Skip to content
އެސްފިޔަ

ނާއިންސާފް 4

“ޒިން!!!” އަހަރެންގެ އަތުގައި ހިފައި ނަގަމުން ރުކާން ހަޅޭއް ލަވައިގަތެވެ. އައިރުޅިން އަހަރެން ބާލީސް ހޫރާލީމެވެ. ރުކާން ބާލީސް ނަގައި އަހަރެންގެ ގައިގައި ބޮނޑިއެއް އަޅާލިއެވެ. ވެފައި ހުރި ވަރުބަލި ކަމާއެކުވެސް އަހަރެން ތެދުވީއެވެ. މަޖުބޫރު ވެގެންނެވެ.

“ބޮޑުކަމެއް ބޯމަތީ އޮތް އިރުވެސް ޒިން އޮންނާނީ ނިދަން.” ނުރުހިފައި ޖިހާން ބުނެލިއެވެ. އަހަރެން ހަށިގަނޑު ދަމާލަމުން އެ ދެ މީހުންނަށް ބަލައިލީމެވެ. ކޮންމެވެސް ބޮޑުކަމެއް ވެއްޖެކަން ވަގުތުން އަހަރެންނަށް ނަގައިގަނެވުނެވެ.

“ޕޮލިސް ޔޫހާ ހޯދައިފި.” ޖިހާން ފަހުރުވެރި ކަމާއިއެކު އެހަނަސް މޮޅިފައިވާ އަޑަކުން ބުންޏެވެ. މަ ހީކުރީ ޕޮލިހަށް ކަމެއް ވީމަ ޖިހާން ޕަރޓީ ބާއްވާލާނެ ކަމަށެވެެ. އެ މޮޅިވެރިކަމުގެ ސަބަބު އިނގެން ބޭނުން ވާތީ މަ އެމީހުންނާއި ދިމާއަށް ބަލަހައްޓައިގެން ހުރީމެވެ.

“އެން ޝީ އިސް ޑެޑް..” ރުކާން އިތުރު ކޮށްލިއެވެ. އެވަގުތު ކޮޓަރިޔަށް ވަދެގެން އައި ޒަރީރް  ސަރ ފެނުމުން އަހަރެންނަށް މައްސަލައިގެ ބޮޑުކަން އިހުސާސް ވިއެވެ. ޒަރީރް ސަރ މިގޮތަށް އަންނާނީ ކަމެއް ބޮޑުވާނެ އެންމެ ބޮޑަކަށް ބޮޑުވީމައެވެ.

“މާޒިން އަށް އޭނަ މަރުވުމުގެ ކުރިން ހޯދުނީސް. މާ ފަރުވާ ކުޑަކުރަނީ މިހާރު.” ވަރަށް ނުރުހިފައި ބޮޑު ލެކްޗަރެއް ދިނުމަށްފަހު ސަރ ދިޔައެވެ. އޭނާގެ ފަހަތުން، ޖިހާން އާއި ރުކާން ވެސް ދިޔައީއެވެ.

އަހަރެން އިސްޖަހާލައިގެން އިނީމެވެ. ކަމެއް ވެއްޖެނަމަ އަބަދުވެސް ވަނީ މިހެންނެވެ. ހުރިހާ ބްލޭމްއެއް އަހަރެންގެ ބޮލަށެވެ. އަހަރެން ގަސްދުގައި ޔޫހާ މެރިޔަ ދިނީކީ ނޫނެވެ. އަހަރެންނަށްވެސް ވާނީ އަހަރެންނަށް ވީ ވަރަކުންނެވެ. ހުރިހާ ރިސޯސަސް އަކާއިއެކު ޕޮލިހުންނަށް ނުވާ ކަމެއް ވަކި މަށަށް ވާނެކަމަށް އެމީހުން ހީކުރަނީ ކީއްވެ ހެއްޔެވެ. ޕޮލިހުންނަށް ނުވާ ކަންކަމުގެ ބްލޭމް ނަގަންޖެހޭނީ ޖިހާން އާއި ޒަރީރް ނޫންހެއްޔެވެ؟ އަހަރެން މީ އެމީހުނާ ގުޅުމެއް އޮތްވެސް މީހެއް ނޫނެވެ.

ވެފައިހުރި މާޔޫސް ކަމާއިއެކު އަހަރެން ދިޔައީ ކުތުބުޚާނާ އަށެވެ. ހަމަހިމޭން ޕަބްލިކް ތަނަކަށް ދެވުމުން ބޮލަށް ތަންކޮޅެއް ފަސޭހަވާނެކަމަށް ވިސްނާފައެވެ.

އެތަނުން އީން ފެނުމުން އަހަރެން ހައިރާންވިޔެވެ. ނަމަވެސް ހިތްހަމަ ޖެހިހުރެ ގޮސް އޭނަ ކައިރީ އިށީނީމެވެ. ފޮތްތެރެއަށް ގެއްލިފައި އިންވަރުން، އަހަރެން އައިކަންވެސް އީން އަކަށް ނޭންގުނެވެ. އެކަހަލަ ނާރޑްކުދިން އަދިވެސް އުޅެނީތާއެވެ.

“އެއްސަހަރެއްގާ އުޅުނީއޯ މީދަލަކާ ބުޅަލަކާ. އެއީ ބެސްޓީސް އޯ. ދެން މީޓް ނުވާތާ ވަރަށް ޒަމާން ވެގެން ބުޅާ ކައިރިއަށް މީދާ ދިޔައީއޯ. ބަޓް އަންފޯޗުނޭޓްލީ، ބުޅާ އޮތީ ވަރާށް ބަނޑުހައިވެފަ. ސޯ، ބުޅާ މީދާ ކާލީ. ދި އިންޑް”

އީން އަހަރެންނާއި ދިމާއަށް ބަލައިލީ އަހަރެން ވާހަކަ ދައްކަން ފެށުމުންނެވެ. މަ ވާހަކަދެއްކީވެސް އީންގެ އެޓެންޝަން ހޯދާށެވެ. މަކަހަލަ މޮޅުމީހަކު މޮޔަ ވާހަކަ މޮޔަވާހަކަ ދައްކަންޏާ ބަލާނެތާއެވެ. ނޫނެެކެވެ. ކުޑައިރު ސްކޫލްގައި އާންޓީ ކިޔައިދެނީ ހަމަ އެކަހަލަ ވާހަކައެވެ.

