Esfiya - Dhivehi Vaahaka Site
  • އިތުރު
    • އެހެނިހެން
    • ހަޤީޤީ
    • ހިތާމަ
    • ދީނީ
    • މަޒުމޫނު
    • ޅެން
    • މަޖާ
    • ލޯބި
    • ބިރުވެރި
  • އެސްފިޔަ
    • އެސްފިޔަ ޕްރޯ
    • ޤަވާއިދު
    • އިސްތިހާރު ކުރެއްވުމަށް
    • ގުޅުއްވުމަށް
    • މަގޭ ވާހަކަތައް
    • ★ޕޮއިންޓްސް★
  • ލޮގިން
  • ރެޖިސްޓަރ
  • އެހީ
  • ސީރީސްތައް
  • ފުރަތަމަ ޞަފްހާ
ހިތާމަމަޖާލޯބި

މޮޔަ ހިތް މަގޭ… (ދެވަނަ ބައި2)

lilly Level 510 Stories100 Comments100 Login500 Comments
October 14, 2019 5 Mins Read
32 Comments

ހިތުގެ ތެޅުން އަވަސް ވިއެވެ. އަހަރެންގެ  ކުރިމަތީގައި  ހުރި އިންސާނާ އާ ދިމާލަށް ފޫހި ކަމެއް ނެތި ބަލަން ހުރެވުނެވެ…ކުރި މަތީގައި ހުރީ ރައިހާން ނޫން ދެވަނަ މީހެއްނޫނެވެ. އަހަރެންނަށް ހޭވެރިކަން ވެ ހިޔާލީ ދުނިޔެއިން މިންޖުވީ ރައިހާން ފުއްޓައްކެއް ޖަހާލުމުންނެވެ. ބަލަން ހުރެވުނު ގޮތް އަދި އަހަރެންނަށް މި ރޭކާލީއެވެ. ތަންކޮޅެއް…… ލަދުވެސް ގަތެވެ. ނަމަވެސް އެކަން މޫނުމަތިން ނުދެއްކޭތޯ ބެލީމެވެ. “މައިއްކޮ ކޮންއިރަކުތަ މިކޮޅަށް އައީ..” ރައިހާން އަވަސް އަވަހަށް އެހެން އަހާލަމުން ކޮޓަރި އަށް ވެންނިއެވެ. މީ އަހަރެންނަށް ރައިހާން ފެނުނު ފުރަތަމަ ފަހަރެއް ނޫނެވެ. ރައިހާން އަކީ ލަޔާ ގެ ކަޒިން އެކެވެ. ރައިހާން އާއި ހައިޝަމް ތުއްތު އަކީ ވަރަށް ގާތް 2 އެކުވެރިންނެވެ. އަހަރެން މާވަށުގައި އުޅުނު އިރު ރައިހާން ގޮވައިގެން ތުއްތް ވަރަށް………… ގިނައިން …….އަހަރެމެން ގެއަށް ވެސް އަންނާނެއެވެ. އަހަރެންނަށް އާއިލާ މީހުން ލޯބިން ކިޔާއުޅެނީ މައިއްކޮއެވެ. ހައިޝަމް ތުއްތު ވެސް އަހަރެންނާ ދިމާލަށް އެހެން ކިޔާތީ ރައިހާން އަށްވެސް ކިޔަން އާދަވެފައިވަނީ އެގޮތަށެވެ. އާއިލީ ގޮތުން މާ ބޮޑު ގުޅުމެއް ނެތަސް ރައިހާން އަހަރެން ދެކެނީ ކޮއްކޮ އެއްގޮތަށެވެ. ނަމަވެސް އަހަރެން މާލެ ބަދަލުވުމުން ރައިހާން އާ އޮތް ކުޑަ ކުޑަ އެކުވެރިކަންވެސް ވަނީ ހީނަރުވެ، ބީރައްޓެހި ކަމަށް…… ބަދަލުވެފައެވެ. 