
ނާޝިދު ކުރިއަށް ޖެހިލަމުން ނައިލީގެ ކުރިމަތީގައި ހުއްޓުނެވެ. ރުޅިއައިއްސާ ހުރިވަރުން ނާޝިދުގެ ލޮލުން އަލިފާންކަނި ބުރާކަހަލައެވެ. ނާޝިދުގެ އެސިފަ ފެނި ކައިލީގެ ހިތުގައި ބިރުވެރިކަމުގެ ރާޅެއް ދުވެލި ކަހަލައެވެ. ބަލާކަށް ނުހުރެ ނާޝިދު ނައިލީގެ ކޯތާފަތް މައްޗަށް ހޫނު އެތިފަހަރެއް އަރުވައިލިއެވެ.
“ކީއްވެ؟… ނައިލީ.. އަހަރެމެން ނައިލީއަށް ނުކޮށްދެނީ ކޮންކަމެއް؟” ކުރަކިވެފައިވާ އަޑަކުން ނާޝިދު އަހައިލިއެވެ.
“ޖަވާބުދީބަލަ. ނައިލީއަށް ނުދެވޭ ކޯޗެއްތަ އަހަންނަށް ނާއިޝްއަށް ދެވުނީ…” ނައިރާގެ އަތް ދުރުކޮށްލަމުން އިންތަނުން ތެދުވެ ނައިލީއާއި ދިމާއަށް ހިނގައިގަންނަމުން ޝާކިރާ އަހައިލިއެވެ.
“ބުނެބަލަ.. މިހާރު ކީއްވެތަ ތި އަނގަ ހުޅުވަން ނުކެރިފަ ތިހިރީ” ނައިލީގެ ކުރިމަތީގައި ހުއްޓި އޭނާގެ ދެކޮނޑުގައި ހިފާ ތަޅުވައިގަންނަމުން ޝާކިރާ އަހައިލިއެވެ. ނައިލީ އިސްޖަހައިގެން ބަހެއް ނުބުނެ ހުންނަން ފެށުމުން ޝާކިރާގެ ރުޅިގަނޑު އިހުނަށްވުރެ ގަދަވިއެވެ. އައި ރުޅިމަތީގައި ނައިލީގެ މޫނުމަތީގައި ތިންހަތަރު ފަހަރު ޖެހިއެވެ. ގަދަކަމުން ނައިލީއާއި ޝާކިރާ ދުރުކުރުވީ ނައިރާއެވެ.
“ކަލޭ ތީ އަހަރެންގެ ދަރިއަކަށްވީތީ އަހަރެން ލަދުގަނޭ. ތިކަހަލަ ނުބައި ނުލަފާ ދަރިއެއް އަހަރެން ބޭނުމެއްނޫން. ނާޝިދު…! ހަމަމިހާރު މިނުބައި އަންހެނާ ފުލުހުންނާ ހަވާލުކުރޭ. އެންމެ ހިނދުކޮޅަކަށްވެސް މިނުބައި އަންހެނާ އަހަރެންގެކުރިމަތީގައި ހުންނަން އަހަރެން ބޭނުމެއްނޫން” ނައިރާ ހިފަހައްޓާފައި ހުރިއިރުވެސް ޝާކިރާ އެއްޗެހި ގޮވަމުން ދިޔައެވެ. ޝާކިރާ ގައިގާ ހިފަހައްޓައިގެން ހުރި ނައިރާއަށްވެސް ރޮވެމުން ދިޔައެވެ.
“ބައްޕާ…! ހެޔޮނުވާނެ. އަހަރެންނަށް މާފްކުރޭ. އަހަރެން ބޭނުމެއްނޫން ޖަލަށްދާކަށް. އަހަރެންނަށް ކުރެވުނު ކުށަށް މާފްކޮށްދީ” ނައިލީ ނާޝިދުގެ އަތުގައި ހިފަން އުޅުނު ވަގުތު ނާޝިދު ނައިލީގެ ކޮނޑުގައި ދެއަތުން ހިފައި ފަހަތަށް ކޮށްޕާލިއެވެ.
“ކެށެކޭ… ކަލޭ ތިކުރީ ކުށެއްތަ؟ ބޮޑު ފާފައެއްތިކުރީ. ކަލޭ ތިމަރާލީ ކަލޭގެ ހުރި ހަމައެކަނި އެއްބަނޑު އެއްބަފާ އަޚާ. ކަލޭ ނާއިޝް ތިމަރާލީ އެއްވެސް ރަހުމެއް ހަމްދަރުދީއއެއްނެތި. ކަލޭ ޖެހޭނީ މަރަން” ނާޝިދު ހަޅެއްލަވައިގަތެވެ. އޭރު ނައިރާގެ ކޮނޑުގައި ބޯއަޅާއިގެން އޮވެ ޝާކިރާ އަޑުންއަޑުނަގާ ރޮމުން ދިޔައެވެ.
