އައިނާ 12 (ބާރަވަނަބައި)
އިސާހިތަކު ލޮލުން ކަރުނަ ނިރާލީ އެދުވަސްތަށް ހަނދާން ވުމުންނެވެ. ހުރިހާ އިހްސާސެއް އެއްވެ ރުޅި އިސްކުރަން ނެގީ މަދު މިނިޓު ކޮޅެކެވެ.
***
“އޭތް!! އަޝޫ ހިނގާ ބަލަ އަހަރެން ގެއަށް ލައިދޭން.. ރީމް ނުދާނަންތަ؟” އައިނާ އަޝްހާ ކައިރީ ބުނެލުމަށްފަހު ، އޮޅުން ފިލުވާލީ ރީމާ ގެއަށް ދޭތޯއެވެ. “އާން.. އަހަރެން ދާނީ ނަވްޝާ ކައިރިއަށް ވަދެލާފައި. އެއީ ވެސް އަހަރެންގެ ބެސްޓް ފްރެންޑެއްނު؟ އަދި އޭނަ އަށް ވެސް މިފްރެންޑް ޝިޕް އަންގަންޖެހޭނެ. ނަވްޝާ މި ގުރޫޕައް ވަދެއްޖިއްޔާ އައިނާ އާއި ދިމާ ކުރުން އެއްކޮށް ހުއްޓޭނެ. މިހާރު ވެސް ކުދިން ވަރަށް އައިނާ އާއި ބުލީ ނުކުރެ.. ދޯ؟؟” އައިނާ ލޮލުން ވެއްޓުނު ކަރުނަ ރީމާ އާއި އަޝްހާ އަށް ފެނުމުގެ ކުރިން ފުހެލިއެވެ. އެއީ ދެރަވެގެނެއް ނޫނެވެ. އުފަލުގެ ކަރުނައެވެ. “ހައު ކޭން އައި ތޭންކްޔޫ؟؟؟” އައިނާ ރީމާ ކުރެ އަހާލިއެވެ. “ނޯ!!!!!!! އަނާ ނުޖެހޭނެ އަހަރެންނަށް ޝުކުރު އަދާ ކުރާކަށް.. ތީ އަހަރެންގެ މުޅި ލައިފް ޗޭންޖް ކޮށްދިން މީހަކީ.. ޔޫ އާރ މައި ބެސްޓް ފްރެންޑް.. އަސްލު ޝުކުރު އަދާ ކޮށްފައި މާފަށް އެދެންޖެހޭ މީހަކީވެސް އަހަރެން……” ރީމާ އަނގައިގައި އެއްބައި އޮށްވާ އައިނާ ވާހަކަ ދަށްކަން ފެއްޓިއެވެ. “ނޯ!!!!!!! ރީމް ނުޖެހޭނެ އަހަރެން ނަށް ޝުކުރު އަދި މަޢާފަށް އެދޭކަށް” ރީމާ ބުނެލި ގޮތަށް އައިނާ ވެސް ބުނެލުމުން ތިން ކުދިން އެއްފަހަރާ ހޭން ފެއްޓިއެވެ. “ބައި ދަ ވޭ.. އަހަރެން ދެން ދަނީ.. ބާބާއިއިއިއި” އަތުން ވޭވް ކޮށްލަމުން ރީމާ ބުނެލިއެވެ. ރީމާ މިހެން ކިޔާފައި އައިނާ އާއި އަޝްހާ އާއި އެކު ބޭރަށް ނިކުތެވެ.
