާނެއެވެ. އަހަރެން އެކި މީސްމީހުންނަށް ޓެކްސްޓު ކުރަމުން ދިޔައިރު، ގަޑިއަށް ފަރުވާ ނުބެހެއްޓިއެއްކަމަކު އެއްވެސް ކަމެއް ނެތިފައި ރުކާން އިނީ ފޫހިވެގެން މަރުވާވަރު ވެފައެވެ. ޖިހާން ގެނެވުނުނަމަ ހުއްޓާނުލައި ކުސްތެޅީސް ކަންނޭންގެއެވެ.

“ބްރޯ ކެތްލަވާބަލަ. ޔަނާ… ހާދަ ސަޅި ބިޓެކޭ” އަހަރެން މަޑުމަޑުން ރުކާންގެ ކޮނޑުގައި ޖަހާލީމެވެ. ކަލެއަށް ރަނގަޅުވާނޭ ބުނާފަދައަކުންނެވެ.

“ރީން ހާއެއް ނޫން… ކައެ ތީ ކާކުތަ ރީތި ހަޑި ބިޓުން ކިޔަން.” ބަދަލުގައި ރުކާންވެސް އަހަރެންނާއި ދިމާކޮށްލިއެވެ. އަހަރެން މީހަކާއިއެކު ލޯބީގެ ގުޅުމެއް ކުރިއަށް ގެންގޮސްފައި ނުވުމަކީ، އަހަރެންގެ އެކުވެރިން މަށާއި ދިމާކުރަން ގެންގުޅޭ މައިގަނޑު ހަތިޔާރެވެ. އެކުވެރިންނޭ ބުންޏަކަސް މިހިރަ ޝައިޠާނާ އާއި ޖިހާން އަދި ލުވެއިޒްއެވެ. އެހެން މީހުންގެ ނަޒަރުގައި އަހަރެން އުޅެނީ ކައިރާ އާއި ރަށްޓެހިވެގެންނެވެ.

ވިސްނާނުލާ އިންދާ ރުކާން ސައިކަލު ދުއްވާލުމުން އަހަރެން ނުވެއްޓުނީ ކިރިޔާއެވެ. އެއިރު އަހަރެމެން ފާރަލަމުން އައި ދެކުދިން ފުދޭވަރަކަށް ދުރަށް ގޮއްސިއެވެ. ޔަނާ އާއި ޔުއާންއެވެ. ޔޫހާގެ ދެ ކޮއްކޮއެވެ.

މަޑުމަޑުން އެ ކުދިން ފަހަތުން އަހަރެމެން ދިޔައީމެވެ. އެ ކުދިން އޮލަވާހަކައިގައި ތިބެ ރަސްރަންޏަށް ވަނެވެ. ރޭގަނޑުގެ އެ ވަގުތު ހިތްހަމަ ޖައްސާލަން ކަމަށް މަ ވިސްނީމެވެ. ހީވާ ގޮތުން އެކުދިން އެއައީ ކޮންމެވެސް އިތުރު ހަރަކާތަކަށް ގޮސްފައެވެ. މިހެން ބުނަން ޖެހުނީ ދެކުދިންވެސް ތިބީ އާދައިގެ ހެދުމުގައި ވަރަށް ނުރަސްމީކޮށް ކަމުންނެވެ.

“ޓްވިން ސިބްލިންސް އަށްވުރެ ދެ ބިޓުންނާ ވައްތަރީ” އަހަރެމެންވެސް އެތެރެއަށް ވަންނަން ހިނގައިގަންނަމުން، ރުކާން އޭނާގެ އާދަ ފެށިއެވެ. ކޮންމެވެސް ކަހަލަ ނުސިޔާނު ވާހަކައެއް ދެއްކުމެވެ. ކިތަންމަ ހަމަ ނުޖެހޭ ވާހަކައެއް ކިޔުނަސް ރުކާން އަށް ހެޔޮ ވާނެއެވެ.