3 އަހަރު ދުވަހަށް ފަހު އަހަރެންނަށް ރައިހާން ފެނުނު މީ ފުރަތަމަ ފަހަރެވެ. އޭނާ އަށް ވަނީ ވަރަށް ބޮޑެތި ……ބަދަލު ތަކެއް އައިސްފައެވެ. ހަންގަނޑުގެ ކުލަ ދޮންވެ ހަށިގަނޑު ބިޔަ ވެފައެވެ. ޑްރެސިން ޓޭބަލް ކާރީ ހުރި ގޮނޑި އެއްގައި އިށީންދެގެން އިން ރައިހާންގެ ކަސްރަތީ ހަށިގަނޑަށް ބަލަން އަހަރެންނަށް އިނދެވުނެވެ. އެ ފިރިހެން ވަންތަ މޫނުގެ ކޮންމެ ގުނަވަނެއްވެސް ފަރުވާތެރި ކަމާއެކު ސްކޭން ކުރެވުނެވެ. “މައީ……… ބުރުގާ އަޅަން ދޭބަލަ އަވަހަށް ނޫނީ މިތަނުން ޖަންގިޔަލެއް ބޮލަށް އެރުވާ ދޭންވީތަ އަހަ އަހަ އަހަ” އަހަރެން ކުއްލިއަށް ސިހުނެވެ. އަހަރެން ކޮޓަރި ތެރެއަށް ނަޒަރު ހިންގާލިމެވެ.. ރައިހާންގެ ފަހަތުން ކޮޓަރިއަށް ވެންނި ދެތިން ފިރިހެނުން ވެސް ތިއްބެވެ. އަހަރެން ބާރަށް ދުވެފަ ގޮސް ފާހަނައަށް ވަދެ ބުރުގާ އެޅީމެވެ. އަހަރެެންނައް އަދިވެސް….. ވާނުވާނޭނގޭތީ މޫނު ދޮވެލީމެވެ. ދެތިން ހަތަރު ފަހަރު މޫނު ދޮވުމަށް ފަހު އަހަރެން ފާހަނައިން ނިކުތީމެވެ. ” މައީ.. އާދެބަލަ މިތަނަށް .. ކިހިނެއް ވެފާތަ ތިހުރީ.. މިތިބީ އަހަރެންގެ ބޭބެ މެން ކަހަލަ ބައެއް.. އިންޓްރޯޑިއުސް ކޮއްދޭނަމޭ” ލަޔާ ބުނެލިއެވެ. އަހަރެން ވެސް ލަސްކުރުމެއްނެތި ލަޔާ ލަޔާގާތަށް ދިޔައިމެވެ. ރައިހާން …….އާއެކު އައި ދެމީހުން ތައާރަފު ވެލިއެވެ. އަހަރެންވެސް ނަން ބުނެލީމެވެ. އަލީ އަކީ ސަކަރާތްގަދަ މިޒާޖެއްގެ މީހަކަށް ވުމުން އަހަރެމެން ދެމީހުނެގެ އެކުވެރިކަން ބަދަހިވުމަށް  މާގިނަ އިރެއްނުނެގިއެވެ. އެރޭ އެންމެންވެގެން ނޫޑްލިސް ކައްކައިގެން ކައި އެތަކެއް ސަކަރާތެއް ޖެހީމެވެ. މާލަސް ވުމުން އަހަރެން އެމީހުނަށް އަލްވަދާއި ކިޔާފައި ގެއަށް ދާން މިސްރާބު ޖެހީމެވެ. ގެއަށް ވެންނި ތަނުން ކާފަ ފަތިވަރު ދަމަން ފެށިއެވެ. “ދަރިފުޅާ މައިޝާ ކާފަ އަބަދުވަސް ބުނަމެއްނު ތީ އަންހެން ކުއްޖެކޭ.. އަންހެން ކުދިން ރޭގަނޑު ބޭރުގައި އުޅޭކަށް ނުވާނޭ..” ކާފަ އަބަދުވެސް ކުރާ ޝަކުވާ ކުރަމުން ދިޔައެވެ.ޗުއްޓީ ތަކުގައިވެސް އަހަރެން މާވަށަށް ނާންނަ އެއް ސަބަބަކީ މިއީއެވެ. ކާފަ ވަރަށް ގަވައިދު ބޮޑުވާނެއެވެ.  ކާފަ ބުނި ކޮންމެ އެއްޗަކަށް އަހަރެން ކިޔަމަންތެރިކަމާއެކު ބޯޖަހަމުން ……..