***
“ކީއްކުރަން؟؟!! ހަމަ މިހާރު ދޭ.. އަދިވެސް އަނީލް ، އަހަންނަށް ދެވުނު އަނިޔާ ކުޑަވެގެންތަ މިރަށަށް އައީ.. މައްސަލައެއް ނެތޭ މިރަށަށް އަޔަސް.. އެކަމަކު މިގެއަށް ތިވަނީ ކާކުގެ ހުއްދަ އާއި އެކު؟؟ ދޭ.. މި ބުނީނު ދާށޭ……. އަޑެއްނީވޭތަ؟؟؟ ހަމަ މިހާރު މިވަގުތު މިގެއިން ނިކުމޭ!!!” އިސްރާ މިހެން ބުނީމައި ވެސް އަނީލް އަޅާ ވެސް ނުލާ ގޮސް ސިޓިންގ ރޫމް ގޮތަށް ބޭނުންކުރާ ނައިގައި އިން ސަރަންފީއެއްގައި އިށީންދެފައި އިސްރާ އަށް ބަލާލިއެވެ. “އިސްރާ އަހަރެން މި އައީ ވާހަކައެއް އަހާލަން ވެގެން.. މިތާ އިށީންދޭ!” އިސްރާ އަށް ބަލާލާފައި އަނީލް އިސްރާ ނުއިށީން ނާނެކަން އެނގުމުން ، ތެދުވެ އިސްރާގެ އަތުގައި ހިފާ އިށީންދުވާން އުޅުމުން ، ޝަހާދަތް އިނގިލި ދިއްކޮށްފައި ބުނެލިއެވެ. “އަތް ނުލާތި…… އަނީލް އަށް އެއްވެސް ޙައްޤެއް ނޯންނާނެ އަހަރެން ގައިގައި އަތް………….” މިހާ ހިސާބަށް ބުނެވުނު ތަނާ އަނީލް އިސްރާ އަށް ކަމެއް ހަނދާން އާ ކޮށްލަދިނެވެ. “އިސްރާ!!! ހަނދާން ނެތުނީތަ؟؟ ނެތިއްޔާ ބުނެފާނަން……. އަދިވެސް… އަދިވެސް ތީ އަހަރެން ގެ އަނބި މީހާ…” އިސްރާ ވިސްނާލި އެވެ. ތެދެކެވެ. އަދިވެސް އޭނާ މިއީ އަނީލްގެ އަނހެނުންނެވެ. އޭނާ އަށް ކިޔަމަންތެރި ވާން ވާނެއެވެ. ވިސްނުން ބަދަލު ވާނެހެން ހީވި ވަގުތު ކޮޅަކަށް ފަހު އިސްރާ ބުނެލިއެވެ. “އަހަންނަށް ހެޔޮ…. އަހަރެންގެ ހުއްދަ އާއި ނުލައި މަގޭ ގައިގައި އިނގިލި ކުރި ވެސް ނުޖައްސާތި… ދޭ… ދުރަށްދޭ..” އިސްރާ ބުނެލިއެވެ.
“އަހަރެން މިއައީ ހަމަ އެއްމެ ކަމެއް އޮޅުން ފިލުވާލަން.. އިރާ ބޭނުމީ ތިގޮތް ކަމަށް ވަންޏާ އަހަރެންގެ އެއްވެސް މައްސަލަ އެއް ނެތް.” އަނީލް ، ‘އިރާ’ އޭ ބުނުމުން އިސްރާ މޫނުލީ އަނެއް ފަރާތަށެވެ. އެއް ދުވަސް ވަރަކު އެނަމުން އޭނާ އަށް ގޮވާލީމައި އުފާ ވިއަސް މިހާރު އަޑު އަހަން ވަރަށް އުނދަގުލެވެ. އިސްރާ ހަށަން ބަނދެލުމުން އަނީލް އަށް އަޑު އަހަން ތައްޔާރަށް ކަން އިނގުނެވެ. “އިރާ ބުނެބަލަ!! އައިނާ އެއީ އަހަރެންގެ ދަރިއެއްދޯ؟؟؟” އިސްރާ ނުވިސްނާ ހުއްޓާ އަނީލް އެކަހަލަ ސުވާލެއް ކުރުމުން ސިހުން ލިބުނެވެ. އިސްރާ ޖަވާބެއް ނުދީ ގިނައިރު ވާން ފެށުމުން އިސްރާގެ ނަމުން ގޮވާލި އެވެ. ދެންވެސް ޖަވާބެއް ނުލިބުމުން އަނީލް ގާތަށް ރުޅި އަންނަ ގޮތް ވިއެވެ. “ޑޭމް އިޓް އިސްރާ!!! ބުނެބެލަ!!!”