އަހަރެން ޕިސްޕިސް އަޅުވާލުމަށް ފަހު ކަތި ނަޒަރަކުން އެކުދިންނަށް ބަލަމުން ހިނގައިގަތީމެވެ. ކަތި ނަޒަރެކޭ ބުނުމުން އެވާނީ ހަމަ ބޮޑު ދޮގަކަށެެވެ. މީހަކަށް ޝައްކު ވެދާނެއެކޭވެސް އަހަރެން ނުވިސްނަމެވެ. ފަރުވާތެރިވެ ބަލަން ހުރި މީހަކަށް ހީވާނީ އަހަރެމެން، ސަސްޕެކްޓްއަކަށް ފާރަލަނީއޭއެވެ. ނޫނީ ކޮންމެވެސް ކަހަލަ މާރާމާރީއއް ހިންގާލަން އުޅެނީއޭއެވެ. އެހެން ހީވިޔަސް ކީތްހެއްޔެވެ؟ މީ އެކާވީސް ވަނަ ޤަރުނެވެ. ބާރަ އަހަރަކަސް، ޔަނާގެ ސޫރައިގައި ފިރިހެން ކުދިން ފާރަލާ ވަރުގެ ސިފަ މަދެއްނޫނެވެ.

އެ ކުދިން ނިކުމެގެން ގޮސް ވަދުނީ ކައިރީގައި ހުރި ރެސްޓޯރެންޓަށެވެ. އަހަރެމެންވެސް އިރުކޮޅެއް ކޮށްލާފައި އެތެރެއަށް ވަދުނީމެވެ. އަހަރެން މިސްރާބު ޖެހީ އެކުދިން އިށީންދެ ތިބި މޭޒާއި ދިމާއަށެވެ. އަހަރެންގެ ހިތުގައި އޮތް އެއްޗެއް ނޭންގޭ ޙާލު ރުކާން ވެސް އަހަރެނެގެ ފަހަތުން އައެވެ.

“ޑޫ ޔޫ މައިންޑް؟” އަހަރެން ވަރަށް ވެލާފައި ހިނިތުންވެލަމުން ޔަނާ ކައިރީ އަހާލީމެވެ. އޭނަ ކައިރީ އިށީނުމަށެވެ. އަހަރެން މަސައްކަތް ކުރީ ޔަނާ އާއި ދިމާއަށް ބެލޭތޯއެވެ. ނަމަވެސް ރުކާން އާއި ޔުއާންގެ މޫނަށް އެރި ކުލަވަރު ނުބަލާ މަށަށް ނުހުރެވުނެވެ. ހައިރާންކަންމަތީ އެހެނަސް ބަނޑަށް ހޭން ރުކާން ހުރިއިރު ޔުއާން އަށް ވީގޮތް އަދި މާމަޖަލެވެ.

ލަދު ހަޔާތް ކޮބާ ހެއްޔޭ އަހާކަހަލަ ނަޒަރަކުން ޔުއާން މަށަށް ބަލާލިއެވެ. އަހަރެމެން ޢުމުރުގެ ފަރަޤު ކިތަންމެ ބޮޑަސް އަންހެން ކޮއްކޮ ހިމާޔަތް ކޮށްދޭން ހިތުލައިގެން ހުރީ ކަންނޭންގެއެވެެ. އެކަހަލަ ނަޒަރަކުން މަށަށް ވާނީ ކީތް ހެއްޔެވެ؟

“އޮފް ކޯ” “ނޯ. ނޮޓް އެޓް އޯލް.” ޔުއާން ބުނެބުނެ ހުއްޓާ ޔަނާ އަހަރެންގެ އެދުމަށް އާބަސް ބުންޏެވެ. އެއީ ހުރިހާ ދެބެންގެވެސް ގޮތް ކަންނޭންގެއެވެ. އެކަކު އާނއެކޭ ބުނަންޏާ އަނެކަކު ކޮންމެހެންވެސް ނޫނެކޭ ބުނާނެއެވެ.

“ކިހިނެއްވީ؟ މަ އެންމެންނަށް ޕޭ ކުރާނަމޭ” ޔަނާ އާއި ޖެހިގެން އިށީންނަމުން އަހަރެން ކާމިޔާބީގެ ހިނިތުންމުވަކާއިއެކު ޔުއާންއަށް ބުނެލީމެވެ. އަހަރެންގެ މިޒާޖުން ބޮލަށް އުނދަގޫވެފައި އިން ރުކާން އެހިސާބުން ސުރުހީ އަޅާލިއެވެ. ރަނގަޅަށް ގޭމެއް ކުޅެލެވޭ ވަރެއްވެސް ނުވިއެވެ.

