އައިނާ 8 (އަށްވަނަބައި)
“އައިނާ އާ ޔޫ އޯކޭ؟؟؟” ރީމާ އައިނާގެ ކޮނޑުމަތީ ކަނާ އަތް ބާއްވާލަމުން ބުންޏެވެ.
***
އައިނާ ދިޔައީ ސިއްސައިގެންނެވެ. ކުރިމަތިން މިފެންނަނީ ހުވަފެނެކޭ ހިތާ ކަނާއަތުން ވާއަތުގައި ބާރަކަށް ވިކައި ގަތެވެ. “އައުޗްޗްޗް!!!!!” މިތަން ފެނި ރީމާ އަށް ކުޑަކޮށް ހެވުނެވެ. “ހެއި….. އައިނާ! އިޓްސް ނޮޓް އަ ޑްރީމް!!! އުމްމްމް… އައިނާ އަނެއް.. މީ.. ކުރީގައި މިދެމެދުގައި ވެފައިހުރި ކަންތަށް ޕާސްޓް އަށް ދޫކޮށްލައިފައި ކޭން ވީ ބޯތް ބީ ގުޑް ފްރެންޑްސް؟ އިނގޭ.. ފޯރގެޓް ކުރަން އުނދަގޫ ވާނެކަން… އައިނާ ބޭނުން ވަރަކަށް ޓައިމް ލިބޭނެ.. ބަޓް އަބަދުވެސް ހަނދާނުގައި ބަހައްޓާތި އަހަރެން އައިނާ އާއި ބުލީ (ހަނގާ) އޯ ވަޓް އެވާ.. ހެހެ.. ނުކުރާނަން..”
އައިނާ އަނގަމަތީ އަތް އަޅާލިއެވެ. އަދި ރީމާ ގައިގައި ބައްދާލިއެވެ. އައިނާ ބޭއިޚްތިޔާރުގައި “އަލްޙަމްދުލިއްލާހި” އޭ ބުނެލެވުނެވެ. އޭނާގެ ދުޢާ އިޖާބަކުރައްވައިފިއެވެ. “އިޓްސް އޯކޭ” “ނޯ.. އިޓްސް ނޮޓް.. އަހަރެން އައިނާ އަށް ކިހާ ޖެއްސުމެއް ކުރިން.. ބުނޭ.. އަހަރެން ރީމާ އަށް މާފު ކޮށްފިން.. ލައިކް…….” “އަހަރެން ރީމާ އަށް މާފުކޮށްފިން” އައިނާ ބުންޏެވެ. “ޔޭ.. އަހަރެން މިއަދު ބުނެދޭން ނޭނގޭ އުފަލެއް ލިބިއްޖެ.. އަމް ސޯ ހެޕީ އައިނާ.. އަމް ސޯ ހެޕީ..” އައިނާ ވެސް ހުރީ އުފަލުންނެވެ. ރީމާ އެގޮތަށް ކަންތަށް ކުރިއަސް އައިނާގެ ހިތުގައި އެއްވެސް ބުރަކަމެށް ނެތެވެ.
***
އަޝްހާ ގެއައް ދިޔައިރު ސޯފާ ގައި ކޮންމެވެސް މީހަކު ހުއްޓެވެ. އެމީހަކު ހުރީ އަޝްހާ އަށް ފުރަގަސްދީގެން ކަމުން އެމީހެއްގެ މޫނެއް ނުފެނުނެވެ. “ދަރިފުޅާ އަޝްހާ!!! އާދެބަލަ” އަޝްހާގެ ބައްޕަ އިޔާޒު ގޮވާލިއެވެ. ކައިރީގައި އަޝްހާގެ މަންމަ އާޝިޔާ އިނެވެ. އަޝްހާ ގޮސް އާޝިޔާ ކައިރީ އިށީންދެލިއެވެ. އަޝްހާއަށް އެމީހެއްގެ މޫނު ފެންނަ އިރަށް ދިޔައީ ސިއްސައިގެންނެވެ. “ދަރިފުޅާ! މީ އަނީލް ބައްޕަގެ ބޭބެ. ބޭބޭ! މީ އަހަރެންގެ ދަރިފުޅު އަޝްހާ. ދެން އާޝިޔާ އިނގެއެއްނު ދޯ! ހެހެ.”
އަޝްހާ އަދިވެސް އިނީ ހައިރާންކަން މަތީ ގައިއެވެ. އަނީލް އިޔާޒު އާއި އެއްވެސް ތަފާތެއް ނެތެވެ. ބުޅި އިސްތަށިގަނޑެވެ. ބޯ ވަރުގަދަ ބުމައެވެ. ތަފާތަކީ އަނީލް ގެ އިސްތަށިގަނޑު ކޮނޑާއި ހަމައައް ދިގު ކޮށްލާފައި ހުރުމެވެ. އެންމެންނާއި ޙިލާފަށް އަނީލް ގެ ހުރީ އަޅި ލޮލެކެވެ. މާމަ ބުނާ ގޮތުން ކާފަގެވެސް ހުންނަނީ އަޅި ކުލައިގެ ލޮލެކެވެ. ނަމަވެސް އަނީލް ގެ މޫނު އިޔާޒައް ވުރެ ދޮނެެވެ. އެހެން ވިއަސް އަޝްހާ އަށް ބައްޕަ އާއި ބޭބެ ވަކިކުރަން އެނގޭނެއެވެ.