“ނޫން ބައްޕާ… އާޔަންއަށް ދިން އަދަބު އަހަރެންނަށް ދީ. އެކަމަކު އަހަރެން ފުލުހުންނާ ހަވާލުނުކުރޭ” ނައިލީ އާދޭސްކުރަމުން ދިޔައެވެ. އަޒީދުވެސް ކުށްވެރިއަކު ފަދައިން އިސްޖަހާލައިގެން ހުއްޓެވެ.
“ކަލޭގެ ސަބަބުން ކުށެއްނެތް އިންސާނަކަށް އަހަރެންނަށް މިދެވުނީ ކޮންފަދަ ބޮޑު އަނިޔާއެއް… ނައިރާ ފުލުހުންނަށް ގުޅާ. އަހަރެން ބޭނުމެއްނޫން އެންމެ ހިނދުކޮޅަކަށްވެސް މިގޮތެއްނެތް އަންހެނާ މިގޭގައި ބަހައްޓަން” ނާޝިދު ނައިރާއަށް ބަލައިލަމުން އަމުރުކޮށްލިއެވެ. ނައިރާ ބަލައިލީ ވިލީޝާއަށެވެ. އެހިނދު ނައިރާގެ އިޝާރާތް ވިސްނި ވިލީޝާ ފޯނުނަގާ ފުލުހުންނަށް ގުޅިއެވެ.
ނައިލީ އަލިފާނުގެ ނަޒަރަކުން ބަލައިލީ ނިޝީއަށެވެ. ނައިލީގެ އެބަލައިލުމުން ނިޝީގެ ހިތަށް ބިރުވެރިކަން ވަދެ ދެތިން ފިޔަވަޅު ފަހަތަށް ޖެހިލިއެވެ އަދި ވިލީޝާގެ ފަހަތުގައި ނިވާވެލިއެވެ.
“ކަލޭ ފިލާނެކަމެއްނެތް. މިހުރިހާ ކަމެއްމިވީ ކަލޭގެ ސަބަބުން. ކަލެއަކާ ނުޖެހޭނެ…” އަވަސް ހިނގުމުގައި ނައިޝީއާއި ދިމާލަށް އަންނަމުން ނައިލީ ވާހަކަދެއްކިއެވެ. އެއައި ގޮތަށް ނިޝީގެ އަތުގައި ނައިލީ ހިފެހެއްޓިއެވެ.
“ލަދެއްވެސް ނުގަނޭތަ އަހަރެންގެ ތައްޕާހުގައި އުޅެމުން އަހަރެންނާ ދެކޮޅަށް ކަންތައްކުރަން… ހަމަމިހާރު މިގެއިން ނިކުމޭ” ނިޝީގެ އަތުގައި ހިފައި ދަމައިގަންނަމުނ ނައިލީ ބުނެލިއެވެ.
“ނައިލީ…! ހަމަ މިހާރު ނިޝީ އަތުން ދޫކޮށްލާ…” އަމުރުވެރި ރާގަކަށް އާޔަންއަށް ބުނެވުނެވެ.
“ދޫނުކުރާނަން. މީއްޗަކާ ހެދި ހުރިހާ ކަމެއް ބަރުވާދުވީ” ނިޝީގެ ކޮނޑުގައި އަތްއަޅާ ދުރަށް ކޮށްޕާލަމުން ނައިލީ ބުންޏެވެ.
“ނައިލީ…!!” ނާޝިދު އަޑުހަރުކޮށް ގޮވައިލިއެވެ.
“ދޮންތާ…!” ހަމައެވަގުތު ނައިރާއަށްވެސް ގޮވާލެވިއްޖެއެވެ.
އަމިއްލަ ހަށިގަނޑު ކޮންޓްރޯލް ނުވެ ތަށިމުށިގަނޑު މައްޗަށް ނިޝީ ވެއްޓުނެވެ. މަޑު އާހަކާއެކު ދެލޯމަރާ ތަގުޅި ކޮށްލެވުނީ ވީ ތަދެއްގެ ބޮޑުކަމުންނެވެ. ދެވަނަ ސިކުންތުގައި ދާދި ގާތުން އެންމެ ފުރަތަމަވެސް ފެނުނީ ފައިތިލައެކެވެ. ފައިން ފެށިގެން މައްޗަށް ބަލައިލުމާއެކު އެންމެ ފުރަތަމަވެސް ފެނުނީ އިހުވާންގެ ހައިރާންވެފައިވާ މޫނެވެ. އިހުވާން ކައިރީގައި އިތުރު ފިރިހެނަކާ އަންހެނަކު ތިއްބެވެ.
“އިހޫ…” ރޮވިފައިވާ އަޑަކުން ނިޝީއަށް ގޮވައިލެވުނެވެ.