“މާޒިން؟”

“ނޫނޭ ފުރޭތައެއް.” އަހަރެން ބައްތިރީސް ދަތް ދައްކާ ހީލީމެވެ. އީން ވެސް އަހަރެންނަށް ލުއި ހިނިތުންވުމެއް ދިނެވެ. “މާޒިން މިތާ ކީތްކުރަނީ؟”

“މީ ކަމަނާގެ ޕްރައިވެޓް ތަނެއްތަ؟” އަހަރެން ބަހުޘަކަށް ތައްޔާރުވެލަމުން ބުނެލީމެވެ. އަބަދެކޭވެސް އެއްގޮތަށެވެ. ނަމަވެސް އީން އިޚްތިޔާރު ކުރީ މަޑުމައިތިރި ކަމެވެ. މިއީ ކަޑަ މީހެއްތާއެވެ.

“އަސްލު މަ ވަރަށް ގިނައިން މި ތަނަށް އަންނަން…… ސްޓްރެސް ވީމަ” އިތުރަށް ބުނާނެ އެއްޗެއް ނެތުމުން އަހަރެން ތެދަށް ޖަވާބު ދިނީމެވެ. އީން ކިހިނެއް ވީތޯ އަހާނެކަން އެނގިހުރެއެވެ. ވީވެސް އެހެންނެވެ.

“މަ ވަރަށް މޮޅުވާން ވެގެން ކިޑްނެޕް ކޭސްއެއް ސޯލްވް ކުރަން އުޅުނީ.. ބަޓް ޕޮލިސް ފައުންޑް ދެޓް ދަ ކިޑްނެޕަރ ބާރންޓް ހަރ.” އަހަރެން މަތި މަތިން ކިޔާލީމެވެ. އީންގެ ވިސްނުން ހުރި ގޮތެއް ބަލައިލުމަށެވެ. “އީން އަށް ހީވޭތަ ކިޑްނެޕަރ، ބޮޑު ޚަރަދު ކޮށްގެން، އެހެން ޤައުމަކަށް ވިކްޓިމް ގެންގޮއްސަ، އެހިސާބަށް ޕޮލިސް ނުވެސް ފޯރަނީސް، އެއްވެސް ސަބަބެއް ނެތި މަރާލަ ފާނެހެން؟” ޖިހާން މެންނާ ކުރަން ހުރި ސުވާލު އަހަރެން އީން އާއި ކޮށްލީމެވެ. އަންހެން ކުދިން މާ ވިސްނުންތެރި ވާނޭ ބުނެއުޅޭތީއެވެ. ކެމިސްޓްރީ ގަޑި ނޫނަސް ކަންކަން ޓެސްޓް ކޮށްލަން ޖެހޭނެ ނޫންހެއްޔެވެ.

“ނޫން.. ހިއެއް ނުވޭ” ކުޑަކޮށް ވިސްނާލުމަށް ފަހު އީން ބުނެލިއެވެ. އެވަގުތު އަހަރެންގެ ފޯނަށް ނުދަންނަ ނަމްބަރަކުން މެސެޖެއް އައެވެ. ކޮންވަސޭޝަން ހުޅުވާލަމުން އަހަރެން އޯކޭއޭ ކިޔާފައި އެތަނުން ނިކުތީމެވެ.

“ތީ މާޒްތަ؟ މާޒް ވިއްޔާ ގުޅާބަ ކޮންމެސް އިރަކުން..” އެ މެސެޖު ކިޔާލުމަށް ފަހު އަހަރެން އެއީ ކާކުތޯ ވިސްނާލީމެވެ. އެއަށް ފަހު ޖީބުން އަހަރެންގެ އަނެއް ފޯނު ނަގައި އެ ނަމްބަރަށް ޑައިލް ކޮށްލީމެވެ.

“ހަލޯ” އަންހެން އަޑެކެވެ. ޔަޤީންނުވި ނަމަވެސް އަހަރެންގެ ޝައްކު ތެދުކަމަށް އެކަން ބާރުދިނެވެ.
“އިބާނާ؟” އަހަރެން އަހާލީމެވެ. ވަރަށް މަޑުމަޑުންނެވެ.

“މާޒް.. ޔެސް” އިބާނާ އޭނާގެ ތޫލި އަޑުން ހަޅޭއްލަވައިގަތެވެ. އަހަރެންނަށްވެސް ހެވުނެވެ. އިތުރަށް ވާހަކަ ދައްކަން އަނގަ ހުޅުވާލި ތަނާ ފަހުން އެބަ ގުޅަމޭ ކިޔާފާ އެކޮޅުން ފޯނު ކަނޑާލިއެވެ. އަހަރެންވެސް ބޯ ހޫރުވާލުމަށް ފަހު ގެއަށް ދާން ނައްޓާލީމެވެ.

ދުވަސް ފާއިތު ވި އިރު ޖިހާން އާއި ރުކާންގެ ޚަބަރެއްވެސް ނުވިއެވެ. އަދިވެސް އަހަރެން ދެކެ ރުޅި އައިސްފަ ކަންނޭންގެއެވެ. އަހަރެން އެކްސިޑެންޓްވީ ގަސްދުގައި ނޫންކަން އެމީހުންނަށްވެސް އެނގޭނެއެވެ. ނަމަވެސް އެމީހުން ބުނަނީ އަހަރެން ގަސްދުގައި ލަސްކުރީ ކަމުގައެވެ. ބައެއް މީހުންނަށް ހަމަ ޖެހޭ ވާހަކައެއްވެސް ދެއްކޭ ކަމަކަށް ނުވެއެވެ.

ވައިފައި ޖައްސާލުމާއި އެކު ފުނިފުންޏަށް މެސެޖުތައް އަންނަން ފެށިއެވެ. އަހަރެންގެ ލޮލުގާ ފުރަތަމަވެސް އަޅައިގަތީ އިންސްޓަގްރާމުން އިބާނާ ކޮށްފާހުރި މެސެޖުތަކެވެ. އިބާނާ ރާއްޖޭގަ ހެއްޔެވެ؟ ހަމަ ގައިމުވެސް މެސެޖު ކުރީ ދިވެހި ނަންބަރަކުންނެވެ.

އިބާނާއަކީ އަހަރުތަކެއް ކުރިން ސިޑްނީއިން މަށާއި ދިމާވި ކުއްޖެކެވެ. އެކުވެރިކަން ފެށުނީ އެއްދުވަހަކު ސްކީ ކުރަން ގޮސް އުޅެނިކޮށް، ދެމީހުން ޖެހިގެންނެވެ. އެއީ ދެން އަބަދުވެސް، އޮސްޓްރޭލިއާގަ، ގުޅުންތައް ފެށޭ ގޮތެއް ނޫންހެއްޔެވެ. އިބާއަކީ ދިވެހި ކުއްޖަކަށް ވުމުން، އަހަރެމެންގެ އެކުވެރިކަން އިތުރަށް ފުޅާވީއެވެ.