“އަސްލު ސުވާލެއް ކޮށްލަންވެގެން. މިހިރަ އިންސާނެއްގަ ސިފައިގަ ހުރި ފުރޭތަޔަކީ އަންހެން ކުދިންނަށް ކްރަޝްވާ މީހެއްނޫން. ޕްލަސް މިއޮށް ފަދަ ރޯދަ މަހު އެކަހަލަ ކަންކަމުގަ، މާޒިން ކަހަލަ ސާލިޙް މީހުނެއް ނާންނާނެ.” އެވަރުންވެސް ރުކާންއަށް މަށާ ބެހުނުލާ ނުވިއެވެ. ކޮންމެއަކަސް އޭނަ އެހެދީ މުޅިން ދޮގެއްވެސް ނޫނެވެ. މަ އަންހެން ކުދިން ކަންކަމަކާ ނުބެހެމެވެ. އަހަރެންނަށް ހިތް ކީ ކުދިން ދެން ހިތާމަ ކުރާށެވެ.

“ޔޫހާ..” އަހަރެން ބުނެލީ ކިތަންމެ މަޑުން ނަމަވެސް ކުލަވަރު ބަދަލުވާން ސިކުންތެއްވެސް ނުނެގިއެވެ. ދޮންތަ ދެކެ ލޯބިވާ ކޮއްކޮތަކެއް ތާއެވެ.

………

ގެއަށް އައި އިރު އަހަރެންގެ މޫޑު ހުރީ މުޅިން އިދިކޮޅަށް ޖެހިފައެވެ. ނުސީދާކޮށް އަހަރެމެން ކުރި އިންޓަވިއު އާއި މެދު ވިސްނަން ޖެހުނީ އަހަރެން ހީކުރި ވަރަށްވުރެ ބޮޑަށެވެ. ބޮޑުގެ ކުރިއަށް މާ އިތުރުކޮށްލިއަސް މައްސަލައަކަށް ނުވާނެއެވެ. އެހެންކަމުން އަހަރެން އެރޭވެސް ދިޔައީ ބީޗް ސަރަހައްދަށެވެ.

އެލީޒާ އަކީ ލުވެއިޒްގެ ކޮއްކޮއެވެ. އަހަރެންނާއި އެއް ޢުމުރެކެވެ. މީހުން ހިތްކިޔާނެ ހުރިހާ ސިފައެއް ލިބިފައިވާ ރީތިކަމުގެ ނަމޫނާއެކެވެ. އެންމެ ސިފައެއް ނޫނީއެވެ. ޤަދަރުވެރި ޢާއިލާއެއްގެ ހަމައެކަނި އަންހެން ދަރި ނަމަވެސް، ލީޒްގެ އެއްވެސް އަޚުލާޤެއް ނުހުރެއެވެ.

އެލީޒާ އަކީ އަހަރެންގެ އެންމެ ގާތް އެކުވެރިޔާގެ ކޮއްކޮއަށް ވުރެ ބޮޑަށް އަހަރެންގެ، އެކުވެރިޔެއް ވެސްމެއެވެ. ނަމަވެސް މާޒީގައެވެ.

ލޯތްބަކީ އެކުވެރިކަމުގެ ހަލާކޭ މީހުން ބުނެއެއްނޫންހެއްޔެވެ؟ އެލީޒާ އަހަރެންދެކެ ލޯބިވާކަން އަނގަބަހުން ބުނީ، އެކަން އަހަރެންނަށް އެނގޭތާ އެތައް ދުވަހެއް ފަހުންނެވެ. އަހަރެން އެކަންޏެއް ނޫނެވެ. އެއިރު އަހަރެމެންގެ އެކުވެރިންގެ  ލިސްޓުގައި ހިމެނޭ އެންމެންވެސް އެކަން ދަނެއެވެ.