ދިޔައީމެވެ. އެއީ ކާފަ ކުރިމަތީގައި އެއްޗިސް ކިޔަން ނުކެރޭތީއެވެ. ކާފަ ކިޔާއެއްޗެއް ކިޔާނިމުމުން އަހަރެން ގޮސް….. ކޮޓަރިއަށް ވެންނީމެވެ. ގައި ދޮވެލައިގެން އައިސް ކިންގް ސައިޒް އެންދުގައި އޮށޯވެލީމެވެ. އަހަރެންގެ ސިކުނޑި ….ހީވަނީ މަސަތްކަތް ނުކުރާހެނެވެ. ސިފަވަނީ ހަމަ އެންމެ ކުރެހުމެކެވެ. ބަލަން ބޭނުންވަނީ އެންމެ ސޫރައެކެވެ. މިރޭ ރައިހާން ފެނުނު ގޮތް ސިކުނޑީގައި ކުރެހެމުން ދިޔައެވެ. މިހެން ……ހިޔާލު ތަކުގެ ތެރޭގައި ގެނބެނިކޮއް އަހަރެންނަށް ނިދުނެވެ. ވަށައިގެން ވަނީ މާ ބަގީޗާތެކެކެވެ. އަހަރެން ދިޔައީ ކުރިމަތީގައި އޮތް ހަނި މަގަކުން ހިނގަމުންނެވެ. މަގުގެ ދެފަރާތްވަނީ …….މާމެލާމެލިން ޖަރީކުރެވިފައެވެ. އަހަރެން ފަރާތް ފަރާތް ބަލަމުން ދަނިކޮއް ކުރިމަތީގައި އޮތް ބޮޑު ކޯރު ލޮލުގައި އަޅައިގަތެވެ. ކޯރުހުރަސް ކުރާނޭ ގޮތެތް ނޭނގިފަ ހުއްޓާ މީހެއް އަތް ދިއްކޮއްލިއެވެ. އޭނަ ހުރީ ކޯރުގެ އަނެއް ފަރާތުގައެވެ. އޭނާގެ ވިދުންގަދަ މޫނު ފެނުމުން އަހަރެން ކުޑަ ކޮއް ސިހޭ ގޮތް ވިއެވެ. އެެއީ …….ރައިހާނެވެ. އަހަރެންގެ ހިތް  ދުށުމަށް އެދޭ ޖާދުވީ އިންސާނާއެވެ. އޭނަގެ އަތުގައި އަހަރެން ހިފައިފައި ކޯރުގެ އަނެއް ފަރާތައް ދާން އުޅެނިކޮއް އެ ބޮޑު ކޯރަށް އަހަރެން ވެއްޓުނެވެ.އެވަގުތު އަހަރެންނަށް ހަޅޭލަވައި ގަނެވުނެވެ. އަހަރެންނަށް ހޭލެވުނެވެ…… ވަށައިގެން ކޮޓަރިތެރެއަށް ބަލާލި އިރު މަންމަ އާއި ބޯއްތަ އަހަރެންނާ ދިމާލަށް ހާސްވެފަ ބަލަން ހުއްޓެވެ. އަހަރެން ހިންދިރުވާލީމެވެ. ” މައިއްކޮ ހަޅޭލަވައިގަތް އަޑު އިވިމުން ބޯއްތަ މި އައީ ހީވީ ތަނެއްގަ ރޯވިހެން ވިއްޔަ ” ބޯއްތަ ހެމުން ހެމުން ގޮސް ކޮޓަރިން ނުކުތެވެ. ” ޕިސް ޕިސް ސާބަސް ދަރިފުޅަށް މަންމަ ބިރޭ ގަތީ” “އަހަ އަހަ ސޮރީ މަންމާ ނިދީ ތެރޭ އޭ ހަޅޭލެވުނީ” …..މަންމަ ވެސް ކޮޓަރިން ނިކުތެވެ. އަހަރެންނަށް މިވާ ގޮތްނޭނގޭ އިހުސާސް ތަކުގެ ހަގީގަތް ހޯދަން އަހަރެން ބޭނުން ވިއެވެ. އަބަދާއި އަބަދު ރައިހާން ގެ މޫނު އަހަރެންގެ….. ސިކުނޑިތެރޭދައި އެނބުރޭ ސަބަބެއް ނޭނގެއެވެ. ރައިހާން ގެ ނަން އިވޭ އިރަށް އަހަރެން ގެ ހިތުގެ ތެޅުން އަވަސް ވަނީ ކީއްވެ ކަމެއް ނޭނގެއެވެ. އަހަރެން ފާރުގާ ބޮލުން ….ޖަހާލީމެވެ. މާބޮޑު ކަމަކަށް ނަހަދައި އަހަރެން އަވަހަށް ފާހާނަޔަށް ވަނީމެވެ.