އަހަރެން އޮންލައިން ވި ތަނާހެން އަނެއްކާވެސް އިބާ މެސެޖު ކުރިއެވެ. އީދު ޗުއްޓީއަށް ރާއްޖެއަށް އައިސް އުޅޭ ވާހަކަ އޭނަ ބުންޏެވެ. ޒަމާން ތަކަކަށް ފަހު ގާތް އެކުވެރި އަކާއި ވާހަކަ ދައްކާލެވުމުން، ޖިހާންމެންގެ ސަބަބުން ލިބުނު ފަޅުކަން މުޅިން ފިލާ ދިޔައެވެ. ވަރަށް ދަންވިފަހުން އިބާނާ ނިދަން ދިޔުމުން އަހަރެން ނިކުތީ ނިދުމުގެ ކުރިން ބުރެއް ޖަހާލާށެވެ.

އަހަރެން ސައިކަލު މަޑުކޮށްލީ ހިނގާފައި ދިޔަ އަންހެން ކުއްޖާ ފެނިފައެވެ. އެއީ އަލީނާ ނޫން އެހެން މީހެއް ނޫނެވެ. އަހަރެން މަޑުމަޑުން އީން އަށް ފާރަލާން ފެށީމެވެ. އަހަރެންގެ މޮޔަކަމުންނެވެ. ކޮންމެ މަގަކުން ދިޔަސް، އީން ދާނީ، ބީޗައްކަން މަށަށް ވިސްނެން ޖެހޭނެއެވެ. އަހަރެން ހަމަ ގަމާރީއެވެ.

“މިޑްނައިޓް ޕްރިންސެސް..” އަހަރެން، ކުރިން ރެޔެކޭ އެއްގޮތަށް އީން ކައިރީ އިށީނީމެވެ. އީން އެއްވެސް އެއްޗެކޭ ނުބުންޏެވެ. އަހަރެން އީންއަށް ރަނގަޅަށް ބަލާލީމެވެ. އެއްވެސް އިހުސާސެއް ފެންނަން ނެތް އެމޫނުގައި އެއްވެސް ދިރުމެއް ނުވެއެވެ. އަހާނެ އެއްޗެއް އަހަރެންގެ ހިތަށް ނައުމުން އަހަރެންނަށްވެސް އިނދެވުނީއެވެ. މަށާއި މި ދިމާވީ އާދަޔާ ޚިލާފު ކުއްޖަކާތާއެވެ.

“ސީކްރެޓެއް ބުނަންތަ؟” އެންމެ ފަހުން އަހަރެން ބުނެލީމެވެ. އީން ބޯހޫރާލާ ނޫނެކޭ ބުންޏެވެ.

“އެއީ ކީއްވެ؟” ޙަޤީގަތުގައި ބުނާނެ ސިއްރެއް ނެތް ނަމަވެސް އަހަރެން ވާހަކަ ކުރިއަށް ގެންދިޔައީމެވެ. ތި ހީކުރެވެނީ ހަމަ ރަނގަޅަށެވެ. އަހަރެންނަކީ ފެށުނީއްސުރެވެސް ހަމަ އަނގަގަދަ މީހަކީމެވެ.

“މާޒިން ބުނި އަންދާލާފަ އޮތް ކުއްޖާއަކީ ދޮންތަ ފްރެންޑް ޔޫހާތަ؟” އީން ރަނގަޅު އެހެނަސް ނުބައި މައުލޫއަކަށް ވާހަކަ ގެންދިޔައެވެ. މިބުނީ އެއީ ރަނގަޅު މައުލޫއެއް ނަމަވެސް އެކަމާއި މެދު އަހަރެންނަށް މާ ގިނަ ވާހަކަ ދެއްކެން ނޯންނާނެ ވާހަކައެވެ.

އަހަރެން ހޫމް ލައްވާލީމެވެ. އެވަރަށް ބުންޏަކަސް އީންއަށް އަހަރެންގެ ހަޤީގަތް އެނގޭނީކީ ނޫންވިއްޔާއެވެ. އެނގުނަސްވެސް މަށަށް ހެވެވެ. މައްސަލައަކަށް ވާނީ ޒަރީރް ސަރ މެންނަށެވެ. މިމީހުންނަށް ހީވަނީ ކުޑަ ގްރޫޕެއް ސްޕައި ކުރަން އުޅުމުންވެސް، އެޖެންސީއެއް ކަމަށެވެ.

“މާޒިން ބުނިހެން އޭނަ ކިޑްނެޕް ކުރިނަމަ، އޭނަ އަންދައެއް ނުލާނެ. ގެއަށް ގޮއްސަ ވަރަށް ވިސްނިން އެކަމާ…” އީން ވަރަށް ޔަގީންކަމާއި އެކު ބުންޏެވެ. އަލީނާ އަހަރެން ބުނާ ކަންކަމާވެސް ވިސްނާހެއްޔެވެ؟

އަހަރެންނަށް ސުވާލު ކުރަން ޖެހުނީ އެހާ ޔަގީް ކަމާއި އެކު ބުނުމުންނެވެ. “އެއީ؟”

“މިސާލަކަށް އެލީން…. މާޒިންގެ ބަހުން ނަމަ އީން، ދިޔައީ އޯ ފިހާރަޔަކަށް. ގޮއްސަ ވަގަށް ނެގީޔޯ ޗޮކްލެޓެއް. ދެން ގެއަށް ދިޔައިރު ބެލްކަނީގަ ހުރީ ދޮންބެ. ދޮންބެ ހުރީ އެ ޗޮކްލެޓްގެ އަސްލު އަގަށްވުރެ ދިހަ ގުނަ އަގުބޮޑުކޮށްވެސް ގަންނަން. މަ ހަމަ ބެލްކަންޏަށް ދިޔަ ތަނާހެން ޕޮލިސް ދޮރުވައްޓާލާފަ އައީ އެ ޗޮކުލެޓް ބަލާ” އީން ގެ ވާހަކައިން މާނައެއް ދޭހަނުވެ އަހަރެން ހޭންފެށީމެވެ. އެކަމަށް އަޅާ ނުލާ އީން ކުރިއަށް ގެންދިޔައެވެ.