އެއިރު ލޯތްބަކީ ކޯޗެއްކަންވެސް މަ ޙަޤިގަތުގައި ނުދަންނަމެވެ. ނަމަވެސް ލުވެއިޒްމެން އެވަރަށް އަޅުވާކިޔާތީ އަހަރެން، އަހަރެންގެ ހިތުގައިވި އިހްސާސްތަކަށް ލޮއިތްބޭ ކީއެވެ. އެއިރު އަހަރެންނަށް އެންމެ ތޭރަ އަހަރެވެ. ޢުމުރުގެ ހަގުކަމާއި މެދު އެއިރު އަހަރެން ނުވިސްނަމެވެ. އަހަރެން، އެލީޒާއަށް ލޯބި ހުށައަޅަން އުޅުނީމެވެ. ނަމަވެސް… ނަމަވެސް އެރޭ ކަންތައް ވެގެން ދިޔައީ އަހަރެން އުންމީދު ކުރި ގޮތަކަށް ނޫނެވެ. ދެކުނު ފޮނި ހުވަފެނާއި ކައިރިއަށްވެސް ޙަޤީގަތް ނުދިޔައިރު، އަހަރެމެންގެ މެދުގައި އޮތް އެކުވެރިކަންވެސް އެއްކޮށް ނެތިގެން ދިޔައީއެވެ.

“ޝީ ވޯސް ދި މޮސްޓް ޓެރިބްލް ތިން” އިތުރަށް ވިސްނަން ބޭނުން ނުވާތީ އަހަރެން ރާޅުތަކާއި މުޚާތަބުކޮށް، އެހެނަސް ފޫޅަށް އަޑުއިވޭ ވަރަށް ބުނެލީމެވެ.

ފޫހިކަމާއިއެކު އަހަރެން ބޯވިލާތަކުން ބަނަ ކޮށްލާފައި އޮތް އުޑުމަތި ބަލައިލީމެވެ. ތަރިއެއް ނަމަވެސް ފެނޭތޯއެވެ. އެހެނަސް އަހަރެންގެ ލޮލުގައި އަޅައިގަތީ ހަނދެވެ. އެންމެނަށް ފެންނަ ކަހަލަ ހަނދެއް ނޫނެވެ.

އެ ކަޅު ރޭގަނޑު، ހޫރު ޕަރީއެއް ފަދަ އެ އަންހެން ކުއްޖާ އެކަނި މައި އެކަނި، އިންއިރު، މަޑުމަޑުން އޭނާގެ ގިސްލުމުގެ އަޑު އިވެމުން ދިޔައެވެ. އަހަރެންގެ ހިތް އެވަގުތު އެދެމުން ދިޔައީ، އޭނާ ކައިރިއަށް ގޮސް ވީ ގޮތް އަހާލުމަށެވެ. ނަމަވެސް، އޭނަ އެ ރޮނީ ބްރޭކް އަޕް ވެގެން ނޫންކަމެއްވެސް އެނގެނީ ކާކަށް ހެއްޔެވެ؟ ބޭރުން ފެންނަ ގޮތާއި އެތެރެ، މިޒަމާނު ގިނަ އަންހެން ކުދިން، މުޅިން އިދިކޮޅެވެ.

އެ މާހައުލު، އަހަރެން ބޭނުންވި އެކަނިވެރިކަން ފޯރުކޮށް ނުދޭކަން އެނގި އަހަރެން ހިލަތައް މަތިން ތެދުވަން އުޅުނީމެވެ. ހަމަ އެވަގުތެވެ. ހިމޭންކަން ފޫ އަޅުވާލީ ބާރަށް އިވެންފެށި ފޯނު ކޯލުގެ އަޑެވެ. ލިބުނު ސިހުމާއި އެކު އަހަރެންނަށް ވަގުތުން ފޯނަށް ބަލައިލެވުނެވެ. ހޫރާނުލެވުނު ކަން ނަސީބެވެ. ފުން ނޭވާއެއް ބޭރު ކޮށްލެވުނު އިރު ކުޑަކޮށް ހެވެން ވެސް ހެވުނުމެއެވެ.

އައިފޯން ރިންގްޓޯނަށް ހަލާކުހުއްޓެވެ. މަ ހީކުރީ އެވަތުގެ ހަމަހިމޭންކަން ނަގާލީ އަހަރެންނަށް ގުޅި މީހެއް ކަމަށެވެ. އަހަރެންގެ ފޯނު އަޑު އިވުމުން ވާނީވެސް އެހެން ނޫންހެއްޔެވެ. އެގޮތަށް ހިތަށްއަރުވަން، މިވަގުތު ގުޅާނެ މީހަކު، އަހަރެންގެ ހުރީކީ ނޫނެވެ.

