
އަވަސް އަވަހަށް ޝާނިމް އަށް ފަހަތް ބަލައިލެވުނީ ސިހުނުވަރުންނެވެ. އޭރު ތުންފަތަށް ލާނެތް ހިނިތުންވުމެއް ވެރިކުރުވައިގެން ޝާނިމްގެ ދެބެންގެ ދެދަރި ކޮއްކޮ ޒީވާން ހުއްޓެވެ.” އޭ ބުރޯ.. ހޭލާ ހުރެވެސް މިހާރު ހުވަފެން ބަލަނީތަ؟ ޔަގީނޭ ތި ހުވަފެނުގައި ފަހަރި މިހާރު ހުރީ ތި އަތު ތެރޭގަކަން.. ހައްހައްހައް…” އޭރު އެމީހުންގެ ފަހަތުގައި ދެޖީބަށް އަތް ޖަހާލައިގެން ފުންހިނިތުންވުމަކާއެކު ، އެމީހުންގެ އެންމެ ގާތް އެކުވެރިޔާ އަޔާން ވެސް ހުއްޓެވެ.” ސާބަހޭ ވާން.. ހަމަ ނުހުރެވޭ ދޯ މައިތިރި ވެގެންނެއް.. ބަލާބަ ޔާން ވެސް އެހުރީނު މަޑުން” ރަކިވިކަން ނުދެއްކުމަށްޓަކައި ޝާނިމް ޒީވާންގެ ކަންފަތުގައި ހިފާ އަނބުރާލިއެވެ. އޭރު އަޔާން ޝާނިމް އޭނައަށް ތަޢުރީފްކޮށްލުމުން ފޮނިވެފައި އެއްބުމަ އަރުވާލަނީއެވެ.
ޒީވާން އަކީ ޝާމިން އާ އަޔާން އާ ޙިލާފަށް ސަކަ މިޒާޖެއްގެ ޒުވާނެކެވެ. ޝާނިމް އެކޭ އެއްފަދައިން ޒީވާން އާއި އަޔާން އަކީ ވެސް އަންހެންކުދިންގެ ހިތްތައް ފަތަހަ ކުރުމުގައި ކާމިޔާބު ހޯދާ ޒުވާނުންތަކެކެވެ. އެހާމެ ފިރިހެންވަންތަ ވެފައި ބަލައިލަން ހިތްގައިމު ގޮތެއް ތިން ޒުވާނުންގެ ވެސް ހުރެއެވެ. ” ހޭ ކޮބާ ޔާޝް؟ އޭނަ އައިއްސިދޯ އިއްޔެ؟ ރޭގަ ގުޅިޔޭ.. ބުނީ އިއްޔެ އަންނަން އުޅެފަވެސް ނާދެވުނީ ކޮންމެވެސް އަންހެން ކުއްޖަކާ މަގުމަތިން ފައިޓް ކުރަން ހަދައިގެނޯ..” ޒީވާން ހިނިގަނޑަކާ އެކު ބުނެލިއެވެ. އެއީ އަބަދުވެސް ހާލެއް ނޫންހޭ ބުނެ ޝާނިމް އޭނާގެ ކައިރީ ތިބި ދެ އެކުވެރިންގެ ކޮނޑަށް އަތް ވައްޓާލުމަށް ފަހު އެތެރެއަށް ވަނުމަށް މިސްރާބު ޖެހިއެވެ.