“ދެން އީން އަތުގައި ހަތަރު އޮޕްޝަން އޮތީ. ޕޮލިސް އަށް ޗޮކްލެޓް ދިނުން، ދޮންބެއަށް ވިއްކާލުން، އީން އަމިއްލައަށް ޗޮކްލެޓް ކާލުން، ނޫނީ ޗޮކްލެޓް އެއްލާލުން. އީން ހަދާނީ ކިހިނެއް؟” އިރުކޮޅަކު ވިސްނުމަށް ފަހު އަނެއްކާވެސް އަހަރެންނަށް ފެށުނީ ހޭށެވެ. އީން ބުނަން އެއުޅޭ އެއްޗެއް މަށަކަށް ކުޑަކޮށްވެސް ފަހުމެއް ނުވިއެވެ.

އީން އަހަރެންގެ ޖަވާބަކަށް އިންތިޒާރު ކުރާކަން އެނގުމުން އަހަރެން ކުޑަކޮށް ވިސްނާލީމެވެ. ބޭކާރު ކަމެއް ނަމަވެސް ހެޔޮ ކަމަށެވެ. “ޒިން ނަމަ ދޮންބެއަށް ވިއްކާލާނީ. އޭރުން ހާދަ ބައިވަރު ޗޮކްލެޓެއް ގަނެވޭނެ. ހަރާމް ލާރިޔަކަސް….”

“އީން ނަމަވެސް ހަދާނީ ތިހެން… އެކަމަކު ދޮންބެ ނެތިއްޔާޔޯ؟” އީން މަށަށް އަރަތް ކިޔައިދެނީ ހެއްޔެވެ؟ މަޑު މަޑުން އަހަރެން އަނެއްކާވެސް ހީލީމެވެ.

“ކާލާނީއެއްނު.. ގައިމުވެސް ބަނޑަކުން ޕޮލިސް އަކަށް ނުނެގޭނެ.” އަހަރެން އީންއާއި ދިމާއަށް ބަލައިލަމުން ބުނީމެވެ.

“ޔަހް.. ދެން ކާން ބޭނުން ނޫނިއްޔާ؟” އީން އަނެއްކާވެސް އެހިއެވެ.

“އެއްލައިލާނީ.. އެވަރުން ސްޓީލް ކޮށްފަ ޕޮލިސްއަށް ދިނުމުގެ މާނައެއް ނެތެއްނު؟” އަހަރެން ބުނީމެވެ.

“އެކަމަކު އެއްލައިލައިފިއްޔާ، މާޒިން އަށް ލިބޭނެ ފައިދާއަކީ ކޮބާ؟ އެއްވެސް ފައިދާއެއް ނެތި ހައްޔަރުވުން؟” އީން ބުންޏެވެ.

“ނޫން ދޯ… ދެން އެ ޙާލަތުގަ ޕޮލިސް އަށް ދޭނީ… އެން މީގެ މީނިންއަކީ؟” އީން އިނީވެސް އެ ސުވާލު އަންނަން ދެން ކަންނޭންގެއެވެ.

“މޮޅު ވާން ވެގެން ސްޕައި ކުރަން އުޅޭ މީހާ ހާދަ ގަމާރޭ… މާޒިން ހީކުރީ މީ ޖޯކެއް ކަމަށްތަ؟”

“އެކްސެކްޓްލީ” އަހަރެން ފުޅާ ހިނިތުންވުމެއް ދެމުން ނިތް އަރުވާލީމެވެ.

“ޓާމްތައް މިހާރު ތިއޮތް ކޭސްއަށްބަދަލު ކޮށްލަބަލަ” އަހަރެން އިތުރަށް ވިސްނީމެވެ. މި އަންހެން ކުދިންނަށް އިނގޭނީ ހަމަނުޖެހޭ ވާހަކަ ދައްކާށެވެ. ވިސްނުން ތޫނޭ ބުނަން، ވިސްނުމެއް ހުރީކީވެސް ނޫނެވެ.
“ޗޮކްލެޓް އަކީ ޔޫހާ… އީން އަކީ ކިޑްނެޕަރ.. ދޮންބެއަކީ ކޮންމެސް މީހެއް… ލައިކް އެކަހަލަ ބިސްނަސް ހިންގާ” ކުޑަ ކުއްޖަކަށް ކިޔައިދޭ ގޮތަށް އީން ކިޔައިދޭން ފެށިއެވެ. މަށަށް އަޑުން އަޑުނަގައި ހޭން ފެށުނެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. އެންމެނަށް ގެޓް ވާ އިރުވެސް މަށަކަށް ނޭންގޭނެއެވެ.

އެރޭ އަހަރެން ގެއަށް އައީ އެހެން ރޭރެއަށްވުރެ އަވަހަށެވެ. އީން އެބުނި ކަންކަމާމެދު ވިސްނުން މުހިންމު ކަމަށް ފެނިގެންނެވެ.  “ކައިރާ….” އަހަރެންނަށް ކިޔާލެވުނެވެ. ރިކް އާއި ޖޭ ނެތަސް މަށަށް ކުރެވޭނެ ކަންކަން ހުންނާނެއެވެ.

އީން ކިޔައިދިން މައުލޫމާތާއިއެކު، އެނގުނު ހުރިހާ މައުލޫމާތެއް އަހަރެން ކައި އަށް ކިޔައިދިނީމެވެ. ވިހި ވަރަކަށް މިނިޓް ތެރޭ ކައި މަށަށް ފޮނުވީ ވީޑިއޯ ތަކެކެވެ. އެއީ އިއްޔެ، އެންމެ ސެކިއުރިޓީ ދަށް ހޮޓެލް ތަކުގެ ސީސީޓީވީ ފުޓޭޖް ކަމަށާއި އެތަނުން ޔޫހާ ފެނޭތޯ ބަލަން ބުންޏެވެ. ވީޑިއޯ ތަކެކޭ ބުންޏަސް އެއީ ވަރަށް ބައިވަރެވެ. އަހަރެން ފުރަތަމަ އުޅުނީ ވަކިވަކިން ވީޑިއޯތަށް ބަލާށެވެ. ނަމަވެސް އެއީ ވާނެކަމެއް ނޫންކަން ފަހުމް ވުމުން އަހަރެން އަހަރެންގެ އަތުގައި ހުރި އެއްޗެހި އެއްކޮށްލީމެވެ.