“ނިޝީ…! މިގޭގަތަ އުޅެނީ. ކިހިނެއް މިވަނީ..؟” އޯގާތެރިކަމާއެކު ނިޝީގެ ކޮނޑުގައި ހިފައި ނަގަމުން އިހުވާން ވާހަކަދެއްކިއެވެ. ހިތުގައިޖެހި ދެރަވެފައި ހުރިވަރުން ނިޝީއަށް ވާހަކަދެއްކޭ ގޮތެއް ނުވިއެވެ. އިހުވާންގެ ހަށިގަނޑުގައި ބައްދައިގަނެވުނީ ދެންތިބި މީހުންނަށް ވިސްނާލުމެއްނެތިއެވެ. އެމަންޒަރުން ތަނުގައި ތިބި މީހުންނަށް ހައިރާންކަމެއް ލިބުނަސް ސަމާލުކަމެއް ދެވުނީ ނައިލީއަށެވެ. ނައިލީ އެކުރި ކަންތަކުގެ ސަބަބުން ނައިރާ ޝާކިރާ ގައިން ދޫކޮށްލުމަށްފަހު ނައިލީއާއި ދިމާލަށް ދިޔައެވެ.
“ކަލޭ ތިފާޑަށް ބަލާނެކަމެއްނެތް. ތިފާޑަށް ބެލިޔަސް އަހަރެން ބިރެއް ނުގަންނާނެ. ކަލޭ ޖެހޭނީ ތި….” ނައިލީއަކަށް ފުރިހަމައެއް ނުކުރެވުނެވެ. ނައިރާގެ އަތުގެ ހޫނު އެތިފަހަރެއް ނައިލީގެ ކޯތާފަތް މައްޗަށް އަރައިގެން ދިޔުމާއެކު ނައިލީގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. އެއަޑަށް އިހުވާންގެ ގައިގާ ބައްދައިގަނެގެން ހުރި ނިޝީވެސް ބަލައިލިއެވެ. ނާއިފާއާއި އަނިލްވެސް ތިބީ ފެންނަމުންދާ ކަންތަކުން ހައިރާންވެފައެވެ. ކޯމަތީގައި އަތް އަޅައިގެން ހުރި ނައިލީ ނައިރާއަށް ބަލައިލީ ދެބުމަ ގޮށްޖަހާލައިގެން، ދަތްކުނޑިވިކޭ ހާލުގައެވެ. ނައިރާގެ ތުންފަތްމައްޗަށް ވެރިވީ ފަތަހައިގެ ހިނިތުންވުމެކެވެ.
“އަހަރެން ވަރަށް ހިތްހަމަޖެހިއްޖެ. އަހަރެންގެ މުޅި ދިރިއުޅުން ބަރުބާދުވީ ކަލެއާ ހެދި. އަހަރެންނާ އަހަރެންގެ ފިރިމީހާ ވަކިވާންޖެހުނީ ހަމަ ކަލޭގެ ސަބަބުން. ތީ އަންހެނުންގެ ނަމަށް ހުރި ބޮޑު ހުތުރެއް” އެއްވެސް ޖެހިލުމެއްނެތި ނާއިރާ ވާހަކަދެއްކިއެވެ. ދެލޮލުން ފާޅުވަމުންދަނީ ރުޅިވެރިކަމުގެ އަސަރެވެ. އެހިނދު ނައިލީ އަތް އުފުލައިލީ ނައިރާގެ ގައިގާ ޖެހުމަށެވެ. އެވަގުތު ހުޝިޔާރުވެހުރެ ނައިލީގެ އަތުގައި ހިފެހެއްޓީ އާޔަންއެވެ.
“ހަބަރުދާރު. އަހަރެންގެ އަންހެނުން ހަށިގަނޑުގަ އިނގިލި ކުރި ޖައްސައިލިޔަސް މިއަތް ބުރިކޮށްލާނަން” އިންޒާރުގެ ބެލުމަކުން ނައިލީއަށް ބަލަން ހުރެ އާޔަން ވާހަކަދެއްކިއެވެ. އާޔަންގެ ދުލުން ‘އަންހެނުންނޭ’ ބުނި އަޑު އިވި އިހުވާންގެ އިތުރުން ނާއިފާއާއި އަނިލްއަށް ލިބުނީ ޚައިރާންކަމެވެ.
“ނާޝިދު…! މީކޮން ކަންތައްގަނޑެއް ކިހިނެއް މިވަނީ” ކުރިއަށް ޖެހިލަމުން އަނިލް އަހައިލިއެވެ. ފުލުހުން އައިސް އެތަނަށް ވަނީ ނާޝިދު ޖަވާބުދޭން ތައްޔާރުވިތަނާއެވެ.
“މިގެއިން ގުޅުއްވައިގެން އިނގޭތޯ”. ފުލުހުން އޮފިސަރަކު ކުރިއަށް ޖެހިލަމުން ވާހަކަދެއްކިއެވެ.
“ލައްބަ. އަޅުގަނޑު ގުޅީ. އަޅުގަނޑަކީ މަޝްހޫރު ވިޔަފާރިވެރިޔާ އަބްދުﷲ ނާޝިދު. މީގެ ފަސްއަހަރު ކުރިން އަޅުގަނޑުގެ ދޮށީ ދަރިފުޅު ނާއިޝް ވަނީ އެކްސިޑެންޓެއްގައި ނިޔާވެފައި. މިއަދު އަޅުގަނޑުމެންނަށް ވަރަށް ހިތާމަޔާއެކު ބުނަންޖެހެނީ ބަޔަކު ރާވައިގެން އަޅުގަނޑުގެ އެދަރިފުޅު މަރާލީޔޭ. އެކަން ކުރީ ނާއިޝްގެ އެއްބަނޑުއެއްބަފާ ކޮއްކޮއާއި އޭނާގެ ފިރިމީހާ” ހިތްވަރާއެކު ލަސްލަހުން ނާޝިދު ވާހަކަދެއްކިއެވެ.