މަށަށް ވީގޮތް ހިތަށް އަރުވާލެވުމުން އަހަރެންނަށް އަނެއްކާވެސް ހެވުނެވެ. ދެން އަހަރެން މިސްރާބު ޖެހީ ގެއަށް ދާށެވެ. ނަމަވެސް ނެގި ފިޔަވަޅު ހުއްޓަން ޖެހުނީ ހިމޭންކަން ފޫ އަޅުވާލި، އެ އަންހެން ކުއްޖާގެ އަޑެވެ. ފޯނުން ވާހަކަ ދެއްކި މީހަކާއި ދެއްކި ވާހަކައެވެ. ޖާދޫގައި ޖެހޭވަރަށް އެއަޑު ރީއްޗެވެ. ނަމަވެސް މަށަށް ހުއްޓެން ޖެހުނީ ދެއްކި ވާހަކައިންނެވެ.

“ލުވެއިޒް… މަށަށް ނުގުޅަބަލަ. ލުވެއިޒް ވޮރީ ވާން މަ މީ ޝާނާއެއް ނޫނެއްނު.. މަ ބޭނުން ގޮތަކަށް މަ އުޅޭނީ..” ނުރުހިފައިވާ އަޑަކުން ވާހަކަ ދެއްކުމަށް ފަހު އޭނަ ފޯނު ކަނޑާލިއެވެ. އަދި ހަމަ އެހާމެ އަވަހަށް މަގާއި ދިމާއަށް ހިނގައިގަތެވެ. އޭނަ ގޮސް ގެއްލުނު އިރުވެސް، އަހަރެންނަށް ހުއްޓުން އަރާފައި ހުރެވުނީއެވެ.

ލުވެއިޒްގެ އަނދިރި ފަރާތެއް އޮވެފާނެއެކޭ އަހަރެން ދުވަހަކުވެސް ހިތަކަށް ނާރައެވެ ނަމަވެސް މިވީ ކިހިނެއް ހެއްޔެވެ. މިވީ ގޮތުން ލުވެއިޒް ބްލެކްމެއިލް ކޮށްލާނެ ހަތިޔާރެއް މަށަށް ލިބުނީއެވެ. އެކަމަކު ލުވެއިޒް ލުވެއިޒްގެ ޝާ އަށް ބޭވަފާތެރި ވެދާނެ ހެއްޔެވެ؟ އެއޮތީ ވެފަތާއެވެ.

ގެއަށް ދިޔުމުގެ ބަދަލުގައި އަހަރެން ދިޔައީ އަހަރެންގެ ގެސްޓް ހައުސްގައި ހުރި އަހަރެންގެ ކޮޓަރިއަށެވެ. ބައްޕަ ދުނިޔޭގައި ހުރި ދުވަހު، ފުޅާ ދާއިރާއެއްގައި ގެސްޓް ހައުސްގެ ވިޔަފާރި ކުރި އިރު، އޭގެން ބޮޑު ބައެއް ވަނީ މާ ކުރިންވެސް އަހަރެންނަށް މިލްކު ކޮށްދީފައެވެ. ބައްޕަ ނިޔާވުމަށް ފަހު ހުރިހާ ކަމެއް ބަލަހައްޓަނީ މަންމަ ނަމަވެސް، ކިޔަވާ ނިމުނުހާ އަވަހަކަށް މުޅި ވިޔަފާރި މަށަށް ލިބޭނެއެވެ.

……..

ކަންފަތް ދޮށުގައި އަޑުގަދަ ވާންފެށުމުން އަހަރެން ސޯފާއާއި ދިމާއަށް ފޯނު ހޫރާލީމެވެ. އެކުވެރިން ބުނަނީ ތެދެކެވެ. އަހަރެން ރުޅި އަންނަ ވަގުތު ތަކުގައި އަހަރެންގެ ތަކެއްޗަށް ގެއްލުން ދެނީ މާގިނައިންނެވެ. ސޯފާއަށް ނުވެއްޓުންނަމަ އެ އެޕްލް އެކްސް އެސް މެކްސް ތެޅުނީސް ކަން ޔަގީނެވެ. މަޖާ ކަމަކީ އަޑު އައީ ފޯނަކުން ވެސް ނޫނެވެ.