ލެޕްޓޮޕާއި ޑެސްކްޓޮޕްގެ ސްކްރީނުން ހަތަރު ވީޑިއޯ އެއްފަހަރާ ޕްލޭކުރެވޭނެގޮތް ހެދުމަށްފަހު ވީޑިއޯތައް ބަލަމުން ދިޔައީމެވެ. ކުޑަކޮށްވެސް އަޅައިގަންނަ ވީޑިއޯ އަކަށް ފެނުނީ ހެދުމެއް ހިފައިގެން މީހަކު އަންނަ ވީޑިއޯއެވެ. ދެބައިއުމުރުގެ އެ ފިރިހެން މީހާ އެ ހެދުން އެ ކޮޓަރިގައި ހުރި އެނދުގައި ބޭއްވުމަށް ފަހު ދަނީއެވެ. ދެން އެތާ އުޅުނު އަންހެން މީހާ އޭތި ކަތުރަކުން ކަފާލަނީއެވެ. އަދި ކަޅު ކޮތަޅަކަށް އަޅާ އެހެން ކުންޏާއެކު ބަހައްޓަނީއެވެ.

އެނދުގައި ހެނދުން ބާއްވާފައި އޮތް ތަން އަހަރެން ފޮޓޯ ނަގާފައި އެލީޒާއަށް ފޮނުވާލީމެވެ. އެ ނޫން ގޮތެއް ނެތިގެންނެވެ. އެލީޒާގެ ޖަވާބު ނުހަނު އަވަސް ވެފައި ސާފެވެ. ނަމަވެސް ދެން ހުއްޓުމެއް ނެތި ސުވާލު އަންނަމުން ދިޔައެވެ. އަހަރެން އެއްވެސް މީހެއް ކައިރީ ނުބުނަން އެދުނީމެވެ. އަދި ފަހުން ކިޔައިދޭން ކަމަށް ބުނުމުން އެލީޒާ މަޑުން ހުއްޓެވެ.

އެލީޒާ އެއީ ޔޫހާ ލީ ހެދުން ކަމުގައި ބުނުމުން އަހަރެން ވަގުތުން ކައި އަށް އެވީޑިއޯ އާއި ލިބުނު މައުލޫމާތު ދިނީމެވެ. މާ ގިނައިރެއް ނުވެ ކައި އިތުރު ވީޑިއޯތަކެއް ފޮނުވިއެވެ. އެއީ އެ ހޮޓަލާއި އެންމެ ކައިރި ތިން އެއަރޕޯޓްގެ ސީސީޓީވީ ފުޓޭޖްތަކެވެ. ބައެއްމީހުން ކުޅަދާނައޭ އަހަރެން ހިތައް އެރިއެވެ.

ކައިރާއަކީ ނިއުޒިލޭންޑްގެ ސީކްރެޓް އެޖެންސީގައި މަސައްކަތް ކުރާ އަހަރެންގެ ވަރަށް ގާތް އެކުވެރިއެކެވެ. އެ ވީޑިއޯތަށް ބަލަމުން ދިޔައިރު ފުރަތަމަ ފަހަރަށް އަހަރެންނަށް، ޙަޤީގީ މަސައްކަތެއް ކުރެވޭ ކަމުގެ އިހުސާސް ވިއެވެ.

ކުރިން ވީޑިއޯ ތަކަށް ވުރެ އަވަހަށް އަހަރެންނަށް ކާމިޔާބީ އާއި ހިސާބަށް ދެވުނެވެ. ބަޔަކު ގެންގުޅުނު ބަލި މީހާއަކީ، ޔޫހާ ކަން އެނގި އަހަރެންނަށް އޭނަ ޓްރެކް ކުރެވުނެވެ. ނަމަވެސް ކައިލީންއަށް އެ މައުލޫމާތު އެންގޭ ގޮތެއްނުވިއެވެ.

އަހަރެންނާއި ޖެއްސުމަށް ކަންނޭންގެއެވެ. އެވަގުތު މުޅި އެހިސާބުން ކަރަންޓު ދިޔައީއެވެ. އަހަރެން އެވަގުތު އައިރުޅި ބުނެދޭނީވެސް ކިހިނަކުން ހެއްޔެވެ. ނިމެން މި އުޅެނީ ބޮޑު ކޭސް އެކެވެ. ސުޕަމޭން ނޫނަސް މަށަށްވެސް ހީރޯއަކަށް ވެވެން އުޅެނިކޮށް ކަންނޭންގެއެވެ. މުޅި ދުވަހު ކަރަންޓު ނުދިނަސް އެ ވަގުތު ކަރަންޓު ހުރިނަމައެވެ.

އިންތިޒާރު ކުރެވެމުން ދިޔައީ ކަރަންޓަށެވެ. ކުރިން ބައިގައި ކަރަންޓުގޮސްދާނެކަން ބުނެލިނަމަ ހުރިހާއެއްޗެއް ޗާޖަށް ޖެހީމުހެވެ. އޭރުންވެސް މަސައްކަތެއް ނުކރެވޭނެއެވެ. ވައިފައި ނުލިބޭތީ، ކޮންމެވެސް ވަރަކަށް ޗާޖު ހުރިނަމަވެސް، ލެޕްޓޮޕުން މަސައްކަތެއް ނުކުރެވުނެވެ.

ހޫނު ވާވަރުން އެންމެ ފަހުން އަހަރެން ބޭރަށް ނިކުތީމެވެ. އޭރު، މަގުމަތީގައި އެހެން ރޭރެއަށް ވުރެ މީހުން ގިނައެވެ. ވާނީވެސް އެހެން ނޫންހެއްޔެވެ. މުނިކާފަމެން ޒަމާނުގައި އުޅުނަކަސް، މިހާރު ދިވެހިންނަކަށް ފަންކަޔާ ނުލައި ކެތެއް ނުވާނެއެވެ. އެއީ ދިވެހިންގެ ޢާންމުންގެ ޙާލަތެވެ. އަދި އަހަރެން ކަހަލަ ފޮނި މީހުންގެ ޙާލު އުޅެނީ މާ މަތީގައެވެ. ފަންކަލާއިއެކު އޭސީ ނެތިއްޔާ، ނޭވާވެސް ނުލެވޭނެއެވެ.