“އަޅުގަނޑު އެކަމަށް އެއްބަސްވަން. އަޅުގަނޑު އެކަންކުރީ އަޅުގަނޑުގެ އަނބިމީހާ ބުނެގެން” ފުލުހުންގެ ކުރިމަތީގައ އަޒީދު އޭނާގެ ކުށަށް އިޢިތިރާފްވިއެވެ.
ނާޝިދުގެ ވާހަކަތައް އަހާފައި ނާއިފާއާއި އަނިލް އަދި އިހުވާންނަށް ލިބިގެން ދިޔައީ ކުއްލި ސިހުމެކެވެ. ދުރުގައި ރޯންހުރި ޝާކިރާއަށް ނާއިފާއަށް ނަޒަރެއް ދެވުނެވެ. އެވަގުތު ޝާކިރާއަށް ކުރާނެ އަސަރު ހިތަށް އެރުމުން ނާއިފާ ޝާކިރާ ކައިރީގައި ގޮސް ހުއްޓުނެވެ. އެހިނދު ޝާކިރާއަށް ނައިފާގެ ހަށިގަނޑުގައި ބައްދައިގަނެވުނެވެ.
ނައިލީގެ އަތުގައި ފުލުހުން ބިޑި އެޅުވުމާއެކު ނައިލީއަށް ރޮއެގަނެވިއްޖެއެވެ.
“މަންމާ… ބައްޕާ….!!…” އެކަކުވސް ނައިލީއަށް ސަމާލުކަން ނުދިނެވެ.
“ނިޝީ…!! އަހަރެންގެ ދަރިފުޅު ބަލައިދޭތި” ފުލުހުންނާއެކު ދޮރުން ނިކުމެނިކުމެ ހުރި އަޒީދު ބުނެލިއެވެ.
ނައިލީއާއި އަޒީދު ގޮވައިގެން ފުލުހުން ނިކުތުމާއެކު މުޅި ގޭތެރެއަށް ވެރިވެގެން ދިޔައީ މަރުފަދަ ހިމޭންކަމެކެވެ. އެއްވެސް މީހަކު ތިބިތަނުން ދުރަށްވެސް ނުދެއެވެ. ބަހެއްވެސް ނުކިޔައެވެ. އެގޮތުގައި ވަގުތުކޮޅެއް ފާއިތުވެ ދިޔުމަށްފަހު ނާޝިދު ފުންނޭވައެއް ބޭރުކޮށްލިއެވެ. އެއަށްފަހު އޭނާގެ ނަޒަރު ހުއްޓުނީ އިސްޖަހައިގެން ހުރި އާޔަންއަށެވެ.
“އާޔަން….!!” ތަނުގެ ހިމޭންކަން މުގުރާލީ ނާޝިދުގެ އަޑުންނެވެ. ހުރިހާ މީހުންގެ ނަޒަރު ނާޝިދަށް ހުއްޓުނެވެ.
“ބައްޕައަށް މާފްކުރޭ. މިހުރިހާ ދުވަހު ބައްޕަމެން އާޔަންއާމެދު އެހާ އިހާނެތިކޮށް ކަންތައް ކުރިއިރުވެސް އާޔަންގެ ދުލުން އެންމެ ފަހަރަކުވެސް ނުރުހުމުގެ ބަހެއް ބުނެފައިވެސް ނެތް. ތިއީ ތަފާތު މާތް ކުއްޖެއް. އަހަރެންގެ ނައިރާގެ ހޮވުމަށް މިއަދު އަހަރެން ދޭނީ ސަތޭކަ. އަހަރެންނަށް ހުރިހާ އެއްޗެއް ވިސްނިއްޖެ. ފައިސާއަކީ ކިހާ ފިތުނަވެރި އެއްޗެއްކަންވެސް ވިސްނިއްޖެ. މިއަދު ވިސްނިއްޖެ އަތުގައި ބައިވަރު ފައިސާ ހުރުމަކީ މީހާއަށް ލިބޭ މޮޅެއް ނޫންކަންވެސް.” ވާހަކަދައްކަމުން ކުރިއަށް ހިނގާފައި އައި ނާޝިދު ހުއްޓުނީ އާޔަންގެ ކުރިމަތީގައެވެ. އާޔަންގެ ދެކޮނޑުގައި އަތް އަޅަމުން ނާޝިދުގެ ނަޒަރު އާޔަންއާ ބައްދަލުވިއިރު އެދެލޮލުން ކަރުނަ ނީރާލާފައިވާ މަންޒަރު އާޔަންއަށް ފެނުނެވެ.