“އާން.. އައިނާ އެއީ އަނީލް ގެ ދަރިއެއް.. ތޭރަ އަހަރު… ތޭރަ އަހަރު އެކުއްޖާ ފަކީރު ބައްޕަ ކޮބާހޭ އެހި.. އަހަރެންނަށް ނޭންގޭތީ ޖަވާބެއް ނުދެނީ.. ތޭރާ އަހަރުގެ އައިނާ އަށް އޭރު ނުދިން ލޯތްބެއް ވަކި މިހާރަކު ނުދެވޭނެ. އަދިވެސް އަނީލްތަ ރުޅި އަންނަން ވީ؟؟ އަހަރެން ދޯ ރުޅި އަންނަން ޖެހޭ މީހަކީ؟؟!” އަނީލް ވަރަށް އުފާވި އެވެ. ފުރަތަމަ އައިނާ ފެނުމުން ވެސް ހީވީ އިސްރާގެ ކޮޕީ އެއް ފެނުނު ހެންނެވެ. ނަމަވެސް ، އެބުޅި އިސްތަށިގަނޑާއި އަޅި ލޮލަކީ އޭނާގެ ފަރާތުން ވާރުތަވެފައިވާ އައިނާގެ ރީތި ކަމެވެ. “އިސްރާ އަހަންނަށް މަޢާފު ކުރާނަން ތަ؟؟” އަނީލް އުއްމީދުން ފުރިގެންވާ ރާގަކަށް އަހާލި އެވެ. “ހައް!! މާފޭ؟؟؟؟!!!! އަހަރެން އަނީލް އަކަށް ދުވަހަކުވެސް މާފެއް ނުކުރާނަން.. ހަމަ އެއްމެ ދެމިނިޓު… އެއްމެ ދެމިނިޓު ތެރޭ އަހަރެން ކުރި ހިތާމައާ އުފުލި ވޭން ހަނދާން ނައްތައެއް ނުލެވޭނެ. އަދި ބުނަން.. އަހަރެން ދުވަހެއްގެ ކޮޅުންވެސް އަނީލް އަށް މާފެއް ނުކުރާނަން.. އަދި އެއް ވާހަކަ.. އައިނާ އަކަށް ނޭނގޭނެ އަނީީލް ކިޔާ ބައްޕައަކު ހުރި ކަމެއްވެސް!!..” އިސްރާ ރޮމުން ހުރިހާ ވާހަކަ ތަކެއް ކިޔާދީފައި ހުރި ތަނަށް ތިރިވިއެވެ. އަނީލް ބޭނުންވީ އިސްރާ އަށް އެއަތުގެ ހިމާޔަތް ދޭށެވެ. ނަމަވެސް ، އަނީލް އެ ޙައްޤު އޭނާގެ އަތުން ނިގުޅާގަތީ އެވެ.
