އިރުގެ އުޖާލާ އަލިން މުޅި ރަށުތެރެ ހުޅުދާން ކޮށްފި އެވެ. އަޒާން މަޑުމަޑުން އޭނާގެ އެއްޗެހިތައް ދަބަހަށް އަޅަމުން ދިޔައީ މާލެ ދާން ޖެހޭތީ ވަރަށް ދެރަވެފައި ހުރެއެވެ. ރަށުގެ ހިތްފަސޭހަ މާޙައުލާއި އަލްވަދާޢު ކިޔުމަކީ އެއްވެސް ހާލެއްގައި އަޒާން ބޭނުންވާ ގޮތެއް ނޫނެވެ. ފުރާނަ ފަދައިން އަޒާން ލޯބިވާ އޭނާގެ މަންމަ އާތިފާ އާއި ބައްޕަ މޫސަ އާއި ވަކިން މުޅިން އާ ހަޔާތެއް ފެށުން އޭނާއަށް ވެފައި ވަނީ ބޮޑު އިމްތިޙާނަކަށެވެ. ދިރިއުޅުމުގައި ދިމާވާނެ […]
ހިތުގެ ތެޅުން އަވަސް ވިއެވެ. އަހަރެންގެ ކުރިމަތީގައި ހުރި އިންސާނާ އާ ދިމާލަށް ފޫހި ކަމެއް ނެތި ބަލަން ހުރެވުނެވެ…ކުރި މަތީގައި ހުރީ ރައިހާން ނޫން ދެވަނަ މީހެއްނޫނެވެ. އަހަރެންނަށް ހޭވެރިކަން ވެ ހިޔާލީ ދުނިޔެއިން މިންޖުވީ ރައިހާން ފުއްޓައްކެއް ޖަހާލުމުންނެވެ. ބަލަން ހުރެވުނު ގޮތް އަދި އަހަރެންނަށް މި ރޭކާލީއެވެ. ތަންކޮޅެއް…… ލަދުވެސް ގަތެވެ. ނަމަވެސް އެކަން މޫނުމަތިން ނުދެއްކޭތޯ ބެލީމެވެ. “މައިއްކޮ ކޮންއިރަކުތަ މިކޮޅަށް އައީ..” ރައިހާން އަވަސް އަވަހަށް އެހެން އަހާލަމުން ކޮޓަރި އަށް […]
އާދައިގެ މަތިން އެހެން ދުވަސް ތަކެކޭ އެއްފަދައިން އަހަރެން އިރު އަރާ ތަން ބަލަން ދިޔައީމެވެ. ފަތިހު ފަސް ގަޑި ބައިގަ ދާގޮތައް އަހަރެން ގެއަށް އަންނަނީ ހަ ގަޑި ފަނަރަ ހާއިރު އެވެ. އަހަރެންގެ އެއްވެސް މީހަކު ނުހުރެއެވެ. މަންމަ ނިޔާ ވިތާ ވެސް 2 އަހަރު ވެއްޖެއެވެ. އަހަރެންގެ ބައްޕަ ވެސް އަހަރެން ކުޑައިރު މަންމަ ވަރި ކޮށްފަ ދިޔަ ގޮތަކައް ނާދެއެވެ. ބައްޕަ ދުނިޔޭގަ އުޅޭ ކަމެއް ވެސް އަދި ނޫޅޭ ކަމެއް […]
އަހަރެން މޮޔައަކަށް ވެފައި ވަނީ ކަލެޔާ ހެދެއެވެ. ދުނިޔޭގެ ލޮލުގެ ކުރިމަތީގައި އަހަރެން ކުށްވެރި އަކަށް ވީ ކަލެއާ ހެދެއެވެ. އެދުވަސްތައް މާޒީއާ އެކުވެ ހިނގައްޖެއެވެ. އަހަރެން ދެކެ އިންތިހާއަށް ލޯބިވާ އަހަރެންގެ ޙަޔާތުގެ ބައިވެރިޔާ އެކީ އުފާވެރި ދިރިއުޅުމެއް ހޯދީމެވެ. މާޒީގެ ކަޅު ސަފުހާތައް ކަފުނ ކޮށްލަމުންނެވެ. އެހެނެއްކަމަކު، އަހަރެންގެ މާޒީ އާ މެދު ވިސްނާ ނުލާ އެންމެ ދުވަހެއް ވެސް ފާއިތުވެ ގޮސްފައި ނުވެއެވެ. ކަލޭގެ ވަކި ތަކުގެ ތެރޭގައި އަހަރެން ހައްޔަރު ވެފައިވި […]
….14 އަހަރު ކުރި…. *** އިސްރާގެ ޢާއިލާ އަކީ ކުޑަހުވަދޫ ބައެކެވެ. އިސްރާގެ ހުންނަނީ ހަމައެކަނި މަންމަ އަކާއި ބައްޕަ އެކެވެ. ޢާއިލާގެ ނުވަތަ ތިމާގެ އެހެން އެއްވެސް މީހަކު ނޭނގެއެވެ. އިސްރާގެ މައިން ބަފައިން ކަމުގައިވާ އިބްރާހީމާއި ހާޖަރާގެ ހުރި ހަމައެކަނި ދަރިއަކީ އިސްރާ އެވެ. އިބްރާހީމް ކުރާ މަސައްކަތަކީ މަހަށް ދިޔުމެވެ. ހާޖަރާ ގޯތީގައި ހުންނަ ފަންގެ ގަނޑާއި ބަދިގެ ހުރެފައި ދެން ބާކީ އޮންނަ ބައިގައި ހުންނަނީ ގަސް އިންދައިފައި އެވެ. ފަތްޕިލާ […]