ކަރަންޓު އައީ އަހަރެން މާފަންނު ވަށާ ދެ ބުރު ޖެހިފަހުންނެވެ. އެހެންފަހަރުތަކާއި ޚިލާފަށް، ކަރަންޓު ދިޔައީ ކީއްވެތޯ ވެސް އަހަރެން ނުބަލަމެވެ. ނުބަލަން ކީއްކުރަންހެއްޔެވެ؟ ބަލަން ހިތަށްވެސް  ނާރުވަމެވެ. އެއަށްވުރެ އަހަރެންނަށް ހުރީ މަސައްކަތުގެ ތެރެއަށް ޗަދެވިފައެވެ.

ކޮޓަރިއަށް ގޮސް އެ ވީޑިއޯ ހޯދުމަށް ފަހު އަހަރެން އަވަސް އަވަހަށް ކައި އަށް ޚަބަރު ވީމެވެ. ދެން އަހަރެމެން ހުރިހާ މަސައްކަތެއް ކުރީ ގުޅައިގެންނެވެ. ކުރިން އަހަރެންނަށް އެނގިފައި ވީ ވަރަށްވުރެ، ކައި އެކަމުގައި މާ ފުންނާބު އުހެވެ. ޗާރޓާ ފްލައިޓެއްގައި އެމީހުން ޔޫހާ ގެންދިޔައީ އޮސްޓްރޭލިއާ އަށެވެ.

އަހަރެން ހަނދާންނެތިފައި ހުރި ކަމެއް ކައި މަށަށް ހަނދާން ކޮށްދިނެވެ. މި މަސައްކަތަކީ މަށާއި، ރުކާން އާއި ޖިހާން އެއްކޮށް ކުރަން ހަވާލު ކޮށްފައިވާ މަސައްކަތެކެވެ. އަހަރެން އެކަނި މަސައްކަތް ކުރުމުން ބާކީ މީހުންނަށް ވާނީ ބޮޑު މައްސަލައަކަށެވެ. ކައި އެކަނި މަސައްކަތަށް ދޫކޮށްލާފައި އަހަރެން ޖިހާން އަށް ގުޅިމެވެ. ފަސޭހައިން ފޯނު ނަގާނީ އޭނަ ކަމަށް ވާތީއެވެ. އަހަރެން ބުނީ ހަމައެކަނި، ޔޫހާ މަރުނުވާ ކަމުގެ އެވިޑެންސް އެބެތް ވާހަކައެވެ. އަދި ވަރަށް އަވަހަށް އައިސް ދިނުމަށް އެދުނީމެވެ. އިތުރަށް ސުވާލު އައި ނަމަވެސް އަހަރެން އަވަހަށް ފޯނު ކަނޑާލީމެވެ. އެމީހުން އަވަހަށް އަންނާނީ އޭރުން ކަމަށް ވާތީއެވެ.

އަހަރެން ބޭނުންވި ގޮތަށް ފަނަރަ މިނިޓް ތެރޭ ޖިހާން ރުކާން ގޮވައިގެން އައެވެ. އެއިރުވެސް ރުކާން ހުރީ ދެބަދޭތެރޭގައެވެ. އަހަރެން، ކުރެވިފައިވާ މަސައްކަތް ދައްކާލީމެވެ. އެއިރު، ޔޫހާ ހުރި ހޮޓެލް ހޯދިއްޖެއެވެ. ޖިހާން ބޭނުންވީ ދެން އޮތްބައި ޕޮލިސް ކުރިއަށް ގެންދަން ނަމަވެސް އަހަރެން ދެކޮޅު ހެދީމެވެ.

ދިވެހި ޕޮލިސް ގޮސް އެކަން ނިންމަން އެއީ ކިހާ ވަގުތެއް ހެއްޔެވެ؟ ޖިހާން މާ ޤަބޫލު ނުވި ނަމަވެސް، އަހަރެން ކައި ކައިރީ އެދުނީ އެމީހުން އެޖެންސީއިން، ޔޫހާ ގެނެސްދީ، ހައްޔަރު ކުރަންޖެހޭ މީހުން ހައްޔަރު ކުރުމަށެވެ. އަހަރެން އެގޮތަށް ނިންމީ ހަމައެކަނި ވަގުތަށް ވިސްނާފައެއް ނޫނެވެ. ޖިހާން ޕޮލިހަކަށް ވެފައި، ރުކާން އަކީ އަފީފްގެ ދަރިއެއް ކަމުން، އެމީހުންނަށް އެއީ މާ ބޮޑު ކަމަކަށް ނުވިޔަސް، ފުލުހުންގެ ސުވާލުތަކަށް މަ ބުނާނީ ކީކޭ ހެއްޔެވެ؟ ރިކް އާއި ޖޭ އަށް އެވަރުވެސް ނުވިސްނެނީއެވެ.

އަހަރެމެން ހީކުރި ވަރަށްވުރެ އަވަހަށް، ނިއުޒިލޭންޑް ސީކްރޭޓް އެޖެންޓްސް، ޔޫހާ، އެމީހުންގެ އަތްދަށަށް ގެނައެވެ. ޔޫހާ މިކޮޅަށް އަންނަން ފުރުމުން، އަހަރެމެން ޒަރީރް ސަރ އަށް އެންގީމެވެ. އެއީވެސް މުހިންމު ކަމަކަށް ވާތީއެވެ. އަނެއްކޮޅުން އެއަރޕޯޓުން ޔޫހާ އާއި ހަވާލުވާނެ ބަޔަކު ކަނޑަ އަޅޭނީވެސް ސަރއަށެވެ.

……….

އަހަރެން ހޮސްޕިޓަލަށް ދިޔައީ ފުދޭވަރަކަށް ލަހުންނެވެ. އެއިރު، ހޮސްޕިޓަލް ވަނީ ފުދޭވަރަކަށް ތޮއްޖެހިފައެވެ. ޕޮލިހުން މަރުވިކަމަށް ބުނި ކުއްޖާ ދިރިހުއްޓާ ފެނުމުން އެންމެންވެސް ދާނެ ނޫންހެއްޔެވެ؟ އެތަނުން އަހަރެންނަށް ޔަނާ އަދި ޔުއާން އާއި ދިމާވިއެވެ. އެކުދިން ތިބީ، ދޮންތަ ދިރިހުއްޓާ ފެނުމުން، ނުހަނު އުފާވެފައެވެ.

އެލީޒާ އަހަރެންނާއި ދިމާއަށް ގޮތަކަށް ބަލަން ހުއްޓެއެވެ. އެހެން ވާނެކަން މާ ކުރިންވެސް މަށަށް އެނގެއެވެ. ޕޮލިސް ޔޫހާ މަރުވިކަން ޢިއުލާން ކުރިފަހުން، އެކަމާއި މަ އުޅުމުން، ސުވާލު ނުއުފެދޭނެ ސަބަބެއްވެސް ނެތެވެ.