***
އައިނާ ކުލާހަށް ވަތް އިރު އަޝްހާ މޭޒު ކައިރީ ފިލާވަޅެއް ހަދަން އިނެވެ. “އަނާ ކަމް އެން ހެލްޕް މީ.. ޕްލީޒް..” ” އަޝޫ!!! ކިހިނެތްވީ.. ހޯމް ވޯރކް ނުނިންމާ؟؟؟ މިއީ ދުވަހަކުވެސް ނުވާ ކަމެއްނު؟ ދެން؟؟ މިއަދު ކިހިނެތްވީ؟ މަންމަ ކައްކަން ޖެއްސީ؟ މާމަ ކައިރީ ވާހަކަ ދަށްކަން އިނީ؟؟؟………..” “އޯހްހް….މައި…ގޯޑް!!! އަނާ! ކާމް ޑައުން.ހާދަ އަނގަ ގަދައޭ!!! ތި ސުވާލު ނުކޮށް ކުރަހާ ދީބަ 110 ޑިގްރީ އެންގަލް އެއް ކޮމްޕަސް ބޭނުން ކޮށްގެން….” އަޝްހާ އެހެން ބުނުމުން އައިނާ ކުރަހާދޭން ފެށިއެވެ.
ގާތް ގަނޑަކަށް ތިން މިނިޓުތެރޭ އައިނާ ކުރަހާފައި އަޝްހާ އަތައް ފޮތް ދިނެވެ. “އައިނާ!!!!! ނިމުނީ؟؟؟ ރޮބޮޓެއްތަ؟؟ އޯހް ނޯ!!! އަނެއްކާ އަނާގެ ސިފައިގައި އިން ޖިންނި އެއްތަ؟؟…” އަޝްހާ، އައިނާ ހިސާބު ފިލާވަޅު ހަދާލިލެއް އަވަސް ކަމުން ދެލޯ ބޮޑު ކޮށްލައިގެން އިނދެ ބުނެލެއެވެ. “އޯހް ގޯޑް!!! އަޝޫ!! މައި ބެސްޓީ… މިއީ އަހަރެންގެ ފެވްރިޓް މާއްދާއޭ!! އަހަރެން ހަމަ ފިލާވަޅު ކިޔައިދޭ ގަޑީގައި އަޑުއަހަން އިންނަނީ.. ދެން އަޝޫ އިންނަހެން ތާއްޔާ ޖެހޭ ކަށްނޫނޭ އިންނަނީ.. ދިސް އިޒް މައި ފެވް ސަބް.. ހިސާބު އަދި ސައިންސް..” އައިނާ ބުނެލެއެވެ. އިރުކޮޅެއްނުވެ ޓީޗަރު އައުމުން ހުރިހާ ކުދިން ގޮނޑިން ތެދުވެ އިޙްތިރާމް އަދާ ކުރިއެވެ.
ގަޑި އަކަށްފަހު ގަޑިއެއް ނިމިގެން ގޮސް އިންޓަވަލް ގަޑި ޖެހުނެވެ. ކުދިން ދަބަސް ހިފައިގެން ނިކުމެ ގެއައް ދާން ހިނގައިގަތެވެ. ދާލު އަތޮޅު ތަޢުލީމީ މަރުކަޒު ގެ ދަރިވަރުން ޖެހެނީ އިންޓަވަލް އައް ގެއައްދާށެވެ. ދިޔަ މަގުމަތީގައި އަޝްހާ އަނގަ ހުއްޓާ ނުލައެވެ. “އަނާ އިނގޭތަ؟” “އުނހު.. ނޭނގެ.. އަދި ނުބުނަމެއްނު؟..” ސަމާސާ ރާގަކަށް އައިނާ އެހެން ބުނުމުން އަޝްހާ ހީލާފައި ވާހަކަ ފެށިއެވެ. “އަނާ!!! އަންކަލް އައިސި.. ބައްޕަހެން ހަމަ ހީވަނީ.. އެކަމަކު އަނީލްބެގެ ހުންނަނީ އަޅި ކުލައިގެ ލޮލެއް. ޖަސްޓް ލައިކް ޔޯސް.. އަދި އަނީލްބެ ތަންކޮޅެއް ދޮން.. އަނާ ވެސް ދޮންދޯ؟؟؟” “އެއްކަލަ އަޝޫ.. އަޝޫ ވެސް ދޮންނެއްނު؟؟ އެކަމަކު ފަން އިސްތަށިގަނޑެއް ދޯ؟” އަޝްހާ ގެ ބޮލަށް ބަލާލާފައި އައިނާ ބުނެލިއެވެ. “އޯހް… ޔާ.. ރީތި ދޯ؟؟ އަހަރެންގެ މަންމަ ގެވެސް އިންނަނީ ފަން އިސްތަށިގަނޑެކޭ..”
މިހެން ބުނެފައި އައިނާ އަށް ބަލާލިއިރު އިނީ އިސްޖަހައި ގެންނެވެ. ކަމަކާ ވިސްނަނީކަން އަޝްހާ ދެނެގަތެވެ. އަޝްހާ އައިނާގެ ކޮނޑުގައި ކުޑަކޮށް ކޮއްޓާލިއެވެ. އައިނާ ކުޑަކޮށް ސިހިފައި އަޝްހާ އާއި ދިމާލަށް ބަލާލިއެވެ. އަޝްހާ ބުމައަރުވާލީ ކިހިނެތް ވީހޭ އަހާލާ ފަދަ ގޮތަކަށެވެ. “އަޝޫ!!! ވާހަކައެއް ބުނަން!!”
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
8 Comments!
Comments are closed.




Ok
thnx
Me first dhw. Varah reeeeethi mi part vx. Waiting for next part??????????
i think ur 2nd
next saturday ah vure avas kohlany
eii 7 ge kaaku?? meee vex DH.a.e.c kujjehhhh……I’m sara…… who are u?
mihaaru ingihje dhw!!
sorry i dnt hav time to comment.. thnx readers.. mi prt alhugandu friday night ga up kurin ekam sunday ga up vefa iny