ފެންވަރައިލަިގެން އަހަރެން ސައި ބުއިމައްޓަކައި ބަދިގެއަށް ދިޔައީމެވެ. އޭރު ތުއްތު އާއި މަންމަ ވެސް… ބަދިގޭގައި އުޅެއެވެ. އަހަރެން ޖޫސް ތައްޓެއް ގިރައިގެން އައިސް ޕާންފޮއްޗެއް ނަގައި އޭގައި ކްރަންޕީ ހާކަމުން ދިޔައީމެވެ. އޭރުވެސް އަހަރެންގެ ސިކުނޑީގައި ފެވެމުން ދިޔައި ރައިހާންގެ ނަމެވެ. ކުރިމަތީގައި ހުރި ގޮނޑިއަކަށް ވެޑުވިފަ…. އިން ހައިޝަމް ތުއްތު ކުއްލިއަކަށް އަޑުން އަޑުނަގާ ހޭންފެށިއެވެ.. “އަޖައިބެންނު ތުއްތޫ އެއްވެސް ކަމަކާ ނުލާ ތިހެނީއޯ.. މޮޔަވީތަ؟ މޮޔަ ގުރައިދޫއަށް ލާދޭންވީތަ” އަހަރެން ވާނުވާ ….ނޭނގޭހާލު ބުނެލީމެވެ. ” ބަލަ ތުއްތު އެއްނޫނޭ ދަރިފުޅެއްނު މޮޔަ ގުރައިދޫ އަށް ލާންޖެހެނީ.. ކޯޗެއްކާނެކަމަށްތަ ތިއުޅެނީ” އަހަރެންގެ މަންމަ ހިނިގަނޑު ކޮނޓްރޯލް ކުރަން މަސަތްކަން ކުރަމުން ބުނެލިއެވެ. އަހަރެން އަތަށް ބަލާލީމެވެ. އޯށިޓް……..އަހަރެން އިނީ ލާން ގެންގުޅޭ ފައިވާނުގައި ކްރަންޕީ ހާކާށެވެ. އެވަގުތު އަހަރެން އަމިއްލަ ނަފްސަށް ސުވާލުކުރެވުނެވެ.. މައިޝާ އާޔޫ ކްރޭޒީ……………………. އަހަރެން ބާރަށް ދުވެފައި ގޮސް ކޮޓަރިއަށް ވެންނީމެވެ. މަންމަ މެން ހޭއަޑު ކޮޓަރިއާ ހަމައަށްވެސް އިވެއެވެ. އަހަރެން ކުޑަކޮއް ލަދުގަތެވެ. ކޮޓަރީ ފާރުގައި ހުރި ގަޑިއަށް އަހަރެން ނަޒަރު ހިންގާލީމެވެ. 8 ޖަހަން 2 މިނެޓަށް ވަނީއެވެ. ލަޔާ މެނާއެކު މަޖާ ހަދައިގެން 30-8 ކަންހާއިރު މޫދައް އެރެން ދިއުމަށް ވަނީ ހަމަޖެހިފައެވެ…އަހަރެން ހަނދާންވީ ހަމަ ދެންމެގައެވެ. ދޫ ހަރުވާޅަކާއި އަތްދިގު ކަޅުކުލައިގެ މަތި ކޮޅެއް ލައިގެން މޫދަށް ދިއުމަށް އަހަރެން ތައްޔާރު ވެލީމެވެ. މަންމަމެން އަދިވެސް ބަދިގޭގައި….. ތިބުމުން ކޮޓަރިން ނިކުމެ ..މި ދަނީ ލަޔާ މެނާ އެކީ މޫދައްއެރެންށޭ ބުނެފަ އަހަރެން ރޮކެޓެއްހެން ބާރު …..ސްޕީޑެއްގައި ތެޅެމުން ފޮޅެމުން ގެއިން ނިކުތީމެވެ. މަޑު ހިނގުމެއްގައި އަތިރި މައްޗާދިމާލަށް މިސްރާބު ޖެހީމެވެ. މަގުމަތިން  ދާ މީހުންގެ ނަޒަރު އަހަރެންނަށް ހުއްޓެމުން ދިޔައެވެ..  އަހަރެން އެކަމަށް މާ ބޮޑު ސަމާލު …..ކަމެއް ނުދެމެވެ.  