އިސްރާ އޭނާގެ ޙާލައް ދޫކޮށްލާފައި ދާން ވެގެން އެނބުރުނު ވަގުތު ، ގެއަށް ވަންނަ ދޮރުކައިރީ ތިބި އައިނާ އާއި އަޝްހާ ފެނިފައި ދިޔައީ ސިއްސައިގެންނެވެ. އިސްރާ އިނީ ދޮރަށް ފުރަގަސް ދީގެން ކަމުން އަދި އައިނާ އެއް އަޝްހާ އެއްވެސް ނުފެނެއެވެ. އައިނާގެ ކޯތާފަތް މަތީ ރޮނގަކަށް ކަރުނަ ފައިބަމުން ދިޔައެވެ. އައިނަ އައި އަޝްހާ ތިބި ގޮތުން އެމީހުން ދެއްކި ވާހަކަ އަޑު އަހައިފި ކަން އިނގުނެވެ. “އައިނާ!!!” އަނީލް އެހެން ބުނުމުން އިސްރާ ދިޔައީ ސިއްސައިގެންނެވެ. އެނބުރި ބަލާލިއިރު އައިނާގެ ލޮލުން ފެނުނީ އަނީލް އާއި އިސްރާ އަށް ޝަކުވާ އެވެ. “ދަރިފުޅާ އައިނާ!!!!…….” އިސްރާ ފުންމައިގެން ކޮޅަށް ތެދުވެފައި ބުނެވުނީ މިހާ ހިސާބަށެެވެ. އައިނާ ދުވެފައި ކޮޓަރިއަށް ވަދުނެވެ. އަޝްހާ ވެސް މިވަގުތު އައިނާ ކައިރިއަށް ދިޔުމުގެ ބޭނުމެއް ނުފެނުނެވެ. އެހެންވެ ، އެތާގައިވެސް މަޑު ނުކުރާން ވެގެން ދޮރު އަށިން ނިކުމެގެން ގެއަށް ދިޔައީ އެވެ. އިސްރާ ވެސް ލިބުނު ހިތްދަތި ކަމުގައި ދުވެފައި ، ކޮޓަރިއަށް ވަދުނެވެ. ދޮރު ލައްޕާލައި ދޮރުގައި ލެގި ލައިގެން ހުރެ މަޑުމަޑުން ހުރިތަނަށް ތިރިވިއެވެ.
އަނީލް ވެސް ހުރީ މިގޮތަށް އައިނާ އަށް ޙަޤީޤަތް އެނގުމުން ދެރަވެފައެވެ. އޭނާ ބޭނުންވީ ތަންކޮޅެއް ހަމަޖެހިލައިގެން ބުނާށެވެ. ނަމަވެސް ، އައިނާ އަށް މިހާރު އެއެނގުނީތައެވެ. ދެން މައްސަލައެއް ނެތެވެ. އައިނާ ކޮޓަރިއަށް ވަދެފައި އެނދުމައްޗައް ވެއްޓިގަތެވެ. ބަންޑުން އޮވެ ހިތް ފުރޭ ވަރަށް ރުޔެވެ. އޭނާގެ ބައްޕަ އަކީ ކާކުކަން އިނގުމުން އުފާވި އެވެ. ނަމަވެސް ، ބައްޕަކުރި މަތީގައި މަންމަ ރޮއެފައި ވާހަކަ ދެއްކި ގޮތުން ހިތުގައިޖެހި އައިނާ އަށް ވެސް ރޮވުނީ އެވެ. މަންމަ އަށް ޓަކައި ހިތް ސާފެވެ. ނަމަވެސް ، ބައްޕަ އެގޮތަށް ކަންތަށް ކުރުމުން ހިތުގައި ޝަކުވާ އުފެދުނެވެ.