“އެއީ ތެދެއް les en anmeldelse. ކަންތައްކުރެވުނު ގޮތާއިމެދު މަންމަވެސް ލަދުގަނޭ. އެކަމާ ހިތާމަކުރަން. މަންމައަށްވެސް މާފްކޮށްދީ” ޝާކިރާ ހިތްވަރުކޮށްފައި ވާހަކަދެއްކިއެވެ.
“ތިއީ އަހަރެމެން އެންމެ ލޯބިވާ ފަރާތުގެ މައިންބަފައިން. އަހަރެންގެ ހިތުގައި އެއްވެސް ބުރަކަމެއްނެތް” ނައިރާގެ އަތުގައި ހިފާ ގަޔާ ކައިރިކޮށްލަމުން އާޔަން ބުނެލިއެވެ.
“މީގެފަހުން އާޔަން ކުރިން ކުރަމުން އައި އެއްވެސްކަމެއް ކުރާކަށް ނުޖެހޭނެ. އަހަރެންގެ ދަރިއަކަށް ލިބެންޖެހޭ ފުރިހަމަ ޢިއްޒަތާ ޤަދަރު އޭގެ އެންމެ ފުރިހަމަ ގޮތުގައި އާޔަންއަށް ލިބޭނެ” ނާޝިދު ވާހަކަދެއްކިއެވެ. ނައިރާއަށް ބައްޕައަށް ބަލައިލެވުނީ ލޯބިން ފުރިގެންވީ ބެލުމަކުންނެވެ. ނާޝިދު ނައިރާ ގާތްކޮށްލީ އޭނާގެ ވާހަކަތަކުގެ ޔަޤީންކަން ދަރިފުޅަށް ދިނުމުގެ ގޮތުންނެވެ.
“އަހަރެން ބޭނުން އެއްޗެއް ބުނެލަން” އިހުވާން ބުނެލިއެވެ. އެންމެންގެ ނަޒަރު އިހުވާނަށް ހުއްޓުނެވެ.
“ބޭބެމެންގެ ހުއްދަލިބޭނަމަ އަހަރެން ބޭނުން ނިޝީ މިގެއިނ ގެންދަން” އިހުވާން ބުނެލިއެވެ. ޚައިރާންވެހުރެ ނިޝީއަށް އިހުވާންގެ މޫނަށް ބަލައިލެވުނެވެ.
“ދަރިފުޅާ…! މަންމައަށް މިހީކުރެވެނީ ރަނގަޅަށްތަ؟” ނާއިފާ އަހައިލިއެވެ.
“ލައްބަ މަންމާ. އަހަރެން އިންނަން ބޭނުންވަނީ ނިޝީ އާ. އަހަރެން ލޯބިވަނީ ނިޝީ ދެކެ” ފާޅުގައި އިހުވާން ބުނެލިއެވެ. އާޔަންއާއި ނައިރާ އެކަކު އަނެކަކަށް ބަލައިލަމުން ހިނިތުންވެލިއެވެ.
“ތިކަމުގައި އޮންނާނީ ނިޝީ ބޭނުންގޮތެއް. އެކަމަކު އަހަރެންނަށް ރަނގަޅީ ކައިވެނި ކުރެވެންދެން ނިޝީ މިގޭގަ މަޑުކޮށްފިއްޔާ.. ލިލީއަށް ނިޝީގެ އެހީތެރިކަން މިވަގުތު ވަރަށް ބޭނުންވޭ” ޝާކިރާ ވާހަކަދެއްކިއެވެ.
“އަހަރެންވެސް ބޭނުންވަނީ އެގޮތް…” އިހުވާންއަށް ބަލާލަމުން ނިޝީ އޭނާ ބޭނުންވާގޮތް ފާޅުކުރިއެވެ.
” މައްސަލައެއް ނެތް… ނިޝީ ބޭނުން ގޮތެއް.. ވަރަށް އަވަހަށް އަހަރެން ނިޝީއާއި ކައިވެނި ކުރާނަން..” ނިޝީގެ ކޮލުގައި ފިރުމާލަމުން އިހުވާން ބުންޏެވެ. ނާއިފާ އާއި އަނިލް އެކަކު އަނެކަކަށް ބަލާލަމުން ހިނިތުންވެލިއެވެ.
ނައިރާ އާއި އާޔަން އަދި ނިޝީ އަށް ލިލީގެ ކޮޓަރިއަށް ވަދެވުނީ އެކު އެކީގައެވެ. އޭރު ލިލީ އާއި އަޔާނީ ފޯރިއާއި އެކު ކާޕްޓްމަތީގައި ކުޅެން ތިއްބެވެ. ނިޝީ ދެކުދިންނާ ދިމާލަށް ހިނގައިގަތުމުން އާޔަން އަދި ނައިރާވެސް ދަރިފުޅާ ދިމާލަށް ހިނގައިގަތެވެ. ދެމަފިރިން އެނދުގައި އިށީނުމާއެކު ދަރިފުޅު ލޯބިވެތި ގޮތަކަށް ނައިރާއަށް ބަލައިލިއެވެ. އެ ހިނިތުންވުން އޭނާ އާޔަންއަށް ވެސް ދިނެވެ.