ވޯޑަށް އެއިރު ޔޫހާ ބަދަލު ކޮށްފައި ވީނަމަވެސް، އެކޮޓަރިއަށް ޢާންމު ރައްޔިތުން ވަނުން އޮތީ މަނާ ކޮށްފައެވެ.އެތާ އެނބުރެނިކޮށް ޖިހާން އައުމުން، އަހަރެން އޭނައާއިއެކު އެތެރެއަށް ދިޔައީމެވެ.

އެއިރު އެންމެންވެސް އިންތިޒާރު ކުރަމުން ދިޔައީ، ނިދިފައި އޮތް ޔޫހާ ހޭލާނެއިރަކަށެވެ. އަހަރެން ފެނުމުން ޒަރީރް ސަރ އާއި ރުކާން އަހަރެންގެ ކައިރިއަށް އައެވެ. އަހަރެންގެ މަސައްކަތާއިމެދު ފަޚުރުވެރިވާކަމަށް ޒަރީރް ސަރ ބުންޏެވެ. އަދި މީޑިއާގައި ޚަބަރު ދައުރުވާނެ ގޮތް ކިޔައިދިނެވެ.

އަންދާލާފަ އޮތީ ޔޫހާ ނޫންކަން ޔަގީންވުމުން، ނިއުޒިލޭންޑްގެ އެޖެންޓުންގެ އެހީއާއި އެކު، ޔޫހާ ހޯދީ ދިވެހި ޕޮލިސް އޯ އެވެ. ދެކޮޅު ހަދާނެ ބޭނުމެއް ނެތުމުން އަހަރެން އެއްފަހަރުން އެގޮތަށް އެއްބަސް ވީމެވެ. އެވަގުތު ޒަރީރް ސަރ އަށް އައިސްފައިވާ ޕްރެޝަރ ވަރަށް ބޮޑުވާނެކަން ވިސްނޭތީއެވެ. މަރުވިކަމަށް ބުނިތާ ސައުވީސް ގަޑިއިރު ނުވަނީސް ދިރިހުއްޓާ ފެނުމުން، މީޑިއާއިން އަންނަ ސުވާލުތަކަށް ޖަވާބުދާރީ ވާން ޖެހޭނީ ސަރއަށެވެ.

“މާޒިން….” އަހަރެން ކައިރީ ހުއްޓިލަމުން ރާހިލް ގޮވާލިއެވެ. އޭނައަކީ އޭޑީކޭގައި މަސައްކަތް ކުރާ ޑޮކްޓަރެކެވެ. އަހަރެންގެ ކުޑައިރުގެ ގާތް އެކުވެރިއެކެވެ. މިބުނީ މިހާރު އެއްވެސް ގުޅުމެއް ނެތެކޭ ނޫނެވެ. އަހަރެން ކިޔެވުމާއި އެހެން ކަންކަމުގައި އުޅޭއިރު، ރާހިލް މަސައްކަތުގައި އުޅެން ޖެހުމުން، ދިމާނުވެ އެކުވެރިކަން ކޮންމެވެސް ވަރަކަށް ދުރުވީއެވެ.

“އޭނަ ކިހިނެއް؟” އެނގިހުރެމެ، ޑޮކްޓަރުގެ ދުލުން ބުނުވަން އަހަރެން އަހާލީމެވެ. އެވަގުތު ޔޫހާ ލޯ ހުޅުވާލިއެވެ. ޢާޢިލާއަށާއި ޑޮކްޓަރުންނަށް ތަންދެމުން އަހަރެން ތަންކޮޅެއް ދުރުގައި ހުރީމެވެ.

“ޔޫއްކޯ..” އެއްވެސް އެއްޗެއް ނުބުނެ އިރުކޮޅެއް ވުމުން ވޭނުން ފުރިގެންވި އަޑަކުން ޒީނިޔާ ގޮވާލިއެވެ. އެ ގޮވުމަށް ބަލައިލުން ފިޔަވާ އިތުރު ކަމެއް ޔޫހާ ނުކުރިއެވެ. ޑޮކްޓަރުން މަޑުމަޑުން އެކަކު އަނެކަކު ކަންފަތް ދޮށުގައި ކޮންމެސް އެއްޗިހިތަކެއް ކިއެވެ. އިރުކޮޅަކުން ޒީނިޔާ ވަރަށް ބާރަށް ނޫނެކޭ ބުނެ ރޮއި ގަތެވެ.

އަހަރެން ގެއަށް ގޮސް ހަމަޖެހިލުމަށް ފެންވަރާލަން ވަދުނީމެވެ. މާ ގަނޑު ޖައްސާލުމާއިއެކު، ހުރިހާ ފިކުރެއް ބޮލަށް ތޮއްޖެހުނެވެ. ލިބިފައިހުރި ނަފްސާނީ ގެއްލުން ތަކާއިއެކު، ޔޫހާ، ވަނީ ނުކުޅެދުންތެރިއަކަށް ބަދަލުވެފައެވެ. ވާހަކަ ދެއްކުމުގެ ޤާބިލުކަން، އަދި ލިބޭނެކަމަށް ޑޮކްޓަރުން ބުނިނަމަވެސް، ކުދިކުދި ކަންކަމާއި ސިއްސައިގެން ދިޔުމާއި، ބާރު އަޑެއް އިވުމުން، މާނޭވާލެވި، ހާސްވާގޮތް ވުން، އެއީ ކުރު މުއްދަތެއް ތެރޭ ރަނގަޅު ވާނެ ކަންކަމެއް ނޫނެވެ.

ފަހަރުގައި، ޔޫހާ އަކީ އެންމެ ރީތި އަޚްލާޤް ގެ ވެރިއަކަށް ނުވެދާނެއެވެ. އޭނާ، ލޯބީގެ ގޮތުން ގުޅިގެން އުޅުނީ، އެންމެ ރަނގަޅު މީހާ ކަމުގައި ނުވުމުން، ލިބުނު ގެއްލުމަކަށްވެސް އެކަން ވެދާނެއެވެ. ނަމަވެސް އެއީވެސް އިންސާނެކެވެ. މީހެއްގެ ދަރިއެކެވެ. ދެކުދިންގެ ލޯބިވާ ދައްތައެވެ.