އިސްރާ އެގޮތަށް އެތަށް އިރަކު ހުރެފައި ބޭރަށް ނިކުތީ ކާން ހަދާށެވެ. މެންދުރަށް ހެދި ރޯމަހު ރިހަ ކޮޅާއި ބަތެވެ. ދެން ، ބޯން ޖޫސް ކޮޅެއް ގިރާފައި އައިނާ އަށް ގޮވާލަން ދިޔައެވެ. “ދަރިފުޅާ އައިނާ! ދެންތި ދޮރު ހުޅުވަބަލަ.. އާދެ ކާން.. ދަރިފުޅު ނުކަންޏާ މަންމަ ވެސް ހުންނާނީ ނުކައި……” އިސްރާ އެހެން ބުނުމުން އައިނާ ތަންޑު ނަށްޓާލި އަޑު އިވުނެވެ. އަދި ދޮރު ހުޅުވާފައި އިސްރާ އަށް ބަލާވެސްނުލާ ގޮސް ކާމޭޒު ދޮށުގައި އިށީންދުނެވެ. އިސްރާ ވެސް ގޮސް އައިނާ ކުރިމަތީގައި އިށީންދެފައި ކާން ފެށިއެވެ. އައިނާ ވެސް މަޑުމަޑުން ހުރެ ކަމުން ގެންދިޔަ އެވެ. “އައިނާ!.. ދެން ހަމަ މަންމަ އާއި ވާހަކަ ނުދަށްކާ ހުންނާނީ ތަ؟؟” އިސްރާ ދެރަވެފައި އެހެން ބުންޏެވެ. “މަންމަ ކީއްވެ ނުބުނީ؟؟” އިސްރާ އަށް އައިނާ އެބުނި އެއްޗެއް އިނގުނެވެ. “މަންމަ ހިއެއް ނުކުރަން އަނީލް ދެވަނަ ފަހަރަށް އައިސްދާނެކަމަށް.. އެމީހުން ދިޔަތާ ތިންމަސް ނުވަނީސް ޚަދީޖާ ދައްތަ އާއި އިޔާޒު މިކޮޅަށް އައި އަނެއްކާވެސް.. އެކަމަކު އަނީލް އެއް ނާދެ… އެމީހުން ރަށަށް އައިމާ އިނގުނު މުޙައްމަދު ބޭބެ ، ދަރިފުޅުގެ ކާފަ ، އެކްސިޑެންޓެއްގައި ނިޔާވިކަން.. އެމީހުން އެއައި ގޮތަށް މިރަށަކުން ނުދޭ….. މިވީ ތޭރަ އަހަރު ތެރޭ އަނީލް އަންނަން ބޭނުންނަމަ އައިސް.. އެކަމަކު ނާދޭ…” މިހާ ހިސާބަށް ބުނެފައި އިސްރާ ހުއްޓާލި އެވެ. “މަންމާ…. ބައްޕަ ދިޔަ ސަބަބެއް އޮންނާނެ އެއްނު؟؟” އައިނާ ބުނެލިއެވެ. “މަންމަ އަނާ އަށް ތިން އަހަރު ވަންދެން ބައްޕައަށް އިސްތިޒާރު ކުރިން.. އެކަމަކު އެކަންވީ ބޭކާރު ކަމަކަށް.. އެހެންވެ.. އެތިން އަހަރު ތެރޭ އަނީލް އައިނަމަ މަންމަ އަށް ފަހަރެއްގައި ފަސޭހައިން މަޢާފު ކޮށްދެވުނީސް.. ތިން އަހަރަކީ މަދު ދުވަސް ކޮޅެއްނޫން…
އެކަމަކު މިހާހިސާބައް އައިނާ ގެނެސްފަ ތިހުރީ މަންމަ ކުރި މަސައްކަތުން.. ދަރިފުޅުގެ ބައްޕަ ނޯންނާނެ އެއްމެ ކަމެއްވެސް ކޮށްދީފައެއް.. މަންމަ އުޅުނު ހިތްދަތި ޙާލު.. އަނީލް ހަމަ އެއްމެ ފަހަރަކު ބުނެލުމުން ހިތަކުން ނުފިލާނެ.. ޖެހޭނީ މަސައްކަތް ކުރަން.. އެކަމަކު އޭނަވެސް ޖެހޭނެ ފަސޭހަ ނުވާނެކަން ދަންނަން.. އެގަޑީ އެހެން ބުނެވުނަސް ، ކޮންމެސް ދުވަހަކުން މަޢާފު ދެވިދާނެ.. ނެދެވޭނެ އެކޭ މަންމަ އެއް ނުބުނާނަން.. އެއީ ދަރިފުޅުގެ ބައްޕަ.. އެކަމަކު ދެވަނަ ފުރުސަތެއް ދިނުމަކީ ވަރަށް ނާދިރު ކަމެއް.. ދެންދޭ ނިދަން..” މިހުރިހާ އެއްޗެއް ކިޔާފައި އިސްރާ ތަށި ދޮވެލާފައި ކޮޓަރިއަށް ވަދުނެވެ. އިސްރާ ފުރުސަތެއް ނުލިބޭނޭ ބުނުމުން އައިނާ މާޔޫސް ވިއެވެ. މަންމަ އާއި ބައްޕަ އެއްކޮށް އައިނާ އުޅެން ހާދަ ބޭނުމެވެ. އެކަމަކުވެސް މަންމަގެ ވާހަކަ އިން އޮތް ހަނި ފުރުސަތުވެސް ގެއްލުނީ އެވެ. އައިނާ ވެސް މާދަން އެއީ ސްކޫލު ދުވަހެއް ކަމުން އައިނާ ވެސް ކޮޓަރި އަށް ވަދެ ނިދިއެވެ.