ލިލީގެ އުރާލާފައި ބައްދައިލަމުން ނިޝީ ލިލީގެ ކޮލުގައި ބޮސްދިނެވެ. އަދި މޫނުގައި ލޯބިން ފިރުމާލިއެވެ.
“ނިޝީދައްތަ މިއުޅެނީ ވާހަކައެއް ބުނަންވެގެން” ނިޝީ ބުނެލިއެވެ. ލިލީ ހީލައިގެން ނިޝީއަށް ބަލަހައްޓައިގެން ހުއްޓެވެ.
“ލިލީގެ މަންމައާއި ބައްޕަ ދިޔައީ ލިލީއަށް ގިފްޓެއް ގަންނަން ބޭރަށް ގޮސްފައި އިނގޭ. ވަރަށް. އަވަހަށް މަންމަމެން އަންނާނެ. ލިލީ ވާނެ އިނޭ ވަރަށް ބަސްއަހަން. މިހާރުވެސް ވަރަށް ބަސްއަހާ ކުއްޖެއްނު ދޯ ތިއީ” ލިލީގެ މޫނުގެ ދެފަރާތުގައި ހިފާލައިގެން ހުރެ ނިޝީ ވާހަކަދެއްކިއެވެ.
“ލިލީ ބޭނުމެއްނޫން މަންމަވެސް ބައްޕަވެސް. ލިލީ ބޭނުމީ ނިޝީދައްތަ” ނިޝީގެ ކަރުގައި ބައްދައިލަމުން ލިލީ ބުނެލިއެވެ. ވަގުތުން ނިޝީގެ ދެލޯ ފެންކަޅިވެގެން ދިޔައެވެ. ކައިވެންޏަށް ފަހުވެސް އެ މައުސޫމް ކުއްޖާ ދޫކޮށްލަން ހުދު އޭނާވެސް ބޭނުމެއްނުވެއެވެ. ލިލީ އުރާލައިގެން މަޑުމަޑުން ކޮޓަރިން ނިކުންނަން ހިނގައިގަތްއިރުވެސް އޭނާއަށް ބަހެއް ނުކިޔުނެވެ. އެހެންނަމަވެސް އެ ކުޑަދަރިފުޅަށް އޭނާ މައެއްގެ ހައިސިއްޔަތުން ހިމާޔަތް ދީފިއެވެ.
އެމަންޒަރު ބަލަހައްޓައިގެން އަޔާނީ އިން މަންޒަރު ނައިރާ އާޔަންއަށް ދައްކައިލިއެވެ. މައުސޫމް ގޮތަކަށް ދޮރާއި ދިމާލަށް ބަލަން އިން އަޔާނީގެ ފަން އިސްތަށިކޮޅުގައި އާޔަން ފިރުމާލިއެވެ. އެހިނދު އަޔާނީގެ ނަޒަރު އާޔަންއަށް ހުއްޓުނެވެ. އާޔަން ހީލިއެވެ. ލުއިލުއި ހިނިތުންވުމެއް އަޔާނީގެ ކުޑަ ތުންފަތަށް ވެރިވެގެން ދިޔައެވެ. ލަސްލަހުން އަޔާނީގެ ނަޒަރު އާޔަންގެ ކައިރީގައި އިން ނައިރާއަށް ހުއްޓުނެވެ.
“މަންމީ…!! ކޮންތާކަށް ލިލީއާއި ނިޝީދައްތަ އެދިޔައީ… ދެން ކޮންކުއްޖެއް އާޔޫއާ އެކުގަ ކުޅޭނީ” ނައިރާގެ އުނގަށް އަރަމުން އަޔާނީ ބުނެލިއެވެ.
“އާޔޫ އެކުގައި ކުޅެފާނަން. ހިނގާ ކުޅެން…” އާޔަން ވާހަކަދެއްކި އަޑަށް އަޔާނީ ބަލައިލިއެވެ.
“މިއީ އެއްކަލަ ކާންދޭ ބޭބެ ދޯ… މަންމީ…!! އާޔޫ ކާންދޭ ބޭބެއާ އެކީގައި ކުޅެލިޔަސް އޯކޭތަ” އަޔާނީ ބުނެލިއެވެ. އެހިނދު ނައިރާއާއި އާޔަން އެކަކު އަނެކަކަށް ނަޒަރެއް ދިނެވެ. އާޔަންގެ ހިތުގައި ޖެހުނުކަން ޔަޤީނެވެ. ނަމަވެސް އޮތީ އުފާވެރި ދުވަސްތަކެއްކަން އެނގި އޭނާ ފައިތުވެދިޔަ ހުރިހާ ދުވަސްތަކެއްމަތިން ހަނދާން ނައްތައިލިއެވެ.