ފިނި ވައިރޯޅިތަށް އަހަރެންގެ ގައިގައި ބީހެމުން ދިޔައެވެ. އަހަރެންގެ ސިކުނޑި އަނެއްކާވެސް ……ރައިހާން ގެ ……ހަނދާންތައް އަހަރެންނަށް އާކޮށްދޭން ފެށިއެވެ. މޫދަށް އެރެން ދާއިރު ރައިހާންވެސް އެތާގައި ހުނަނާނެ ކަމަށް އަހަރެންގެ ….ހިތް ބުނަމުން ދެއެވެ. އަތިރިއާ ކައިރިވާ ވަރަކަށް އަހަރެންގެ ހިތުގެ ތެޅުން އަވަސް ވިއެވެ….. އަހަރެންގެ ސިކުނޑި އާއި ހިތް ކުޅެމުން މިދާ ގޭމު ގެ ތެރޭގައި އަހަރެން އަޅަންވި  ފިޔަވަޅެއް ބަލާނެ ދިމާލެއް ނެތިފަ ހުންނަ ކަހަލައެވެ. އަތިރީގައި ހުރި އައްޓެއްގައި ލަޔާ އިންތަން ފެނުމުން އަހަރެން ބާރު ހިނގުމެއްގައި ….އެތަނަށް ދިޔައީމެވެ. ލަޔާ އަށްް އަހަރެން ފެނުމުން ހައި ޖަހާލިއެވެ. ލަޔާ ދެލޯ ބޮޑު ކޮށްގެން ހުރެ އަހަރެންގެ ފަޔަށް ބަލަން ހުރިއެވެ. “އަހ އަހ ކިހިނެއްވީ މަގޭ ފައި ރީތީތަ ތިހާވަރަށް ތި ބަލަނީ ” އަހަރެން ބުނެލީމެވެ. ވަގުތުން ލަޔާ ހިނިގަނޑު ފަޅައިގެން ދިޔައެވެ. “އޭ މައީ ތީ އާ ފެށަނެއްތަ … އަހަރެންނަކަށް އަދި އެނގިފައެއް ނެތް ތިހެން މީހުން ފައިވާނަށް އަރާ ކަމެއް ” އަހަރެންގެ ފަހަތުން އައި ކުރީގެ ކުލާސް ކުއްޖެއް ކަމައްވާ  ރުއާ ހެމުން ހެމުން އަހަރެން ނާ ދިމާލަށް ބުނެލިއެވެ. ރުއާ ބުނީ ކީކޭކަން ސާފުނުވުމުން އަހަރެން ފަޔަށް ބަލާލީމެވެ…… ވަގުތުން އަހަރެންގެ ދެބުމަ ގޮށް ޖެހުނެވެ. އަހަރެން ހުރީ އެއްފައިން ހައި ހީލް އަކަށް އަރަިގެނެވެ .އަނެއްފައިން ނައިލޯނު ފައިވާނާނަކަށް އަރައިގެނެވެ.މަގުމަތިން ދިޔަ އިރުމާގިނަ..މީހުން އަހަރެންނާ ދިމާލަށް މާ ވަރަކަށް ބެލި ސަބަބު އަހަރެންނަށް މި އެނގުނީއެވެ. އެވަގުތު އަހަރެންނާ ދިމާލަށް ބަލަން ހުރި ރައިހާން އަހަރެންގެ ލޮލުގައި އަޅައިގަތެވެ. ރައިހާން އަށްވެސް އެ މަންޒަރު ފެނުނު …..ކަން އަހަރެންނަށް ޔަގީންވުމުން .. ގަތް ލަދުންނާއި ވީ ދެރައިން ދެ ލޮލުން ކަރުނަ އޮހޮރޭ ހާލު އަހަރެން ދުއްވާގަތީމެވެ. ….ބާރު ދުވެއްޔެއްގައި އައިގޮތަށް އައިސް ކޮޓަރިއަށް ވަދެ ބާލިހުގައި ބައްދާލައިގެން ހިތް ފުރޭވަރަށް ރޯލީމެވެ. މެންދުރު ނަމާދަށް ބަނގި ގޮވާ އަޑު އިވުމުން އަހަރެން އަވަސް އަވަހަށް ފެންވަރައިގެން ނަމާދު ކޮއްލީމެވެ. އަހަރެން އަނެއްކާވެސް އެނދުގައި އޮޝޯވެލީމެވެ. ވިސްނާލެވުނެވެ. ރައިހާންް އާ ދިމާވިފަހުން އަހަރެންނަށް އެއްކަމެއްވެސް ރަނގަޅަކަށް ނުކުރެވެއެވެ. އަހަރެން އޭނައަށް ހާއްސަ ސަމާލުކަމެއް ދެވެނީ ކީއްވެ ބާއެވެ. އޭނާގެ ކުރިމަތީ ލަދުގަންނަ ….