ޝާނިމް، ޒީވާން، އަޔާން އަދި އިޔާޝް އަކީ ފެށުނީއްސުރެ ވެސް އެންމެ ގާތް އެކުވެރީންނެވެ. ހަތަރު ކުދިންގެ މައިންބަފައިންނަކީ ވެސް ގާތް އެކުވެރިން ތަކަކަށް ވެފައި އެކުވެރި ބައެއް ކަމުން ހުރިހާ އެންމެންގެ މެދުގައި ވެސް އޮންނަނީ އާއިލީ ކުލުނު ޖެހިފައެވެ. ހަތަރު ކުދިންނަކީ ވެސް މާލެއަށް އުފަން މާލެ ބަޔަކަށް ވުމުން ކޮންމެ ބައެއްގެ ވެސް އަމިއްލަ ގެދޮރު މާލޭގައި ހުރެއެވެ. ހަތަރު ކުދިންގެ ބައްޕަ އަކީ ވެސް މާލޭގައި ނަންހިނގާ މަޝްހޫރު ހަތަރު ވިޔަފާރިވެރިންކަމުން ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއް ނޯވެއެވެ. ނަމަވެސް ލިބިފައިވާ ތަނަވަސްކަމުގެ ސަބަބުން އެއްވެސް ވަރަކަށް ބޮޑާވެގަތުމަކީ އެމީހުންގެ އެސޫލެއް ނޫނެވެ. އޭގެ ބަދަލަށް އެންމެން ވެސް ބަލަނީ ލިބިފައިވާ މިންވަރަށް ޝުކުރުކޮށް، ލިބިފައިވާ ނިޢުމަތުން އެހެން މީހުންނަށް ހޭދަކުރެވޭތޯއެވެ.
އަރާމުކޮށް ކިންގް ސައިޒް ބޮޑު އެނދުގައި ނިދާލާފައި އޮތް އިޔާޝް އަށް ހޭލެވުނީ މޫނުގައި ފިނި އެއްޗެއް ޖެހުމުންނެވެ. ލޯ ކުޑަކޮށްލަމުން ބަލައިލިއިރު ކައިރީ ތިބި އެންމެ ގާތް ތިން އެކުވެރިން ފެނި ދުމެއްޖަހާފައި ތެދުވިއެވެ. ވާނީ ވެސް އެހެނެއް ނޫން ހެއްޔެވެ. މިހާރު އެ ތިން އެކުވެރިން ނުފެންނަތާ ވެސް ދެއަހަރު ވިއްޔެވެ. މާލެއިން އޯލެވެލް ހެދުމަށްފަހު އޭލެވެލް ހެދުމަށްޓަކައި މެލޭޝިޔާއަށް ދިޔައީ މައިންބަފައިންގެ އެދުމުގެ މަތިންނެވެ. ތެދުވި ގޮތަށް ލަހެއްފަހެއް ނުކޮށް އިޔާޝް ފެނުނީ ތިން އެކުވެރިން ގައިގައި އެއްފަހަރާ ބައްދައިގަތްތަނެވެ. އެއާއެކު އެ ބޮޑު ކޮޓަރި ތެރޭ ގުގުމާލީ ހަތަރު ޒުވާނުންގެެ ހުނުމުގެ އަޑެވެ. ” އޭއޭ ބްރޯ ދޫކޮށްބަލަ ދޯ.. މިހާރު ވާވަރަށް ހަގް ކުރެވިފައޭ ހުންނާނީ އަނެއްކާ މަ ބިޓު ކަޓާފާނެ ބްރޯ ތިހެން އުޅެންހަދައިގެން….” ޒީވާން އޭނާގެ ލާނެތް ރާގުގައި އިޔާޝް އާ ދިމާލަށް ބުނެލިއެވެ. އެއާއެކު އިޔާޝް ޒީވާންގެ ބޮލުގެ ދަށްފުށުގައި އަތުން ޖަހާލިއެވެ.
“ވާން ގެ ބިޓެއް ހުންނަނަމަ ވެސް ރަނގަޅޭ ތިހެން ކިޔަން.. ދެންވެސް ތިހެން ނުބުނައްޗޭ އިނގޭ ދެންމެ ވެސް ކިރިޔާ ހާރޓް އެޓޭކެއް ނައީ ވާން ބިޓެއް ހުންނަނީ ކަމަށް ހީކޮށް..”