“އާދެބަލަ. މިއުޅެނީ ވަރަށް ބޮޑު ވާހަކައެއް ބުނަން އިނގޭ… އާޔޫ ވާނެ ވަރަށް ބަސްއަހައިގެން އަޑުއަހަން” ނައިރާގެ އުނގުގައި އިން އަޔާނީ ނަގާ އުނގުގައި ބައިންދަމުން އާޔަން ބުނެލިއެވެ. ދެފަރާތަށް ދެފައި ލައިގެން އާޔަންގެ މޫނަށް ބަލަހައްޓައިގެން އަޔާނީ އިނީ އާޔަން ދައްކަންއުޅޭ ވާހަކައެއް އަޑުއަހާލާ ހިތުންނެވެ.
“މިއުޅެނީ އާޔޫގެ ބައްޕި އާ މީޓްކޮށްދޭން ވެގެން އިނގޭ. އާޔޫއަށް ފެނުނެއްނު ކާންދޭބޭބެ މިގޭ އެންމެންނަށް ކާންދޭތަން. އަސްލު އިނގޭތަ އެއީ ކާކުކަން؟” އާޔަން މަސައްކަތްކުރީ އަޔާނީގެ އުމުރާއި ގުޅޭގޮތަށް ވާހަކަދައްކާށެވެ.
“ނޭނގޭ އާޔޫއަށް… ކޮބާތަ އާޔޫގެ ބައްޕި؟” އަޔާނީ އަހައިލިއެވެ.
އާޔަން ފުން ނޭވައެއް ދޫކޮށްލިއެވެ. އަޔާނީގެ ކުޑަކުޑަ އަތްތިލައިގައި ހިފާ ގެނެސް އެ އަތްތިލައިގައި އޭނާ ބޮސްދިނެވެ. ޚައިރާންކަމާއެކު އަޔާނީ އާޔަންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. ނައިރާވެސް އިނީ ހިތްއަވަސްވެފައި އާޔަންގެ މޫނަށް ބަލަހައްޓައިގެންނެވެ.
“މިއީ ދަރިފުޅުގެ ބައްޕި. ބައްޕި އަބަދުވެސް ހުރީ އާޔޫ ފެންނަ ހިސާބުގަ. ދެން ބައްޕި ދުވަހަކުވެސް އާޔޫ ދޫކޮށްފަ ނުދާނަން. އަބަދުވެސް އާޔޫއާ މަންމިއާއި ބައްޕި އުޅޭނީ އެކުގައި” ކަޅި ޖަހައިވެސްނުލާ އަޔާނީ އާޔަންގެ މޫނަށް ބަލަހައްޓައިގެން އިނެވެ. އާޔަންގެ ދެލޯކައިރިން ނީރާލި ކަރުނަތިކި ފެނި އެ ކުޑަކުޑަ ހިތަށް އެތައް ސަތޭކަ ސުވާލުތަކެއް އަރާފައިބަމުން ދިޔައެވެ. އެންމެފަހުން އަޔާނީގެ ނަޒަރު މަޑުމަޑުން ނައިރާއަށް ދަތުރުކޮށްލިއެވެ. އޭނާގެ ހިތުގައި އުފެދިފައިވާ ސުވާލުތަކަށް މަންމަގެ ފަރާތުން ޖަވާބު ބޭނުންވާ ކަހަލައެވެ.
“ދޫނީ… އެއީ ތެދެއް. މިއީ އާޔޫގެ ބައްޕި. ބައްޕި އުޅުނީ ގޭމެއް ކުޅެންވެގެން. ނިޝީދައްތައާއި ބައްޕި ކައްކައި ކުޅުނީ. އެންމެ މީރުކޮށް ކައްކާ ކުއްޖެއް ބަލަންވެގެން. ދަރިފުޅުވެސް ލިލީއާއެކު ބައެއްފަހަރު ކައްކައި ކުޅެމެއްނު. ބައްޕި އެއައީ އާޔޫ ވަރަށް ބަސްއަހައިގެން އުޅޭތީ” ނައިރާ ވާހަކަދެއްކިއެވެ. އަޔާނީ އާޔަންއަށް ބަލައިލިއިރު އާޔަންއަށް އިނީ ރަނގަޅަށްވެސް ރޮވިފައެވެ. ދެލޮލުން ކަރުނަ ފައިބަމުންދާ ހާލުގައިވެސް އަޔާނީއަށް ހިނިތުންވުމެއް އާޔަން ދިނެވެ. އާޔަންއަށް ޚައިރާންކަމެއް ލިބުނީ ތުންފިއްތާލި އަޔާނީގެ އެއް ލޮލުން ސާފު ކަރުނަ ތިއްކެއް ފައިބައިގެންދިޔަ މަންޒަރު ފެނިފައެވެ. އެއްޗެއް ބުނުމުގެ ކުރިން އަޔާނީގެ ކުޑަކުޑަ އަތްތިލައިން އާޔަންގެ ލޯކައިރި ފޮހެލައިފިއެވެ.
“ބައްޕީ…” އަޔާނީ ގޮވައިލިއެވެ. އާޔަންއަށް ހީވީ ހުވަފެނެއްގެ ތެރެއިން ހޭލެވުނު ހެންނެވެ.