ކަމެއް ވުމުން ލޮލުން ކަރުނަ ފައިބަން ވީ ކީއްވެ ހެއްޔެވެ. އެެެއީ ކާކު ހެއްޔެވެ؟ އަހަރެންނަށް މިވަނީ ކިއްބާއެވެ. އަހަރެން އަމިއްލަ ނަފްސާ އެތަކެއް ސުވާލެއް ކުރެވުނެވެ. ނަމަވެސް ޖަވާބެއް ނުލިބުނެވެ…. އަހަރެން ސިޓިންރޫމް އަށް ނިކުމެލީމެވެ. މާމަ އިނީ ޓީވީ އިން ދައްކާ “ލޯއްބަކީ ކޮބާ” ކިޔާ ޕްރޮގްރާމެއް ބަލާށެވެ. އަހަރެންވެސް މާމަ ކާރީ އިށިންދެލީމެވެ.. “މާމާ އާއި ކާފަގެ ލަވް ސްޓޯރީ ކިޔާދީބަލަ ” އަހަރެން ލޯބިވާ މާމަ ގައިގާ ބައްދާ ލަމުން ބުނެލީމެވެ.” އަހަ އަހަ ދަރިފުޅާ އަނެއްކާ ކިހިނެއް ވީތަ ދަރިފުޅަށް ކުއްޖެއް ދެކެ ލޯބި ވެވުނީތަ” މާމަ ސަމާސަ ރާގަކަށް ބުނެލިއެވެ. “ނު..ނު..ނޫނޭ މާމާ އަހަރެންނެއް ނޫން އަހަރެންގެ ރައް….ޓެހި…ހި ކުއްޖެއް ބުނެގެން އެއީ” އަހައަހަ އެހެންތަ އެހެން ވެއްޖިއްޔާ ތި ރައްޓެހި ކުއްޖާގެ މައްސަލަ އަކީ ކޮބާ؟ މާމަ ގާތުގަ ބުނެބަލަ” މާމަ ގެ ތުންފަތަށް ލާނެއް ހިންޏެއް އައެވެ. “އެ ކުއްޖާއަށް އަބަދު އެ ފިރހެން ކުއްޖާއާ މެދު ވިސްނެނީ ، އެ ކުއްޖަޔާ ދިމާވިފަހުން އެއްކަމެއްވެސް ރަނގަޅަކަށް ނުކުރެވޭ.. އަހަރެންގެ ހުވަފެނުން ވެސް ..އަނެއް މިބުނީ ރައްޓެހި ކުއްޖާގެ ހުވަފެނުންވެސް އަބަދު ފެންނަނީ އެ ފިރިހެން ކުއްޖާ….” އަހަރެން ބޮލުގައ އަތް ކާތާލަމުން ކިޔާދިނީމެވެ. ” ތިހެން ވެއްޖިއްޔާ މައިއްކޮ އަށް ތިހިރީ ރަނގަޅަށްވެސް ލޯބިވެވިފަ..” މާމަ އަހަރެންގެ ދެލޮލަށް ބަލާލަމުން ބުނެލިއެވެ. ” އަޅޭ ނޯ… އަސްލުވެސްތަ މާމާ…. އޭ މާމާ މައިއްކޮ އެއް ނޫނޭ މައިއްކޮ ފްރެންޑޭ…. ” އަހަރެން ބޭޒާރު ވިކަން އެނގުމުން ލަދުން  އިސްޖަހާލީމެވެ. މާމަ ހޭންފެއްޓިއެވެ. އަހަރެން ދުވެފައި ގޮސް ސިޓިންރޫމް އިން ނިކުތީމެވެ. އިރުކޮޅެއްނުވެ އަނެއްކާ ސިޓިންރޫމް އަށް އައިސް މާމައިގެ ގައިގައ ބާރަށް ބައްދާލައިފައި ދިޔައީމެވެ. މާމަ…. ހިނިތުންވަމުން ބޯހޫރާލިއެވެ…..އަހަރެން ކުރި ބެލުމެއްނެތި ބާރަށް ދުވަނިކޮއް ކުރިމަތީގަ ހުރި މީހާގެ …މޭމަތީގައި ޖެހި ބިންމައްޗައް ވެއްޓުނެވެ…………………..

މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.

Share Article

Follow Me Written By

lilly

Level 510 Stories100 Comments100 Login500 Comments

?just a girl tht hides a thousand ?feelings behind the happiest smile?.. ✨i just love to read n write storiess.?. n share the best? n worst? memories with u guyss..?? feel free to tell me anything..?? will always love u guyss??

Other Articles

Previous

ކަރުނައިން ފުރުނަސް

Next

ދެން ހަދާނީ ކިހިނެތް؟

Next
October 14, 2019

ދެން ހަދާނީ ކިހިނެތް؟

Previews
October 14, 2019

ކަރުނައިން ފުރުނަސް

32 Comments!

  1. Ma says:
    October 14, 2019 at 9:54 pm

    Abadhu aha aha

    1. gurlll says:
      October 15, 2019 at 12:04 am

      ??

  2. gurlll says:
    October 15, 2019 at 12:06 am

    hurihaa kiyun therinnnah ..vv bodah sorry vaahakage second part thankolheh lahun upload veethee….

  3. Kairaa says:
    October 15, 2019 at 6:40 am

    Vvvvvvv reethi mi part vx……????????????

    1. gurlll says:
      October 15, 2019 at 2:03 pm

      thank u soo much kaii hope u guys will always support me like this❤❤❤

    2. Kairaa says:
      October 15, 2019 at 2:47 pm

      Yes…..we will always support you….????????????????????????