އެއްލޯމަރާލަމުން ދެރަވެފައިވާކަން އަޑުން ދައްކަމުން އިޔާޝް ޒީވާން އާއި ދިމާލަށް ބުނެލިއެވެ. ލާނެތް ކަމުގެ އިންތިހާއެވެ.” ސާބަހޭ މިތިބަ ދެމީހުނަށް..މި ދެމީހުން އެއްތަން ވެއްޖެއްޔާ މި ނޫން ކަމެއް ނޯންނާނެ..” ދެފަރާތަށް ބޯހޫރާލަމުން އަޔާން އާއި ޝާނިމްް އެއްފަހަރާ ކަހަލަ ގޮތަކަށް ކުރިމަތީ ތިބި އިޔާޝް އަށާއި ޒީވާންއަށް ބުނެލިއެވެ. އެއާއެކު އިޔާޝް އާއި ޒީވާން ހިނިގނޑެއް ޖަހާލުމަށް ފަހު ތިމީހުނަށް މިހެން އުޅެން ނުކެރެނީ ނޫންހޭ ކިޔާ ދިމިާކޮށްލިއެވެ.” އިނަފް ގާއިޒް.. ހަވީރަށް ރެޑީވައްޗެ ތި އެންމެން މަ ހަރަދުގައި ބޭރަށް ކާންދާން..” މިހެން ބުނެ ޝާނިމް ފޯނެއްގައި ހުރެގެން ބޭރަށް ނިކުތެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. މަގުތަށް މަތިން ފެންނަނީ ހަލަބޮލި ކަމެވެ. ދުއްވާ އެއްޗެހީގެ ގިނަކަމުން މަގުތައްމަތި ވަނީ ފުރި ބާރުވެފައެވެ. ހިނގާބިނގާވެ އުޅޭ މީހުންގެ އަދަދުވެސް ވަގުތުގެ ގޮތުން ވަނީ އިތުރު ވެފައެވެ. ” ނާޔާ އަވަސް ކުރާށޭ… އަދި އަވަސް މީހެއް ކަމަށް އެންމެން ރީތިވެ ނިމުނު އިރުވެސް ހުރިއްޔޭ.. މިހާރު ޝާންމެން ވެސް އެބަތިބި ތިރީގަ.. އަވަސް ކޮށްގެން އާދޭ އަހަރެމެން ތިން މީހުން މިދަނި ތިރިއަށް..” މިހެން ބުނެ ސާޔާ ، މީޝާ އަދި ޝިމާ ލިފްޓަށް އަރަން ހިނގައިގަތެވެ.
ގޭގެ ދޮރުން ނިކުމެގެން އަންނަ ސާޔާ ފެނި ޝާނިމް ހުރީ ތަލިން ކުޅުހިކިފައެވެ. އެހާވެސް އެހިތުގެ ރާނީ މިއަދު ލޯތްބެވެ. ކަޅުކުލައިގެ ފައިތިލަ އާއި ހަމައަށް އަރާ ހެދުމަކާއެކު އަޅާފައި ހުރި ރަތްކުލައިގެ ޝޯލް އިން އިތުރަށް ފުރިހަމަ ކަމަށް ދައްކައެވެ. ކޮށްފައިވާ ލުއި މޭކަޕް އިން އެ ވަށް މޫނު ކޮޅު ވަނީ އިތުރަށް އުޖާލާވެފައެވެ. ސާޔާގެ ހާލަކީތޯއެވެ. ގެއިން ނިކުތީންސުރެ ޝާނިމްގެ ތޫނު ނަޒަރު އޭނައަށް ހުއްޓިފައިވާކަން އިނގޭތީ ސާޔާ ހުރީ އިސައުފުލާ ބަލައިލަން ނުކެރިފައެވެ. ލަދުން ގޮސް ސާޔާގެ މޫނުމަތި ހީވަނީ ދޮންވެ ފައްކާވެފައި އިން ޖަންބެއްހެނެވެ. އެތައްފަހަރަކު ބިން ފަޅާ އަޑިއަށް ދެވޭނެ ނަމައޭ ސާޔާގެ ހިތަށް އެރިއެވެ.