ޓަކި ޖަހަމުން ދިޔަ މީހަކު ހުއްޓާނުލާ ދޮރުގައ ޓަކިޖަހަމުން ދިޔައެވެ. އައި ރުޅީގައި ބާލީސް ދޮރާ ދިމާއަށް އެއްލީމެވެ. މޮޔަ ކަމުންނެވެ. އެ އެއްލުމުން، އިތުރަށް ކަންފަތް ބަންދުވެސް ނުކުރެވުނީއެވެ. ދެވަނަ ސިކުންތުގައި ބަރުހެލި ކަމާއެކު ހިނގާފައި ގޮސް ޓީޝާޓު ބޮލަށް މަހާލަމުން ދޮރު ހުޅުވާލީމެވެ. ހުންނާނީ ކާކު ކަން ނޭންގޭތީއެވެ.

ރުޅި މޫނު ހަދާފައި ހުރި މިޝްކާ ފެނުމުން އަހަރެންނަށް ފެށުނީ ހޭށެވެ. މިޝްކާ ރުޅި އައީމާ ޖަހަނީ ޖަންބެއް ވައްތަރެވެ.

“މަމް..” ފަހަތުގައި ހުރި މަންމައަށް ގޮވާލަމުން އަހަރެން އާފުރިލީމެވެ. އަދި އެތެރެއަށް ވަނުމަށް ތަން ދެއްކީމެވެ. ވަދެވުނު ކަމެއް ނޭންގި މަންމަ ލެކްޗަރު ފެށިއެވެ. އަންނާނަމޭ ކިޔާފައި ނައި ވާހަކައެވެ. ވަރަށް ބޮޑު ތެދެއް ބުނަން ހެއްޔެވެ؟ އެވަގުތަށް ވުރެ ބޮޑަށް މަ ހެޑްސެޓާއި ރޮކް ލަވަތައް މަތިން ހަނދާންވި ވަގުތެއް އަދި ޙަޔާތުގައި ނާދޭ ކަންނޭންގެއެވެ.

ކޮންމެވެސް އިރަކުން ގެއަށް އަންނަން ބުނެފައި އެ މީހުން ދިޔައިރު ހެނދުނު އަށެއް ޖަހާ ބޮޑުވެއްޖެއެވެ. ބުނެފައެއް ނޫނެވެ. މަޖުބޫރު ކޮށްފައެވެ.

ވަރުބަލި ކަމެއް ހުއްޓަސް އިތުރަށް ނިދަން ބޭނުން ނުވާތީ، އަހަރެން ފެންވަރައިލައިގެން ނުކުތީމެވެ. އަބަދެކޭވެސް އެއްގޮތަށް ޕްލެއިން ކަޅު ޓީޝާޓެއް ލައިގެން އަހަރެން ބޭރަށް ނިކުތް އިރު އިންތިޒާރުގައި އެހެނަސް ބޮޑު ވާހަކައިގައި ރުކާންއާއި ޖިހާން ތިއްބެވެ. އަހަރެން ރުކާންގެ ފަހަތުގައި އިށީނުމާއި އެކު ސައިކަލު ދުއްވާލިއެވެ. އެއިރު ނޭންގޭ ބާރު މިނެއްގައި އަހަރެންގެ ހިތް ތެޅެމުން ދިޔައެވެ. ސަބަބު އެނގޭނީ ހަމަ އެ ހިތަށެވެ. ބަސްނާހަން ދަސްކުރިތާކުން މާ ބާރަށް ތެޅެންވެސް ހިތް ދަސްކުރީއެވެ.

ކިތަންމެ ބޭނުން ނުވިޔަސް އަހަރެން ބެލްއަށް ފިއްތާލީމެވެ. ރުކާން އަހަރެންނަށް ވަމުން ދިޔަ ގޮތް ބަލަން ހުއްޓެވެ. އެހެން ނުވާންވީ ސަބަބެއްވެސް ނެތެވެ. މިހާރު އެއީ އަހަރެންގެ ޙަޔާތުގެ އެއްބައި ނަމަވެސް އެމީހުންނަކަށް އަހަރެންގެ މާޒީއެއް ނޭންގޭނެއެވެ. ކިޔައިދޭން ބޭނުން ނުވާތީ ނުކިޔައިދިނީއެވެ. ކިޔައިދިނަސް އިތުރަށް ބަދަލު ވާނެ ކަމެއް ނުއޮންނާނެއެވެ. ޑިއުޓީ އޮތުމުން މަޑު ނުކޮށް ޖިހާން ދިޔައީއެވެ.