***
ހެނދުނު އައިނާ ސްކޫލަށް ދިޔައިރު އަޝްހާ ކުލާހުގައި އިނެވެ. އައިނާ ވަރަށް ނޭނގޭ ކަމަށް ހަދާލާފައި ގޮސް ކައިރީގައި އިށީން ދުނެވެ. “އަނާ!!!؟؟؟” އަޝްހާ ގޮވާލިއެވެ. “ހޫމްމްމް” އައިނާ މަޑުމަޑުން ހޫމް އެއް އަޅުވާލިއެވެ. “އޯހް ގޯޑް އަނާ!!! ނޭނގޭ ކަމަށް ނުހަދަބަ… ވާއު.. އެއްމެ ފަހުން އަހަރެންގެ ދަ ބިގެސްޓް ޑްރީމް ފުރިހަމަވީ.. އަހަރެން ބުނީމެއްނު ވަރަށް ބޭނުމޭ ދައްތައެއް.. އަދި އަނާ ވިއްޔާ ވަރަށް ރަނގަޅު ވާނޭ…. އެއްމެފަހުން އެވީ… އަހަރެންގެ ދައްތަ މައި ބެސްޓް ފްރެންޑް..” އަޝްހާ ދެއަތް ފުޅާ ކޮށްލައިފައި ބުނެލިއެވެ. “އޭން….. އައިނާ އެއީ އަޝްހާގެ ދައްތަ އެކޭ؟؟؟!!!!… ކީކޭ ތިކިޔަނީ……..”
_ނުނިމޭ
މިވާހަކައިގެ ދެންއޮތް އެޕިސޯޑުގެ ލިންކު ކޮމެންޓް ސެކްޝަންގެ ތިރީގައި ވާނެއެވެ.
11 Comments!
Comments are closed.




Wooow bestie.. varah reethi Ma Shaa Allah.. Keep it up..when is next???? Curiously waiting ingey…. Ly…
thnx rifu.. vv avahah… yh kyp waiting
here is the 12th prt of the story.. hope u all will love this prt vv much.. next prt liyevunuhaa avahakah.. kyp waiting…
Varah reethi…Maa sha Allah.Waiting for the next part…
thnx inaa..
Vvvvvvvv salhi…??? But make it alittle long nxt time deary..??? curiously waiting fr the nxt part…. Plx up it as soon as possible ppppplllllllxxxxx!!!!??????????♥️♥️♥️ # keep going???????♥️♥️??????????????♥️♥️
thnx dhona yeah prt akah vure prt eh dhigu vaane mee baraabaru 1110 wrds ge epi eh nxt dhigu vaane.. liyevunuhaa avahakah up kohdheynan inshaa allah mee i ge test ah ready vaa dhuvas varu v mai las vany sorry vv bodah
Vv reethi. Keep it up
thax bestie
Take ur time deary.. examx seasion dhw…✌️ Good luck for ur examx..??? study well&get good results?????? patiently waiting for the nxt prt ♥️♥️???????????????
thnx dhona