ޒީވާން ތޯއެވެ. ޝިމާ ފެނިފައި އެ ސޮރު ހުރީ އަނގަ ހުޅުވާލި ގޮތަށް ލައްޕާލަން ނޭންގިފައެވެ. ވާނީވެސް އެހެން ނޫން ހެއްޔެވެ. ކަކުލާ ހިސާބަށް ހުރި ރަތްކުލައިގެ ހެދުމަކާ އެކު ލައިފައި ވަނީ ކަޅުކުލައިގެ ލެގިން އެކެވެ. އަޅާފައި ހުރި ކަޅުކުލައިގެ ޝޯލްއިން އެ ދޮން މޫނު މަތި އިތުރަށް ދޮންކަމަށް ދައްކައެެވެ. ބޭއިޙްތިޔާރުގައި ޒީވާން އަށް އޭނާގެ ގަޔާ ދިމާލަށް ބަލައިލެވުނެވެ. ނޭނގި ނަމަވެސް އޭނާއަށް ވެސް ލެވިފައި ހުރީ ރަތް ކުލައިގެ އަތްދިގު ގަމީހަކާ ކަޅުކުލައިގެ ޖިންސް އެކެވެ. އެއާއެކު ޒީވާން މޫނު މައްޗަށް މައުނަވީ ހިނިތުންވުމެއް ވެރިވި އެވެ.
” އޭ ބްރޯ ތި އަނގަ ލައްޕަބަލަ މި ތަނުން ކާރެއް އައިސް އަނގައަށް ވަދެދާނެ.. ދެން ވެސް ތިހާ ޑްރާމާ ބޮޑު ނުކޮށް ގޮސް އިންނަން އަހާބަލަ..” ޝިމާ އަށް ގެއްލިފައި ހުރި ޒީވާންއަށް ހޭވެރި ކަމެއްވީ އިޔާޝްގެ ލާނެތް އަޑު އޭނާގެ ކަންފަތް ދަށުގައި ޖެހުމުންނެވެ. އެއާއެކު ތެޅިގަނެފައި އިޔާޝް އާއި ދިމާއަށް ލޯ އަޅާލުމަށްފަހު ޝިމާއަށް ރީތި ހިނިތުންވުމެއް ހަދިޔާކޮށްލިއެވެ. އެއާއެކު ޝިމާވެސް ލަދުރަކި ގޮތަކަށް ހީލުމަށްފަހު އިސްދަށަށް ޖަހާލިއެވެ. އެ ހިނިތުންވުން ފެނި ޒީވާންގެ ހިތް ހީވީ އާސްމާނުގައި އެދުހެން ފެށިހެންނެވެ. ބޭއިޙްތިޔާރުގައި ހިތާވީ ފަޅީގައި ފިރުމާލެވުނެވެ.
މިއެންމެންނާ ޙިލާފަށް މީޝާ އާއި އަޔާން ފެނުނީ އެކަކު އަނެކަކަށް ބަލައިލާ ހިނިތުންވެލި ތަނެވެ. އަޔާން ފެނުނު ހިނދު މީޝާގެ ހިތުގެ ހިނގުން އަވަސްވު ނަމަވެސް އެކަން ހަމައަކަށް އަޅުވާލީ ދެވަނަ ފަހަރަށް ލޯބީގައި ނާކާމިޔާބު ނުވުމަށެވެ. ދެވަނަ ފަހަރަށް އެވޭން ތަހައްމަލް ކުރާނެހާ ހިތްވަރު އެ ހަށިގަނޑުގައި ނެތުމުންނެވެ.