“މޮމް….ޝީ ކާންޓް ސީ…” ދެލޯމަރާލަމުން އިއްބާން ބުނެލިއެވެ. އިއްބަން އެހެން ބުނުމާއެކު އައިރީންއާ ނާހިދުއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. އޭރު އިއްބާން ހުރީ ނޭވާ ހިފަހައްޓާލައިގެނެވެ. ▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪▪ “ދަރިފުޅާ….” އަނގައިން ބަސް ހުސްވެފައިވާފަދަ ގޮތަކަށް ނާހިދުއަށް ބުނެލެވުނެވެ. އައިރީން އިއްބާންއަށް ބަލާލަމުން ލޫންއަށް އޭނާގެ ނަޒަރު އަމާޒުކޮއްލިއިރު އެދެލޮލުން އެކައްޗެއްވެސް ދޭހައެއްނުވިއެވެ. އެމޫނުމަތިން ފެނުނީ ކަމަކާ ވިސްނާކަހަލަ ކުލަވަރެކެވެ. އޭރު ޝާހިދުމެން ތިބީ އިއްބާން ލޫންއަށް ނުފެންނަ ވާހަކަ ނާހިދުމެން ކައިރީގައި ނުބުނުމުން ފުދޭވަރަކަށް ހިތްހަމަނުޖެހިފައެވެ. “ބައްޕާ…މަންމާ…….” […]
[ވީރާނާވެފައިވީ ޙަޔާތް މަގޭ – 13ވަނަ ބައިގެތެރެއިން] “ޝާހިދު… މިއީ ހަމަ އެ މަންޖެތަ؟” އަންހެންމީހާ، އަހަރެންގެ މޫނުން ނަޒަރު ވަކިކޮށްލަމުން، ޖަވާބަކަށް އެދި ބޮޑުބޭބެގެ މޫނަށް ބަލާލިއެވެ. ބޮޑުބޭބެ، އާއެކޭ ބުނުމުގެ ގޮތުން ބޯ ޖަހާލުމުން، އަނެއްކާވެސް އަހަރެންގެ މޫނަށް ބަލާލިއެވެ. އެ އަންހެންމީހާގެ ދެލޯ ފެންކަޅިވެފައިވީގޮތުން، އަހަރެންވެސް ހުރީ ބުނާނެ އެއްޗެއް ނޭންގިފައެވެ. މަޑުމަޑުން ހިނގާފައި އައިސް އަހަރެންގެ ކުރިމައްޗަށް ހުއްޓުނެވެ. މި އަންހެން މީހާގެ ސަމާލުކަން އަހަންނަށް ލިބުނުގޮތުން، ކަންބޮޑުވެފައި އަހަންނަށް ފަހަރަކު […]
ފޯނު ސްކްރޯލް ކުރަމުންދިޔަ އިކާންގެ ހަރަކާތްތައް ފެނުނު ފޮޓޯއަކުން ކުއްލިއަކަށް ހުއްޓުނެވެ. ފުރަތަމަ ސިކުންތުގައި ދެލޯ ބޮޑުވެގެން ދިޔައިރު އިކާންގެ މޫނު މަތީގައިވީ ގަބޫލުކުރަންދަތިވެފައިވި އަސަރުތަކެކެވެ. އެދެލޮލުގައި އެތައް ޝަކުވާއެއްވީއިރު މަޑުމަޑުން ދެބުމަ ގޮށްޖެހެމުން ގޮސް އެދެލޮލުގައިވި އަސަރު ރުޅިއަށް ބަދަލުވަމުން ދިޔައެވެ. އޭރު އަތުގައިވި ފޯނަށް ހިނދެއް ހިނދަކަށް ދިޔައީ ބާރުވަމުންނެވެ. ފޯނުގައިވި ތަސްވީރަށް އިރުކޮޅަކު ބަލަން އިނުމަށްފަހު އިކާން އޭނަގެ ފޯނުގެ ކޮންޓެކްޓްސް ހުޅުވާލާ ދިގު ނަންބަރަކަށް ޑައިލްކޮށްލިއެވެ. އޭރު އެމޫނު މަތީގައިވީ އިންތިހާ […]
ކުއްލިޔަކަށް ބޮލަށްއެރި ތޫނު ތަދަކާއެލު ކަނޑާ ވައްޓާލި ރުކެއްހެން އައިރާ ޕޭވްމެންޓް މައްޗަށް ވެއްޓުނުއިރު އެ މަންޒަރު ބަލަންހުރި ޒުވާނާއަށް އެދިމާލަށް ދެވުނުގޮތެއްވެސް ނޭނގުނެވެ. _______________________________________________ އައިރާ ކައިރީގައި އިށީންނަމުން އައިރާގެ ބޯ އެ ޒުވާނާގެ ފައިމަތީގައި ބާއްވާލަމުން އެ ޒުވާނާ އައިރާގެ ކޯމަތީގައި މަޑުމަޑުން ޖަހާލިއެވެ. މަޑުމަޑުން ލޯ ހުޅުވާލިއިރު އައިރާއަށް މަންޒަރުތަށް ފެނުނީ ފުސްކޮށެވެ. ދެފަހަރު އެސްފިޔަތަށް ތަޅުވާލުމާއެކު މަންޒަރުތަށް ރީތިކޮށް ފެންނަށް ފަށައިފިއެވެ. އެ ޒުވާނާ ފެނުމާއެކު އައިރާއަށް ތެދުވެވުނު ގޮތެއްވެސް ނޭނގުނެވެ. […]