ދޮރު ހުޅުވީ ލުވެއިޒްއެވެ. އަބަދެކޭވެސް އެއްގޮތަށެވެ. މަ ކަހަލަ ނިދަންމިޔަރެއް އެހާ ހެނދުނު ފެނުމުން އޭނާ ރަނގަޅަށްވެސް ހައިރާން ވިއެވެ. އެއަށްވުރެ ބޮޑަށް ހައިރާން ވީ، ފަހަތުގައި ހުރި ރިކް ފެނިފައެވެ. ރުކާން އާއި ލުވެއިޒް އާއި ދެމެދު އެކުވެރިކަންވެސް ނުއޮންނަ އިރު އަހަރެން ރިކް ގޮވައިގެން އައުމުން ހައިރާން ވީއެވެ. ނަމަވެސް ސުވާލެއް ނުކޮށް އެތެރެއަށް ވަނުމަށް ތަން ދެއްކިއެވެ.

“ޒިން، މިއޮތް ފަތިހު ކީތްކޮށްލަން ތި ވަޑައިގަތީ؟” ލުވެއިޒް އަހާލިއެވެ.

“ހަމަ ލޯބިވާ ދެކިލަން” ލުވެއިޒްގެ ދެ އަތުގައި ހިފަމުން އަހަރެން ރަނޑު ގޮތަކަށް  ބުނެލީމެވެ.

“އަސްލު އެމަންޖެ ކައިރިއަށް.” ސިޑިން ފައިބައިގެން އައި އަންހެން ކުއްޖާއަށް އިޝާރާތް ކޮތް ރުކާން ބުނެލިއެވެ. އަހަރެން ހީކުރި ކުލަވަރެއް ލުވެއިޒްގެ މޫނަކުން ނުފެނުނެވެ. “ޑޫ ޔޫ އީވެން ނޯ ހަރ؟” ލުވެއިޒް ބުނެލި އެއްޗަކުން އަހަރެން އެކުއްޖާއަށް ބަލާލީމެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (13)

  1. Monsta

    Salaam readers…. sorry lasvyma.. next episode vyhaaves avahakah up kohdheveytho balaanan. let me know the mistakes <3 <3

  2. Hiii

    Reethi ingey me first dhw

    1. Monsta
      Hiii

      Yep. Thanks

  3. Zaa

    Wow it’s nice….and so interesting….keep up the good work monsta…..curiously waiting for the next part…… Lots of love…..

  4. Monsta

    Thanks zaa.??

  5. jiji

    Vv salhi Ingey mi part…Ekm kiyamun dhiya iru faahaga v vadhuny liyefa in than…Assu vany kiyaany..Ekm brw ge ideas hama superb ingey..Good luck???♥♥♥

    1. Monsta
      jiji

      Thanks. kuriakun neynge ehn kameii kiyanyy….. Realy thanks

  6. Drax

    This part is awesome tooo keeep it up sis

    1. Monsta
      Drax

      Thankss Drax bro…. 😛 😉 <3 😀

  7. Anjel?

    Salhi salhi.?? Masha allah…..mi story up vanii kon dhuvas thakeh ga kan bunela dhevidhaane tha monsta….hehe….kuriah oii part thakuga vaane gothakaa medhu v curios..superb work ingey monsta may Allah bless ur work?? ingijje dhw kaaku kan…dhemme ephisode kian balailithanaa next ephisode up vefa in than feninje so ehaa dhigu comment eh nukureveyne mi faharaku kiki ….? ingijje dhw kaaku kan?

    1. Monsta
      Anjel?

      yepp anjel… Thanksss.. vaki dhuvasthakaku noon mi up kuranii… one episode up vaairahh ubmit kurany 😀 😉 <3

  8. Monsta

    yepp anjel… Thanksss.. vaki dhuvasthakaku noon mi up kuranii… one episode up vaairahh submit kurany 😀 😉 <3

  9. Anonymous

    Wow….

Comments are closed.