“އަދި އެއްފަހަރު ދޫނި ގޮވާލަބަލަ ތިގޮތަށް” އާޔަންއަށް ބުނެވުނެވެ.
“ބައްޕީ..” މިފަހަރު އަޔާނީ ހިތުގައިޖެހި ތުން ބަނޑިކޮށްލައިފިއެވެ.
އާޔަންއަށް އަޔާނީ ހަށިގަނޑުގައި ބައްދައިގަތެވެ. އެކުއްޖާއަށް ނޭވާވެސް ނުލެވޭ ވަރަށެވެ. ވަރަށް ހިތްދަތި މަންޒަރެކެވެ. ފަހު ވަގުތާއި ހަމައަށް ހިތްވަރު ކޮށްގެން އިން ނައިރާ ފަޅާއިގެން ދިޔައެވެ. މަދު ސިކުންތުކޮޅެއްގެ ތެރޭގައި އަޔާނީ އާޔަން އޭނާގެ ބައްޕަގެ ގޮތުގައި ބަލައިގަތުމުން އޭނާގެ ހިތަށް ބަޔާންކުރަން ދަތި ހިތްހަމަޖެހުމެއް ލިބިއްޖެއެވެ. އާޔަންގެ ކޮނޑުގައި އޭނާއަށް ބޯއަޅައިލެވިއްޖެއެވެ. އަޔާނީ އޭނާގެ އެއް އަތުން ނައިރާގެ ކޮނޑުގައި މަތިންވެސް އަޅުވާލިއެވެ. އެހިނދު އާޔަންއާއި ނައިރާ އެކަކު އަނެކަކަށް ލޯބިވެތި ނަޒަރެއް ދިނެވެ. ނައިރާގެ ނިތުގައި އާޔަން ބޮސްދިނެވެ. އާއިލާއެއް ފުރިހަމަވެ ކޮޓަރީގެ ހަތަރުފާރުން އެތެރެ އުފާވެރިކަމުން ފުރާލައިފިއެވެ. ހެއްދެވި ފަރާތަށް ޙަމްދުކުރާ ހާލު ނައިރާއާއި އާޔަން ދެލޯ މަރާލައިގެން ތިބީ އަތާއި އަތް ގުޅާލައިގެންނެވެ.
17 Comments!
Comments are closed.
kudhinney.. nimuny ey mivaahaka!! hehehe… heekuran hurihaa kudhinnahves mivaahaka kamudhiya kamah.. in sha Allah ehen vaahaka akaai eku adhi thi kudhinna badhdhalu kohlaanan engey.. till then take care and be safe. Love you All.
wowwww ….this is one of the bst stry I had ever read…!!! lysm Axoo siss
Thank you shaiii ❤️ lots of love ?
Alhey axxooo varah reethinigey.konirakun dhen vaahka eh liyaanee.axoo stay safe ingey.
Thank you Fly.. ❣️ehen neynge Kon iraku kameh ekamaku in Sha Allah adhi ehdhuvahun Vaahaka eh kiyaalan libeyne.. lots of love ?
Nice ???
Thank you liyaa ❤️ lots of love ?
Wowwwwwwwwwwwwww….speechless….varah reethi?…varah furihama☺️….varah varah varah reethi????….dhn kn irakun sis ge new story eh kiyaalan libeynee??….lysm..be safe…
Thank you kairaa ❤️ Vaahaka eh kiyaalan libeyne konmes dhuhukun in Sha Allah.. lots of love ?
Woooow digu inthixaarakah fahu story kiyaalevijje axooooo thnks vrhbodah .uhmeed mikuranee lock douwn ga thibegen kiyaalan axooge story eh libeyne kamah.eysha beynun tru story eh axoo ah kiyaiden axoo Story liyan
Thank you eysha ❤️ eysha he thi Vaahaka adu ahaaleveyne dhuvahakah inthizaaru kuran ?
Haadha rechey wow Masha Allah
Thank you Yan ❤️?
Fahu thankolhu kiyaafa hama rovijje. I’m really emotional ehenve kaneyge. Masha allah varah reethi. Waiting for another story. Lysm and stay safe. ???
Adhi bunelaanan vaahakaeh just khiyaaleh ingey mi Vaahaka nimmi iru nishy and ihusaan ge thankolhakaai azeedh and nails misaalakah jaluhukum kuree kithah aharah kamaa adhi naira ayaan and ayaani loabi thankolheh misaalakah iru ossey manzaru balan balan thibey scene eh laafa nimmun genevidhaane kiyun theriyaa ah emanzaru that sifa vaagothah.
Hama bunely ingey fan ehge khiyaalu. ??
And I’m way too younger than u ekam Vaahaka ah hunna shaugehge bofukamun liyan vaahaka ehenveema bunelee????????????
Thank you larkuu.. thi khiyaaalu Hama balaigannan ?❤️
awwwn. am gonna miss this beautiful stryyyyy❤ending vx hama varah varah salhi. Waiting for ya next stryy??lav u loadsssss.Take careeee??
Thank you magnum ❤️ loads of love ?