އަވަސް އަވަހަށް ފައިވާނުގެ މަޅިގަނޑު އަޅުވާލުމަށްފަހު ނާޔާ ލިފްޓާ ދިމާލަށް ދުއްވައިގަތެވެ. މިހާރު އެންމެން ތިބޭނީ ލަސްވެފަކަން އެނގި ނާޔާ މާ ބޮޑަކަށް ހާހެއް ނުވެއެވެ. ސަބަބަކީ އޭނާ ނުލާ އެ މީހުން ނުދާނެކަން ނާޔާ އަށް ޔަގީންވާތީއެވެ. ގްރައުންޑް ފްލޯ އަށް ލިފްޓު ހުއްޓުމާއެކު މީހުން ތަކު ތެރޭން އަވަސް އަވަހަށް ނާޔާ ބޭރަށް ދެމިގަތެވެ. އެވަގުތު ފޯނަށް މެސެޖެއް އައި އަޑު އިވިގެން ފޯނު ނަގާ ހުޅުވާލުމަށްފަހު އެއަށް ބަލަހައްޓައިގެން ހުރެ ކުރިޔަށް ހިނގައިގަތެވެ.
ފޯނަށް ބަލަހައްޓައިގެން ހުރެ ކުރިޔަށް ހިނގަމުން ދިޔަ ނާޔާއަށް ކުއްލި ސިހުމެއް ލިބުނީ މީހެއްގެ ގައިގައި އޭނާ ލައިގަތުމުންނެވެ. އަވަސް އަވަހަށް މާފަށް އެދުމަށްޓަކައި ކުރިމަތީ ހުރި މީހާއާއި ދިމާލަށް ނާޔާ އިސްއުފުލާ ބަލައިލިއެވެ. އެއާއެކު ދަންނަ މީހެއްހެން ހީވެގެން ނާޔާ ކުރިމަތީ ހުރި ޒުވާނާގެ މޫނަށް ފުން ނަޒަރަކުން ބަލައިލިއެވެ. ސިކުންތު ކޮޅެއް ތެރޭ އެއީ ކާކުކަން ނާޔާގެ ސިކުނޑިއަށް ނަގައިގަތެވެ. އެއާއެކު ދެލޯ ބޮޑުކޮއްލާ ދަތްކުނޑި ވިކާލަމުން ނާޔާ އެ ޒުވާނާއާ ހަތަރު ކަޅި ހަމަކޮށްލިއެވެ. ” ޔޫ… އެގެއިންންންންންން…” އަޑަށް ބާރުލަމުން ނާޔާ ހަޅެއްލަވައިގަތެވެ. { ނުނިމޭ }
21 Comments!
Comments are closed.
Finally…. This part is fantastic…waiting????????????luv the story
thnx dear..vv ufaavehje mi part in vs naira dear ge comment eh fenuniima..
Mi part vx hama superb….. Waiting fr nxt
thx dear,,v ufaavehje dear ge faraathun comment eh fenuniima ..nxt part insha allah maadhama rey kiyaalan libeyne…
Masha Allah
☺❤❤❤❤❤❤
thnx Anonymous dear..
Varah varah reethi…curiously waiting for the nxt part….
thnk you so much kairaa dear…
Alhey V vvvvvvvvv reethi❤️❤️❤️❤️❤️❤️❤️????
Waiting for the next part
Varah reethi mi part ves. Next part thankolheh dhigukohlahchey waiting for next part…
lahba insha allah nxt part dhigukohla dheynan ingey..nd thnk u dear
Varah reethi.. maasha Allah..shaaya and shaanim Bai ginain genesdheichey..
thnk you dear.. lahba insha allah saya and shaanim ge bai ginain genesdheynan ingey
waaahhh..mashallah piju…loved this story..alheyy thankolheh dhigu kohladhehchey next part..lysm
thnk you medamooo.. dhn medam buniima vaanii dhigu kohla dheyn thaa dhw nxt part..insha allah my dear readers ah takaa nxt part v dhigukohla dheynan inge.. lym
Dear story kobaa really want read the story ❤️❤️❤️
stry insha allah monday ga genesdheynan..
Varah salhi igey mi story luv the characters n enme salhee Naya n Iyaash … Waiting whn next
Thnk u so much dear.. Nxt part insha Allah v avahah kiyaalan libeyne.. ?❤️
Maasha allah pijoo hessa salhi unge meyn eke
hahah fahathun 1 vana comment dhw mi libunii.. thnkx sis..lysm