ނޫސްތަކުގައި އެ ޚަބަރު ލިޔުނުތާ މާގިނައިރު ތަކެއް ނުވެ، އަންނަން ފެށި ކޮމެންޓުތަކުން، ޙަޤީގަތުގައިވެސް އަހަރެން ވަރަށް ރުޅިއައެވެ. އެތައް ބަޔަކު އެއީ ޔޫހާގެ އަޚުލާޤުގެ ގޮތުން ވީކަމެއް ކަމުގައި ބުނަމުން ދިޔައިރު އެންމެ ފަހަރަކުވެސް، އޭނަ އިހްސާސް ކުރަމުން ދާ ވޭނާމެދު ވިސްނާލުން ކީތް ހެއްޔެވެ. އާއިލާ އާއި އެކުވެރިން، ދެރަވާނެ ވަރު އަންދާޒާ ކޮށްލަން ޖެހޭނޫންހެއްޔެވެ؟ އަދުގެ ދިވެހިން، ކޮންމެ ފަދަ ކަމެއް ދިމާވިޔަސް، ބަލާނީ، އަނިޔާ ލިބޭ ފަރާތުގެ ކުށެއް ފެނޭތޯއެވެ. ގިނަ ފަހަރަށް، އަނިޔާ ދިން މީހާ ހިމާޔަތްކޮށްވެސް މީހުން ވާހަކަ ދައްކައެވެ. ފަހަރުގައި، ފިލްމުތަކުގައި ޙަޤީގީ ރަނގަޅު މީހާ ލޭބަލް ވާތީ ކަމަށް ވެސް ވެދާނެއެވެ. ނަމަވެސް ދިރިއުޅުމަކީ ފެއަރީ ޓޭލެއް ނޫނެވެ.

އަހަރެންނަށް އެނދުގައި ޖައްސާލެވުނު އިރު ފަތިހު ހަތަރުގަޑި ބައިވަނީއެވެ. ފަތިސްނަމާދުކޮށްގެން ނިދަން، އަހަރެން، ފޯނު ބަލައިލީމެވެ. ހައިރާންވީ ދުވަހަކުވެސް ނާންނަ ވަރަށް މެސެޖު އައިސްފައި ހުރުމުންނެވެ. ދަންނަ އެންމެންހެން މެސެޖުކޮށްފައި ހުރި އިރު، ނުދަންނަ މީހުންގެ ޓެކްސްޓް މެސެޖުތައްވެސް މަދެއް ނޫނެވެ. ބަޔަކު މީހުން މީ އަހަރެންގެ އުފަންދުވަހޭ ސޯޝަލް މީޑިއާގައި ޖެހީ ހެއްޔެވެ؟ ވީ ގޮތެއް ހިތަށް އަރުވާލަންވެސް މަށަކަށް ނޭންގުނެވެ.

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Comments (25)

  1. jiji

    Thanks ingey daily koh story up kuraathy..
    Btw me first dhw..kiyaafa comment eh kohlaanan ingey….??????

    1. Monsta
      jiji

      yeah congra. thanks. komme dhuvahakuv esepiode eh genesdheveytho hama mi try kurany. Eid Mubaarak

  2. jiji

    Eid mubarak writer ah vec enge..btw mi part vec v v v rythi ingey story….iss interesting….keep up the gud work ..
    Waiting fr the next part curiously?♥??

    1. Monsta
      jiji

      thankss again <3

  3. Drax

    This part is awesome too love this story sis..keep it up waiting for next part ❤❤❤????

    1. Monsta
      Drax

      Oww Drax bro… Finally.. Dhen thanks ingey 😉 <3

  4. Zaa

    Wow it’s too nice…daily koh upkohdheythy vvvv bodah thanks….keep up the good work..

    1. Monsta
      Zaa

      welcome <3 And really Thanks… Eid Mubaarak

  5. aaliya

    hey monsta… i wanna be a friend of u… so will u pls except my request… btw the story is fab… i’m lack of words…

    1. Monsta
      aaliya

      Thankss. Of course we can be friends…

    2. Eiimerr
      aaliya

      awwwn… thank u so much… so hi… my name is aaliya… i’m 14

    3. Monsta
      aaliya

      So hi. ?? I’m also 14….. I use Monsta as my name on all websites??. And thank you too ???

  6. Mal

    Aslu Maazun, Rukaan and jihaan mee kihineh work kuraa baeh tha story? CID tha?

    1. Monsta
      Mal

      yeah kind of CID….. Jihaan and Zareer sir are police but police ehen myhunnakah neyngeyne mi myhunnaa behey mauloomaathehh… Aslu e grp form vy kihineh kamaa emyhunge aim thankolheh fahu episode eh ga genesdheynan Insha Allah..

  7. jiji

    Eiimerr Yuh ar 13 ehnu..Whn Yuh were 14..
    ..hehe…Did yuh just dhogu hehdythr jiji ah..
    Plc ans kohba…

    1. Eiimerr
      jiji

      alhey… mihaar 3 faharu comment kurevihje ekamu nueh dhey… it wsnt me ey… y would i lie to u… actually iyyega i ge frnd eh aaliya kiyaany…. eynage lap in log in v ehcheh dhahkaalan vegen… log out viyas password save vaanehnu… balaalaba first eyny aaliyage namuga ehnu comment kohfa… fahun eyny EIIMERR ge namuga… sorry vrh bodah…

    2. aaliya
      jiji

      sorry i’m really sorry eem… that was an accident… sorry vrh bodah… n jiji… she wasn’t lying… it was my fault… i’m really sorry eem…

  8. Cute Lips

    hey monsta… i rlly loved ur stories.. hama yakh elhunyma mi kiyaaly hurihaa story.. i rlly love it… rysh innany bandah thadhuvefa heehee… majaa kamun…??? ekahala majaa ehcheh genesdhehchey… ahahah.. so funny??… btw i hope u will read my story nd commnt.. LYSM …. THANK U??????????

    1. Monsta
      Cute Lips

      really thanksss. ??? yhh stories thah kiyaalaafa comment kuraanan insha Allahh. Thankss again

  9. jiji

    Alhey iss ok inge..No need to say sorry ingey dhekudhin.btw aaliyaa can I be Yur frnd dear..?

    1. aaliya
      jiji

      yh… ofc 😀

  10. basti

    whose this drax? julian druxler tha?

    1. Monsta
      basti

      Yepp. Lol

  11. sasookey

    i love this ep// the best so far … keep up the good work

    1. Monsta
      sasookey

      Thanksss sasookeyy ❤️❤️

Comments are closed.