  4. kimkimtaetae? says:
    October 15, 2019 at 7:27 am

    OMG…..mi part vx varah salhi…….??????????
    ….i like this part so so so so so so much…. Curiously waiting for nxt part ….. And whn is next part dear???…..

    1. kimkimtaetae? says:
      October 15, 2019 at 7:29 am

      And i am a big fan of this story and you……… Lysm ??????

    2. gurlll says:
      October 15, 2019 at 2:04 pm

      thank u soo muchh .. i will try my best to upload next part soon…. ❤

  5. kimkimtaetae? says:
    October 15, 2019 at 7:29 am

    And i am a big fan of this story and you……… Lysm ??????

    1. gurlll says:
      October 15, 2019 at 2:05 pm

      thankxx again n lymm ❤?

  6. ? KPOP LOVER ? says:
    October 15, 2019 at 2:52 pm

    Mi part vx varah salhi….lysm…..best story ever read….big fan of you….????

    1. gurlll says:
      October 16, 2019 at 5:41 pm

      Thank u soooo much❤️❤️❤️

  7. Lamko says:
    October 15, 2019 at 3:01 pm

    Ohh im speechless… Hama habeys ❤️❤️❤️❤️mi part vx varah reethi

    1. gurlll says:
      October 15, 2019 at 6:16 pm

      Thank u Soo much lamkoo❤️❤️

  8. ޖަނާ says:
    October 15, 2019 at 4:43 pm

    Geyah venni thanaa eh noon .. geyah vaii thanaa

    1. gurlll says:
      October 16, 2019 at 5:44 pm

      Ohh thanks for telling…my mistakes ?

  9. Maisha maii says:
    October 15, 2019 at 7:24 pm

    Wow?… Varah reethi mi bai vx❤????.. Waiting for next part???

    1. gurlll says:
      October 16, 2019 at 5:46 pm

      Thankooo maiii ❤️

  10. Aisher❤️❤️❤️ says:
    October 15, 2019 at 9:45 pm

    Alheyyyy haadha reehchey mi part ves ❤️❤️❤️.. and I will waiting for the next part.. gurlll ge mi stry Aisher yah V rythi..❤️❤️❤️❤️❤️

    1. gurlll says:
      October 16, 2019 at 6:36 am

      Thank u Aisha ❤️❤️

  11. malsamalkkomal says:
    October 15, 2019 at 11:01 pm

    Omg…habys mi part ves..whn next..?..waitingg.varah curious vehje dhn vaa gotheh balailaahithun..lve ya.♥❤.

    1. gurlll says:
      October 16, 2019 at 5:42 pm

      Thank u soooo much❤️❤️❤️ will upload next part soon …

  12. Shy-her says:
    October 16, 2019 at 8:09 am

    V reethi mi part vx…. Can’t wait fr nxt……. ???

    1. gurlll says:
      October 16, 2019 at 1:22 pm

      Thank u shyher❤️❤️

  13. mal says:
    October 17, 2019 at 4:30 pm

    dhen oi bai kon irakun upload kuraany????
    also btw love this story its awesome……

    1. gurlll says:
      October 18, 2019 at 12:39 pm

      As sooooon as I can

  14. Lamko says:
    October 17, 2019 at 4:49 pm

    Anytime dear gurll?i will support u ???

  15. ?Dhona? says:
    October 17, 2019 at 8:12 pm

    ???? this is amazing deary??????♥️♥️♥️♥️♥️??????? #love it , curiously waiting 4 the nxt part…v avahah upkohladheychey plxplxplx..????♥️♥️♥️???????

    1. gurlll says:
      October 17, 2019 at 9:26 pm

      Thank u dhona❤️❤️..

  16. gurlll says:
    October 18, 2019 at 8:14 pm

    Guysss I have submitted the third part of this story …just now .hope u guys will like it ?❤️

  17. Likey says:
    November 1, 2019 at 11:54 am

    Woowwww??

Comments are closed.

Next Episodeމޮޔަ ހިތް މަގޭ… 3←


All Right Reserved!